Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 28

Annora Level 610 Stories100 Login100 Comments100 Stories
August 2, 2024 12 Mins Read
35 Comments

“ލާރާ… އަލީ ހިލްމީ.. މި އަލީ އަކީ ތަ ބައްޕަ ގެ ރައްޓެއްސަކީ..” މިލީނާގެ މޫނުން ފެނިގެންދިޔަ ނުރުހުން ލާރާއަކަށް ސިއްރެއް ނުވިއެވެ. ހިތް ނުތަނަވަސް ވިއަސް މިގެއަށް އޭނާ އައި ބޭނުން ހަދުމަކޮށްލައިގެން ހުއްޓެވެ.

***

ޝަހްރޫޒް ނިކަން ހިނިއައިސްފައި ހުރެ މިލީނާއަށް ބޯ ޖަހައިލަމުން ހިލްމީއާއި ވާހަކަ އަޅުވާލިއެވެ. ހިލްމީ އެންމެ ފަހަރަކުވެސް މިލީނާއާއި ދިމާ ބަލައިނުލައެވެ.

މިލީނާ ރުޅިގަދަވެގެން ދިޔައީ އިންތިހާއަށެވެ. މޫނުވެސް ރަތްވެފައިވާ އިރު ތުރުތުރުވެސް އަޅާހެން ހީވެއެވެ. ލާރާ އާއިދިމާލަށް އެއްޗެއް ބުނަން އުޅުނު ހިނދު ނޫރާއާއި ހާރިޒް އައިސްވަނުމުން އެބަސްތައް ހިންދާލަން މިލީނާއަށް މަޖުބޫރުވިއެވެ. ލާރާ އާއި ހިލްމީ ފެނުމުން މިލީނާގެ ހިތާ ސިކުނޑިން ދިޔައީ ކަމެއް ގޯސްވާން އުޅޭ ކަމުގެ ރަނގަބީލް ދެމުންނެވެ. ޔަޒަން އަށް ލާރާ ހެދިގޮތް ދުވަހަކު ވެސް މިލީނާ ހަނދާން ނުނެތޭނެއެވެ. މުރާދު ތިރިއަށް ފޭބުމުން މިލީނާ ލޮލުގެ އިޝާރާތުން މުރާދުއަށް ލާރާ ދައްކާލިއެވެ. މުރާދު  އަށް ވެސް ލާރާ  އެނގޭތީ އޭނާގެ މޫނުން ވެސް ހިތްހަމަ ނުޖެހުން ފެންނަން ހުއްޓެވެ. މުރާދު އާއި އެކު ލާރާ ދިޔަތަން ފެނި މިލީނާ ދެން ބަލައިލީ ހިލްމީޢަށެވެ. ޝަހްރޫޒް އާއި ސަލާމްކުރުމަށްފަހު އޭނާ ވެސް އެގަޑީގައި ދާން ނުކުތެވެ. ނުކުމެގެން ދާންފެށުމުން ވެސް މިލީނާހުރީ އޭނާ ބަލައިލާނެކަމެށޭވެ. ނަމަވެސް ހިލްމީ އެންމެފަހަރަކު ވެސް މިލީނާއާއި ދިމާ ބަލާވެސް ނުލައެވެ.

***

މީޝަމްގެ ކައިރީގައި އުޅެއުޅެފައި ނަވާރްއަށް ގެއަށް އާދެވުނީ މަގްރިބް ނަމާދު ބަންގި ގޮވަނި ކޮންނެވެ. ގެއަށް އައި ހިނދު ފެނުން  މަންޒަރަކުން ހީވީ ހިނދުކޮޅަކަށް ހިތުގެ ހިނގުން ހުއްޓިލި ހެންނެވެ. ސޯފާގައި އެއިނީ ލާރާ ނޫން ދެވަނަ މީހެއް ނޫނެވެ.ނަވާރް ފެނުމުން އޭނާ ނުބައި ފާޑަކަށް ހީލައިގެން އިނެވެ. ދެވަނަ ސިކުންތުގައި ނަވާރްގެ މޫނަށް ވެރިވީ ރުޅިވެރިކަމެވެ. އެއްޗެއް ބުނަން އަނގަހުޅުވާލި ހިނދު މިލީނާ ބަދިގެ ތެރޭގައި ހުރެފައި ނިކަން ލޯބިން  ދަރިފުޅާއޭ ކިޔާފައި ގޮވާލިއެވެ.

ބަދިގެއަށް ވަދެ މިލީނާ ، ނަވާރް ގޮނޑިއެއްގައި ބައިންދާލިއެވެ.  “އެނގޭދޯ އެ ކާކު ކަން… ” މިލީނާގެ މޫނުމަތިން ވަރަށް ބޮޑަށް ދެރަވެފައި ވާކަން ނަޥާރްއަށް ފާހަގަވިއެވެ. ނަވާރް އިސްދަށައް ޖަހައިލަމުން ބޯޖަހައިލިއެވެ. “ދަރިފުޅާ  މަންމައަށް މާފް ކުރާތި…ކާފަގެ ރައްޓެއްސެއް އޭނާގެ ބައްޕަ އަލީ އަކީ..މަންމަ އަށް ކުޑަކޮން ވެސް ހީވެފަވެސް ނެތް އަލީ އާއި ކާފަ ރަހްމަތްތެރިން ނަށް ވެދާނެ ކަމަކަށް..އޭރު ޒޭން އާއި ލާރާގެ ކަންތައް ވެސް ކާފަ އަކަށް ނޭނގޭނެ ތާ ދޯ ކާފަ ނޫޅޭ ދުވަސްކޮޅަކު ހިނގީމަ …މިގެއަށް އޭނާ އަންނަން ކާރަށް އެރީމަ ކާފަ ބުނީ މަންމަ ކައިރީގަ ރަހްމަތްތެރިއެއްގެ ދަރިއެއް ހަފްތާއަކަށް މިގެއަށް ގެންނަވާހަކަ.. މަންމަ ކިއައިފިން ޒޭން ގާތުގަ ބުނާށޭ..  ދެން ކާފަ ގުޅިއިރު ޒޭން ވަރަށް ބިޒީކޮން އުޅެނީ..ކާފަގެ ރައްޓެއްސެ ދަރިއެއް ގެންނަން ހޭ ހަފްތާއަކަށް  އެހީމަ ޒޭންވެސް ބުނީ އާއެކޭ..ކާކުތޯ ވެސް ޒޭން ނާހަ ބިޒީވެ ދެން އެގަޑީގަ ބޭއްވީ..ދެންމެ ގެޔަށް އެއައީ..އައި ތަނުން މީނަ ފެނުނީމަ ކިހާ ރުޅިގަދަވާނެ..އެކަމާ ހުރެ އެ ވަނީ މަންމަދެކެ ވެސް ހިތްހަމަ ނުޖެފަ ހުރެ ރޫމަށް… ދަރިފުޅު ކަންބޮޑު ނުވާތި.. މަންމަ ހުއްޓަ ލާހިކެއް ނޫން އޭނައަށް  އެއްވެސް ކަމެއް  ކުރާކަށް.. އެހެންމީހުންގެ ސިކުނޑި ކާލިޔަސް މަންމަ ހުންނާނީ ހޭ އަރައިގެން.. މި ދެލޮލުން ދެކުނީ މީގެ ދިހަ އަހަރުކުރިން އޭނާ ޒޭންއަށް ޖެއްސިހާލު.. “މިލީނާގެ ޥާހަކަތަކު ލާރާދެކެ އޭނާ އަންނަ ރުޅި ނަވާރްއަށް ހާމަވިއެވެ.

މިލީނާގެ ވާހަކަތަކުން، ބަރުބޮޑުވެފައިވާ ނަވާރްގެ ސިކުނޑިއަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ޔަޒަން ދެކެ ކުރިއަށް ވުރެން ބޮޑަށް ހިތްހަމަ ނުޖެހެވުނެވެ.

ޝަހްރޫޒް ދިފާއުކޮށް ފައި މިލީނާ ވާހަކަ ދެއްކި ގޮތުން ވެސް ނަވާރް ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް މިލީނާގެ ކުށެއްވެސް އޭގައިނެތެވެ. ތަންދޮރު ނޭނގޭހާ ހިނދު އޭނާ ނަމަވެސް ވާނީ އެފަދަގޮތެއް ތާއެވެ. ޝަހްރޫޒްގެ ފަތިފުށް އެނގިފައިވާތީ ނަވާރް އަށް އެވަގުތުވެސް ވިސްނުނީ އޭނާއާއި ދޭތެރޭގައި އެންމެ ނުބައިކޮންނެވެ. ލާރާ އާއި ޝަހްރޫޒް ކޮންމެ ވެސް ގުޅުމެއް އޮންނަކަން އޭނާއަށް މިހާޜް ޔަގީންވި ނަމަވެސް އެމީހުންގެ ހުރިހާ ކަމަކަށް ފާރާލާން ނަޥާރް އަޒުމް ކަނޑައެޅިއެވެ.

މިލީނާއާއި އިރުކޮޅެއް ވަންދެން ވާހަކަ ދައްކާލަން ހުރެފައި ނަމާދަށް ލަސްވާން ފެށުމުން ނަވާރް ކޮޓަރިއަށް ވަނެވެ.

މުޅި ދުވަހު ޔަޒަންއާއި ފިލައިގެން އުޅެފައި ކުރިމައްޗަށް އަރަން ޖެހުމުން ހިސާބަކަށް ނަވާރްގެ ހިތްނުތަނަވަސްވިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށް ފަހު ނަވާރް އެތެރެއަށް ވަން އިރު ޔަޒަން އެނދުގައި އިށީންދެލައިގެން އިނެވެ. ނަވާރް ފެނުމާއިއެކު ތެދުވައިން ގޮތުން ހީވީ އެތައް އިރެއްގެ އިންތިޒާރެއް ހެންނެވެ.

“ފޯނު ކޮބާ…” ނަވާރް ފެނުމުން ފުރަތަމަ ވެސް ޔަޒަންގެ ހިތްހަމަ ނުޖެހިފައިވި އަޑުން ސުވާލް ކޮށްލިއެވެ. އިސްދޮށައް ޖަހައިގެން ހުރެ ފޯނުނިވިފައޭ މަޑުމަޑުން ނަވާރް ބުނެލިއެވެ.

“ނޭނގޭތަ މުޅި ދުވަހު މަށައް ނުފެނި ތިހެން އުޅުނީމަ މަށައް ވާނެ ގޮތެއް..ގެއަށް ވެސް ގޮސްފަ މިއައީ..ގެއަށް ވަންނަނިކޮން ޒަޔާން ކިޔައިފި މީޝް އާއެއްކޮން އުޅެއުޅެފަ ދެންމެ ރިހާމް ބޭރަށް ދަނިކޮން އޭނާ އާއެއްކޮން ގެއަށޭ އެދިޔައީއޭ..”ޔަޒަން ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން ނަވާރް ގައިގާ ބައްދާލި ހިނދު ތެޅިގަނެފައި ނަވާރް ދުރަށް ދިޔައެވެ.

”ކިހިނެތްވީ..” ނަވާރްގެ އަތުގައި ހިފާލަމުން ޔަޒަން އަހައިލިއެވެ. ލާރާ އެގެޔަށް ގެނެސްފައި ވެސް  އެވާހަކަ ނުފަށާ އެހެން ވާހަކަތައް  ދައްކަން ފެށުމުން ނަވާރްގާތައް ރުޅިއަންނަން ފެށިއެވެ.

“ލާރާގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭދޯ މިހާރުވެސް..އެވާހަކަ މިހާރް ވެސް ދައްކާފިއްޔާ ހަމަ އިގްނޯ ދޯ ކުރާނީ” ނަޥާރް ފުރަތަމަ ފަހަރަށް ޖެއްސުމަށް އޭނާއާއި ވާހަކަ ދެއްކުމުން ޔަޒަން ހުރީ ގަބޫލް ކުރަން ދަތިވެފައެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ކަރުއެލުވާލެވުނީ ލާރާގެ ވާހަކަ ނަވާރް ފެށުމުންނެވެ.

” އަހަރެން ބުނީމެންނު މެރީ ކުރުމުގެ ކުރިން ވެސް ލާރާ ދެކެ ލޯބި ވަންޏާ ބުނާށޭ.. ކީއްވެ ނުބުނެވުނީ…ކީއްވެތަ މިސްއަންޑަސްޓޭންޑް ވާހެން މަށައް ޓްރީޓް ކުރަނީ..ކުރާ ކޮންމެ ކަމަކުން ހީވި ލައިކްވެގެންނޭ އެހެން އެކަން ކުރަނީ..ފީލިންގްސް ހުރި ވާހަކަބުނުމުން އަހަރެން ވި އުފާ ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ…. މިއަދުވެސް  އަހަރެންގެ ކޯލްތަކަށް އިގްނޯ ކޮށްފަ ލާރާއަށް މެސެޖް ކުރީ… ނުވިތާކަށް މިގެޔަށް ގެނެސް ….ޔަޒަންއާއި ލާރާ އާއި ދެމެދުވީ ކަންތަކުގެ ވާހަކަ އެހިޔަސް ތާއަބަދު ޔަޒަން މަށައް ކުރަނީ އިގްނޯ…ކީއްވެތަ ޔަޒަން އަމިއްލަ އަށް ލާރާގެ ވާހަކަ ނުފެށީ..ކީއްވެތަ ދޮގުހެދީ..” އެހުރިހާ ޝަކުވާއެއް ވީ ނަވާރްގެ ހިތުގައެވެ. އެއްވެސް ބަހެއް ދުލާއި ހިސާބަކަށް ނައެވެ. އެއްވެސް އެއްޗެއް ޔަޒަން ނުބުމުން ހިތް ރޮމުންދިޔަ ހާލުގައި ނަވާރް ވަނީ ފާހަނައަށެވެ.

އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން ފެށިއެވެ. ގިސްލެވެން ފެށުމުން ފާހާނާގެ އިސްކޫރުތައް ނަޥާރް ދޫ ކޮށްލީ އޭނާ ރޯ އަޑު ޔަޒަން އަށް އިއްވަން ބޭނުން ނުވެގެންނެވެ. އެތައް އިރަކު ފާހާނާގަ ހުރުމަށް ނަވާރް ނުކުތެވެ. އޭރު ޔަޒަން އެނދުގައި އޮށޯވެގެން އޮތީ ސީދާ ނަވާރްއާއި ދިމާ ބަލަހައްޓައިގެންނެވެ. ހީވާ ގޮތުން ނަވާރްގެ އިންތިޒާރު ގައެވެ. ވުޟޫކޮށްގެން ހުރުމުން ނަވާރް އެކަމަށް އަޅާލުމެއްނެތި ގޮސް ނަމާދުކޮށްލިއެވެ.

“ވީ ނީޑް ޓް ޓޯކް.. ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންގް އެއް އެބޯޅޭ… “ނަމާދުކޮށްގެން ނަވާރް ތެދުވަންތައް ފެނި ޔަޒަންއަށް ގޮވައިލެވުނެވެ. ނަމަވެސް އެއަޑަށް ބީރު  ކަންފަތެއް ދީފައި ނަވާރް ބާލީހަކާއި ކްއިލްޓެއް ނަގައިގެން ސޯފާގައި ޖައްސާލުމުން ޔަޒަން އަށް އިތުރަކަށް ގޮވާކަށް ނުކެރުނެވެ. ނަވާރްގެ ދުޅަވެފައި ދެލޮލުން ފާހާނާގައި ހުރެ ރޮއިފައިވާކަން އެނގި ޔަޒަންގެ ހިތައް ތޫނު ތަދެއް ވަމުން ދިޔައެވެ. ނަޥާރް ސޯފާގައި ޖައްސާލީ އޭނާ އެނދުގައި އޮތުމުން ނޯންނަން ކަން ޔަޒަން ވެސް އަށް އެނގެއެވެ. ހިތައް ތަދުވިނަމަވެސް ޔަޒަން ކެތްތެރިވީ ނަވާރް ހަމަޔަކަށް އެޅުމުން ވާހަކަ ދައްކާށެވެ. ލާރާ އެގެޔަށް އައުމުން އެކަމާ އޭނާ ރުޅިގަދަވެފައި ވާ ވަރު އެނގޭނީ ހެއްދެވި ފަރާތަށެވެ. ނަވާރް އައުމުގެ ކުރިން ޔަޒަން އަށް ލާރާ ފެނުނުހިނދު ޔަޒަންގެ ގާތައް ވެރިވި ރުޅިގަނޑު ތާޒާ ކަންމަތީގައި އަދިވެސް އެބަހުއްޓެވެ. ލާރާ ގާތު ގެއިން ނުކުތުމަށް ޔަޒަން އެތައް އަމުރެއް ކުރިއެވެ. ދުވަހަކު މީހަކާއި ދިމާލަށް ނުބަވާ ވަރަށް ބެވިއެވެ. ޝަހްރޫޒް އައިސް އެކަމަށް ހުރަސް އެޅިއެވެ.  ޝަހްރޫޒް ހުރަސް އެޅިނަމަވެސް އެވަގުތު ނަވާރްގެ މަންމަ އެގޭގަ ނެތްނަމަ އޭނާގެ ދެއަތުން ލާރާ އެގެއިން ނެރުނީހެވެ.

***

އޮފް ދުވަހަކަށް ވުމުން މިޙްރާން ހޭލީ ތިނެއް ޖަހަން ކައިރި ވެފައި ހުއްޓައެވެ. ނަމާދު ކޮށްގެން މިޙްރާން ފޯނަށް ބަލައިލިއިރު ނުދަންނަ ނަމްބަރެއްގެ ފަސްވަރަކަށް މިސްކޯލްއާއި ނަވާރްގެ ބާރަ ވަރަކަށް މިސްކޯލް އިންތައް ފެނުމުން މިޙްރާން ފުރަތަމަ ގުޅާލީ ނަވާރްއަށެވެ. ރިންގް ވިތަނާ ހެން ފޯނު ބިޒީކޮށްލުމަށްފަހު ޓެރެސްއަށް އެރުމަށް ބުނެ މެސެޖްއެއް ކޮށްލިއެވެ.

މިޙްރާން އަށް  އާދެވުން އިރު ނަވާރް ކޮފީ ހަދައިގެން އިންތިޒާރުގައި ހުއްޓެވެ. ކައިރީގައި ބެލްކޮނީގެ ފާރަށް ލެނގިލައިގެން ހަށަން ބަނދެގެން މީޝަމްވެސް ހުއްޓެވެ. އެހެން ހުއްޓާ ޒަޔާން ގުޅާތަން ފެނި ނަވާރްއަށް ފޯނު ދައްކާލައިފާ މީޝަމް  ދިޔައެވެ. މިޙްރާންގެ ނަޒަރް ފުރަތަމަ ވެސް ދަތުރު ކޮށްލީ ނަވާރްގެ ދުޅަވެފައިވާ ދެލޮލަށެވެ.

“ނަވާ.. ޔޫ އޯކޭ..” ނަވާރްގެ ކުރިމަތީގައި ހުއްޓިފައި މިހްރާން އަހައިލި އިރުވެސް ނަވާރްގެ ލޮލުން ކަރުނައިގެ އަސަރު ފެނުމުން ދާދި ފަހުންވެސް ރޮއެފައި ހުރިކަން ހާމަވެއެވެ.

ނަވާރް ހިންދިރުވާލަމުން ހުރިހާ ކަމެއް ރަނގަޅޭ ބުނެލީ ބޮޑުވާ އިނގިލި ދައްކާލަމުންނެވެ.

“އަހަރެން ހާދަ ވަރަކަށް ގުޅާފީމޭ..ނިދާ ހޭލައިގެން ތަ ތިއައީ.. ” ނަވާރް ހީލަމުން އަހައިލިއެވެ. މިޙްރާން ވެސް ފާޑަކަށް ހުރެފައި ބޯޖަހައިލިއެވެ.

“އައި ސޯ ސަމްތިންގް ވިއާޑް އިން ދެޓް ހައުސް .. ” ނަވާރް ބުނެލި ޖުމްލައިން މިހްރާން އަށް ނިތް އަރުވާލެވުނީ އެ ބުނި އެއްޗެއް ފަހުމް ނުވެގެންނެވެ.

ނަވާރް ދެން ކިއައިދިނީ އެރޭ ޝަހްރޫޒް ފެނުން ގޮތެވެ. ފޯނުގައި ހުރެ ދައްކަމުން ދިޔަ ވާހަކައެވެ. މީހެއްގެ ހިލަން ވިހެން ހީވެގެން ދެން ގޮސްފަ އައީ ގޮނޑީގައޭ ވެސް ނަވާރް ބުނެލިއެވެ. ނަވާރް އެވާހަކަ ކިޔައިދީ ނިމުމުން މިހްރާންގެ މޫނުމަތިން ޝޮކް  ޖެހުނު ކަން ހާމަވެއެވެ. ހައިރާން ވެގެން  އިރުކޮޅަކު ބަހެއް ނުބުނެވިފައި އޭނާއަށް ހުއްޓެވެ.

“އެއީ ދޯ މިވާ ގޮތަކީ..އެނގޭތަ.. އަހަރެން ބުނީމެންނު އާނާ މަރުވުމުގެ ކުރިއަށް އޮތް ދުވަހު ބައްދަލް ކޮށްފަ އެހެންޏާ ނުކިޔާ ވާހަކަތައް ވެސް ކިޔަދިނޭ ދޯ..ޝަހްރޫޒްގެ ކިބައިން ތިކަހަލަ ކަމެއް ފެނޭތޯ މަމިހުންނަނީ ހަމަ.. ފައިނަލީ.” މިހްރާންގެ މޫނުމަތީގައިވަނީ އާދަޔާއި ހިލާފް ހިތްހަމަޖެހުމެކެވެ. ނަވާރް އަވަސް އަވަހަށް ކިޔާދޭށޭ ބުނެލައިފިއެވެ.

” އާނާ އެދުނީ …މިލީނާ ދައްތަ، އާނާ އުފަންކުރި ހޮސްޕިޓަލަށް ގޮސްފަ އެދުވަހު ކަންހިނގިގޮތް ބަލަން… އެދުވަހުގެ ވީ އެންމެ ކުޑަ ކަންތަކުން ފެށިގެން އެންމެ ބޮޑު ކަންތައް ހޯދަން ބުނީ.. ނޭނގޭ އަހަންނަކަށް ވެސް ކީއްވެކަމެއް …ދެން ނާނާބުނީ އޭނާގެ ކާފަގެ ކޮންމެ ކަމަކަށް ފާރަލާން…ދެން ބުނީ އޭނާއާއި ވަރަށް ދުރުގަ ވެއްޖެއޭ އޭނާ ނެތް ދުނިޔެއެއްގައި ވެސް ޖަސްޓިސް ލިބެންޖެހޭ ފަރާތެއް..ދުވަހަކު ވެސް ލޮލަށް ވެސް ނުދެކެމޭ ބުނީ.. އެކަމަކު ވެސް  ވަރަށް ލޯބި ވެއޭ.. ދިސް އިޒް ވަޓް ޝީ ޓޯލްޑް..” މިހްރާންގެ ޖުމްލަތަކުން މިފަހަރު ދެލޯ ބޮޑުކޮށްލީ ނަވާރްއެވެ. އެހާއެއްކޮން އުޅެފައި ވެސް އޭނާގާތު އާނާ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ތަފާތު އެތައް އެއްޗެއް ހިތައް އަރާ ފައިބަމުންދިޔައެވެ.

“ވެއިޓް ވަޓް … އާނާގެ ކާކު..” ނަޥާރް އިސްތަށިގަނޑަށް އަތް މަހާލަމުން މިހްރާން އާއި ދިމާ ބަލައިލިއެވެ.

“ނޭނގޭ ދަރިޔާ.. ފުރަތަމަ ހިނގާ އެ ހޮސްޕިޓަލްއަށް ދާން.. ދެން އިތުރަށް ކަމެއް އޮޅުން ފިލާނީ ވެސް ފުރަތަމަ ސްޓެޕް ވެސް ނެގިގެން..” މިހްޜާން ދޫކޮށްލީ ފުންނޭވާއެކެވެ. ނަވާރްވެސް އެކަމާއިއެއްބަސް  ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

“މިރޭ ވާން ވާއިރަށް ދެން ނުވާނެ.. ސީ ޓައިމް..އަދި ގެއަށް  ނުގޮސްމިއުޅެނީ ..” ނަވާރް އަތުގައި އޮތް ގަޑި ދައްކާލަމުން ހީލިއެވެ.

“އެބަ ޖެހޭ ވަރަށް ގިނަ ވާހަކަ ތައް ވެސް ދައްކަން …” ނަވާރް ރެއިލިންގްގައި  އަތް އަޅުވާލި އިރު އޭނާގެ ސިކުނޑީގައި ވަނީ ވަރުގަދަ ތޫފާނެއް އުފެދިފައެވެ. އާނާގެ އެ ވާހަކަތަކުން ނަވާރްގެ ހިތުގައި އެތައް ޝައްކު ތަކެއްވަނީ އުފެދިފައެވެ. އެބުނާ ހޮސްޕިޓަލަކަށް އޭނާ ދާނެއެވެ.  އާނާ އެބުނަނަނީ ކޮންކަންތައްތަކެއްގެ ވާހަކަހެއްޔެވެ. އާނާ ލޯބިވާ ހާއްސަ ފަރާތަކީ ކާކުހެއްޔެވެ.  ނަޥާރްގެ ސިކުނޑީގައި ހީވީ އެއްޗަކުން ތަޅަމުން ދާ ހެންނެވެ.

“ނަވާ ދެންމެ ޝަހްރޫޒް ދެއްކި ވާހަކައިގެ ތެރެއިން ބުނީމެންނު އައްޔައެކޭ.އެ ކާކު ..ލާރާ  އަކީ ޔަޒަން ގެ އެކްސް  ކަން މަށައް ވެސް އެނގޭ  ..އެކަމަކު އެމީހުންގެ ތެރޭގަ ހިނގިކަމެއް ނޭނގޭ …” މިހްރާންގެ ސުވާލުން އެންމެ ފަހުން ނަވާރް ދޫކޮށްލީ ފުންނޭވާއެކެވެ. މިހްޜާން އާއި  ބައިވެރިވެގެން އެކަން ކުރަން އުޅޭއިރު އެވާހަކަ  ނުކިޔައިދީފިނަމަ އެއީ ވަރަށް އުނދަގު ކަމަކަށް ވެދާނެކަމަށް ކަމަށް ނާވަރްއަށް ހީވިއެވެ. ލޯމަރާލަމުން ފުންނޭވާއެއް ނަވާރް ދޫކޮށްލިއެވެ.

“ލާރާއަކީ ހިލްމީގެ ދަރިއެއް ..ހިލްމީ މަސައްކަތް ކުރަނީ އަހަރެމެންގެ ޔުނިޓްގެ ހެޑަކަށް…އެ މަގާމަށް އޭނާއައީ ވެސް  ވަރަށް ފަހުން…އެހެންވެ އޭ މަށާ ޔަޒަން އަށް ވެސް މިތިބެވެނީ  ސޭމް ޔުނިޓްގަ..ލާރާއަށާ އޭނައަށް އެއް ޔުނިޓްގަ ތިބެވެންޏާ އަހަރެމެންނަށް ކީއްވެ ނުތިބެވެންވީ..ދެން ނޭނގެނީ ސަހުރޫޒް އާ ހިލްމީގެ ގުޅުން…އެނގެނީ ރަނގަޅު ގުޅުމެއް ނޯންނާނެކަން” ނަވާރް ބޯ ހާސްވެފައިވާ ފަދައަކުން އިސްތަށިގަނޑަށް ދަމާލިއެވެ. މިހްރާންއަށް “އޯހް” އޭ ބުނެލެވުނެވެ. ހައިރާންވެފައި ވި ވަރުން އިތުރު ބަހެއް ދުލަށްވެސް ނައީއެވެ. ދެމީހުން އެތާގައި ތިބެފައި ތިޔައީ މިހްރާންގެ ކޮޓަރީގައި ހުރީ ބޯޑުގެ ކައިރިޔަށެވެ. ދިޔަ މަގުމަތީގައި މިހްރާންއަށް އަހްމަދުގެ ވާހަކަ ނަވާރް ކިޔައިދިނެވެ.

“މިހާރް ކޮންމެ ވެސް ވަރަކަށް ވާނުވާ އެބަ އެނގޭ .. އަހުމަދަކީ ޒެހެކްގެ ބައްޕަ.. ޔަޒަން އަށް އާނާ ތިގޭން ފެނުނު ދުވަހު އެތަނުގަ ހުރި މީހަކީ އަހުމަދު …. އާނާ އާއި ނަވާ އަށް މިގޭ ކުރިމަތީގަ މިހިރަ ބިލްޑިންގަ ހުރެގެން ފާރަ ލީއެހެން މީހެއް … އަހުމަދުގެ އަންހެނުން ޒައިރާ އާއި ކުޑާބެ މަރާލީ އެއްތާކު އެއް ދުވަހެއްގަ… ވަޓްސް ގޮއިންގް އޮން ވިތް އެލްޑާސް..” ޑިޓެކްޓިވް ބޯޑްގައި ލިޔަމުންދިޔަ އެއްޗިސްއަށް ނަޒަރު ހުއްޓައިގެން މިހްޜާން  އިނެވެ.

“މަށައް ހީވަނީ އަހުމަދްބެ އާ ބައްދަލް ކޮށްފަ ހެން ދެން އިތުރު ކަމަކަށް ދާން ވީ…މިހާރް އެ އޮތް އިރު އޮއްސެނީ އެތަނުން ނިމިގެން ހަބަރެއް ވާނަން .. އެނގޭތަ އާނާ ބުނީ ކޮން ހޮސްޕިޓަލް އެއްގެ ވާހަކަ އެއްކަން ” އަތުކުރީގައި އަޅަފައި އޮތް ގަނޑިއަށް ނަޒަރެއް ދެމުން ނަވާރް، މިޙްރާން އާއި ދިމާބަލައިލިއެވެ.

“މްމްމް ރެޑްކްލިފް…” މިހްރާން އުނދަގޫ ގޮތަކަށް ހަނދާންކޮށްލިއެވެ. ޔަގީން ކޮށްލަން އޭނާގެ ނޯޓުފޮތް ނަގާފައި  ބަލައިލަމުން ބޯޖަހައިލިއެވެ.

“އޭންން.. ރިހާމްބެ ވޯކް ކުރާ ހޮސްޕިޓަލް..” ނަވާރް އަޑާއް ބާރުވެގެން އައިއިރު ހައިރާންކަން އިންތިހާއަށް އެމޫނުމަތިން ފެނިގެންދިޔައެވެ. ނަވާރްގެ އެޖުމްލަތަކުން މިހްރާންއަށް  ވެސް ވިސްނައިގަނެވުނީ ދެނެވެ.

“އަޅެ މިއޮތް ހުރިޙާ ދުވަހަކު ނަވާ ބުނާކަށް އެތަންކޮޅު މައިންޑްއަށް ނައޭ ދޯ..އާން ތިބުނީ ހަމަ ރަނގަޅަށް ..ރިހާމް އުޅޭނީ އެތާގަ… ނަވާ މިހާރު މިހުރީ ހުރިހާ ދިމާލަކުން ގުޅިފަ..އެހެން މީހުންނަށް ނާންގާ މިކަން ވާނެހެން ހީވޭތަ.. ” މިހްރާން ކޮށްލީ ނަވާރް  ވެސް ހިތައް އުނދަގު ކުރަމުން ދިޔަ ސުވާލެވެ. ކޯޓުގެ އެއްވެސް ކަމެއް ޒަޔާން އާއި މީޝަމް މެދުވެރި ނުކޮށް  ނުހޯދޭނެއެވެ. އެ ހޮސްޕިޓަލްއިން ހޯދަން ޖެހޭ ކަމެއް ރިހާމް މެދުވެރި ނުކޮށެއް ވެސް ނުވާނެއެވެ. އަހްމަދުގެ ޒަރީއާއިން ކަމެއް ދެނެގަނެވޭނީ ޒެހެކްގެ ޒަރީއާއިންނެވެ. ޔަޒަން ނުލާ އޭނާއަށް ހުރިހާ ކަމެއް ވާނެބާއޭ ނަވާރްގެ ހިތާ ސުވާލް ކޮށްލެވުނީ އެވަގުތުއެވެ. ނޫނެކެވެ. ކޮންމެވެސް ގޮތަކުން އެކެއްގެ އެހީ އަނެއް މީހާއަށްބޭނުން ވާ ހިސާބަށް މިހާރް މިތިބީ އާދެވިފައެވެ.

“ކުޑަބެ އުޅެނީ ބައްޕަގެ ކަންތައް ހޯދަން ..، ޒެހެކް ވެސް އުޅެނީ ކަމަކާ.. ދެން ބްރޯއަށް ވެސް އެނގެއެންނު ޔަޒަން ޖޮއިން ކުރީ ކީއްވެ ކަން ސީއައި އަށް… ކިހިނެތް ފެންނަނީ ” ޔަޒަން އާއި ގުޅުން ގޯސް ވެފައިވާ ވަރުން ނަވާރް ހުރީ ދެފިކުރެއްގައެވެ.

“ތިހެން ތިކަން އޮތީ …އެކަމަކު މައްސަލައަކީ ޔަޒަން އަކަށް ނޭނގޭނެ މަށާ އާނާގެ ކަމެއް …” މިހްރާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“ހީ ނޯސް… ހީ ނޯސް އެވްރީތިންގް ބިޓްވީން ޔޫ ގައިޒް..ރެން އެންޑް ނާނާ” ދެމީހުންނަށް ސިހުމެއް ލިބުނީ ފަހަތުން އިވުނު ޒަޔާންގެ އަޑުންނެވެ. އޭނާގެ ފަހަތުގައި ރިހާމް ހަށަން ބަދެލައިގެން ހުރިއިރު އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. މިހްރާންއަށް ފުރަތަމަ ވެސް ބަލައިލެވުނީ ދޮރުގެ ތަޅަށެވެ. ޑިޓެކްޓިވް ބޯޑު ހުރި ފާރުގެ ބްލައިންޑްސް ތައް ވެސް އޭނާ އަވަސްއަވަހަށް ދަމާލިއެވެ. ތަޅު ނުލެވުނު ކަމުގެ މޮޔަ ހިތައް އެރުމުން އަނގައިން އަޑެއް ލައްވާލެވުނެވެ. މިހްރާންއަށް ނަވާރްއާއި ދިމާ ބަލައިލެވުނު ހިނދު ނަވާރް ހުރީ ބިރެއް ފެނިގެން ބަލާހެން ދެލޯ ބޮޑުކޮށްލައި ގެންނެވެ.

“ކިހާވަރަކަށް އަޑު އިވުން..” މިހްރާންގެ މޫނުމަތިން ހައިރާންކަން ނުފެނުނުނަމަވެސް ހިސާބަކަށް އޭނާހުރީ ނުތަނަވަސް ވެފައެވެ.

“އެވްރީތިންގް… ވީ ހާޑް އެވްރީތިން…ޓރެސް އިން ފެށިގެން މިތަނާއި ހަމަޔަށް ތި ދެއްކި ހުރިހާ ވާހަކައެއް.. ބްރޯ ފޯނު ނުނަގައިގެން މީޝް އަށް ގުޅާފަ އެހީމަ ބުނި ނަވާ އާ އެއްކޮން އެބޯޅެއޭ.. ސޯ ވީ އާ ހިޔާ..” ނަވާރްއާއި ދިމާ ކަޅި ޖަހާނުލާ ރިހާމް ބަލަމުން ދިޔައިރު ފެންނަނީ ޖާސޫސީ ކުލަވަރެކެވެ.

”ނަވާ ވީނީޑް ޓް ޓޯކް… ” ޒަޔާންގެ އަޑުން ނަޥާރްގެ ގައިން ހީބިހި ހަލުވާލިއެވެ. ނުތަނަވަސް ވެފައި ވާ ހާލު ބޯ ޖަހައިލިއިރު ޒަޔާން ރުޅިއައިސްފާ ހުރެދާނެތި ކަންބޮޑުވިއެވެ.

****

ނިދާފައި އޮތް އަކްރަމްއަށް  ހޭލެވުނީ ފޯނު ރިންގްވާން ފެށުމުންނެވެ. ނިދި މޯޅިއަކަށް ދެމިލަމުން ފޯނު ބަލައިލިހިނދު ފޯނު ސްކްރީނުން ފެންނަން އިން ރާއްޖޭން ބޭރުގެ ނަމްބަރު ފެނި  އައިސް ފައި ހުރި ނިދި ވެސް ފިލައިގެން ދިޔައެވެ. މިލީނާ ދެފަރާތަކަށް ފުރޮޅި ލުމުން ހޭލަފާނެ ކަމުގެ ބިރަށް އޭނާ ނުކުތީ ކޮޓަރިން ނުކުމެވެން ހުރި ބެލްކޮންޏަށެވެ.

“ވަޓް..ހޭ އެރީއޭ..އިޒް ދެޓް… ކިހިނެތް  ތަ ކަންތައް ތައް.. އިޒް ޝީ އޯކޭ….” އަކްރަމް ވެފައި ހުރި އުފަލެއްގެ ސަބަބުން ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރުވެސް ނޭނގެއެވެ.

” އަލްހަމްދްލިއްލާހް ..އެތައް ދުވަހެއްގެ ދުޢާ…އަލްހަމްދުލިއްލާހް.. އަހަރެން މާދަމާ ދާނަން ތިކޮޅަށް..  ވަރަށް ބޮޑަށް ތޭންކިއު…ނޭނގޭ ކިހިނެތް ކަމެއް ޝުކުރު އަދާ ކުރާނީ”އަވަސްއަވަހަށް ލޯ ފުހެލަމުން އަކްރަމްއަށް ހޭންވެސްފެށުނެވެ. އޭނާ  އެހާ އުފާވެފައި ހުއްޓާ މީން ޒަމާނެއްގައި ވެސް މީހަކަށް ފެނުނު ކަމެއް ނޭނގެއެވެ. އެކޮޅުން ގުޅި ފަރާތާއި އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އަކްރަމް ފޯނު ބޭއްވި އިރުވެސް އެމޫނުމަތިގައި ވި އުފާވެރިކަމަކަށް ބަދަލެއް ނައެވެ. އޭނާ އެތާގައި ހުރެފައި އެވަގުތު މާދަމާ ކުރަން ހަމަޖެހިފައި އޮތް ދަތުރަށް ޓިކެޓް ނެގިއެވެ. ސިއްރުވެރި ގޮތަކަށް ކުރާ ދަތުރަކަށް ވާތީ އޭނާގެ ސެކްރެޓަރީއަށް ވެސް ފުރަން އެއާޕޯޓަށް ނުކުމެފައި ނޫނީ އަންގާކަށް އަކްރަމް ބޭނުމެއް ނޫނެވެ.  އޭނާ އެވަގުތު ގުޅާލީ ހާރިޒްއަށެވެ. މާގިނައިރެއް ނުވެ ހާރިޒް ފޯނު ނެގުމުން ދެން އެދެމެދުގައި ދެކެވުނީ ސިއްރުވެރި ވާހަކަތަކެކެވެ. އިރުކޮޅެއްފަހުން ބެލްކޮނީގައި ހުރެފައި އޭނާ އެތެރެއަށް ވަނެވެ.

***

“އަހްމަދުބެ  ދެދުވަސް ކުރިން ބަޔަކާއި  އެއްކޮން ޑިނާރ އަކަށް ގޮސް އައިފަހުން ހުން އައިސްގެން އުޅޭތީ މި ވީކްގަ މީޓް ކުރެވެން ނެތޭ ބުނީ.. އެރޭ ހުންގަދަވެ ގެންނޭ ބުނީ ފަހުން މީޓް ކުރުވަން ނޫޅުނީ.. ފަހުން ހަބަރެއް ނުވެވުނީމަ ސޮރީއޯ ބުނީ..ޒެހެކް ބުނެގެން މި މެސެޖް ކޮށްލީ..” ޒެހެކްގެ ކެބިންއިން ނަވާރް ނުކުމެފައި ޒެހެކް ބުނިހެން ޒަޔަން އަށް މެސެޖް ކޮށްލިއެވެ.  ކުރީ ދުވަހުގެ ހާދިސާއަށް ފަހު ނަވާރް ޔަޒަން އާއި އުޅެނީ ދުރުވެގެންނެވެ. ޔަޒަން އަށް ވުރެން ކުރިން ކޮންމެ ދުވަހަކު ނަވާރް އޮފީހަށް އާދެއެވެ. އޮފީހުގައި ވެސް ދެމީހުން އެކަނި ވެއްޖެނަމަ ނަވާރް އުޅެނީ ދުރުދުރުންނެވެ. ޑިއުޓީ ނިމިގެންވެސް ޔަޒަން އަށް ވުރެން ކުރިން ނަޥާރް އޮފީހުން ނިމިގެން ނަވާރް ދަނީ އަމިއްލަ ގެޔަށެވެ. ނޫރާ މެންނަށް ޝައްކުވެދާނެތީ އެބަޔަށް ނާރާ އޭނާ ވަގުތު ހޭދަކުރަނީ މީޝަމްގެ ކައިރީގައެވެ. ނޫންނަމަ މިހްރާން އާއެކުއެވެ. އެހެންނޫންނަމަ އިސްރާ އާއެކު އެގޭގައެވެ.

ޔަޒަން ބަލައި ދިޔަނަމަވެސް މީހުން ނެތް ނަމަ ނަވާރް ޓެކްސީއެއް ހޯދައިގެން ގެޔަށް އަންނަނީ އޭގައެވެ. ރޭގަނޑު ގެއަށް އައިސްވެސް އެއްގޮތަކަށް ވެސް ނަވާރް ބަލަނީ ޔަޒަންގެ ކުރިމައްޗަށް ނާރާ ވޭތޯއެވެ. ޔަޒަން އައިސް ވަންނައިރު ނަޥާރް އޮންނަނީ ސޯފާއަށް އަރައެވެ. އެގޮތުގައި ހަފްތާއެއް ހޭދަވެގެން ދިޔައިރު ނަވާރްއާއި ވާހަކަ ދެއްކުމަށް ޔަޒަން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވާގޮތެއް ނުވެއެވެ.

ނަވާރް، އޭނާ އިންނަ މޭޒު ދޮށުގައި އިން އިރު ކައިރީގައި ޔޫޝައުވެސް ފައިލް އެއް ބަލަމުން ޑެސްކްޓޮޕްގައި އެއްޗިހިތަކެއް ލިޔަމުން ދެއެވެ. ލިއަމްއާއި އަމާޔާ ވެސް ފެންނާކަށް ނެތެވެ. ލާރާ ފެންނަން ނެތުމުން ހިތްހަމަޖެހިފައި ހުރެ ނަވާރް ބަލައިލީ ޔަޒަން އުޅޭތޯއެވެ. ބްލައިންޑްސް ތައް ދަމާލައިފާ ހުރުމުން އެތެރެ ނުފެންނާތީ ނަވާރް އަށް އަނގަހަދައިލެވުނެވެ.

“ލިއަމް ކޮބާ ތަ މިއަދު.. ނުވެސް ފެނޭ” ނަވާރް މޭޒުމަތީގައިން ފެންފުޅިން ފެންކޯވަރެއް ބޯލަމުން ޔޫޝައުއާއި ދިމާ ބަލައިލިއެވެ.

“އޭނާ ޔަޒަން ކަމެއް ޖައްސައިގެން އެއުޅެނީ .. ކޭ ނައިންގެ ސިސްޓަމްތައް ހެކް ވެގެން ވީކް އެއް ވީ މިހާރް..އެކަމުގައި ޔަޒަން އާ އެއްކޮން އެއުޅެނީ.. ނޭނގޭތަ.. ” ޔޫސައުގެ ޖުމްލަތަކުން ނަވާރްއަށް ލިބުނީ ހައިރާންކަމެކެވެ. އެއީ އޭނާއަށް އާ ހަބަރެކެވެ. އެހެންޏާ އެކަހަލަ ކަމެއް ވެއްޖެޔާ މީހުންގެ ފަރާތުން ވެސް އިވޭނެއެވެ.

“ޑޯންޓް ޓެލްމީ ޔޫ ޑިޑިންޓް ނޯ އެބައުޓް ދިސް”ޔޫޝައު ވެސް އިނީ ހައިރާން ވާ ގޮތްވެފައެވެ. އެހާ ބޮޑުކަމެއް ވީ އިރު ނަވާރްއަށް ނޭނގުމުން ހައިރާންވާނެތާއެވެ. ނަވާރް އިނދެފައި އެއީ އޭނާއަށް އާ ހަބަރެކޭ ބުނެލިއެވެ.

” ނަޥާ އެދުވަހު ތަންކޮޅެއް އަވަހަށް ދިޔައީ ދޯ .. އެހެންވެ އެ ނޭނގުނީ..އަހަރެމެން އެންމެން އެއްކޮން ހެން ނުކުތީ…އެކަކަށް ވެސް ގެޔަށް ނުދެވިފަ ތިބިން އެތައް އިރަކު.. ޔަޒަން އަދި ނުބުނެ ހުރިއްޔޭ އަހަރެމެން ކައިރީގަ..އޭނާއަށް ފަވާދު ސާރ ހެނދުނު ގުޅާފަ ބުނެފި..އެހެންވެ ލިއަމް ގޮވައިގެން އެކަމާ އޭރުވެސް އުޅުނީ .. އޭނާވެސް ނިމޭނެ ކަމަށް ހަދާފަޔޯ އެ ނުބުނީ..” ޔޫޝައުގެ ވާހަކަތަކުން ނަޥާރްގެ ނިތައް ރޫ އަރައިފިއެވެ. އެދުވަހު އެއްކޮން ޔަޒަން ނުފެނިއުޅުނީ އެހެންވެ ހެއްޔެވެ. އެކަމަކު އެވާހަކަ ވެސް އޭނާގާތު ބުނަން ވާނެ ނޫންހެއްޔެވެ. ޔަޒަންއަށް ވާހަކަ ދައްކަން ފުރުސަތެއް ނުދެވުނު ކަން ހަނދާންވެ ނަޥާރްއަށް  ދުލުކުރީގައި ދަތްއަޅައި ލެވުނެވެ. ނަވާރް ޔަޒަން އާއި ވާހަކަ ދައްކަން ހިތައް އެރިއެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ލާރާ ،ޔަޒަންގެ ކާރުން ފޭބިތަން ފެނުން ހަނދާންވެ އެހިޔާލް ދޫކޮށްލިއެވެ. އެއީ ނަވާރް ރުޅިއައުން ހައްގުކަމެއް ކަމުގައި ނަޥާރް ދެކުނެވެ. ކިތަންމެ ބޮޑު އެމަޖެންސީއެއް ދިމާވިކަމުގައި ވީނަމަވެސް ޔަޒަންގެ ކާރުން ލާރާ ފެނުމަކީ ނަވާރްއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

 

***

” އެއީ އަހަރެން މެރީ ނުކުރަނީސް ވީކް އެއް ކުރިން އެ…މަ އެދުވަހު މިތަނުން އެއްޗިސް ތައް ބަހައްޓާފަ ދިޔަ ގޮތަކަށް ނޫން އައިއިރު ހުރީއެއް.. މަށައް އެނގުނު ހަމަ މީހަކު އައިސް ހާވާފަ ހުރިކަން.. އޭނީ ކެމެރާ.. އައިސްވަގުތުން ކެމެރާގެ ފޫޓޭޖްތައް ބެލިން… އެކެމެރާއަށް ލާރާ އަރާފަ އެހުރީ… ތި ބެއާރ  އެދުވަހު ލާރާގެ ދަބަހުން ނަގާފަ ލާރާގެ ދެއަތުން ބާއްވަނިކޮން އެހުރީ ރީއްޗަށް އަރާފަ ކެމެރާއަށް…އެބާއްވާފަ ދިޔަތަނާ ދެން ނަވާ އައިސް ވަނީ މަ  ހޯދަން..އޭނަގެ ލޮލުގައި އަޅާއިގަތް ތި…   މިބުނާ ދުވަހު އަހަރެމެން ކޭސް އަކަށް ބޭރަށް ދިޔަ ދުވަހެއް އެ.. މަށައް  ހަމަ ނަވާ އެދުވަހު ފަހުން ހުރި ގޮތުން އެނގުނު މިފެނުނީކަން…” ޔަޒަންގެ ކެބިން ތެރޭގައި ހުރި ލާރާއާއި ދިމާލަށް ޑެސްކްޓޮޕް އަނބުރާލީ ނިކަން ބާރަށެވެ. ލާރާދެކެ އައިސްފައިވި ގަދަ ރުޅި އެކަމުން ހާމަވެއެވެ. ފެންނަން ހުރި ސީސީޓީވީގެ މަންޒަރުތައް ލާރާ އަށް ފެނުމުން އޭނާގެ މޫނުމަތިން ޖެހިލުންވުން ޔަޒަންއަށްފެނުނެވެ. އެކަމުން ޔަޒަންގެ ގާތައް އަންނަމުންދިޔަ ރުޅިވީ އިތުރެވެ.

“ތި ބެއާ ތީ މީގެ އެތައް އަހަރެއް ކުރިން ލާރާއަށް މަ އަނބުރާ ދިން އެއްޗެއް.. ފުރަތަމަ ފަހަރު ވީމަ މަ ވެސް އަޅާނުލާ ހުރީ…ވަޓް ދަ ހެލް ޔޫ ވާ ތިންކިންގް ބި*… ކުރީ ދުވަހު ރޫމުން ނަވާ  ނުކުގެން ދިޔައީ މަ އައިސް ވައިންތަނާ.. އޭރު ލާރާ ހުރި ތިހިފައިގެން..މަށައް މިހާރު ޔަގިން ވެއްޖެ ކަލޭ ފައި ވިއްދާލާފަ ހުރީ މަ ދިރިއުޅުން ހަލާކުކޮށްލަން ކަން.. މަށާ ތި ލާރާއާއި އޮތްހާ ގުޅުމެއްވިއްޔާ ކަނޑާލާފަ ލާރާ ދިޔަފަހުން އެގާރަ އަހަރު މިވަނީ.. މޫވް އޮން ކޮށްފިން ލާރާ ހިތައް ވެސް ނުގެނެވޭހާ ވެސް އަވަހަށް…ހަހް.. ކަލޭ ހީކުރީ އެހެން ހަދާފަ ދިއައީމަ މަހުންނާނީ މުޅި އުމުރަށް ވެސް ކަލެއަށް އިންތިޒާރް ކޮށްގެން ކަމަށްތަ..ނޯ ވޭ .. އަހަރެން ނަވާ ދެކެ ލޯބިވާން ފެށީ އިއްޔެއަކު ނޫން.. އައި ލަވް ހާ މޯ ދޭން ޔޫ އިމޭޖިން.. ހަނދާން ކުރާތި ނަވާއާއި ދިމާލަށް އެންމެ ބަހެއް ބުނަން ތި އަނގަ ހުލުވާލިއަސް މަ ވަރު ނުބައި މީހެއް ނުހުންނާނެ.” ލާރާ އާއި ދިމާލަށް އިނގިލި ދިއްކޮށްލައިގެން ހުރި އިރު ޔަޒަންގެ މޫނުމަތިގައި ވި ނުރައްކާތެރި ވިދުވަރަކުން ލާރާ ބިރުގަންނަ ގޮތްވިއެވެ.

ހިތައް ތަދުވެފައިވާ ހާލު ލާރާ އިސްޖހައިގެން ހުއްޓެވެ. ނަވާރް ދެކެ ކުރިޔަށް ވުރެން ބޮޑަށް  ލާރާ ފޫހިވިއެވެ. ޔަޒަންގެ އިންޒާރްތަކުން ބަހަކުން ބަހެއް ނުބުނެ އޭނާ އެތަނުން ނުކުމެގެން ދިޔައިރު އެމޫނުމަތިން ބިރުގަނެފައި ވާކަމުގެ އަސަރްތައް ފެނި ޔަޒަން އިތުރަށް ފޫހިވިއެވެ.

ބަސްމަދުކަމަށް އެންމެން ދައުވާ ކުރާއިރު މިއަދު މާގިނައިން ވެސް ވާހަކަ ދެއްކިއްޖެކަމަށް ޔަޒަން އަމިއްލައަށް ވެސް ގަބޫލްކުރެވުނެވެ. އެކަމާ ފޫހިވެސް ވިއެވެ. އަދި އެވެސް އޭނާ މިދުނިޔެމަތިން އެންމެ ފޫހިވާ އަންހެނާއާއެވެ. ލާރާއާއި އަނގައިން ނުބުނަން ހުރެފައިވެސް ލާރާގެ ނުބައިކަމުން އޭނާއާއި ނަވާރްގެ ދިރިއުޅުމުގައި މިއަތްވުރެން ބޮޑަށް ކުނި ޖެހިދާނެކަމުގެ ބިރަށް ޔަޒަން އެންމެ ފަހުން މަޖުބޫރުވެގެން އަނގައިން ބުނީއެވެ.

“އެންމެ ފުރަތަމަ ކެމެރާއިން ފެނުނު ދުވަހު ވެސް ކިޔައިދެވުނުނަމަ ނަވާ މިހާ ރުޅިއެއް ނާންނާނެ… މައި މިސްޓޭކް …އަމް ސޮރީ މައި ލަވް..” ޔަޒަން އޭނާގެ ގޮނޑީގެ ތެރެއަށް ޖެހިގަނެފައި އިރުކޮޅެއް ވަންދެން އެހެން އިނެވެ. އެހެން އިދެފައި ނަވާރްގެ މަތިން ހަނދާންވެގެން އޭނާ މިސްރާބް ޖެހީ  ޓެރެހަށް ދިޔުމަށެވެ. އޭނާ ލާރާއަށް ގުޅައިގެން ގެނައީ ޒެހެކް ގެ ފަރާތުން ނަވާރް ޓެރެހުގައި ހުރި ކަމުގެ ހަބަރު ލިބިގެންނެވެ. ނަވާރްއަށް ލާރާ އާއި އެކު އޭނާ ފެނިއްޖެނަމަ ކަންތައް  އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެއެވެ.

ކެބިން އިން ނުކުމަތް ޔަޒަން ސިހުނީ ކަޅި ޖަހައިނުލާ އެދިމާލަށް ބަލަހައްޓައިގެން އިން ނަވާރް ފެނިފައެވެ. ދެލޯ ފެންކަޅިވެފައިވާ ހާލު ނަވާރް އިސްޖަހައިލަމުން ކުރިމަތީގައި އިން ޑެސްކްޓޮޕަށް ނަޒަރު ހުއްޓާލިއެވެ. އޭރު ލާރާ އެތާގައި ފެންނަން ނެތްނަމަވެސް، ނަވާރްއަށް ލާރާ އެތަނުން ނުކުތަން ފެނުނުކަން ނަވާރްގެ އެއަމަލުން ޔަޒަންއަށް ޔަގީންވިއެވެ. ނަވާރްގެ ދެލޮލަށް ބޮނޑިވެގެން ކަރުނަތައް ޔަޒަންގެ ދެލޮލުގައި ރީއްޗަށް ވެސް އަޅައިގަތެވެ.  ޔަޒަންގެ ހިތައް އުނދަގުވެގެން ދިޔައިރު ތުންފަތުގައި ދަތް އަޅާލެވުނީ ދެން މިވީ ގޮތުން އަނެއްކާ ވެސް ކަންތައް ގޯސްވާނެވަރު ވިސްނިފައެވެ.

***

“ހާރިޒް  އާއި އަކްރަމް އާ ދެމީހުން ދޯ އެދިޔައީ.. މަށައް ވެސް ފަތިހު ގޮވާފަ ބުނި ކެނެޑާއަށް ދާން ޖެހިގެންނޯ މިދަނީ.. ކުއްލިއަކަށް  ފައިނަލައިޒް  ވި ބިޒްނަސް މީޓިންގް އަކަށޯ.. ” ނޫރާއާއި މިލީނާ ތިބީ ބަގީޗާގެ ގޯތިތެރޭގައި ވި ހަޓްތަކުން ހަޓެއްގައި ކޮފީއަށް އިންސާފްކުރާށެވެ. އޭރު އެމީހުންނާއި މާދުރު ނޫން ހިސާބެއްގައި ކާޕެޓް ގަނޑެއްގެ މަތީގައި ޔޫލީ އާއި ވިއާން އާއެކު ޒެލީން ކުޅެން އިނެވެ. ޒައިލީ ވަކިވިފަހުން ޒެލީންގެ ހަލަބޮލި މިޒާޖަށް  މަޑުމައިތިރިކަން  ވަދެފައި ވީނަމަވެސް ކުރިއަށް ވުރެން ގިނައިން މިހާރް ވާހަކަ ދައްކާލައެވެ.

” އެދެމީހުން އުޅޭ ގޮތެއް ނޭނގޭނެ.. ޝާކިރްވެސް  ފަތިސް ނަމާދުން އައިތަނާ ފެނިގެން މިކިޔަނީ ނުދަނީ ހޭ.. އޭނާއަށް ވެސް މަ އެހެން އެހީމަ އެނގުނީ  މިމީހުން ދިޔަކަމެއް ވެސް… އޭރު އެއާޕޯޓުގަ އެމީހުން…ދެން ޝާކިރް ގުޅީމަ ކިޔައިފިއޯ ދެދުވަހުގެ ދަތުރެއްވީމަ އެހެންވެ އޭ ނުބުނީ..އެމީހުންނާ އެއްކޮން ފަވާދުވެސް ދިޔަކަމަށް ވަނީ.. އޭނާގެ ކާފަ ދަރިންކޮޅު ބަލައިލަން” މިލީނާ ވެސް ނޫރާގެ ވާހަކައަށް ރައްދު ދެމުން ހީލިއެވެ. ދެމީހުން އޮލަ ވާހަކައިގައި ތިއްބާ ގޮނޑިދުއްވަމުން ޝަހްރޫޒް އެތަނަށް އައިސްފިއެވެ.

“އޭ ބައްޕަ ކީމެންނު ބައްޕަގެ ކަންތަކަށް މީހަކު ހޯދާ ވާހަކަ..އޭނާ އެބަހުރި އައިސް” ސަހުރޫޒްގެ ވާހަކައިން މިލީނާގެ ނިތައް ރޫ އަރައިފިއެވެ.

“ބައްޕާ ޝާކިރް ވެސް މުރާދް އާއި ޔާސީންވެސް ކިހާ ރަނގަޅާކަށް އެބަލާދެނީ.. އަޅެ ނުވެސް ބުނެއޭ ބައްޕަ ފަހުން..” މިލީނާގެ މޫނުން ހާސްކަން ފެނުނީ ޔަޒަން އާއި އަކްރަމް އެކަމާއި ހިތްހަމަ ނުޖެހިދާނެތީއެވެ. ޝަހްރޫޒް ލާރާ ގެނައުމުން ވެސް ޔަޒަން އަދިވެސް އެހުންނަނީ އޭނާ ދެކެވެސް ރުޅިއައިސްފައެވެ.

“އަކްރަމް ކައިރީގަ ބުނީމޭ ގެންނަ ވާހަކަ.. އޭނާ އާއެކޭ ބުނެފަ އޮތީ… ކޮންމެފަހަރަކު ޝާކިރްއަށް ވެސް ޖައްސާކަށް ނުވާނެއެންނު..އޭނާ އޮފީހަށް ވެސް ދުވަމުން އުނދަގުވާނެނު.. މުރާދުމެން ކުދިން ވެސް ގޭގެ އެކި ކަންތަކުގަ ނުހަނު ބިޒީކޮން އެއުޅެނީ..” ނުހަނު ނިޔަނެތިވެފައި ސަހުރޫޒް ، މިލީނާ ބޮލަށް އެރެމުން ދިޔައިރު ނުހަނު ފަސޭހައިން މިލީނާގެ ވިސްނުން އޭނާ ބޭނުންވާ ކޮޅަށް ލަންބުވާލައިފިއެވެ.

“އެހެންތަ.. އަކުރަމް ކައިރިގަ ބުނިންދޯ.. ބައްޕަވެސް ތިބުނީ މުޅިއަކުން ދޮގުވާހަކައެއް ނޫން.. ކޮބާ ތަ އެކުއްޖާ.. ” މީލީނާގެ މޫނުމަތިން ހިތްހަމަ ޖެހުން  ފާޅުވާން މާގިނައިރެއް ނުނެގިއެވެ. ޝަހްރޫޒް ގެ ފަހަތުން މިލީނާ އެތެރެއަށް ވަނީ އެމީހަކާ ބައްދަލް ކުރާށެވެ. މިލީނާ އެބައަންނަން ކަމުގައި ބުނުމުން ކުދިވެރިންގެ ގާތުގައި ނޫރާ މަޑުކޮށްލައިގެން ހުއްޓެވެ.

މިލީނާއާއި ޝަހްރޫޒް ލިވިންގްރޫމަށް ވަން އިރު އޭރު ކުރިން ސުރެން ސޯފާގައިން ޒުވާން ފުރައިގެން ފިރިހެނެއް އިނެވެ. “ކޮން ނަމެއް ކިޔަނީ..” މިލީނާ ހީލައިފާ ސަލާމަތް އަތްދިއްކޮށްލިއެވެ.

“ނައުފަލް… ނައުފަލް ކިޔަނީ..” މިލީނާގެ ސަލާމަތް އިޖާބަ ދިން ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. މިލީނާ ސަލާމްކޮށްލައިފާ މުރާދު ހޯދަން ދިޔުމުން ނައުފަލް ބަލައިލީ ޝަހްރޫޒްއާއި ދިމާލަށެވެ. މަކަރުވެރިކަމުގެ ހިނިތުންވުމަކުން ހީލައިގެން ހުރިއިރު ވަށައިގެން ނައުފަލް އެގޭތެރެއަށް ނަޒަރް ހިންގައިލީ އޭނާގެ ސިކާރަ ހޯދާލާ ފަދައަކުންނެވެ.

****

(ނުނިމޭ)

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…48

Next

ދަތުރު (ފަހު ބައި)

Next
August 2, 2024

ދަތުރު (ފަހު ބައި)

Previews
August 2, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…48

35 Comments!

  1. LAM says:
    August 2, 2024 at 10:09 pm

    Heyyyyn whatt😭😭😭
    Naupal ey
    Seriously naufal dhiyaee yazange geyah🤬🤬
    Nooooo wayyyyyyy i cant accept this😭😭😭😭
    Cheedi then naufal gadaaa
    Eulheny varah nhbai kameh kuran nawa ah
    I will kill you if u touch her🤨🤨🤨

    Annora durling plx next epp avahah😭😭😭😭
    Can’t wait

  2. Rooya says:
    August 2, 2024 at 10:12 pm

    Dhen emyha gadu ais nava ah gotheh nuhadhaafiyya ragalhu😭😭
    Mihaaru ves smells bad😩😩

    V reeethi mi part ves
    Bama bala balaa indha up v eg
    H😭😭🥰🥰🥰🥰🥰🤍🤍🤍🤍
    V reethi 🥹
    Btw i have text you intsa page🤭

  3. Shayerrr 💞 says:
    August 2, 2024 at 11:10 pm

    V rovefin mikiyaafa 😭😭😭
    Eynaage bai ehthan kohlinu
    Dhen e mask ekhi myha e kaakuba🤔
    V foohi laara eh mi
    😒
    Asku yazan ahves majubooru vegenney dw 😩
    Nawa ah ekm hageegai neygenyaa awa ahves rulhi aadheveyne
    Mi haaru enme balan beyny aana ge vaahaka thah
    Eyga huri thedhu dhogu
    Mihuraan fighting 🥰
    Such a hero who’s fighting for a revenge 🥹
    I love his…. Annnd finally zayan and riham ah e bust v😭😭
    They all should work together

  4. Shaviyani says:
    August 2, 2024 at 11:13 pm

    Dhera vany navar and yazan ulhey gothun
    Its breaking my heart 💔
    Finally zayan ah ivuny dw.. ekaka nula anehkakah nuvaa varuga mihaaru ethibee ves…
    I wonder akram and haariz kaakuge gaathah baa ey edhany
    Vvvv reethi. .. curiously waiting for the next ☺️☺️❤️❤️😘

  5. MNN says:
    August 2, 2024 at 11:35 pm

    Mihaar maa bodah complicated vehjje.

    1. SomeoneYouKnow says:
      August 3, 2024 at 1:59 am

      Vaahakaige medhu therein ekahala gotheh vaaane
      I ah ves thihen first vegen
      Dhevanan burah kiyaalii eba vaanuvaa get vehje
      Naufal egeyah aii ma ves eba hyve dhen vaane goi

      Zayan and riham ah egunyma ves dhen vaane goi hyve

      Nysqays v reethi mj part
      Cant wait

  6. Cutie girl says:
    August 2, 2024 at 11:56 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mi part kiyaafa v rovijje 😭
    Yazan and nawaa dhuru nukurachey
    They both are made for each other
    I hate laara
    Laara haadha goahey
    Shahurooz ge plan flop kohlaa
    Naufal ves haadha goahey
    You’re my fav author
    I appreciate your hard work
    V interesting story eh
    V kiyaala hithun kiyani
    Next part koniraku
    Irukolhu kohlaa beley vaahaka uploadvvefa thoa
    Love you ❤️😍

  7. Myku says:
    August 3, 2024 at 1:53 am

    Mi part v reethi
    Kon irakun next part kiyaalan libehny

  8. na.ell says:
    August 3, 2024 at 8:33 am

    mi part ves vrh reethi
    but whyyyyy naufal…
    nawa aa yazan ge relationshop rangalhu vaany kn irakunbaaa .. arrrrhh that laaraa gandu

    can’t wait for the next part

  9. Lahufa says:
    August 3, 2024 at 9:42 am

    Eyyy dhen noolhen 😡😡😡
    Sakaraai hisaabakun mi nimunyy😭😭😭
    Kon irakun next part

    V reethi mi part

  10. Moosa says:
    August 3, 2024 at 12:10 pm

    Kon irakun tha eny dhen in paart . V salhi

  11. Yazan says:
    August 3, 2024 at 3:26 pm

    V reethi
    Can’t wait for the next part

  12. Looo says:
    August 3, 2024 at 10:55 pm

    Heyy annora 🥰
    How are my fav
    This part made me super emotional 😭
    Soo much bad things nw happening at the same moment 😭
    Make things easy for all of them
    Cant wait to see next

  13. Uler🍴 says:
    August 3, 2024 at 11:04 pm

    I misss meesh and zayan ge part eh🥹
    Brings mihurange part ginain
    I love him like a crazy
    He is my imajinary bf from nw on😭😭😭🥹

    When next when next ✨✨✨✨✨

  14. Ayan 1997 says:
    August 4, 2024 at 4:51 pm

    V reeethi
    Cmon e naufal beyru kohla avahha😡
    When next without patience im waiting 🥶

  15. Nizam says:
    August 4, 2024 at 5:03 pm

    V salhi
    Kon dhuvathakeh ga tha mi vaahaka mi up vany
    V inthizaaru kureveg eba aneh bayah
    V furihama hurihaa bayeh ves
    Kiyaa hithun kiyaalevey
    Mi wavaahaka ah fahu hiraas ge ithuru season eh neredheyne kmah unmeedhu kuran

  16. Thuhoo says:
    August 4, 2024 at 7:15 pm

    V reethi
    Cant wait for the next part

  17. Amaany says:
    August 4, 2024 at 8:20 pm

    Kiyaalaafa rovihje😭 this story is tooooo goood
    I wish myge thereyah vadhevey namaey
    I want nawa mennaa ekkon ulhelan 🥹☺️ heheeh stupid but soo good 😬💞💞
    I feel like throwing up 🤮 to lAraa and shahrooz and also 𝘕𝘢𝘶𝘧al ge moonah at the same time 😡😡😡
    Madun nuhurevigen the are playing with fires
    I hate huvaa mibun goasfa ladan v gaiga
    She is cringe
    Mihaaru beynhn e laara gadu ylkoo ah hedhi goi
    And plx no more fight with koo and nawa

    Itsssse reaally good
    I love yooo my fav author 🥰🥰🥰

  18. Myku says:
    August 5, 2024 at 4:58 pm

    When nexttttttt

  19. Zyku says:
    August 5, 2024 at 7:54 pm

    Yhh whennn

  20. Shayerrr 💞 says:
    August 6, 2024 at 1:37 am

    Inthizaatuga mihury 😭😭

  21. MNN says:
    August 7, 2024 at 8:09 pm

    Vahaka up vaane dhuvass thah buneladhee bala. Eyrun iru irukolhun check kuraakah nujeheynu

    1. Lam’aa says:
      August 9, 2024 at 3:57 pm

      V hinajn vaahaka up vaane dhuvas thah she already said

      She said weekly 2 or 3 episode she will bring to us ey
      Seedha vaki dhuvas thakey nueh buney
      Ekm ebuni hen baraabarah weekly 3 episodes genesdhey
      Even sometimes 4 episode ves week akh genesdhey
      She has a baby and a job also she is studying so she said vaki dhuvasthakeh ehn nubuneveyne ey
      Ekm week aku 3 dhuvahu genesdheveyne mihaaru midhaa gothah
      THIS IS WHAT COMMENT SECTION GA SHE SAID✨✨✨
      Hope you gus wont judge her anymore
      Minimidhiya week ga se is sick 🤒 ehnve einy up nuve
      💕💕💕💕

  22. Lam’aa says:
    August 7, 2024 at 9:41 pm

    In her instagram id ge storyga post kohfa she said
    She is v bodah sick ey mi week ga
    Ehnve einy up nuve

  23. Vibrrr says:
    August 7, 2024 at 10:05 pm

    Where is she
    We are waiting like a coward 😒

    1. Saabas igey says:
      August 9, 2024 at 3:51 pm

      Check her insta story
      Bio ga innaane link kohfa🤨

  24. Lahu says:
    August 7, 2024 at 10:34 pm

    Anehkaa ves break eh negy kanneyge dho

  25. Amaany says:
    August 7, 2024 at 11:20 pm

    Guys atleast check her insta story…
    There will be a page called STORIES BY ANNORA

    she said mi week ga v balivj vaahaka
    And new part eh submitted ey
    😒😒😒

    1. Nanna says:
      August 8, 2024 at 11:43 am

      From where😒
      Are you defending here nw
      She is like that kurin faharu ves
      I don’t really like what she is doing this nw

    2. Saabas igey says:
      August 9, 2024 at 3:49 pm

      Nanna ah vaa saabas
      Bolah theyo araafa huretha thi comment kurany
      Furatahama ves balaabala bio
      Eyga innaane her insta acc link kohfa
      U can check from there
      Adhi eba judge kurey
      She said iyye storyga she submitted ey eveyning ga
      But there upload yet
      She was sick previous week
      How can you say defending ey without even check what’s going on

      Nanna blind or what 😒😒😒

  26. Ayan 1997 says:
    August 8, 2024 at 3:19 pm

    Why esfiya people are taking too much time
    To upload

  27. Shara says:
    August 9, 2024 at 3:46 pm

    Alhe kyhve upload nukurany😭😭😭

  28. LIM🖤 says:
    August 10, 2024 at 8:18 am

    Vhk vrh salhi..kon iraku tha dhn up kuranee I am waiting for the next part you know what I’m always thinking about this story

  29. Shaviyani says:
    August 10, 2024 at 11:01 am

    Still not uploaded 😭😭😭
    Im waiting for it crazily

  30. Eviee says:
    August 10, 2024 at 11:46 am

    Pls story up kohdhyba varah kiyaa hih vaa vaahaka eh mee

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 29 & 30←


All Right Reserved!