Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…53

މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި ލައިނީ އަަށް ކުރިމަތިން ފެނުނު ރަޔާންގެ ސޫރަައިގެ ސަބަބުން ހުއްޓުމެއް ލިބުނެވެ.ލިބުނު ސިހުމާއި އެކު ލައިނީ އަށް ހުރެވުނީ ނޭވާ ލާން ވެސް ހަނދާން ނެތިފައި އެވެ.ހުރެވުނު ގޮތް ވެސް ހަނދާން ވީ ރަޔާން އޭނާ އާއި ދިމާލަށް ބަލައިލިތާ ސިކުންތު ކޮޅެއް ވެސް ނުވަނީސް އިސް ޖަހާލުމުން ނެވެ.

*************

ވީގޮތް ނަގައި ގަނެވުމާއި ލައިނީ ރަޔާންގެ މޫނަށް ދޮރު ޖަހާފައި އެތެރެ އަށް ވަދުނީ ގަތް ލަދުނެވެ.ދޮރުގެ އަނެއް ކޮޅުގައި ހުރި ރަޔާން ހަގީގަތުގައި ލައިނީ ގެ މޫނާއި ދިމާއަށް ބަލަހައްޓައިގެން ކިތަންމެ އިރެއް ވަންދެން ހުންނަން ބޭނުންވި އެވެ.އެހެން ނަމަވެސް ލައިނީ އަކީ އޭނާގެ ހަލާލު އަނބިމީހާ އެއް ނޫނެވެ.އޮޅިގެން ނަމަވެސް ލައިނީ އޭނާގެ ކުރިމައްޗަށް އެހެން އެރުމުން އެކަމުގެ ނާޖާއިޒު ފައިދާ ނުނެގީ ރަޔާން ގެ އެތަށް ހިތްވަރަކުންނެވެ.

 

އަލުން އަނބުރާ ލައިނީ އައި އިރު ލައިނީ ލައިގެން ހުރީ ކަޅު ކުލައިގެ ހޫޑީ އަކާއި އެކު ކަޅު ކުލައިގެ ކަން ބުރުގަލެކެވެ.ލައިނީ ބޮޑަށް ދޮރު ހުޅުވާލުމާއި އެކު ރަޔާން އެތެރެ އަށް ވަދުނީ އިސްޖަހާލަމުން ނެވެ.އޭނާ އެއައީ ލައިނީ އާއި ވާހަކަ ދައްކާކަށް ނޫނެވެ.އެހެން ކަމުން އޭނާ މިގެ އަށް އައި ބޭނުން ފުދުމުން އޭނާ އަށް އެ ނިމުނީ އެވެ.ރަޔާން އިސްއުފުލަން ބޭނުން ނުވި އެންމެ ބޮޑު ސަބަބަކަށް ވީ އޭނާ ގެ ހިތް އޭނާގެ އަތުން ދޫވެދާނެ ކަމުގެ ބިރު ހިތުގައި އުފެދުމުން ނެވެ.

 

“ނާޔާ ބުނެގެން ފައިލް ތަކެއް ބަލާ މި އައީ”މަޑު މަޑުން ރަޔާން ބުނެލި ޖުމުލަތައް ލައިނީގެ ކަންފަތާއި ހިސާބަށް ފޯރުމާއި އެކު ލައިނީގެ އުޖާލާ ވެފައި ވާ މޫނު ބަަނަވާން ސިކުންތު ކޮޅެއް ވެސް ނުނެގި އެވެ.އިސްޖަހާލައިގެން ހުރި ރަޔާން އަށް މީގެން އެއްވެސް ކަމެއް ނަގައި އެއް ނުވަނެވުނެވެ.

 

ހަގީގަތުގައި ލައިނީ ހީކުރީ ރަޔާން އެއައީ ހިޔާލު ބަދަލުވެގެން ކަމަށް ށެވެ.އޭނާ އާއި އެކު ވާހަކަ ދައްކާލާ މައާފަށް އެދޭނެ ކަމަށް ހީކޮށް ގެން އައި ލައިނީ ގެ ހިތް މާޔޫސްވެގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައި އެވެ.ރަޔާން އާއި މެދު އެއްވެސް އުންމީދެއް ނުކުރުމަށް އޭނާގެ ހިތް އޭނާ ގާތު އެދުނީ ދެވަނަ ފަހަރަށް އެހިތް ފޮތި ފޮތި ވެދާނެ ތީ ކަންނޭނގެ އެވެ.

 

ލައިނީ އައިސް ރަޔާން އަތަށް ފައިލް ލައިދިނުމާއި އެކު ރަޔާން ލައިނީ އަށް ބަލާލުމެއް ނެތި ދާން ހިނގައިގަތް މަންޒަރު ބަލަން ހުރި ލައިނީގެ ދެލޮލުން ކަރުނަ ހިލުނެވެ.”ރަޔާން”މަޑުމަޑުން ލައިނީގެ އަނގައިން ފޫ އަޅުވާލާފައި އެ އަޑު ނިކުތީ ކުރެހިގެންނެވެ.

 

ލައިނީގެ ވޭނީ އަޑު އިވުމާއި އެކު ރަޔާންގެ ހިތް އިންތިހާ އަށް ރޯލި ނަމަވެސް ރަޔާން އަަށް ނުވާ ކަމަށް ހެދެމުން ފަސް އެނބުރި ދިއުން ނޫން ގޮތެއްް ނެތެވެ.ލައިނީމެންގެ ގެއިން ނިކުމެގެން އައި ރަޔާންގެ ދެލޮލުގަައި ވެސް ކުރަނަ ހިލުނީ ލައިނީގެ ވޭނީ އަޑު ކަންފަތުގައި އިރު އިރުކޮޅާ މަޑު މަޑުން އިވޭ ހެން ހީވާން ފެށުމުންނެވެ.

 

މީޓިން ގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން ދިޔަ ނަވްޔާ އަތަށް ފައިލް ލައި ދިނުމަށްފަހު ރަޔާން ދާން ހިނގައި ގަތީ މެންދުރު ދެއެއް ޖަހާ އިރަށް އެގެ އަށް ދިއުމަށް އެދެމުންނެވެ.

 

“އެލް އެކްސް އެން”ކޮންޕެނީ އިން ނިކުން ރަޔާން އުޑާއި ދިމާލަށް ނަޒަރު ހިންގާލިއިރު އުޑުމަތި ފުރިފައިވަނީ ކަޅު ކުލައިގެ ބަނަ ވިލާތަކުންނެވެ.ހެނދުނު ވެސް އަވި ދިއްލާލާފައި އޮވެފައި ކުއްލި އަކަށް މޫސުމް ބަދަލުވީީ އެއްވެސް މީހަކު ހީނުކުރާ ފަދަ ގޮތަކަށް ށެވެ.

 

ވާރޭގެ ކަނިތައް ރަޔާންގެ ހަށިގަނޑަށް ހަމަލާ ދޭން ފެށުމުން ވެސް ރަޔާން ސައިކަލަށް އަރާ ދުއްވާލީ ވާރޭ ބޯ ކޮށްލުމުގެ ކުރިން ގެއާއި ހިސާބަށް ނުދެވޭނެ ކަން އެނގި ހުރެއެވެ.

 

މާލޭގެ މަގުތަކުގައި ސައިކަލު ދުއްވަމުން ދިޔަ ރަޔާންގެ ލޮލަށް ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ވާރޭ ތިކިތަކާއި އެކު ފައިބަމުން ދިޔައެވެ.ލައިނީ ގެ ވޭނީ އަޑު އަދި ވެސް ރަޔާން އަަށް ހީވަމުން ދިޔައީ އޭނާ އަށް އިވެމުން ދިޔަ ހެންނެވެ.ކަރުނަ އަކަށް ފަހު ކަރުނަ އެއް ވާރޭ ތިކިތަކާއި އެކު ފައިބަމުން ދިޔަ ގޮތުން އޭނާގެ ލޮލުން އަންނަ މުން ދިޔަ ކަރުނަތައް ވަނީ ވަންހަނާ ވެފައި އެވެ.

 

ހިތުގައިވާ ފާރުގަނޑު ތައް އަދިވެސް ރޯކޮށް ހުރުމުން ރަޔާންގެ ހިތުގައި ދިޔައީ އިންތިހާ ދަރަޖަ އަށް ވޭން އަޅަމުން ނެވެ.ލައިނީ އާއި ދުރުވުމަކީ އޭނާ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމުގައި ވީ ނަމަވެސް އެއީ އޭނާ އަށް ފަސޭހަތަކެއް ވެގެން ނިންމި ނިންމުމެއް ނޫނެވެ.

 

އަނބުރާ ލައިނީ ގެ ގާތަށް ދިއުމަށް އޭނާގެ ހިތް އެދި ގޮވަމުން ދިޔަ ނަމަވެސް ރަޔާން އޭނާ ހިތަށް ބީރު ކަންފަތެއް ދޭން މަޖުބޫރުވަމުން ދިޔައީ އޭނާގެ މަންމަ އުންމީދާއި އެކީ ބުނެލި ޖުމުލަތައް ހަނދާން ވުމުންނެވެ.އޭނާގެ މަންމަ އާއި ދެކޮޅު ހެދުމުގެ ބާރެއް ރަޔާން އަކަށް ލިބިފައި އެއް ނެތެވެ.

 

“ދެން ދޮންބޭ”ގޭތެރެ އަށް ވަދެގެން އައި ނަވްޔާގެ ތޫލި ހަޅޭކުގެ އަޑުން ނުކްޝާން ގެ ކަންފަތުގައި އިން ތޫރި ފަޅައިގެން ނުދިޔާއީ ކިރިޔާ އެވެ.ކަންފަތަށް އުނދަގޫ ވެފައި ވާ ހާލު ނުކްޝާން ދެލޯ މަރާލިއެވެ.”ކަލޭނޭ މާމަގަނޑާ.ތި ވަރަށް ހަޅޭއް ނުލެވިއަސް އަޑު އިވެޔޭ”ނުކްޝާން ބުނެލީ ދޮގު ވާހަކަ ތަކެއް ނޫނެވެ.ނަވްޔާ ހަޅޭއް ނުލެވިއަސް ގައިމު ކަންފަތް ހުރިއްޔާ ނުކްޝާން އަށް އަޑު އިވޭނެ އެއް ނޫން ހެއްޔެވެ؟

 

“ހަޅޭއް ނުލަވާ ވަރެއް ނޫނެއްނު.މި ފައިލް ތައް ކިރިޔާ އޭ ނުތެމުނީ”ނަވްޔާ އޭނާގެ އަތުގައި ހުރި ފައިލް ތައް ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި ވަށް މޭޒުގައި ބަހައްޓާ ލަމުން އޭނާގެ ހެދުމާއި ދިމާލަށް ބަލައިލި އެވެ.ނަވްޔާގެ ހެދުމުގެ ބޮޑު ބައެއް ތެމިފައި ވާ އިރު ނުކްޝާންގެ އަތުގައި ފެން ޖަގެއް އޮތެވެ.

 

އައި ރުޅީގައި ނަވްޔާ އޭނާގެ އަތުގައި ޖެހުނު ބޯޑެއް ކަހަލަ އެއްޗެއް ނުކްޝާން އާއި ދިމާލަށް އެއްލިއެވެ.ނަވްޔާގެ ހަމަލާ އަކަށް ތައްޔާރު ވެގެން ހުރި ނުކްޝާން ނަވްޔާ ގެ ހަމަލާ އިން ރެކެމުން ނަވްޔާ އަށް ދޫ ދިއްކޮށްލިއެވެ.”މާ ރީތި ދުލެއް މި ހީވަނީ މީނަގެ އޮންނަނީ.ކުއްތާ އަކަށް ވުރެ ކަންތައް ފަލަ”ނަވްޔާ ގެ ރުޅި ވީ ހައްތަހާ ވެސް ގަދައެވެ.ނަވްޔާގެ ރުޅި ގަދަ ވިއަސް މަޑު ވިއަސް ނަވްޔާ ބުނީ ދޮގު ވާހަކަ އެއް ނޫނެވެ.ދެން ވަކި ނުކްޝާން އަކީ މާ ރީތި ދުލެއް އޮންނަ މީހެއް ހެއްޔެވެ؟

 

“މާމަ ގަނޑު.އަނގަ ގަދަ ކުރާ އިރު ހީވަނީ މާމަ ގަނޑެއް ހެން.އޮނހޯ މާމަ އެއްވެސް ނޫން މުނި މާމަ”ނަވްޔާ އޭނާ އަށް ކުއްތާގެ މިސާލެއް ޖެއްސުމުން ނުކްޝާން ނަވްޔާ އަށް ޖެއްސީ މާމަ އެއްގެ މިސާލެވެ. ނުކްޝާން އަށް ވެސް ދެން ޖެއްސޭނީ އެކަހަލަ މިސާލެއް ނޫން ހެއްޔެވެ؟އެވަރަށް އަނގަ ތަޅުވާ ވިއްޔާ އެވެ.

 

“ކޮން މާމަ އެކޭ ކިޔާކަށް.ވަރަށް ރީއްޗެއްނު މިހާރު މިތަން.އަމިއްލަ އަށް ސާފު ކުރަން ޖެހޭނީ”ނުކްޝާން އާއި ދިމާލަށް ބަޑި ޖަހާލަމުން ފެން ތަކުގެ މަތިން ފުންމާލަން އުޅުނު ނަވްޔާ ފެންތަކަށް އަރާ ކައްސާލުމާއި އެކު ނުކްޝާންގެ ގެ ދެލޮލުން ވިދުމެއް ފާޅުވީ ނަވްޔާ ވެއްޓޭނެ ކަމުގެ ޔަގީން ކަން އޮތުމުން ނެވެ.ހަމަ ނަވްޔާ ވެއްޓުމާއި އެކު ހޭން ތައްޔާރަށް ހުރި ނުކްޝާން ގެ ހިނިގަނޑު ފަޅައިގެން ދިޔައީ ނަވްޔާ ވެއްޓިފައި އޮތް ގޮތް ފެނުމުން ނެވެ.

 

ހޭން ހުރި ނުކްޝާން އާއި ދިމާލަށް ބަލާލި ނަވްޔާ ގެ ދެލޮލުން ރުޅިވެރިކަން ފާޅުވީީ އޭނާ އަށް އެހީވުމުގެ ބަދަލުގައި ނުކްޝާން ހޭން ހުރުމުން ނެވެ.ރޭގައި ވެސް އޭނާ ވެއްޓުމުން އެވަރަށް ނުކްޝާން އޭނާ އާއިި ދިމާކުރި އެވެ.ވަރެއްގެ ފިރިހެނެކެވެ.އޭނާ އަށް ބޮނޑި ނުބޭލެންޏާ ހަމަނޭވާ ވެސް މި ނުކްޝާން އަށް ނުލެވެނީ އެވެ.ރޭގައި ވެއްޓުމުން އެރި ތަދު ނުފިލައިގެން އުޅެނިކޮށް އަނެއްކާ ވެސް އޭނާ ވެއްޓުމުން ހެއުމުގެ ބަދަލުގައި ހަމްދަރުދީ ވިއްޔާ ވާނީ ކީއްހެއްޔެވެ؟އަޒާބެއް ލިބެނީ ކަންނޭނގެ އެވެ.

 

މަޑު މަޑުން ތެދުވެލަމުން ނަވްޔާ ނުކްޝާން ގެ ބޮލުގައި ސައްޕެއް ޖަހާލީ ނުކްޝާން އަށް ވެސް ނޭނގި ހުއްޓައެވެ.ވަގުތުން ނުކްޝާން ގެ ހެއުން މަޑުވިއެވެ.”ނާޔާ ފުރޭތަގަނޑާ.އަދި ވެސް ލިބުނު ލަނޑު ކުރަވެގެންތަ ތި އުޅެނީ”ނުކްޝާން ނަވްޔާ އާއި ދިމާލަށް ފަތިވަރު ދަމަމުން އަތުގައި އޮތް ފެން ޖަގުގައި ބާކީ ހުރި ބައި ވެސް ނަވްޔާާގެ މޫނާއި ދިމާލަށް އުކައިލިއެވެ.އޭނާ އެތަން ސާފު ކުރަން ޖެހުނަސް ހެޔޮ ކަމަކަށް ނުކްޝާން އެގޮތަށް ކަންތައް ކުރީ ނަވްޔާ ކިތަންމެ ވަރަކަށް އެއްޗިހި ކިޔާފައި ވެސް ސާފު ކުރާނެ ކަމުގެ ޔަގީން ކަން އޮތުމުން ނެވެ.

 

ނުކްޝާން ނަވްޔާގެ މޫނަށް ފެން އެތި ޖެހުމުން ނަވްޔާ ނުކްޝާން ގެ ބޮލުގައި ބިއްލޫރި ވަށް މޭޒު މަތީގައި ނުކްޝާން ބެހެއްޓި ޖަގުން ޖެހިއެވެ.ވަރަކަށް އެކަކު އަނެކަކާއި ތޮޅޭ ދެމީހުން ނެވެ.މީހަކާއި އިންނަން ވާ އިރު ވެސް ކުޑަ ދެކުދިންގެ ތޮޅޭ ހެން ތޮޅެން ޖެހޭނެއެވެ.އެހެން ނޫނީ ދުވަސް ފުރިހަމަ ވެދާނެ ހެން ވަރަށް ހީނުވެއެވެ.

 

ރަޔާންގެ ކޮޓަރީގެ އެކި ބިތް ބިތުގައި އެކި މީހުން ތިބި އިރު ސޯފާ އަށް އަރާ ތިބި ނުކްޝާން އާއި ޒީކާން ގެ ސަމާލުކަން ހުއްޓިފައި ވަނީ އަތުގައި އޮތް ފޯނުން ކުޅެމުން ދިޔަ ގޭމަށްށެވެ.އެދެމީހުން އެތަނަށް އައީ ކޮންމެހެން ރަޔާން ދައްކާ ވާހަކަ އަޑު އަހަން ހެން ހީނުވާ ފަހަރު ވެސް އާދެއެވެ.އެންމެންގެ ނަޒަރު ވެސް އެދެ ޒުވާނުންނަށް ހުއްޓިފައި ވާ އިރު ނުކްޝާން އާއި ޒީކާން އަށް ކަހާތަން ހިރުވާ ވެސް ނުލައެވެ.

 

“ބްރޯ މަ ނޮކުވެއްޖެ”ނުކްޝާން ގެ ފޯނުންނާއި ޒީކާން ގެ ފޯނުން ބަޑި ޖަހާ އަޑު އިވެމުން ދިޔަ އިރު ދެމީހުންނަށް ތިބީ ވަންނަން ވާ ވަރަށް ވުރެ ވެސް ބޮޑަށް ގޭމުގެ ތެރެއަށް ވަދެވިފައެވެ.

 

ރަޔާންގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެެތެރެ އަށް ބޯ ދިއްކޮށްލި ރިޔާން ގެ އިސްތަށިގަނޑު ގައި ތެތް ކަމެއް ހުއްޓެވެ.ބަލާ ބެލުމަށް ފެންވަރައިގެން އެ އައީ އަދި ކިރިޔާ އެވެ.ރިޔާން އައިސް ކޮޓަރި ތެރެ އަށް ވަދުމާއި އެކު ރިޔާން ޖަހައިގެން ހުރި ސެންޓުގެ ވަހުން މުޅި ކޮޓަރި ތެރެ އެއް ވެސް ކޮއްލިއެވެ.

 

“ކެއެ މެން ދެމީހުން މިތަނަށް ގެނައީ ގޭމު ކުޅެންތަ؟”ރިޔާން ނުކްޝާން ގެ އަތުން ފޯނު އަތުލީ ޗުސް ތަޅަމުން ނެވެ.”އޭ ބްރޯ ކަޑައޭ.މަ މަރު ވަނީ އޭ ދެން ތިއޮށް”ނުކްޝާން ރިޔާން ގެ އަތުން ފޯނު އަތުލަން މަސައްކަތް ކުރަމުން ދިޔަ އެވެ. ކޮންމެ ދުވަހެއްގެ މައްޗަށް ފެނާއި އެއްވަރަށް ޕަބްޖީ ކުޅުމަކީ ދިރި ހުރުމަށް ނުކްޝާން އަަށް ބޭނުން ވާ އެއް ވަސީލަތެވެ.

 

“ބަލާ ބަލަ މިހާރު ވީ ގޮތް ވަރަށް ތާހިރެއްނު”ނުކްޝާން ގެ އަޑުން ހިތްހަމަނުޖެހުން ފާޅުވީ ފޯނުން އޭނާ މަރުވި މަންޒަރު ފެނުމުން ނެވެ.ނުކްޝާން ގެ އަތަށް ރިޔާން ފޯނު ލައިދިނީ އެހިސާބުންނެވެ.

 

“އަދި މީންދީ އަނެއްކާ އަނެކަކު”ރިޔާން ޒީކާން އާއި ދިމާލަށް ބަލައިލަމުން އެހެން ބުނެލި ގޮތުން ދެން ރިޔާންގެ އަމާޒު ފަތްގަނޑަކަށް ވާނީ އޭނާ ކަން އެނގުމުން ސޯފާ އިން ތެދުވަމުން ރިޔާންގެ އަތުގައި ނުޖެހޭން ޒީކާން އެކި ކޮޅު ކޮޅަށް ހިނގަން ފެށިއެވެ.އޭރު ވެސް އެސޮރުގެ ލޯ ފޯނުން ވަކި ވެގެން ނުދެއެވެ.އެއް ވަރުގެ ދެމީހުން ނެވެ.މި ޕަބްޖީ އަކާއި ހެދި ދެމީހުން ދުނިޔެ ދޫކުރަން ވެސް ތައްޔާރު ވާނެ ތޯ އެއްޗެކެވެ.

 

ޒީކާން އޭނާ އަރާ އިން ގަނޑު ނިމުމާއި އެކު ފޮނު ނިއްވާލާ ޖީބު ތެރެއަށް ކޮއްޕާލަމުން އަނެއްކާ ވެސް އައިސް ކުރިން އިން ތަނުގައި އިށީންދުނެވެ.ޒީކާން އޭނާ އާއި ޖެހިގެން އިށީނުމާއި އެކު ނުކްޝާން ރަޔާން އާއި ދިމާލަށް ބަލާލީ ވާހަކަ ފަށާށޭ ބުނާފަދަ ގޮތަކަށްށެވެ.

 

“އަދި ލައި އެެއް ނާދޭ ދޯ.ލައި އައިމަ އެއްނު ފެށޭނީ”ނަވްޔާ ނުކްޝާން ގެ އިސްތަށިގަނޑަށް ދަމާލަމުން ބުނެލި އެވެ.”މާމަ ގަނޑު އަނގަ މަޑުލާ ބަލަ”ނުކްޝާން ހީވީ ސައި ކުރާ އެއް ހެން ކެކިލި ހެންނެވެ.މިއަދު ނުކްޝާން ފާޑަކަށް މޫޑު ކަޓާފައި އިން ދުވަހެކެވެ.ޔަގީނެވެ. ވާނީ އޭނާ އެރި އެއް ގަނޑުން ވެސް އޭނާ މޮޅު ނުވާ ކަމަށެވެ.

 

“ލައިނީ ނަޔަސް އޯކޭ ވާނެ.ބުނަން އުޅޭ ވާހަކަ އެއް ބުނެބަލަ.ފަހުން ލައިނީ ކައިރީގަ ބުނެވޭނެ އެއްނު”ނުކްޝާން ގެ ރާގުން އޭނާ އެއިނީ ރަޔާންގެ ވާހަކަ ވަރަށް އަޑު އަހާ ހިތުން ކަން އެނގެ އެވެ.

 

“ސޯ ގާއީޒް ރަޔާން މި އުޅެނީ މެރީ ކުރަން”މަޑު މަޑުން ދެއަތް ޖޯޑު ކޮށްލަމުން އިސްޖަހާލައިގެން ހުރި ރަޔާން ބުނެލީ ދެލޯ މަރާ ތަގުޅި ކޮށްލަމުން ނެވެ.އެއްވެސް މީހެއްގެ ހަބަރެއް ނުވުމުން އިސްއުފުލާ ރަޔާން ފަހަރަކު މީހެއްގެ މޫނަށް ބަލާލި އިރު އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާން ކަމެވެ.”ހަމަ އަސްލު ވެސް…މިއަދު އެހެންވެ ތަ ލައި ފެއިންޓްވީ އުފަލުން ދޯ ވީކަމެއް ވީ” ނަވްޔާ ބުނެލީ ހެވި ދިއްލިފައި ހުރެއެވެ.ނަވްޔާގެ ދިއްލިފައި ވާ މޫނުން އެކަނި ވެސް ރަޔާން އާއި ލައިނީ އަށް ޓަކައި އޭނާ އުފާވެފައި ވާ މިންވަރު ފެނެއެވެ.

 

“ކޮބާ ކޮބާ.. ދޮންބެ އަށް ވުރެ ކުރިން ރަޔާންމެން ވެސް އެއުޅެނީ އިންނަން”ނަވްޔާ ބުނެލީ ރަޔާން އާއި ދިމާ ކޮން ކޮށްލަން އަނގަ ހުޅުވާލި ނުކްޝާން އާއި ދިމާލަށް ށެވެ.”އަދި މިސަންތި ހުރިހާ ކަމަކާ ބެހޭނެ…”

 

“މާމަ އެއް ނޫންތަ؟”ހިނިގަނޑަކާއި އެކު މިލާން ނަވްޔާ އާއި ދިމާކޮށްލިއެވެ.”އަސްލު ވެސް މާމަ އެއް ނޫންތަ؟”ކިޔާން ވެސް މިލާން އާއި އެއްބައި ވެލިއެވެ.”ތެނެކްސް ފޯ ދަ ރިމައިންޑާ.އޭ މާމާ ބުނަން މާމަ މާމަ އަކަށް ވީއިރު ވެސް ތިހިރީ މީހަކާއި ނީނދެ.އެވަރު ވީމަ ދެން ބޮޑެއްނު.އެހެންވީމަ ދެން އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަމާ ނުބެހުން ކަންނޭނގެ ރަނގަޅު ވާނީ”ނުކްޝާން ހިނިގަނޑަކާއި އެކު ނަވްޔާ އާއި ދިމާކޮށްލީ މިލާން ވެސް އޭނާ އާއި އެއްބައި ވުމުންނެވެ.

 

“ގާއީޒް ލިސެން ލައިނީ އަކާ އެއް ނޫނޭ.ފައިހާ ޔާ” މަޑު މަޑުން އަލީކް ގެ މޫނަށް ބަލައިލަމުން އެހެން ބުނެލި ރަޔާންގެ މޫނުމަތީގައި ވަނީ ވޭނާއި ހިތްދަތި ކަމެވެ.އަލީކް އާއިި ދިމާއަށް ރަޔާން ބަލާލީ މައާފް ކޮށްދޭށޭ ބުނާފަދަ ގޮތަކަށްށެވެ.

 

“އޭނ”އޮރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ރިޔާން އާއި އަލީކް ގެ އިތުރުން ލައިކާ ގެ އަނގައިން އެއްފަހަރާ ހެން ނިކުމެލިއެވެ. “ރިޔަލީ ރަޔާން .ތީ ކިހިނެތް ވީ ކަމެއް؟”ރިޔާން އާއި އަލީކްގެ އަޑު ދެވަނަ ފަހަރަށް ވެސް އައީ އެކު ވެގެން ނެވެ.ވަގުތާއި ހާލަތުގެ ގޮތުން ނުކްޝާން އަަށް އިނީ އަލީކް އާއި ރިޔާން އާއި ދިމާ ނުކުރެވިފައި އެވެ.އެހެން ނޫން ނަމަ އެ ދެމީހުންނަށް އެއްޗެކޭ ބުނަން ނުކެރެވޭ ވަރަށް ދިމާ ކޮށްލާނެ ކަން ކަށަވަރެވެ.

 

“މަންމަ ބުނީ މަ އަސްލު”ރަޔާން އިސްއުފުލާ ރިޔާން އާއި ދިމާލަށް ބަލައިލަމުން ބުނެލި އެވެ.”މަންމަ ކައިރީ ބުނި ނަމަ ރަޔާން ލައިނީ އާ އެކީ ރިލޭޝަން އެއްގަ އުޅޭ ވާހަކަ”މަޑުމައިތިރި ރާގަކަށް ރިޔާން ބުނެލީ ރަޔާން އަށް ވިސްނައި ދިނުމުގެ ގޮތުން ނެވެ.ނަމަވެސް ރަޔާން އިސްއުފުލާ ބަލާ ނުލާ ތާނގައި އޭނާ ގެ ވިސްނުން ބަދަލު ކުރުމުގެ ހިޔާލު ވެސް ނުގެންގުޅެ އެވެ.

 

ދޮންބެ ބުންޏަސް މަންމަ އެހާ އުންމީދާއި އެކު ބުނުމުން ނޫނެކޭ ބުނަން ކެރޭނެ ހެއްޔެވެ؟ރަޔާން އަމިއްލަ ނަފްސަާއި ހިތާ ހިތުން ސުވާލު ކުރަމުން ދިޔަ އިރު އޭނާ ގެ އަމިއްލަ ހިތް ވެސް ރިޔާން އާއި އެއްބަސް ވަމުން ދިޔަ އެވެ.

 

“އަސްލު ވެސް.ރިޔާނާ ދައްތަ ޔަގީން ރަޔާން އެންޑް ލައި ގެ ރިލޭޝަން ގެ ވާހަކަ އެނގުން ނަމަ އެހެނެއް ނުބުނީސް.އެއް ބަސް ނުވެ ރިޔާން ބުނެލި ހެން ބުނި ނަމަ ރިޔާނާ ދައްތަ އޯކޭ ވީސް ކަންނޭނގެ” ނުކްޝާން އޭނާގެ ހިޔާލު ފާޅުކޮށްލި އެވެ.”އަސްލު ވެސް.ލަަައިކީ އަށް ހީވަނީ އަދި ވެސް އެއްފަހަރު ރަޔާން ތި ނިންމުމާއި މެދު ވިސްނާލަން ވެއްޖެ ހެން”ލައިކާ ގެ އަޑު ކިރިޔަ ކިރިޔާ ރަޔާންގެ ކަންފަތުގައި ޖެހުނު ކަމެވެ.

 

ލަައިކާގެ އަޑާއި ރާގު ހުރި ގޮތުން އޭނާ ގެ ހިތް ވެސް ވަނީ މިލާ މޯޅި ވެފައި ކަން ޔަގީންވެއެވެ.އޭނާ ބަލިވެ އިން ކަމުގެ އުފާވެރި ހަބަރު އެންމެންނަށް މިއަދު ހަވީރު ދޭން އުޅުނު އިރު މިވީ ކިހިނެތް ހެއްޔެވެ؟ ކަރުނަ އަޅަމުން ވެސް ލައިކާ އަށްޓަކައި ލައިނީ ލައިކާގެ އުފަލުގައި ބައިވެރި ވާނެ ކަމާއި މެދު ލައިކާ ގެ ހިތުގައި އެއްވެސް ޝައްކެއްނެތެވެ. އެހެން ނަމަވެސް ކޮއްކޮ ހިތާމައިގެ ވަނި ކޮށް އޭނާ އަށް ވަކި އުފާކުރަން ކެރޭނެ ހެއްޔެވެ؟

 

ލިބުނު ހަބަރުގެ ސަބަބުން އަނގަ ސަކަރާތް ވެފައި އިން އަލީކް އިނީ ހިޔާލަކަށް ގެއްލިފައި އެވެ.ފައިހާ ވަކިވުމުގެ ސަބަބުން ބޮލުން ބޮޑު ގާބުރި އެއް ނެގި ކަހަލަ އިހުސާހެއް ކުރެވެމުން ދިޔަ އިރު އަލީކް ގެ ހިތުގައި ވެސް މޮޅިވެރިކަމެއް އުފެދުނީ އޭނާގެ ބޮލުން އެ ބޮޑު ގާބުރި ނަގާ ވެއްޓުނީ ރަޔާންގެ ހިތް މައްޗަށް ކަން އެނގުމުން ނެވެ.

 

“ދެން ރަޔާން ތި ވިސްނަނީ ތި ކައިވެނި ކުރަން ތަ؟”ނަވްޔާ އަހާލީ އެންމެން ވެސް އެންމެ ޖަވާބު ބޭނުން ވެގެން އުޅޭ ސުވާލެވެ. އިރުކޮޅަކަށް އެހެން އިނުމަށް ފަހު ފުން ނޭވާ އަކާއި އެކު ރަޔާން ބޯ ޖަހާލުމާއި އެކު އައިކާ އަށް މަޑު މަޑުން އަޅޭ އޭ ބުނެލެވުނެވެ.

 

އޭނާ އަށް އަލީކްގެ ލޯބި ލިބުމަށް ދުޢާ ކުރެވުނު އަދަދު ޚުުދު އައިކާ އަކަށް ވެސް ނޭނގުނެވެ.އެހެން ނަމަވެސް އަލީކްގެ ލޯބި އޭނާ އަށް ލިބެން އޮތީ ލައިނީ އަނދަ ވަޅަކަށް ވައްޓާލާފައި ކަން އެނގުން ނަމަ ދުވަހެއްގެ ކޮޅުންވެސް އަލީކް އާއި ގުޅުމަށް އެނާ އެއް ދުޢާ އެއް ނުކުރީ ހެވެ.

 

އެކި މީހުންގެ މޫނުން އެކިއެކި ކުލަވަރުތައް ފެންނަމުން ދިޔަ އިރު މޫނުމަތިން އެއްވެސް ކަހަލަ ކުލަވަރެއް ފެންނަން ނެތީ ޒީކާން ގެއެވެ.ރަޔާން އޭނާ ފައިހާ އާއި ކައިވެނި ކުރަން ނިންމި ވާހަކަ ބުނި އިރުން ފަށައިގެން ރިޔާން ގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ކެނޑި ގެން ނުދެއެވެ.އޭނާ އިން ގޮތުން އެކަނި ވެސް އޭނާ ހިތްހަމަނުޖެހިފައި އިން ވަރު އެތަނުގައި ތިބި އެންމެން ނަށް ވެސް އެނގެއެވެ. ރިޔާން ގަބޫލު ކުރާ ގޮތުގައި މަންމަ ބުނި ކަމުގައި ވީ ނަމަވެސް ރަޔާން އެކަހަލަ ބޮޑެތި ކަންކަމަށް އެއްބަސް ވާކަށް ނުޖެހެއެވެ.އެއީ ކޮންމެ ގޮތަކަށް ވީ ކަމުގައިވީ ނަމަވެސް ރަޔާންގެ މުޅި ދިރިއުޅުމަށް އޭގެން އަސަރު ކުރާނެ ފަދަ ބޮޑެތި ނިންމުން ތަކެވެ.

 

ދަތް ދޮޅީގައި އަތް އަޅުވާލައިގެން އިރުކޮޅެއް ވަންދެން އިނުމަށް ފަހު ރިޔާން ކޮޓަރިން ނިކުންނަން ދިޔައީ ވައި ސޫރަ އެއްހާ ހަލުވި މިނުގައި އެވެ. ރިޔާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ރަޔާންގެ މޫނުމަތިން ފެނިގެން ދިޔައީ ގޮތް ހުސްވެފައި ވާ ކަމުގެ އަސަރު ތަކެކެވެ.އެއް ކޮޅުން މަންމަ އެެވެ.އަނެއް ކޮޅުން ލައިނީ އެވެ.

 

ރިޔާން އެދިޔައީ ހިތްހަމަ ނުޖެހިގެން ކަން އެނގުމާއި އެކު ރަޔާން އޭނާގެ އިސްތަށިގަނޑު ގެ ތެރެ އަށް އަތް ވައްދާލަމުން ދެލޯ މަރާ ތަގުޅި ކޮށްލީ އެނދުގައި އޮށޯންނަމުންނެވެ.

 

ކޮޓަރި އަށް ވަދުނު ގޮތަށް ރިޔާން އެނދުގައި އިށީންނަމުން އިސްތަށިގަނޑު ގައި އަތް ފުނާ އަޅާލަމުން ފުން ނޭވާ އެއް ދޫކޮށްލިއެވެ.ސިކުންތު ކޮޅެއްގެ ތެރޭގައި ރިޔާން ފުން ވިސްނުމެއްގެ ތެރެ އަށް ފީނައި ގަތީ ރަޔާން އާއި މެދު ކަންބޮޑުވެފައި ހުރެ އެވެ.ހީވާ ގޮތުން ރަޔާން ގައިގައި އަޅާ ވޭނުގެ އެއްބައި އޭނާގެ ގައިގައި ވެސް އަޅައެވެ.

 

“ރިޔާން”ކޮޓަރީގެ ދޮރުހުޅުވާލަމުން ކޮޓަރި ތެރެ އަށް ވަން އައިރާ މަޑު މަޑުން ގޮވާލި އަޑާއި އެކު ރިޔާން އިސް އުފުލާ ބަލާލި އެވެ.އައިރާގެ ކުޑަ ކުޑަ މޫނުކޮޅު ފެނުމާއި އެކު ރިޔާން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނު ކަހަލަ އިހުސާސެއް ކުރެވުނެވެ.”ރިޔާން ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް”އައިރާ މަޑުމަޑުން އައިސް ރިޔާން ގެ ގާތު ހުއްޓި ލަމުން ބުނެލި ޖުމުލަތަކާއި އެކު ރިޔާން އައިރާ ގެ މޫނުން ނަޒަރު ވަކި ކޮށްލަމުން އެހެން ދިމާލަކަށް އޭނާ ގެ ނަޒަރު ބަދަލު ކޮށްލި އެވެ.

 

“އައިރާ ތި އައީ ރަޔާން ގެ ނިންމުމަށް ބާރު ދޭން ކަމުގަ ވާ ނަމަ އައިރާ މިތަނުން ދިޔަ ޔަސް މައްސަލަ އެއް ނެތް”ރިޔާން ގެ އަޑުން ހިތްހަމަނުޖެހުން ފާޅުވިއެވެ.”ރިޔާން ގަބޫލު ކުރިއަސް ނުކުރިއަސް ރަޔާން ނިންމީީ އެ އެންމެ ރަނގަޅު ނިންމުން”އައިރާ ރިޔާން އަށް ވިސްނައި ދޭން މަސައްކަތް ކުރަމުން ދިޔަ އެވެ. “މަންމަ ބުނީމަ ދެން އެ ހެޔޮ ދޯ އެއީ ރަޔާން ގެ ނަފްސަށް ހިތްހަމަޖެހުން ނުލިބޭ ކަމަކަސް.އެކަމެއް ކުރަން ޖެހޭނެ” ރިޔާން އައިރާ އާއި އެއްބަސް ނުވުމަށް ގަދަ ހަދާލިއެވެ.

 

“ރިއަލީ ރިޔާން.ރިޔާން ތީ ރަޔާން ނަމަ ކިހިނެތް ހަދާނީ.މަންމަ ގެ އެ އެދުން ފުރިހަމަ އެއް ނުކޮށްދޭނަން ތަ؟”އައިރާ ގެ ވާހަކަ އާއި މެދު ވިސްނާލަން ރިޔާން އަށް މަޖުބޫރުވި އެވެ. އޭނާ އަކީ ރަޔާން އަށް ވި ނަމަވެސް ކަންތައް ކުރެވޭނީ ހަމަ ރަޔާން ކަންތައް ކުރި ފަދައިން ކަމާއި މެދު ރިޔާން އަަށް ވެސް ޝައްކެއްނެތެވެ.

 

“ކިހިނެތް ރިޔާން ކަންތައް ކުރާނީ”އައިރާގެ ސުވާލާއި އެކު ރިޔާން އިސްއުފުލާ އައިރާ އާއި ދިމާލަށް ބަލައިލިއެވެ.”ހަމަ ރަޔާން ކަންތައް ކުރި ގޮތަަށް ދޯ”ރިޔާން އެއްޗެކޭ ނުބުނެ ގިނަ އިރު ވާން ފެށުމުން އައިރާ ރިޔާން އަަށް ދޯ އެއްލިއެވެ.

 

މަޑުމަޑުން އިނދެފައި ރިޔާން ބޯ ޖަހާލުމާއި އެކު އައިރާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވި އެވެ. ޚުދު އޭނާ އަށް ވެސް ކަންތައް ކުރެވޭނީ ރަޔާން ކަންތައް ކުރި ފަދައިން ކަން އެނގޭ އިރު ވަކި ރިޔާން އެހެން ކަންތައް ނުކުރާނެއެކޭ އައިރާގެ ހިތެއް އެއް ގޮތަކަށް ވެސް ނުބުނެއެވެ.

 

“މަންމާ ޕްލީސް.ބައްޕަ ކައިރީ ބުނެބަ ފައި ބޭނުމެއް ނޫނޭ މި ކައިވެނި ކުރާކަށް”ފައިހާ އުންމީދާއި އެކު ދާނިޔާ އާއި ދިމާލަށް ބަލައިލި އެވެ.”ބައްޕަ އަށް ވިސްނައިދެވޭތޯ މަންމަ ވަރަށް މަސައްކަތް ކުރިން. އެކަމު ބައްޕަ ގެ ހިޔާލެއް ދަރިފުޅާ ހަމަ ބަދަލެއް ނުވޭ”ދާނިޔާ ފައިހާ އާއި ދިމާލަށް ބަލައިލީ އެއްވެސް އުންމީދެއް ނެތް ފަދަ ގޮތަކަށްށެވެ.”ކީތްވެ މަންމާ ކީތްވެ. ފައި އަންހެން ކުއްޖަކަށް ވީމަތަ.ދޮންބެ އަށް ލިބުނު މިނިވަންކަން ނުލިބުނީ އެހެންވެ ތަ؟އަމިއްލަ އަށް ހަޔާތުގެ ބައިވެރިޔާ ނުނެގުނީ ހަމަ އަންހެން ކުއްޖަކަށް ވީ މަތަ؟”ފައިހާ އޭނާގެ ޝަކުވާ ތައް ދާނިޔާގެ ކުރުމާ ބަންޑުން ކޮށްލި އިރު އެ ރީތި ބޮޑު ދެލޮލުން ވަނީ ކަރުނަ އަންނަން ފަށާފައި އެވެ.ދެލޮލުން ކަރުނަ ހިލިފައިވާ ހާލުވެސް ފައިހާ އާއި ދިމާލަށް ބަލަހައްޓައިގެން އިނުން ނޫން ގޮތެއް ދާނިޔާ އަކަށް ނެތެވެ.

 

“ފައިހާ.ތިނެއް ޖަހާ ބޮޑުވީ އެއޮށް. ތައްޔާރުވޭ ޝައިލްމެންގެ އާއިލާ އަންނަން ވާ އިރަށް”ކޮޓަރިން ނިކުން ފާރޫގުގެ އަޑާއި އެކު ފައިހާ ދާނިޔާ އާއި ދިމާލަށް ބަލައިލި އެވެ.ދާނިޔާ އަށް ގޮތް ހުސްވެފައި ވާ ގޮތަކަށް ފައިހާ އާއި ދިމާލަށް ބެލުން ނޫން ކަމެއް ނުކުރެވުނެވެ.

 

އިރުކޮޅަކަށް އެހެން އިނުމަށް ފަހު ފައިހާ ކޮޓަރި އާއި ދިމާލަށް ވަންނަން ހިނގައިގަތީ ބައްޕަ ގެ އަމުރާއި ދެކޮޅު ހަދަން ބޭނުން ނުވުމުންނެވެ.ކޮޓަރި އަށް ވަން ގޮތަށް ދޮރުގައި ލެނގިލައިގެން ހުރި ފައިހާ އަށް ދާނިޔާ އާއި ފާރީގާއި ދެމެދު ދެކެވެމުން ދިޔަ ވާހަކަ އަޑު އިވެމުން ދިޔަ އެވެ.

 

“ފާރޫގު އަހަންނަށް ހީވަނީ ފައިހާގެ ނުރުހުމުގަ ކައިވެނި ނުކުރިއްޔާހެން ރަނގަޅު ވާނީ”ފައިހާ ރޯތަން ބަލަން އެ މައި ލަގޮނޑި އަށް ކެތް ނުވުމުން ދާނިޔާ އޭނާގެ ބަނދި ވަރުގެ އަޑު ފާރޫގަށް އިއްވާލިއެވެ.”ދާނިޔާ.އަހަރެން މީ ފައިހާ ގެ ބައްޕަ އޭ.އަހަރެން ވެސް ފައިހާ އަށް ދެރަ ގޮތެއް ވާކަށް ނޭދެމޭ.ރަޔާން އަކީ ކިހާ ރަނގަޅު ކުއްޖެއްކަން އެނގުމުން ފައިހާ ގެ ހިތް ވެސް ރަޔާން އަށް ދޫވެދާނެ”ފާރޫގު އޭނާގެ އަނބިމީހާ ގެ ދެއަތުގައި ހިފާލީ ޔަގީންކަން ދިނުމުގެ ގޮތުން ނެވެ.”އެކަމު ވެސް ފައިހާ އަށް މިކަހަލަ ބޮޑެތި ކަންކަން ނިންމުމުގެ ފުރުސަތު އޮންނަން ވާނެ އެއްނު” ދާނިޔާ ފާރޫގު އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަން ފެށީ ލިބިފައި ވާ ހިތާމަ އާއި އެކު ފައިހާ ކަތި ފިޔަވަޅެއް އަޅާފާނެ ކަމުގެ ބިރު އޮތުމުންނެވެ.އެހެން ވެއްޖެ ނަމަ ދުވަހަކު ވެސް އޭނާ އަކަށް އޭނާގެ އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ.

 

“ފައިހާ މިހާރު ވެސް އުޅެނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން ކަންނޭނގެ.އެހެން ނޫން ނަމަ އެވަރަކަށް ފައިހާ ދެކޮޅެއް ނުހަދާނެ” ދާނިޔާ ބުނެލީ ވަރަށް ޔަގީން ކަމާއި އެކުގައި އެވެ.”ކައިވެނީގެ ފަހުން ހަގީގީ ލޯބި ވެވޭނީ”ފާރޫގު ދާނިޔާގެ އަތުން ދޫކޮށްލަމުން ދާނިޔާ އާއި ފަސްއެނބުރެމުން އެހެން ބުނެލުމަށް ފަހު ދާން ހިނގައި ގަތީ ދާނިޔާގެ ހިތާއި އެކު ކޮޓަރީގެ ދޮރުގައި ކަންފަތް ޖަހައިގެން ހުރި ފައިހާ ގެ ހިތް ވެސް މާޔޫސް ކޮށްލަމުން ނެވެ.

 

އަސުރު ނަމާދުން އައި ގޮތަށް ރަޔާން ކޮޓަރި އަަށް ވަނީ ހަތަރެއް ޖަހާ އިރަށް މަންމަ އާއި އެކު ފައިހާ މެންގެ އަށް ދާން ޖެހޭނެތީ އެކަމަށް ތައްޔާރު ވާށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ކޮޓަރި އަށް ވަން ރަޔާން އާއި ދިމާލަށް ރިޔާން ބަލާލީ ހަމްދަރުދީ ގެ ނަޒަރަކުންނެވެ.ކޮއްކޮ އަށް ދިމާވެ ފައިވާ މަޖުބޫރީ ހާލަތު ވިސްނުމުން އޭނާގެ ހިތުގައި ވެސް ދިލަ ތަދެއް ނަގައިގެން ދިޔަ އެެވެ.

 

ޕީޗް ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ޖީންސެއް ލައިގެން ތައްޔާރުވެލި ރަޔާން އޭނާގެ އަތުގައި އަޅާލީ އެންމެ ފަހުގެ ރޮލެކްސް ގަޑި އެކެވެ.އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ރަޔާން ފުން ނޭވާ އެއް ދޫކޮށްލީ ނަފްސަށް ހަމަޖެހުމެއް ލިބޭތޯ އެވެ.

 

ނުނިމޭ

Comments (22)

  1. gurrrrl

    mi part vx nice
    ekm rayaan n laii 😢
    thihen nuhadhaa

    1. RIFSHA
      gurrrrl

      Alhey thanks gurrrrl
      Rayaan and lai ah dhen vaane gothei balamaa dho in sha Allah next part varah avahah miadhu ge konmeves vaguthei ga submit kohlaanan eyrun ekudhinnah vaane gothei ingi dhaane thaa dho.

  2. Laura

    Hey Riffoo
    Varah dhuvas vejje dho comment nukohlevey thaa hama buxy ee ey.
    Lai and rayaan gulhu vaba.rayaan and faiha marry koffiyya hadi 🥺 because rayaan ge furathama adhi fahu kaivenyyah vx vaan jeheyni lai.
    I am really happy for zaa and aika e dhekudhinnah dhen loabi lubuny e
    Curiously waiting for the next
    Varah reethi ingey mi part Masha Allah 😊
    Love you rifoo ❤️

    1. RIFSHA
      Laura

      Hey Lau its ok ey.rifoo vx varah dhuvas vejje reply nudhey thaa hehe 😆 ehen tha dhen ehen viyas vaane gothei lau jeheyny balan
      Thanks ingey lau next part in sha Allah miadhu ge konmeves vaguthei ga submit kohlaanan
      Love you more 😘

  3. Aareyemesey

    Haai..vrh reethi mi part ves..alheyy rayaan ah ehn nuhadhabaa plss…aika and aleek gulhuvahchey avahah Ingey..kurin baivaru comment nukuriyas I’ve been reading this story hama first day in feshign vess…love this story…keep up the gud work girrl😘🔥

    1. RIFSHA
      Aareyemesey

      Hey aareyemesey thanks ingey varah bodah comment eh kohleema.varah gina kudhin dhera vey dho eba even rifoo vx hehe 😆. varah ufaa vejje aareyemesey mi story varah kureeh sure kiyamun dhiya Kan ingunyma.
      Once again thanks aareyemesey ❤️😊

  4. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    But Rayaan and lai ah vee gothun rovijje
    lai and Rayaan guluvachey
    Aleek and aika gulhuvachey
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you rifoo ❤️😍

    1. RIFSHA
      Cutie girl

      Thanks cutie girl
      Next part miadhu ge konmeves vaguthei ga submit kohlaanan
      Ehen tha?
      Once again thanks cutie girl
      Varah ufaa vejje cutie girl ge comment kiyaalaaa
      Love you more 😘❤️

  5. shimmer

    masha allah ….vvv reethi…..
    then rayaan n lau ge destiny ga vaa ehcheh balaa hithun varah curious
    even aleek n aike ge ves…
    alhe then mi nuk ah gotheh hadhaaba rifoo
    fiya falhaigen varah dhuvahu meehun aa dhimaa eba kure ehnu….so there should be a great lesson for him too…
    i feel so bad for navya …
    aslu sorry vv dhuvas vejje dhw dhigu comment eh nukurevey tha …actually hama bxy kamun…studies plus dhonbege wedding otheema vagutheh nuvy
    anyway curiously waiting for the nxt part

    1. Unknown girl
      shimmer

      Shimmer kn rasheii ahaaly ingey..
      how old are you ??

    2. RIFSHA
      shimmer

      Thanks shimmer.hehe dhen vaahaka kuri ah dhaa varakah thaa dho ingeyny.
      Dhen nei nuk ah maa Gina dhuvahei maybe zeek ah vx 😆
      It’s ok shimmer.rifoo vx kiyas javaabei nudhemehnu I mean reply.
      Next part Friday or Saturday ga.because adhi beynun vaa varakah hama eh nuvey min eh.
      Love you more 😘❤️

  6. RIFSHA

    Hey guys
    Rifoo ah miadhu submit nukirevi dhaane ingey.because Rifoo beynun vi varah min hama nuvaathy.gina faharah vaguthu hoadhaigen liyan balaa iru vx Gina in liyevey gothei nuvey ehen ve Miadhu ge part faharehga Saturday nooni Friday ah badhalu kuran jehi dhaane.
    Sorry everyone part submit kohla dheynamey kiyaafa vx nukoh dhevuny ma.ekam mi hafthaa ge konmeves dhuvahaku kiyaalan libeyne
    Once again sorry

    1. Rauha
      RIFSHA

      It’s ok Rifoo we understand 🤗

    2. shimmer
      RIFSHA

      hey its ok
      submit when you are free

  7. Rauha

    Mi episode ves varah reethi Masha Allah
    Next part kiyaalan libeyne ireh ge inthizaaru ga
    Love you ❤️

    1. RIFSHA
      Rauha

      Thanks rau 🤗

  8. Cutie girl

    It’s ok rifoo

    1. RIFSHA
      Cutie girl

      Rifoo varah ufaa vejje rifoo ge vaahaka cutie girl mn kahala varah understand vaa kudhin kiyaalaa thy

  9. Saturrn

    Mi vaahaka akee alhugandu varah kiyaa hithun kiyaa vaahaka eh.rifoo ur so talented Masha Allah.i really really love ur stories and enjoys it.keep it up.may Allah bless your hard work.

  10. shimmer

    hey unknown girl
    sorry this is a public wedsite so rashuge name eh nubuneveyne ….but i can say my age …i’m 16 years …..
    why did you ask this so suddenly ???

  11. Ninni

    Whn next??
    Keehve thoa ehaa lasvany mi faharu….
    Kiyevumuga varah busy dhuvaskolheii thoa miee…
    Lasvaa hy ahaaly…
    Mi comment ah javaabeii libeyne kamah ummeedhu kuran..

    1. RIFSHA
      Ninni

      Labba next part in sha Allah varah avahah kiyaalan genesdhevey tho mi balani alhugandu vx.in sha Allah enme las vegen Monday ah kiyaalan libeyne varu kohla dheynan.mi dhuvas kolhu Kuda koh buxy v ma e las vany

Comments are closed.