Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…59

Anonymous Level 4100 Login10 Stories100 Comments
December 27, 2024 8 Mins Read
33 Comments

ލައިނީގެ ދެލޮލުން ކަރުނަ ފޮހެލި އާޔަން އަށް އަުޑާއި ދިމާލަށް ނަޒަރު ހިންގާލެވުނީ ވާރޭގެ ކަނިތައް އޭނާގެ ގަޔަށް ހަމަލާދޭން ފެށުމުންނެވެ.ވާރޭ ބޯ ކޮށްލަން ފެށުމުން ލައިނީގެ މޫނުމަތިން ހިނިތުންވުމެއް ފާޅު ވި އިރު އާޔަންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެލިއެވެ.އޭރު ވެސް އާޔަން ހުރިީ ލައިނީގެ ކޮނޑުގައި އިރުކޮޅެއް ކުރިން ހިފަހައްޓާލި ގޮތަށް ށެވެ.

****************

ވާރޭގެ ކަނިތައް ބިންމައްޗަށް ހަމަލާ ދޭން ފެށުމުން ރަޔާން ބަލައިލީ ދުރުގައި ހުރި ލައިނީ އާއި ދިމާލަށް ށެވެ.ލައިނީ ވާރޭ އާއި ތެެމެން ފޯރި ދައްކާލާ ވަރު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އޭނާ ވިއްޔާއެވެ.ލައިނީގެ ކޮނޑުގައި ހިފަހައްޓައިލައިގެން ހުރި އާޔަން ރަޔާންގެ ލޮލުގައި އަޅައިގަތުމާއި އެކު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރާލިފަދަ އެވެ.ދެންމެ ކިޔާން ދެއްކި ވާހަކަ ވެސް ސިކުނޑިން ފިލާ ދިޔަ ކަހަލަ އެވެ.

 

“ލައި ހިނގާ ހިޔާ ލިބޭނެ ކަހަލަ ތަނަކަށް” އާޔަން ލައިނީ އަށް ގޮވާލީ އާދޭސް ކޮށްލާ ފަދަ ގޮތަކަށް ށެވެ.”ދެން އާޔަން.ލައި ބޭނުމޭ ތެމެން”ލައިނީ ބޮޑާ ހާާކާލިއެވެ.އާޔަން ފާޑަކަށް ލައިނީ އާއި ދިމާލަށް ބަލަން ހުރުމަށް ފަހު އެއްބަސް ވެލީ އިތުުރު ގޮތެއް ނެތް މީހެއް ފަދައިންނެވެ.

 

ވާރޭގެ ހަމަލާތައް އޭނާގެ ހަށިގަނޑަށް ދެމުން ދިޔަ އިރު ވެސް އާޔަން ގެ ނަޒަރު ހުއްޓިފައި ވަނީ އާޓިފިޝަލް ބީޗުގެ އެއްފަރާތުގައި ބެހެއްޓިފައިވާ ބެންޗުގައި އިން ރަޔާން އަށްށެވެ.ރަޔާން ގެ މޫނަށް ނަޒަރު ހިންގާލި އާޔަން އަށް އެދެލޮލުން ގޮތް ހުސްވެފައިވާ މިންވަރު ހާމެވެގެން ދިޔައެވެ.ލައިނީ އޭނާ އަަށް ހުރިހާ ތަފްސީލެއް ދީފައި ނެތް ނަމަވެސް ލައިނީ އާއި ރަޔާން ދުރުވުމަށް މެދުވެރިވި ސަބަބު އާޔަން އަށް ވެސް އެނގެއެވެ.ހަޒާނާ ފޮއްޓަކަށް ލާފައި ބިމު އަޑީގައި ވަޅުލި އަސް ހޯދަން ބޭނުންވާ މީހަކު އޭނާ ހޯދަން ބޭނުންވާ އެއްޗެއް ހޯދާނެ ތާއެވެ.

 

ވާރޭގެ ތެރޭގައި ދެލޯ މަރާލައިގެން ހުރި ލައިނީ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.އެވަގުތު ލައިނީ އަށް ހީވީ ވެހެމުން ދިޔަ ވާރޭ އާއި އެކު އޭނާގެ ސިކުނޑީގައިވާ އެންމެ ހާ ހާސް ކަމެއް ފެނާއި އެކުވެ ބިމަށް ފޭބި ހެންނެވެ.ސިކުނޑި އަށް ބަރުކުރަމުން ދިޔަ ހުރިހާ ހިޔާލަކާއި އޭނާ އަށް ދުރަށް ދެވިފައިވާ ކަހަަލަ އެވެ.

 

ރަޔާން ގެ ނަޒަރު އޭނާ އާއި ދިމާލަށް ހުއްޓޭހެން ހީވުމުން ރަޔާން ގެ މޫނުން ނަޒަރު ވަކި ކޮށްލަމުން އާޔަން ލައިނީ އާއި ދިމާލަށް ބަލައިލި އެވެ.އެވަގުތު ލައިނީގެ މޫނު މައްޗަށް ވެރިވެފައިވާ ހިނިތުންވުމުން އެކަނި ވެސް ލައިނީގެ ހިތަށް ހަމަޖެހުމެއް ލިބިފައިވާ ކަން އާޔަން އަށް ޔަގީންވިއެވެ.

 

އަނގައިން ބަސް ހުސްވެފައި ތިބި މިޝްޔާ އާއި ޒީކާން އަށް އެކަކު އަނެކަކުގެ މޫނާއި ދިމާލަށް ބަލައިލެވުނީ އެއްވެސް މީހަކަށް އަންގާލުމެއް ނެތި ވާރޭގެ ކަނިތައް ބިމަށް ހަމަލާ ދޭން ފެށުމުންނެވެ.ތެމުމުގެ ކުރިން ހިޔަލަށް ވަނުމަށް ދެމީހުންނަށް ވެސް ދުއްވައި ގަނެވުނު އިރު ވަންނާނެ ތަނެއް ނެތް ކަން ދެމީހުންނަށް ރެއެކާލެވުނު އިރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ.ގަދަ ވަޔާއި އެކު ވާރޭ ބޯކޮށްލީ އެއްބައި މީހުންގެ ހިތްތަކަށް ހާސްކަން ވެރިކުރުވާ އަނެއް ބައި މީހުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ވެރިކުރުވަމުންނެވެ.

 

ދުވެފައި ކަހަލަ ގޮތަކަށް އެންމެ ކައިރީގައި ހުރި ގެސްޓް ހައުސްގެ ތެރެއަށް ޒީކާން ވަނުމާއި އެކު މިޝްޔާ ވެސް ޒީކާންގެ ފަހަތުން ދުއްވައިގަތީ މިވަގުތު އޭނާ ހުރީ ޒީކާން އާއި އެކުގައި ކަމަށް ވުމުންނެވެ.އެދެ ޒުވާނުން ގެ ނަސީބު އަތުގައި ހިފީ ގެސްޓް ހައުސް ހަދާފައި ހުރި ގޮތުން އެތަނުގެ ގޯތި ތެރެއިން ލާފައި އިމާރާތުގެ އަސްކަނި ދަށަށް ވަން ނަމަވެސް އެތަނުގައި އުޅޭ މުވައްޒަފުންނަށް ނުފެނި ވަދެވޭ ގޮތަށް ހުރުމުންނެވެ.

 

ވާރޭ އާއި ކުޑަކޮށް ތެމިފައި ވުމުން މިޝްޔާ ހުރީ އިންތިހާ އަށް ފިނިވެފައި އެވެ. އިމާރާތުގެ އަސްކަނި ދަށުގައި ތިބި ނަމަވެސް ވަޔާއި އެކު ފެން އެތެރެ އަށް ވިއްސަމުން ދިޔަ ގޮތުން މިޝްޔާގެ ގަޔަށް އެވަގުތު ވެސް ދިޔައީ ފެން ވިއްސަމުން ނެވެ.އޭނާގެ ނަސީބު ވެސް ދެން އެވަގުތު ނެތީ ކަންނޭނގެ އެވެ.

 

ބޯކޮށް ވެހެމުންދިޔަ ވާރޭ އަށް ނަޒަރު ހުއްޓާލައިގެން ހުރި ޒީކާން ގެ ދެލޮލުން މިފަހަރު ވެސް ވިދުމެއް މިޝްޔާ އަށް ފެނުނެވެ.ކުރިން ފަހަރެކޭ ވެސް އެއް ފަދައިން އިސްޖަހާލި ވަގުތު އެ ވިދުން ޒީކާން ގެ ދެލޮލުން ގެއްލިގެން ދިޔަ އެވެ.މިޝްޔާ އަށް ޒީކާން އާއި ދިމާލަށް ބަލަހައްޓައިގެން އިރު ކޮޅެއް ވަންދެން ހުރެވުނީ ޝައުގުވެރިކަމެއް ހިތުގައި އުފެދުމުން ނެވެ.

 

ޒީކާން ގެ ދެލޮލުން އެ ވިދުން އެ ފާޅު ވަނީ ބަނަ ވިލާތަކާއި ދިމާލަށް ބަލައިލާ ވަގުތު ކަން މިޝްޔާ އަށް ފާހަގަ ވުމުން ހިތުގައި ސުވާލު އުފެދުނެވެ.ޒީކާންގެ ހަޔާތާއި އެ ވިލާތަކާއި ގުޅުމެއް އޮތީ ބާ އެެވެ.މިޝްޔާ އަށް އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރެވުނީ ހިތުގައި އެތަށް ބައިވަރު ސުވާލުތަކެއް އެއްފަހަރާ އުފެދުމުންނެވެ.

 

ޒީކާން އިސްއުފުލާ މިޝްޔާ އާއި ދިމާލަށް ބަލައިލުމާއިއެކު މިޝްޔާ ގެ ހިތަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ނުވިސްނާ ހުއްޓާ ޒީކާން ބަލާލުމުން މިޝްޔާ ކުއްލި އަކަށް އޭނާގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލި އެވެ.ހީވީ ވައްކަމެއް ކުރަނިކޮށް ވަގަކު ފަޅާ އެރިހެންނެވެ.

 

މިޝްޔާގެ އެ ސިއްރުވެރި ހަރަކާތްތައް ކިތަންމެ އަވަސް ވެފައި ހަލުވި ނަމަވެސް ޒީކާން އަށް އެންމެ ކަމެއް ވެސް ސިއްރު ވާ ގޮތެއް ނުވިއެވެ.ވަރަށް ނުވާ ކަމަަށް ހެދެމުން ޒީކާން މިޝްޔާ ގ މޫނުން ނަޒަރު ވަކި ކޮށްލީ މިޝްޔާ ވަށް ކަޅިން އޭނާ އާއި ދިމާލަށް ބަލާކަން އެނގި ހުރެ އެވެ.

 

ވެހެމުން ދިޔަ ވާރޭ އަށް ނަޒަރު ހިންގާލި ޒީކާން އަށް ވާރޭ އަވަސް ރަހުމަތެއްގައި ތުނި ކޮށްލާނެހެން ހީނުވުމުން މިޝްޔާ އާއި ދިމާލަށް ބަލައިލި އެވެ.”ހިއެއް ނުވޭ ދެން މިރޭ އަވަހަށް ހުއްޓާލާނެ ހެނެއް”ޒީކާންގެ އަޑު ޖެހުމާއި އެކު މިޝްޔާ ޒީކާން އާއި ދިމާލަށް ބަލައިލި އެވެ.ދެމީހުންގެ ހަތަރު ކަޅި ބައްްދަލުވި ހިނދު މިޝްޔާގެ ގައިގައި ކަރަންޓުގެ އޮޔަވަރެއް ދަތުރު ކޮށްލިހެން މިޝްޔާ އަށް ހީވިއެވެ.އެހެން ނަމަވެސް އެކަމަށް ވުރެ ބޮޑަށް މިޝްޔާ ހައިރާން ކުރުވީ ޒީކާން ގެ ޖުމުލަ އެވެ.ޒީކާން ބުނަން ބޭނުންވި އެއްޗެއް ދެނެގަތުމަށް މިޝްޔާ މި ފަހަރު ނުކުޅެދުނެވެ.

 

“ވާރޭ ތުނި ކޮށް ނުލަނީސް މާލެ ދާނީ ތަ ނޫނީ މިތާ މިރޭ މަޑު ކުރާނީ ތަ؟”މިޝްޔާ ގެ މޫނުމަތިން މިޝްޔާގެ ހިތުގައި ވީ އެއްޗެއް ދިރާސާ ކޮށްލަމުން ޒީކާން ބުނެލިއެވެ.”މަޑު ކުރާނީ…”ޒީކާން ގެ މޫނާއި ދިމާލަށް ބަލަން ހުރުމަށްފަހު މިޝްޔާ އޭނާގެ ޖަވާބު އިއްވާ ލިއެވެ.މިރޭ މި އޮށް ވައި ގަދަ ވަގުތު ދަތުރު ދާން މިޝްޔާ ބޭނުން ނުވީ އޭނާ އަކީ ކަނޑަށް ބަލި މީހަކަށް ވެފައި މިރޭ މިވަގުތު ދިއުމަކީ ވަރަށް “ރިސްކު”ނަގަން ޖެހޭ ކަމަކަށް ވާތީ އެވެ.އެ ކަހަލަ “ރިސްކެއް”ނެގުމުގެ ބަދަލުގައި ފުރުޞަތު އޮށްވާ އެ “ރިސްކު”ނުނެގުން މާ ބުއްދިވެރި ކަމަށް މިޝްޔާ ގެ ހިތް ބުނެލިއެވެ.

 

އެހެން ނަމަވެސް މިޝްޔާ އަށް ނޭނގެނީ ހުންނާނެ ތަނެކެވެ.މިވަގުުތު ވިލިގިލީގައި މަޑުކުރެވިދާނެ އެވެ.އެހެން ނަމަވެސް ތިބޭނީ ކޮން ތާކު ހެއްޔެވެ؟ދެން މުޅި ރޭ އެއްކޮށް އެ އަސްކަނި ދަށަކު ނުތިބެވޭނެ އެއް ނޫން ހެއްޔެވެ؟

 

މިޝްޔާ ސިކުނޑީގައި ސުވާލު މާކެއް ޖަހަމުން ޒީކާން އެ ގެސްޓް ހައުސް ގެ އެތެރެ އަށް ވަންނަން ހިނގައިގަތެވެ.ޒީކާން އެ ދަނީ އެ ގެސްޓް ހައުސް އިން ކޮޓަރި އެއް ބުކް ކުރަން ހެން ހީވުމުން މިޝްޔާ ވެސް ޒީކާންގެ ފަހަތުން ގެސްޓް ހައުސް ގެ އެތެރެ އަަށް ވަންނަން ހިނގައިގަތެވެ.ގެސްޓް ހައުސްގެ ތެރެ އަށް ވަންނަން ހިނގައިގަތް އިރު މިޝްޔާ ގެ ކަޅި ދިޔައީ އެކި އެކި ދިމާލަށް ދަތުރު ކުރަމުން ނެވެ.

 

ގެސްޓް ހައުސް އަށް ވަދެވެން ހުރި ބޮޑު ބިއްލޫރި ދޮރު ހުޅުވާލަމުން އެތެރެ އަށް އާޅާލި ފުރަތަމަ ފިޔަވަޅާއި އެކު މިޝްޔާ ގެ ދެލޮލުން ހީވީ ތަރި ބުރައިގެން ދިޔަ ހެންނެވެ.ބޭރުން ކިތަންމެ އާދައިގެ ގޮތަކަށް ދެއްކި ނަމަވެސް އެތެރެ އިން ފަސް ތަރީގެ ހޮޓަލަކަށް ވެސް ދޫނުކުރާނެކަން ގައިމެވެ.ރަސްރަސް ކަލުންގެ ގަނޑުވަރެކޭ އެތަން އެއް ވަރެވެ.

 

މުޅި އިމާރާތުގައި އެކު އެކީގައި ހެން ހުދު ކުލަ ލާފައިވާ އިރު ވެދެގެން އަންނަ މައި ދޮރާއި ފަސް ވަރަކަށް ފޫޓު ދުރުގައި ރިސެޕްޝަން ހުރި އިރު ހަމަ އެދުމާލު ފާރުގައި ބޮޑު ގަޑި އެއް ހަރުކުރެވިފައި ހުއްޓެވެ.ޒީކާން ރިސެޕްޝަން އާއި ކައިިރި ވުމާއި އެކު މިޝްޔާ އަށް ދުރުގައި ހުރެވުނީ ޒީކާން ކުރާ ކަމެއް ބެލުމުގެ ގޮތުން ނެވެ.ރިސެޕްޝަންގައި އިން ކުއްޖާ އާއި އިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު ޒީކާން މިޝްޔާ ގެ ގާތުގައި އައިސް ހުއްޓިލިއެވެ.

“ހިނގާ ދާން”ޒީކާން މިޝްޔާ ގޮވައިގެން ހިނގައިގަތީ ލިފްޓާއި ދިމާލަށް ށެވެ.ލިފްޓަށް އަރަމުން ޒީކާން ފަސްވަނަ ފިތަށް ފިއްތާލި އެވެ.އޭރު ވެސް މިޝްޔާ އަށް ހުރެވުނީ ވާ ނުވާގައި އެވެ.

 

ލިފްޓް ގޮސް ފަސް ވަނަ ފަންގިފިލާގައި ހުއްޓުމާއި އެކު ޒީކާން ވީ.އައި.ޕީ ޖަހާފައިވާ ރޫމެއްގެ ދޮރަށް ތަޅުދަނޑި ވައްދާލިއެވެ.ދޮރު ހުޅުވިގެން ދިއުމާއި އެކު މިޝްޔާ އާއި ދިމާލަށް ޒީކާން ބަލާލި އެވެ.ޒީކާން އެ އަންގާލީ ވަނުމަށް ކަން އެނގުމުން މިޝްޔާ އެ ކޮޓަރީގެ ތެރެ އަށް ފިޔަވަޅެއް އަޅާލިއެވެ.ރަނގަޅަށް މިޝްޔާ އަަށް އެތެރެ ފެނުނީ ދެނެވެ.

 

ކޮޓަރި އަކަށް ވުރެ ބޮޑަށް މިޝްޔާ އަށް އެތަން ސިފަވީ އެޕާޓްމަންޓް އެއްގެ ގޮތުގައި އެވެ. ކޮޓަރި އަށް ވަންނަ ދޮރާއި ފަސް ފޫޓެއްހައި ދުރުގައި ފަންސާސް ދެ އިންޗީގެ ބޮޑު ޓީވީ އެއް ހަރުކުރެވިފައި ހުއްޓެވެ.ޓީވީގެ ތިރީގައި ހުރި ރެކުގެ މަތީގައި ޕީ އެސްތަކެއް ބެހެއްޓި ފައި ހުއްޓެވެ.ޓީވީ އާއި މާ ދުރު ނޫން ހިސާބެއްގައި ބޭބީ ބްލޫ ކުލައިގެ ސޯފާ ސެޓެއް ހުއްޓެވެ.ސޯފާތައް ބެހެއްޓިފައިވަނީ ދެ ފަރާތުން ވަށް ވާ ގޮތަަށް ށެވެ.އަނެއްހެން ބުނާ ނަމަ “ކާވް”ކޮށެވެ.ސޯފާ ތަކުގެ މެދުގައި ބޮއްލޫރި ވަށް މޭޒެއް ބެހެއްޓިފައި ވާ އިރު އެ މޭޒުގެ މެދުގައި މަޑު ނޫކުލައިގެ ފިނިފެންމާ ތަކެއް ޖަގަކަށް ޖެހާފައި ހުއްޓެވެ.ސޯފާ ސެޓާއި ދިހަ ވަރަކަށް ފޫޓު ދުރުގައި ކަހާލެވޭ ކަހަލަ ބޮޑު ދޮރެއް ހުއްޓެވެ.އެ ދޮރުން ނިކުމެވެން ހުރީ ބެލްކަންޏަށް ށެވެ.އެއީ އެނދުގެ ވެސް ކުރިމައްޗަށް ކުޑަކޮށް ކަނާއަތަށް ހުރި ފަރާތެވެ.

 

 

ސޯފާ ސެޓުން ނަޒަރު ވަކި ކޮށްލަމުން ދެން މިޝްޔާ ގެ ނަޒަރު ހުއްޓިލީ ކޮޓަރީގެ އެންމެ އަރިމަތީގައިވާ ބެހެއްޓިފައިވާ ކިންގް ސައިޒުގެ އެނދަށް ށެވެ.އެނދުގެ މަތީގައި ވާ ބްލޭންކެޓް ގައި ހުރީ ނޫ ކުލައިއެވެ.އެހެން ނަމަވެސް ދެން އެނދުގައި އަޅާފައި ވާ ރަޖާގެ އިތުުރުން ބާލީސްތައް ހުރީ ހުދު ކުލައިގައި އެވެ.އެނދުގެ ކައިރީގައި ބެހެއްޓިފައިވާ ހުދު ކުލައިގެ ސައިޑް ޓޭބަލް މަތި ފަޅު ފިލުވައި ދީފައިވާ ނައިޓް ލޭމްޕް ފަރުމާ ކޮށްފައިވަނީ ހަނދެއްގެ ސިފައިގައި އެވެ.އެނދާއި މާ ދުރުނޫން ހިސާބެއްގައި ސައިޓް ޓޭބަލް ހުރި ބިތުގައި ޖައްސާފައި ދެ ދޮރުފަތް ލީ އަލަމާރި އެއް ހުއްޓެވެ.އަލަމާރި އާއި ޖެހިގެން ތަންކޮޅެއް ދުރުގައި ފާހަނަ ހުރި ކަމީ މިޝްޔާ ގެ ނަސީބެވެ.

 

މިޝްޔާގެ ނަޒަރު މުޅި ކޮޓަރި ތެރެ އަށް ދަތުރު ކުރަމުން ދިޔަ އިރު ޒީކާން ގެ ނަޒަރު ހުއްޓިފައި ވަނީ މިޝްޔާ އަށްށެވެ.ކޮޓަރީގެ ފަހަރަކު ދިމާލަކަށް ބަލަމުން ދިޔަ މިޝްޔާ ޒީކާން އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުން ނެވެ.މިޝްޔާ ބަލާލުމާއިއެކު ޒީކާން އެހެން ދިމާލަކަށް ބަލާލީ ހަތަރު ކަޅި ހަމަނުކުރާން ކަންނޭނގެ އެވެ.ޒީކާން ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލި ކަމުގައި ވީ ނަމަވެސް މިޝްޔާ އާއި ސިކުންތު ކޮޅަކަށް ނަމަވެސް ހަތަރު ކަޅި ހަމަވިއެވެ.

 

“ދެން ޒީކާން ނިދާނީ ކޮން ތާކު؟”ޒީކާން ގެ ގާތު މިޝްޔާ އަހާލީ ޒީކާންގެ ސަމާލުކަން ހޯދަމުން ނެވެ.”މިޝްޔާ ހީކުރީ މިޝްޔާ އަށް އެކަނި ކަމަށް ތަ އެ އެނދު.އެ އެނދުގަ ނިދިދާނެ ޔޭ ޒީކް އަށް ވެސް”ޒީކާން ގެ ޖުމުލަ އިން މިޝްޔާ ގެ ދެލޯ ބޮޑުވި އިރު އޭނާ އަށް ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ.މިޝްޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޒީކާން ގެ މޫނު މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވީ މިޝްޔާ އަަށް ވީ ގޮތް ފެނުމުންނެވެ.އެހެން ނަމަވެސް ކުޅަދާނަކަމާއި އެކު ޒީކާން އެ ހިނތުންވުމުން ފަރުދާ ކޮއްލީ ސިކުންތު ކޮޅެއްގެ ތެރޭގައި އެވެ.

 

“އެދޮގެެއް.ދެން މި ރޭ ނުނިދާނީ ކަމަށް ބަލަމާ”ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލަމުން ބުނެލީ އަސަރެއް ނެތް ގޮތަކަށް ށެވެ.މާދަމާ އޮފީހަށް ދާން ޖެހޭ އިރު ވެސް ޒީކާން އޭނާ އަށްޓަކައި ނުނިދާނެ ހެން ހީވުމުން މިޝްޔާ ގެ ހިތުގައި އެކި އެކި ކަހަލަ އިހުސާސްތައް މަސްހުނި ވިއެވެ.އެއް ފަހަރު އޭނާ އަށް ޓަކައި ޒީކާން ނުނިދާނެތީ އުފާވެރިކަން ހިތުގައި އުފެދޭ އިރު ޒީކާން ގެ ހާލަތަށް ބަލާފައި ހިތުގައި ހިތް ހަމަނުޖެހުމުގެ އޮޔެވަރު ވެސް ދަތުރު ކޮށްލައެވެ.

ޒީކާން ޗުއްޓީއަށް ރަށަށް ދާން ބޭނުންވާ ވާހަކަ އޭނާގެ ގާތުގައި އެބުނީ ދެންމެ ވިއްޔާ އެވެ.އެހެން ކަމުން ބައިވަރު މަސައްކަތް ވެސް ކުރަން ޖެހޭނެ އެއް ނޫން ހެއްޔެވެ؟ނުނިދާ ޒީކާން ކުރަން ބޭނުންވާ ހުރިހާ މަސައްކަތެއް ކުރެވިދާނެ ބާއެވެ.

 

ފާޑަކަށް މިޝްޔާ އޭނާ އާއި ދިމާލަށް ބަލަން ހުރުމުން ކަންނޭނގެ އެވެ.ޒީކާން ޖީބަށް އަތް ޖަހާލަމުން ބެލްކަންޏަށް ނިކުމެވެން ހުރި ބިއްލޫރި ދޮރުން ބޭރު ބަލާލިއެވެ.އޭރު ވެސް ބޯކޮށް ވާރޭވެހެމުން ދިޔަ އެވެ.ވެހެމުން ދިޔަ ވާރޭ އާއި ދިމާލަށް ބަލައިލި ޒީކާންގެ ދެލޮލުން މި ފަހަރު ކަރުނައިގެ އަސަރު ފާޅުވެލިހެން މިޝްޔާ އަށް ހީވިއެވެ.ހީވީކީ ނޫނެވެ.ހަމަ ޔަގީނެވެ.

 

މިޝްޔާ އޭނާ އާއި ދިމާލަށް ބަލަން ހުރިކަން ޔަގީން ވުމާއި އެކު ޒީކާން މިޝްޔާ އަަށް ފުރަގަސް ދިނެވެ.ޒީކާން އެހެން ހެދީ އޭނާގެ ދެލޮލުގައި ވާ ކަރުނަ ތައް މިޝްޔާ އަށް ނުދައްކާން ކަންނޭނގެ އެވެ.

 

ޒީކާންގެ އަތުގައި އެ ވަގުތު ނަސީބު ހިފާލީ ދޮރުގައި މީހަކު ޓަކި ދޭން ފެށުމުންނެވެ. ކަރުނަތައް އެތެރެ އަަށް ހިންދާލުމަށްް ފަހު ޒީކާން މިޝްޔާ އާއި ދިމާލަށް ބަލައިލި އެވެ.އެ ބެލުމުން އެކަނި ވެސް އެބުނީ ދޮރު ހުޅުވަން ދާށޭ ކަން މިޝްޔާ އަށް ޔަގީންވިއެވެ.

 

މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި މިޝްޔާ އަށް ފެނުނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު އައިސް ހުރި ތަނެވެ.މިޝްޔާ ގެ އަތަށް ދެފޮށި ލައި ދިނުމާއި އެކު މިޝްޔާގެ ހިތުގައި ސުވާލު މާކެއް ޖެހުނެވެ.”ބޮސް ބުނެގެން”މިޝްޔާ ބަލަން ހުރި ގޮތުން އެ އަންހެން ކުއްޖާ ބުނެލުމާއި އެކު މިޝްޔާ ޒީކާން އާއި ދިމާލަށް ބަލައިލި އެވެ.”ތެންކިއު”މިޝްޔާ ބުނެލީ ޝުކުުރު އަދާ ނުކޮށް އެކުއްޖާ ފޮނުވާލަން ނުކެރުމުންނެވެ.

ކޮތަޅު ހުޅުވާލުމެއް ނެތި ޒީކާންގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު ގައި މިޝްޔާ އެ ފޮށި ބަހައްޓާ ލިއެވެ.މިޝްޔާ އަށް ކުރި އަށް ފިޔަވަޅެއް ނޭޅި އުޅެނިކޮށް ޒީކާން މިޝްޔާ އަަށް ގޮވާލިއެވެ.”ތީ މިޝްޔާ އަށް”ޒީކާން ބުނެލީ އޭނާ އާއި ދިމާލަށް ބަލައިލި މިޝްޔާ ގެ ގާތުގައި އެވެ.

 

ދެ ކޮތަޅު ހިފައިގެން ގޮސް މިޝްޔާ އެނދު މަތީގައި ބާއްވާލި އެވެ.ކޮތަޅު ހުޅުވާ އެތެރެ އަށް ބަލާލުމުގެ ކުރިން މިޝްޔާ ޒީކާން އާ އާއި ދިމާލަށް ބަލައިލީ އެއް ފަހަރު ނަމަވެސް ޒީކާން އޭނާ އާއި ދިމާލަށް ބަލައިލާ ތޯ އެވެ.ކޮތަޅު ހުޅުވާލަމުން އޭގެ ތެރޭގައި އޮތް ހެދުމާއި އެކު ޖީންސް އާއި ދިމާލަށް ބަލައިލި މިޝްޔާ ގެ ދެލޮލުން ފާޅުވަމުން ދިޔައީ ހައިރާން ކަމެވެ.ލައިގެން ހުރި އެއްޗިހި ތެތް ކަން ވެސް މިޝްޔާ އަށް އިހުސާސްވީ އެހާ ހިސާބުންނެވެ.ހުދު ކުލައިގެ ކުރުތާ އަކާއި އެކު ނޫކުލައިގެ ސްކިނީ ޖިންސު ފެނުމުން މިޝްޔާ ކުޑަކޮށް ހައިރާން ވެސް ވިއެވެ.އެ ކުރުތާ އާއި ޖީންސް އޭނާ އަށް ހެޔޮވަރު ވާނެ ކަމާއި މެދު މިޝްޔާ ގެ ހިތުގައި ޝައްކެއް ވެސް ނެތެވެ.ޒީކާން އެހާ ހެޔޮވަރުކޮށް އޭނާ އަށް ހެދުން ގެނެސް ދިނީ ކިހިނެތް ކަމާއި މެދު މިޝްޔާގެ ހިތުގައި ސުވާލު އުފެދުނެވެ.

 

ފަތް ޖަހާލަމުން އެދޭތި ކޮތަޅުގެ ތެރެ އަށް ލަމުން މިޝްޔާ އަދި ވެސް އެއްފަހަރު ޒީކާން އާއި ދިމާލަށް ބަލައިލިއެވެ.އޭރު ވެސް ކުރިން އިން ގޮތަށް ފޯނާއި ކުޅެން ޒީކާން އިނެވެ. ކޮޓަރި ތެރޭގައި ކަމެއް ވާ ކަމެއް ވެސް ޒީކާން އަށް ނޭނގޭ ފަދަ އެވެ.ދެވަނަ ކޮތަޅު ހުޅުވާ މިޝްޔާ ބަލައިލި ވަގުތު ދެލޯ ދިޔައީ ބޮޑު ވެގެންނެވެ.އޭގެ ތެރޭގައި ރޭގަނޑު ނިދަންލާ ކަހަލަ އަތް ދިގު ކަޅު ކުލައިގެ ނައިޓީ އަކާއި އެކު ހަމަ އެ ކުލައިން ފަހާފައި އޮތް ހަރުވާޅެއް އޮތެވެ.

 

ޒީކާން ގެ ކުރިމަތީގައި ބުރުގާ އަޅާއިގެން ކަމުގައި ވީ ނަމަވެސް އޭނާ އަށް އެ ލާން ކެރިދާނެ އެކޭ މިޝްޔާ ގެ ހިތެއް ނުބުނެއެވެ.އަނެއްކާ އަނެތް ކޮޅުން އޭނާއަކީ އަތް ދިގު އެއްޗިހި ލައިގެން ނިދާ ވެސް މީހެއް ނޫނެވެ.ދެން އެ ލައިގެން ނިދަން އޭނާ އަށް ކެރިދާނެ ހެއްޔެވެ؟

 

ފޯނު ހިފައިގެން ސޯފާގައި އިން އިރު ވެސް ޒީކާން ގެ ނަޒަރު އިރު އިރު ކޮޅާ އެނދުގެ ކައިރީގައި ހުރި މިޝްޔާ އަށް ހުއްޓެމުން ދިޔަ އެވެ.މިޝްޔާގެ ކޮންމެ ހަރަކާތަކަށް ފާރަވެރި ވެގެން ހުރި ޒީކާން ފޯނު ޖީބަށް ލަމުން ތެދުވީ މިޝްޔާ އެނދު މަތީގައި ނިދަން ލާން އޭނާ މިޝްޔާ އަށް ގަންދިން ހެދުން ނެގުމުންނެވެ.

 

އެހެދުމާއި ދިމާލަށް އަނގަ އޮރި ކޮށްގެން ބަލަން ހުރި މިޝްޔާ އަށް ހަށިގަނޑު ސީދާ ކޮށްލެވުނީ ޒީކާން އައިސް ކައިރީގައި ހުއްޓުމުން ނެވެ.އެއް ފަހަރު ހެދުމާއި ދިމާލަށް ދެވަނަ ފަހަރު ޒީކާންގެ މޫނާއި ދިމާލަށް ބަލައިލި މިޝްޔާ ގެ ހިތުގެ ތެޅުން ކުޑަ އިރު ކޮޅަކަށް ނަމަވެސް މަޑު ޖެހިލީ ޒީކާންގެ ތޫނު ނަޒަރު އޭނާ އަށް ހުއްޓިފައިވާ ތަން ފެނުމުންނެވެ.ޒީކާންގެ ކަނޑެއް ފަދަ ފުން ދެލޮލަށް ގެނބެމުން ދިޔަ މިޝްޔާ ގެ ހިތަށް ފެން އެއްޗެއް އޮށްސާލި ކަމުގެ އިހްސާސް ކުރެވުނީ ޒީކާން ޖީބަށް އަތް ޖަހާލަމުން ބުނެލި ޖުމުލަ އެއްގެ ސަބަބުންނެވެ.

ނުނިމޭ

 

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ހަނދުވަރު ދިން އެރޭ …20 (ފަހުބައި)

Next

އިންސާފު ލިބޭނެބާ – 08

Next
December 27, 2024

އިންސާފު ލިބޭނެބާ – 08

Previews
December 27, 2024

ހަނދުވަރު ދިން އެރޭ …20 (ފަހުބައި)

33 Comments!

  1. Laura says:
    December 27, 2024 at 10:38 pm

    Whatt the???
    Woww varah salhi ingey rifoo
    Zeek aslu vx varah romantic dho.i mean adhi mish and zeek nugulhunas zeek varah rangalhu vaane hen heevani who agrees with me??
    Lai and rayaan pls pls e dhekudhin gulhuvaba.varah dhera vey ebai kiyaafa
    Rifoo kon irakun next part kiyaaalan libeynee
    I can’t really wait
    Mihaaru vx eba hithah araa keekey baa ey zeek buny
    Love you

    1. cutie girl says:
      December 28, 2024 at 11:20 am

      i agreed

    2. Minnu says:
      December 28, 2024 at 12:15 pm

      Me

    3. Anonymous says:
      December 28, 2024 at 1:41 pm

      me

    4. Anonymous says:
      December 28, 2024 at 3:56 pm

      I also

    5. RIFSHA says:
      December 28, 2024 at 5:12 pm

      Thanks Lau
      I agreed Lau 🤣.adhi rifoo ah vx visnaanulevey ingey thi bayaa medhu
      Rifoo vx dhera veyey liyaa iru 🤧 hehe
      Mi visnanee liyan fashaigen Rifoo mi ulheni dhen ekam genesdheyn ninmaa dhuvahei nubunaveyne it’s an secret 🤫
      Love you more

  2. Dhooni says:
    December 27, 2024 at 10:52 pm

    Mi part ves varah Reethi Masha Allah
    Kon irakun next

    1. RIFSHA says:
      December 28, 2024 at 5:13 pm

      Thanks dhooni.Next part adhi neynge in sha Allah next ekam vx varah avahah libeyne kiyaalan

  3. Vempire girl says:
    December 27, 2024 at 11:13 pm

    Maashaa Allah mi part vx varah varah reethi…..
    Awwwwwn 😱😱 zeekaan haadha romantic ey asluvx 😇😇😇
    Zeekaan e side vrh fahkaa💖💖💖💖💖
    Adhi e dhe myhun gulhunyma kihaa vareh hunnaane baa 🤔🤔🤔
    Nukshaan vx ehaa rom vaane baaa😇😇😇🤔🤔🤔
    Zeekaan e buny keekey baa 🤔🤔🤔🤔
    Haadha curious kohlaafa ey thi ninmaaly🤔🤔🤔🤔
    Alhey next kn irakun thr manjey???

    1. Rauha says:
      December 28, 2024 at 7:08 am

      I am curious about that part too 😉
      Hama huvaa e dhemeehun gulhunyma varah majaa vaane

    2. RIFSHA says:
      December 28, 2024 at 5:18 pm

      Thankuss majeyy
      Bro manje vx beynumee ekahala sorei dho. Hama ahaali dhen mi hen buneli kamattakaa dhen dhimaa vaa faharaku mashaa dhimaalah badi nujahaathi…fahkaa vaane yey manje ah.mashakah neynge vaane vareh 😅 e dhemyhun ulheyny edhemeehun ulheyne gothakah thaa.ma aslu ehaa ekahala secret falhaa aruvaa hitheh nuveyey hama ekudhin vx ladhu gannaane dho
      Thi suvaalu goani magey bolah naalha Bala menjeyyy.ma thi suvaalu nuk aa kohlaanan
      Ma e soru buni jumula liyefin (niyy aruvaa face)
      Next part kon irakun kan bunaanan ingey ehkala ehchah on vey

  4. Nawar says:
    December 27, 2024 at 11:22 pm

    Hey rifoo…
    Mi part vx varah varah reethi….
    Adhi alah Mi vhk ah comment khlymi…
    Ekm kiyan….
    Rifoo ingey dhw vrh loabyge kan kan …l
    Eh faharaa dhe myhun dheke loabi vevidhaane thr??
    Zeekaan haadha rom eyy ❤️❤️

    1. Rauha says:
      December 28, 2024 at 7:11 am

      Hey Rifoo
      Vaahaka yaa medhu bunane ehchei ves neh.hama buneveynee vampire girl ves bunaa vaahaka zeek ge e side varah Salhi.
      Zeek ge hayaathuge ehen v ma varah kalhu maazee eh ovey dho.i am so curious about that part
      Kon irakun nexutu kiyaalan libeynee.

    2. RIFSHA says:
      December 28, 2024 at 5:21 pm

      Hey nawaa
      Thanks varah bodah
      Ehaa bodakah noon
      Enme meeheh dheke true love veveynee mee Rifoo ah ingey gothuga dhe meehun dheke loabi eh nuveveyne.
      Once again thanks

    3. RIFSHA says:
      December 28, 2024 at 5:24 pm

      Hey rau
      Its ok dho ekkala mistake hedheyne thaa
      Thanks rau.hurihaa kudhin vx hama ehen 😭 zeek ge e side salhi kithanme salhi yas Rifoo vaahaka liyaa iru inna haalu ingeyne nama.rifoo liyaa iru vx ladhu ganey
      Heevani Rifoo akah vx neyngey
      Next secret eh 😜

  5. Rauha says:
    December 28, 2024 at 7:12 am

    Sorry ei nawar ah reply akah liyefa in comment eh noon.its just a mistake

  6. cutie girl says:
    December 28, 2024 at 11:17 am

    mi part ves v reethi masha allah
    curuously waiting for next part
    keep it up
    zeek and mish gulhuvachey
    anehkaa kon jumula eh baa
    lai and rayaan ves gulhuvachey
    nuk and aleeka ves
    aika and aleek ves
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. RIFSHA says:
      December 28, 2024 at 5:25 pm

      Thanks cutie girl
      Yeah kon jumula eh baa dho.
      Dhen vaane gothei balamaa dho hehe
      Love you more ❤️

  7. Minnu says:
    December 28, 2024 at 12:14 pm

    Wowwweyyy..I was waiting for this since this story started 😭 mish and zeek ge bai tah hama bext ee.i wish i have a boyfriend like him…this part is amazing 🤩.when is next part?

    1. RIFSHA says:
      December 28, 2024 at 5:26 pm

      Thanks minnu
      Nexf eii secret eh

  8. gurrrrl says:
    December 28, 2024 at 1:44 pm

    owww so romantic alheyyy edhemeehun gulhuvaba avax kohhh
    vvvvv reeethiii whn next cant wait or next
    keep it up loveeee yuuuuu riffoooo

    1. RIFSHA says:
      December 28, 2024 at 5:29 pm

      Thanks gurrrl
      Romantic tha hama ehaa
      In sha Allah varah avahah kiyaalan libeyne
      Love you moreeee gurrrl

  9. Saadhaa Abdhulatheef says:
    December 28, 2024 at 4:46 pm

    V reethi

    1. RIFSHA says:
      December 29, 2024 at 10:27 am

      Thanks saadhaa abdhulatheef

  10. Shimmer says:
    December 28, 2024 at 4:52 pm

    Wowwwww🤩 zeek and mish 🥰🥰🥰 they are so cute …
    But what did he say last?🤔
    Plssssssss emeehun gulhuvabala avahah 🥺
    And what is his connection with clouds? So mysterious….
    And where is the others ?
    But zeek and mish is my fav ….lol…
    Impatiently waiting for the next part
    Love you and stay safe ❤️

    1. RIFSHA says:
      December 28, 2024 at 5:31 pm

      Thanks shimmer
      Zeek buni ehcheh ingijeyya heyny kanneynge shimmer men
      Yh varah mysterious dho
      Next ga libeyne in sha Allah others ge bai kiyaalan.mi part aslu ulhuny mish and zeek special hadhan ekam v gothakee lai mn ge bai kurin faharu nunimuny.
      Next in sha Allah varah avahah libeyne kamah balamaa
      Love you more you too ❤️

  11. Your fav bab says:
    December 29, 2024 at 1:51 am

    Varah reethi ingeyy!!!!!!
    Rif ge stories hama habeys!!!!!!
    Your describing skills are amazing
    And this story is very interesting keep it up!!!!!!!

    1. RIFSHA says:
      December 29, 2024 at 10:27 am

      Thanks your fav bab

  12. Vempire girl says:
    December 31, 2024 at 4:17 pm

    Ey rifoo…
    Kaloa mashah hi eii jahaanala…. mi ulheny ehkala hn vegen…. mihaaru okay vehje….. fahun rangalhah kiyaadheynan ingey..ll

    1. RIFSHA says:
      December 31, 2024 at 8:03 pm

      Bruhhhh.kalo manje msg kury ma on ga indha ey.ok kuraanan.

  13. Aareyemesey says:
    January 1, 2025 at 11:04 am

    Hey rifoo Darla whn tha next part up kuranee?

    1. RIFSHA says:
      January 1, 2025 at 7:00 pm

      Rifoo submit kohlin monda ge 11 am ge kurin.adhi upload nuvegen e ulheni

  14. Rifoo dheke rulhi naannna esfiya admin team dheke rulhi anna meehaa 🤬🤬🤬🤬🤬 says:
    January 1, 2025 at 9:17 pm

    Mihaaru anehkaa liyuntheriyaa submitey bunaairu vx up nuvaa dhuvaskolhehh.. mee kihineh vaa kameh thoa….. white rose buny Sunday ga submit khfa ey rifoo buny monday ga submit kohfa ey aru dhw 🤬🤬🤬🤬 ehbai liyun theringe vhk ekm date ah up vey… mee esfiya teamun hahlu kuran jehey mahsala eiii…. thigothah kanthah kuranyyaa kiyuntherinnah heevaany liyun theriyaa dhogu hadhanee ey…. kiyuntherin liyun theriyaa ah kuraa ithubaaru gehli dhaane…. mikan rangalhu kohlun Edhen 🤬🤬🤬🤬🤬😣😣😣😣😞😞😞😔😔😔

Comments are closed.



All Right Reserved!