Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…58

އެހެން ނަމަވެސް އިރުކޮޅެއް ފަހުން ކިޔާންގެ ފޯނަށް ލަވް ޔޫ ޓޫ އާއި އެކު ރަތް ކުލައިގެ ހިތެއް ޒާރާ މެސެޖު ގެ ޒަރިއްޔާ އިން ފޮނުވާލި އެވެ.ކިޔާން އަށް ހެވުނީ އެހިސާބުން ނެވެ. ޒާރާ ހާމަ ލަދުރަކި އެވެ.ގުޅާފައި ބުނަން ނުކެރުމުން އެކްޓެއް ޖައްސާފައި ވެސް އެބުނެލީ މެސެޖު ގެ ޒަރީއާއިން ނެވެ.

***************

ފޯނާއި އެކު އެނދުން ފައިބަމުން ކިޔާން ކޮޓަރިން ނިކުންނަން ހިނގައިގަތީ ރަޔާން އެގެ އަށް އައިސް ދިނުމަށް އެދުމުން ނެވެ. ރަޔާންގެ ހާލަތު ރަނގަޅަށް އެނގޭތީ ކިޔާން ރަޔާންމެން ގެ އަށް ދިޔައީ ރަޔާން އޭނާ އާއި ވާހަކަ އެއް ހިއްސާ ކުރަން ބޭނުން ނުވާ ނަމަ އެގޮތަކަށް ދާން ނޭދޭނެ ކަން އެނގުމުންނެވެ.

 

ސައިކަލަށް އަރާ ކިޔާން ސައިކަލު ސްޓާޓް ކޮށްލ ރަޔާންގެ މަންޒިލަކަށް ވީ “ރެޑްވޭވް”އެވެ.އާދައިގެ ސްޕީޑް އެއްގައި ދުއްވާފައި ދިޔަ ކިޔާން ގެ ސިކުނޑީގައި އެކި އެކިކަހަލަ ސުވާލު އުފެދެމުން ދިޔަ އެވެ.އެހެން ނަމަވެސް އޭގެން ކޮންމެ ސުވާލަކަށް ޖަވާބު ދެވެން އޮންނަނީ ރަޔާން އާއި ބައްދަލު ވުމުންނެވެ.

 

“ރެޑްވޭވް”ގޭގެ ކައިރީގައި ސައިކަލު ޕާކް ކޮށްލަމުން ކިޔާން ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދުނީ ހިޔާލެއް ފިކުރެއް ނެތި އެވެ.ގޭގެ ސިޓިންރޫމް އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ކިޔާން އަށް ފެނުނީ އަތާ އަތް ޖޯޑު ކޮށްގެން ކޮޓަރިން ނުކުމެގެން އައި ރިޔާން އާއި އައިރާ އެވެެ.”ހްމްމްމް ހްމްމްމް ޑޭޓް އަކަށް ދޯ މި ދެމީހުން މި ދަނީ”ކިޔާން ދިމާކޮށްލީ ރިޔާން އާއި އައިރާ ތިބި ގޮތުން ނެވެ.އެންމެ މަޑުން ހުންނަ މީހަކަށް ވެސް އެދެމީހުން އައި ގޮތުން ދިމާ ނުކޮށް ނުހުރެވޭނެ ކަންނޭނގެ އެވެ.”ތީ ދެން ވަކި މާ ރަނގަޅު މީހެއް ތަ؟”ރިޔާން އަހާލީ ދެން ވަކި ދެރަ ނުވާށެވެ.

 

އިތުރަށް ދެބަސް ވާން ނުހަދާ ރިޔާން އާއި އައިރާ ގެއިން ނުކުތުމާއި އެކު ކިޔާން ރަޔާން ގެ ދޮރުގައި ޓަކި ޖަހާލިއެވެ.ދެން މާ ގަދަ އަށް ދެބަސް ވާން އެއީ ނުކްޝާން އާއި ނަވްޔާ އެއް ނޫން ވިއްޔާއެވެ.”ހުޅުވާފަ”ރަޔާން އަށް ކިރިޔާ އެހެން ބުނެލެވުނު ކަމެވެ.ކިޔާން ދޮރު ހުޅުވާލައިފިއެވެ.

 

ދޮރު ހުޅުވާލަމުން އެތެރެ އަށް ވަން ކިޔާން އަށް ޑްރެސިންގް ޓޭބަލް ކައިރީގައި ރީތިވާން ހުރި ރަޔާން ފެނުމުން އޭނާ ކުރަން އުޅުނު ސުވާލު ތަކުގެ މަތިން ވެސް ހަނދާން ނެތުނެވެ.ވާނީ ވެސް އެހެންތާ އެވެ.އޭނާގެ ގާތު ގެ އަށް އަންނަން އެދިފައި ރަޔާން އެހުރީ ނަލަ ވެގެން ބޭރަށް ދާން ތައްޔާރު ވެލައިގެން ނެވެ.

 

“މަގޭ ކައިރީގައި ނުބުނާތި މަންޖެ އާއި އެއްކޮށް ދާ ޑޭޓް އަކަށް ށޭ މަ ގެންދަން ތި އުޅެނީ”ކިޔާން ދެ އަތް އުފުލާލިއެވެ.މަޖާ ރާގަކަށް ކިޔާން ބުނެލި ނަމަވެސް ކިޔާންގެ ދެލޮލުން ފާޅުވަމުން ދިޔައީ ސީރިއަސް ކަމެވެ. ބަނަވެގެން ދިޔަ ރަޔާންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ކުޑަކޮށް ނަމަވެސް ފާޅުވެލީ ކިޔާން ހުރި ގޮތް ފެނުމުންނެވެ.”ނޫޅެމޭ ކަލޭނޭ ޑޭޓަކަށް ކިޔާން ގެންދާކަށް”އިސްތަށިގަނޑު ސްޓައިލް ކުރަން ހުރި ރަޔާން ބުނެލީ ލޯގަނޑުން ކިޔާން ގެ މޫނާއި ދިމާލަށް ބަލައިލަމުން ނެވެ.”މަ މިތަނަށް ގެނެއްސަ ކޮންތާކަށް ދާން ނޯ ތި އުޅެނީ”ކިޔާން އަހާލީ އެނދުގައި އިށީންނަމުންނެވެ.”ކިޔާން އަހާލީ އެނދުގައި އިށީންނަމުންނެވެ.”އާޓިފިޝަލް ބީޗަށް.މިތާ އިނދެގެން ދައްކާ ކަހަލަ ވާހަކަ އެއް ނޫން”ރަޔާންގެ ޖުމުލައިގައި ފޮރުވިފައިވާ މާނަ ނަގައިގަތުމަށް ކިޔާން ނުކުޅެދުނެވެ.

 

“މަންޖެ ގެ ވާހަކަ އެއް ތަ؟”ކިޔާން އަހާލީ އިރުކޮޅެއް ވަންދެން ވިސްނާލަން އިނުމަށް ފަހު އެވެ.ކިޔާން އާއި ދިމާލަށް ބަލައިލަމުން ރަޔާން ބޯ ޖަހާލި ގޮތުން ދައްކަން އުޅޭ ވާހަކައިގެ ސީރިއަސް ކަން ކިޔާން އަށް ނަގައިގަނެވުނެވެ.އިތުރަށް ވާހަކަ ނުދައްކާ ހުންނަން ކިޔާން އަށް މަޖުބޫރުވީ ވެސް އެހިސާބުންނެވެ.

 

އެންމެ ފަހު ކަމަކަށް ބޮޑީ ސެޕްރޭ ފުޅި ނަގާ ރަޔާން ގަޔަށް ޖަހާލި އިރު ވެސް ކިޔާން ރަޔާން އާއި އިތުރު ވާހަކަ އެއް ނުދައްކާ ފޯނު ކުޅެން އިނެވެ.އިރު އިރުކޮޅާ ކިޔާން ހިނިތުންވަމުން ދިޔަ ގޮތުން ކިޔާން ވާހަކަ ދައްކަމުން އެގެންދަނީ ޒާރާ އާއި ކަން ރަޔާން އަށް ނަގައިނެވުނެވެ.ބޮޑީ ސްޕްރޭ ފުޅި ޑްރެސިންގް ޓޭބަލް މަތީގައި ބައިން ދަމުން ރަޔާން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކިޔާންގެ އަތުން ފޯނު އަތުލިއެވެ.ކިޔާން އަށް ފޯނު ނުދޭން ރަޔާން ކޮޓަރިން ނިކުންނަން ދުއްވައިގަތީ ފޯނު ސްކްރީން އިން ފެންނަމުން ދިޔަ މެސެޖުތައް ކިޔަމުންނެވެ.ބަލާކަށް ނުހުރެ ކިޔާން ވެސް ރަޔާންގެ ފަހަތުން ދުއްވައިގަތީ ލަދެއްގައި ނުބެދޭށެވެ.

 

ކޮޓަރިން ބޭރަށް އަޅާލި ފުރަތަަމަ ފިޔަވަޅާއި އެކު ރަޔާން އަށް ފެނުނީ ސޯފާގައި އިށީންދެގެން އިން ރިޔާނާ އެވެ.ސޯފާގެ ކުރިމަތީގައި ބެހެޓިފައި ވާ ބިއްލޫރި މޭޒު މަތީގައި އޮތް އޭނާގެ ފޯނު ރިންގު ވުމަށް ފަހު ކެނޑުނުތަން ފެނުމާއި އެކު ކިޔާންގެ އަތަށް ކިޔާންގެ ފޯނު ލައި ދިނުމަށް ފަހު ރަޔާން އޭނާގެ ފޯނާއި ދިމާލަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ މަރުން ސަލާމަތްވާން މީހަކު ދުވެފައި ދާނެ ހާ ވެސް ބާރަށްށެވެ.އެހެން ނަމަވެސް ރަޔާން އަށް ފޯނާއި ހަމައަށް ވާސިލް ވެވުމުގެ ކުރިން ދިއްލިފައި އޮތް ސްކްރީން އަށް ރިޔާނާގެ ނަޒަރު ދަތުރު ކޮށްލިއެވެ.ރަނގަޅަށް ރިޔާނާ އަށް ބަލާނުލެވި އުޅެނިކޮށް ރަޔާން ފޯނު ނަގާ ނިވާލިއެވެ.ފޯނު ޖީބަށް ލަމުން ރިޔާނާ އާއި ހަތަރު ކަޅި ވެސް ހަމަކޮށް ނުލާ ރަޔާން ނުކުމެގެން ދިޔައީ ސިޓިންރޫމް ގައި ހުރި ކިޔާންގެ ހިތުގައި ސުވާލު މާކެއް ޖަހާފައިއެވެ.

 

“ރަޔާނޫ”ރަޔާންގެ ފަހަތުން ނިކުން ކިޔާން ގޮވާލީ އޭނާ ނުލާ ރަޔާން ދާން އުޅޭހެން ހީވުމުންނެވެ.ކިޔާންގެ ނަސީބު ކަން ދިމާ ކުރި ގޮތުން އޭރު ރަޔާން ގަރާޖުން ސައިކަލު ނެރެނީ އެވެ.ކިޔާން ވެސް ޕާކު ކޮށްފައިވާ ސައިކަލު ދުއްވާލާފައި ގޮސް ރަޔާން އާއި އަރާ ހަމަކުރި އެވެ.ދެމީހުން އެކު އެކީ ސައިކަލު ދުއްވާލި އިރު ދެ ޒުވާނުންގެ ވެސް މަންޒިލަކަށް ވީ އާޓިފިޝަލް ބީޗެވެ.ސައިކަލު ދުއްވަމުން ދިޔަ އިރު ވެސް ދެޒުވާނުންގެ މެދުގައި ވަނީ ހަމަހިމޭން ކަމެވެ.އާޓިފިޝަލް ބީޗަށް ގޮސްފައި ނޫނީ ވާހަކަ ނުދައްކާން ދެ ޒުވާނުން ވެސް ހުވާ ކޮށްގެން ތިބި ކަހަލައެވެ.

އާޔަންގެ އިންތިޒާރުގައި ގޭ ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި ލައިނީ އަށް ނޭނގުނު ކަމަކީ ބެލްކަނިން ލައިނީގެ ކޮންމެ ހަރަކާތަކަށް ބަލަން ލައިޝާ ހުރިކަމެވެ. ލައިޝާ ބެލްކަންޏަށް ނުކުތީ ލައިނީ އަދިވެސް ދޮރު ކައިރީގައި ހުންނާނެ ކަމަކަށް ނޫނެވެ.

 

އާޔަންގެ ސައިކަލު ލައިނީ ގާތު މަޑުކޮށްލުމުން ލައިނީ އާޔަންގެ ފަހަތަށް އަރާ ހަމަޖެހިލި މަންޒަރު ބަލަން ހުރި ލައިޝާ އަަށް ދެލޯ ބޮޑުކޮށްލެވުނެވެ.ކުރިން ރޭ ވެސް އޭނާ އަށް ލައިނީ ފެނުނީ އާޔަން އާއި އެކު ކަމުން ލައިޝާގެ ހިތުގައި ޝައްކުގެ ރާޅު ބާންޏެއް ދަތުރު ކޮށްލިއެވެ.އާޔަން އާއި ލައިނީގެ ދެމެދުގައި އެކަހަލަ ގުޅުމެއް ނުވުމަށް ލައިޝާގެ ހިތް ދުޢާ ކޮށްލި އެވެ.އާޔަން އަކީ އޭނާގެ އުފަން ދަރިފުޅު ކަމާއި މެދު ލައިޝާގެ ހިތުގައި ޝައްކެއް ވެސް ނެތެވެ.

 

ސައިކަލު ދުއްވާލުމުގެ ކުރިން ލައިނީމެންގޭ އިމާރާތަށް ބަލާލި އާޔަން އަށް ބެލްކަންޏަށް އަރާ ހުރި ލައިޝާ ފެނުމާއި އެކު ހިނިތުންވެވުނެވެ.ލައިޝާ ބަލަން ހުރި ގޮތުން ލައިޝާ އަށް އޭނާ އަކީ ކާކު ކަން އެނގުނު ހެން އާޔަން އަށް ހީވިއެވެ.ހިތުގައި އުފާވެރިކަމެއް އުފެދުނީ އެހިސާބުން ނެވެ. ލައިޝާ އަށް އޭނާ އަކީ ލައިޝާ ގެ އަމިއްލަ ދަރިކަން އެނގުމުން އޭނާ އަށް ލައިނީ އާއި ލައިކާ އަށް ހަގީގަތް ކިޔައި ދޭން ފަސޭހަ ވާނެ ކަން ޔަގީނެވެ.

 

އާޔަން ސައިކަލު ސްޓާޓް ކޮށްލީ ލައިނީ އޭނާ އަށް ގޮވާލުމުންނެވެ.”ހޭއި ކީއްވެ ލަސްވީ؟މިހާރު މިތާ ކޮޅަށް ހުންނަތާ ދިހަ މިނެޓަށް ވުރެ ގިނަ އިރު ވާނެ”ލައިނީ ބުނެލީ ޝަކުވާގެ ރާގެއްގައި އެވެ.”ސޮރީ.ފާޑެއްގެ ފޮނި މަންޖެ ގަނޑަކާ ދިމާވެގެން އޭނަ ގެއަށް ލާން ޖެހުނީ”ރައިނާ ގެ މަތިން ހަނދާން ވުމާއި އެކު އާޔަން އަށް މޫނަށް ގޮތެއް ހަދާލެވުނެވެ.”ފާޑެއްގެ ފޮނި މަންޖެ އެއްތަ ނޫނީ ޖީ އެފް ތަ؟”ނުކްޝާން އާއި އެކު އުޅެ އުޅެ ލައިނީ އަށް ވެސް ހުރީ ނުކްޝާން ގެ ޖެއްސުން ކުރުމުގެ ގޮތް ގަނޑު ވާރުތަ ވެފައި ކަންނޭނގެ އެވެ.”އައްޗީޑި ހާދަ ފޫހިވާ އިންސާނެކޭ އެއީ.އަދި ކޮންމެ ދުވަަހަކު ކޮންމެވެސް ވަގުތެއްގަ އޭނަޔާ ދިމާވާނެ.މިއަދު ހަވީރު ވީ އިރު ވެސް ދިމާ ނުވީމަ އެހާ ފޮނި ވެފަ ހުއްޓަ ދެންމެ އޭނަޔާ އަދި ދިމާވެއްޖެ.ހަމަހުވާ އެ އިންސި އަކާ ހެދި މޫޑު ވެސް ކަޓައިފި މިރޭ” އާޔަން ގެ ރާގުން އެކަނި ވެސް އޭނާ އެ އަންހެން ކުއްޖާގެ ދެކެ ފޫހިވާ ވަރު ލައިނީ އަށް އަންދާޒާ ކޮށްލެވުނެވެ.”ތިހެން އުޅެފަ ތި ދެމީހުން ކަންނޭނގެ މެރީ ކުރާނީ”ލައިނީ ބުނެލީ ފޯނު ނަގާ ގަޑި ބަލާލަމުންނެެވެ. “ވަޓްޓް.ލައި ހީކުރި އާޔަން އަށް ނުލިބޭނެ ކަމަށްތަ އެ ބޭފުޅާ އަށް ވުރެ ރީތި ކުއްޖަކު.މިހާރު ވެސް މަންޖެ އެއް ގެންގުޅެމޭ. އެކުއްޖާޔާ މެރީ ކުރަން މި އުޅެނީ.ދެން އެ ރައިނާ އަށް ހިތް ދެވޭނެ ތަ؟”

 

“ހަމްމްމް ހަމްމްމް ހާދަ ލޯބިންނޭ ދޯ ރައިނާގެ ނަން ތި ކިޔަނީ”ލައިނީ ބުނެލީ ދިމާކޮޮށްލުމުގެ ގޮތުންނެވެ.”ކަލޭނޭ މަންމަ ކޯޗެއް ކާންދީގެން ތަ މިއަދު ލައި އާޔަން އާއި އެކު ފޮނުވީ”އާޔަންގެ އެއްވެސް ޖުމުލަ އެއްގައި ލައިނީ އަޅައި ނުގަންކަން އާޔަން އަށް ޔަގީންވީ ލައިނީ އާޔަންގެ ވާހަކަ ހުރި ގޮތުން ހިނިގަނޑެއް ޖަހާލުމުންނެވެ.

 

އާޓިފިޝަލް ބީޗަށް ވަދެގެން އައި ލައިނީ އާއި އާޔަން މަޑުކޮށްލީ އާޓިފިޝަލް ބީޗަށް ވަންނަ ތާ ކައިރީގައި އެވެ.ދެމީހުން އެކި އެކި ވާހަކަ ދައްކަ މުން ދިޔަ އިރު ލައިނީގެ ހަނދާނުން އެތައް ކަމެއް ކައްސާލައިގެން ގޮސްފައި ހުރިކަން އަންގައިދެނީ އޭނާގެ ހިނިތުންވުން އެކުލެވިގެން ވާ މޫނުންނެވެ.

 

“އަސްލު ވެސް އާޔަން ގެންގުޅެން ތަ ކުއްޖެއް؟”ލައިނީ އަހާލީ ސައިކަލުގައި އިނދެފައި އާޔަން ދެއްކި ވާހަކަ ހަނދާން ވުމުންނެވެ.”ޕިސް ނުގެންގުޅެން.އާނ އޮފީހުގަ އެހާ ބައިވަރު މީހުން ތިބިއިރު ވެސް އާޔަންގެ ފަހަތުން އަޅުވާލައިގެން އުޅޭ ކުއްޖާ ގަނޑެއް އުޅޭނެ.އެހެންވެ މަޖަލަކަށް އެހެން ބުނެލީ”އާޔަން ބުނެލީ އެއްމިޔަކުން ހީލަމުންނެވެ.”އާނ އާނ އާނ.ދެން އެމަންޖެ އާ ހިތާވެެގެން ދޯ ….”ލާނެތް އަސަރަކާއި އެކު ވާހަކަ ދައްކަމުން ދިޔަ ލައިނީގެ އަޑު ކެނޑުމުން އާޔަން ބަލާލީ ލައިނީ އަށް ވީ ކީއްތޯ އެވެ.

 

ސައިކަލު އެއް ފަރާތުގައި ޕާކް ކޮށްލުމަށްފަހު ކިޔާން އާއި ރަޔާން އާޓިފިޝަލް ބީޗަށް ވަންނަން ދިޔައީ މަޑު ހިނގުމެއްގައި އެވެ.އާޓިފިޝަލް ބީޗަށް ވަދެގެން އައި ކިޔާންގެ ލޮލުގައި ލައިނީ އަޅައިގަތުމާއި އެކު އިސްޖަހާލައިގެން ހުރި ރަޔާންގެ އަތުގައި ކޮށްޓާލިއެވެ.ލައިނީގެ ގާތުގައި ހުރި ފިރިހެން ކުއްޖާ ކިޔާންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.ކިޔާން ރަޔާން އާއި ދިމާލަށް ބަލައިލި ވަގުތު ރަޔާންގެ ދެލޮލުން އޭނާ އަށް ވޭނީ އަސަރުތަކެއް ފެނިލިއެެވެ.

 

ދެ އަތް މުއްކަރުވާލައިގެން ހުރި ރަޔާން ގެ ލޭ ހޫނުވަމުން ދިޔައީ ލައިނީ އާއި އެކުު މިރޭ ވެސް ކުރިން ރޭ އޭނާ އަށް ފެނުނު ޒުވާނާ ހުރުމުން ނެވެ.އެއް ފަހަރު ލައިނީ އާއި އެކު އެޒުވާނާ ފެނިފައި ވުމުން އެއީ ލައިނީ ދަންނަ ކުއްޖެއް ކަން އޭނާ އަށް ޔަގީންވިއެވެ.އެ ފިރިހެން ކުއްޖާ ލައިނީ އާއި އެކު ހުރުމުން ރަޔާން ގެ ހިތުގައި ދިޔައީ ރުޅިވެރިކަމުގެ އަލިފާން ބޮޑު ވަމުންނެވެ.

 

ލައިނީ އަަށް ނޭނގުނު ނަމަވެސް އޭނާ އަަށް ޔަގީނެވެ.އެ ނުދަންނަ ޒުވާނާ ލައިނީ އާއި އަޅައިގަނެގެން އެ އުޅެނީ ލައިނީ ހިތް އެމީހަކަށް މިލްކުވޭތޯ އެވެ.ތެރަސްލާ ތަތްކޮށްގެން އުޅޭނެ ކަހަލަ ގޮތަކަށް ލައިނީގެ ފަހަތުން ނެއްޓެން ނޭނގި ގެން އެއުޅެނީ ވެސް ހަމަ އެސަބަބާއި ހުރެއެވެ.

 

“ނޯ ރަޔާން.ލައިނީ އަކީ ރަޔާންގެ ހަޔާތުގަ މުހިއްމު މީހެއް ނޫން”ރަޔާންގެ ސިކުނޑި އޭނާ އަށް ވިސްނައިދެމުން ދިޔަ އެއްޗަކާއި އޭނާގެ ހިތް ވަރަށް ބޮޑަަށް ވެސް ދެބަހެވެ.އެހެން ނަމަވެސް ތަގުދީރުގެ ނިޔާ އޭނާ އަށް ބަަދަލު ކުރެވޭނެ ހެއްޔެވެ؟ލައިނީ ފެނި ހުރެ ވެސް ނުފެންނަ ކަމަށް ހެދުން ނޫން ގޮތެއް އޭނާ އަށް އެބަ އޮތް ހެއްޔެވެ؟

 

ނަފްސު ހަމަޖެހުމާއި އެކު ލައިނީގެ ކުރިމަތިން ކުރި ކަނޑާލާފައި ރަޔާން ކިޔާން އާއި އެކު ދިޔަ އިރު އޭނާ އަށް ލައިނީގެ އެޒުވާނާ އާއި ވާހަކަ ދައްކަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.އެ އަޑު ޖެހުމާއި އެކު އެކަނި ވެސް ރަޔާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

“އާރ ޔޫ އޯކޭ”ކިޔާން އަހާލީ އާޓިފިޝަލް ބީޗު ބެންޗެއްގައި އިށީނދެލި ރަޔާންގެ ގާތުގައި އެވެ.”އެއީ ކާކު ކަން ކިޔާން އަށް އިނގޭތަ؟”ކިޔާން ކޮށްލި ސުވާލުގެ ޖަވާބަކީ މާ ބޭނުންތެރި އެއްޗެއް ކަމަކަށް ރަޔާން އެއް ނުދެކުނެވެ.”ރަޔާން އެހެން މީހަކާ މެރީ ކުރާހެން ލައި ވެސް ޖެހޭނެ ދޯ ހަމަ މީހަކާ މެރީ ކުރަން”ކިޔާން ވެސް ވަކި ރަޔާން ކުރި ސުވާލަށް ޖަވާބު ދޭކަށް ނޫޅުނެވެ.ކިޔާން ބުނެލި ވާހަަކަ އާއި ޚުދު ރަޔާން ވެސް އެއްބަހެެވެ.

 

“ކޮން ވާހަކަ އެކޯ ދައްކަން އުޅުނީ”ހިމޭން ކަމުގެ ސިކުންތު ކޮޅަކަށް ފަހު ކިޔާން އަހާލީ މަޑުމައިތިރި ރާގަކަށް ށެވެ.ތިމަންނަ މިއިނީ އަޑު އަހަންނޭ ކިޔާން ބުނެލި ފަދައެެވެ.ކިޔާން ގެ ވާހަކަ ހުރި ގޮތުން ރަޔާން އިނީ އޭނާ ދައްކަން ވީ ވާހަކަ ދައްކަން ވީ ތޯ ނޫނީ ނުދައްކާ ދޫކޮށްލަން ވީ ކަމެއް ނޭނގިފައި އެވެ.

 

“އައި ނޯ ރަޔާން.ތި ދައްކަން އުޅެނީ ފައިހާގެ ވާހަކަ އެއް ވިއްޔާ އަހަރެން ދެންމެ ވާހަކަ ދެއްކި ގޮތުން އުނދަގޫ ވެދާނެ.އެކަމު ރަޔާން..ރަޔާން ފައިހާ އާ މެރީ ކުރަން ބޭނުންވާ ނަމަ ވާނެ ގޮތުގެ ވާހަކަ އަހަރެން ބުނީ.ފައިހާ ދޫކޮށްލާފަ ލައި އާއި އެކީ އުޅެން ބޭނުންވާ ނަމަ އެކަން ވެސް ކުރަން ވީ.ޝައިލްބެ ވެސް ރިޔާނާ ދައްތަ ވެސް ރަޔާންގެ އެއްވެސް ފްރެންޑް އެއް ރަޔާން އަކާ ދެކޮޅެއް ނުވާނެ”ކިޔާން ރަޔާން އަަށް އެޔަގީންކަން ދެމުން ބޯ ޖަހާލިއެވެ.

 

ފުން ނޭވާ އެއް ރަޔާން ދޫކޮށްލި ގޮތުން ކިޔާން އަށް ރަޔާން އޭނާ ގެ ވާހަކަ ފަށަނީ ކަން ކިޔާން އަށް ނަގައިގަނެވުނެވެ.”އައި ޑޯންޓް ނޯ.ކުރިން ހުރީ މަންމަ ބޭނުންވި ގޮތަކަށް ފައިހާ ޔާ މެރީ ކުރަން ނިންމައި ގެން.އެކަމު އެއީ ކިހާ ހާޑް ޑިސިޝަން އެއް ކަން އެނގުނީ އެނިންމުން ނިންމުނު ފަހުން.އެއް ބައި ފަހަރު ހިތަށް އަރާ މޮޔަ ކަމެކޭ ކުރަން މި އުޅެވެނީ.ކޯޒް ފައިހާ ވެސް ބޭނުމެއް ނުވޭ ދޯ މެރީ ކުރާކަށް.ދެން ކިހިނެތް މެރިއޭޖް ވޯކް ކުރާނީ.ދެން އޮތީ…”އެހާ ހިސާބަށް ބުނެލަމުން ރަޔާން ބަލާލީ ލައިނީ އާއި އާޔަން ހުރި ދިމާލަށް ށެވެ.އޭރު ލައިނީގެ ނަޒަރު އޭނާ އަަށް ހުއްޓިފައި ހުރުމުން ރަޔާން އަށް ހީވީ އޭނާގެ ހިތުގައި ކަރަންޓުގެ އޮޔަވަރެއް ދަތުރު ކޮށްލި ހެންނެވެ.ވަގުުތުން އޭނާ ގެ ނަޒަރު އެހެން ދިމާލަކަށް ބަދަލު ކޮށްލީ އަމިއްލަ ނަފްސު ހިފެހެއްޓުމުގެ ބާރު އޭނާގެ އަތުން ވެސް ގޮއްސާނެތީ އެވެ.

 

ރަޔާން ގެ އެންމެ އަމަލަކުން ވެސް ރަޔާން ބުނެދޭން ބޭނުންވީ ކީކޭ ކަން ކިޔާން އަށް ނަަގައިގަނެވުނެވެ.ރަޔާން އާއި ދިމާލަށް ބަލައިލަމުން ފުން ނޭވާ އެއް ކިޔާން އަށް ދޫކޮށްލެވުނެވެ.ރަޔާން އާއި ދިމާލަށް ބުނާނެ އެއްޗެއް ކިޔާންގެ އަތަކު ނެތެވެ.ލޯބިވާ މީހަކު އެހެން މީހަކާއި އެކު ވުމަކީ ކިހާ ވޭނެއް އޭގައި ހުރި ކަމެއް ކަން ކިޔާން އަށް އެނގެ އެވެ.އެހެން ނަމަވެސް ލައިނީ އާއި ދުރުގައި ހުރުމަކީ ރަޔާން އަމިއްލަ އަށް އެޅި ފިޔަަވަޅެކެވެ.ބުނަން ވީ ކީކޭ ކަމެއް ނޭނގިފައި ކިޔާން އަށް އިރުކޮޅެއް ވަންދެން އިނދެވުނީ އެސަބަބާއި ހުރެއެވެ.

 

“އައި ޑޯންޓް ހޭވް އެނީތިންގ ޓު ސޭ. އެކަމު ހަނދާން ކުރައްޗޭ ރަޔާންގެ އެންމެ ޑިސިޝަން އަކާއި އެކު ތި ދިރިއުޅުން އެއްކޮށް ބަދަލުވާނެ ކަން.ރަޔާންގެ އަތުގަ ގޮތީ ގޮތް ނިންމުމުގެ ބާރު”ބުނާނެ އެއްޗެއް ދުލުކުރި އަށް ނައިސް އިން ކިޔާން ބުނެލީ މާނަ ފުން ޖުމުލަ ތަކެކެވެ.

 

ރަޔާން އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލައިނީ ގެ ދެލޮލުން ކަރުނަ ހިލުނު މަންޒަރު އާޔަން އަށް ފެނުމުން ލައިނީގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ.ދެންމެ މުޅިން ސަކަރާތުގައި އުޅުނު ލައިނީ އަށް ރަޔާން ފެނުމުން އޭނާގެ އެފުށް މިފުށަށް ޖެހިފައިވާ ހަޔާތުގެ މަތިން ހަނދާން ވިއެވެ.”ލުކް ލައިނީ ޔޫ ހޭވް ޓު ބީ ބްރޭވް އިނގޭ.ކިހިނެތް އިނގޭނީ ފިއުޗާގަ ލައި އެންޑް ރަޔާން ގުޅެން ނެތް ކަމެއް”އާޔަންގެ ޖުމުލަ ތަކަށް ލައިނީގެ ސަމާލުކަން ދަމައިގަތެވެ.”އެހެން ވީމަ ކެތް ކުރަން ވާނެ ދޯ”އާޔަން ނަސޭހަތް ދެމުން ދިޔައީ ބޭބެ އަކު ކޮއްކޮ އަކަށް ނަސޭހަތް ދޭނެހާ ވެސް ލޯބިން ނެވެ.

 

ލައިނީގެ ދެލޮލުން ކަރުނަ ފޮހެލި އާޔަން އަށް އަުޑާއި ދިމާލަށް ނަޒަރު ހިންގާލެވުނީ ވާރޭގެ ކަނިތައް އޭނާގެ ގަޔަށް ހަމަލާދޭން ފެށުމުންނެވެ.ވާރޭ ބޯ ކޮށްލަން ފެށުމުން ލައިނީގެ މޫނުމަތިން ހިނިތުންވުމެއް ފާޅު ވި އިރު އާޔަންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެލިއެވެ.އޭރު ވެސް އާޔަން ހުރިީ ލައިނީގެ ކޮނޑުގައި އިރުކޮޅެއް ކުރިން ހިފަހައްޓާލި ގޮތަށް ށެވެ.

ނުނިމޭ

 

 

 

Comments (21)

  1. Vempire girl

    Maashaa Allah mi part vx varah varah reethi…
    Manjey rayaan fakeerahshaa lainy fakeerah ehn nahadhaa…
    Mi haaru vx e thiby heart broke vefa… dhn ithurah heart broke nukurey💔💔😭😭
    Whn next??

    1. Laura
      Vempire girl

      Yh dho

    2. RIFSHA
      Vempire girl

      Thanks manjuu
      Vaahaa haadha broke ekey dho dhen manje thi vany.
      Bro ma adhi kiriyaa mi liyani dhen unmeedhu kurey next Thursday ah libeyne kamah.aslu dhe dhuvahun ehdhuvahu genesdheyn ulhuny.ekamu dhen manje ah ingey dho ma buxy kan.ey ekam Thursday ga genesdheefa mashah heevani Saturday ga vx libeyne hen.mi dhe dhuvahu ekanyyehnu dho ma buxy vaany 😅

  2. Laura

    Hey rifoo
    Kon irakun tha next varah kiyaalaa hithun mi huree
    dhen dhen dhen Rifoo pls pls ekudhinnah ehen nahadhaba varah dhera vejje ingey mi part kiyaafa.lai and rayaan avahah gulhuvaba they are made for eachother lau ah kiriyaa nurovuny 😅
    Lau mi madu kurani dhen next ga viyas mish and zeek ge bayakah.aleeka and aika ge bayeh vx genesdhehchey.
    Mihaaru miadhu neynge kithah faharah kameh mi beluny submit vejje tho
    Hehe dhen next ge inthizaaru ga hureveynee
    Love you rifoo 😘

    1. RIFSHA
      Laura

      Hey lau
      Next in sha Allah Thursday ga genesdhevey tho mi ulheni rifoo vx
      Ahaha dhen vaane gothei balamaa dho
      Hehe dhen zeek and mish ge bayeh annaane dhen Rifoo jeheyni visnaalan aleek and aika ge bayakaa medhu 😅
      Love you more ❤️

  3. Anonymous

    Varah reeti mi part ves. Aayan and raina gulhuvachy

    1. RIFSHA
      Anonymous

      Thanks anonymous
      Ahaha dhen vaane gothei balamaa dho

  4. Nishva

    Hey Rifoo
    Vaguthu nuvaathy ingey comment nukohlevenee.dhen yesterday ge reygadu ehnun dhw upload vefa mi iny.hendhuney aammu koh balanee.ehenve ingey avahah comment nukohlevuny.
    Anyways varah Reethi ingey.hama hurihaa kudhin ves bunaa hen buneveynee varah ves reehchey vaahaka.and rai and aayan avahah gulhuvahchey.they are power couple dhw.
    Kon irakun next part kiyaalan libeynee
    Love you rifoo<3

    1. Laura
      Nishva

      Vaguthu vey gaimu mashah

    2. Rauha
      Nishva

      School ah gossa filaavalhu thah hadhaa meehunnah vaguthu vaane thaa dho nish

    3. Rauha
      Nishva

      Lol haha aslu ves ma bunaany manje yaa ****** e soraa hennney.

    4. RIFSHA
      Nishva

      Hey nish
      It’s ok ey.
      Thanks varah bodah nish
      Hehe dhen thi hen vx bunevidhaane dho
      Next in sha Allah Thursday ga
      Love you more ❤️

  5. Aareyemesey

    Hey rifoo..vrh salhi mi part vess…can’t wait for the next..I’m dying out of curiosity….alheyy rayaan and lainy gulhuvadhehchey avahah..and ayaan eii kaaku kan ves lainy ah avahah engehchey puleeesss..can’t wait for that part.. Adhivess miah vuren thankolheh dhogu nama ey hithah araa komme part eh ves… anyways vrh reethi mi part ves..I appreciate hama vrh burakon ulhemun ves vhk up kuraathyve..Soo grateful for yuh girrly 🥰✨..keep up the hard work ingey💯

    1. RIFSHA
      Aareyemesey

      Hey aareyemesey
      Thanks varah bodah aareyemesey
      Dhen vaane gothei balamaa dho
      Rifoo vx varah dhigu kohdheyn beynun dho ekam vx mi dhuvas kolhu kuda koh buxy v ma in sha Allah next mi ah vure dhigu kohlaanan
      Once again thanks aareyemesey

  6. Your fav bab

    Very nice and intresting!!!!!!
    Keep going 💗💗💗💗💗💗💗
    Rayaan and lainy they r Made for each other so gulhuvacheyyyy!!!!!!

    1. RIFSHA
      Your fav bab

      Thanks your fav bab
      Dhen vaane gothei balamaa dho

  7. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    aleek and aika gulhuvachey
    nuk and aleeka ves
    rayaan and lainy dhuru nukurachey
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love yo fav author

    1. RIFSHA
      cutie girl

      Thanks cutie girl
      Alhey dhen vaane gothei balamaa dho.
      Love you more ❤️

  8. cutie girl

    zeek and mish ves gulhuvachey

  9. Rauha

    Hey Rifoo
    Sup 👋 varah dhuvas kohlaafa dho mi bahdhalu v.hama busy kamun ingey.lau ah vaguthu viyas rau mennakah nuveyey.eyna dhen eii assignment ves school ah aissa e gadi feshumuge kurin miss kiyavadhey gadee ga adu naahaa filaavalhu hadhaa meheh dhen vaanee ehen ehnu.
    BTW story hama best as usual.varah avahah next kiyaalan libeyne kamah unmeedhu kuranee ingey.bandhu v ma ☺️.but take your time ingey.
    Lai and rayaan ulhey gothun kiriyaa nurovuny. rayaan jealous vanee dho e aayan and lai ehkoh ulhey thee.dhen ehen ve varah majaa faadakah ekam hama overall koh lai and rayaan ge part sad ee.aika and aleek ge bayeh next ga kiyaalan libeyene kamah ingey unmeedhu kuranee
    Love you ❤️

    1. RIFSHA
      Rauha

      Hey rau
      Hehe dhen ehen vx ulhen vaane thaa dho.rifoo vx baeh dhuvas dhuvahu ehen hadhan 🤫
      In sha Allah next part Thursday ga genesdhevey tho mi balani.hehe rifoo vx mi unmeedhu kurani bandhu v ma Gina in genesdheveyne kamah.
      Labba hama rayaan ah e vany ehen 😅
      Like everyone else dho
      Love you more ❤️

Comments are closed.