Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 26

Annora Level 610 Stories100 Login100 Comments100 Stories
July 30, 2024 8 Mins Read
13 Comments

 

“އެހެން ވީމާ ސަމްތިންގް އިޒް ގޮއިން އޮން.. ނަވާގެ ބައްޕަ ނިޔާވި ދުވަހާއި އަހަރެންގެ މަންމަ ނިޔާވި ދުވަސް އެއްދުވަހެއް .. ދެމީހުން ވެސް ނިޔާވީ އެއްތާކު އެއް އޮފީހެއްގަ.. އަހަރެންގެ ބައްޕަ ނަވާގެ ގޭ ތެރެއިން ފެނުން .. އާހްހް.. ދިސް އިޒް ކިލިންގް މީ”ޒެހެކްއަށް ޖެހިގަނެވުނީ ކައިރީގައި ގޮނޑިއަށެވެ.

***

“އަހަރެން ގުޅާނަން ގެޔަށް ގޮސްފަ ބައްޕަ އާއި ވާހަކަ ދެއްކޭ ވަރު ވުމުން.. ” ޒެހެކް އަނގައިން ބަހެއް ނުބުނެ އެތައް އިރެއްވަންދެން އިނުމަށްފަހު ދާންވެގެން ތެދުވެފައި ބުނެލިއެވެ..

“އެހާ ބޮޑަށް ނުވިސްނާތި.. ވަކި ގޮތަކަށް އެއްވެސް ކަމެއް އެކަނިން ނުނިންމާތި ބައްޕައާއި ވާހަކަ ދައްކާފަ ވެސް..އެންމެން އެއްކޮން އުޅުނީމަ އީޒީ ވާނެ..” ޒެހެކްގެ ބުރަކަށީގައި ނަވާރް އަތް ޖައްސާލިއެވެ. ޒެހެކް ވެސް ބޯޖަހައިލަމުން ދަނީއޭ ބުނެ ހިނގައިގަތެވެ. ޒެހެކް ދިޔައިރު އެ މޫނުމަތިން ފެނިގެންދިޔަ ހިތާމަވެރި އަސަރުތައް ފެންނަން ހުއްޓެވެ..

“ލެޓްސް ގޯ ހޯމް ..” ޔަޒަން ނަވާރްގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. ޔަޒަންގެ އަތައް ބަލައިލަމުން ނަވާރް ވެސް ހީލިއެވެ.

“ކިހިނެތް ވީ ހެނީ…މިއަދު ހެނދުނު ހުރީ ބުލޫބެރީ ކައިގެންތަ… “ޔަޒަން ލާނެތް ގޮތަކަށް ނަވާރްއާއި ދިމާ ބަލައިލިއެވެ. ނަވާރްއަށް ޔަޒަން ބުނި އެއްޗެއް ނޭނގިގެން ކީކޭހޭ އަހައިލައިފިއެވެ.

“މިބުނީ މަ ކިސް ކުރުމުގެ ކުރިން ހުރީ ބްލޫބެރީ ކައިގެން ހޭ.. ޔޯ ލިޕްސް ޓޭސްޓްސް  ލައިކް ބްލޫބެރީ..” ޔަޒަންގެ ޖުމްލަ އިވުނު ހިނދު ގަތްލަދުން ޔަޒަންގެ އަތް ފޮޅުވާލަފައި ނަވާރް އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް ޔަޒަން ނަވާރްގެ އަތުގައި ނުހަނު ބާރަށް ހިފައިލުމުން އެކަމެއް ނުވިއެވެ.

“ދެން ހިނގާބަލަ ގެއަށްދާން … އަމް ހަންގްރީ..” ހިނގާފައި ދިޔައިރު ވެސް ކަޅި ޖަހައި ނުލާ ނަވާރްއާއި ދިމާ ޔަޒަން ބަލަމުން ދިޔުމުގެ ސަބަބުން ނަވާރް ހުރީ ލަދުގަންނަ ގޮތްވެފައެވެ..

“ކޮން އިރަކުން ޖަވާބެއް ދެނީ.. އައި ސެއިޑް އައި ހޭވް ފީލީންގްސް އޭ” ޔަޒަންގެ ޖުމްލަ ފަހުމް ނުވާފަދައަކުން ނަވާރް ބަލައިލުމުން ޔަޒަން އިތުރަށް ބުނެދިނެވެ.

އޭރުދެމީހުންނަށް ތިބެވުނީ ކާރާއި ހިސާބުގައެވެ. އެ ކާރާއި ޖެހިގެން ޕާކްކޮށްފައިވާ ކާރުން އެވަގުތުން ނުކުމެގެން އައި ލާރާ، ނަވާރްގެ ލޮލުގައި އަޅައިގަތެވެ. އޭރު ޔަޒަން އާއި ނަވާރް ފެނިގެން  އޭނާ ވެސް ހުރީ ބަލަހައްޓައިގެންނެވެ. އެލޮލުން ނަފްރަތާއި ރުޅިވެރިކަމާއެކު ހިތާމަ އެކުލެވިފައިވާ ޖަޒުބާތެއް ނަވާރްއަށް ފެނިގެންދިޔަހެން ހީވިއެވެ. ނަވާރް ބަލަހައްޓައިގެން ހުއްޓާ އޭނާ ދިޔައީ އަލާފާނުގެ ބެލުމަކުން ކަޅި އަޅާލައިފައެވެ. ހީވީ އެނަޒަރުން ނަވާރް ފިއްސާލަން އުޅުނުހެންނެވެ.

“ޝީ ނެވާ ޓޯކް .. ބަޓް ދޯސް އައިޒް އާ ސެއިން ޝީ އިޒް ޖެލަސް .. ” ނަވާރް އަދިވެސް ހުރީ ލާރާ ދިޔަދިމާލަށް ބަލަހައްޓައިގެންނެވެ. ޔަޒަން އަށް ލާރާ ފެނިގެން ވީ ފޫހިން އަނގަހަދައި ލެވުނެވެ.

“ކަމޯން އެ ބިޗް ބަހައްޓަބަލަ.. މިދުނިޔެމަތީގަ އެވަރު ފޫހި އަންހެނެއް ހުރި ކަމެއް ނޭނގެ” ޔަޒަންގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފެނި ނަވާރްއަށް ބުމަ އަރުވާލެވުނެވެ.

“އަދިވެސް ކޫ ނުކިޔާ ދެމެންނު އޭނަގެ ވާހަކައެއް.. އޭނާ ކިހިނެތް ތަ ހެދީ..”  ނަވާރް އަނެއްކަ ވެސް އަހައިލއެވެ.

“އެ ވާހަކަ ފަހުން ދެއްކިދާނެތާ ދޯ.. ނަވާ  އަދި އަލަށް ދޯ ކޫ އޭ ކިޔާފަ ތި ވާހަކަ ދެއްކީ..” ލާރާގެ ވާހަކަ ފަށާ ކޮންމެ ފަހަރަކު ޔަޒަން ފާޅުގަ އެވާހަކަ އޮއްބާލާގޮތުން ނަވާރްގެ ހިތައް ނުހަނު އުނދަގުވެއެވެ. މިފަހަރު ވެސް ޔަޒަން ހަމަ ހެދީ އެހެންނެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް  ނަވާރް ހީލިއެވެ.

“އޯކޭ އޯކޭ.. ޔާހް .. ދެން އޯކޭ އެންނޫންތަ އެ ނޭމް އިން ގޮވިއަސް” ނަވާރް ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް އޭނާގެ އަޑުން ހިތްހަމަ ނުޖެހިފައި ކަން ޔަޒަންއަށް އިޙްސާސްވިއެވެ. އެ ވާޙަކަ އޮތްބާލަން ބޭނުން ވެފައި ހުރިވަރުންޔަޒަން މިފަހަރު މާބޮޑު ކަމަކަށް ނުހަދައެވެ.  ޔަޒަން އަނެއްކާ ވެސް ހެނދުނު ކުރި ސުވާލަށް ޖަވާބު ދޭށޭ ބުނެލިއެވެ.

“އައި ވިލް އާންސްވާ ދެޓް އޮން އަ ރައިޓް ޓައިމް..” ލާރާ އާއި ޔަޒަންއާއި ދެމެދު ހިނގާފައި އޮތް ކަމެއް ނޭނގޭހާ ހިނދަކު ޔަޒަންގެ ސުވާލަށް ޖަވާބު ދެވޭކަށް އޭނައަކަށް ނެތެވެ. އިޙްސާސްތަކެއް އުފެދުމާއި ކަމުދިޔުމާއި ލޯބިވުމަކީ އޭނާގެ ނަޒަރުގައި ތަފާތު ކަންކަމެވެ. ހިތާ ދެކޮޅަށް ވެސް އެ ޖަވާބު ދިނީ އެހެންވެއެވެ. ޔަޒަން ފެނުމުން ވާ ގޮތާއި އެބަލައިލުންތަކާއި އެހިނިތުންވުންތަކުން ނަވާރްގެ ހިތައް ވާ ގޮތް އެނގެނީ ހުދު އޭނާއަށެވެ.

“ޔާހް އޯކޭ.. އެހިއިރު ވެސް އެނގޭ އޭގެ އާންސްވާ..އެކަމަކު ބޭނުންވަނީ ތި އަނގައިން ބުނާ އަޑު އަހާލަން.. ބަޓް އައި ކެން ވެއިޓް” ޔަޒަންގެ ޖަވާބުން އިސްޖެހިފައި އިން ނަވާރްއަށް ނުތަނަވަސްވެފައިވާ އިނދެވެސް ހީލެވުނެވެ. ޔަޒަން ވެސް ބޯޖަހައިލަމުން އިތުރު އެއްޗެއް ނުބުނެ ކާރު ދުއްވާލިއެވެ.

***

ގެޔަށް ގޮސްކޮޓަރިއަށް ވަދެވުނު ހިނދު އެހުރިހާއިރު ވަންދެން ހުރި ކަރުނަތައް  ހިފެހެއްޓުމެއް ނެތި ޒެހެކްގެ ކޯތާފަތްމަތިން ފައިބަން ފެށިއެވެ. ކަންކަމާ ވިސްނޭވަރަކަށް ޒެހެކްގެ ކަރުނަތައް ވީ އިތުރެވެ. ކޮންމެ ގޮތެއް ވިޔަސްއޭނާގެ ބައްޕައަކީ ގޯސްމީހެއް ކަމަކަށް އޭނާ ދުވަހަކުވެސް ގަބޫލެއް ނުކުރާނެއެވެ. ނަމަވެސް ފޮރުވިފައިވާ ހަގީގަތްތަކެއް ވާކަން ހުދު ޒެހެކް އަށް ވެސް ގަބޫލް ކުރެވުމެން ދިޔައެވެ. އޭނާ ބޮޑުވެ ވަޒީފާއަކަށް ދެވެންދެން ބައްޕަ އޭނާ ގެންގުޅުނީ ނުހަނު ސިއްރުންނެވެ. އަހާ އަހާ ވެސް ބައްޕަ ސަބަބެއް ނުބުނެއެވެ. މާމަ ދުނިޔޭގައި މާމަވެސް ސިއްރުކުރީއެވެ..

“އާހް…ކިހިނެތް ހަދާނީ..އަހަންނަށް އެނގޭ ބައްޕައަކީ ގޯސް މީހެއް ނޫން ކަން.. އަހަރެން ސީއައި އަށް ޖޮއިން ކުރީވެސް މަންމައަށް ވީ ގޮތް ހޯދަން..އެކަމަކު ކިހިނެތްތަ ދެން ހަނދަންވީ.. ނަވާރް  އާއި ޔަޒަން ބުނިހެން ހަމަ ބައްޕައާއި ވާހަކަ ދައްކަން ވީބަ.. މާމަ މަރުވުމުގެ ދުވަސްކޮޅެއް އަހަރެން ކައިރީގަ ބުނި މަންމަގެ ފެމެލީ ގާތައް ދާން ތައްޔާރުވާށޭ.. އާހް ..އަހަންނަށް ދެވޭނީ ވެސް އެ ކޮންބައެއްކަން އެނގިގެންނު ..މާމަ ވެސް އެއްވެސް އެއްޗެއް ކިއައެއް ނުދޭ.. ބައްޕަ ކާރީގަ ހަމަ އަހަން ވީބަ…ހޫމް ފުރަތަމަ ވީ ބައްޕަ އާއި ޔަޒަން އާ ބައްދަލް ވެވޭނެ ގޮތެއް ހަދަން..”އެތައް ގޮތަކަށް ވިސްނަން އޮތުމަށް ފަހު ޒެހެކް ކޮޓަރިން ނުކުމެ އަހްމަދުގެ ކޮޓަރިއަށް ވަނެވެ. އޭރު އަހުމަދު އެނދުގައި ފޯނުން ކޮންމެ ވެސް މީހަކާއި ވާހަކަ ދައްކަން އިނެވެ. ޒެހެކް ފެނުމުން ފޯނު ކުރުކޮށްލަމުން ހީލައިފާ  ޒެހެކްއަށް ގޮވައިލިއެވެ.

“ބައްޕާ ބިޒީތަ.. ކަމަކު މިއައީ ..” ޒެހެކް ހިތް ނުތަނަވަސް ވެފައި އިނދެ އަހްމަދުގެ މޫނަށް ބަލައިލިއެވެ. އަހުމަދަކީ ނުދަންނަ މީހުންނާއި އެއްވެސް ވަރަކަށް ވާހަކަ ދައްކަން ބޭނުންނުވާ މީހަކަށް ވާތީ އެ އެދުމާއި ދެކޮޅު ހަދާފާނެތީ ޒެހެކްއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އަޙްމަދު ނިތްއަރުވާލީ އަވަހަށް ބުނާށޭ ބުނާފަދަ އަކުންނެވެ.

“އަހަންނަށް އެނގޭ ބައްޕަ އެއްވެސް ވަރަކަށް ލައިކް ވާކަމެއް ނޫން ކަން ނުދަންނަ މީހުންނާ ވާހަކަ ދައްކާކަށް… އެކަމަކު މިރޭ ވެއްޖެ ބައްޕަ އަޅުގަނޑާއި އެކު ބަޔަކާ ބައްދަލް ކުރަން.. ނޫނެކޭ ނުބުނައްޗޭ..އިޓްސް ރިއަލީ އިމްޕޯޓެންޓް” ކިތަންމެ ހިތްހަމަ ނުޖެހޭ ކަމަކަށް ވިޔަސް ޒެހެކް އެހާ އުއްމީދާއިއެކު ބަލަހައްޓައިގެން އިނދެ ބުނުމުން އަހްމަދަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އަހްމަދު ބޯޖަހައިލިއެވެ. އޭރު ޒެހެކް ގަބުލް ނުކުރެވިފައި ވާފަދައަކުން ބަލަހައްޓައިގެން އިނެވެ.

“”ބައްޕަ އޯކޭ އޭ މީޓް ކުރަން..އެކަމަކު މާދަން ނޫން އަނެއް ދުވަހުގެ ރޭ ދިހަ އެއް ޖަހާއިރު ކިހިނެތް ވާނެ … މިރޭ މާ ލަސްވެއްޖެ މިހާރް.. މާދަން ރޭ އެބެއް ބައްޕަމެންގެ އޮފީހުންދޭ ޑިނާރ އަކަށް ދާންވެފަ އޮތީމަ..ދެންމެ މިހަނދާންވީ.” އަހުމަދު، ޒެހެކްއާއި ދިމާބަލައިލަމުން ބުނެލިއެވެ.

އަޙްމަދު އެ ކޮން ބައެއްތޯ ނޭހުމުން  ޒެހެކްއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ޒެހެކް އުފަލުން ހުރެ ބޯޖަހައިލަމުން އެކޮޓަރިން ނުކުމެ އަވަސްވެގަތީ ނަވާރްއަށް ގުޅާފައި އެހަބަރު ދޭށެވެ.

***

ޑިއުޓީން އައި އިރު ވެފައި ހުރި ވަރުބަލިން ނަމާދުކޮށްލައިގެން ޒަޔާން ބެލީ ޖައްސާލެވޭތޯއެވެ. ހުސްގަޔާއި އެކު ކުރު ސޯޓުކޮޅަކަށް ހަދާލަމުން އެނދަށް ޖެހިގަތެވެ. ނަމަވެސް މީޝަމް މަތިން ހަނދާންވެގެން ތުންފަތްމަތިން ރީތި ހިނިތުންވުމެއް ފެނިލިއެވެ. ފޯނުނަގައި މެސެޖް ކޮށްލިހާއިރު ނިކަން އަވަހަށް ޖަވާބު އައެވެ. ހީވީ ހަމަ ޒަޔާންގެ އިންތިޒާރުގައި ހުރި ހެންނެވެ. ޒަޔާންއަށް ކުޑަކޮން ހެވުނެވެ. ޒަޔާން މިގަޑީގަ އައުމަށް ބުނެ މެސެޖް ކުރުމުން ދެން ފެނުނީ މީޝަމް ގުޅާތަނެވެ.

“ނޫން ނޫން ނޫން …އައި ކާންޓް.. ނަވާ އެއް ވެސް ނޫޅޭ..ކުރީދުވަހު ވީ ކަންތަކަށްފަހު ކުޑާ އާ ފޭސް ކުރަން ނުކެރިފަ މިހުރީ..މިގޭގަ ނޫޅޭ އެކަކު ވެސް .. ޒަޔާން އާދޭ މިގެއަށް..” މީޝަމް އެއްފައްޗަކަށް އަމުނާލިގޮތުން ޒަޔާންގާތައް އައީ ހިންޏެވެ.

“މަށައް ޗޭންޖް ކުރެވިގެންނޭ މިބުނީ އާދެބަލާށޭ.. މަންމަ އެއުޅެނީ ބައްޕަ އާ ދެމީހުން ބޭރަށް ދާން .. އާދެ ބަ.. އައި ކޭންޓް ވެއިޓް ޓް ސީ ޔާހް..” ކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވާލައިގެން ހުރެ ޒަޔާން ބަލަމުންދިޔައީ ނޫރާ އާއި ހާރިޒް ބޭރަށް ދާން އުޅޭހެން ހީވެގެންނެވެ. އެމީހުން ނުކުމެގެން ދިޔަތަން ފެނި ޒަޔާންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ޒަޔާން އެންމެ ފަހުން ކިޔަން ފެށުމުން މީޝަމް އަންނަން އެއްބަސް ވިއެވެ. މީޝަމް އަންނަން ވާ އިރަށް ފުރަތަމަ ޒަޔާން ބެލީ އެ ކޮޓަރި ތެރެއަށް މީހަކަށް ބޯ ކޮށްޕާލަން ކެރޭވަރު ވޭތޯއެވެ. އެއްވެސް ތަރުތީބެއް ނެތި އެތަން މިތަނަށް އުކާފައި ހުރި އެއްޗިހިތައް ގޮސް ދާވަށިގަނޑައް އަޅާލި ތަނާހެން ދޮރުގައި ބާރަކަށް ޓަކި ޖަހައިފިއެވެ. ޒަޔާންއަށް ކޮޓަރި ތެރެއަށް ނަޒަރެއް ދެވުނެވެ. އޭރު އެހެން ތަންތަން އަދި އޮތްގޮތައް އޮތީއެވެ. އޭނާ ބޮއެފަ ހުރި ދަޅުތަކާއި ކައިފައި ހުރި ޕެކެޓްފަދަ އެއްޗިސް ފައިން އެއްފަރާތް ކުރަމުން ޑްރެސިންޓޭބަލް މައްޗަށް ގުޅާޔަކަށް ޖަހާފައި އޮތް ޓީޝާޓެއް ނަގައި ލަމުން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު މީޝަމް ހުރީ ލާފައި ހުރި ބޭބީ ޕިންކް ކުލައިގެ ހޫޑީގެ ހުޑް ބައިން މޫނު ފޮރުވާލައިގެންނެވެ. ޒަޔާން ހުޅުވާލުމާއެކު ވައިރޯޅިއެއްހެން އެތެރެއަށް ދެމި ގަތެވެ. އޭނާ ވައިން ލެއް އަވަސްކަމުން ޒަޔާން އަށް ގޮވާވެސް ލެވުނެވެ.

“މާތް ކަލާކޯ.. މި ކޮޓަރިއެއްތަ ނޫނީ ކުނި ގޮނޑެއްތަ…”  އެ ކޮޓަރިތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެއްކޮން މީޝަމްގެ ބޮލަށް ހީވީ އެނބުރުން އެރިހެންނެވެ. އެތައް އޮތް ހާލުން އޭނައަށް ޝަހާދަތް ކިޔުނެވެ. ޒަޔާން ހޭންފަށަމުން އައިގޮތައް އައިސް މީޝަމްގެ ގައިގާ ބައްދާލިއެވެ.

“ކޮބާ މަށައް އާންސްވާ އެއް ދީބަލަ..” އެއްވެސް ކެތްތެރިކަމެއް ނެތް މީހެއް ފަދައިން ޒަޔާން އަވަސްއަވަހަށް ބުނެލި  އަޑަށް މީޝަމްގެ ގައިން ހީބިހި ހަލުވާލިއެވެ.

މީޝަމްގެ ޖަވާބެއް ނައުމުން ޒަޔާން މީޝަމްގެ މޫނައް ބަލައިލަމުން ބުމައަރުވާލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް … މީޝް އަހަރެން ދެކެ ލޯބި ނުވަނީ ތަ” ޒަޔާން މަޑުމަޑުން އަހައިލިއެވެ. އެއާއެކު މީސަމް ވަގުތުން ނޫނެކޭ ބުނެ ބޯ ޖަހައިލިއެވެ. އޭނާ ޒަޔާން އާއި އެއްފިޔަވަލު ފަހަތައް ޖައްސާލިއެވެ.

“އަހަރެން އާންސާ ކުރިޔަސް ދުރުގަ ހުންނައްޗޭ ..އެބަހުރި ވަރަށް ވާހަކަ ދައްކަން .. ޒަޔާން އައި ލަވް ޓޫ… ބަޓް ކުރީ ދުވަހު އެވީ ކަންތައް  އެކްސްޕްލެއިން ކޮށްދީބަލަ.. ” މީޝަމް ކަންތައް ކުރި ގޮތުން ހިނިއައިސްފައި ހުރެ ޒަޔާން ބޯ ޖަހައިލިއެވެ.

“ކެން ވީ ސިޓް ފަސްޓް..” ޒަޔާން ސޯފާގައި އިއްތާލަމުން އޭނާގެ ކައިރީގަ މީޝަމްގެ އަތުގައި ހިފާ ގެނެސް ބައިންދާލިއެވެ.

ޒަޔާން ފުރަތަމަ ވެސް މާފަށް އެދުނެވެ. އެކިދުވަހު އޭނާ އަށް ކަންތައް ކުރެވުނު ވަކިވަކިން ކިއަދީ މާފަށް އެދުމުން މީޝަމްގެ ހިތައް އުނދަގުވިއެވެ. މީޝަމް ދެކެ ވެވުނު ލޯތްބާއި ފިލަން އެތައް މަސައްކަތް ކުރިކަމަށާއި ލޯބި ވެވުމުން ވެސް އެކަން ގަބޫލް ކުރަން ބޭނުން ނުވެފައި ހުރިކަމަށް ބުންޏެވެ. ނަމަވެސް އެތައް އަހަރެން ވަންދެން ހިތުގައި ފޮރުވައިގެން ހުރި ލޯބި ގެއްލިދާނެހެން ހީވެގެން އެންމެ ފަހުން ބުނީއެވެ. ތެދުތެދަށް ބުނަންޏާ ސަދަފް އާއި އެކު މީޝަމް ފެންނަ ވަރު ގިނަކަމުން އޭނާގެ އަލަތު ލޯބި ގެއްލިދާނެ ކަމުގެ ބިރު ހީވީއެވެ. ޒަޔާން އެހެން ބުނުމުން މީޝަމް ޒަޔާންގެ ގައިގާ ވިކާލިއެވެ. ޒަޔާން ޝިއުރާގެ ވާހަކަ ބުނެދިން ހިނދު މީޝަމް އަނގަހަދައިލައިގެން އިނެވެ. އެންމެ ކުރިން ވެސް އޭނާގެ ފަހަތުން އުޅުންގޮތާއި ޒަޔާން އޭނާދެކެ ވާ ފޫހި ހާމަކޮށްލިއެވެ.

“އަސްލު ވެސް ކުރީ ދުވަހު ނޭނގެ އެއީ ޝިއުރާ ކަމެއް.. އެނގުނު ނަމަ ނުވެސްނަގާނަން.. އެދުވަހު މީޝް ދެރަވެދާނެތީ އަހަރެން ކަނޑާލަން އުޅުނީ..އެކަމަކު ފަހުން ވިސްނުން އެހެން ހެދީމަ މާ ދެރަ ވާނެކަން..ގޯޑް ޕްރޮމިސް އެއްވެސް ދޮގެއް ނުލާ މިބުނީ..” މީޝަމްގެ އަތުގައި ހިފައިލައިގެން އިނދެ އެދެލޮލަށް ބަލަހައްޓައިގެން ސާބިތުކަމާއިއެކު ބުނެލި އިރު ޒަޔާންގެދެ ލޮލުގައި ވަނީ މީޝަމްދެކެ ވާ ލޯތްބެވެ.

މީޝަމް ފެންކަޅިވެފައި އިނދެ އެތައް ފަހަރަކު މާފަށް އެދިފައި ޒަޔާންދެކެ ލޯބިވާ ވަރު ބުނެލިއެވެ. ސަދަފް އާއި މެދު އެކަހަލަ ނަޒަރަކުން ދުވަހަކު ނުދެކޭ ކަމަށް މީޝަމް ބުނެލި ހިނދު ޒަޔާން ނުހަނު ބާރަށް ބައްދާލިއެވެ. އެގޮތުގައި އިރުކޮޅެއް ހޭދަވެގެން ދިޔައިރު އެކަކު އަނެކަކު ދެކެ ވާ ލޯބި އެތައްފަހަރަކު ބުނެލިއެވެ. ޒަޔާންގެ އަތުގައި ބެންޑޭޖް ކޮޅު ނައްޓާލަމުން މީޝަމް އެތާގައި ބޭސް އަޅާއިދިން އިރު އިނީ ރޮވިފައެވެ.  އެހާ ބޮޑުވަރު ވެފައި ވާތަން ފެނި މީޝަމްގެ އަޑުބޭރުވާން ފެށިއެވެ. ޒަޔާން އެކަމެއް ނޫން ކަމަށް ބުނެ އޭނާގެ މަޖާ ވާހަކަތަކުން މީޝަމް ހެއްވާލިއެވެ.

“ސޯ އަހަންނަށް ތި ދެ ފައިލްގެ ކޮޕީއެއް ލިބިދާނެތަ..” ބުނަން ނުބުނަން އިނދެފައި މީޝަމް ބުނެލި އިރު އެމޫނު މަތިން ހިސާބެއްގެ ނުތަނަވަސް ކަމެއް ފެންނަން ހުއްޓެވެ.

“އެއީ ކީއްކުރަން..” ޒަޔާންގެ މޫނުމަތިން އޭރު ފެނިގެންދަނީ ހައިރާންކަމެވެ.

މީޝަމް ދެތިން ފަހަރަކު ފަހުން ބުނާނަމޭ ބުނެ ލިބިދާނެހޭ އަހައިލިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް  ބުނީމަ ނޫނީ ނުލިބޭނެ ކަމަށް ޒަޔާން ބުނަމުން ދިޔުމުން އެންމެ ފަހުން މީޝަމްއަށް މަޖުބޫރުވީ  ހިސާބަކަށް ކިޔައިދިނުމަށެވެ. އެފަދަ ގޮތެއް ވެދާނެތީ މީޝަމް އެތަނަށް އައުމުގެ ކުރިން ވެސް އައީ ނަވާރްގެ ކައިރިން އެހުއްދަ ހޯދައިގެންނެވެ.

“ވަޓް.. ތި އެންމެން އެކަމުގަތަ ހަމަ ތިއުޅެނީ ..” ޒަޔާންއަށް ގަބޫލް ނުކުރެވިގެން އަހައިލި އިރު އެމޫނުމަތިން ފެންނަނީ އިންތިހާ ހައިރާން ކަމެވެ.

“ޔާހް.. ޒަޔާންގެ ގޮތުން އަހާނެ ކަން އެނގޭތީ  އަހަރެން ބުނިން ނަވާ ކައިރީގަ ނުބުނެ ނުވާނެ އޭ.. އޭނާއަށް ވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ ޒަޔާން ކައިރިގަ ބުނުން ކޮންމެވެސް ..އެކަމަކު މަށައް ކޮށްދޭ ކަމެއްގެ ގޮތުގަ އެނގުނަސް އިހަށް ނޭނގޭ ކަމަށް ހަދައިގެން ހުރޭ..ޒަޔާން އަށް ނޭނގުނަސް ވަރަށް ގިނަ ކަންތައް އެބަހުރި އަދި ވެސް ނޭނގޭ..އެހެން ވީމަ ޕްލީޒް…ކީޕް އިޓް ސީކްރެޓް..” މީޝަމް އާދޭހާއިއެކު ބުނެލިއެވެ. ޒަޔާން އެވަގުތު އެއްބަސްވި ނަމަވެސް ފަހުން ޔަޒަން ގާތުން އަހަން ނިންމިއެވެ. ޔަޒަން އެކަން ނޭންގުމުން ޒަޔާން ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އާނާގެ މަރުގެ ހަގީގަތް ހޯދަން ޔަޒަން އުޅޭކަން އޭނާއަށް ވެސް އެނގެއެވެ. އެކަމަކު މިހާ ހިސާބަށް ދިޔަކަމެއް ނޭނގެއެވެ. ޔަޒަން ކޮންމެ ފިޔަވަޅެއް ނެނގިޔަސް އޭނާ ކައިރީގައި ބުނާނެއެވެ. ފަހުން އެވާހަކަ އެއްވެސް ވަރަކަށް ޔަޒަން ނުދެއްކުމުން އޭނާ ހީކޮށްގެން ހުރީ އަދިވެސް ޑިޓެކްޓިވް ފައިލް ނުލިބެނީ ކަމުގައެވެ. އެ ފައިލް ވާހަކަ އޭނާ ގާތު ބުނިނަމަ އެ ދިންތާ ކިތަންމެ ދުވަހެކެވެ.

“މީޝް.. ހިނގާ މަށާ އެއްކޮން އެމީހުންނާ މީޓް ކުރަން ދާން..މަ އަތުން މި ފައިލް ދޭނަން ޔަޒަން އަށް..” ޒަޔާން ހިތްހަމަ ނުޖެހިފައި އިނުމުން މީޝަމްއަށް އެކަމާއި ދެކޮޅަށް އެއްޗެއް ބުނާކަން ނުކެރުނެވެ. ނަމަވެސް ނަވާރް ހިތްހަމަ ނުޖެހިދާނެތީ މީޝަމް އިނީ ހިސާބަކަށް ހިތްނުތަނަވަސްވެފައެވެ.

“އޯކޭ.. ބަޓް މި ވީކް އަކު ނޫން އެނގޭ .. މީ އެންޑް ނަވާ އިޒް ރިއަލީ ބިޒީ މި ވީކް ގަ.. ހޭވް ސަމް ޕްލޭންސް ޓް ޑޫ.. ” މީޝަމް ގެ ބަހަށް ޒަޔާން ބޯ ޖަހައިލިއެވެ..

ނަމްރާ ގެޔަށް އައިސް މީޝަމް ނުފެނިގެން ގުޅަން ފެށީ ވެސް އެގަޑީގައެވެ. ޒަޔާންއަށް ފޯނު ދައްކާލަމުން މީޝަމް ދާން ވެގެން ތެދުވިއެވެ.

“ކަމޯން.. ދަމުން ވެސް ނޯ ކިސެސް  ނޯ ހަގްސް..ހެދޭ” ޒަޔާން ތެދުވަމުން މީޝަމް އާއި ގާތްވެލި އިރު ހުރީ ހީލައިގެންނެވެ. މީޝަމް ލަދުން ހުރެ ޒަޔާންގެ އެދުމަށް އިޖާބަ ދިނެވެ.

***

ކޮޓަރީގައި ހުރެފައި ފެންފޮދެން ބޯން ސިޑިން އަރައިގެން ތިރިއަށް އައި ނަވާރްގެ މޫނުމަތިން ފެންނަން ހުރީ ލުއި ހިނިތުންވުމެކެވެ. ޒެހެކް ގުޅާފައި އަހުމަދްއާއި ބައްދަލް ކުރެވޭނެގޮތް ވެއްޖެ ވާހަކަ ބުނުމުން އޭނާއަށް ހުރީ އާދަޔާއި ހިލާފް ފޯރިއެއް އަރާފައެވެ.  “ކަމޯން .. މިހާރުވެސް  ކޭންޓް ވެއިޓް..މާދަމާ  ނޫން އަނެއް ދުވަސް ނުވެގެން ހުރެވެނީއެއް ނޫން.. ” އެކަނި ހުރެގެން ނަވާރް ތުންދަމާލިއެވެ. ޔަޒަން ޑިއުޓީއިން އައިގޮތައް ނިދާފައި އޮތުމުން ނަވާރް ހުރީ ޔަޒަން ހޭލާނެ އިރަކަށް އިންތިޒާރު ކޮށްގެންނެވެ.

ސިޑީގެ  އެންމެ ތިރީ ހަރުފަތުގައި ހުރެފައި އޭނާ ފަރާތް ފަރާތް ބަލައިލީ މީހެއްގެ ހިލަމެއް ވިހެން ހީވެގެންނެވެ. ހީވި ގޮތެއްކަމަށް ބަލައިފާ ހިނގައިގަންނަން އުޅުނު ވަގުތު އަނެއްކާ ވެސް ފިޔަވަޅުގެ އަޑު އިވިލިއެވެ. ކުރިމަތިގައި ހުރި ގަޑިއަށް ނަޒަރް ހިންގާލި ނަވާރް ހައިރާންވިއެވެ. ގަޑިން އޭރު ބާރަ ޖަހަނީއެވެ. އެގަޑިއަކީ މިލީނާއާއި އަކުރަމް ވެސް ކޮޓަރިން ނުކުންނަ ގަޑިއެއް ނޫނެވެ. ހިސާބެއްގެ ބިރުވެރިކަމެއް ހިތައް ވެރިވެގެންދިޔައީ ޒައިލީ މަރުވިދުވަހުގެ ހަނދާންތައް އާވެފައެވެ.

ބިރުގަނެފައި ހުރި ނަމަވެސް ކުރިޔަށް ދެތިން ފިޔަވަޅު އަޅާލި ވަގުތު ނަވާރްއަށް ފެނިގެންދިޔަ މަންޒަރުން އޭނާގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ޝަހްރޫޒްގެ ކޮޓަރިން ނުކުމެގެން ހިނގާލައިފާ އެހެރަ އަންނަނީ ދެފައި މައްޗަށް ކޮޅަށެވެ. އެވެސް އަމިއްލަ ބާރުގައެވެ.  ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އައި އިރު މޫނުމަތިން ފެނިގެންދިޔަ މަކަރުވެރިކަން ފުރަތަމަ ފަހަރަށް ނަވާރްއަށް ފެނިގެން ދިޔައެވެ.

“އަކްރަމް މަށައް ފާރަލާން ހިތުން އެ އުޅެނީ .. އޭނާއަކަށް ނުވާނެ އެއްކަމެއް ވެސް.. މިލީނާގެ ލޮލުގައި އަނދުން އަޅުވާލައިގެން މަ މިހުންނަނީ އަދި އިހަށް..އެހެންނޫނީ ވަރަށް ސަކަރާތް ވާނެ.. އެއީ އަދި އެންނު އަހަރެމެން މި ފަށައިގަތީ… އެ ޒަކީންގެ ދަރި މަންޖެ ރަނގަޅު ބޮނޑިއެއް ބޯން މިގެޔަށް އެއައީ.. މަ އަދި މިހުންނަނީ އޭނާ ހަދާ އެއްޗެއް ބަލަން ..އައްޔަގެ ދަރިފުޅު ގެންނާނަން ވަރަށް އަވަހަށް މިގެއަށް ..ދެން އެނގިދާނެތާ ދޯ އޭރަށް ވާގޮތެއް..ހުންނާނެ މަޖާ ހައްހަހައްހާ .. މިލީނާ ވެސް ވަރެއް ވެފައޭ ހުންނަނީ ޔަޒަންގެ އަންހެނުންނާ ހެދި…” މާހައުލުގެ ހަމަހިމޭން ކަމުން ޝަހްރޫޒް ދެއްކި ވާހަކަ ތައް ނަވާރްއަށް ވަރަށް ރީއްޗަށް އިވުނެވެ. އޭރު ނަވާރްގެ ދެފައި ބިންމަތިގައި ހަރުލާ ގޮތެއް ނުވިއެވެ. އޭނާ ހަނދާނަށް އައީ މިޙުރާންގެ ޑިޓެކްޓިވް ބޯޑްގެ މަތިންނެވެ. އޭގައި ޝަހްރޫޒްގެ ފޮޓޯއެއްގައި ސުވާލް މާކް އަޅާފައި އިންތަން އޭނާއަށް ފެނުނެވެ. މިހުރާން މިގޭތެރެއިން ކަމެއް ފެނޭތޯ ބަލާށޭ ބުނީ މިހެންވެ ހެއްޔެވެ. އެބުނާ އައްޔައަކީ ކާކު ހެއްޔެވެ.

ޝަހުރޫޒު އެކަމަކު ފެންނަ ފެނުމަށް އޭނާ އާ ވާހަކަ ދައްކަނީ ވެސް ނުހަނު ލޯބިންނެވެ. ނަވާރް ރަނގަޅަށް ވެސް ބޯ ހާސްވިއެވެ. ބިރުންމީހާ ރޫރޫ އަޅައިގަތެވެ. ޝަހުރޫޒް ފޯނުގައި ހުރެ އޭނާ ހުރި ދިމާލަށް އަންނަން ފެށުމުން ނަވާރް ކުރިއަށް ވުރެން ބިރުގަތެވެ. އަވަސްއަވަހަށް ފަހަތަން ޖެހެން އުޅުނު ވަގުތު ދެންވީ އަދި މާ ދެރަ ގޮތެކެވެ. ސިޑިކައިރީގައި ހުރި ގަސް މުށިގަނޑުގައި ފައި އަޅައިގަނެ މުޅި ތަނުގައި ހިފައިލީ އެ ވެއްޓި ޖެހުނު ގަދަ އަޑެވެ.

ނަވާރްއަށް އަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. ދެލޯ މަރައިލެވުނީ ޝަހްރޫޒް ހަޅޭއްލަވައިގަން އަޑަށެވެ.

***

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 6

Next

ފިނި ހިތް 1

Next
July 30, 2024

ފިނި ހިތް 1

Previews
July 30, 2024

ހިނިތުންވެލާށޭ ކަލާ 6

13 Comments!

  1. Cutie girl says:
    July 30, 2024 at 11:06 am

    Mi part vx v Reethi masha allah
    Curiously waiting for next par
    Nawaa and yazan dhuru nukurachey
    They both are made for each other
    Shahurooz haadha goahey
    Nawaa and yazan ge love story ah mi intizaaru kurani
    Rihaam and zehek merry kuruvaa avahah
    Meesham and zayaan ves
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Mi part kiyaafa rovijje
    Insha Allah alhugandu ge support Annora ah libeyne
    Love you ❤️😍

  2. Anonymous says:
    July 30, 2024 at 11:18 am

    V reethi mi part 🤗

  3. Nonamereader says:
    July 30, 2024 at 11:56 am

    Alheyyyyyy😭😭😭😭gotheh nahadhahche nawa ah 😭😭😭
    Nulafaa shahrooz 😭😭
    Vvvv cite nawa r koo ge love story 🔥🔥🥰🥰
    Fav author fav story🥰🥰
    Cant wait to see next

  4. ސަހާ says:
    July 30, 2024 at 11:58 am

    Eyru ves hyvi eyy ei hama shahrooz eyy

    Ekamu kaakuba mask alhaagen eulheny😭
    V reethi ekm thiyoh ninmaalaa gothrh dw
    Hiy dan dan laafa jehey eba
    Keep up the good work💞💞💞😍😍

  5. Kamana says:
    July 30, 2024 at 12:29 pm

    ވަރަށް ރީތި🥰🥰
    Hope to meet you in person someday 🥹

  6. Annora says:
    July 30, 2024 at 12:34 pm

    salaam finally uploaded!!hehe .. thank you lovely readers 🙂 🙂 … i just submitted episode 27..unmeedhu kuran 27 ves hurihaa readers ah kamudhaane kamah <3 <3 🙂 🙂

  7. Dhonhiyala says:
    July 30, 2024 at 2:12 pm

    Heyyyyynnnn noooonnnnn thihen nuhadhaa nawa ah👊👊👊
    Ekuhja fakeery salaamai kurey heyonuvaane😒😭😭😭
    Kobaa tha yazangadu😭😭
    Avahah up vaane nama
    Esfiya haadha bodu dhoka ekey thidhiny
    Vaahaka submit kurithaa 3 days fahun vuyya thi upkohla dhinu😭😭
    Aharemen kehnulavaagen mithibii vaahaka ah inthizaaru kohgen
    Heyovaane tha😒
    Storyy is very beautiful 😍 but cant wait for the next
    And so happy to know that 27 submit kurikan egumun
    It means alot kiyaa hithun keh nulavaahen ukhey reader akah😭😭💞💞💞💞

  8. Rooya says:
    July 30, 2024 at 2:22 pm

    Vvvvv reeethi
    Hama bunaane ehcheh ves neygifa mi iny🥰
    Ninmaali goi sakaraai😩
    Unmeedhu kurany next part ves kiyaalan libehne kaamah v avahah.. shahrooz hehn eyru viyas hyvi ey roo ah 🤦‍♀️… Egola weird kon ulhunyma..Dhen v curious vey eba mask elhi myha eii kaaku thi balan😩

  9. Amaany says:
    July 30, 2024 at 3:13 pm

    Dhenn😩😩😩
    Hiiiii annnss 🤍🤍🤍 V salhi
    Maa kuru hen hyvany 😭😭kiyaahithun hutta nimun iru ves neygey😩… miulhey myhaa gadah varugadha ladeh dheyn v
    Shahrooz gadah 😡😡😡😡…foohi naufal eh dhen ulheyny
    Im waiting for that coma ga goi person aky kaaku tho balaalan 🤍🤍🤍
    Hyvany hama zehek mamma hen💡
    E pot vehje adhi vehten …navaa fakeeeruuuu hiyhvaru kohlaaaa💞💞
    Cant wait hama
    Anyways hws you my love 💞💞💞

  10. Amaany says:
    July 30, 2024 at 3:13 pm

    Dhenn😩😩😩
    Hiiiii annnss 🤍🤍🤍 V salhi
    Maa kuru hen hyvany 😭😭kiyaahithun hutta nimun iru ves neygey😩… miulhey myhaa gadah varugadha ladeh dheyn v
    Shahrooz gadah 😡😡😡😡…foohi naufal eh dhen ulheyny
    Im waiting for that coma ga goi person aky kaaku tho balaalan 🤍🤍🤍
    Hyvany hama zehek mamma hen💡
    E pot vehje adhi vehten …navaa fakeeeruuuu hiyhvaru kohlaaaa💞💞
    Cant wait hama
    Anyways hws you my love 💞💞💞

  11. Your besty says:
    July 30, 2024 at 3:23 pm

    Ahchaa reehcheyyy
    Yazan and nawa is soooo cute
    But mi laara aii ais e love story ga hangama hadhan ukheyne hen hyvany
    Eyna r shahrooz dhevan v 🤣🤣🤣🤣
    Cant wait tor the nxt

  12. Ayan 1997 says:
    July 30, 2024 at 4:22 pm

    Heyy gurl

    V reethi mi part ves🔥
    Cant wait for next 😬

  13. Laya says:
    July 30, 2024 at 7:20 pm

    I just want mihuraan ge single life ah 💡kan annan
    Eyrun dhen furihama vaany

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 27←


All Right Reserved!