ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…57
ދާނިޝް ލޮލު ކޮޅަށް އޮބާލުމާއި އެކީ މިލާން ހޭން ފެށިއެވެ.”ލޮލް މަޖާ ކަމެއް”މިލާން ބުނެލީ ޒީކާން ގެ ސައިކަލު ފަހަތަށް އަރަން ދިޔަ މިޝްޔާ އާއި ދިމާކޮށްލުމުގެ ގޮތުންނެވެ. މިލާން ކިތަންމެ ދިމާ ކުރި ނަމަވެސް އެއްޗެކޭ ނުބުނެ މިޝްޔާ ޒީކާން ގެ ފަހަތަށް އެރީ އިތުރަށް މިލާން އާއި ދިމާލަށް އެއްޗެކޭ ނުބުނާަށެވެ.
**************
އާޓިފިޝަލް ބީޗަށް ވަދެގެން އައި ޒީކާން އާއި މިޝްޔާ އާއި ދިމާލަށް އެކި އެކި މީހުންގެ ނަޒަރު ހުއްޓެމުން ދިޔަ އެވެ.ޒީކާން އާއި މިޝްޔާ އާއި ދިމާލަށް ނަޒަރު ހިންގާލަމުން ދިޔަ ކޮންމެ މީހަކު ވެސް މިޝްޔާ އާއި ދިމާލަށް ބަލަމުން ދިޔައީ ބީރައްޓެހިގޮތަކަށް ށެވެ. މާ ގިނަ މީހުންގެ ނަޒަރު އެއް ފަހަރާ އޭނާ އަށް ހުއްޓެމުން ދިއުމުން މިޝްޔާ ކުޑަކޮށް ފިނިވާ ގޮތްވިއެވެ.ޒީކާން ގެ ފަހަތުގައި ކުޑަކޮށް ނިވާވެވުނީ ވެސް އެހެންވެގެނެވެ.
ޒީކާން އަކީ އެންމެން ވެސް ދަންނަ ޒަޔާން ގެ ފުރަތަމަ ދަރިފުޅުގެ އިތުރުން މިހާރު ރާއްޖޭގައި ހިނގާ މަޝްހޫރު ކޮމްޕެނީ ތަކުގެ ތެރެއިން އެއް ކޮންޕެނީ ހިންގާ ޒުވާނަކަށް ވުމުން ޒީކާން ގެ ކޮންމެ ޢަމަލަކަށް ވެސް އާންމުން ތިބީ ބަލަ ބަލާ އެވެ.ޒަޔާން އާއި ޒީކާން ވެސް ދެމީހުންގެ އާއިލާ އާއި ބެހޭ މާ ގިނަ މައުލޫމާތު ތަކެއް މީޑިއާ ތަކަށް ކިޔާދީފައި ނެތުމުން މިޝްޔާ އާއި އެކު އައުމުން އެންމެންގެ ނަޒަރު ނުހުއްޓޭނެ ހެއްޔެވެ؟
މީހުންގެ ނަޒަރު ތަކުން ރެކެން ޒީކާންގެ ފަހަތަށް މިޝްޔާ ވަން ކަން އެނގުމުން ޒީކާން މިޝްޔާގެ އަތުގައި ހަފާލަމުން އާޓިފިޝަލް ބީޗުން ނިކުންނަން ހިނގައި ގަތެވެ.ޒީކާންގެ މި ޢަމަލުން ސިހުން ލިބިފައި ހުރި މިޝްޔާ ޒީކާންގެ ފަހަތުން ހިނގައިގަތީ އެއްވެސް ވަރަކަށް ދެކޮޅު ހެދުމެއް ނެތި އެވެ.
މިޝްޔާ ފަހަތަށް އަރާ ހަމަޖެހިލުމުން ޒީކާން ސައިކަލު ދުއްވާލިއެވެ.އޭރު ވެސް އެއްވެސް އެއްޗެކޭ ބުނުމުގެ ހިޔާލެއް ޒީކާން އެއް ނުގެންގުޅެއެވެ.ސައިކަލުގައި ވިލިގިލީ ފެރީ ޓާމިނަލް އާއި ހިސާބަށް އާދެވުމާއި އެކު ޒީކާން ސައިކަލު ޕާކު ކޮއްލިއެވެ.ޓިކެޓް ކައުންޓަރާ ކައިރިވެލާ އެވަގުތު ފުރަން އޮތް ފެރީ އިން ޓިކެޓް ނަގައިގެން އައިސް ޒީކާން މިޝްޔާގެ ގާތު ހުއްޓިލިއެވެ.
“އާޓިފިޝަލް ބީޗުގަ މީހުން ގިނަ ވީމަ ވިލިނގިއްޔަށް ދާން ކަމަށް”މިޝްޔާގެ ގާތު ގައި އައިސް ހުއްޓިލި ޒީކާން ބުނެލީ އިސްޖަހައިގެން ހުރެއެވެ. ޒީކާން ގެ ޖުމުލަ އަށް ބޯޖަހާލި މިޝްޔާ ވަކި ބުނާނީ ކީކޭ ހެއްޔެވެ. މިޝްޔާ ގެ ގާތުގައި އައިސް އެބުނީ ހުރިހާ ކަމެއް ކޮށް ނިންމާފައި ވިއްޔާ އެވެ.
“މާމަ ގަނޑާ.ކޮންތާކަށް”ފައިލްތައް ހިފައިގެން ގެއިން ނިކުންނަން ދިޔަ ނަވްޔާ އާއި ދިމާލަށް ސޯފާގައި އޮތް ނުކްޝާން ބުނެލި އެވެ.ބޫޓު ހަރުގަނޑުން ބޫޓެއް ނަަގަން ހުރި ނަވްޔާ ނުކްޝާން އާއި ދިމާލަށް ބަލައިލީ ޖަވާބު ދިނުމުގެ ގޮތުންނެވެ.”މި ދަނީ އޮފީހަށް.ނިންމަން ޖެހޭ ބައިވަރު ކަންކަން އެބަ ހުރި ނިންމަން.ބަންދަށް ވަރަށް ގިނަ މީހުން ޗުއްޓީ އަަށް އެދިފަ އެބަ ހުރި.ދެން ބައިވަރު ކަންކަން ހުންނާނެ ދޯ ނިންމަން” އިތުރު ތަފްސީލާއި އެކު ނަވްޔާ ބުނެލީ ނުކްޝާން ގެ އިތުރު ސުވާލެއް ކުރިމަތި ވެދާނެ ތީ އެވެ.
“ކާކާ އެއްކޮށް ދަނީ؟އެކަނި އިނދެ މަސައްކަތް ކުރުމަށް ވުރެ ދެ ގުނަ ރަނގަޅު ވާނެ ގޭގަ އިނދެގެން ތި ކުރާ ކަމެއް ކުރިއްޔާ”ޓީވީން ފަހަރަކު ޗެނަލް އެއް އަޅުވަމުން ދިޔަ ނުކްޝާން ބުނެލި އެވެ.”ގޭގަ އިނުމަށް ވުރެ ހާސް ބައި ރަނގަޅު ވާނެ އެތާ އިނަސް ޖިންނި އަކާއި އެކު.އެހެން ނޫނަސް ފައިލް ތަކާއި އެއްޗިހި ތަރުތީބު ކުރަން ވެސް ހުންނާނެ.އެހެންވެ އައިކާ ގޮވައިގެންނޭ ދާނީ”ނަވްޔާ އަނގަ ހަދާލިއެވެ.”ހްމްމްމް މީނަ ބޭނުންވީމަ އައިކާ ވެސް މީނަގެ އެސިސްޓެންޓް އަށް ނުލަފަ އެއް ނޫން ތަ؟”ނުކްޝާން ހީވީ ނަވްޔާ އާއި ދެކޮޅަށް އަރާނެ ތަންކޮޅެއް ހޯދާލި ހެންނެވެ.”ބޭކާރު ވާހަކަ ދައްކާކަށް ވަގުތެއް ވެސް ނެތް.ދެން ދަނީ”ނުކްޝާން އަށް ރައްދު ނުދީ ނަވްޔާ ދިޔައީ ދިހަ އެއްގެ ކުރިން ގެ އަަށް އަންނަން ބޭނުންވާތީ އެވެ.
ވިލިނގިލީ ޕަބްލިކް ބީޗް ސަރަހައްދަށް އާދެވުމާއެކު ޒީކާން މަޑުކޮށްލީ ރާޅު ޖަހާ ފަށް ކައިރީ ގައި އެވެ.ހާމަ އަށް ފެންނަން އޮތް އުޑާއި ދިމާލަށް ބަލާލި ވަގުުތު އެދެލޮލުން ވިދުމެއް ފާޅުވިތަން މިޝްޔާ އަށް ފެނުނެވެ.އިރުކޮޅެއް ވަންދެން ބަނަ ވިލާތަކުން ބައްދާލާފައިވާ އުޑާއި ދިމާލަށް ބަލައިލަމުން ޒީކާން އިސްޖަހާލި ވަގުތު އެ ދެލޮލުގައި ވާ ވިދުން ނިވިގެން ދިޔަ އެވެ.
ލައިގެން ހުރި ޖިންސް ގެ ޖީބަށް އަތް ޖަހާލަމުން ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލީ ވާހަކަ އެއް ފަށަން އުޅޭ ފަދަ ގޮތަކަށް ށެވެ.”މިފަހަރު އީދަށް ރަށަށް ދާން އުޅޭ ވާހަކަ އެބަ ކިޔާ”ޒީކާން ގެ އެޖުމުލަ މާނަ ކުރަންވީ ގޮތް މިޝްޔާ އަށް އެނގުނެވެ.ދުވަހަކު ވެސް އޭނާ އާއި ވާހަކަ ދެއްކި އިރަކު ޒީކާން ސީދާ އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނެފައި އެއް ނެތެވެ.އަބަދު ވެސް ބުނެ އުޅެނީ ދުރުދުރުންނެވެ.ދެން ޒީކާން ގެ ޖުމުލަ މާނަ ކުރާނެ ގޮތަކަށް އެމީހަކު މާނަ ކުރަންވީ އެވެ.
“ކޮން އިރަކު ދަނީ؟”މިޝްޔާ އަހާލީ އޭނާ ނާހާނީސް ޒީކާން ޖަވާބު ނުދޭނެ ކަން އެނގުމުންނެވެ.”ނޭނގެ.ގައިމުވެސް އީދުގެ ކުރިން ދާނެ ދޯ”ޒީކާން ބުނެލި ރާޅުޖަހާ ފަށް ކައިރީގައި ހުރި ތެތް ވެލި ތަކުގައި މަޑުމަޑުން ފައިން ޖަހާލަމުން ނެވެ.
އިތުރަށް ދައްކާނެ ވާހަކަ އެއް ނޭނގުމުން ދެމީހުންގެ ދެމެދަށް ހަމަހިމޭން ކަމެއް ވެރިވެގެން ދިޔަ އެވެ.އިސްވެ ވާހަކަ އެއް ފަށަން މިޝްޔާ އަށް ނުކެރުނު ތާނގައި ޒީކާން އަކަށް ވެސް އެކަން ކުރާކަށް ނުކެރުނެވެ.އިސްވެ އޭނާގެ ހަޔާތާއި ގުޅުވައިގެން ކަމުގައި ވީ ނަމަވެސް ނުވަތަ އެހެން ހާލަތަކާއި ގުޅުވައިގެން ކަމުގައިވީ ނަމަވެސް ވާހަކަ ދެއްކުމަކީ މަޖުބޫރު ވެއްޖެ ހާލަތެއްގައި މެނުވީ ޒީކާން ކުރި ކަމަކަށް ނުވުމުން މިވަގުތު ވެސް ރަވަބޮއްޔެއް ހެން ވާހަކަ ދައްކަން ޒީކާން އަށް ނުކެރުނީއެވެ.
މިޝްޔާގެ ހާލަކީ ތޯއެވެ.އޭނާ ވާހަކަ ދައްކަން ފެށުމުން ޒީކާން ހިތްހަމަނުޖެހިދާނެ ތީ އާއި ވެސް އެކު ވާހަކަ ދައްކަން ނުކެރިފައި ހުރި މިޝްޔާ އަށް ވާހަކަ ދައްކާނެ މައުޟޫ އެއްވެސް ނޭނގުނެވެ.ކުއްލި މައިޟޫ އަށް ވާހަކަ ދައްކަން އެރައިގެން ނޫނީ ވާހަކަ ދައްކާނެ މައުޟޫ އެއް މިޝްޔާ އަކަށް ނޭނގޭނެ ކަން ނޭނގެ އެވެ.
އިސްތަށިގަނޑު ހާވާލައިގެން އެނދަށް އަރާ އޮތް ލައިނީ އެނދުން ތެދުވީ ބޭރަށް ދިއުމުގެ ނިޔަތުގައި އެވެ.އަބަދު ގޭގައި އޮންނަން ދެން ކޮންމެ މީހަކު ވެސް ފޫހިވާނެ ތާ އެވެ.އަލަމާރިން ގަދަ ނޫކުލައިގެ ގަމީސް މަތިކޮޅަކާއި އެކު ހަމަ އެކުލައިގެ ޖީންސް އެއް ނަގާ އެނދުމަތީގައި ލައިނީ ބާއްވާ ލިއެވެ.ފޯނު ހިފައިގެން ލައިނީ ސޯފާ ކައިރި އަށް ދިޔައީ ބޭރަށް ނިކުންނަ އިރު މީހަކާއި ނުލާ ބޭރަށް ދާން ފޫހިވާނެ ތީ އެވެ.ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ރަޔާން އަށް ގުޅާކަށް ލާހިކެއް ނޫނެވެ.
ފޯނުން ލައިނީ ސްނެޕް ޗެޓް އަޅުވާލީ ނަވްޔާ މެން މީހަކަށް ގުޅުމުގެ ގޮތުންނެވެ.ސްނެޕް އަޅުވާލި ވަގުތު އެންމެ މަތީގައި އިން އާޔަން ގެ ނަން ފެނުމާއި އެކު ލައިނީ އާޔަން ގެ ނަމަށް ފިތާލީ އާޔަން އާއި އެކު ބޭރަށް ދާން ހިތަށް އެރުމުންނެވެ.
އާޓިފިޝަލް ބީޗުގައި ހުރި އާޔަން ޖީންސް ގެ ޖީބުން ފޯނު ނަގާލީ ފޯނަށް މީހަކު ގުޅަން ފެށުމުންނެވެ.ފޯނަށް ގުޅަނީ ކައިޔަން ކަމުގައި ވާ ނަމަ ފޯނު ނުނަގާން ހުރި އާޔަން އަަށް ފޯނު ސްކްރީން އަށް އަރާފައި އިން ލައިނީ ނަން ފެނުމުން ލިބުނީ ކުޑަ ނަމަވެސް ސިހުމެެކެވެ. މިވަގުތު ލައިނީ ގުޅަންވީ ސަބަބެއް ނޭނގުމުން ސުވާލު މާކެއް ޖަހައިގެން ހުރެ ފޯނު ނެގި އާޔަން ކަންފަތުގައި ފޯނު ޖަހާލިއެވެ.
“އައްސަލާމް ޢަލައިކުމް”އާޔަން ފޯނު ނެގި ކަން ޔަގީން ވުމާއި އެކު ލައިނީ ސަލާމް ގޮވާލި އެވެ.”ވަޢަަލައިކުމުއް ސަލާމް”އާޔަން ސަލާމުގެ ޖަވާބު ދިނީ ލައިނީ ސަލާމް ގޮވާލި ރާގުގައި އެވެ.”ކިހިނެތް ވީތޯ؟”ލައިނީ އާއި އާޔަންގެ ދެމެދުގައި ފުދޭވަރަކަށް ވާހަކަ ދެކެވިފައި ހުރުމުން ދެމީހުންގެ ބީރައްޓެހިކަން ފިލާ ގޮސްފައި ވުމުން އާޔަން ބުނެލީ އޭނާ ގެ އާންމު ރާގުގައި އެވެ.”ކޮންތާކުތޯ ތި ބޭފުޅާ ތިޔަ ހުންނެވީ”އާޔަން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ލައިނީ ވެސް ކޮށްލީ ސުވާލެކެވެ.”އާޓިފިޝަލް ބީޗުގަ ލޮކޭ ޖައްސާފަ އިންނާނީ ވެސް”މާތް ބަހުން ވާހަކަ ދައްކަ ދައްކާފައި އާޔަންގެ ބަހުގެ ދަރަޖަ ބަދަލުވިއެވެ.”ލައި އަަށް ދެން ބަލާ ނުލެވުނީ.ބަލާ އާދެވިދާނެ ތަ؟ފޫހިވާތީ”ލައިނީ އަހާލިއެވެ.”އޯކޭ ރެޑީ ވެގެން ހުރޭ”އާޔަން ފޯނު ކަނޑާލި ވަގުތު އޭނާ އަށް ލިބިފައި ހުރީ ބަޔާން ކުރަން ދަތި އުފަލެކެވެ.ކޮންމެ ގޮތެއް ވިޔަސް މިއަދު ވެސް އޭނާ އަށް އޭނާގެ މަންމަ އާއި ބައްދަލު ކުރެވޭނެ އެވެ.ލައިޝާ މިވަގުތު ހުންނާނީ ހަމަ ގައިމު ވެސް ގޭގައި އެވެ.
ފޯނު ޖީބަށް ލަމުން ބާރު ހިނގުމެއްގައި އާޓިފިޝަލް ބީޗުން ނިކުންނަން ދިޔަ އާޔަން ލައިގަތީ އާޓިފިޝަލް ބީޗަށް ވަންނަން އައި އަންހެން ކުއްޖެއްގެ ގައިގައި އެވެ.އެ އަންހެން ކުއްޖާ އެވަގުތު ހިފައިގެން ހުރި އައިސް ކޯން އައިސްކްރީމް ތައް އޭނާގެ ގައިގައި އުނގުޅުމުން އާޔަން ފުދޭވަރަކަށް ހިތްހަމަނުޖެހުނެވެ.ދެން މީ މީހުން އައިސްކްރީމް ކާ ގަޑި ހެއްޔެވެ؟މިއަށް ވުރެ ފިނި ގަޑި އެއް އެބޯން އެ އަންހެން ކުއްޖާ އަށް ނުލިބުނީ ހެއްޔެވެ؟ގުގުރާ ވިދާ ދުވަހެއްގައި އެބޯން މާ ރަނގަޅު ވީހެވެ.ހިތާހިތުން އާޔަން އެ ކުއްޖާ އާއި ދިމާލަށް އެއްޗިހި ކިޔަމުން ދިޔަ އެވެ.
އިސްތަށިގަނޑު ނިއުޅާލާފައި ހުރި ގޮތުން އެކުއްޖާ ގެ މޫނެއް ވެސް އޭނާ އަކަށް ނުފެނުނެވެ.ދެން އެއީ ކާކު ކަން ވެސް އާޔަން އަށް އެނގޭނެ ހެއްޔެވެ؟
އެ އަންހެން ކުއްޖާ އާއި ދިމާލަށް އެއްޗިހި ކިޔަމުން ދިޔަ އާޔަން އަށް ދަތްކުނޑި ވިކާލެވުނީ ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ މޫނުފެނުމުންނެވެ.”ޔޫ”ރައިނާ އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އާޔަން އަށް ބުނެލެވުނެވެ.ރައިނާގެ އަތުގައި އޮތް އައިސްކޯން އަތުލަމުން އާޔަން ރައިނާގެ މޫނަށް އައިސް ކްރީމް ޖެހީ ތުން ފިއްތާލައގެން ހުރެއެވެ.
“ވަޓް ދަ ހެލް ޔޫ އިޑިއަޓް”ރައިނާ ބުނެލީ އޭނާގެ ލޯ ކައިރީގައި ހުރި އައިސްކްރީމް ތައް ފުހެލަމުން ނެވެ.ދެލޯ ހުޅުވޭނީ ވެސް އޭރުން ތާ އެވެ.”ކޯޗެއް ވެގެން ތަ މަށާ އަޅައިގަނެގެން ތި އުޅެނީ”ރައިނާ ބުނެލީ ދަތްތަކަށް ބާރުކޮށްލަމުން ނެވެ.”ބަލަ އަދިވެސް މަތަ މިވީ ތި ރައިނާ ޔާ އަޅައިގަނެގެން އުޅޭ ކަމަށް.ތިމާ އެއް ނޫން ތަ މާ ހޫނު ރެ އަކަށް ވެގެން މި އޮށް ކަޅުފޮއި ރޭ ވެސް އައިސްކްރީމް ހިފައިގެން ތި މިތަނަށް އައީ”އާޔަން ބުނެލީ އޭނާގެ އަތުގައި އޮތް އައިސްކޯން ގެ ދެން އޮތް ބައި ރައިނާގެ ބޮލަށް ޖަހަމުން ނެވެ.”ބަލަ އާޔަން ހީކުރީ މީ އާޔަންގެ އަމިއްލަ ތަނެއް ކަމަަށްތަ؟ބުނަން ތަކުރުބޭ މަ އައިސް ކޯން ބޯނެ ދުވަހެއް އިނގޭނީ މަށަށް.ތީ ކާކުތަ މަަށަށް ހެވާ މިބައި ކިޔައިދޭން.މަގޭ މަންމަ ނޫނީ ބައްޕަ ތަ؟” ރައިނާ ބުނެލީ އާޔަންގެ އިސްތަށިގަނޑަށް ދަމާ ލަމުން ނެވެ.”އޭ ދޫކުރޭ އިސްތަށިގަނޑުން ނޫނީ ތި އިސްތަށިގަނޑު އެކީ އުފުރާލަ ފާނަން” އާޔަން ބުނެލީ އޭނާގެ އިސްތަށިގަނޑުން ރައިނާގެ އަތް ނައްޓާލަމުން ނެވެ.
“ތި ހިފައިގެން ގޭގަ އޮވެ ބަލަ.މަ އެއްޗެކޭ ނުބުނާނަން އެއްޗެކޭ.ބަލައިގެން ނޫޅެވޭ އިރު ވެސް އަންނަން ވޭ ވިއްޔާ”އާޔަން ބުނެލީ ރައިނާގެ ރުޅިގަނޑަށް ޕެޓްރޯލް އަޅަމުންނެވެ.”އަމިއްލަ މީހާ އެއް ނޫން ތަ ދުވަމުން ތެޅި ފޮޅެމުން ނިކުންނަން އައީ މަ ތަ”ރައިނާ ބުނެލީ ދަތްކުނޑި ވިކާލަމުންނެވެ.އެހެން ބުނެލި އިރު ކާޓޫނު ކެރެކްޓަރ އެއް ނަމަ ރައިނާގެ ދެ ކަންފަތުން ދުން އެރީހެވެ.
އެ ދެމީހުންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި މީހުން ވެސް އާޔަން އަަށް ފެނުނީ އެވަގުތު އެވެ.ހުރެވުނީ ކޮން ތާކު ކަން ރެއެކާލުމާއި އެކު އާޔަން އެހޫނު ޒުވާބު ނިމުމަކަށް ގެންނަން ބޭނުންވިއެވެ.”ބަލާބަލަ އެންމެން އެތިބީ ބަލަން.ރައިނާ ވެއްޖެ އެއްނުން އެ ހިފައިގެން ވަންނަން.މަ މި ދަނީ” އާޔަން ބެލީ އެތަނުން އަވަހަށް ސަލާމަތް ވެވޭތޯ އެވެ.”އޭ އާޔަން ގަނޑާ!”އާޔަން ކުރި އަށް ފިޔަވަޅު އެޅުމުގެ ކުރިން ރައިނާ އާޔަންގެ އަތުގައި ހިފަހައްޓާ ލީ ދެބުމަ ގޮށްޖަހައިގެން ހުރެއެވެ.”މަަށަށް މިހާލު ޖައްސާފަ ނުދެވޭނެ މަ ގެއަށް ނުލައިދީ އެއް.އަދި ޓެކްސީ ގަނޑަކަށް ނާރާ ހިނގާފަ މިހިސާބަށް އައީމަ”ރައިނާ ބުނެލީ އާޔަންގެ އަތުން ދޫނުކޮށްލާ ހުރެއެވެ.
“ވަޓް ނޯވޭ ތި ރައިނާ ގައިގަ ހުރި ހުރިހާ އައިސް ކްރީމް ތަކެއް ދެން އޭރުން އުނގުޅޭނީ މައެ ގައިގަ”އާޔަން ދެފަރާތަށް ބޯ ހޫރުވާލީ ރައިނާ ބުނި ވާހަކަ އަށް އެއްބަސް ނުވާށެވެ.”ނިކަން ދޭބަލަ.ތި ދާ ތާކަށް ހެޔޮ ހާލުގަ އެއް ނުދެވޭނެ”ރައިނާ ބުނެލީ އިންޒާރު ދޭ ފަދަ ގޮތަކަށް ށެވެ.
ރައިނާގެ އިންޒާރުން އާޔަންގެ ދެލޮލުން އަލީފާން ކަނި ބުރާލި އެވެ.ވަރެއްގެ އަންހެނެކެވެ.މި ޖެހުނީ ދެން މީނަ ގޮވައިގެން މީނަ ބުނާތާކަށް ދާން ތާ އެވެ.ހުރިހާ ވެސް މައްސަލަ އަކީ މި ރައިނާ ފުޅު ބުނާ ބަހުގައި ހިފަހައްޓާތީ އެވެ.
ރައިނާ އާއި ދިމާލަށް ހިތާ ހިތުން އެއްޗިހި ކިޔަމުން ވެސް އާޔަން ރައިނާ ގޮވައިގެން ރައިނާ ބުނާތާކަށް ގެންދަން އެއްބަސް ވިއެވެ.
ގަދަ ނޫކުލައިގެ ޝޯލްގައި އެންމެ ފަހު ޕިން ޖަހާލަމުން ލައިނީ ޑްރެސިންގް ޓޭބަލް މަތީގައި ހުރި އޭނާގެ ސެންޓް ފުޅި ނަގާ ގަޔަށް ބުރުވާލިއެވެ.ހިތް ހަމަޖެހޭ ވަރަށް ސެންޓް ޖަހާ ނިމުމުން ލައިނީ އެނދު މަތީގައި އޮތް އޭނާގެ ފޯނު ނަގަމުން ކޮޓަރިން ނިކުތެވެ.ކާގޭގައި ކާން އިން ލައިޝާގެ ގާތަށް ލައިނީ ދިޔައީ ދިއުމުގެ ހުއްދަ ލިބޭތޯ އެވެ.
“މަންމާ”ކާގެ އަށް ވަންނަމުން ލައިޝާ އަށް ގޮވާލި ލައިނީ އާއި ދިމާލަށް ބަލައިލި ލައިޝާ އަށް ލައިނީ ތަނަކަށް ދާން ވީ ކަން އެނގުނެވެ.”ކޮންތާކަށް؟”ލައިޝާ އަހާލީ ލައިނީ ގެ އަނގައިން ލަފުޒެއް ވެސް ބޭރު ވުމުގެ ކުރިން ނެވެ.”އާޓިފިޝަލް ބީޗަށް”ލައިނީ ޖަވާބު ދިނީ ސީދާ ލައިޝާ ގެ ސުވާލަށްށެވެ. “ދިހަ އެއްގެ ކުރިން ގެ އަށް އަންނާތި”އިތުރު ސުވާލެއް ނުކޮށް ލައިޝާ ކޮށްލީ އަމުރެކެވެ.ލައިޝާ ގެ ޖުމުލަ އަށް އެއްބަސް ވަމުން ލައިނީ ބޯ ޖަހާލީ އެ ނޫން އިތުުރު ގޮތަކަށް ދެވެން ނެތުމުން ނެވެ.
“ޒާ ދެން ބާއްވަނީ އިނގޭ”ބައި ގަޑިއިރު ވެފައިވާ ފޯނު ކޯލް ނިންމާލުމުގެ ގޮތުން ކިޔާން ބުނެލި އެވެ.އެތައް އަހަރުތަކެއް ވަންދެން މާ ކަނޑުގައި އޮޔާ ބެހުމަށްފަހު އެކު އެކީގައި މަންޒިލާއި ހިސާބަށް އާދެވުމުން ޒާރާ އާއި ކިޔާން އެކަކު އަނެކަކުގެ ޚަބަރެއް ނުލިބި އުޅެން ވަނީ އުނދަގޫ ކަމަކަށް ވެފައި އެވެ.އެކަމުގެ ހެއްކަކަށް ބައި ގަޑި އިރު ވެފައިވާ ފޯނު ކޯލް ވެސް ފުދެއެވެ.
“މިރޭ ދެން ހަމަ އެއްވެސް އެއްޗެކޭ ނުބުނާނަން ތަ؟”ޒާރާ އަހާލި އިރު އެ އަޑުގައި ލަދުވެތިކަން ހުއްޓެވެ.”ކީކޭ ދެން ކިޔަންވީ”ކިޔާން އަހާލީ އެނގި ހުރެ ވެސް ނޭނގޭ ކަމަށް ހެދިލަމުންނެވެ.”ލަވް ޔޫ އޭ ވެސް ދެން މިރޭ ނުބުނާނަން ހޭ”ޒާރާ އިތުރު ތަފްސީލު ބަޔާން ނެރެލީ ލަދު ނުގަންނަ ކަމަށް ހެދެމުންނެވެ.”އޯކޭ އޯކޭ ލަވް ޔޫ”އެއް މިޔަކުން ހީލަމުން ކިޔާން ބުނެލި އެވެ.”ދެން ކިޔާންންން”ޒާރާ އެހެން ބުނެލަމުން ފޯނު ކަނޑާލީ ރުޅި އައި ކަން ދައްކާލުމުގެ ގޮތުން ނެވެ.
އެހެން ނަމަވެސް އިރުކޮޅެއް ފަހުން ކިޔާންގެ ފޯނަށް ލަވް ޔޫ ޓޫ އާއި އެކު ރަތް ކުލައިގެ ހިތެއް ޒާރާ މެސެޖު ގެ ޒަރިއްޔާ އިން ފޮނުވާލި އެވެ.ކިޔާން އަށް ހެވުނީ އެހިސާބުން ނެވެ. ޒާރާ ހާމަ ލަދުރަކި އެވެ.ގުޅާފައި ބުނަން ނުކެރުމުން އެކްޓެއް ޖައްސާފައި ވެސް އެބުނެލީ މެސެޖު ގެ ޒަރީއާއިން ނެވެ.
ނުނިމޭ
ދެން އިން އެޕިސޯޑް އިން ޝާ ﷲ 22 ވާ އާދިއްތަ ދުވަހުގެ ކުރިން ކިޔާލަން ލިބޭނެ.
މި ޕާޓް ބުނި ދުވަހަށް ވުރެ ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.މި ޕާޓް ލަސްވީ ކިޔެވުމުގައި ބުރެވުމުގެ އިތުރަށް އަޅުގަނޑު ގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަަކަށް ދަށް ވުމާއި ގުޅިގެންނެވެ.
މިޕާޓު ރީތިވާނެ ކަމަށް އުންމީދު ކުރަމެވެ.😊
31 Comments!
Comments are closed.




wow rifoo you are the best knme dhuvahaku beleyy vhk up vefa thw inyy
btw keep it up next part kiyaalaa hithun indhevenii ehh nuun
love you rifoo
Thanks gurrrl
Sorry ingey hama bxy v ma and hama haalathu huri gothun submit kurevey goi nuvy.ekam vx in sha Allah next Sunday ge kurin genesdhevey tho mi balani
Hehe in sha Allah varah avahah kiyaalan libeyne
Love you more 😘
Aslu ves Rifoo vare ne inge varah Reethi mi vaahaka
Wow very interesting 💗💗💗💗💗
Thanks my fav bab ☺️
Maashaa Allah mi part vx varah varah reethi…
Manjjj shafaka Allah…
Hmm hmm manjey manjey nu vegen ulhunu kan thah vx dhen vee thaa dho mihaaru.ey ma golaa liyan fashaany 2 ga school in ge ah aissa ingey.ey adhi eh kan thah mi part ga vx hunnaane baivaru hints thah
Rifoo school ga indhefa tha thi comment ah reply dhenee?ekam kihihe
Wifi libey thee.dhen rifoo mi id in log in vefa reply dheny
Mi part ves varah reethi Masha Allah
Kon irakun next
Rifoo hama best
Thanks dhunya
Next part in sha Allah hama next Sunday ge kurin
V reeethi❤️❤️
How we supposed to contact you 🥹❤️
Really wanna talk you❤️
Me too 😅
Hey yoummm
Thanks for your lovely comment
Snapchat banned Rifoo 10 ga ulhey thee hehe eii amilla ah kuri kameh dhen othy Instagram e yeh nugengulhen hama only one app gengulheni contact kuran mihaaru viber nagaafa
Ehaa famous app eh noon hama ekani friends aa vaahaka dhahkan gengulhey app eh eii.yoummm nugengulhey app eh viyyaa kihinei contact kuraany…
E app ge name bunedheefaanan tha
🥹
‘Just talk’ kiyani alhaafa yoummm bunelaa rifoo id dheynan
Varah reethi mi episode ves keep it up
Thanks eekshaam
Hi fai
Yh hi
Where are you from
I can’t tell you 😭 public v ma sorry 😞
But I am a teen ☺️ what about you
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Zeek and mish gulhuvachey
Nuk and aleeka ves
Lai and rayaan dhuru nukurachey
Aleek and aika ves gulhuvachey
They all are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
Hey cutie girl
Next part in sha Allah varah avahah kiyaalan libeyene
Thanks cutie girl 😘
i am 13 yrs old
Fai thi a vure one year kuda dhen you guess kurey
Hey rifoo
Kuda koh lahun dhw comment mi kohleveny
Hama buxy kamun … But mendhuru libunu 30 mins break ga kiyaalin
Vvvvvvvv reethi ….love it .
Then ulhe bala avhah zeek and mish gulhuvan
I think zeek is gonna be the most romantic one ehaa madun huriyas coz that’s mostly how it happens in real life 😜😉
And nuk ah reethi filaavalhen nagaa dhy bala …. He is too talkative… He needs a lesson
And aayan and rainaa ves gulhuvah chey they’ll be an entertaining couple
And lai and aayaan ge rela ves lai men ah angadheeba
And one more I think lai and kaiyaan gulheyne hen
Hehe varah dhigu vehjje dhw comment
Overall loved this story form the bottom of the heart ❤️ ❤️ ❤️ ❤️
And mi holidays ga if you are free pls can you try to submit lil often for sure mi school ge 10 graders are punished due to the decrease in our performance….ehenve ey alsu mihaaru maa bxy iy ….
Anyway curiously waiting for the next part
Love you ❤️
Hey shimmer
E ok vaane dhen hama kiyaalaafa comment nukohlevey faharu vx annaane thaa dho
Dhen zeek and mish dho edhe meehun ge vaahaka nudhekkiyyaa kanneynge rangalhu vaany lol 😂 maa kuri ah jassaalaigen e ulheni dho
Dhen nuk dho e sorah nagaadheyne filaavalheh mi hadhani
But kaiyan and lai eii bro and sis ehnun thaa shimmer
Rifoo vx mi balani thankolheh avahah submit kuramun gendhevey tho dhen vaa gothakun ingeynee
Love you more ❤️
Heyy rifoo
How are you darlingg?? shafakallah i hope you’ll get well soon..
mi part vx vrh reethi..
curious for the next part💜
lyssm💜🦋
Hey butterfly
Alhamdhullilah mihaaru rangalhu
Thanks butterfly
Love you more ❤️