ޒަހުރާންގެ އަޑުން ނޫރާ އާއި ނަވާރް އަށް އަދި ކައިރިޔަށް ހުއްޓުނު ހާރިޒްއަށް ވެސް ލިބިގެންދިޔައީ ޝޮކެކެވެ. ނަޥާރް އަވަސް އަވަހަށް ޔޫލީގެ ހެދުންކޮޅު ހިއްލާ ބަލައިލި އިރު ބަނޑާއި ފައި ފަލަމަސްގަނޑު ނުހަނު ބޮޑަށް ހުރި ފިހިފައެވެ. ހެދުމުގައި ލޭ ހޭކިފައި ހުރިތަން ވެސް ފެނުނެވެ. ޔޫލީ ނަވާރްގެ އަތުތެރެއަށް ދެމުނީ ވެސް އެވަގުތުއެވެ. ނަވާރްއަށް ރޮއެ ގަނެވުނެވެ. ނަޥާރް ރޮމުން ރޮމުން ތިރިއަށް ފޭބިއިރު ގެއަށް ވަންނަމުން ދިޔަ ޔަޒަން އާއި ޒަޔާންއަށް އެމަންޒަރު […]
“ނޫން ބޮސް ހަމަ ވަރަށް ހެލްތީ ކޮން އުޅެނީ.. މިހާރުވެސް ޖިމްގަ ވީ…. ހަމަ ޕާފެކްޓް..ކޮންމެވެސް ކަމެއް ނިންމާލަން ވެގެންނޭ ބުނުއްވި” ޝައުން ދިން ޖަޥާބުން އަކުރަމް އަށް ލޯ ބޮޑުކޮށްލެވުނެވެ. އޯކޭ އޭ ބުނެ އަކުރަމް ގުޅިކަން އިތުރު މީހަކަށް ނޭންގުމަށް އެދި ފޯނު ކަނޑާލިއެވެ. “ކޮބާ ސައިބޯން ވެސް ނުނިކުމަންނަނީ ތަ.. ކޮޓަރިއަށް ގެންނަން ވީތަ ކާ އެއްޗިސް..” އަކްރަމް ސިހުނީ މިލީނާގެ އަޑަށެވެ. އަކުރަމް ނޫނެކޭ ބުނެ ނިދާފައި އޮތް ތުއްތު ދެކުދިންނަށް […]
ޔަޒަން ފުރަތަމަ ފައިލްއަށް ބަލައިލި އިރު ފެނުނު ނަމަކުން ރަނގަޅަށް ޝޮކްޖެހުނެވެ. “ފާތިމަތު ނަވާރް ޒަކީން “މަޑުމަޑުން އެ ނަން ކިޔާލެވުނެވެ. ގަބޫލް ނުކުރެވިފަ އިރު އިތުރަށް ޔަޤީން ކުރަން ފައިލް ހުލުވާލެވުން އިރު ނަވާރްގެ ފޮޓޯ ފެނުމުން ޔަޒަން ގެ ތުންފަތައް ވެރިވީ ހިނިތުންވުމެކެވެ. *** “މައި ވައިފް ހާދަހާވާ ބިޒީ ކޮށްލައިގެންނޭ ތިއުޅެނީ..ދަރިފުޅު އިހަށް އާދޭ ބައްޕަ ކައިރިޔަށް..މިހާރު އެބަ އާދޭ މިހާރު މިލީ އާއި އަކޫ ވެސް” ނޫރާގެ ފިރިމީހާ ހާރިޒް ނިކަން […]
ނޫރާ އިނދެ އިނދެފައި ދިޔުމުން ނަވާރް އަށް ދެލޯ މަރައިލެވުނެވެ. އަތުގައި އޮތް ފޯނު ނަގާ އާނާ އެކު ނަގާފައި އެތައް ބައިވަރު ފޮޓޯކަށް އެތައް އިރަކު ބަލަން އޮވެ އެތައް އިރަކު ކަރުނަ އޮއްސިއެވެ. “އަހަންނަށް އެނގޭ ނާނާ މަރާލީ އެމީޙުން ނޫން ކަން .. އާނާ މަރުވި ދުވަހަށްފަހު އަހަންނަށް އިންޒާރުދޭމީހުންގެ ހިލަމެއްވެސް ނުވޭ… އާހް ކާކު އަހަންނަށް އެހީވާނީ…ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުއްޓާލާނީ އާނާއަށް އިންސާފް ހޯދައިދީފަ.. ޖަސްޓް ވެއިޓް..” އާނާ […]
އެޕިސޯޑު 9 ގަތްބިރުން ނަޥާރް އަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ހަނދާނަށް ފުރަތަމަވެސް އެރީ އާނާގެ ނަމެވެ. ނޭނގޭ ސަބަބަކާއިހުރެ ނަވާރްގެ ހިތް ބިރުގަންނުވާލައިފިއެވެ. “އާނާ… ޔަޒަން … އާނާ …” ބިރުން ތުރު ތުރު އަޅާ ހާލުގައި ނަވާރް އަށް ދުއްވައިގަނެވުނީ ސިޑިއާއި ދިމާލަށެވެ. އޭރުވެސް މަތީ ފްލޯއިން ހަޅޭކުގެ ނުހަނު ބާރަށް އިވެއެވެ. *** ފޯނުން އަލިކުރަމުން ޔަޒަން އާއި ނަވާރް ދުވަމުން މައްޗައް އެރުނު އިރު މާނޭވާ ލެވޭ ވަރު ވިއެވެ. އާނާއާއި […]
ރިހާމް އާއި ޒަޔާން، ޒަހުރާން އާއި އެއްކޮން ދިޔުމުން އޭނާ ވެސް ސާކިރް ބަލައި އައުމުން ގެޔަށް ދިއުމަށް މިސްރާބު ޖެހިއެވެ. **** ސާކިރްއާއި އެކު ޔަޒަންގެއަށް ވަން ހިނދު މިލީނާ ފުރަތަމަވެސް އައި ގޮތަށް ޔަޒަންގެ ގައިގާ ބައްދާލިއެވެ. “މިސް ޔޫ ސޯ މަޗް ސަން” މިލީނާގެ ދެލޮލުން އުފާވެރިކަމުގެ އިންތިހާ ފެންނަން ހުއްޓެވެ. ވާނީ ވެސް އެހެންނޫން ހެއްޔެވެ. ޔަޒަން ކިޔަވަން ދިޔަ ގޮތައް މާލެ އެއައީ ގާތްގަޑަކަށް ތިން އަހަރު ވާން ގާތްވެފައި […]
“ނާނާ.. އަހަރެން އެގްޒާމް އޮތީ މެންދުރު ފަހު.. ވީކޭން ޓޯކް ..މި އަދި މޯނިން.. އިންޝާﷲ އަހަރެންގެ އެގްޒާމް އަކަށް ބުރޫ އެއް ނާރާނެ ..” ނަވާރް ކުރުނޮށްގެން އެންމެ ފަހުން އާނާ ނިންމީ ކިޔާދޭށެވެ. “އާނާ ރޭގައި ވަރަށް ފާޑެއްގެ މީހެއް އައީ އޭސީ ހަދަން… އާނާ ނިދާފަ އޮތީ … އަހަރެން އޭނާ ކައިރިގަ ބުނިން އަވަސް ކޮށްދޭން އޭނާ ނިންމާފަ ދަމުން ވެސް ފާޑަކަށް ބަލަހައްޓައިގެން ހުރެފަ ދިޔައީ …އަހަރެން އަވަސް ކުރާށޭ […]
އެތައް އިރަކު ހުރުމަށްފަހު އާނާގެ މަތިން މާބޮޑަށް ހަނދާން ވާން ފެށުމުން އެތެރެއަށް ދިޔައެވެ. އަނެއްކާ ވެސް ރިހާމްގުޅަން ފެށީ އެވަގުތުއެވެ. ** (ދެ އަހަރު ފަސް) ފަތިހު ނަވާރް އަށް ގަޑި ބަލައިލެވުނީ ފޯނު އެލާމް ވާން ފެށުމުނެވެ. ނަމާދު ކޮށްލައިގެން ފަން އިސްތަށިކޮޅުގައި ވޫލް ކޮޅެއް އައްސައިލި އިރު އެ ދޮން މޫނުގައި ވި ތާޒާ ކަމެވެ. އާނާ އާއި ދިމާ ބަލައިލި އިރު އޭނާ ވެސް ތެދުވަނީ އެވެ. ނަވާރް އެދުނީ ދެމީހުން […]