ލައިނީގެ ދެލޮލުން ކަރުނަ ފޮހެލި އާޔަން އަށް އަުޑާއި ދިމާލަށް ނަޒަރު ހިންގާލެވުނީ ވާރޭގެ ކަނިތައް އޭނާގެ ގަޔަށް ހަމަލާދޭން ފެށުމުންނެވެ.ވާރޭ ބޯ ކޮށްލަން ފެށުމުން ލައިނީގެ މޫނުމަތިން ހިނިތުންވުމެއް ފާޅު ވި އިރު އާޔަންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެލިއެވެ.އޭރު ވެސް އާޔަން ހުރިީ ލައިނީގެ ކޮނޑުގައި އިރުކޮޅެއް ކުރިން ހިފަހައްޓާލި ގޮތަށް ށެވެ. **************** ވާރޭގެ ކަނިތައް ބިންމައްޗަށް ހަމަލާ ދޭން ފެށުމުން ރަޔާން ބަލައިލީ ދުރުގައި ހުރި ލައިނީ އާއި ދިމާލަށް ށެވެ.ލައިނީ ވާރޭ […]
އެހެން ނަމަވެސް އިރުކޮޅެއް ފަހުން ކިޔާންގެ ފޯނަށް ލަވް ޔޫ ޓޫ އާއި އެކު ރަތް ކުލައިގެ ހިތެއް ޒާރާ މެސެޖު ގެ ޒަރިއްޔާ އިން ފޮނުވާލި އެވެ.ކިޔާން އަށް ހެވުނީ އެހިސާބުން ނެވެ. ޒާރާ ހާމަ ލަދުރަކި އެވެ.ގުޅާފައި ބުނަން ނުކެރުމުން އެކްޓެއް ޖައްސާފައި ވެސް އެބުނެލީ މެސެޖު ގެ ޒަރީއާއިން ނެވެ. *************** ފޯނާއި އެކު އެނދުން ފައިބަމުން ކިޔާން ކޮޓަރިން ނިކުންނަން ހިނގައިގަތީ ރަޔާން އެގެ އަށް އައިސް ދިނުމަށް އެދުމުން ނެވެ. […]
ދާނިޝް ލޮލު ކޮޅަށް އޮބާލުމާއި އެކީ މިލާން ހޭން ފެށިއެވެ.”ލޮލް މަޖާ ކަމެއް”މިލާން ބުނެލީ ޒީކާން ގެ ސައިކަލު ފަހަތަށް އަރަން ދިޔަ މިޝްޔާ އާއި ދިމާކޮށްލުމުގެ ގޮތުންނެވެ. މިލާން ކިތަންމެ ދިމާ ކުރި ނަމަވެސް އެއްޗެކޭ ނުބުނެ މިޝްޔާ ޒީކާން ގެ ފަހަތަށް އެރީ އިތުރަށް މިލާން އާއި ދިމާލަށް އެއްޗެކޭ ނުބުނާަށެވެ. ************** އާޓިފިޝަލް ބީޗަށް ވަދެގެން އައި ޒީކާން އާއި މިޝްޔާ އާއި ދިމާލަށް އެކި އެކި މީހުންގެ ނަޒަރު ހުއްޓެމުން ދިޔަ […]
“ރަޔާންގެ މަންމަ މެން ރަޔާން އާއި ފައިހާ އާ ގުޅުވަން އެ ނިންމީ ވަރަށް ވިސްނާފަ”ލައިނީ ދެލޯ މަރަމުން އެހެން ބުނެލީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުން ނެވެ.ރަޔާން އޭނާ އާއި އެވާހަކަ ދައްކާނީ އެ ރަޔާންގެ ހިތަށް ތަސައްލީއެއް ލިބޭތޯ ކަން އޭނާ އަށް އެނގެއެވެ.ވަގުތުގެ ބޭނުން ހިފާ ރަޔާންގެ ސިކުނޑި އާއި ކުޅެލާ ރަޔާންގެ ނިންމުން ބަދަލު ކުރުމުގެ ބާރު ވެސް މިވަގުތު އޮތީ ލައިނީ ގެ އަތުގައި އެެވެ.ނަމަވެސް […]
“އަނހަ މި އޮށް އައީނު.ދެން ކައިވެނީގެ ކަންކަން ހަމަ ޖައްސަން އެހެން ދުވަހަކު އަންނާނީ ދޯ.ދެން ދަނީ އޭ”ޝައިލް އޭނާ އިން ސޯފާ އިން ތެދުވުމާއި އެކު ރަޔާން އަށް ހިތާ ހިތުން”ފައިނަލީ”އޭ ބުނެވުނެވެ. ކައިރީގައި ހުރި ފައިހާ އަށް ވެސް އެ އަޑު އިވޭނެ ކަން ގައިމެވެ. ***************** ޕިންކްގާރޑެން ގެއިން ނުކުތުމާއި އެކު އެކީގައި ހެން ރިޔާން އަތުގައި އަޅާފައި އޮތް ގަޑި އާއި ދިމާލަށް ބަލައިލިއެވެ.ގަޑިން ފަހެއް ޖަހާ ބޮޑު ވެފައި ހުރި […]
ގަޑިން ތިން ގަޑި ސާޅީސް ހިނގާފައި ހުރި ތަން ފެނުމާއެކު ކިތަންމެ ވަރަކަށް ހަމަޖެހުމެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް ރަޔާންގެ ނަފްސުގެ ހަމަޖެހުން ގެއްލުނެވެ.ކޮންމެ ގޮތަކަށް ކަންތައް ވި ކަމުގައި ވީ ނަމަވެސް އޭނާ މިހާރު އެ ދަނީ އޭނާ ކައިވެނި ކުރެވޭ ކުއްޖާގެ ގެއަށް އެކުއްޖާ އާއި ބައްދަލު ކުރާށެވެ. ކިތަންމެ ވަރަކަށް އޭނާ މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް އެ ހަގީގަތެއް ބަދަލެއް ނުކުރެވޭނެ އެވެ. ***************** މަޑު ނޫކުލަ އަކަށް […]
މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި ލައިނީ އަަށް ކުރިމަތިން ފެނުނު ރަޔާންގެ ސޫރަައިގެ ސަބަބުން ހުއްޓުމެއް ލިބުނެވެ.ލިބުނު ސިހުމާއި އެކު ލައިނީ އަށް ހުރެވުނީ ނޭވާ ލާން ވެސް ހަނދާން ނެތިފައި އެވެ.ހުރެވުނު ގޮތް ވެސް ހަނދާން ވީ ރަޔާން އޭނާ އާއި ދިމާލަށް ބަލައިލިތާ ސިކުންތު ކޮޅެއް ވެސް ނުވަނީސް އިސް ޖަހާލުމުން ނެވެ. ************* ވީގޮތް ނަގައި ގަނެވުމާއި ލައިނީ ރަޔާންގެ މޫނަށް ދޮރު ޖަހާފައި އެތެރެ އަށް ވަދުނީ ގަތް ލަދުނެވެ.ދޮރުގެ […]
އެންމެ ސިކުންތަކަށް ވެސް މަޑު ކުރުމެއް ނެތި ރަޔާން ލައިނީ އަށް ފަސް އެނބުރި ދިޔަ މަންޒަރު ބަލަން ހުރި ލައިނީގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.އެދެލޮލުން ފެންނަމުން ދިޔައީ ވޭނާއި ހިތްދަތި ކަމެވެ. ******************** ރަޔާން ލޮލު ކޮޅަށް ގެއްލުމާއި އެކު ލައިނީ އަތުގައި އޮތް ރޮލެކްސް ގަޑި މޭގައި ޖައްސާލިއެވެ.އޭރު ވެސް ލައިނީގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޭގެ މަގާމު ދޫކޮށް އަންނަމުން ދިޔަ އެވެ.ސާފު ބިއްލޫރި ކޮޅެއް ތެޅިގެން ދިޔަ ފަދައިން ލައިނީގެ […]