ޒެވިއަލް ކޮޓަރިތެރޭގައި އުޅެފައި ނުކުތީ އަސްރު ނަމާދަށް މިސްކިތައް ދިޔުމަށެވެ. ޒެވިއަލް ސިޓިންގްރޫމު ހުރަސްކުރިއިރު ސޯފާގައި ފޯނު އަތައް ލައިގެން ހުއްޓުން އަރާފައި އިން ލިއާނާ ފެނި އެދިމާލަށް ދެވުނެވެ. “ލިޔާ ކިހިނެތް ވީ..” ، “ކިހިނެތް ނުވަނީ” ޒެވިއަލް އަހައިލި ހިނދު ލިއާނާ ބުނެލައިފިއެވެ. އެއިންގޮތައް އިނދެ ދާދި ދެންމެ އަކު އަޒީޒް ގުޅާފައި ދެއްކި ވާހަކަ ކިޔައިދިނެވެ. އޭރު ޒެވިއަލް ހައިރާން ވެގެން ކީކޭހޭ އަހައިލައެވެ. ލިއާނާގެ މޫނުމަތިން ފެނުން ނުރުހުން ފެނި ޒެވިއަލްގާތައް […]
ދެން ދޮންބެ ދާން ވީތަ އަނެއްކަ ވެސް..” ލިޔާނާ ދެރަވެފައި އިނުމުން ޒެވިއަލް ބެލީ ހެއްވާލެވޭތޯއެވެ. ލިޔާނާ ދެނޭ ކިޔާ ވަގުތުން އޭނާގެ އަތުގައި ވިކާލިއެވެ. “އެހެހެ އެ މަޖަލޭ.. ދޮންބެ ޖަލުން ނެރުނީ އަޒީޒް..” ޒެވިއަލް ދުރު ބަލަހައްޓައިގެން އިނދެ ބުނެލި ވާހަކައަކުން ލިއާނާއަށް ކީކޭހޭ އަހައިލެވިއްޖެއެވެ. **** “ދޮގު ނުހަދާ ދޮންބޭ..އެއީ އެއް ނޫންތަ ދޮންބެ ޖަލުގައި ބަންދުކުރި މީހަކީ ވެސް..” ލިއާނާ ހައިރާން ކަމުން ފުރިގެންވާ ފަދައަކުން ޒެވިއަލްއަށް ބަލަން އިނެވެ. އެމޫނުމަތިން […]
ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުރި ޒުވާނެކެވެ. ފާރުގައި ލެނގިލައިގެން ހުރިއިރު ހަށިގަނޑުގެ ވަރުގަދަ ކަމާއި އެކު އިސްކޮޅުން ދިގެވެ. ކަނދުރާއާއި ހަމައަށް ދިގުކޮށްފައިވާ އިސްތަށިގަނޑެއް ހުރި އިރު އޭނާގެ ތުނބުޅިވެސް ފުދޭވަރަކަށް ދިގުކޮށްފައި ހުއްޓެވެ. މަޑުރަތްކަމެއް ހުރި ތުންފަތެއް ހުރި އިރު ވިލު ނޫކުލައިގެ ކަޅިއެއްވާ ދެލޮލުގައިވަނީ ތޫނު ކަމެވެ. ހަންގަނޑުން މާ ދޮން ނޫން ނަމަވެސް ކަޅެއްވެސް ނޫނެވެ. ޓޭން ވެފައި ވާއިރު އަންހެންކުދިން މޮޔަކުރުވާފަދަ ރީތިކަމެކެވެ. އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލުގައި ވަނީ ބަޔާން […]
ނަވާރް ދެލޯ ބޮޑުކޮށްލައިގެން ހުރެ ބޯ ހޫޜާލެވުނީ ޝާކިރް އެދިމާލަށް އަންނަންފެށުމުންނެވެ. އޭނާގެ ދެއަތުގެ ތެރޭގައި އޭރު ދިޔައީ ކުޑަވަރެއްގެ ފިއޮއްސެއް އަނބުރަމުންނެވެ. ބިރުން ކަޅި އަރާވަރުވެފައި ހުރި ނަވާރްގެ ގާތައް ހުއްޓި ޝާކިރު ހީލީ ނުބައި ފާޑާކަށެވެ. އެހެން ހުރެފައި އޭނާ ސުޖާއުއަށް ކޮށްލި އިޝާރާތަކާއި އެކު ސުޖާއު ޖީބުން ނެގި ލުމާލެއް، ނަވާރްގެ އަނގަޔާއި ނޭފަތައް ދިމާވާހެން އަޅާލިއެވެ. އެހިނދު އެރި ވަސްގަނޑަކާއިއެކު ނަވާރްގެ ހެޔަށް ގޮތްވެގެން ހުރިދިމާ ތިރިއަށް ދެމުނެވެ. *** “ދައްތާ..ކޮއްކޮމެން […]
“”ސޯ މީޝަމް ވީ ހޭވް ޓް ޑޫ ސަމްތިންގް.. ބަޔަކަށް ބޮޑު ހިތާމައެއް ލިބިގެންދާ އިރު މިހެން ބަލަހައްޓައިގެން ހުރުމަކީ ވަރަށް ކަޑަ ކަމެއް.. އެވެސް މީޝަމްގެ އެހާ ގާތް ބައެއް.. މީޝް ކެން ޔޫ ޑޫ ސަމްތިންގް” ޝިއުރާ އެބުނަން އުޅެނީ ކޮންކަމެއްގެ ވާހަކަކަން ނޭނގުނު ނަމަވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން މީޝަމް ބޯ ޖަހައިލިއެވެ. *** “ޔޫ އޯކޭ” ފާހާނާ ތެރޭގައި ހުރެ ނަވާރް ހޮޑުލަމުން ގޮސް ވަރުދެރަ ވެގެން ޔަޒަންގެ އަތް މައްޗަށް […]
“މިހާރު މި ފޮނުވާ ލޮކޭޝަން އަށް އަވަހަށް މީހުން ފޮނުވާ..އަވަސް ކުރޭ..ތިކުދިންނަށް އެހީވާން އެހެން ޑިޕާޓްމެންޓްއަކުން ވެސް ކުދިން އެބާދޭ..މަޑުން ނުތިބެ އަވަސް ” ފަވާދުގެ އަޑުން ފައިލްތައް ފެނި ޝޮކް ޖެހިފައި ތިބި ތިންމީހުން އަވަހަށް މަސައްކަތް ފެށުމަށް އަވަސްވެގަތެވެ. *** “ކޮންގްރެޗުލޭޝަންސް.. ނަވާރްގެ ބަނޑަށް ތިން ހަފްތާ..” އާ ހަބަރަކަށް ނުވިނަމަވެސް ޑޮކްޓަރުގެ ޖުމްލައިން ޔަޒަންގެ މޫނު އުޖާލާވިއެވެ. އިރުކޮޅަކާއި އޭނާގެ އަތުތެރޭގައި އޮތް ނަވާރްގެ އަތައް ފިތާލައެވެ. “މި ސްކޭން ކޮށްލައިގެން އަންނައްޗޭ […]
އައްސަލާމް އަލައިކުމް. އެންމެ ފުރަތަމަ ވެސް މިވާހަކައިގެ ފުަރަތަމަ އެޕިސޯޑުު ފިޔަވައި އިތުރު އެޕިސޯޑެއް ނުގެނެސްދެވި މިހާ ގިނަ ދުވަސް ވީތީ ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މާފަށް އެދެން .. މި ވާހަކައަކީ އަޅުގަނޑު ކުރިން ގެނެސްދެމުން ދިޔަ ވާހަކައެކެވެ. އޭރު ހާލަތުގެ ސަބަބުން ފުރަތަމަ އެޕިސޯޑާއި ހިސާބުުން މެދުކެނޑުމަކަށް އައީއެވެ. ނަމަވެސް މިވާހަކަ މިހާރު ލިޔެ ނިމިފައިވާތީ އާއިވެސް އެކު އަޅުގަނޑު އަލުން މިވާހަކަ ގެނެސްދިނުމަށް ގަސްތުކުރަމެވެ. މި ވާހަކައިގެ ފުރަތަމަ އެޕިސޯޑު(ކުޑަ ބަދަލަކާއި […]
އެޕިސޯޑު 36 “ޒޭން..ކިހިނެތް ވީ..ކަމެއް ދިމާވީތަ..” އަކުރަމް ސުވާލް ކޮށްލި ހިނދު ޔަޒަން ދިއްކޮށްލީ އެ ފައިލްތަކެވެ. ހިޔާލެއް ފިކުރެއް ނެތި ޔަޒަން ދިން ފައިލްތައް ހުޅުވާލި ހިނދު އަކްރަމްގެ ދެލޯ ދިއައީ ބޮޑުވެގެންނެވެ. *** ހުއްޓުން އަޜާފައި ހުރި އަކްރަމްގެ އަތުގައި އޮތް ފައިލް ބަލަން މިލީނާ ކައިރިވި ހިނދު އަކްރަމް އެ ނުދައްކަން މަސައްކަތް ކުރިއެވެ.އަކްރަމްގެ އެ އަމަލުން ނަވާރްއާއި ޔަޒަންގެ ހައިރާންކަން ވީ އިތުރެވެ. މިލީނާ ވެސް ހައިރާންވެފައި ހުރެ އަކުރަމްއަށް ގޮވައިލިއެވެ. […]
“ހުއްޓާލަ..ތިދެލޮލުން އެންމެ ޓިޔާސް އެއް ވެއްޓޭތަން ބަލަން އަހަންނަކަށް ކުޅަދާނައެއް ނޫން..ގެޔަށް ގޮސްފައެވާހަކަ ދައްކާނި ދޯ” އެތައް ސުވާލެއް ކުރަން ހުރި ނަމަވެސް އާނާ ބޭނުންވި ގޮތައް މިހުރާން ވަގުތު ދޭން ނިންމިއެވެ. *** “ކޫ..ވެއިޓް..” ޔަޒަންގެ ފަހަތުން ދުވެފައި ނުކުމެން ނަވާރްގެ އަޑަށް ޔަޒަން ހުއްޓުނެވެ. ނަމަވެސް ފަހަތައް އެނބުރު ބަލައި ނުލާ ހުރިގޮތައް ހުއްޓެވެ. ޔަޒަން ހުރިގޮތުން އެހިތައް ކޮށްފައިވާ އަސަރު ކިތައްމެ ރަނގަޅަކަށް ވެސް ނަވާރްއަށް ފާހަގަ ވިއެވެ. ނަވާރްގެ ހިތައް ވެސް […]