ތެމި ވާރޭގައި ވީމޭ 25
“މީޝަމް..ސްޓޮޕް މޮކިންގް މީ..އާހްހް”ޒަޔާން ވާހަކަ ދައްކަ ދައްކާ ހުއްޓާ މީޝަމް ރުޅިގަދަވެގެން ޒަޔާންގެ އަތުގައި ގައި ހުރި ބާރަކަށް ދަތްއަޅާލިއެވެ. ޒަޔާން އަށް ވީ ތަދުން މީޝަމްގެ ގައިން އަތްދޫ ކޮށްލެވުނެވެ. އެފުރުސަތުގެ ބޭނުން ހިފައި މީޝަމް ދުވެލައިފާ ނުކުންނަން ގޮސް ބަލައިލި އިރު ޒަޔާންގެ އަތުން ބޮޑު ތަންގަނޑެއް ކަފައިން ގޮސް ލޭތައް އާދެއެވެ. އެތަން ފެނި ހިތް ރޯލި ނަމަވެސް އަޅާއިވެސް ނުލާ ނުކުމެގެން ދިޔައެވެ.
***
މީޝަމް ނުކުމެގެން ދިޔަތަން ބަލަން ހުރި ޒަޔާންގެ ދެލޮލުގައި ވަނީ ހިތްދަތި ކަމެވެ. މީޝަމް ދެކެ އޭނާ ވާ ސާފް ލޯބި ޒަޔާންގެ ދެލޮލުން ހާމަވެއެވެ. ހިތް ނަގާފައި އޭނައަށް ދެއްކޭނެ ނަމައެވެ. ކޮންމެ ގޮތަކަށް ވީ ނަމަވެސް ޒަޔާންގެ ހިތުގައިވާ އަޒުމު ވަރުގަދަ ކުރިއެވެ. މީޝަމްވެސް އޭނާ ދެކެ ލޯބިވާ ކަން ދުލުން ނުބުނިކަމުގައި ވީ ނަމަވެސް ޒަޔާންއަށް އެނގެއެވެ. ޒަޔާން އެގެއިން ނުކުތީ ޔަޒަން ގުޅަން ފެށުމުންނެވެ. ނަމަވެސް މޫޑް ގޮސްފައި ހުރުމުން ފޯނު ނުނަގައި އަނެއްކާ ވެސް ފޯނު ކޮށްޕައިލީ ޖީބަށެވެ.
***
“މަންމަ ވަރަށް އުފާ ވެއްޖެ.. މިހާރް ކައިވެނީގެ ތާރީހް ވެސް މި ފައިނަލް ވީ އެންނު.. ” ރިއުނާގެ އަތުގައި ހިފާލައިގެން ނޫރާ އިން އިރު ނޫރާ ވަނީ އުފަލުން ފޮޅިފައެވެ. އިރުކޮޅަކާއި ހާރިޒް އާއި ފަވާދު އަދި ފަވާދުގެ ފިރިހެން ދަރިފުޅު ރުހާން ގާތު އިން ޒަހުރާން އަށް ވެސް ނޫރާ ބަލައިލައެވެ. ހުރިހާ އިރަކު ވެސް ޒަހުރާން އިންނަނީ އިސްޖަހައިލައިގެން އިންނަމަވެސް ހީލައިގެންނެވެ. އަލާނާއަށް ވުރެން ރިއުނާ މާބޮޑަށް ވެސް ނޫރާއަށް ކަމުދިޔައެވެ.
ގަޔަށްދޫ ކަޅު ހެދުމާއި ކަޅުކުލައިގެ ޙިމާރްބުރުގާގައި ރިއުނާ ނުހަނު ފުރިހަމައެވެ. ހަމައެކަނި ފެންނަނީ މޫނާއި ދެއަތްތިލައެވެ. އޮމާން ހުދު ދޮން ހަންގަނޑަށް ހީލާއިރު އަރަނީ ފިޔާތޮށިކުލަ އެވެ. ޒަހުރާންއަށް ރިއުނާ ހެދުން އެޅުމުގެ ވައްޓަފާޅި ނުހަނު ކަމުދިޔައެވެ. އޭނާ އެންމެ އަޅައިގަތީ ރިއުނާގެ ލަދުވެތި މިޒާޖެވެ. އެއްވެސް ދެއްކުންތެރިކަމެއް ނެތެވެ. ގިނަވަގުތު އިންނަނީ ވެސް އިސްޖަހައިލައިގެންނެވެ. ފުރަތަމަ ދުވަހު ވެސް އަލާނާއާއި ރިއުނާ ހާސްބައި ތަފާތުކަން ޒަހުރާންއަށް ވަނީ ނަގައިގަނެވިފައެވެ.
“އަޅުގަނޑު ބޭނުމެއް ނޫން އެހާ ބޮޑުކޮން ބާއްވާކަށް.. ދެމީހުންގެ އާއިލާއާއި އެކުވެރިންނަށް ދޭ ޓީ އެއްގެ ގޮތުގަ ކިހިނެތް ވާނެ …” ހުރިހާ އިރު އެއްޗެއް ނުބުނެ އިނދެ ރިއުނާ ބުނެލިއެވެ.
“އަޅުގަނޑު ވެސް ބޭނުންވަނީ އެހެން.. ވީހާ ވެސް ކުޑަކޮން ބާއްވަން..” ޒަހުރާންވެސް ރިއުނާ އާއި ދިމާ ބަލައިލަމުން ބުނެލިއެވެ. ދެމީހުންގެ ނަޒަރު ދިމާވުމުން ދެމީހުންވެސް ލުއި ގޮތަކަށްހީލިއެވެ.
ހުރިހާ އެންމެން ބޮޑުކޮން ބާއްވަން އެދުނު ނަމަވެސް ދެމީހުންގެ ވިސްނުން އެއްގޮތަކަށް ހުރުމުން އެންމެފަހުން ނިމުނީ ޒަހްރާން އާއި ރިއުނާ ބޭނުންވިފަދައިން ކައިވެނި ބޭއްވުމަށެވެ.
“އެހެންވީމަ މިއަދު ޒަހުރާން ވާނެ ފޯމް ލާން އޭރަށް އެޑޭޓަށް ކައިވެނީގެ ކަންތައް ނިމޭނީ ދޯ..” ހާރިޒްގެ ވާހަކައަށް ޒަހްރާން ބޯ ޖަހައިލިއެވެ.
“ރުހާން ކީއްވެތަ އަންހެނުން ނުލާ ތިއައީ .. ސަޖޫ ގޮވައިގެން އައި ނަމަ …” ނޫރާ އަހައިލީ ރުހާންގެ އަންހެނުން ސަޖުވާގެ ވާހަކައެވެ. ރުހާން އާއި އަންހެނުން ސަޖުވާ އަދި ދެދަރިންނާ އެކު ދިރިއުޅެނީ ކެނެޑާގައިއެވެ. ނޫރާގެ ޖުމްލައިން ހާރިޒް އާއި ފަވާދު ސިއްރު ނަޒަރެއް ދިނެވެ.
“ސަޖޫ އެކޮޅު ހޮސްޕިޓަލްއެއްގަ ޑޮކްޓަރަކަށް އަކަށް އުޅެނީ..ދެމީހުން ގޮވައިގެން އަދި އިތުރު ބަލި ކުއްޖެއްވެސް ގެންގުޅޭތީ ..ކުޑަކޮން އުނދަގު ވަނީ..” ރުހާންގެ ޖުމްލަތަކުން ކައިރީގައި އިން ފަވާދު ވަގުތުން ރުހާންގެ ކަކުލުގައި ކޮއްޓާލިއެވެ. އޭރު ހާރިޒްގެ މޫނުމަތިން ވެސް އޮތްދާ ހިއްލާލައިފިއެވެ.
ފަވާދު އާއި ހާރިޒްއަށް، ނޫރާ ރުހާން އާއި ކުރި ސުވާލުން އައި ބަދަލް ނޫރާއަށް ފެނުނެވެ. އޭނާ އެކަމާއި ހައިރާން ވެސް ވިއެވެ. ހާރިޒް ކައިރީގައި ފަހުން އަހައިލާނީއޭ ހިތައް އަރާ ނޫރާ އަނެއްކާ ވެސް ރިއުނާ އާއި ވާހަކަ އަޅުވާލިއެވެ.
“މި އޮތް އައީނު ނަވާ މެން..” ގެޔަށް ވަދެގެން އައި ނަވާރް އާއި ޔަޒަން ފެނި ނޫރާގެ މޫނުން އިތުރު އުޖާލާކަމެއް ފެނުނެވެ. އެމީހުން އައުމުން ޒަހުރާންގެ ކައިވެނީގެ ހަބަރު ދިނެވެ. ދެމީހުންވެސް މަރުހަބާ ކީ އިރު މޫނުމަތިން ފެންނަނީ ޒަހުރާންއަށްޓަކައި އުފާވެފައިވާ ވަރެވެ.
އިރުކޮޅަކު އެމީހުންނާ ވާހަކަ ދައްކަން އިނދެފައި ޔަޒަން ދިޔައީ ޒަޔާން ހޯދާށެވެ.
އެކޮޓަރިއަށް ވަން އިރު ޒަޔާން ސޯފާގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން އޮތެވެ. ޒަޔާން އޮތްގޮތް ފެނި ޔަޒަން ގާތައް އައީ ހިންޏެވެ.
“ކައެ ހާދަ އަންހެންވަންތަ ކޮން ތިއޮތީ..އަތަށް ކީއްކޮށްފަ ތިއޮތީ… ތިއޮތް ލޭ އަންނަނީނު..މިގެއަށް އަންނަމުން ގުޅަންވެސް ގުޅައިފިން” ޔަޒަން އެނދުގެ ހެޑްބޯޑުމަތީގައި އިން ޓިޝޫ ފޮށި ނަގާ ޒަޔާން އާއި ދިމާލަށް އެއްލިއެވެ.
“އާން އެހެން ކަހަލަ ގޮތަކަށް ހުއްޓައޭ ގުޅީ..މި ދެންމެ ކުޑަވަރެއްގެ މިނިކާވަގެއް ދަތްއަޅާފަ..” ޒަޔާން ބުނެލިގޮތުން ޔަޒަން އަށް މީޝަމް އާއި ދެމީހުންގެ ކަމެއްހެން ހީވިއެވެ.
”ބްރޯ މަ ބޯ ފަޅައިގެން ދާ ވަރު ވެގެން ކަލޭމެންނާއި އެއްކޮން ކޮފީއަކަށް ދާން ގުޅަންވެސް އުޅެފިން..އެކަމަކު ކީއްކުރާނީ މަ ސިންގަލް ކަމުން ބޭކާރު ވެއްޖެ މިހާރް..އެކަކު އުޅެނީ މަ ކޮއްކޮ ޖަހައިގަނެގެން ހަނީމޫން ހެދުމުގަ .. އަނެއްމީހާ އުޅެނީ ހިތާވެގެން އުޅޭ މަންޖެއާ އެއްކޮން ހަނީމޫން ހެދުމުގަ.. އެހެންވެ އެ ހިޔާލު ދޫކޮށްލީ ..ދެން ހުރީ މިހުރާން .. މަށަކަށް ލާހިކެއްނޫން މިޖެހިގެން އުޅޭ ކަންތައްގަނޑު ހިފައިގެން އެސޮރު ކައިރިޔަށް ދާކަށް..” ޒަޔާން އެހެން އޮވެފައި ސޯފާގައި ބޮލުން ތަޅަން ފެށިއެވެ.
” އާން އެހެންވެ އަހަރުމެންނަކަށް ނުގުޅަ އެއްނު ކޮފީއަށް ދާކަށް.. ކައެ ކޮން ބޭކާރު ވާހަކައެއް ދައްކާކަށް… ..ރޭގަ ވެސް ގައިމު ކޮފީއަށް ދިޔަ ވިއްޔަ..އިހަށް މަޑުކުރޭ ކިހިނެތްތަ ތި އަތައް ހަދައިގެން ތިއުޅެނީ.. ލޭ ވެސް މަނަލެއް ނުވޭ..ތިހިރަ އަންނަނީ ބައިވަރު ލޭތައް…ފުރަތަމަ ރިހާމް އަކަށްނު ގުޅަން ވީ..” ޔަޒަން ފޯނުނަގައި ރިހާމްއަށް ގުޅާލިތާ ފަސްމިނެޓް ނުވަނީސް އޭނާ ހުރީ އެމީހުންގެ ކުރިމަތިގައެވެ.
“މަ މިގެއަށް އަންނަނިކޮން ގުޅީ ވެސް…ކަލޯ މިއޮތީ ހާދަ ވަރެއް ކޮށްލާފަ…ހޮސްޕިޓަލަށް ގޮސްފިއްޔާ ފަހާނެ ” ޒަޔާންގެ އަތުގައި ބޭސް އަޅަމުން ރިހާމް ބުނެލިއެވެ. ގަސްތުގައި ބެޓަޑިންގް ފުޅިން އެތަނަށް ނުހަނު ބައިވަރު ބޭސްތަކެއް އަޅާލުމަށްފަހު ކަފަކޮޅަކުން ފިތާލުމުން ޒަޔާން ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.
“އައްދޯއި..ޒެހެކް އަށް ނޫނަސް އަހަންނަށް ވެސް އަޅާލަބަ…އަމް ފީލިންގް ބޭޑް ފޯ ބިއިންގް ސިންގަލް” ތަދުވެގެން ޒަޔާން އަޑެއްވެސް ލައްވާލިއެވެ. ރިހާމް އާއި ޔަޒަން ފެށީ ހޭށެވެ. ޔަޒަން އަނެއްކާ ވެސް ކިއައިދޭށޭ ކިޔަންފެށިއެވެ.
“އާހް ދެގޮލާ މަމަތިން ހަނދާން ވެއްޖެ ދޯ އެންމެ ފަހުން..” ޒަޔާން، އޭނަ އާއި މީޝަމްގެ ކަންތައްފެށިގެން ނިމެންދެން ދެމީހުންނަށް ކިޔައިދިނެވެ. ކިއައިދީ ނިމުނުއިރު ދެމީހުން ތިބިގޮތުން ޒަޔާންގާތައް ހިނިވެސް އައެވެ. ދެމީހުން ތިބި ގޮތުން ހައިރާން ވެފައި ވާ ވަރު އެނގެއެވެ.
“މިހާރް ދެމީހުން ކިސް ކުރާ ހިސާބަށް ވެސް ދިޔައީ ތަ..ކޫ އަހަރެމެން މި ކީއްކުރާ ބޭކަރު ބައެއް..” ރިހާމް، ޒަޔާންގެ ފައިގާ ޖަހައިލިއެވެ.
“ތިތާކު ނެތް ތިހެން ކިޔޭ ވަރު މީހެއް…ދެން ބުނެބަލަ މަ ހަދާނެ ގޮތެއް ” ޒަޔާން ސޯފާގެ މައްޗަށް ވެއްޓިގަތެވެ. އޭނާ އިންގޮތުން ހަދާނެގޮތް ހުސްވެފައި ވާވަރު އެނގެއެވެ.
“ކައެ މީއްކޮ ދެކެ ކިހާ ވަރަކަށް ލޯބިވޭ..” ރިހާމް ޒަޔާންއާއި ދިމާ ބަލައިލަމުން ބުނެލިއެވެ.
“ކަލޭމެން ދޫ ކޮށްލާފަ ދާ ވަރަށް..” ޒަޔާން އެއޮތްގޮތައް އޮވެ ބުނެލިއެވެ. ރިހާމްގެ އަތުގެ ހަމަލާއެއް މިފަހަރުވެސް ޒަޔާންގެ ފަޔަށް އެރިއެވެ.
“ދާން ހިނގާ މިތަނުން..އޭނާއަށް މީޝަމް ހޯދައިދޭން މަސައްކަތް ވެސް ކުރާނެ ކަމެއް ނެތް..މިފަހަރު އަހަރެމެން ދެމީޙުން އެކަނި ކޮފީ ބޯނީ” ޔަޒަން ރިހާމްގެ އަތުގައި ހިފައިގެން އެކޮޓަރިން ނުކުމެ މިސްރާބު ޖެހީ ގޭގެ ޓެރެސްއަށެވެ. ޒަޔާން ވެސް ހެމުން ހެމުން އެމީހުންގެ ފަހަތުން މައްޗައް އަރައިގެން ދިޔައެވެ.
**
އިސްރާ ހޮސްޕިޓަލަށް ގެންދިޔަ ހަބަރު ލިބިގެން ނަވާރް ނުކުތީ މީޝަމް އާއި އެކު ހޮސްޕިޓަލަށް ދިޔުމަށެވެ. ނޫރާ ވެސް ހާރިޒްއާއި އެއްކޮން ދިޔުމުން އޭނާ ހުރީ އެކަނިވެފައެވެ. ޔަޒަންވެސް މިއިނީ ރިހާމްއާއި ޒަޔާން އާއެކު ކޮފީއެއްގައޭ ކިޔާފައި އަދި އެވަގުތު މެސެޖްކޮށްފިއެވެ.
ފޯނުގައި ހުރެ ލިފްޓުން އަރައިގެން ތިރިއަށް ދިޔަ ނަވާރް އަށް ސިހުމެއް ލިބުނީ އޭނާގެ ފޯނަށް މެސެޖްއަށް ލިބުމުންނެވެ.
“ބުނީމެންނު ތި ކުރެވުނު ކައިވެނިން ލިބޭނީ ހިތްދަތިކަމޭ..އެދުވަހު ކުރި މެސެޖްއަށް އަޅާނުލާ ދޫކުރިއަސް ދެން މި ދޭ އިންޒާރުތަކަށް ދެކޮޅަށް ކަންކޮށްފިއްޔާ ޒައިލީ އެއްނޫން ދެން އެހުރި ކުއްޖާ ވެސް ޔަޒަން ވެސް ގެއްލޭނެ..ކަލޭގެ ނަސީބު އެދުވަހު ކަލޭއަށް އަހަރެންގެ މޫނު ނުފެނުން ކަން” އެ މެސެޖް ކިޔާލި އިރު މުޅި ކުއްޖާ ރޫރޫ އަޅާއިގަތެވެ. ނަވާރްގެ ބޮލަށް އެނބުރުން އަރައިގެން ދިޔަހެން ހީވެގެން ލިފްޓްގެ ބިތުގައި އަތްޖައްސައިލައިގެން އޭނާއަށް ހުރެވުނެވެ. އެވަގުތު މީޝަމްމެންގެ ބަޔަށް ލިފްޓް ހުއްޓުނު ވަގުތު ކަމުން ނަވާރް ހިތްވަރު ކޮށްލައިފާ ލިފްޓުން ފައިބާފިއެވެ. ކަންދިމާވި ގޮތުން އެވަގުތަކީ މިހުރާންވެސް ލިފްޓަށް އަރަން އައި ވަގުތެވެ.
“ނަވާ ކިހިނެތްވެފަ…” ނަވާރް ހުރި ގޮތުން މިހުރާންއަށް އަހައިލެވުނެވެ.
ނަވާރްއަށް ޖަވާބެއް ނުދެވެނީސް އޭނާގެ ފޯނަށް އެ ނަމްބަރުން ގުޅަންފަށައިފިއެވެ. ނަވާރް ހަނދާނެ ގޮތް ހުސްވި ކަހަލައެވެ. ހިތް ރޫރޫއަޅަންފެށިއެވެ. ފޯނު ރިންގް ވަމުން ދިޔައިރު ވެސް ނަގާނެ ހިތްވަރެއް ނުލިބުނެވެ. ނަވާރް ސިހުނީ ރިންގް ވަމުން ދިޔަ ފޯނު މިހުރާން އަތުލުމަށްފަހު ނެގުމުންނެވެ. ނަވާރް ދެލޯ ބޮޑުކޮށްލައިގެން ހުރި އިރު މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. މިހުރާންއަތުން ފޯނު ޖަހައިގަންނަން އުޅުނު ނަމަވެސް އޭނާގެ ދިގު އިސްކޮޅާއި ހެދި ނަވާރްއަކަށް އެކަމެއް ނުވިއެވެ.
“ހީކުރަން ކަލެއަށް އަނެއްކާ ވެސް ތި ލިބުނު ހަދިޔާއިން މައިތިރިވާނެ ކަމަށް..އާނާއަށް ވީ ހެން އިތުރު މީހަކަށް ވާން ބޭނުން ނުވަންޏާ މައިތިރި ވެގެން މަ ބުނާ ގޮތައް ހަދާ…ފޮނުވާނަން މި ހަފްތާ ތެރޭގަ އެޑްރެހެއް.. ނައިސްފިނަމަ ދެން ހުރި ކުއްޖާގެ ފުރާނަ ވެސް ދުއްވާލާނަން..” ފޯނު ނެގީ ނަވާރްތޯ ވެސް ނުބަލާ އެކޮޅުން ވާހަކަ ދެއްކިއެވެ. ސްޕީކަރަށް ލާފައި ހުރުމުން އެ ބަސްތައް ނަވާރްއަށް ވެސް އިވުނެވެ. މިހުރާންއަށް ބަލައިލެވުނީ ނަވާރްއާއި ދިމާލަށެވެ. އޭނާއަށް އެއްޗެއް ނުބުނެވެނީސް އެކޮޅުން ފޯނު ކަނޑައިލައިފިއެވެ.
ދެކޮޅު ބަލައިލާފައި މިހުރާން ނަވާރްގެ އަތުގައި ހިފައިގެން އެގެޔަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެކޮޓަރީގެ ފާހާނަ ދޮރު ނޫން އިތުރު ދޮރެއް ފާހާނާގެ ކުރިމައްޗަށް ވާހެން އިނެވެ. އެދޮރުގެ ތަޅު ހުޅުވުމަށްފަހު އެތެރެއަށް ވަންއިރު އެކުޑަ ކޮޓަރީގެ ތެރޭގައި ވަނީ މިޙްރާން ކުރަހަން ގެންގުޅޭ ސާމާނެވެ. އެ ހަތަރު ފާރުގެ ތެރެއިން އެއްބިތް ފިޔަވައި ހުރިހާ ފަރާތެއްގައި ވަނީ ހުސް އާނާގެ ތަސްވީރުތަކެވެ. ރަނގަޅަށް ބަލައިލީމަ ނޫނީ އަސްލުކަން ނޭނގޭހާ ކުރެހުންތައް އަސްލާއި އެއްގޮތެވެ. ހާދަ ފުރިހަމައެވެ. އެތަނުން ތަސްވީރެއްގައި ނަވާރްއަށް އަތް ބީއްސާލެވުނު ހިނދު ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބާގަތެވެ. ހީވީ އާނާ ކުރިމަތީގައި ހުއްޓާ ފެނިލި ހެންނެވެ.
“އާނާ ހޭޒް ޓޯލްޑް މީ އެވްރީތިންގް ބިފޯރް ސިޒް ގޯން..” މިހްރާންގެ ޖުމްލަ އަޑު އިވުމުން ނަވާރް އަށް ކީކޭހޭ އަހައިލެވިއްޖެއެވެ. މިހުރާން އެ ސުވާލަށް ޖަވާބެއް ނުދެއެވެ. މިހްރާން ހުސްކޮން އިން ފާރުގެ ކައިރިއަށް ގޮސް ހުއްޓި ހުރެފައި ފާރުގައި ހަރުކޮށްފައި ހުރި ބޯ ބްލައިންޑްސްތައް ދަމާލިއެވެ. އެއާއެކު ފެނުނު މަންޒަރުން ނަވާރްއަށް ހީވީ މޫނުމައްޗަށް އަނދިރި ވިހެންނެވެ. އިރުކޮޅެއްފަހުން ހަމައަކަށް އެޅުމުން ވަށައިގެން ނަވާރް ހިނގަން ފެށިއިރު އެމޫނުމަތިން ހައިރާން ކަމާއި ބިރާއި ސިހުން ނޫން އަސަރެއް ނުވެއެވެ.
“ޑޯންޓް ޓްރަސް އެނީވަން.. މިކަން އޮންނަން ވާނީ އަހަރެމެން ދެމީހުންގެ ދެމެދުގަ…” މިހްރާން ބުނެލިއިރު އެ މޫނުމަތިން ފެނިލީ ތަފާތު ވިދުވަރެކެވެ.
“އާނާ މަރުވުމުގެ ކުރިން ކީކޭތަ ބުނީ..ކިހިނެތް މިވަނީ މިހާރް” ނަވާރް ބޯ ހާސްވާން ފެށުމުން އެތާގެ ތެރޭގައި ހުރި ގޮނޑިއަކަށް ޖެހިގަނެވުނެވެ. މިހުރާން މިއަންނަނީ ކަމުގައި ބުނެފައި ގޮސް އައީ އޭނާކުރިން ގެންގުޅުނު ފޯނު ހިފައިގެންނެވެ. އޭގައި މިހާރު ޗާޖަށް ޖަހައިގެން ނޫނީޗާޖް ނުހިފަހައްޓާތީ މިހްރާން ފުރަތަމަ ވެސް ފޯނު ޗާޖަށް ޖަހައިލިއެވެ. އެއްވެސް ބަހެއް ނުބުނެ އޭނާ ފޯނު ނަވާރްގެ އަތައް ދިނީ އާނާގެ ކޮންވޯ އަށް ލާފައެވެ. ނަވާރް އެކިޔަން ފެށުމުން މިހްރާން ހުރީ ދުރުގައެވެ.
މިހްރާން ދެއްކި ހިސާބުން ނިމެންދެން ހުރި މެސެޖްތައް ކިޔާ ނިމުން އިރު ނަވާރްއަށް ގިސްލެވެއެވެ. އާނާ އެވަނީ އޭނާ ނެތް ދުނިޔެއެއްގައި ވެސް ނަވާރް އަށް ގޮތެއް ވެދާނެތީ މިޙްރާން ގާތުގަ ނަވާރް އަށް ބަލަން ބުނެފައެވެ. ނަވާރްއަށް ކިޔަދިން ހުރިހާ އެއްޗެއް މިޙްރާން އަށް ކިޔައިދީފައިނެތް ނަމަވެސް ވަރަށް ގިނަ ވާހަކަތައް މިޙްރާންއަށް އާނާ ކިއައިދީފައި ހުއްޓެވެ. ބޮޑަށް ހުރީ ނަވާރްއަށް ބެލުމަށް ބުނެފައެވެ.
“އަހަރެމެން ގިނައިން ވާހަކަ ދެއްކީ މީޓް ކޮށްފަ.. ދެން މެސެޖް ކުރީ.. ވަރަށް މަދުން ގުޅަނީ… ދެމީހުން މީޓް ކުރާތާ އެތައް ދުވަހެއް ވީ އިރު ވެސް އާނާ ނުބުނޭ އެއްވެސް އެއްޗެއް.. އައި ނޯ އެންމެ ފުރަތަމަ ދުވަހު ވެސް އާނާ މިސްޓީރިއަސް ކަން..އާނާއަށް ސްޓެބް ކުރި ރޭގެ ކުރީ ރޭ އެންމެ ފަހުން ދެމީހުން ވާހަކަ ދެއްކި.. އެރޭގެ ވާހަކަ ތައް ވަރަށް ތަފާތު.. އާނާ ކިއަދިން ތި މެސެޖްގެ އިތުރަށް ވެސް ބައެއް ވާހަކަތައް..އެންޑް ޔޫ ނޯ ވަޓް އާނާ އަށް ބިރު ދައްކާ ވާހަކަ ވެސް ކިޔައިދިން…އަހަންނަށް އިތުރު ކަމެއް ނުކޮށްދެވިގެން އުޅެނިކޮން އެހުރިހާ ކަމެއް ދިމާވީ.. އެއީ އަހަރެންގެ ހަޔާތުގައި އޮތް އެންމެ ބޮޑު ރިގްރެޓް ” މިހްރާންގެ ކޮންމެ ޖުމްލައަކުން އޭނާގެ ހިތައް ކޮށްފައިވާ އަސަރު ޙާމަވެއެވެ.
“ރެން ޕްލީޒް އަމް ބެގިން ޔޫ ..ޕްލީޒް ޕްލީޒް ވޮޗް ހާ ވެން އަމް ގޯން” އާނާ އެންމެ ފަހުން ކޮށްފަ އިން މެސެޖް ނަވާރްއަށް އެތައް ފަހަރަކު ކިޔުނެވެ. ހުއްޓުމެއް ނެތި ނަވާރްގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފެނި މިޙްރާންގެ ހިތައް ވެސް ތަދުވިއެވެ.
“ސޯ ވަޓްސް ދަ ޕްލޭން ..”އެތައް އިރެއް ވަންދެން ރޮއެރޮއެފައި ހަމައަކަށް އެޅުނު ވަގުތު ނަވާރް ބުނެލިއެވެ. އޭރު އޭނާގެ ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ.
“ޔަޒަން ގެ ގޭތެރެއިން އެއްވެސް ކަމެއް ފެނޭތޯ ބަލަން ވީ ފުރަތަމަ.. އަހަންނަށް ކަމަކާ ޝައްކުވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ.. ނަވާއަށް ފާހަގަ ވެގެން އައީމަ ބުނާނަން…ކޮންމެ ވެސް ވަރަކަށް މި ބޯޑަށް ބަލައިލީމަ ވެސް ގެޓް ވެދާނެ މިބުނަން އުޅޭ އެއްޗެއް… މި އެއްވެސް ކަމެއް އެނގިގެން ނުވާނެ އެކަކަށް ވެސް..ޔަޒަންއަށް ވެސް.. އޯކޭ.. އެކަކަށް ވެސް އިތުބާރު ނުކުރާތި.. ހަނދާން ކުރާތި ..” އެންމެފަހުން ބުނެލި ޖުމްލަ މިހްރާން ބުނެލީ އިންޒާރެއް ދިން ފަދައަކުންނެވެ. ނަވާރް ބޯޖަހައިލަމުން ބަލައިލީ ކުރިމަތިން ފެންނަން ހުރި ޑިޑެކްޓިވް ބޯޑަށެވެ. މިހުރާންއަހަން ފެށުމުން އޭނާއަށް އެނގިފައި ހުރިހާ އެއްޗެއް ނަވާރް ބުނެދިނެވެ.
***
“ދަރިފުޅުގެ އަނގަޔާއި ހެދި ބައްޕަ އާއި ހާރިޒްބެ ކިރިޔާ ހާޓް އެޓޭކެއް ނުޖެހުނީ މިއަދު..” ފަވާދު އާއި ރުހާން އާއި ރިއުނާ ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފް ކުރާށެވެ.
“ސޮރީ ބައްޕާ އެގަޑީގަ ސަޖޫ މެސެޖް ކޮށްފަ ބުނި އެކުއްޖާއަށް ކުރިއެރުން ލިބިފަ ހުއްޓޭ މިއަދު ލިބިފަ ހުރި ޓެސްޓުތަކުން.. ދެން އުފާވެފަ ހުރި ވަރުން ހަމަ އެކުއްޖާއޭ ބުނެވުނީއޭ..” ރުހާން މާފަށް އެދެމުން ބުނެލިއެވެ.
“އޭން ހަމަ ތެދެއްތަ.. ހޭ އަރަން އުޅޭ ކަހަލަ ގޮތަކަށްތަ ސަޖޫ ބުނީ..” ފަވާދު ލޯ ބޮޑުކޮށްލައިގެން އިނދެ ބުނެލިއެވެ. ރިއުނާ ވެސް ހައިރާންވެފައި އިނދެ ބޭބެގެ މޫނަށް ބަލަމުން ދިޔައެވެ.
” އާން ކޯމާގަ ތިބޭ މީހުން އެތައް އަހަރެއް ފަހުން ވެސް ހޭ އަރާފާނެ.. ސަޖޫ ބުނީ ވަރަށް އުންމީދު އެބަ އޮތޭ މިއަދުގެ ޓެސްޓް ތަކަށް ފަހު..އެހެން ބުނަން އޭރު އުޅުނީ..” ރުހާން ދިނީ މީން ޒަމާނަކު ވެސް ފަވާދުއަށް ލިބިފައި ނުވާފަދަ އުފާވެރި ހަބަރެކެވެ. “އަލްހަމްދުލިއްލާހް” އޭ ބުނެވުން އިރު ދެލޮލުގައި ބަބުލަމުންދިޔައީ އުފާވެރިކަމެވެ. ރުހާން އާއި ރިއުނާގާތު އެބައަންނަމޭ ބުނެ ކޮޓަރިއަށް ވަދެ ފޯނުން މީހަކަށް ގުޅައިލިއެވެ.
***
ނަވާރް ތައްޔާރް ވަމުން ދިޔައީ އޮފީހަށް ދިޔުމަށެވެ. ކައިވެންޏަށް ފަހު އޮފީހަށް ދާ ފުރަތަމަ ދުވަސް ކަމުން ނަވާރް ހުރީ ފިނިވާގޮތް ވެފައެވެ. ކަޅުކުލައިގެ ގަމީސްކޮޅު ލާފައިވާ ކަޅުކުލައިގެ ޓްރައުޒާގެ ދަށަށްޖަހާފައި ހުރި އިރު ނަވާރްއާއި ނުހަނު ގުޅެއެވެ. ކަޅު ދިހުން ކުލަ އަރާ ފަންފަން އިސްތަށިގަނޑު އޮތި އާދައިގެ މަތިން ފަހަތައް މިނިވަން ކަމާއިއެކު ދޫކޮށްލާފައެވެ. ރޭގައި ނިދަން އޮވެގެން ވެސް ރޮވެފައި ހުރުމުން ނަވާރް، ޔަޒަން އަށް ފެނުމުގެ ކުރިން ކުޑަކޮން މޭކަޕް ކޮށްލިއެވެ. ފަތިހުފަތިހާ މައިޝާއަށް ގުޅައިގެން ނަވާރް މޭކަޕް ކުރާނެގޮތް އަހައިގެން ހޯދިއެވެ. މައިޝާ ހީހީފައިވެސް ނަވާރްއަށް ކިއަދިނެވެ.
“އޯހް..އައި ލުކް ސްކޭރީ..” ލޯގަނޑުން އޭނާގެ ސިފައަށް ބަލައިލާފައި ނަވާރް އެންމެ ފުރަތަމަ ވެސް ފެށީ ހޭށެވެ. ޓިޝޫއަކުން ގަނޑުކޮން ހުރި ތަންތަން ފުހެލަނިކޮން ފާހާނަ ދޮރު ހުޅުވާލި އަޑަށް ނަވާރް ސިހިފައި ބަލައިލިއެވެ. ކަޅު ޖިންސުގައި ހުސްގަޔާ ހުރި ޔަޒަން ފެނި ނަޥާރްގެ ހިތައް އެނގުނު ވެލައިފިއެވެ. އަވަސްއަވަހަށް އިސްޖަހައިލަމުން ޑްރެސިންގް ޓޭބަލްމަތީގައި ހުރި ސާމާނުތައް ހާކަން ފަށަމުން އަވަސް ނޭވާއެއް ދޫކޮށްލައިފިއެވެ.
“ކޮނޑުގައި އަޅުވާފަ އިންނާނެ ގަމީސް..” ބޮލުން ފެން ހިއްކަން ހުރި ޔަޒަން މާ ވަރަކަށް ނަވާރް އާއި ދިމާ ބަލަން ފެށުމުން ނަވާރް ލަދުގަންނަ ގޮތްވިއެވެ.
“ޔޫ އޯކޭ.. ކިހިނެތް މިހިނެތް މިހާރް ބޮލުގަ ރިއްސުން “ނަވާރް އާއި ދާދި ގާތުގައި ހުއްޓެމުން ޔަޒަން އަހައިލިއެވެ. ރޭގައި ނަވާރް މެން ގެއިން އައި ގޮތައް ނަވާރް ގޮތަކަށް ހުރުމުން ޔަޒަން ސުވާލް ކުރިއެވެ. ނަމަވެސް ކަމެއް ނުވާ ކަމަށް ނަވާރް ބުނެލިއެވެ. ފަހުން ޔަޒަން މާވަރަކަށް އަހަން ފެށުމުން ބޮލުގައި ރިއްސަނީ ކަމުގައި ބުނެ އެނދަށް އެރި ގޮތައް ނަވާރް ނުވެސް ތެދުވިއެވެ.
”އަ..އައިމް ފައިން..” ޔަޒަން ކައިރިޔަށް އަންނަން ފެށުމުން، ނަވާރްގެ ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ދަތުރުކޮށްލިފަދަ އިޙްސާސެއް ކުރެވުނެވެ. މިދޭތެރޭގައި ޔަޒަންގެ ދިގުވެފައި އޮތް އިސްތަށިގަނޑު މިއަދު އާދައިގެ ވަރަކަށް ކޮށާލައިފައި ހުރުމުން ވަކިން ރީއްޗެވެ. ދިގުވެފައި ހުރި ތުނބުޅިން އެ ފިރިހެންވަންތަ ކަން އިތުރެވެ.
“ލަދުގަންނަނީތަ މިހެން ހުރީމަ..ޔޫ އާ ބްލަޝިންގް އޭޒް އޯލްވޭސް” ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ ޔަޒަން ނަވާރްގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލިއެވެ.އެއަމަލުން ނަވާރްގެ ހިތް ތެޅެން ފެށިއެވެ. އޭރު ހަށިގަނޑުގައި ވާހާ ލެއެއް ހީވަނީ ނަވާރްގެ މޫނަށް ޖަމާވެފައިވާހެންނެވެ.
ޔަޒަން ހުސްކޮން އޮތް އަތުން ނަވާރްގެ މޫނުގައި ހިފާ އޭނާއާއި ދިމާއަށް އަނބުރާލަމުން ބަލައިލިއެވެ. “ރޭގައި ރޮއުނިން ތަ..” ނަވާރްގެ މައުސޫމް މޫނު އެހާ ގާތުން ފެނުމުން ޔަޒަންގެ ހިތައް ވާންވަމުން ދިޔައީ ކެތްކުރަން ދަތި މިންވަރަކަށެވެ.
“ނު..ނޫން..” ނަވާރް އަށް ވާހަކަ ދެއްކުނީވެސް ނުހަނު ހާލުންނެވެ. ދޮގުހަދަން ޖެހުމުން މީހާއަށް ވެފައިވަނީ ނުހަނު އުނދަގޫ ގޮތެކެވެ. ޔަޒަންގެ މޫނުން ހިތްހަމަ ނުޖެހިފައިވާހެން ވެސް ނަވާރްއަށް އެވަގުތު ފާހަގައެވެ.
“ވައި އާރް ޔޫ ސަފަރިންގް އެލޯން.. މަ މީ ކިއްކުރާ މީހެއްތަ.. ފުރަތަމަވެސް ބުނިން މަށައް އެއްވެސް ކަމެއް ސިއްރު ނުކުރާށޭ..މެރީ ކުރުމުގެ ކުރިން ދެމީހުން ދައްޚާފަ ހުރި ހުރިހާ ވާހަކައެއް މިހާ އަވަހަށް ހަނދާން ނެތުނީތަ” ޔަޒަން އަޑުއައީ ފުދޭވަރަކަށް ބާރަށެވެ.ކޮންމެ ޖުމަލައަކުން އޭނާ ހިތްހަމަ ނުޖެހިފައިވާ ވަރު ހާމަވެއެވެ. ނަވާރް ދޮގުހެދުމުން އިތުރަށް ޔަޒަން ސިއްރު ކުރާކަށް ނޫޅުނެވެ. އޭނާ ދައްކައިލީ ނަވާރްގެ ފޯނަށް އެ ޕްރައިވެޓް ނަމްބަރުން ކޮށްފައި ހުރި މެސެޖްތަކެވެ. ނަވާރްއަށް ލޯ މަރައިލެވުނެވެ. އޭނާގެ މޮޔަކަމުން ޕާސްވޯޑު ޖަހަން ވެސް ހަދާންނުވީއެވެ.
“ޔަޒަން އަމް ސޮރީ..ވެޑިންގް ކައިރިވެފަ ހުރީމަ ނުބުނެ ހުރީ.. ” ނުހަނު މަޑުމަޑުން ބުނެލިއިރު ނަވާރް ގެ މޫނުމަތިން ފެނިގެންދަނީ ކުށްވެރިކަމުގެ އިހްސާސެވެ. ޔަޒަންގެ މޫނަށް ބަލައިލި ހިނދު ނަވާރްގެ ލޮލުގައިވި ފެންތިކިތައް ޔަޒަންއަށް ފެނުނެވެ.
“ސޮރީ މާބާރަށް އެވާހަކަ ދެއްކުނީ.. ނަވާގެ މުޅި މޫނުގަ ކްއިލްޓް އަޅައިގެން ނިދާފަ އޮތީ..އެހެންވެ ނޭވާ ހާސްވެދާނެތީ މޫނުމަތިން ނެގިތަނާ އެނގުނު ރޮއެފަ ހުރިކަން.. އެހެންވެ ފުރަތަމަ ވެސް ހީވި އެމީހުންގެ އުނދަގު ޖެހުނިއްޔޭ..އެހެންވެ ބަލައިލިން .. ހުއްދަ ވެސް ނުހާދާ ދޯ މި ބެލުނީ ވެސް…ވަރަށް ބޮޑަށް ސޮރީ ބާރަށް ވާހަކަ ދެއްކުނީމަ..” ޔަޒަން ނަވާރްގެ ދެލޮލުން ފޭދިގެން ދިޔަ ފެންތިކިތައް ނުހަނު ލޯބިން ފުހެލަ ދިނުމުން ނަވާރް ކުޑަގޮތަކަށް ހީލަމުން ނުބުނެވުނީތީވެ މާފަށް އެދުނެވެ. އެވަރުން ވެސް މިޙްރާން އާއި ބައްދަލްވެގެން ދެކެވުނު އެއްވެސް ވާހަކައެއް ނަވާރް ނުބުނެއެވެ.
“އިޓްސް އޯކޭ.. . ޑޯންޑޫ ދިސް އެގެއިން..އަމް ވޮރީޑް..”ޔަޒަންގެ އަޑު ނަވާރްގެ އަތައް ފިތާލަމުން އެމޫނަށް ބަލައިލިއެވެ.
” ނަވާރް..އައި ހޭވް ފީލިންގްސް ފޯރް ޔޫ.. ބުނެދޭނެ ގޮތެއް ވެސް ނޭނގޭ..އެކަމަކު… ޔޫ އާ ސޯ..ސޯ ސްޕެޝިއަލް ޓް މީ ..” ނަވާރްގެ ނިތުގައި ޔަޒަން ނިތް ޖައްސާލަމުން ބުނެލި އިރު އެއަޑުގައި ހުރި އަސަރަކުން ނަވާރްގެ ގައިން ހީބިހި ހަލުވާލިއެވެ. ސިހިފައިހުރެ ޔަޒަން އާއި ދުރުވެލަމުން ނަވާރް ބަލަން ފެށީ ހައިރާންވެ ހުރެ އެވެ. އޭނާއަށް އަޑު މިއިވުނީ ރަނގަޅަށް ބާއޭ ހީވެ ޔަޒަންގެ މޫނަށް ބަލައިލި ހިނދު ޔަޒަން ބޯ ޖަހައިލީ ޔަގިން ކޮށްދޭ ފަދައަކުންނެވެ. ޔަޒަން އެބުނެލި ބަސްތަކުން ނަގަން ވީ މާނައެއް ނަވާރްއަކަށް ނޭނގުނެވެ. ޔަޒަން ބަލަހައްޓައިގެން ހުރި ގޮތުން ނަވާރް ހައްތަހާ ލަދުގަންނަ ގޮތްވިއެވެ. އެ ދެލޮލުގައި ވަނީ ތޫނުފިލިކަމެވެ. ނަވާރްއަށް އެހިތް އެދޭ ވަރެވެ. އަވަހަށް ދާން އުޅެނިކޮން ޔަޒަން އޭނާގެ އަތައް ދަމާލަމުން ގައިގާ ތައްކޮށްލި ހިނދު ނަވާރްއަށް ނޭވާލާން ވެސް ނޭނގުނެވެ. ނަވާރްގެ ތުންފަތުގައި ޔަޒަން ބޮސްދިން ވަގުތު ނަވާރްއަށް ލޯމަރައިލެވުނެވެ. އެރީތި ވަގުތު ކޮޅުނިމުނީ ގަޑިޖެހެން ދިހަ މިނެޓްއަށް ވުމުން ފޯނު އެލާމްވި އަޑަށެވެ. އެއަޑަށް ޔަޒަން ދުރަށް ޖެހިލުމުން، ނަވާރް ދުވެފައި ކޮޓަރިން ނުކުތުމުން ޔަޒަން ގާތައް ހިނިއައެވެ.
***
“ފައިރޫޒް ކޮބާ ކިހިނެތް މިއަދުގެ އަޑު އެހުންތައް ދިޔައީ… “އެމީހުން ތިބޭ ކޮޓަރީގެ ދޮރުމަތީގައި މީޝާމްގެ އިންތިޒާރުގައި ހުރި ފައިރޫޒަށް އައިގޮތައް އައިސް މީޝަމް ބުނެލިއެވެ. އޭނާ ވެސް އައީ އަޑުއެހުންތަކެއް ނިންމައިލާފައެވެ.
“ކިހިނެތް ވާނީ.. ކިރިޔާ ހަމަ ހިފަހައްޓާލެވުނީ.. މީޝް ވެސް ތިޔަ ދިޔައީ މަ އެކަނި ދޫކޮށްލާފަ ނުން..އަދި ވެސް އެބައިން ޓޫ އަވާސް ފަހުން ސިޔާސީ މީހެއް ގެ އަޑުއެހުން ..އެޔަށް ޒަޔާން އެ ބޯ ގޮއްވަނީ… މިހާރު މިހާ އަވަހަށް ޕޮލިހުން އައިސް ގާޑު ކުރަންފަށައިފި މުޅި އޭރިއާ..” ފައިރޫޒް ހިނިއައިސްފައި ހުރެ ބިއްލޫރު ދޮރުގެ އެތެރެއިން ފެންނަން ހުރި ޒަޔާން ދައްކާލިއެވެ. ދިމާ ކުރަނީ ކަން ވިސްނި މީޝަމް ލަދުގަންނަގޮތް ވިއެވެ. މީޝަމް އެއްލި ކަޅިއަކުން ފައިރޫޒްގެ އަތުގައި އޮތް ދެ ފައިލް ލޮލުގައި އަޅައިގަތެވެ. ފެނުނުނަމަކުން މީޝަމް ދެލޯ އުނގުޅާލީ ޔަގީން ކުރަން ބޭނުންވާ ފަދައަކުންނެވެ. އެއީ ހަމަ އާނާގެ ނަން ޖަހާފައި ވާ ފައިލާ ޒަކީންގެ ނަން ޖަހާފައި އިންފައިލެކެވެ. ނަމަވެސް އޭތި ފައިރޫޒްގެ އަތުގައި އޮތުމުން މީޝަމްގެ ހިތް ސުވާލުން ފުރުނެވެ.
“ކޮން ފައިލްތަކެއް ތިހުރީ އަތުގަ…” މީޝަމް އަހަން ނާހަން ހުރެ އަހައިލިއެވެ.
“މި ދޯ.. މި ހިފައިގެން މީޓިންގް ރޫމަށް ގޮސްފަ ޒަޔާން މި ބާއްވާފަ އައީ ..އަހަރެންނާ އެއްކޮން ދިޔައީމަ އޭނާ އެއްޗެއް ކަން އެނގިގެން އެހެންވެ ހިފައިގެން މިއައީ ..” ފައިރޫޒް ފާޑަކަށް ހީލައިގެން ހުރެ ބުނެލިއެވެ.
“ގެނޭ އަހަރެންގެ އަތައް ..އެބަ ޖެހޭ ޒަޔާންއާއި ވާހަކައެއް ދައްކާލަން ..” ފައިރޫޒްގެ އަމަލްތަކުން މީޝަމްގެ ހިތުގައި ޝައްކު އުފެދުނެވެ. ނަމަވެސް އެކަން ފޮރުވާލަމުން ހީލިއެވެ.
“އޭރުން އަހަރެމެންގެ ލަންޗް ގަޑި ކަޓާފާނެ.. މަ ވެސް އަދި ނުކައި މި މަޑު ކުރީ ތިދެމީހުން ނިމެންދެން.. ޒަޔާން ކިޔާފި އެ ނިންމާފައޭ އޭނާ ދާނީ .. ދެން އެހެންވެ މީޝަމް އަންނަންދެން މިހުރީ..” އަތުގައި އޮތް ފައިލްގައި ހިފަހައްޓައިލައިގެން ފައިރޫޒް ވާހަކަ ދެއްކީ އެ ދޭ ގޮތަކަށް ނޫނެވެ.
“އަހަރެން މިއަދު ރޯދަ އޭ.. ހަނދާން ނެތުނީ އެހެން ބުނަން.. ވަރަށް މުހިއްމު ހިޔަރިންގް އަކަށް އޭނާ ކައިރިން އެބަ ޖެހޭ ޑޮކްސް ހޯދަން..ގެނޭ އަހަރެން އަތައް ތި ދޭނަން..” މީޝަމް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެންމެފަހުން ރޯދައޭ ކިޔާ ދޮގު ހަދަން ޖެހުމުން ދެރަ ވެސް ވިއެވެ. ފައިރޫޒް ގޮތް ހުސްވެފައިވާ މީހެއް ހެން އޭނާގެ އަތުގައި އޮތް ދެފައިލް މީޝަމް އަތައް ދިނެވެ. އޭނާގެ ނަޒަރުން މީޝަމް ދެކެ ހިތްހަމަނުޖެހިފައި ވާ ވަރު ހާމަވިއެވެ.
ފައިރޫޒް އެދީފައި ދާންދެން މީޝަމް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ތަފާތުވެފައި މިޒާޖުން މީޝަމްއަށް ކުރެވެންފެށި ޝައްކަށް އިތުރު ބޮޅެއް އިތުރުވިއެވެ. އޭނާގޮސް ގެއްލުމުން މީޝަމް އެތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް ހުއްޓުނީ ޒަޔާންގެ މޭޒުގެ ކުރިމަތީގައެވެ. ޒަޔާން އޭރު ހާސްވެފައި ކަބޮޑުތައް ހުޅުވަ ހުޅުވާފައި އެއްޗެއް ނުފެނިގެން އުޅޭ ފަދައަކަށް އުޅެމުންދިޔައެވެ.
ޒަޔާން ސިހުނީ ކުރިމަތިން މީޝަމްފެނިފައެވެ. ޒަޔާން އަށް ނިތް އަރުވާލެވުނީ ކިހިނެތް ވީހޭ އަހާ ފަދައަކުންނެވެ. އޭނާ ހީކުރީ އަޑުއެހުމަކަށް ދާން ބުނަން އައީކަމަށެވެ. އޭނައައި މީޝަމް ވާހަކަ ދައްކަނީ އެފަދަ ކަމަކާއިވެގެންނެވެ.
“ކޭން ވީ ޓޯކް…” މީޝަމް ، ޒަޔާންގެ މޫނަށް ބަލައިލި ހިނދު އެމޫނުން ފެނިގެންދިޔަ ހާސްކަމުން ހިތައް އުނދަގުވިއެވެ. ޒަޔާން އާއެކޭ ބުނެ ބޯ ޖަހައިލުމުން މީޝަމްގެ މޭޒުމަތިން އޭނާ ނެގި ކުޑަ ކޮތަޅަކާއި އެކު ފައިލްތައް ހިފައިގެން ،މީޝަމް ގެ ފަހަތުން އައުމަށް ބުނެ އޭނާ އެރީ ލިފްޓަށެވެ. ލިފްޓުގައި ތިބިއިރު ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.
މީޝަމްއަށް ހަމަ ބެލެނީ ޒަޔާންގެ ވައަތަށެވެ. ހުދުކުލައިގެން އަތްދިގު ގަމީސް ވަކި ހިސާބަކަށް އޮޅާލައިފައި ހުރި އިރު އަތުގައި އަޅާފައި އޮތް ބެންޑޭޖް ގަނޑު ފެނި މީޝަމްއަށް ހިންދިރުވާލެވުނެވެ. ކުރެވުނު ކަންތަކާ ދެރަވެ މީޝަމް އެދުވަހު ކޮޓަރިއަށް ވަދެ ރޯން ވެސް ރުއެވެ. އެތައް ފަހަރަކު މާފަށް އެދެން ދާން ވެސް އޭނާގެ ޒަމީރްގޮވައިލިއެވެ. އެކަމަކު އެވަރު ކޮށްލެވުމުން ފަސްޖެހޭ ގޮތްވީއެވެ.
ދެމީހުން ގޮސް އެރީ ޓެރެސްއަށެވެ. އުޑުމަތީގައިވާ ބަނަ ވިލާތަކުން ޖެހިލަނީ ފިނިވައިރޯޅިއެވެ. މީޝަމް ހުރީ ހީކަރުވާ ގަނެފައެވެ.
“ކެން އައިގެޓް އަ ޗާންސް ޓް ޓޯކް ..” ޒަޔާން މީޝަމްގެ ކައިރިޔަށް ޖެހިލަމުން އެދެއަތުގައި ހިފައިލިއެވެ. މީޝަމް އިސްޖަހައިލައިގެން ހުރިގޮތައް ހުއްޓެވެ.
“އައި ވިލް ގިވް ޔޫ އަ ޗާންސް ޓް ތޯކް.. ބަޓް ލެޓް މީ ޓޯކް ފަސްޓް..” މީޝަމްގެ ވާހަކައިން ޒަޔާންގެ މޫނަށް އުޖާލާކަން ވެރިވެއްޖެއެވެ.
” ދިސް ފައިލްސް.. އައި ގޮޓް އިޓް ފްރޮމް ފައިރޫޒް…އޭނަ ބުނި ޒަޔާން މީޓިންގް ރޫމަށް ގޮސްފަ ހަނދާން ނެތިގެން ބާއްވާފައޭ އައި.. އިޒް ދެޓް ޓްރޫ..”މީޝަމް ޒަޔާންގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހައިލިއެވެ.
މީޝަމް އެ ދެ ފައިލް ދައްކާލުމުން ޒަޔާންއަށް ލިބިގެންދިޔައީ ވަރުގަދަ ޝޮކެކެވެ. މީޝަމް ދެން ބުނަމުން ދިޔަ ކޮންމެ ޖުމްލައެއް ނިންމާލަނީ ޒަޔާން އިތުރު ހައިރާން ކަމެއްގެ ތެރެއަށް ގަންބާލަމުންނެވެ.
“ވަޓް ދަ ފަ*.. މަ މީ މީޓިން ތަކަށް ހުސް އަތާ ދާ މީހެއް ކަން މީޝްއަށް ވެސް އެނގޭނު.. ” އެ ހައިރާން ކަންމަތީގައި ހުރެ ޒަޔާން ބުނެލިއެވެ.
“އައި ނޯ.. އެހެންވެއޭ މިއެހީވެސް..އޭނަ އުޅުން ގޮތުން މަށައް ވަރަށް ސަސްޕީސިއަސް..އޭނާ ކިތަންމެ ސީނިއާރ އަސް އެހެން ނުނެގޭނެ އެއްވެސް އެއްޗެއް ހުއްދަ ނެތި… އޭނާ އެހެން ނޫނަސް ކީއްކުރަންތަ އެތައް ފައިލް އެއް ބަރިބަރިއަށް ހުއްޓާ މި ދެ ފައިލް ނަގަން ވީ.. އަޑު އެހިން އޭނާ ފެމެލީ މީހެއްގެ ކޭސް އެއް ޒަޔާން ބެލި ވާހަކަ..އެހެން ވީ އިރު އެވެސް އޮންނާނެ ތާ..އެހުރިހާ އެއްޗެއް ހުއްޓަ މިދެ ފައިލް ވަގަށް ނެގީ ކީއްވެގެން ތަ…” ފައިރޫޒްގެ އަމަލްތައް ހުރި ގޮތުން މީޝަމްއަށް ހަމަ ޝައްކުވަނީއެވެ.
މީޝަމްގެ ކޮންމެ ވާހަކައަކަށް ވެސް ވިސްނަމުން ދިޔަ ޒަޔާންގެ ސިކުނޑިއަށް އިތުރު ބުރަ ތަކެއް ވެރިވެގަތެވެ. އެ ކޮންމެ ވާހަކައަށް ޒަޔާންއަށް ގަބޫލް ކުރެވެމުންދިޔައިރު ހިތުގައި ފައިރޫޒްއާއި މެދު ޝައްކުތަކެއް އުފެދިގެން ދިޔައެވެ.
“މިވާހަކަ ފަހުން ދައްކަމާ ދޯ.. ސަދަފް އެގުޅަނީ ..ގެޔަށް ގޮސްފަ އައިލް ކޯލް..ދެން ވީކެން ޓޯކް ރައިޓް..” މީޝަމް، ސަދަފްގެ ނަންބުނުމުން ޒަޔާންގެ މޫނު ބަނަވިގޮތް ފެނި މީޝަމްގާތައް ހިނިއަންނަ ގޮތްވިއެވެ.
“ކަމޯން ވީ އާ ފްރެންޑްސް.. އެންޑް އޮފީސް މޭޓްސް.. ހިޔަރިންގް އަކަށް އެގުޅަނީ..ނެކްސްޓް އެތި އޮތީ އަހަރެމެން ދެމީހުންނަށް ..އެންޑް ޒަޔާން ..އަމްސޮރީ ފޯރް ބައިޓިންގް ޔޫ.. މި ކޮތަޅު ހިފައިގެން ދައްޗޭ..އަހަރެން އައީ ބޭސް އަޅައިދޭށާ އެއްކޮން..އެކަމަކް ޓައިމް އެއްނެތް.. ސޮރީ ” މީޝަމް، ޒަޔާންގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. ޒަޔާން ވެސް ހީލަމުން ބޯޖަހައިލިއެވެ.
“ނެތް ތަ ގުޑް ލަކް ހަގެއް ވެސް… ވަރަށް ބޮޑު ހިޔަރިންގް އެއް ދެން އިނީ..”ޒަޔާން މީޝަމްގެ އަތުގައި ހިފައިލައިގެން ހުރެ ބުނެލިއެވެ. އެވަގުތު މީޝަމްގެ މޫނަށް މަޑުފިޔާތޮށިކުލަ ވެރިވެގެންދިޔައީ ވެސް ނުހަނު ފުރިހަމަކޮންނެވެ. ލަދުން ހުރި ނަމަވެސް ޒަޔާންގެ ގައިގާ ބައްދާލިއެވެ. ޒަޔާންވެސް އޭނާގެ ގައިގާ ދެއަށް ވަށައިލަމުން ނިތުގައި ބޮސްދިނުމަށް ފަހު ގެއަށް ގޮސް ދިމާވާނަމޭ ބުނެލިއެވެ.
***
“އިވިދިޔަ ވާހަކަތަކުން ޒެހެކް އިނީ އަނގަ ހުޅުވި ގޮތައް ލައްޕަން ނޭނގިފައެވެ.
“ސޯ ޔޫ ގާއިޒް ތިބުނަނީ އަހަރެންގެ ބައްޕަ އޭތަ ކޫއަށް އާނާ ފެނުން ދުވަހު އެތާގަ ހުރީ..” ޒެހެކް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
ނަވާރް ދައްކައިލީ ސީސީޓީވީއަށް އެދުވަހު އަރާފައި ހުރި އަހުމަދުގެ ފޮޓޯތަކެވެ. ކޮންމެ ފޮޓޯއެއްގައި ތާރީހާއި ގަޑި ފެންނަން ހުއްޓެވެ. ޒެހެކްއާއި ބައްދަލް ކުރުމުގެ ކުރިން އޭނާއައީ އެކަމަށް ތައްޔާރުވެގެންނެވެ.
ޒެހެކްގެ ހިތައް ކިތަންމެ އުނދަގުވީނަމަވެސް ހެކި އޮތީ ފެންނާށެވެ. ލަސްލަހުން ފެންކަޅިވަމުން ދިޔައިރު އޭނާގެ ދެލޯ ފުސްވާން ފެށިއެވެ.
“ކަމޯން އިޓްސް އޯކޭ.. މިކަމާ ކުރިމަތި ލެވޭނީ ވަރަށް ހިތްވަރުން.. މަށައް އެނގޭ ޒެހޭއަށް އުނދަގުވާނެކަން އަޑުއަހަން.. އަދި ނޭނގޭ އެއްވެސް އެއްޗެއް އަހަރުމެންނަކަށް ވެސް ..އެކަމަކް އެތަނުން އެދުވަހު ޒެހޭ ގެ ބައްޕަ ފެނުނީމަ ފުރަތަމަ ދާން އޮތީ ޒެހެކްގެ ބައްޕަގެ ގާތައް… ހެލްޕް މީ..”ދުރުގައި ޔަޒަން ހުރެފައި ބުނެލިއެވެ.
” ޔާހް ..އަހަރެން ވެސް ބޭނުން އެނގެން..ނަވާ ތިހެން ކީމަ އަހަންނަށް ވެސް ކަމަކާއި ޝައްކުވޭ އެބަ.. ނަވާގެ ބައްޕަ މަރުވީ ކޮން ދުވަހަކު …” ޒެހެކް އަހައިލިއެވެ.
“ފަނަރަ ޖެނުއަރީ ނަވާރަ ސަތޭކަ ނުވަދިހަ ހަތެއް..” ނަވާރް ގެ ވާހަކައިން ޒެހެކްއަށް ލިބުނީ އިތުރު ސިހުމެކެވެ.
“ވަޓް…އެއީ އަހަރެންގެ މަންމަ ވެސް ނިޔާވި ދުވަސް” ޒެހެކް ގެ ބަހުން ޔަޒަން އާއި ނަވާރް އާއި އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
“އަހަރެންގެ މަންމަ ނިޔާވީ އޮފިހެއްގެ ތެރެއިން ވަޓް އެބައުޓް ޔުއާރ ޑޭޑް.. އެއޮފީހަކީ ކޭ.އެލް އިންވެސްޓްމެންޓްގެ މައި އޮފީސް” ޒެހެކް ދެން ބުނި ޖުމްލައިން ނަވާރް އާއި ޔަޒަންގެ މޫނުން ފެނުނީ ވަރުގަދަ ޝޮކެކެވެ. ނަވާރްއަށް ލޯ ބޮޑުކޮށްލައިގެން ހުރެވުނު ހިނދު ޔަޒަން އަށް ބޯޖަހައިލެވުނީ ދެން ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ދެމީހުންގެ އެއަމަލުން ޒެހެކްއަށް ޖަވާބު ލިބުނެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަނީ ސިހުމުގެ އަސަރެވެ.
“އެހެން ވީމާ ސަމްތިންގް އިޒް ގޮއިން އޮން.. ނަވާގެ ބައްޕަ ނިޔާވި ދުވަހާއި އަހަރެންގެ މަންމަ ނިޔާވި ދުވަސް އެއްދުވަހެއް .. ދެމީހުން ވެސް ނިޔާވީ އެއްތާކު އެއް އޮފީހެއްގަ.. އަހަރެންގެ ބައްޕަ ނަވާގެ ގޭ ތެރެއިން ފެނުން .. އާހްހް.. ދިސް އިޒް ކިލިންގް މީ”ޒެހެކްއަށް ޖެހިގަނެވުނީ ކައިރީގައި ގޮނޑިއަށެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.





Mi part vx v Reethi masha allah
Curiously waiting for next
Keep it up
Nawaa and yazan gulhuvachey
They both are made for each
Finally yazan ehbas vejje nawaa dheke loabivaa kamah
Zayaan and meesham merry kuruvaa avahah
Zehek and Rihaam ves
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you ❤️
Riunaa and Zahuraan v gulhey
E dhekudhin gulhuvachey
Heevny kaaku hen coma ga othy🥲
Aana
I mean how it’s possible 😭
Eyna maruvegen moonu dhehki ehki ehnu
I cant blv 😩😭😭
Anyways vvvv furihama mi part ves 🤩🤩🥰🫶🫶
Cant wait for the next part
I mean how it’s possible 😭
Eyna maruvegen moonu dhehki ehki ehnu
I cant blv 😩😭😭
Anyways vvvv furihama mi part ves 🤩🤩🥰🫶🫶
Cant wait for the next part
It may still be possible for her to be aana though
Anyways story vrh rythi
So happy for zayaan and meesh also yazan and navaa
I feel like there’s a connection with thi Ehmn ge parents
Just keep everyone safe nava an yazan ah dhere gotheh nahadahchey
Also make things easy for zehek to accept, don’t separate rihaam and zehey
Once again vrh vrh Rythi
Can’t wait for next
Aaaaaa 🥰🥰🥰🥰🥰haaadha reeehcheyy🥰🥰🥰
Mihuran and nawa vegen i guess enme fahun gotheh hadhaany😭
Nawa plx yazan gaathuga ves bunelahurihaa kameh sirru nukoh😩😩😩
Ayii alhu ah hyvany aanaa eh noon kanneyge eii
Ehn mibuny. V detail kon huri maruvi goi
Moonu dhehki dhuvahuge gothaai huri ehcheh
So its coould be nawa ge or zehek ge mamma 🥲
Ehenn varah eba hyvey
Because ekaku ge parents eh ves ekakah ves kiyai nudhey hen hyvany
Sahrooz ge ithurah ves v enemy thah ves eba ukhey
So ehen heevany🤭🤯
Cant wait for the next episode 😻😻😻
Kuree part thakah ammi ah comments nukurevnas kyn
Job ga bxy vegen I couldnt comment
Anyways love you my favorite author
💕💕💕💕💕🥰🥰🥰🥰😘😘😘😘
Wowww vvvv reethi mi part vs ❤️
Can’t wait for the next part 😊
Thank you all for the love and support 🥰🥰🥰❤️
I really appreciate it 🥹❤️
Insha allah sunday fenigendhaane next part❤️❤️
Nice story 😍 keep it up
Ahchhaaa vvvv reeethiii 😻😻😻😻😻
Yazan finalli buniyyey dw feelings huri vaahaka but seedha loabivaa vaahaka nubunyma dhera vehje 😭
Nawa is blushinggg 🤭
Oh noo zehek fakeerah maa pressure nukurahchey dear 😭
I ah hyvany zehek ge mamma hen eyothy coma ga🥹
Dheennn v sakaraai kon ninmaalany thiy❤️😭😭
Vvv reethi mi part ves
Haadha dhivahakah fahu ey mi comment ehves kohlevuny😩
Vvv furihama
Alhugadu ves mi hithah arany kaaku baaey coma ga othy
Cant wait
🥰🥰🥰
Cant wait
Avaskohla dhehchey
Mi part ves v nuce👍🏽
Varahhh varah 100 more varah reethii
Cant wait for the next part😩😩😭
Rri n sat ehga adhi ehves vaahaka eh up eh nuvaane dw esfiyaga😭😭
Romun hemun mikiyaalii
Sooo good
🤩
Submit kohlaafin tha ?
Hama nuhurevugen miulheny kiyaa hithun💀😭
Cant wait 😭
Mi part vx varah varah reethi. Mee mi site ga emme kiyaa hithun kiyey eii vaahaka.. next part kn irakun. Can’t wait 😊
Asalah ves
Enme special thankolhaky long kon genesdheefa avahah part thah geneshdeythy
And kiyuntherin kiyaa hiyhvaa gothaha genesdheny
Ehaa curious kojlaa ninmaalamun
Heheh
Hama fav 🤩
V loabivey my fav author
Can’t wait to see next episode
Mihaaru mi part ves harhka faharu kiyaafin😭😭
this prt is vry niceee
cant believe my name is in this story
ruhaan ge wife ge name… its mine
adhi alah mi kiyany amilla nan in story ehhh
cant wait 4 the nxt prt
V reethi story eh
Avas vaane kamah unmeedhu kuran dhen in bai ves
Kobaa
Irukolhakaa eba balaalevey up veytho😭
Mi story up vanee kon dhuvass thakeigga
Konme week ehga she uploaded 3
or 4 episodes
salaam.. alhugadu part 26 submit kohlaafa vaane saturday ga..but upload nuve iny ..unmeedhu kurany miadhuge vaguthehga ekolhun upload kohlaane kamah…
thank you dear all readers for waiting patiently..
readers thidhey love and support ah v bodah shukuru verivan ..it means a lot 🙂 🙂 😉