ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…52
ސޯޓުގެ ޖީބަށް އަތް ޖަހައިގެން ހުރި އާޔަން ރައިނާ އާއި އަރާ ހަމަވީ ގަސްތުގައި އެއް ނޫނެވެ.އާޔަން އާއި ތިން ވަރަކަށް ފޫޓު ދުރުގައި ހުރި އަންހެން ކުއްޖާ އަކީ ރައިނާ އަަށް ވެދާނެ އެކޭ އާޔަން ހިއެއް ނުކުރެއެވެ.
*****************
އުޑާއި ދިމާލަށް ނަޒަރު ހިންގާލަމުން އާޔަން ގާތުގައި ހުރި އަންހެން ކުއްޖާ އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ.”ވެއިޓް އަ މިނެޓް.އެއީ ރައިނާ ދޯ”ހިތާހިތުން އެހެން ބުނެލަމުން އާޔަން ނިއްކުރީގައި ޖަހާލިއެވެ.އަނެއްކާ އަނެތް ފަހަރު އަނެއް ހަ ކަންތަކެވެ.ނުވާ ކަމަށް ހެދެންވީ އެވެ.އެހެން ނޫނީ އޭނާގެ ދެލޯ ވެސް މި އަންހެން ކުއްޖާ ކޮނެ ނަގާނެއެވެ.
“އާޔަން”ރައިނާ އާޔަން އަށް ގޮވާލުމާއި އެކީ އާޔަން ރައިނާ އާއި ދިމާލަށް ބަލައިލީ ކިހިނެތް ވީހޭ ސުވާލުކޮށްލާފަދަ ނަޒަރަކުންނެވެ.”މަ ކާން ވީ ކަންނޭނގެ”ހިތާ ހިތުން އެހެން ބުނެލަމުން އާޔަން ރައިނާ އާއި ދިމާލަށް ބަލައިލި އެވެ.
އަތުގެ އިނގިލިތަކާއި ކުޅެމުން ދިޔަ ރައިނާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުން ނެވެ.އަތްފައި ފިނިވެފައި ވާ ހާލު އިސްޖަހާލައިގެން ހުރީ ދައްކާނެ ވާހަކަ އެއް ނޭނގުމުން ނެވެ.ރައިނާ ގެ އިސްތަށިތައް އޭނާގެ މޫނަށް ގޮނާ ކުރަމުން ދިޔަ އިރު ރައިނާ ދިޔައީ މޫނުން އިސްތަށިތައް އެއްފަރާތް ކުރަމުން ނެވެ.
ދައްކާނެ ވާހަކަ އެއް ނޭނގިފައި ތިބި އާޔަން އާއި ރައިނާ ގެ ދުލަށް ދައްކާނެ ވާހަކަ އެއް ނައެވެ.ބީރައްޓެހި ދެމީހުން ފަދައިން ދެމީހުން ތިބި އިރު އެކަކު އަނެކަކުގެ މޫނާއި ދިމާލަށް ބަލާލާނެ ހިތްވަރު ވެސް ދެމީހުންގެ ގަޔަކު ނެތް ފަދައެވެ.ފާޑަަކަށް ހުއްޓުން އަރާފައި ދެމީހުން ތިބި އިރު އާޔަންގެ ނަޒަރު ހުއްޓިފައި ވަނީ ހާމަ އަަށް އޮތް އުޑަށް ށެވެ.ރައިނާ އަތުގެ އިނގިލިތަކާއި ކުޅެމުން ދިޔަ އިރު ހުރީ އިސްޖެހިފައި އެވެ.ކުށްވެރި ވެގެން ބައިތިއްބާފައި ވާ މީހުންނަށް ވުރެ މި ދެމީހުންގެ ހާލުކޮޅު ބޮޑެވެ.
ނަމާދުން އައި ގޮތަށް ސޯފާ މައްޗަށް ގުޅަ އަކަށް ޖެހިގެން އޮތް ކިޔާންގެ މޫނުމަތިން ހިނިތުންވުން ފިލާ ނުދެއެވެ.ޒާރާ އާއި ވާހަކަ ދައްކަމުން ދިޔަ އިރު ބަދިގެ ތެރޭގައި ކައިރާ އާއި އިޔާން އުޅުނު ކަމެއް ކިޔާން އަކަށް ނޭނގުނެވެ.ވާނީ ވެސް އެހެން ތާ އެވެ.އޭނާ އޮތީ މާ ބޮޑަށް ޒާރާ އާއި އެކު ދައްކަމުން ދިޔަ ވާހަކަ އަަށް ވަދެވިފައި އެވެ.
“އިޔާން.އަަހަންނަަށް ހީވަނީ ދެން މިހާރު ކިޔާން ވެސް ބޮޑު ވެއްޖެ ހެން”އިޔާން އަށް ހެވިފައި ސޯފާގައި އޮތް ކިޔާން ދައްކާލަމުން ކައިރާ ބުނެލިއެވެ.ކައިރާ ދައްކާލި ދިމާލަށް ބަލައިލި އިޔާން ގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔަ އެވެ.
ފޯނު ހިފައިގެން ކޮޓަރިއަށް ވަންނަން މިސްރާބު ޖެހި ކިޔާން އަށް އިޔާން އާއި ކައިރާ ފާޑަކަށް ދަތްޕިލަ ސޭލު އަޅުވާލައިގެން ތިބުމުން ގަތް ލަދުން އަވަހަށް ކޮޓަރި އަށް ވަންނަން މިސްރާބު ޖެހުނީ ދުވެފައި ކަހަލަގޮތަކަށް ށެވެ.ޒާރާ އާއި ހެވިފައި ވާހަކަ ދައްކަން އޮތް ތަން މަންމަ އާއި ބައްޕަ އަށް ފެނުމުން ދެން ލަދު ނުގަންނާނީ ކާކު ހެއްޔެވެ؟
ކަޅު ކުލައިގެ ޝޯލް އެއް ބޮލުގައި އޮޅަން ހުރި ލައިނީ ޝޯލްގައި އެންމެ ފަހު ޕިން ޖަހާލަމުން އޭނާގެ އިސްކޮޅު ވަރުގެ ބޮޑު ލޯގަނޑަށް ނަޒަރު ހިންގާލިއެވެ.ކަޅު ކުލައިގެ ގަމީސް މަތިކޮޅަކާއި އެކު ކަޅު ކުލައިގެ ސްކިނީ ޖީންސް އެއްގައި ހުރި ލައިނީ ގެ ރީތިކަން ދިޔައީ ފާޅު ވަމުންނެވެ.ޝޯލްގެ ތެރެއިން ފެންނަމުން ދިޔަ ވަށް ވަށް މޫނުން ހިނތުންވުމުގެ އަސަރު ފެންނަން ނެތް ކަމުގައި ވީ ނަމަވެސް އޭނާގެ ދެލޮލުގެ ޖާދޫގައި އެތަށް ފިރިހެން ކުދިންނެއް ޖެހޭނެ ކަމާއި މެދު ޝައްކެއްނެތެވެ.އަދި މޫނުން ހިނތުންވުން ފެންނަ ނަމަ ކިހާ ފުރިހަމަވާނެ ހެއްޔެވެ؟ހޫރު ޕަރީ އަކަށް ވެސް ލައިނީ ދޫނުކުރާނެ ކަން ގައިމެވެ.
އިރުކޮޅަކަށް ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ނަފްސަާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށް ފަހު ލައިނީ އޭނާގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ސްޓަޑީ ޓޭބަލް ގެ މަތީގައި ހުރި ފައިލް ތަކެއް ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު ބޮލަށް އަރައިގެން އެނބުރުމާއި އެކު ހުރިތަނަށް ތިރިވެވުނެވެ.ހެއަށް ގޮތެއް ވިހެން ވެސް ލައިނީ އަށް ހީވިއެވެ.މޫނުމައްޗަށް އަނދިރި ވާން ފެށުމާއި އެކު ދެން ވީ ގޮތެއް ލައިނީ އަކަށް ނޭނގުނެވެ.
އެލް އެކްސް އެން ކޮންޕެނީ ގެ ދޮރު ކައިިރި އަށް މަޑު ކޮށްލި ކަޅު ކުލައިގެ ސުޕްރާ ކާރުން ފޭބި ނަވްޔާ ލޮލުގައި އަޅާފައި ވާ އައިނު ލޮލުން ނަގަމުން އިމާރާތުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ.ހަލުވި ހިނގުމެއްގައި ހިނގާފައި ދިޔަ ނަވްޔާ ގެ މިސްރާބަކަށް ވީ އޭނާގެ ކެބިން އެވެ.ފައިލްތައް ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް ނަވްޔާ ކޮމްޕެނީގެ ތެރެއަށް ވަންނަން ދިޔައީ މިއަދު ބާއްވަން ހަމަޖެހިފައި ވާ މީޓިން އަށް އޭނާ ލަސްވެދާނެތީ އެވެ.
“ތާނީ.ލައި ނާންނާނީތަ؟”ކެބިން އަށް ވަންނަމުން ނަވްޔާ އޭނާގެ ޕާސަނަލް އެސިސްޓެންޓް ގާތު އަހާލީ އޭނާގެ ކުރިމަތީގައި ހުރި ލެޕްޓޮޕުން ނަޒަރު ވަކި ކޮށްލުމެއް ނެތި އެވެ.”ނާދެ ކަންނޭނގެ”ތާނިޔާ ގެ ޖަވާބުން ނަވްޔާ އޭނާގެ ލެޕްޓޮޕުން ނަޒަރު ވަކި ކޮށްލަން މަޖުބޫރުވިއެވެ.ވަގުތުން ކައިރީގައި އޮތް އޭނާގެ ފޯނު ނަގާ ލައިނީގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.
ލައިނީ އަށް އިރު އިރު ކޮޅާ ގުޅަމުން ދިޔަ ނަވްޔާ އަށް އޭނާގެ މަސައްކަތަށް ފުރިހަމަ ސަމާލުކަމެއް ދެވޭ ކަމަކަށް ނުވިއެވެ.އިރު އިރު ކޮޅާ ފޯނާއި ދިމާލަށް ނަޒަރު ހިންގާލަމުން ދިޔަ ނަވްޔާ އޭނާގެ ލެޕްޓޮޕް ލައްޕާލަމުން ކެބިން އިން ނިކުންނަން ހިނގައިގަތެވެ.އަވަސް އަވަހަށް ކެބިން އިން ނިކުމެގެން ދިޔަ ނަވްޔާގެ ހިތް ދިޔައީ އެކިއެކި ކަހަލަ ހިޔާލުތަކުން ހާސް ކުރަމުންނެވެ.ލައިނީ އަށް ކަމެއް ވީބާ އޭ ނަވްޔާގެ ހިތަށް އެތަށް ފަހަރަކު އަރަމުން ދިޔަ އެވެ.އެހެން ނޫނީ ލައިނީ އަކީ ފޯނު ނުނަގާ އެހާ ގިނަ އިރު ވަންދެން ހުންނާނެ މީހެއް ނޫނެވެ.
ލައިނީގެ ކޮޓަރިން ލައިނީގެ ފޯނު ކެނޑި ނޭޅި ރިންގު ވަމުން ދިޔަ އަޑު ބޭރުގައި ހުރި ލައިޝާ އަށް އިވެމުން ދިޔަ އެވެ.ފަސް މިނެޓުން ފަސް މިނެޓުން އަޅާ އެލާމެއްހެން އިރު އިރުކޮޅާ އެ އަޑު ތަކުރާރު ވަމުން ދިޔަ އިރު ވެސް ލައިނީ ހަމަ ނުނަގަނީ ބާއޭ ލާއިޝާގެ ހިތަށް އެތަށް ފަހަރަކު އަރަމުން ދިޔަ އެވެ.
އިރުކޮޅަކުން ގޭގެ ބެލް އަޅާލި އަޑު ލައިޝާ އަށް އިވުމާއި އެކު ގޭގެ ދޮރު ހުޅުވާލިއެވެ.ހާސްވެފައި ހުރި ނަވްޔާ ފެނުމާއި އެކު ލައިޝާގެ ހަވަނަ ހިއްސު ކަމެއް ނުބައިވި ކަމުގެ އިންޒާރު ލައިޝާ އަށް ދޭން ފެށިއެވެ.”ލައިމަންމާ ކޮބާ ލައި؟”އެންމެ ކުރީއްސުރެ ލައިނީ އަކީ އޭނާ އާއި ގާތް އެކުވެރި އަކަށް ވުމުން އެންމެ ކުރީއްސުރެ ވެސް ގިނަ ފަހަރަށް ލައިޝާ އާއި ނަވްޔާ މުޚާތަބު ކުރަނީ އެ ނަމުން ނެވެ.މަދި ފަހަރަކު ނޫނީ ލައިޝާ އަށް ދައްތަ ނަވްޔާ އެއް ނުކިޔަ އެވެ.
“ލައިނީ ކޮޓަރީގަ ވީ.ކަމެއް ގޯސް ވީތަ؟”ލައިޝާ އަހާލީ އަހާލިި އިރު ލައިޝާގެ މޫނުމަތިން ވެސް ހާސް ކަމުގެ އަސަރު ފެނިލިއެވެ.”ލައި ފޯނު ނުނަގާ ތީ މިއައީ.މިއަދި އޮތް މީޓިން އަށް ކޮންމެ ހެނެއް ވެސް ލައި އަންނަން ޖެހޭނެ.އެހެން ނޫނީ މީޓިންއެއް ނުބޭއްވޭނެ އެއްނު”ނަވްޔާ ގެ ވާހަކައިން ލައިޝާ ނަވްޔާ ގާތު ލައިނީގެ ކޮޓަރި އަށް ވަނުމަށް ބުނެލީ ޑަބަލް ކީ ނަވްޔާގެ އަތަށް ލައި ދެމުންނެވެ.
ކޮޓަރީގެ ޑަަބަލް ކީ އިން ލައިނީގެ ކޮޓަރި ހުޅުވާލި ނަވްޔާ އަށް ވެއްޓި ފައި އޮތް ލައިނީ އާއި ދިމާލަށް ދުއްވައި ގަނެވުނީ އޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެ އެވެ.ލައިނީ ގެ ކައިރީގައި ހުރި ފައިލް ތަކާއި އެކު ލައިނީގެ އަތް ދަބަސް ފެނުމުން ލައިނީ އަށް ވީ ގޮތެއް ވީ އޮފީހަށް ދާން އުޅެނިކޮށް ކަން ނަވްޔާ އަަށް އެނގުނެވެ.
ލައިނީގެ ބޯ އޭނާގެ އުނގަށް ލަމުން ނަވްޔާ ލައިޝާ އަށް ގޮވާލި އެވެ.ދުވެފައި ހެން ކޮޓަރި އަށް ވަން ލައިޝާގެ ނަޒަރު އެއް ފަހަރު ލައިނީ އަށް އަދި އަނެއް ފަހަރު ލައިނީގެ ބޯ އުނގަށް ލައިގެން އިން ނަވްޔާ އަށް ހުއްޓުނެވެ.”ފެން ކޮޅެއް އަވަހަށް ގެނެސް ދީބަ”ނަވްޔާ ލައިޝާ ގާތު ފެން ގެނެސް ދޭން އެދުމާއި އެކު ލައިޝާ ފާހަނަ އަށް ދުއްވައި ގަތީ ޒުވާނަކަށް ދޫނުކުރާހާ ބާރަށް ށެވެ.
ދަރިޔަކު އެހާލުގައި އޮށްވާ ކެތް ވަނީ ކޮން މަންމަ އަކަށް ހެއްޔެވެ؟ފާހަނަ ތެރޭގައި ޖޯޑަށް ފެން އަޅަން ހުރި ލައިޝާގެ ހިތުގައި އެކި ކަހަލަ ސުވާލު އުފެދެމުން ދިޔަ އެވެ.ހުރި ގޮތަށް ހުރެފައި ލައިނީ ކުއްލި އަކަށް ވަކި ވެއްޓެން ވީ ކީތްވެ ހެއްޔެވެ؟ކުއްލި އަކަށް ލައިޝާ ގެ ސިކުނޑީގައި ޓަކި ޖަހާލީ އިއްޔަރޭ ލައިނީ އައި އިރު ލައިނީގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކެވެ.ވަގުތުން ލައިނީ އަަށް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން ލައިޝާގެ ތަޖުރިބާ ކާރު ސިކުނޑި އަށް ނަގައިގަނެވުނެވެ.
ވިސްނުމެއްގައި ހުރި ލައިޝާ އަށް ޖޯޑު ފުރި ބަންޑުން ވަމުން ދިޔަ އިރު ވެސް ހޭވެރި ކަމެއް ވާ ގޮތެއް ނުވިއެވެ.ނަވްޔާ ލައިޝާ އަށް ގޮވާލި އަޑާއި އެކު ހިޔާލުގެ ފުން ކަނޑުން ލައިޝާ އަށް ނިކުމެވުނެވެ.
ލައިޝާ އައިސް އޭނާގެ ގާތުގައި ފެން އަޅާ ފުރާފައި ހުރި ޖޯޑު ބެހެއްޓުމާައި އެކު ނަވްޔާ އަތަށް ފެން ގޮށްޓެއް އަޅާލަމުން ލައިނީގެ މޫނާއި ދިމާލަށް ބުރުވާލިއެވެ.ދެތިން ފަހަރަކު ނަވްޔާ ލައިނީ ގެ މޫނަށް ފެން ބުރުވާލުމާއި އެކު ލައިނީ ކުޑަކޮށް އެސްފިޔަ ޖަހާލި ތަން ނަވްޔާ އަށް ފެނުނެވެ.
މަޑުމަޑުން ދެލޯ ހުޅުވާލި ލައިނީ އަށް ތަންތަން ފެންނަމުން ދިޔައީ ފުސްކޮށްށެވެ.ކުރިމަތިން ދެމީހަކު ފެންނަމުން ދިޔަ އިރު ފުސް ކަމުން ރަނގަޅަށް ދެމީހުން ކުރެ އެކެއްގެ މޫނު ވެސް ލައިނީ ވަކި ކުރާކަށް ނޭނގުނެވެ.މަޑު މަޑުން ލައިނީ ދެލޯ އުނގުޅާލީ ކައިރީ ގައި ތިބި މީހުންގެ ތެރެއިން އެކެއްގެ ވެސް މޫނު ސާފުވޭތޯ އެވެ.މަޑުމަޑުން އެސްފިޔަ ޖަހަމުން ދިޔަ ލައިނީ ގެ ދެލޮލުގެ ފުސްކަން މަޑުމަޑުން ކެނޑެން ފެށުމުން ކައިރީގައި ހުރީ ނަވްޔާ އާއި ލައިޝާ ކަން ލައިނީ އަށް ނަގައި ގަނެވުނެވެ.
މަޑު މަޑުން ތެދުވެ ލައިނީ ދެލޯ ބޮޑު ކޮށްލަމުން ކައިރީގައި އޮތް ދަބަހާއި ފައިލް އާއި ދިމާލަށް ބަލައިލީ ހަނދާނަށް މި ވާނުވާ ގެނޭވޭތޯ މަސައްކަތް ކުރަމުން ނެވެ.ކުއްލި އަކަށް ލައިނީގެ ހަނދާނަށް އައީ ރަޔާން އޭނާ ދޫކޮށްލާފައި ދިޔަ މަންޒަރެވެ.އެއަށްފަހު ވީ ހުރިހާ ކަމެއް ހަނދާނަށް އަންނަމުން އައިސް އެންމެ ފަހުން އޭނާގެ ހަނދާނަށް އައީ އޭނާ އޮފީހަށް ދާން އުޅުނު ވަގުތު ބޮލަށް އެރި ތަދާއި އެކު އޭނާ އަށް ތިރިވެވުނު މަންޒަރެވެ.
“ކިހިނެތް މިވީ؟”ލައިނީ ކޮށްލީ ޚުުދު ނަވްޔާ އާއި ލައިޝާ ގެ ހިތުގައި ވެސް އޮތް ސުވާލެވެ.ނަވްޔާ ދެކޮނޑު އަރުވާލަމުން ލައިޝާ އާއި ދިމާލަށް ބަލައިލި އެވެ.ދެވަނަ ފަހަރަށް ވެސް ލައިނީ އެނބުރުން އަރައި ގަތުމާއި އެކު ލައިނީ އެނދުގައި އޮށޯތުނެވެ.އޭރު ލައިޝާ ކޮޓަރިން ނިކުންނަން ހިނގައިގަންނަނީ އެވެ.ލައިޝާގެ މޫނަށް އަރާ ފޭބި ކުލަވަރުތަކުން ލައިޝާ ހިތްހަމަ ނުޖެހުނީ ކަން ނަވްޔާ އާއި ލައިނީ އަށް ވެސް ނަގައިގަނެވުނެވެ.
“ގޭސްޓްރިކް ވީ ދޯ.އެހޭނޭ ވާނީ ނުކައި އުޅޭ މީހުންނަން”ނަވްޔާ ލައިނީ އާއި ދިމާކޮށްލީ ލައިނީ ގެ ސިކުނޑި އަށް އަރާފައިބަމުން ދިޔަ އެއްވެސް ކަމަކާއި މެދު ވިސްނުމެއް ނެތިއެވެ.”އޭ ދަނީ އިނގޭ.އަދި ނުނިންމާ އިން ވޯކް އެއްވެސް އިންނާނެ. ބާއި”ނަވްޔާ އޭނާގެ ހާސަރު ފައްޗަކަށް އަމުނާލިއެވެ.
ނަވްޔާ އާއި ލައިޝާ ކޮޓަރިން ނިކުމެ ކޮޓަރި ހަމަހިމޭން ވުމާއިއެކު އިވުނީ ލައިނީގެ މަޑު ގިސްލުމުގެ އަޑެވެ.މިއޮށް ހުރިހާ އިރެއް ވަންދެން އޭނާގެ ކަރުނަތައް ހިފަހައްޓަން އިނީ ލައިޝާ އާއި ނަވްޔާ ކޮޓަރިން ނިކުންނަން ދެން ކަންނޭނގެ އެވެ.މަޑު މަޑު ގިސްލުމުގެ އަޑުން ކޮޓަރި ތެރޭގެ ހަމަހިމޭން ކަން ނަގާލާފައި ވާ އިރު ލައިނީ ދިޔައީ ލޮލުން އޮހެމުންދިޔަ ހޫނު ކަރުނަތައް ފުހެމުން ނެވެ.
“މި ކައިވެނި ކުރަން ފައިހާ ޖެހޭނީ”ފާރޫގު ގެ ބަރު އަޑުން ސިޓިންރޫމް ތެރެ ވެސް ހީވީ ވެއްޓެން އުޅުނު ހެންނެވެ.”ބައްޕާ އެކަމު..”ފާރޫގު އާއި ދެކޮޅު ހެދުމަށްޓަކައި އަނގަ ހުޅުވާލި ފައިހާ ގެ ވާހަކަ މެދު ކަނޑާލީ ފާރޫގުގެ ހަރުކަށި އަޑެވެ.”މިއަދު ހަވީރު އަންނާނެ ޝައިލް މެން.ތައްޔާރު ވެގެން ހުންނާނީ”ފާރޫގު އެންމެ ފަހުގެ ނިންމުން ނިންމަމުން ކޮޓަރި އަށް ވަންނަން ހިނގައިގަތީ ފައިހާ އަށް އިތުރު އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ވެސް ނުދީއެވެ.
ފާރޫގު ކޮޓަރި އަަށް ވަދުމާއި އެކު ފައިހާ އެދިޔަ ބާރު މިނުގައި ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ކޮޓަރިތެރެ އަށް ވަދުނީ ދޮރު އޭނާ އަށް ޖެހުނު އެންމެ ބާރަކަށް ދޮރު ޖަހަމުން ނެވެ.ފައިހާ ކޮޓަރީގެ ދޮރު ޖެހި އަޑާއި އެކު ސިޓިންރޫމް ގެ ހަމަހިމޭން ކަން ނަގާލިއެވެ.
“މަންމާ ބައްޕަ އަަށް ވިސްނައިދީ.ޕްލީސް ކޮއްކޮ ވަކި މަޖުބޫރުން ކައިވެންޏެއް ކޮށްގެން އުފަލަކު ދިރި އެއް ނޫޅެވޭނެ”ދާއިން އޭނާގެ ކުރިމަތީގައި އިން ދާނިޔާ އާއި ދިމާލަށް ބުނެލީ މަޑުމައިތިރި ރާގެއްގައި އެވެ.ފާރޫގު ފައިހާގެ ކައިވެނި ހަމަޖެހުނު ވާހަކައާއި އެކު ފައިހާގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެ ކަން ދާއިން އަށް އެނގުނީ ކަންނޭނގެއެވެ.”ކޮއްކޮ ވަރަށް ދެރަ ވެފަ އެއިނީ”ދާއިން ދެވަނަ ފަހަރަށް ވެސް އިއްވާލިއެވެ.
ކޮޓަރީގެ ދޮރު ޖަހާލަމުން އައިސް ފައިހާ އެނދަށް ވެއްޓި ގަތީ ބައްޕަ ދެކެ އައިސްފައިވާ ރުޅި ދޮރަށް ބާލަމުން ނެވެ.ރުޅި އާއި ހިތާމަ އެކު ވެގެން ފައިހާގެ ދެލޮލުން ކަރުނަ ހިލުނީ އަތުގައި އޮތް އަލިމަސް ޖަހާފައި ވާ އަނގޮއްޓި ފެނުމުންނެވެ.ރޭގައި އަލީކް އޭނާގެ އަތުގައި އަނގޮއްޓި އަޅުވާލި މަންޒަރު ލޯ މަތީގައި ފިލްމެއްގެ ސިފައިގައި ފައިހާ އަށް ފެންނަމުން ދިޔަ އެވެ.
ބައްޕަ އަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟އޭނާ އަށް ވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުމުގެ ފުރުޞަތު އޮންނަން ޖެހޭނެ އެއް ނޫން ހެއްޔެވެ؟ނުދަންނަ މީހަކާއި ކައިވެނި ކޮށްގެން ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟
ފައިހާ ގެ ހިތަށް އެކި ސުވާލު އަރާ ފައިބަމުންދިޔަ އިރު އޭނާގެ ހިތް ދިޔައީ ޝަކުވާ ކުރަމުން ނެވެ.ދޮންބެ އާއި ދޮންތަ އެދެމީހުން ގެ ހަޔާތުގެ ބައިވެރިޔާ އަމިއްލަ އަށް ހޮވި އިރު ވަކި އޭނާ އަށް އަމިއްލަ އަށް ނިހޮވެން ވީ ކީތްވެ ހެއްޔެވެ؟އާއިލާގެ އެންމެ ކުޑަ ކުއްޖާ އަށް ވުމުން ހެއްޔެވެ؟
ހުދު ކުލައިގެ ޓީޝާޓަކާއި އެކު ނޫ ކުލައިގެ ޖީންސް ސޯޓެއްގައި ހުރި ރަޔާން ކޮޓަރިން ނިކުތީ މޫނުމަތިން ހަމަޖެހުމުގެ އަސަރު ދައްކަމުން ނެވެ.ގަޑިން ދިހަ އެއް ޖަހަން ގާތް ވެފައި ވާ އިރު އޭނާ ސިޓިންރޫމް އަށް ނިކުތީ ރިޔާނާ ސޯފާގައި އިންނާނެ ކަމަކަށް ނޫނެވެ.
“މިއަދު އޮފީހަށް ނުދަނީތަ ރަޔާން؟”ރިޔާނާ އަހާލީ ރިޔާނާ އަށް ރަޔާން އޮފީހަށް ނުދާކަން ނޭނގުމުން ނެވެ.ހެނދުނު ގެ ނާސްތާ ވެސް ނުނަގާ ހުރި ރަޔާން ގަޑި ނުޖެހި އޮފީހަށް ދާން ހެނދުނުގެ ނާސްތާ ނުނެގީ ކަމަށް ހީކުރެވުފައި އޮތް ހީކުުރުމަކީ ކުށްހީއެއް ކަން ރިޔާނާ އަށް އެނގުނީ އަދި ކިރިޔާއެވެ.ދެލޯ މަޑު މަޑުން މަރާލަމުން ރަޔާން ރިޔާނާ އާާއި ޖެހިގެން އިން ސޯފާގައި އިށީންދުނީ ރިޔާނާ ގެ ސުވާލަށް ބޮލުގެ އިޝާރާތުން ޖަވާބު ދެމުންނެވެ.”ދަރިފުޅު ތައްޔާރު ތަ؟”ރިޔާނާ ކައިވެނީގެ ވާހަކަ ފަށާފާނެ ކަމާއި މެދު ބިރު ގަނެފައި އިން ރަޔާން އަށް ތުން ފިއްތާ ލެވުނީ ރިޔާނާ ހަމަ އެވާހަކަ ފެށުމުން ނެވެ.
“ކޮން ކަމަކަށް”ނުވާ ކަމަށް ހެދެމުން ރަޔާން އެހެން ބުނެލީ ހަގީގަތުގައި އެކައިވެންޏާއި މެދު އޭނާގެ އެއްވެސް ޝައުގެއް ނެތް ކަން އަންގާލަމުންނެވެ.”މިއަދު ދާން ވާނެ އެއްނު ފައިހާ މެންގެ އަށް.ދެކުދިން ވާހަކަ ދައްކާލާ ހަދާލަން”ރިޔާނާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ އިން ރަޔާން އަޅައިގަތީ ފައިހާގެ ނަމުގައި އެވެ.
“ފައިހާ އޭ.ކޮން ފައިހާ އެއް”ހިތް އަވަސް ވެފައިވާ ހާލު ރަޔާން އަހާލީ އާލިކްގެ ލޯބިވެރިޔާ އަށް ނުވޭތޯ ހިތާހިތުން ދުޢާ ކުރަމުން ނެވެ.ނަމަވެސް ތަގުދީރު ގެ ނިޔާ އެކަކަށް ވެސް ބަދަލު ކުރެވޭނެ ހެއްޔެވެ؟
“ފައިހާ އަބްދުލް ފާރޫގު”ރިޔާނާ ފުރިހަމަ ނަން ކިޔާލީ ފަހަރުގައި ވެސް ރަޔާން އަށް ފުރިހަމަ ނަން ކިޔުމުން އޭނާ އެކިޔަނީ ކޮން ފައިހާ އެއްގެ ވާހަކަ އެއް ކަން އެނގި ދާނެ ހެން ހީވުމުންނެވެ.އެހަން ނަމަވެސް ފުރިހަމަ ނަން ކިޔުމުން ރަޔާން ގެ މޫނަށް އައި ބަދަލު ތަކުން އަދި ވެސް ރަޔާން އަށް ނޭނގެނީ ހެން ރިޔާނާ އަށް ހީވިއެވެ.”އެއީ…”ރިޔާނާ އަށް އެހާ ހިސާބަށް ބުނެލުމާއި އެކު ރަޔާން އޭނާގެ ވާހަކަ އާއިގެން ކުރިއަށް ދިޔަ އެވެ.
“ރަށުގަ ރަޔާން މެން ކުލާހުގަ އުޅުނު ފައިހާ”ރަޔާން ސިކުނޑި އަށް ބާރުލާ ހަނދާން ކުރަމުން އެހެން ބުނެލީ އެއީ ހަގީގަތަކަށް ވެދާނެ ކަމެއް ކަން ނޭނގި ހުރެއެވެ.ހިތާހިތުން ދުޢާ ކޮށްލަ ކޮށްލާ އިން ރަޔާންގެ ހިތް އެކީ މާޔޫސް ކޮށްލީ ރިޔާނާ ބޯ ޖަހާލުމުން ނެވެ.ކައިރީގައި ރިޔާނާ އިން ކަން ވެސް ރަޔާންގެ ހަނދާނުން ވަގުތުން ފިލައިގެން ދިޔަ އެވެ.އަތުން މޫނު އެކީ ފޮރުވާލަމުން ރަޔާން ދެއަތް އުޅަނބޮށީގައި ވިއްދައިގެން އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އެވެ.
ލެޕްޓޮޕުން އޭނާގެ މަސައްކަތް ކުރަން އިން އަލީކް ގެ ކައިރީގައި އޮތް ފޯނު ރިންގު ވާން ފެށުމާއި އެކު އަލީކް ފޯނު ނަގާ ކަންފަތުގައި ޖަހާލީ ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށްލަމުންނެވެ.ފައިހާގެ ކޯލަކަށް ވުމުން މަސައްކަތުގެ މެދު ތެރެއިން ވެސް ނަަގަން ޖެހުނީ އެވެ.ވާނީ ވެސް އެހެން ތާ އެވެ.މިއަދު އޭނާ އެއުޅެނީ އެދެމީހުންގެ ގުޅުމުގެ ވާހަކަ ފައިހާގެ އާއިލާ އަަށް އެންގުމަށް ފައިހާ ގާތު ބުނެގެން ނެވެ.ދެން ނުނަގާ ވަކި ގޮތެއް ވާނޭ ހެއްޔެވެ؟
“ހަލޯ”އަލީކް ފޯނު ނަގާ ކަންފަތުގައި ޖަހާލި ވަގުތު އިވިގެން ދިޔައީ ފައިހާގެ ވޭނީ ގިސްލުމުގެ އަޑެވެ.ފައިހާގެ އާއިލާއިން އެދެމީހުންގެ ގުޅުމަށް ރުހުން ނުދިނީ ހެން އަލީކް އަށް ހީވާން ފެށިއެވެ.ހިމޭން ކަމުގެ ސިކުންތު ކޮޅަކަށް ފަހު ފައިހާގެ ގިސްލުމުގެ އަޑު ކެނޑި ފައިހާ ވާހަކަ ދައްކަން ފެށިއެވެ. ފައިހާ ގެ ވާހަކަ އާއި އެކު އަލީކް ހީވީ ބަނޑު އަތަށް ވެއްޓުން ހެންނެވެ.ކުއްލި އަކަށް ގަލެއްގައި އަޅާ ބަނޑު އަތަށް ވެއްޓުނު ނަމަވެސް އެހާ ބޮޑަށް ސިއްސައިގެން ނުދިޔައީސް ކަން ކަށަވަރެވެ.
“ހިނގާ.. ފިލަން”ކުރަކި އަޑަކުން ބުނެލި ފައިހާގެ ޖުމުލަތަކާއި އެކު އަލީކް އަށް ލިބުނު ސިހުން ބަޔާން ކޮށްދޭން ވެސް ދައްޗެވެ. ކަމެއް ނުވަނީސް ފައިހާ އެކަހަލަ ވާހަކަ އެއް ނުބުނާނެ ކަމުގެ ޔަގީންކަން އަލީކްގެ ހިތުގައި އެބަ އޮތެވެ.ސަބަބަކާއި ނުލާ އެފަދަ ބޮޑު ކަމެއް ކުރުމަށް ފައިހާ އަލީކްގެ ގާތަކު ނޭދޭނެ ތާ އެވެ.
“ފައި ތަންކޮޅެއް ހަމަޖެހިގެން ހުރެ ވީ ގޮތެއް ކިޔާބަލަ.އޭރުން ނެއްނު ވާނުވާ އިނގޭނީ” މަޑުމައިތިރި ރާގަކަށް އަލީކް ބުނެލި އިރު އެ އަޑުގައި ކޮންމެވެސް ވަރަކަށް ހާސްކަން ހުރިކަން އަޑު އިވޭ މީހަކަށް އެނގޭނެ ކަން ކަށަވަރެވެ.ހަގީގަތުގައި ވެސް ފައިހާ އެފަދަ ބޮޑު ކަމެއް ކުރަން ބުނުމުން ހާސްވާނެ އެއް ނޫން ހެއްޔެވެ؟
“އެލް… ބައްޕަ ބުނީ .. ފައި ކައިރީގައި … އެހެން މީހަކާ ކައިވެނި ކުރާށޯ…”ފައިހާ ގެ ވާހަކަ އެހާ ހިސާބަށް ދިއުމާއިއެކު ފައިހާ އަށް އަނެއްކާ ވެސް ރޮވުނެވެ.”ފައި އުޅުނިން ވަރަށް އެއް ބަސް ނުވާން….އެކަމު ބައްޕަ މަޖުބޫރު ކުރީ އެންމެ ފަހުން”ހިތްވަރު ކޮށްލަމުން ފައިހާ ކުރު ގޮތަކަށް އަލީކް އަށް ވާނުވާ ކިޔާލަ ދިނެވެ.
ފައިހާ ދިން ހަބަރުގެ ސަބަބުން ވާން ވީ އުފާ ކަމެއް ނުވަތަ ކުރަންވީ ހިތާމަ ކަމެއް އަލީކް އަކަށް ނޭނގުނެވެ.ހިތުގެ އެއް ފަޅި އުފާކުރަމުން ދާ އިރު އަލީކްގެ ހިތުގެ އަނެއް ފަޅި ދިޔައީ ކަރުނަ އަޅާ ރޮމުންނެވެ.ހަދާނެ ގޮތެއް ނޭނގިފައި އިން އަލީކް އަށް ސިހުމެއް ލިބުނީ ފައިހާ ދެފަހަރަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.
“އަލީކް އަކަށް ވެސް ނޭނގޭ ހަދަން ވީ ގޮތެއް”މަޑުމައިތިރި ކަމާއި އެކު އަލީކް ބުނެލީ ބޯ ގޮވާފައި އިނދެއެވެ.”ރިޔަލީ.އަދި ފައިހާ ހީކުރީ އަލީކް އަށް ހަދަންވީ ގޮތް އެނގޭނެ ކަމަށް”ފައިހާގެ އަޑު ރުޅިވެރިކަމަށް ބަދަލުވީ ސިކުންތުކޮޅެއްގެ ތެރޭގައި އެވެ.”ފައި.ދެން މަންމަ މެން ބުނީމަ…”އަލީކް ގެ ޖުމުލަ އެހާ ހިސާބަށް ދިއުމާއި އެކު ފައިހާ ފޯނު ކަނޑާލީ އައިސްފައި ވާ ރުޅި އަލީކް އަށް ބާލަމުން ނެވެ.ހަގީގަތުގައި ކޮންމެ ގޮތަކަށް ކަންތައް ވި ކަމުގައި ވީ ނަމަވެސް ފައިހާ އަށް ރުޅި އިސް ކުރެވުނީ އެކިއެކި އިހްސާސް ތައް އެއްވުމުންނެވެ.
“މިސް މީޓިން”ތާނިޔާ ގެ އަޑަށް ކޮފީ ތުމުގައި ޖަހައިގެން އިން ނަވްޔާ އަށް ކޮފީތައް ކުރިމަތީގައި ހުރި ތާނިޔާގެ ގަޔަށް ނުބުރުވާލެވުނީ ކިރިޔާ އެވެ. މީޓިންގެ މަތިން ނަވްޔާ ވެސް ހަނދާންވީ ދެނެވެ.ލައިނީގެ ގާތަށް ގޮސްފައި އައި ފަހުން މީޓިން މަތިން އޭނާ ހަނދާނެއް ވެސް ނެތޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.”ވަޓް؟”އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެހެން ބުނެލަމުން ނަވްޔާ ރަޔާން އަށް ގުޅާލީ ލައިނީމެން ގެ ގޭގައި ހުރި ފައިލްތައް ގެނެސްދިނުމަށް އެދޭށެވެ.
ސީލިންގް އާއި ދިމާލަށް ބަލަހައްޓައިގެން ވިސްނުމެއްގައި އޮތް ރަޔާންގެ ކައިރީގައި އޮތް ފޯނު ރިންގު ވާ އަޑާއި އެކު ރަޔާން އަށް ހަމަބިމަށް އާދެވުނު ފަދައެވެ.ފޯނު ނަގާ ކާކުތޯ ބަލާލި އިރު ނަވްޔާ އަށް ވުމުން އެއްވެސް ހިޔާލެއް ފިކުރެއް ނެތި ރަޔާން ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
“އޭ ރަޔާން ބިޒީތަ؟”ފޯނު ކަންފަތުގައި ޖަހާލި ރަޔާން އަށް ނަވްޔާ ގެ އަޑު އިވުމާއި އެކު ބިޒީ އެއް ނޫނޭ ބުނެލީ ވަރަށް އާދައިގެމަތިން ގޮތަކަށްށެވެ.ކަމެއް ވެފައި ހުރި މީހެއް ހެން ވެސް ހީނުވާ ފަދައިން ރަޔާން ބުނެލިއެވެ.އެކްޓު ޖައްސަން ވެސް މޮޅު ސޮރެެކެވެ.
“ރަޔާން ޕެލީސް ދޭބަ ލައިގެ އަތުން ފައިލް ތަކެއް ގެނެސްދޭން”ނަވްޔާ އޭނާގެ ވާހަކަ ފެށުމުގެ ކުރިން ޕްލީސް ކިޔާލި ގޮތުން ހީވީ ލަވައެއް ފަށަށް އުޅުނު ހެންނެވެ.ލައިނީގެ ވާހަކަ އާއި އެކު ރަޔާންގެ ދުލުގައި ވަގުތުން ތަޅު އެޅުނެވެ.
“ޕްލީސް ރަޔާން.ޕްލީސް”ނަވްޔާ އޭނާގެ ރާގުކޮޅު ޖައްސާލިއެވެ.”ހްމްމްމް މިި ދަނީ”ދެ ހިޔާލެއް ގައި ހުރެފައި ރަޔާން ބުނެލިއެވެ.”ތެނެކްސް އިނގޭ”ނަވްޔާ އެހެން ބުނެލަމުން ފޯނު ކަނޑާލި އިރު ހީވީ ވާހަކަ ދައްކަން އޮތީ ހަމައެކަނި އޭނާ ހެންނެވެ.
އިސްތަށިގަނޑު ގައި އަތް ފުނާ އަޅާލަމުން ރަޔާން ގެއިން ނިކުންނަން ދާން ހިނގައިގަތް އިރު އޭނާގެ އަމިއްލަ ނަފްސު ވެސް ދިޔައީ އޭނާ އާއި މަލާމާތް ކުރަމުން ނެވެ.ދުވަސް ކޮޅަކުން މީހަކާއި އިންނަން އުޅޭ އިރު ހިލޭ އަންހެނުން ބަލާ ހިތުން އެމީހުންގެ ގޭގެއަށް ދާނީ ހާދަ ނުލަފާ ވީމައި އެވެ.އެހެން ނަމަވެސް ދެވަނަ ސިކުންތަކަށް ރަޔާން އޭނާގެ އަމިއްލަ ނަފްސަށް އޭނާ ލައިނީމެންގެ ގެ އަށް އެދަނީ ހަމައެކަނި ނަވްޔާ ގެ އެދުން ފުރިހަމަ ކޮއްދޭން ކަމަށް ވިސްނައި ދިނެވެ.
ސައިކަލަށް އަރާ ލައިނީމެންގެ ގެ އާއި ދިމާލަށް މިސްރާބު ޖެހި ރަޔާންގެ އަތުގައި މަޑު ތުރުތުރު ލުމެއް އުފެދެން ފެށިއެވެ.ސައިކަލު އަރި އަޅާލާއި ބިމަށް ވެއްޓި ދާނެ ހެން ވެސް އޭނާ އަށް ހީވާން ފެށިއެވެ.އިއްޔަ ރޭގެ ފަހުން އަނެއްކާ ވެސް އޭނާ އަަށް ލައިނީ މި ފެންނަނީ އިރުތަކެއް ފަހުން ކަމަށް ވުމުން ރަޔާންގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް އުފެދެން ފެށިއެވެ.
ލައިނީ މެންގެ އަށް ވަދެގެން އައި ރަޔާންގެ ހިތުގެ ތެޅުން ބާރު ވާން ފެށިއެވެ.އަތް ބެލް އާއި ހިސާބަށް އޭނާ އަށް ގެންދެވުނީ ވެސް ވަރަށް ހާލުންނެވެ.މީހަކު ގޮދާ އެއް އެ އަށްވުރެ އަަވަހަށް ބާނާނެ ކަން ކަށަވަރެވެ.
ހުދު ކުލައިގެ ޓީޝާޓަަކާއި އެކު ކަޅު ކުލައިގެ ފުއްޕި ހަރުވާޅެއް ލައިގެން ހުރި ލައިނީ ރަޔާންގެ ހިޔާލު ތަކުން ދުރަށް ދިއުމަށްޓަކައި ދިޔައީ ސޯޝަލް މީޑިއާ ހާވަމުންނެވެ.އިސްތަށިގަނޑުގެ މެދަށް ހުޅި ޖަހައިގެން އިން ލައިނީ ބޭރަށް ނިކުންނަން ހިނގައިގަތީ ބެލް އުޅުމުން ނެވެ.މި ވަގުތު ގޭގައި ލައިޝާ ނޫޅޭތީ އާއި ވެސް އެކު ލައިނީ ކޮޓަރިން ނިކުންނަން ހިނގައިގަތީ އައިކާ އައީ ކަމަށް ހީކޮށްގެންނެވެ.އޭނާ އެއުޅެނީ އައިކާ އަށް ދައުވަތު ދީގެން ވިއްޔާ އެވެ.
މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލި ލައިނީ އަަށް ކުރިމަތިން ފެނުނު ރަޔާންގެ ސޫރަައިގެ ސަބަބުން ހުއްޓުމެއް ލިބުނެވެ.ލިބުނު ސިހުމާއި އެކު ލައިނީ އަށް ހުރެވުނީ ނޭވާ ލާން ވެސް ހަނދާން ނެތިފައި އެވެ.ހުރެވުނު ގޮތް ވެސް ހަނދާން ވީ ރަޔާން އޭނާ އާއި ދިމާލަށް ބަލައިލިތާ ސިކުންތު ކޮޅެއް ވެސް ނުވަނީސް އިސް ޖަހާލުމުން ނެވެ.
ނުނިމޭ
7 Comments!
Comments are closed.




Hi manjjj
Mi part vx varah varah reethi…
Whn next
Ey sorry ingey dhigu nukurevuny ma.bunaanan fahun keeh ve kan.ey broo ingey tha ma aslu innaany 6 min ah iyye rey liyefa ey.ma hiyei nukuran adhi miadhu fahun submit vaane kamakah ehenve 16 min ah hadhaalan ney alsu mi balaali.
Ey shukuru ingey
Next dhen varah avahah libeyne ehnun.mabe 16 min ah liyevi dhaane mihaaru vx mi litany
Shukuru dhen comment ah takai.
Hey rifoo
Mi part vec varah reethi masha Allah.
Konme faharaku vec kiyan inge comment nukolliyas.
Rifoo thi hen bunyma unmeedhu kuran varah avahah kiyaalan libeyne kamah.
Love you rifoo 💙
Pls next part avahah kiyaalan genesdhehchey.i can’t wait.your so talented Masha Allah.i really really like your story.pls pls avahah kiyaalan geneshehchey.
Lai and rayaan gulhuvahchey avahah
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Lai and Rayaan dhuru nukurachey
They both are made for each other
Aleek and aika gulhuvachey
They all are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Mi part kiyaafa rovijje
Mi part ah vureh next part dhigu vaane kamah umeedhu kuran
Love you rifoo ❤️😍
Hey Riffoo
Mi part ves vrh reethi masha Allah
Kon irakun next
Varah kiyaalaa hithun mi hury avas kohlahchey
Lai and rayaan dhuru nukurey pls they are made for each other ey.
Curiously waiting for the next part
Love you 😘
Hey rifoo
Mi part ves vv reethi
When is next?