ހުރިހާ އެންމެން ވާހަކަ ދައްކަން ތިއްބާ ނޫރާއަށް ފޯނެއް އައެވެ. އިވުނު ހަބަރަކުން އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިލި ހެންނެވެ. *** ނަވާރްއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގިއަށް ފޯނު އެލާމް ވެގެންނެވެ. އޭނާ ތެދުވެ ނަމާދުކޮށް ނިމިގެން ބަލައިލި އިރު ޔަޒަން ވެސް ތެދުވަންނަނީއެވެ. “ގުޑް މޯނިންގް..” ޔަޒަން ނަވާރް ފެނުމުން ހީލިއެވެ. ނިދާ ހޭލި ވަގުތު ކަމުން މީހާގެ އަޑުވެސް ބަރުވެފައި ގައިން ހީބިހި ހަލުވާލާ ފަދަ ގޮތެއް ހުއްޓެވެ. އިސްތަށިގަނޑު […]
އެޕިސޯޑް 22 ޔަގީނުން ވެސް ދެންމެ އޭނާ ކީ ހުރިޙާ އެއްޗެއް ވެސް ޒަޔާން އަށް އިވޭނެއެވެ. އޭނާއަށް އިންތަނުން ގުޑުވާ ނުލެވި އިންދާ ފަހަރަކު މީހަކު ދަމުން ގޮސް އޭނާ އާއި ޒަޔާން އެކަނި ވިއެވެ. މީޝަމްގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ. *** މީޝަމްގެ ހިތް ރޯ މަހެއް ތެޅޭހެން ތެޅެމުން ދިޔައިރު އިށީންދެ އިން ތަނުން ތެދުވެ ދުއްވައި ގަނެފާނަމޭ އެތައް ފަހަރަކު އޭނާގެ ހިތައް އެރިއެވެ. ނަމަވެސް އޭނާގެ ދެފައި ހަރަކާތެއް […]
“ދޮންބޭ ކުޑަބޭ.. ނަވާ ތާކަށް ގޮސްލަން ވެފަ އެބަ އޮތް.. ދެން އޯކޭ ވަނަސް..އެހާ ގިނަ އިރެއް ނުވާނެ..” ނަވާރް މަގަށް ނަޒަރެއް ދެމުން ބުނެލިއެވެ. “ނަވާ މިހާރު އެއޮތް އެގާރަ ޖަހަނީ.. މިހާ ލަސް ވީމަ ތަ..” ކަންބޮޑުވެފައި ޒަހުރާންއަށް އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދެވުނެވެ. ނަވާރް ވަރަށް މުހިއްމުކަމަކު އޭ ބުނެ ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ. “ދޮންބެ ވަދެލާ މަ އަންނާނަން ނަވާ އާ އެއްކޮން ގޮސްފަ.. އެހާ ގިނަ އިރެއް […]
ޕާޓީގެ ހުރިހާ ކަމެއް ނިމޭ ވަރު ވީ އެކެއް ވެސް ޖަހަން އުޅެނިކޮންނެވެ. މާ ބޮޑަށް ލަސްވާން ފެށުމުން ނަވާރް އަށް މެސެޖެއް ކޮށްލާފައި ރިހާމްއާއި މިހުރާން އާއެކު ކޮފީ އެއް ބޯލައިގެން ޔަޒަން ގެޔަށް ދިޔައެވެ. *** ނަވާރް ތައްޔާރް ވަމުން ދިޔައީ ޔަޒަން އާއެކު ބޭރަށް ދިޔުމަށެވެ. ފަހެއް ޖަހަން ފަނަރަ ވަރަކަށް މިނެޓްއަށް ވީ ފަހުން ނަވާރް ތައްޔާރްވެގެން ލޯގަނޑު ދޮށުގައި ހުއްޓިލިއެވެ. މަޑު ފިޔާތޮށިކުލައިގެ ހެދުން ކޮޅަކާއި ހުދުކުލައިގެ ޖިންސްގައި […]
އެޕިސޯޑް 18 “ބޮޑޭ ބުނިހެން ކަންތައް ކުރޭ.. ފިނިޝް ހިމް..” އެކޮޅުން ވާހަކަ ދެއްކި މީހާ ޖަހައިލީ މަކަރުވެރި ހިނިގަނޑެކެވެ. ފޯނު ބޭއްވި އިރު ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރިކަމެވެ. *** ޒަޔާން އެނދުގައި ބަންޑުން ނިދާފަ އޮތް އިރު ހޭލެވުނީ މީހަކު އައިސް ދޮރުގަ ތަޅާ އަޑަށެވެ. ކަންނެތްކޮން ހިނގާލައިފާ ދިޔައިރު ހުރީ ނޫޜާ އެވެ. “ސާބަސް ދަރިފުޅާ.. ނޭނގޭ ދޮރުގަ ތެޅުނު އަދަދެއް .. އިނގިލިތަކުން ހަންވެސް ގޮސްފި ތޯއްޗެ.. އެއޮތް ބާރަ ޖެހީ […]
“ހިތައް އަޜާ އެކުއްޖާ އަށް އެ ހަގީގަތް ބުނެދީފާނަމޭ..” އަކުރަމް ސޯފާގައި ލެނގޭ ބައިގާ ބޯ އަޅާއިލިއެވެ. “ކޮން ހަގީގަތެއް..” ފަވާދް އާއި އަކުރަމް ސިހުނީ ކުއްލިއަކަށް އެތަނަށް ވަން ޔަޒަން ފެނިފައެވެ. ދެމީހުން ހީވީ ބިރެއް ފެނިގެން ތެޅިގެންހެންނެވެ. ** “އަހާން ޒޭން ތަ.. މިއަދު ނުދާ ދުވަހެއްތަ ޑިއުޓީއަށް..”އަކުރަމް އިސްޖަހާލިތަން ފެނި ފަވާދް އަވަސްއަވަހަށް ބުނެލިއެވެ. “ނޫނޭ ޑިއުޓީގަ އުޅެފަ މިއައީ ކުޑަ ކަމަކު ..ދަމުން ވަދެލީ މި.. ކޮން ވާހަކަ އެއްތަ ތި […]
އެއްދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލުގައި ވަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. ފޮރުވިފައިވާ ހިތާމަތަކެއް ވާފަދައެވެ. “ޒެވިއަލް” ފާރުގައި ލެގިލައިގެން ހުރި ޒެވިއަލްގެ ސަމާލުކަން ހުއްޓުނީ ދޮރުން ވަދެގެން އައި ޖަލު ބަލަހައްޓާ އޮފިސަރަށެވެ. ބަލާބެލުމަށް އެ އެއީވެސް އެއުމުރުގެ ޒުވާނެކެވެ. އޭނާ ފެނުމުން ޒެވިއަލްގެ މޫނުމަތިން ކުޑަ ހިނިތުންވުމެއް ފާޅުވިއެވެ. “ޒެވިއަލް..އަހަރެން ވަރަށް ހަނދާން ވާނެ . ހީކުރަން މިތަނުން ދަސްވި ކަންތަކާއި އުނގެނުން އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް.. އަހަރެން މިތާގައި ހޭދަ […]
ނަވާރް އަށް ހުއްޓުން އެރީ ޒެހެކް އާއި ވާހަކަ ދައްކަން ވަންނަ ދޮރު ކައިރީގައި ހުރީ މީހަކު ފެނިފައެވެ. ބޮލަށް ބާރުކުރަން ފެށީ ނުހަނު ބޮޑަށެވެ. މެދު އުމުރުގެ މީހެކެވެ. އަޅާފައި ވާ ތޮފި ރަނގަޅުކޮށްލާގޮތުން މީހަކަށް އެމޫނު ފެނިދާނެތީ އުޅޭހެން ވެސް ހީވެއެވެ. ޒެހެކް ހީލައިގެން ވާހަކަ ދައްކަން ހުރި ގޮތުން އެއީ ޒެހެކް އާއި ނުހަނު ގާތް މީހެއް ކަން ނަވާރް އަށް އެންމެ ބަލައިލުމަކުން ވެސް ފާހަގަ ވިއެވެ. އެއީ ދެވަނަ އެހެން […]
ނަވާރް ވާހަކަ ދެއްކުމަށް އިނދެފައި ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވެގެން ބަލައިލިއެވެ. ޕްރައިވެޓް ނަމްބަރަކުން އައިސް މެސެޖް ފެނި ހިތް ރޫރޫ އަޅައިގަތެވެ. *** “ހެލޯ …އާދޭ ރޫމް ޓޫޒީރޯ ޓޫ އަށް..” ފޯނު ކަންފަތުގައި ޖަހައިގެން އިން ފިރިހެން މީހާގެ މޫނުން ދެލޯ ފިޔަވައި އިތުރު ތަނެއް ނުފެނެއެވެ. މާސްކަކުން ފޮރުވިގެންނެވެ. އޭނާގެ ގާތުގައި އެންމެ އަރިސް ނައުފަލް އިނެވެ. ކޮންމެ މީހަކު ކުރިމަތީގައި ބަނގުރާ ތަށިތަކެއް ހުރި އިރު އެ ކޮޓަރި ތެރޭގައިވެސް […]