Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވަރޭގައި ވީމޭ 31

Annora Level 610 Stories100 Login100 Comments100 Stories
August 11, 2024 8 Mins Read
12 Comments

“ހަލޯ..” ، “ނޫރާ ތަ..” ނޫރާ ހަލޯ އޭ ބުނެލި ހިނދު އިވުނު އަޑާކުން އޭނާއަށް ހުއްޓުން އެރިއެވެ. ކިތަންމެ ޒަމާނެއް ވިއަސްއެއަޑެއް ނޫރާއަކަށް ނޯޅޭނެއެވެ.

“ޝަރަފް…ޝަރަފްތަ ތީ..އަހަރެން ކިތައް އަހަރު މިވަނީ ގުޅަން  އުޅޭތަ..ކޮބާތަ ދަރިފުޅު.. ކިހިނެތް ވެގެންތަ ހަބަރެއް ނުވަނީ…މިއޮތް ހާ ދުވަހު ފިލައިގެން ކޮންތާކުތަ އުޅުނީ..ހާދަ އުޅެފީމޭ އެކުއްޖާ ހޯދަން…”އެތައް ސުވާލެއް އެއްފަހަރާ ނޫރާއަށް ބަންޑުންކުރެވުނެވެ. އެއަޑު ޖެހުމުންވެސް މާޒީގެ ހަނދާންތައް ހީވީ ނޫރާގެ ކުރިމަތިން އަލުން ސިފަވިހެންނެވެ. އުފަލާއި ހިތާމަ އެކުވެގެން ވި ޖަޒުބާތެއް ނޫރާގެ މޫނުމަތީގައި ވީ އިރު ލޮލުން ފެންތިއްކެއް ވެސް ޖަހާލިއެވެ.

“ނޫ.. ތިހުރީހާ ސުވާލަކަށް އަހަރެން ޖަވާބު ދޭނަން .. ވީ އެންމެ އަވަހަކަށް އަހަންނާ ދިމާވެލަން ހިނގާބަލަ..” އެކޮޅުން ދިން ޖަވާބާއި އެކު ނޫރާ އަވަސްއަވަހަށް ކޮންއިރަކު ހޭ އަހައިލިއެވެ. ތަނާއި ގަޑި ބުނެފައި ފޯނު ބޭއްވުމުން ނޫރާ ބަދިގެއަށް ވަން އިރު ނޫރާގެ މޫނުމަތީގައި ތަފާތު ހިނިތުންވުމެއް ވިއެވެ. ގިނަވަގުތު ހުރެވުނީ ވެސް މާޒީގެ ހިޔާލްތަކައް ގެއްލިފައެވެ. އެކަން ފާހަގަވެ މިލީނާއާއި ނަމްރާ ދެތިންފަހަރު ގޮވާވެސް ލިއެވެ.

“މަންމަމެން ކޮބާ ކޯއްޗެއް ތި ކައްކަނީ..” ނޫރާ ސިހުނީ ނަވާރްގެ އަޑު އިވުމުންނެވެ. އޭނާގެ ފަހަތުން އިސްރާއާއި މައިޝާ ވެސް އައިސް ވަނެވެ.

“ދޮންބެ ދައްތަ އެބޯޅެ އެބައިގަ ދެވައްތަރެއްގެ ސެލެޑް ހަދަން..ދޮންތަ ވެއްޖެ ބިރިޔާނީ ހަދަން ގޮސް.. ދެން މަންމަމެން އެހެން ސާމާނުތައް މިހަދާލަނީ..ތި ކޯއްޗެއް ދަރިފުޅާ..” ނަވާރް އައިއިރު އަތުގައި ކޮތަޅު ތަކެއް ހުރުމުން ނޫރާ ސުވާލްކޮށްލިއެވެ.

“ފޮނި އެއްޗިސް ހަދަން ހަނދާން ނައްތާލައިފަ އެންނު އެންމެން..ދޮންތަ އަހަރެމެން އައިތަނާ ގުޅީ ހަނދާންވެގެން..ނަވާ އެއައީ އޭނާގެ ސްޕެޝިއަލް ޑެޒާޓް ހަދަން ސާމާނު ހިފައިގެންނޯ..” ނޫރާގެ ސުވާލަށް ޖަވާބު ދިނީ މައިޝާއެވެ. ނޫރާވެސް ހަނދާންވީ މައިޝާ އެހެން ބުނުމުންނެވެ.

“ނަވާ އެއީ ހަމަ ޝެފް އެއް .. އަވާ ޑެޒާޓް  ޝެފް..” އިސްރާ ތައުރީފް ކުރަން ފެށުމުން ލަދުން ހުރެ ދެން ހެވޭ  ނަވާރް ބުނެ ހީލިއެވެ.

 

މީޝަމް ހޭލައިގެން އާދެވުނީ ދިހައެއް  ޖަހަން އުޅެނިކޮންށެވެ. ރޭގައި ޒަޔާންއާއި އަރާރުންވުމެއް ގައި އުޅެފައި ނިދުނީ ތިނެއްޖެހި ފަހުންނެވެ. ފަތިސް ނަމާދަށް ވެސް ނުހޭލެވުމުން އޭނާގެ މޫޑު ހުރީ އިތުރަށް ގޮސްފައެވެ.

“މީއްކޮ ގަޑިން ވީއިރެއް އެނގޭތަ..ދިހައެއް ޖެހީ އޭ..ނިދިއްޖެ ތަ ތިހެންޏާ” މީޝަމް އައިސް ވަންތަނާ ފުރަތަމަ ވެސް އަހަން ޖެހުނީ ނަމްރާގެ ހަރުކަށިއަޑެވެ. ނަމްރާ އޭރުބަދިގެ ދޮރުކައިރީ ހަށަން ބަދެލަން ހުއްޓެވެ.

“މަންމާ ރޭގަ ވަރަށް ލަހުން ނިދުނީ.. މަންމަ  ނުވެސް ގޮވާ .. ނަމާދަށް ވެސް ނުހޭލެވުން..” މީޝަމް ހީލަމުން ވަން އިރު ބަދިގެއިން ނުކުން ނޫރާ ފެނި ހިތް ނުތަނަވަސް ވިއެވެ. ޒަޔާންއާއި ގުޅުނުފަހު އަދި ނޫރާގެ ކުރިމައްޗަށް މީ އެރި ފުރަތަމަ ފަހަރެވެ. ނޫރާ ހެވިފައި ހުރި އިރު ނިކަން ލޯބިން މީޝަމްއަށް ގޮވާލިއެވެ. އަނެއްކާ އެމީހުންގެ ގުޅުމުގެ ހަބަރު ނޫރާއަށް ލިބުނީބާއޭ މީޝަމްގެ ހިތައް އެރިއެވެ. ނަމަވެސް  ޒަޔާން އަދި ނުބުނާކަން ހަނދާންވެ ހަމަޖެހިލިއެވެ.

”ހޫމް މީހަކާއި އިނދެގެން މައިދައިތަ ކައިރީގަ ވެސް ތިހެންތަ  ނުހޭލެވުނީމަ ބުނާނީ..އާދޭ ސައިބޯން.. މަންމައަށް ވެސް ތަންކޮޅެއް ލަހުން ނުކުމެވުނީ..” ނަމްރާގެ ވާހަކައިން މިފަހަރު މީޝަމް އަށް ލޯބޮޑު ކޮށްލެވުނެވެ. ނޫރާ ހުއްޓާ މައިދައިތަ އޭ ކިޔާފައި ބުނުމުން އޭނާގެ މޫނު  ލަދުންގޮސް ރަތްވިއެވެ. އޭރު ނޫރާ ކުރިއަށް ވުރެން ބޮޑަށް ހިނިއައިސްފައި ހުއްޓެވެ. ބަހަނާއެއް ދައްކާލައިފާ ބަދިގެއަށް ވަންނަނިކޮން ނޫރާ ގޮވާލިއަޑަށް ހިތްތެޅިލީ ވަކިހެނަކުން ނޫނެވެ.

“މީއްކޮ ދޭބަ ޒަޔާންއަށް ގޮވާލަން .. ރިހާމް ވެސް ހޭލައިގެން ދެބުރަށް އައިސްފި ކޮބައިތޯ..” ނޫރާއިނީ މީޝަމްއަށް ވަމުންދިޔަ ގޮތުން ހިނިއަންނަ ގޮތްވެފައެވެ.

މީޝަމްގެ ހާލަކީތޯއެވެ. މީޝަމްއިން ގޮތުން ބަދިގެއިން ނުކުން ނަވާރްއަށް ބުމައަރުވާލެވުނެވެ. ނޫރާ ފެނުމުން ކޮންމެވެސް ވަރަކަށް ވާނުވާ އެނގުމުން ނަވާރްގާތައް ވެސް ހިނިއައިސްފައި ހުއްޓެވެ. މީޝަމްގެ ހިތް ތެޅެމުން ދިޔައިރު އިނީ ދެކޮޅު ހެދުމަށް ބުނާނެ ބަހެއް ވެސް ހިތައް ނައިސްފައެވެ. “ތެދެއް ދަރިފުޅާ ދޭބަލަ ޒަޔާންބެ އަށް  ގޮވާލަން..” ބަދިގެއަށް އަލުން ވަންނަމުން ހިޔާލެއް ފިކުރެއް ނެތި ނަމްރާ ބުނެލި އެއްޗަކުން އެތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ. މީޝަމްގެ މޫނު ކުރިއަށް ވުރެން ރަތްވިއިރު ނަވާރްއަށް ނުހިފެހެއްޓިގެން ބާރުބާރަށް ހޭންފެށިއެވެ. ހިނިއައިވަރުން ނުހުރެވިގެން ނޫރާވެސް  އަނގަމަތީގައި އަތް އަޅައިގެން ދުވެފައި ކަހަލަ ގޮތަކަށް ވާނުވާގައި ހުރި ނަމްރާގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ.

“ސީރިއަސްލީ .. ޒަޔާންބެ…  މަންމައަށް ތިމީހުން ރިލޭޝަން ގަކަން ނޭނގުނަސް ޝައްކުވެފަ އެހުންނަނީ..އެކަމަކު ކުޑާ…ހައްހަހަ ކުޑާ އެހުރީ ބޮލަށް ތެޔޮ އަރާފަތަ..ހައްހައްހާ” ނަވާރް ހެމުން ދިޔައިރު ލޮލުން ފެންވެސް އާދެއެވެ.  ލަދުން އިންނަމަވެސް މީސަމްއަށް ވެސް އޭރު އިނީ ހެވިފައެވެ.

“ކިހިނެތް ވީ ހާދަވަރަކަށް ހެނީ ބޭބީ ..” ގެއަށް ވަދެގެން އައި ޔަޒަން އައިގޮތައް އޭނާ ގެނައި ކޮތަޅު ސޯފާ މަތީގައި ބައިންދަމުން ފަހަތުން ނަވާރްގެ ގައިގާ ބައްދާލިއެވެ. ނަވާރް ލޯބިގޮތަކަށް ހީލައިގެން އިންއިރު ނަވާރްގެ ކޯތާފަތުގައި ޔަޒަން ބޮސްދިނެވެ. މީޝަމް އިނުމުން އަދި ޔަޒަން އިތުރަށް ލާނެތްވެލިއެވެ.

“ހޭހޭ ކޮންޓްރޯލް ބޭބް އެންޑް ބޭބީ…މަ އެބައިނީމޭ..”މީޝަމް އަތް ހިއްލައިލަމުން ގޮވާލިއިރު އިނީ އަނގަހަދައި ލައިގެންނެވެ.

“ހަހަހާ…ތިމީހުން ނޫޅޭ ގޮތެއް ތަ މި..ކިހިނެތް ވީ ތަ ދެން ތިހެވުނީ..މަންމަ ވެސް ހެމުން އެދިޔައީ..” ޔަޒަން އަހައިލިއެވެ. ޔަޒަންގެ ސުވާލުން ނަވާރް ހެމުންހެމުން ދެންމެގެ ހާދިސާ ކިއައިދިނެވެ. ޔަޒަން ހޭންފެށުމުން ސޯފާއިން ދެ ކުޝަން ނަގާ މީޝަމް އެދެމީހުންނާއި ދިމާލަށް އެއްލިއެވެ. “މީއްކޮ ދޭބަލަ ޒަޔާންބެއަށް ގޮވާލަން” އެގަޑީގަ ނޫރާ ބަދިގެއިން ނުކުމެފައި ގޮވާލި އަޑަށް ނަވާރް އާއި ޔަޒަންއަށް ހެވުނެވެ. އަޑު ނީއްވާ ގިނައިއިރު ހެއުމުން ނަވާރްގެ ދެލޮލުން ފެންތައް ފައިބަމުން ދިޔަގޮތުން ހީވީ ރޮއެފަ ހުރިހެންނެވެ. މޫނު  ވެސް ހުރީ  ރަތްވެފައެވެ.

“ޔަގީނޭ މަންމަ މިފަހަރު އެބުނީ ހަމަ އެނގޭތީ ކޮންމެވެސް އެއްޗެއް.. ރިހާމް މެން އަންނަ މަހު އިންނަން ކިޔާ އިރު ތިދެމީހުންވެސް ނިންމަން އުޅެބަލަ.. ނޫނީ މަ ބުނަންވީތަ ޒަޔާންބެ ކައިރީގަ” ހީހީފައި ޔަޒަން އެންމެފަހުން ޒަޔާންބެ އޭ ބުނުމުން ލަދުން ވިރެން ކައިރިވެފައި އިން މީޝަމް ވެސް އިނދެފައި ހޭންފެށިއެވެ.

“ދެން ޖަހާފާނަން ދެމީހުން ގައިގަ އެނގޭ..އެ އިންނަން އުޅޭބޭބެ ގަނޑެއް ނޫން..އަންނާނަން އަނގަތަޅަން ކުޑާ ދެން ނުކުންނަން ވާއިރަށް ގޮވާފަ..” މީޝަމް ހިނގައިގަތީ ޒަޔާންގެ ކޮޓަރިއާއި ދިމާލަށެވެ.

“ކުޑާ އޭ.. މަންޖެގެ މައި ދައިތަ އޭ ” ފައި ދަށުގައި އޮތް ކުޝަން ނަގާ މީޝަމްއާއި ދިމާލަށް ޔަޒަން އެއްލާލިއެވެ. އެހިނދު އަނެއްކާ ވެސް ފަހަތައް އެނބުރު މީޝާމް އަތުން މެދު އިނގިލި ދައްކާލިއެވެ. ޔަޒަން އާއި ނަވާރް ކުރިއަށް ވުރެން ބާރަށް ހޭންފެށިއެވެ.

މީޝަމް އެކޮޓަރީގެ ދޮރު ހުޅުވާލައިފާ ވަންއިރު ޒަޔާން މުޅި ގައިގާ ރަޖާ އޮޅާލައިގެން ގަދަ ނިދީގައި  އޮތެވެ. ކުރިޔާ ހިލާފަށް އެކޮޓަރި ތެރެ ސާފްކޮން އޮތުމުން މީޝަމްގެ ގާތައް ހިނިއައެވެ.  ރޭގައި އޭނާ ރުޅިއައީވެސް އެކަމާއިއެވެ. ދޮރު ތަޅުލުމަށްފަހު ގޮސް އެނދުމައްޗަށް ކޮޅަށް އަރާފައި ވަށައިގެން ހޯދައިލީ ޒަޔާންއަށް ޖެއްސުން ކުރެވޭ ކަހަލަ އާލާތެއް  ފެނޭތޯއެވެ.

“ރޭގައި އަހަރެން އެހާ ބޮޑަށް ރުޅި އަރުވާލައިފާ އައިސް ހަމަޖެހިގެން ގަދަޔަށް ނިދަން އެބޯތެއްނު … ހުތް … ހުރެބަލަ ދެން މަ ހަދާ ގޮތެއް ބަލަން ” މީޝަމްގެ ލޮލުގައި އަޅައިގަތީ ސައިޑް ޓޭބަލް މަތީގައި އިން ފެންޖަގެވެ. ދިޔަގޮތައް ގޮސް ޒަޔާންގެ މޫނަށް އެހުރި ގޮތައް އޮއްސާލައިފާ

އެނދުން ފުންމާލައިގެން ގޮސް ސޯފާއަށް އެރިއެވެ.

“ވަޓް ދަ ފަ*.. ” ގައިގާ ފިނިފެން އެއްޗެއް ޖެހުމުން ޔަޒާން ޖެހުނީ ކޮޅަށެވެ. އަވަހަކަށް އެނދުންވެސް ފުންމާލައިފިއެވެ. “އާރް ޔޫ ކްރޭޒީ.. މީޝަމް މިއަށް ވުރެން ފައްކާ ކަމެއް ނުފެނުނީ ތަ މިއޮތްފަދަ ހެނދުނު ކުރަން..” މީޝަމްއާއި ގާތައް  ޒަޔާން އައި އިރު ހުރީ ރުޅިއައިހެވެ. ރައްޓެހިވިފަހުން ޒަޔާންގެ ރުޅިގަނޑު އެފެނުނީ އަދި އަލަށެވެ.

“މަންމަ ބުނެގެން ގޮވަން މިއައީ.” ، “މިއަށް ވުރެން ރީއްޗަށް ގޮވާކަށް ނޭނގޭތަ،”

“ރަނގަޅޭ މިވަރު ކުރަން …ޒަޔާން މަ ރުޅި އަރުވާލައިފާ އައިސް ތި އޮންނަނީ ނިދަން..ރޫމް ހަޑިކޮން އޮންނާތީ އަހަރެން ބުނިހާ ވެސް އެއްޗަކީ ކީކުރަން ހޭ އެވަރަށް ކިޔާ އިރު ވެސް ސާފް ނުކުރަނީ.. ޔޫ ސެއިޑް ވަޓް..ޝިއުރާއަށް ރީތީ ރޫމް ހަޑިކޮން އޮންނާތީއޭ.. އެހެންވީމަ ޝިއުރާއަށް ރީތިކުރަން ދޯ ރޫމް އެހެން ބާއްވަނީ.. މަށާ ކީއްކުރަން ރައްޓެހިވެގެން ތިއުޅެނީ ..ޝިއުރާ ކަމަށް އޮޅިގެން ދޯ.. ފެން އެތި އަޅާލީމަ ވެސް ރުޅި އައީ ޝިއުރާ ނޫން ވީމަ ދޯ..ދާން ވީ އެންނު އެ ހަތްބޯރާހި އާ އިނދެލަން” ގަދަ ނިދީގައި އޮތްވާ ފެންއެތި އަޅާލުމުން ހިތްހަމަ ނުޖެހިފައި ހުރި ޒަޔާންއަށް ހޭންފެށުނީ ކޮންޓްރޯލް ނުވެގެންނެވެ. މީޝަމް އަނގަޔަށް ޖައްސަމުން ދިޔަ ވައްތަރުން ހިނި ނާންނަވަރެއް ވެސް ނޫނެވެ.

“ވައި އާރް ޔޫ ލާފިންގް… މިހާ ދެރަވެގެން ކީމަ ވެސް މަލާމާތްކުރަނީ ޝިއުރާ ނޫން ވީމަ ތަ..ޝިއުރާ ދެރަ ވީމަ އެނގޭނީ” ޒަޔާން ހޭތީ މީޝަމް ހުރީ ރުޅިގަދަވެގެން ގޮސް ރޮވޭވަރު ވެފައެވެ. ދެވަނަ ބުރަށް  ޒަޔާން އަށް ހޭންފެށުމުން ރޯން ފަށާފައި އެތަނުން ނުކުމެގެން ދިޔައީ ޒަޔާން ގޮވަގޮވާ އޮތްވައެވެ. މީޝަމް ފަހަތުން ދާން އުޅެފައި ވެސް ނިދަން ލާ ސޯޓްގައި ހުރުމުން  ދެވޭގޮތެއް ނުވިއެވެ.

“އާހް.. އައި މޭޑް ހާ ކްރައި އެގެއިން… އަދި މަށައް ހެވެން ވެއްޖެއޭ.. “ޒަޔާންއަށް އަމިއްލަ އަނގަމަތިގައި ޖަހައިލެވުނެވެ. އެހިނދު ރޭގެ ހާދިސާ ހަނދާންވެ އޭނާގެ ގާތައް އަނެއްކާ ވެސް ހިނިއައެވެ.

***

އެނދުމަތީގައި  އޮތް އޮން އަންހެން ކުއްޖެކެވެ. އެއްފަރާތައް ކުރުގައެޅިގެން އޮތް އިރުވެސް މީހާގެ އަނަރޫފަކަން ފާޅުވޭވޭ ހުއްޓެވެ. ގައިގެ މަސްކޮޅެއް ނުވާއިރު ހިކިކަމުން ހޯލިކޮޅެއް ފަދައެވެ. ދެކޯ ވަނީ ވަޅުވަދެފައެވެ. ލޯމަރައިލާގެން އޮތްއިރު ދެލޮލުގެ ކައިރިމަތި އެއްކޮންހެން  ކަޅުވެފައި ވާ ތަން ނުހަނު ރީއްޗަށް ފެނެއެވެ. ހުދު ދޮން ކަމެއް ހުރި ހަންގަނޑެކެވެ. މުޅި ހަށިގަނޑާއި މޫނުގެ އެކި ހިސާބުތަކުގައި ހޮޅިތައް ހުރި އިރު މޫނުގެ ސިފަވަކިވެސް ނުވެއެވެ.

“މިސް އިބްރާހީމް” ކޮތތަރިތެރެއަށް ވަދެގެން އައި ނަރުހުގެ އަޑަށް  އެހެން އޮވެފައި ދެލޯ ހުޅުވާލިއެވެ. ނަމަވެސް ނަރުސް އަންހެން ކުއްޖަ ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އޭނާއަށް ނީވޭ ފަދައެވެ. އޭނާގެ ފުރިހަމަ ސަމާލުކަން ވަނީ އެނދު ހުރި ދިމާ ކުރިމައްޗަށް ވާހެން ހުރި ކުޑަދޮރަށެވެ.  ބޭރަށް ސްނޯ ވެހެމުން ދިޔަ ނަޒްރުން އެހިތައް ފިނިކަން ލިބުނީ ކަންނޭގެއެވެ. ލޯބި ގޮތަކަށް އެހެން އޮވެފައި ހީލިއެވެ. އެހެން އޮވެފައި ދިމާ ކޮށްލީ ތެދުވަންނާށެވެ.. ނަމަވެސް ގައިގާ  އެހާ ހަކަތަ ނެތުމުން އަރިއަޅާލައި ގޮތްވިއެވެ.

“ހެލޯ މިސް.. ވަޓް އާރް ޔޫ ޑުއިންގް.. ޔޫ ޑޯންޓް ހޭވް ދެޓް މަޗް ސްޓްރެންތް.. ” އޭނާ އަރިއަޅާލިތަން ފެނި ނަރުސް ދުވެލައިފާ އައިސް ހިފަހައްޓާއިލީ ނުހަނު ހުށިޔާރުކަން މަތީގައެވެ. އެވަގުތު އެކޮޓަރީގެ ފާހާނާގެ ދޮރު ހުޅުވާލައިފާ އިތުރު އަންހެން ކުއްޖަކު ނުކުތެވެ. ޑޮކްޓަރު ކޯޓު ލާފައި ހުރުމުން ޑޮކްޓަރެއް ކަން ހާމަވެއެވެ. އޭނާ ފެންނައިރަށް “ޑޮކްޓަރ ސަޖޫ ” އޭ ކިޔާ ނަރުސް ގޮވާލިއެވެ.

“ކިހިނެތް ވީ އެމީ ސިސްޓާ…” އެމީ ހުރިގޮތުން ސަޖުވާ އަހައިލިއެވެ. ވަގުތުން އެނދުގައި އޮތް އަންހެން ކުއްޖާ ދައްކާލައިފައި ދެންމެ ތެދުވަން އުޅުނު ވާހަކަ ބުނެލިއެވެ. ވަގުތުން ސަޖުވާގެ ލޯބޮޑުވިއެވެ.

ސަޖުވާ ވަގުތުން އޭނާގެ މޫނުމަތީގައި އަދި ގައިގާހުރި ހޮޅިތައް ނެއްޓުމަށް އެމީއަށް ބުނެލިއެވެ.

“ހެލޯ ގާލް ޔޫ އޯކޭ ” ސަޖުވާ މިފަހަރުވެސް ވާހަކަ ދެއްކީ އެކުއްޖާ ވާހކަ ދައްކާނެކަމަކަށް  ނޫނެވެ. ވީ ވެސް ހީކުރި ގޮތަށެވެ. އެ އަންހެންކުއްޖާގެ ފަރާތުން އެއްވެސް ބަހެއް ނީވުނެވެ. އެމީ ވެސް އޭރު އެތަނަށް ވަދެގެން އައި އެހެން ނަރުހަކާއި އެކުވެގެން އޭނާގެ ގައިގާ ހުރި ހޮޅިތައް ނައްޓަމުން ދިޔައެވެ.

“ކަމޯން..ސަޖޫ ދައްތަ އާ ވާހަކަ ދައްކާލަބަ.. ގާލް އާފްޓާ ނައިން ޔެއާސް ޔޫ ފައިނަލީ ވޭކްއަޕް.. ހޭ އެރި ފަހުން ޓޫ ވީކްސް ވީ މިއޮތް..އެކަމަކު ޔޫ ނެވާ ޓޯކް މީ.. ހައުސް އެވްރީތިންގް..” ސަޖުވާ ވާހަކަ ދައްކާ ދައްކާ ވަރުބަލި ވީ އިރުވެސް މިފަހަރުވެސް އެކުއްޖާގެ ފަރާތުން ޖަވާބެއް ނައެވެ. ހޮޅިތަން ނައްޓާލުމުން ސަޖުވާގެ ގައިގާ އޭނާ ލައްކޮށްލަމުން ހިފަހައްޓައިލިއެވެ. އެވަރުން ވެސް އޭނާ އިނީ ކަޅި ޖަހައިނުލާ ބޭރަށް ނަޒަރް ހުއްޓާލައިގެންނެވެ.

“މާލެ ދާން ބޭނުންތަ..” ސަޖުވާ މިފަހަރު ބުނެލި ޖުމްލަ އިވިފައި އޭނާ ތެޅިގަނެފައި ބަލައިލިއިރުއެމޫނުމަތީގައ ވަނީ ތަފާތު އަސަރެކެވެ. ސަޖުވާއަށް ހައިރާންކަމާއި އެކު ހީލެވުނީ އޭނާ ބޯޖަހައިލި ތަން ފެނިއެވެ. އެވަރުން ވެސް އަނގައިން ނުބުނުމުން ކުރިއަށް ވުރެން ބޮޑަށް ސަޖުވާއަށް ހެވުނެވެ.

***

ހުރިޙާ އެންމެން މެންދުރުގެ ކެއުމަށްފަހު އަސުރަށް ގޮވަން ތައްޔާރު ވުމުން އެމީހެއްގެ ގެޔަށް އެމީހަކު ދިޔައެވެ. ހަވީރް ފަހެއް ޖެހިއިރު ނޫރާ ހުރީ އަހުމަދާއި ބައްދަލްކުރަން ދާން ތައްޔާރުވެގެންނެވެ.  މީހެއްގެ ސުވާލް އަމާޒް ވެދާނެތީ އޭނާ ނުކުތީ ވަރަށް ފިލަފިލައިގެނެވެ. އެވަގުތު އަހުމަދު ގުޅުމުން ނޫރާ ފޯނު ނަގާފައި ވާހަކަ ދެއްކީ ވެސް ވަރަށް މަޑުންނެވެ. “ނޫރާ..އައީމަ ކިއައި ދޭނަން..ކިތަންމެ ސުވާލެއް އުފެދުނު ނަމަވެސް އިހަށް އެއްވެސް ސުވާލެއް ނުކުރާތި…ރިހާމް ރައްޓެހި ވެގެން އުޅޭ ކުއްޖާ ޒެހެކް ދާނެ ނޫރާ ބަލާ މިހާރު.. އަހަރެން މިގަޑީގަ ބައްދަލް ކުރަން ބުނީ އެއްވެސް މީހަކަށް އަހަރެމެން ބައްދަލް ކުރާކަން ނޭންގުމަށް…” ނޫރާ ހައިރާން ވާގޮތް ވެފައި ހުރި ނަމަވެސް އަހްމަދަށް އާއެކޭ ބުނެ ފޯނު ކަނޑައިލިއެވެ.

އަހުމަދު ބުނިފަދައިން ޒެހެކްގެ ކާރު އެގެޔާއި މާދުރު ނޫން ހިސާބެއްގައި އޮތެވެ. ނޫރާ ނުކުން ވަގުތު ޒެހެކް ކާރުގައި އިނދެފައި އަތުން ހަނާއަޅައިލުމުން ނޫރާ ގޮސް ކާރަށްއެރިއެވެ. ކާރުގެކުރީ ސީޓުގައި އިށީންދެލަމުން ޒެހެކްގެ މޫނަށް ނޫރާ ބަލައިލިއިރު ޒެހެކް ހީލިއެވެ. ޒެހެކްގެ މޫނުމަތީ ގައިވި ހައިރާންކަން ނޫރާއަކަށް ނޯޅުނެވެ. ނޫރާ އިނދެފައި ޝަރަފް ބުނެގެންތޯ އަހައިލިއެވެ.

“ލައްބަ ބައްޕަ ބުނެގެން..” ޒެހެކްގެ ޖުމްލައިން ނޫރާއަށް ބާރަކަށް ކީކޭހޭ އަހައިލެވުނެވެ. ޒެހެކް އަނެއްކާ ވެސް ބޯ ޖަހައިލިއެވެ. ޒެހެކް ވެސް އިނީ ނޫރާއަށް ވެގެންދިޔަ ގޮތުން ހައިރާންވެފައެވެ.

“ޝަރަފް އަކީ ޒެހޭގެ ބައްޕަތަ..” ނޫރާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފެނި ޒެހެކްއަށް ވަގުތުން ކާރުގެ ބުރެކި ޖައްސައިލެވިއްޖެއެވެ. “ކިހިނެތް ވީ ކުޑާ..” ޒެހެކްއަށް އަހައިލެވިއްޖެއެވެ.

“ޒެހޭ ހިނގާ ޒެހޭގެ ބައްޕައާއި މީޓް ކުރަން އޭރުން ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ..” ނޫރާގެ ޖުމްލައަށް ބޯ ޖަހައިލަމުން އަލުން ކާރު ދުއްވާލެވުން އިރުވެސް ޒެހެކްއިނީ ހައިރާން ކަންމަތީގަ އެވެ. އިތުރު ވާހަކައެއް ނުދެއްކި ނަމަވެސް މަންޒިލަށް ދެވެންދެން ނޫރާ އިނީ ކަޅި ޖަހައި ނުލާ ޒެހެކްގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒެހެކް ލަދުން ހުރެފައިވެސް އިރުކޮޅަކާއި ހީލައެވެ.

ދެމީހުންނަށް މަންޒިލަށް އާދެވުނު އިރު އަހުމަދު ހުރީ ބޭރަށް ނުކުމެފައެވެ. އަހުމަދު ފެނުމުން ނޫރާ ހުރީ ބަސް ހުއްޓޭ ގޮތްފވެފައެވެ. މާޒީގެ ހަނޑާންތައް ހީވީ ކުރިމަތީގައި ތަމްސީލެއް ފަދައިން ކުޅެލިހެންނެވެ. އޭރުގައި އަހުމަދު ހުރި ގޮތާއި މިހާރު ހުރިގޮތާއި ހާސް  ބައި ތަފާތެވެ. އެހާ ވެސް ބޮޑު ބަދަލެއް އަހުމަދަށް ވަނީ އައިހެވެ. އަހުމަދާއި ޒެހެކްގެ ފަހަތުން ނޫރާ އެތެރެއަށް ވަންއިރު މިއީ އެމީހުންގެ ގެ ހެއްޔޭ ނޫރާ އަހައިލިއެވެ. އަހުމަދު ބޯ ޖަހައިލައިގެން ހުރެ ގެއަށް ވަދެ ސޯފާގައި އިށީންނުމަށް ނޫރާގާތު ބުނެލިއެވެ. އަހުމަދު އިށީންނު މުން ޒެހެކް ވެސް އަހުމަދު އިޝާރާތް ކޮށްލުމުން އެތަނުން ސޯފާ އެއްގައި ހަމަޖެހިލިއެވެ.  އެވަގުތު ރިހާމްގެ  މެސެޖެއް ވެސް އައެވެ. “ލަވް.. ވެން ވީ ވީ މީޓް ..” ރިހާމްއާއި ބައްދަލްކުރަން ކިޔާފަ އިންގަޑިކަން ވެސް ޒެހެކް ހަނދާން ވީ އެވަގުތުއެވެ. “ވެއިޓް ބައްޕަ ބުނެގެންކުދަ ކަމެއްގަ.. ވިލް ކޯލް ޔޫ އާފްޓާ ޑަން..ލަވް ޔޫ ބޭބް..”އަވަސް ހަރަކާތަކާ އެކު ޒެހެކް މެސެޖްއަށް ޖަވާބް ދިނުމަށްފަހު އަހުދަށް ފުރިހަމަ ސަމާލްކަން ދިނެވެ.

“ނޫރާއަށް މިހާރު ޒެހެކް އެނގޭނެ..ތިމޫނުން އެބަ އެކަމަށް ހެކިދޭ.. އެކަމަކު ވެސް ބުނެފާނަން .. އެއީ އަހަންނާއި ޒައިގެ ދަރިފުޅު” އަހްމަދުގެ ނަޒަރުން ނޫރާއަށް ފުޅާކޮން ހީލެވުން އިރު އެދޮލުގައި ބަބުޅަމުންދިޔަ ކަރުނަތައް ޒެހެކްއަށް ފެނުނެވެ. ހީވަނީ ދެންމެ ދެންމެ ބަނޑުން ވެދާނެހެންނެވެ. ޒެހެކް އޭރުވެސް އިނީ ވާނުވާގައެވެ.

“ޒެހެކް ބައްޕަ ބުނެގެންނޭ ބުނުމުން..އަހަންނަށް ފުރަތަމަ ވެސް ހީވި..ވަރަށް ބެލުނު ކާރުގަ އިންދަ ވެސް.. މިއަދު ފުރަތަމަ ފަހަރަށް މި މޫނުކޮޅުން ޒައިގެ ލޯބި މޫނު ސިފަވެއްޖެ.. އަހަންނަށް ކުރިން ކީއްވެތަ މި އިހްސާސް ނައީ..އާހް…މި ހަމަ ނޫއްތަ ޒައި ގެ ތައްގަނޑު” ޒެހެކްގެ މޫނުގެ ދެފަރާތުގައި އަތްލި އިރު ނޫރާއަށް ރޮވިއްޖެއެވެ.

“ބައްޕާ އަހަންނަށް އެކްސްޕްލެއިން ކޮށްދީފާނަން ތަ..މި ވާނުވާ” ނޫރާ ރޯތަން ފެނި ޒެހެކްއަށް އެންމެފަހުން އަހައިލެވުނެވެ.

“ބައްޕަ މިއަދު މިއުޅެނީ ދަރިފުޅަށް ފުރަތަމަ ފަހަރަށް ކަމެއް ބުނެދޭން..ދަރިފުޅާ މިކިޔާ ދޭ ކަންތައް ނިމެންދެން ސުވާލެއް ނުކޮށް އަޑުއަޙާތި..ނިމުނީމަވެސް ބައްޕައާ ސުވާލެއް ނުކުރާތި..” އަހުމަދު އަނެއްކާވެސް ޒެހެކް ވައްޓާލީ  އިތުރު ހައިރާންކަމެއްގެ ތެރެއަށެވެ.

“ދަރިފުޅާ..އެނގެއެންނު މަންމައަކީ ލޯޔަރެއް ކަން ދޯ… ދަރިފުޅުގެ މަންމަގެ ދޮންބެ .. އަދި ދަރިފުޅުގެ ވެސް ދޮންބެ ޒަކީންގެ ވާހަކަ މިބުނަނީ…ޒަކީންބެ އަކީ ނޫރާގެ ކުރިގެ ފިރިމީހާ.. ނަވާރްގެ ބައްޕަ..” އަހުމަދު އިދެފައި ބުނެލި ވާހަކައަކުން ޒެހެކްއަށް ހީވީ އޭނާގެ މޫނުމަތިގައި އެއްޗަކުން ޖަހައިލި ހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން އިންއިރު މީހާ އިނީ ހުއްޓުން އަރައިފައެވެ. މިއިން ދުވަހަކު ވެސް އެވަރުގެ ޝޮކްއެއް ލިބުނުކަމެއް ނޭނގެއެވެ.

”ކީކޭ.. ބައްޕާ ތަންކޮޅެއް ސާފް ކޮން ބުނެދީބަލަ..އަޅުގަނޑަކަށް ހަމަ އެކައްޗެއް ވެސް އަންޑަސްޓޭންޑެއް ނުވޭ..” ޒެހެކްގެ  އަޑުގައި ހުރި ތުރުތުރު އެކަކަށް ވެސް ނޯޅުނެވެ. ނޫރާއަށް ޒެހެކްގެ ގައިގާ ކުރިއަށް ވުރެން ބާރަށް ބައްދާލެވުނެވެ.

“ތެދެއް ޝަރަފް ކިޔައިދީބަލަ..ކީއްވެތަ މިހުރިހާ ދުވަހު ފިލައިގެން ތިއުޅުނީ.. އަހަރެން މިކުއްޖާ ނުފެނިގެން ހާދަ  ހޯދައިފީމޭ..” ޒެހެކްގެ ގައިގާ ބައްދާލައިގެން އިންގޮތައް އިނދެ ނޫރާ ބުނެލިއެވެ.

ކީކޭ ހިތައް އަރައިގެން ކަމެއް ނޭނގެއެވެ. ޒެހެކް އެގަޑީގައި އެއޮތްގޮތައް އޮވެފައި ފޯނުން ރިކޯޑިން ޖައްސައިލިއެވެ.

“ދަރިފުޅާ..ޒެހެކްގެ ދޮންބެ ޒަކީންގެ ކުރީގެ އަންހެނުންނަކީ ނޫރާ … އެހެންވީމަ ނަވާރް މެންނަކީ ދެބެންގެ ދެދަރި ކުދިން.. އެހެން ބައްޕަ މިކިޔަނީ..މިހާރް ސާފް ވެއްޖެ ދޯ… މިކިޔައިދެނީ ޒަކީންބޭބެ އާއި މަންމަގެ މަރުގެ ހާދިސާ…އަޑުއަހާ..” އަހުމަދު ދޫކޮށްލީ ފުންނޭވާއެކެވެ.

***

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ދުލުން ބަޔާން ނުކުރެވުނަސް… 1

Next

ފިނި ހިތް 6

Next
August 11, 2024

ފިނި ހިތް 6

Previews
August 10, 2024

ދުލުން ބަޔާން ނުކުރެވުނަސް… 1

12 Comments!

  1. Rooya says:
    August 11, 2024 at 8:58 am

    As expected mihuran was handsome
    So loabi cover 💕💕♥️♥️♥️
    V reethi v unexpected kon mihaaru midhany😭😭
    Alhe kaaku ba coma go eyothy😭
    V reethi vvvv ves reethi
    🥹

  2. Thuhoo says:
    August 11, 2024 at 9:53 am

    V salhi
    Kon iraku next

  3. Yazan says:
    August 11, 2024 at 10:07 am

    Alhey haadha reethi thankolhakun ninmaalaafa eyni
    Aneh baj kiyaa hihyyvehjje
    Mi part vs vvvv reethi😊❤️
    Can’t wait for the next part

  4. Cutie girl says:
    August 11, 2024 at 10:39 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    So cute nawaa and koo
    V kiyaala hithun kiyani
    Aana hen heevani coma ga
    Zehek and Rihaam dhuru nukurachey
    Kithamme lahun kiyaalan libunas Shakuvaa eh neih
    Love you ❤️😍

    They both are made for each other
    Nawaa and yazan ves
    Shahurooz ge plan flop kohlaa
    Nawaa and koo ge love story v Reethi masha allah
    I appreciate your hard work
    You’re my fav author

  5. Amaany says:
    August 11, 2024 at 5:17 pm

    Zayaan aa meesham ge goght 🤣🤣🤣🤣
    Ahahaha hee heefa row rowfa mi part ves
    Mikiyaa ninmaaali
    V bpdu hiyhama jehumeh
    Finally. Hama finakyy zehey and nawa aky cousin 😭😭😭
    Wooooow something really unexpected 🤒🤒🤒
    Dhuvahaku evaraha visnifa neh😭😭

    V reethi story dha goi mihaaru🥰🥰🥰
    I love the way koo and nawa are
    Enme loabi couple🥰🥰🥰🥰🥰
    Ghis is my fav and u r my one and only fav🥰🥰🥰🥰

  6. Shayerrr 💞 says:
    August 11, 2024 at 6:32 pm

    Haadha reeethi ey …. I was expecting laaraa gadu r nawa ge fight akah😭😭🤣🤣🤣
    Hahah zayaanbe 🤣🤣🤣🤣🤣
    Varah reethi igey
    Hama cant waitt aylhh😭😭
    Avahah up kihla dhehchey🥰🥰

  7. Eviee says:
    August 11, 2024 at 7:52 pm

    Alheyyy noooo emme reethi vi hisaabun thi nimmaaleee but still up kohdhineethee thank you sm ❤️❤️ and zayanbey ge thankolhu kiyaafa hee hee halaaku vejje 🤣🤣

  8. Zayaanbey🤒😭🤣 says:
    August 11, 2024 at 9:03 pm

    Vvvvvv reeethi mi part hama cant wait 🫂😪🥰

  9. Shara says:
    August 13, 2024 at 8:08 am

    V reethi vaahaaka eh❤️❤️❤️
    When next
    Cant wait 🥹

  10. Drawer says:
    August 13, 2024 at 5:11 pm

    When’s next. I really can’t wait! 🙃

  11. LIM🖤 says:
    August 14, 2024 at 12:59 am

    When’s next?

  12. Lahu says:
    August 14, 2024 at 2:27 pm

    Mihaaru ebain part 32 ves guyzzz

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 32←


All Right Reserved!