ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީކާން އަށް ސިހުމެއް ލިބުނީ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން ޒާރާ ގޮވާލި އަޑު އިވުމުން ނެވެ.”ދޮންބޭ ނުކް ބަލާ ދާ ގަޑި ޖެހެނީ އޭ. މަންމަ ބުނީ ކާރުގަ ދަށޯ އެއާރޕޯރޓް އަށް.މިހާރު ނުކް އަންނަ ފްލައިޓް ޖައްސަން އުޅޭނެ ޔޯ” ***************** ޒީކާން އޭނާގެ ފަން އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. އޭރު ޒާރާ ފަސް އެނބުރިފައި ދަނީ އެވެ.ޒާރާގެ ފަހަތުން ސިޓިންރޫމްގެ […]
އެންމެ ކުޑަ އިރުން ފަށަަައިގެން ވެސް ޒީކާން އަކީ މަޑުމައިތިރި ކަމަށް ލޯބި ކުރާ ކުއްޖެކެވެ. މަދު މަދުން ނޫނީ ސަކަރާތް ނުޖަހާ ޒީކާންގެ ދިރިއުޅުން ކުއްލި އަކަށް ބަދަލުވެގެން ދިޔައީ ޒީކާން ގްރޭޑް އަށަކަށް ދިޔަ އަހަރުއެވެ. ގްރޭޑް އަށަކަށް ޒީކާން ދިޔަ އަހަރުވެގެން ދިޔައީ އޭނާގެ ކުލާހަށް އަލަށް ކުއްޖަކު އައި ދުވަހަކަށް ށެވެ. ފުރަތަމަ ނަޒަރުން ވެސް ޒީކާން އަށް އެ ކުއްޖާ ކަމު ދިޔަ އެވެ. މުޅި ކުލާހުގައި އުޅޭ ހުރިހާ […]
ދެލޯ މަރާލައިގެން އޮތް އަލީކާ އަށް ދެލޯ ހުޅުވާލެވުނު ވަގުތު ފެނިގެން ދިޔައީ ހުދު ކުލައިގެ ސީލިންގް އެވެ. ކޮޓަރީގެ އަލިގަދަ ކަމުން އަލީކާ ގެ ދެ ލޮލަށް އުނދަގޫވި އެވެ. ރަނގަޅަށް ބަލާލުމައި އެކު އޮވެވުނީ ހޮސްޕިޓަލުގައި ކަން އޭނާ އަށް އެނގުނެވެ. އޭނާގެ އަތަށް ގުޅާފައިވާ އައި.ވީ ފުޅި ފެނުމުން އަލީކާގެ ހިތުގައި ސުވާލު މާކެއް ޖެހުނެވެ. ހޮސްޕިޓަލުގައި ބާއްވާ ވަރަށް އޭނާ ބަލިވީ ކޮން އިރަކު ހެއްޔެވެ؟ ************ އެކި އެކި ދިމާލަށް […]
ކުއްލި އަކަށް މުޅިތަން އެނބުރެން ފެށި ކަހަލަ އިހުސާސް އެއް އަލީކާ އަށް ކުރެވެން ފެށުމާއި އެކު އޭނާ އާއި އެންމެ ކައިރީގައި ހުރި ގޮނޑިބަރި އާއި ދިމާލަށް އަލީކާ އަށް ހިނގައި ގަނެވުނެވެ.އެހެން ނަމަވެސް ވީ ނުވީ އެއް ނޭނގި އިރުކޮޅެއްގެ ތެރޭގައި މުޅި ތަނަށް އަނދިރި ކަން ވެރިވާން ފެށުމާއި އެކު އަލީކާ އަށް ހުރިތަނަށް ތިރި ވެވުނެވެ. އޭގެ ފަހުން ވީ ގޮތެއް ޚުދު އަލީކާ އަކަށް ވެސް ނޭނގުނެވެ. ***************** އެއްވެސް […]
އެވަގުތުވީ ގޭގެ ދޮރު ހުޅުވާލާފައި މީހަކު ގޭ ތެރެ އަށް ވަން ވަގުތަށް ވުމުން އަލީކާ ދޮރާއި ދިމާލަށް ބަަލައިލި އެވެ.”އަލީކް.. ފޯނު ނުނަގާ ކީއް ތި ކުރީ މި އޮށްފަދަ ގަޑީގަ ބޭރަށް ގޮއްސިގެން”އަލީކާގެ އަޑުން ހިތްހަމަ ނުޖެހުން ފާޅު ވިއެވެ.”ދޮންތަ ރެޑީވޭ. އެމްބިއުލަންސް އަށް މި ގުޅަނީ”އަލީކާގެ ސުވާލަށް ޖަވާބު ދިނުން އެއީ މި ވަގުތު މާ މުހިއްމުކަމެއްގެ ގޮތަކު އަލީކް އެއް ނުދެކުނެވެ. **************** ދުވެފައި ކަހަލަ ގޮތަކަށް އަލީކާ ކޮޓަރި އާއި […]
އެޒުވާނާގެ ފިޔަވަޅުތައް އޭނާ އާއި ކައިރިވާކަން އެނގުމުން އައިކާ އަށް ދެލޯ މަރާލެވުނެވެ. ޝޯލުން ބޮލާއި އެކު ކަރު ނިވާވެފަައިވީ ނަމަވެސް ހަށިގަނޑު ގައި ނުވާކަމެއް ނެތް ކަމުގެ އިހުސާސް ކުރެވުމުން ދިޔައެވެ. ***************** ދެލޯ މަރާ ބާރުކޮށްލައިގެން އޮތް އައިކާ އަށް ދެލޯ ހުޅުވާލެވުނީ އެއްޗެއް ވެއްޓިގެން ދިޔަ އަޑު އިވުމުން ނެވެ.އެއާއި އެކު ބިއްލޫރި ތެޅުނު އަޑު އިވުނެވެ.ކަނު އަނދިރީގެ ތެރެއިންވެސް ދުރަށް ވެއްޓިފައި އޮތް ދިޔާން އައިކާ އަށް ފެނުނެވެ. ދިޔާންގެ ކައިރީގައި […]
ނަވްޔާ އަށް ވެސް އެފޮޓޯ ފެނުމާއި އެކު ވަގުތުން ހުއްޓުން އެރިއެވެ.”ވަޓް ދަ” ބޭއިޚްތިޔާރުގައި ނަވްޔާ ގެ އަނގައިން އެ ޖުމުލަ ނިކުތީ ފޮޓޯ އިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވުމުން ކަންނޭނގެ އެވެ.”ވެއިޓް.އެއީ ޒީކް ތަ؟”ނަވްޔާ ގެ އަޑުން ހައިރާން ކަން ފާޅުވެގެން ދިޔައެވެ. ***************** ފޮޓޯ އިން ފެންނަމުން ދިޔައީ ޒުވާން ޖޯޑެކެވެ. ފިރިހެންކުއްޖާ އެއް ފައި މައްޗަށް ތިރިވެ ލައިގެން އިން އިރު އޭނާގެ ކުރި މަތީގައި ހުރި އަންހެން ކުއްޖާ […]
އަވަސް ހިނގުމެއްގައި ހިނގާފައި ދިޔަ ޝަހްނާ މަޑުކޮއްލީ ހަދަން ފަށާފައިވާ އިމާރާތެއްގެ ކުރިމަތީގައި އެވެ.މަގުމަތީގައިވާ އެއްވެސް މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓިފައި ހުރި ތޯ ބަލާލަމުން ޝަހްނާ އެ އިމާރާތުގެ ތެރެއަށް ވަދެލީ އެވަގުތު މަގުމަތީގައި ތިބިީ މީހުންގެ ތެރެއިން އެކަކު ވެސް އޭނާ އާއި ދިމާލަށް ނުބަލާ ކަން ޔަގީން ކުރުމަށްފަހު އެވެ. ******************* “ލައި ދެން ހިނގާ ގެއަށް ދާން.ވާ ވަރަށް ތެެމެވިއްޖެ އެއްނު”އާޔަން ބުނެލީ އޭނާގެ އިސްތަށިގަނޑުގައި ވާ ފެންތައް ދުރަށް […]
އެހެދުމާއި ދިމާލަށް އަނގަ އޮރި ކޮށްގެން ބަލަން ހުރި މިޝްޔާ އަށް ހަށިގަނޑު ސީދާ ކޮށްލެވުނީ ޒީކާން އައިސް ކައިރީގައި ހުއްޓުމުން ނެވެ.އެއް ފަހަރު ހެދުމާއި ދިމާލަށް ދެވަނަ ފަހަރު ޒީކާންގެ މޫނާއި ދިމާލަށް ބަލައިލި މިޝްޔާ ގެ ހިތުގެ ތެޅުން ކުޑަ އިރު ކޮޅަކަށް ނަމަވެސް މަޑު ޖެހިލީ ޒީކާންގެ ތޫނު ނަޒަރު އޭނާ އަށް ހުއްޓިފައިވާ ތަން ފެނުމުންނެވެ.ޒީކާންގެ ކަނޑެއް ފަދަ ފުން ދެލޮލަށް ގެނބެމުން ދިޔަ މިޝްޔާ ގެ ހިތަށް ފެން އެއްޗެއް […]