“ކަމް އިންސައިޑް.. ޔޫ ހޭވް ޓް ފޭސް އިޓް.” އަކްރަމް މިހުރާންގެ އަތުގައި ހިފައިލަމުން އެތެރެއަށް ވަންނަން ބުނެލިއެވެ. ނަމަވެސް ގޮތްނޭނގޭ ސަބަބު ތަކަކާއި މިހުރާން ދިޔައީ ފިނި ވަމުންނެވެ. ފާޑެއްގެ ތުރުތުރެއް ވެސް އަޅަމުން ދިޔައެވެ. އޭނާއަށް އަންނަމުންދިޔަ ބަދަލް ތަކާއި ހުރެ ހައިރާން ވެފައިވާ ހާލު މިހުރާން އެތެރެއަށް ވަނެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ފެނިގެން ދިޔަ މަންޒަރަކުން މިހުރާންއަށް ހީވީ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ. މޫނުމައްޗަށް އަނދިވެ ހުރި ތަނަށް […]
“ލީވް މައި ޑޯޓާރ އެލޯން..މަށައް ހަދާ ގޮތެއް ދެން ހަދާ..” ޒެހެކްގެ ކާރު އޮބާލަންދެން ބަލަހައްޓައި ގެން ހުރި އަހުމަދު ހީވީ އެންމެ ފަހު ފަހަރަށް ޒެހެކްއަށް ބަލަމުންދިޔަ ހެންނެވެ. އެދެލޮލުގައި ބަބުޅަމުން ދިޔައީ ކަރުނައެވެ. އެ ކަރުނަތަކުގައި ހާސް ވޭން ހުއްޓެވެ. *** ޖެހިގެން އައި ދުވަހަކީ ޒަހުރާންގެ ކައިވެނި ކުރެވޭ ދުވަހެވެ. ފަވާދުގެ އެދުމުގެ މަތިން އެ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތީ އެގޭގައެވެ. ހެނދުނު ހެނދުނާހެން ފަވާދުގެ އާއިލާ ނޫރާގެ އާއިލާ އެގެއަށް […]
“ދަރިފުޅާ..ޒެހެކްގެ ދޮންބެ ޒަކީންގެ ކުރީގެ އަންހެނުންނަކީ ނޫރާ … އެހެންވީމަ ނަވާރް މެންނަކީ ދެބެންގެ ދެދަރި ކުދިން.. އެހެން ބައްޕަ މިކިޔަނީ..މިހާރް ސާފް ވެއްޖެ ދޯ… މިކިޔައިދެނީ ޒަކީންބޭބެ އާއި މަންމަގެ މަރުގެ ހާދިސާ…އަޑުއަހާ..” އަހުމަދު ދޫކޮށްލީ ފުންނޭވާއެކެވެ. “ޒަކީން މަރައިލި ދުވަހު ނަވާ އުރާލަން ތިގެއަށް ޒައިރާ ދިޔައީ.. ދެން އެގަޑީގަ ޒަކީން ގުޅާފަ ނޫރާގެ ކައިރީގަ ބުންޏެއްނު ފައިލްއެއް ގެންދަން ދެން ..ނޫރާއަށް ނުދެވޭނެތީ ޒައިރާ ގެންގޮސް ދޭނަމޭ ބުނެ ދިޔައީ ނޫރާ އެދުވަހު […]
“ހަލޯ..” ، “ނޫރާ ތަ..” ނޫރާ ހަލޯ އޭ ބުނެލި ހިނދު އިވުނު އަޑާކުން އޭނާއަށް ހުއްޓުން އެރިއެވެ. ކިތަންމެ ޒަމާނެއް ވިއަސްއެއަޑެއް ނޫރާއަކަށް ނޯޅޭނެއެވެ. “ޝަރަފް…ޝަރަފްތަ ތީ..އަހަރެން ކިތައް އަހަރު މިވަނީ ގުޅަން އުޅޭތަ..ކޮބާތަ ދަރިފުޅު.. ކިހިނެތް ވެގެންތަ ހަބަރެއް ނުވަނީ…މިއޮތް ހާ ދުވަހު ފިލައިގެން ކޮންތާކުތަ އުޅުނީ..ހާދަ އުޅެފީމޭ އެކުއްޖާ ހޯދަން…”އެތައް ސުވާލެއް އެއްފަހަރާ ނޫރާއަށް ބަންޑުންކުރެވުނެވެ. އެއަޑު ޖެހުމުންވެސް މާޒީގެ ހަނދާންތައް ހީވީ ނޫރާގެ ކުރިމަތިން އަލުން ސިފަވިހެންނެވެ. އުފަލާއި ހިތާމަ އެކުވެގެން […]
އެޕިސޯޑް 29 **** “ނައުފަލް… ނައުފަލް ކިޔަނީ..” މިލީނާގެ ސަލާމަތް އިޖާބަ ދިން ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ނައުފަލް އާއި މިލީނާ ސަލާމް ކޮށްފައި މުރާދު ހޯދަން ދިޔުމުން ނައުފަލް ބަލައިލީ ޝަހްރޫޒްއާއި ދިމާލަށެވެ. މަކަރުވެރިކަމުގެ ހިނިތުންވުމަކުން ހީލައިގެން ހުރިއިރު ވަށައިގެން ނައުފަލް އެގޭތެރެއަށް ނަޒަރް ހިންގައިލީ އޭނާގެ ސިކާރަ ހޯދާލާ ފަދައަކުންނެވެ. **** “މަ އަންގާލާ ކޮންމެ ގަޑިއެއްގަ ވެސް ކަލޭ ޖެހޭނެ ޕްލޭނަށް ތައްޔާރް ވެގެން ހުންނަން … އިނގޭ ދޯ […]
“ލާރާ… އަލީ ހިލްމީ.. މި އަލީ އަކީ ތަ ބައްޕަ ގެ ރައްޓެއްސަކީ..” މިލީނާގެ މޫނުން ފެނިގެންދިޔަ ނުރުހުން ލާރާއަކަށް ސިއްރެއް ނުވިއެވެ. ހިތް ނުތަނަވަސް ވިއަސް މިގެއަށް އޭނާ އައި ބޭނުން ހަދުމަކޮށްލައިގެން ހުއްޓެވެ. *** ޝަހްރޫޒް ނިކަން ހިނިއައިސްފައި ހުރެ މިލީނާއަށް ބޯ ޖަހައިލަމުން ހިލްމީއާއި ވާހަކަ އަޅުވާލިއެވެ. ހިލްމީ އެންމެ ފަހަރަކުވެސް މިލީނާއާއި ދިމާ ބަލައިނުލައެވެ. މިލީނާ ރުޅިގަދަވެގެން ދިޔައީ އިންތިހާއަށެވެ. މޫނުވެސް ރަތްވެފައިވާ އިރު ތުރުތުރުވެސް އަޅާހެން ހީވެއެވެ. ލާރާ އާއިދިމާލަށް […]
އަވަސްއަވަހަށް ފަހަތަން ޖެހެން އުޅުނު ވަގުތު ދެންވީ އަދި މާ ދެރަ ގޮތެކެވެ. ސިޑިކައިރީގައި ހުރި ގަސް މުށިގަނޑުގައި ފައި އަޅައިގަނެ މުޅި ތަނުގައި ހިފައިލީ އެ ވެއްޓި ޖެހުނު ގަދައަޑެވެ. ނަވާރްއަށް އަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. ދެލޯ މަރައިލެވުނީ ޝަހްރޫޒް ހަޅޭއްލަވައިގަން އަޑަށެވެ. *** “ކާކު… އޭތް…ކާކު ހޭ… އަދި އައިނު ނާޅާ މި ނުކުމެވުނީ.. ” ޝަހްރޫޒްގެ އަޑު ނަވާރްއަށް އިވުނު ހިނދު ހަމަ ޖެހުމުގެ ނޭވާއެއް […]
“އެހެން ވީމާ ސަމްތިންގް އިޒް ގޮއިން އޮން.. ނަވާގެ ބައްޕަ ނިޔާވި ދުވަހާއި އަހަރެންގެ މަންމަ ނިޔާވި ދުވަސް އެއްދުވަހެއް .. ދެމީހުން ވެސް ނިޔާވީ އެއްތާކު އެއް އޮފީހެއްގަ.. އަހަރެންގެ ބައްޕަ ނަވާގެ ގޭ ތެރެއިން ފެނުން .. އާހްހް.. ދިސް އިޒް ކިލިންގް މީ”ޒެހެކްއަށް ޖެހިގަނެވުނީ ކައިރީގައި ގޮނޑިއަށެވެ. *** “އަހަރެން ގުޅާނަން ގެޔަށް ގޮސްފަ ބައްޕަ އާއި ވާހަކަ ދެއްކޭ ވަރު ވުމުން.. ” ޒެހެކް އަނގައިން ބަހެއް ނުބުނެ އެތައް […]
“މީޝަމް..ސްޓޮޕް މޮކިންގް މީ..އާހްހް”ޒަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓާ މީޝަމް ރުޅިގަދަވެގެން ޒަޔާންގެ އަތުގައި ގައި ހުރި ބާރަކަށް ދަތްއަޅާލިއެވެ. ޒަޔާން އަށް ވީ ތަދުން މީޝަމްގެ ގައިން އަތްދޫ ކޮށްލެވުނެވެ. އެފުރުސަތުގެ ބޭނުން ހިފައި މީޝަމް ދުވެލައިފާ ނުކުންނަން ގޮސް ބަލައިލި އިރު ޒަޔާންގެ އަތުން ބޮޑު ތަންގަނޑެއް ކަފައިން ގޮސް ލޭތައް އާދެއެވެ. އެތަން ފެނި ހިތް ރޯލި ނަމަވެސް އަޅާއިވެސް ނުލާ ނުކުމެގެން ދިޔައެވެ. *** މީޝަމް ނުކުމެގެން ދިޔަތަން ބަލަން […]