ތެމި ވާރޭގައި ވީމޭ 29 & 30
އެޕިސޯޑް 29
****
“ނައުފަލް… ނައުފަލް ކިޔަނީ..” މިލީނާގެ ސަލާމަތް އިޖާބަ ދިން ނައުފަލްގެ މޫނުމަތީގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ނައުފަލް އާއި މިލީނާ ސަލާމް ކޮށްފައި މުރާދު ހޯދަން ދިޔުމުން ނައުފަލް ބަލައިލީ ޝަހްރޫޒްއާއި ދިމާލަށެވެ. މަކަރުވެރިކަމުގެ ހިނިތުންވުމަކުން ހީލައިގެން ހުރިއިރު ވަށައިގެން ނައުފަލް އެގޭތެރެއަށް ނަޒަރް ހިންގައިލީ އޭނާގެ ސިކާރަ ހޯދާލާ ފަދައަކުންނެވެ.
****
“މަ އަންގާލާ ކޮންމެ ގަޑިއެއްގަ ވެސް ކަލޭ ޖެހޭނެ ޕްލޭނަށް ތައްޔާރް ވެގެން ހުންނަން … އިނގޭ ދޯ ކޮބާ ކަން ޕްލޭނަކީ.. ޕްލޭންއަށް މަސައްކަތް ކުރަން މާ އުނދަގުލެއް ނުވާނެ..ލާރާ އިޒް ދެއާ..” ޝަހްރޫޒް ވާހަކަ ދެއްކީ ކިރިޔާ ނައުފަލްއަށް އިވޭވަރަށެވެ.
“އެންމެ ފުރަތަމަ ޒަކީންގެ އަންހެން ދަރީގެ ހުރިހާ ފިޔަވަޅަކަށް ބެލުން..ދެން ޔަޒަން އާއި އޭނާގެ ދިރިއުޅުމުގަ ހުޅުޖެހުން..އެއަށްފަހު ހަގީގީ މަގުސަދު” ނުބައިފާޑަކަށް ހީލަމުން ނައުފަލް ސޯފާގައި ހަމަޖެހިލިއެވެ. ޝަހްރޫޒްގެ މޫނުމަތީގައި ވެސް އެފަދަ މަކަރުވެރި ކުލަވަރެކެވެ.
” މިއަދުން މިއަދަށް ފަށަން ވާނެ..އަނެއްކާ އެއުޅޭ އަކްރަމް ނެތް ވަގުތެއް ވީމަ ވަރަށް ފަސޭހަ ވާނެ..” ޝަހްރޫޒް ދެން ބުނެލި ޖުމްލައަށް ނައުފަލް ބޯޖަހައިލިއެވެ.
****
ޑިއުޓީ ނިމިގެން ނަވާރް ނުކުންނަން ހިނގައިގަން ވަގުތު ޒަޔާން އޭނާގެ ފޯނަށް ގުޅަން ފެށިއެވެ. ފޯނު ނުނަގަ އެއަށް ބަލަން ހުރީ ނަގާނެ ހިތްވަރު ނެތިގެންނެވެ. މީގެ ދެދުވަސް ކުރިން މިހްރާންގެ ކޮޓާރީގަ އޭނާއައި މިހްރާން ދެއްކި ހުރިހާ ވާހަކައެއް ޒަޔާންއާއި ރިހާމްއަށް އިވުނު ހިނދު އޭނާ އެތާގައި ހުރެފައި ދުވެފައި އައިގޮތައް އަދި ގެޔަކަށް ނުދެއެވެ. އުޅެނީވެސް އެމީހުންނާއި ފިލައިގެންނެވެ. ދެދުވަސް ވަންދެން ޒަޔާން ވެސް ރިހާމް ވެސް އޭނާއަށް ހުއްޓުމެއް ނެތި ގުޅިއެވެ. އޭނާ ފޯނު ނުނަގައިގެން އެގެޔަށް ދެމީހުން އައުމުން ވެސް ފާހާނާއަށް ވަންގޮތައް ނުނުކުމެ ނަވާރް ހުރީއެވެ.
ހައެއްކަ ފަހަރު ޒަޔާން ގުޅުމުން ވެސް ނަވާރް ނަގާކަށް ނޫޅޫނެވެ. އެހެން ހުއްޓާ ސިހުނީ ނަވާރްގެ އަތުގައި ޔަޒަން ހިފުމުންނެވެ. ފޯނަށް ބަލަހައްޓާއިގެން ގެއްލިފައި ހުރުމުން ޔަޒަން އައި ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ޔަޒަންގެ އަތް އިހްސާސްވި ވަގުތު ނަޥާރް ވަގުތުން އަތް ނައްޓުވާލިއެވެ. އޭނާގެ މޫނަށް ރުޅިވެރިކަން ގެންނަމުން ހިނގައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތު ލުއި ފަތެއް ފަދައިން ނަވާރް އަތްދަނޑިމައްޗަށް އުފުލާލައިގެން ޔަޒަން ގޮސް ކާރުގެ ކްރީ ސީޓަށް އެރުވިއެވެ. ގަދަ ހެދި ނަމަވެސް ޔަޒަންގެ ބާރު އިޙްސާސްވެގެން ނަވާރް ވެސް އިތުރަށް ގަދަ ނުދައްކާ އިނެވެ. އަނެއްފަރާތުން ޔަޒަން ވެސް އައިސް އޭރު ކާރަށް އެރިއެވެ.
“ނަވާ ޕްލީޒް.. ޖަސްޓް ލިސެން … ޗީޓް ކުރާ މީހުންނަށް ވެސް މީހުން ދޭ ސެކަންޑް ޗާންސް.. މިތާގަ މިއުޅެނީ މަ ޗީޓް ވެސް ކޮށްގެންނެއް ނޫން.. އަމް ބެގިން ފޯރް އަ ޗާންސް ޓް ޓޯކް.. އެކްސްޕްލެނޭޝަން އެއް ދޭން މަސައްކަތް މިކުރަނީ..އެކަމަކު ނަވާ މަށަކަށް އެފުރުސަތެއް ނުދޭ… ކީއްވެތަ ފެންނަ މަންޒަރްތައް ނަވާ ގަބޫލް ކުރަނީ ހަގީގަތް ނުބަލާ..” ޔަޒަންގެ މޫނުމަތިން އޭނާ ވެފައި ހުރި ދެރަ ހާމަވެއެވެ. އެ މަންޒަރު ފެނުމުން ނަވާރްގެ ހިތުގައި ރިއްސައިގެން ވަރުން ދުރުބަލައިލިއެވެ.
ނަވާރްގެ ދެލޮލަށް ބަލަހައްޓާއިގެން އިނދެ ޔަޒަން ނަވާރްގެ މަޑު ދެއަތުގައި ހިފައިލިއެވެ. ޔަޒަންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި އައިސް ނަވާރްގެ އަތުގައި ބޮސްދިން ވަގުތު ނަވާރްއަށް ސިހިފައި ޔަޒަންގެ މޫނަށް ބަލައިލެވުނެވެ. ކިތަންމެ ހިތްހަރުކުރަން އުޅުނުނަމަވެސް އެފަދަގޮތަކަށް ނަވާރްއަށް ޔަޒަން ފެނުމުން ކުރަމުންދިޔަ ހުރިހާ ހިތްވަރެއް ނެތިގެން ދިޔައެވެ.
“އަމް ސޮރީ..ސޯ ސޮރީ..ޕްލީޒް ތިހެން އާދޭސް ނުކުރޭ..އަމް ދަ ބޭޑް ވަން ހިޔާ..އަހަރެން ޖެހޭނެ އަސްލު ޗާންސްދޭން އެކަމަކް ބޯހަރު ވެވުނީ..ރިއަލީ ސޮރީ…”ޔަޒަންގެ ގައިގާ ބައްދާލި ހިނދު ނަވާރްގެ ދެލޯވެސް ފެންކަޅިވިއެވެ.ހަގީގަތުގައިވެސް ޔަޒަންއަށް ވާހަކަދައްކަން ފުރުސަތެއް ނުދެވި ދުރުކޮށްލެވުމުން އެވަގުތު ނަވާރް ދެރަވިއެވެ.އެމޫނަށް ވެރިވި އަސަރްތަކުން އެކަން ހެކިދެއެވެ.
“އިޓްސް އޯކޭ.. ދެން ބުނެބަ އެދުވަހު ލާރާ ބެއާ ދެއްކީތަ.. ދެކުނީމޭ މަ އެތެރެއަށް ވަންނަން އައި ގަޑީގަ ނަވާ ނުކުމެގެން ދަނިކޮން… އޭނާ ކީއްކުރީ.. ޓެލްމީ އެވްރީތިންގް.. މެރީ ކުރުމުގެ ކުރިން ވެސް ބުނީމެންނު ކިތަންމެ ކުޑަ ކަމެއް ވިޔަސް ބުނަން..” ނަވާރްގެ މޫނުގެ ދެފަރާތު ގައި ޔަޒަންގެ ދެއަތުން ހިފާލިއެވެ. ހިތްވަރުކޮށްފައި އެދުވަހު ލާރާ އާ ދެމެދު ހިނގި ކަންތައް ކިޔާދިނެވެ. ފަހުން ދުވަހު ޔަޒަންގެ ކެބިން އިން ލާރާ ނުކުތުމުން އެކަމާއި ވެސް ސުވާލް އުފެއްދިއެވެ. މެސެޖްގެ ވާހަކައާއި ލާރާއަށް ގުޅި ވާހަކަވެސް އެހިއެވެ.
“ބުނަން ބޭނުންވި..އެކަމަކު ޔަޒަން ކޮންމެ ފަހަރަކު އަހަރެން ލާރާ އާއި ދެމީހުންގެ ޕާސްޓް އަހާއިރަށް ޓޮޕިކް ޗޭންޖް ކުރަނީ.. ކޮންމެ ފަހަރަކު ވެސް ޝައްކު ކުރަން ބޭނުން ނުވާތީ އަހަނީ.. ބަޓް ޔަޒަން އެހެން ހަދާތީ ހިތްވަރު ނުލިބުނީ..ރުޅި ވެސް އާދެވުނީ..ކުރިމައްޗަށް އެރީމަ ދެރަވާތީ ކޮންމެ ދުވަހަކު ޑިއުޓީ ނިމިގެން ވެސް ބަލަނީ ދުރުގަ ހުރެވޭތޯ..”އެހާ ހިސާބަށް ބުނަން ވާއިރަން ނަވާރްގެ ހިތައް އަސަރުކޮށްގެން ރޮވިއްޖެއެވެ. ނަވާރްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަ ތައް ނުހަނު ލޯބިން ފުހެލަދެމުން ޔަޒަން ނުރޯށޭ ބުނެލިއެވެ. ގަޔާ ކައިރިކޮށްލަމުން ބައްދާލައިގެން އިނދެ އެ ބެއާރގެ ހަގީގަތް ކިޔައިދިނެވެ. އެންމެ ފަހުން ދުވަހު އޭނާގެ ކެބިން އަށް ލާރާ ގެންގޮސް ދެއްކި ވާހަކަ އާއި އެދެމެދުގައި މާޒީގައި ހިނގި ހާދިސާވެސް ވެސް ކިޔައައިދިނެވެ.
“މަށާ ލާރާ ދިމާ ވީ ގްރޭޑް އެލެވެން އިން.. މީޝް ކިއައި ދީފަ ދޯ އޮތީ ޒަޔާން ފަހަތުން އުޅޭ ޝިއުރާގެ ވާހަކަ.. އޭނަ އާއިއެއްކޮން އުޅޭނީ.. މަށަކަށް ވެސް ނޭނގޭ މަ އޭނާ ދެކެ ލައިކް ވީ ކީއްވެކަމެއް.. އޭނާ ނަމްބަރު ހޯދައިގެން މަ ފުރަތަމަ ޓެކްސްޓް ކުރީ..ދެން ދެމީހުން ފްރެންޑްސް ގެ ގޮތުގައި މަންތްއެއް ވަންދެން ތިބެފަ އައި އާސްކްޑް ހާ އައުޓް.. ދެން ވަރަށް ލޯބިން އުޅުނީ.. އައި ވޯޒް ލައިކް ބްލައިންޑެޑް..ހަމަ އެހާ ވަރުވެފަ ހުރީ.. އަހަރެއް ފަހުން އައި ގެޓް ޓް ނޯ ދެޓް އެންޑް ޝީ ވޯޒް ޗީޓެޓް އޮން މީ….” ޔަޒަން ވާހަކަ ނަވާރް އިންއިރު އޭނާގެ މޫނުމަތިން ޝައުގުވެރިކަން ފެނެއެވެ. ހިސާބެއްގެ ހަސަދައެއް ލާރާއަށް އުފެދުނު އިރު އެކުލަވަރު ޔަޒަން އަށް ވެސް ފާހަގަ ވެ ހިނިއަންނަން އުޅުނެވެ.
“އެނގޭތަ ކާކާކަން… ކިޔަވައިދޭން ދިޔަ ޓީޗަރ އަކާއި..ކާންޓް ބިލީވް ދޯ…އެންޑް އެ ޓީޗާރ އަށް އެނގޭ އަހަރެންގެ ބައްޕަ ރިޗް ކަން.. ކޭ އެލް އިންވެސްޓްމެންޓް ނޫނީ އަހަރެން ބައްޕައޭ ބުނީމަ ނޭނގޭނެ މީހެއް ހިޔެއް ނުވޭ ހުންނާނެ ހެންނެއް… ސޯ އޭނާ ބޭނުން ކުރީ ލާރާ.. ލާރާ ބޭނުންކޮށްގެން އެއްދުވަހަކު އަހަރެން ގެންދިޔައީ ލާރާ މެންގެޔަށް.. ދިޔައިރު ނޭނގޭ އެއްވެސް ކަމެއް..އެހެން ދުވަސްތައް ގޮތައް މީޓް ކުރަން ހަމަ ދިޔައީ…ރޫމުގަ ވާހަކަ ދައްކަން ތިބެފައި އޭނާ ދިޔައީ ބޭރަށް.. ގޮސް އައި އިރު ޑްރިންކްސް ހުރި..ލާރާ ދިން ޖޫސްތައްޓައް އޭނާ އަޅާފަ ހުރި ބޭހެއް ނޭނގޭ..ވަގުތުން ހަމަ ހުރިތަނަށް ވެއްޓުން .. ދެން ވީ ގޮތެއް ނޭނގޭ..އިރުކޮޅެއްގެ ތެރޭގަ ފާޑަކަށް ހޭލެވުން އޭރު ބިންމައްޗަށް ދެމިފަ އޮތީމަ ކުޑަކޮން ވާނުވާ އެނގުން..އެކަމަކު ތެދުވަންނާނެ ހިތްވަރެއް ނުލިބުން..އޭރު ލާރާ އާއި މިބުނި ޓީޗާރ ހުރި އެތާގަ.. ދޭ އާއި ކިސިންގް އިންފްރޮންޓް އޮފް މީ…އަހަރެން އެހާލަށް ދޫކޮށްލާފަ އެމީހުން މަޖާ ނެގީ.. ވަރަށް ދެރަވި އެގަޑީގަ..ދެން ވަރަށް އުނދަލުން ރިހާމްއަށް ގުޅުނީ.. އޭނާގާތު އޮތްތަން ބުނެވުން. ދެން އެ ގަޑީގަ ފިރިހެން ގޮލާ އައިސް ބަނޑުގަ ކޮޅުފައިން ޖަހާލި ވަރަށް ބާރަށް..ދެން އަނެއްކާ ހެޔަށް ގޮތްވި..ދެން ހޭލެވުން އިރު އޮތީ ހޮސްޕިޓަލްގަ..ޒަޔާން އާއި ރިހާމް ދެން އާނާ ހުރީ.. އާނާ ބުނީ އޭނާ ދޮންބެގެ ހުރިހާ ސޭވިންގްސް އަކާއި ހުރިހާ ކާޑެއްގެ ހުރިހާ މަނީއެއް ޔޫޒްކޮށްފަ އޭ ހުރީ..އެކަމާއި ނުވޭ ދެރައެއް.. ލާރި ލިބޭ އޭރުވެސް ބޭނުންވަރަކަށް… އެކަހަލަ ގޮތަކަށް ލަނޑު ދިނީމަ ދެރަވީ.. މިހާރަކު ނުވޭ އެއްވެސް ދެރައެއް..މިބުނީ އޭރުގެ ވާހަކަ.. ދެން އޭރު މަންމަ ވެސް އައިސްފި.. މަންމައަށް ބަލައިލާފަ އެނގުން ވަރަށް ރޮއެފަ ކަން.. ޝީ ސެއިޑް ލާރާ އެކަނި އޯ ރޫމް ގަ ހުރީ ރިހާމް ދިޔައިރުގަ…އެ ފިރިހެން މީހާ ފިލައިފިޔޯ..ލާރާ ޕޮލިހުން ހައްޔަރު ކުރީމަ އޭނާގެ ބައްޕަ ހިލްމީ އެމީހުނަށް ކަޅު ފައިސާ ދީގެން ޖެއިލް އިން ނެރުނީ.. އަކްރަމް އުޅުނު އޭރުވެސް ލާރި ދީގެން އެ މައްސަލައިގަ ހިފާލަން ..އެގޮތައް ހަދަން އަހަރެން ބޭނުންނުވީ ބައްޕަގެ އަގު ވައްޓާލައިފަ އޮއްވަ އަނެއްކާ އާއިލާގެ ވާހަކަ މީޑިއާއަށް އަރަން…ހިލްމީއަކީ އޭރުވެސް ޕޮލިހެއް .. ހިލްމީ މަށައް މެސެޖް ކުރީ ލާރާ ބައްދަން މަސައްކަތް ކޮށްފިއްޔާ މަ ފެމެލީއަށް އޭގެ ހިތި ފެންނާނެ އޭ ބުނެފަ.. ދެން މަ ނޫޅެން އިތުރަކަށް..އޭރު ވަރަށް ބްރޭކް ވި.. ބޮޑަށް އެވަރުގެ ދޯކާއެއް ލިބުނީމަ…ރޫމްގަ ވަރަށް ކްލޯޒް ކޮން ވެސް އުޅެވިފަ އެބަހުރި..ބަޓް އައި ހޭވް މައި ލިމިޓްސް ..އެވަރަށް ކްރޮސް އެއް ނުކުރަން.. އެއީ އަސްލު ނަވާގެ ކައިރީގަ ބުނަން ޖެހިލުންވި ރީޒަން.. ދެން ލާރާ ލޯބި ނުވެއޭ ކިޔާފަ ދިޔަސް އެހާ ދެރައެއް ނުވީސް ދޯ..ވަގެކޭ ބުނެވޭނީ އެއީ ހަމަ ..އޭގެ ފަހުން އަންހެނުން ދެކެ ފޫހިވި..އެކަމަކު ހީކުރިވަރަށް ވުރެން އަވަހަށް މޫވް އޮން ވި..ހުރިހާ ޝުކުރެން މައި އޭންޖަލް އާނާއަށް..އެހުރިހާ ވަގުތެއްގަ އާނާއާއި ޒަޔާން އަދި ރިހާމް ހުރި އެންމެ ކައިރީގަ” ޔަޒަން އެވާހަކަ ތައް ނަވާރްއަށް ކިޔައިދިން ހިނދު ހީވީ ބޮލުން ބޮޑު ބުރައެއް ނެނގުނުހެންނެވެ. ސިކުނޑިއަށް ނުހަނު ފަސޭހަ ވިއެވެ.
އޭރު ނަވާރް އިނީ ރުޅިގަދަވެގެން ހަމައިން ނެއްޓޭވަރު ވެފައެވެ. ލާރާ ކުރިމަތީގައި ހުރިނަމަ އޭނާއަށް ނޮޅާލެވުނީސް އެވެ. “ވަޓް ދަ ފަ*.. ޝީ އިޒް އަ ބިޗް..ހައު ކުޑް ސަމްވަން ޑޫ ދެޓް.. ފޯރް ޝުއާ އަ ހިއުމަން ވުޑް ނެވާ ޑޫދެޓް..ކުޑަބެ މެންނަށް އެނގޭތަ އެއީ ކޫގެ ޓީޗާރ ކަން.. މިހާރް އެމީހާ ކޮބާ..ކޮން ނަމެއް ކިޔަނީ އޭނައަށް” ނަވާރްގެ މޫނަށް ރުޅިން ގޮސް ވަނީ ރަތްކުލަ ވެރިވެފައެވެ.
“ފައިރޫޒް ކިޔަނީ…އަސްލު ވީ ގޮތަކީ ރިހާމް އާއި ޒަޔާން އަށް ވުރެން އިތުރަށް މަ ނެގިން އެއް ސަބް..ލާރާ ވެސް ދާނެ އެގަޑިއަށް..އެގަޑިއަށް ފައިރޫޒް ދަނީ.. އެ ކްލާސްއަށް ދާތީ ވެ އެދެމީހުންނަކަށް ފައިރޫޒްއެއް ނޭނގޭނެ.. އެހުރިހާ ކަމެއް ބަސްޓްވި ދުވަހު ވެސް ލާރާ ހުރީ އަމިއްލައަށް ބެދިގެން އެމީހާ ފޮރުވާފަ.. ސޯ ރިހާމްމެން އެރޭ އައި އިރުވެސް އެމީހުންނަކަށް އެ ފައިރޫޒްއެއް ނުފެންނާނެ..މަ ކައިރިގަ ވަރަށް އެހި..އެކަމަކު މަ ނުބުނަން.. އެހާ ރުޅިގަދަ ވާނެ އެދެމީހުން….ގޮސް ފައިރޫޒް މަރައިލެވުނަސް ނޭނގޭ ހާލުގަ ތިބޭނީ…. އެކަމަކު ޒެހެކް އަށް ފައިރޫޒް އޭ ބުނެފިއްޔާ އެނގޭނެ..ލާރާއާއި ޒެހެކް އާއި މަށާއި އެއްކޮން އެ ކްލާސްގަ އުޅެނީ..އޭރުވެސް ޒެހެކް ހުންނާނީ އަންހެން ފްރެންޑަކަށް..ޝިއުރާ ވެސް އެދުވަސްކޮޅު ލާރާއާއި ދުރުން އުޅުނީ… މުޅި ސުކޫލަށް ލާރާ އާއި ޓީޗަރަކާއި އެކު ގުޅުން ހިންގިކަމަށް ބަސްޓްކޮށްލީ މަ..އެކަކަށް ވެސް ކޮން ޓީޗަރެއްކަމެއް ނޭނގޭނެ.. އެދުވަސްކޮޅު ފައިރޫޒް ވަކި ކުރި…އޭނާ ދިޔައީ ފުރައިގެން ބޭރަށް.. ދެން ހިލްމީ މެދުވެރިވެގެން ފައިރޫޒްއާއި އިތުރު ދެ ޓީޗަރެއް ވެސް ވަކި ކުރުވި..މީހުންނަކަށް ނޭނގޭނެ ތާ އެތަނުން ކާކު ކަމެއް.. ” ޔަޒަން އެ ވާހަކަތައް އަޑުއަހަން އިން ނަވާރްގެ މޫނުމަތިން އެތައް ކުލަވަރެއް ފެންނަން ހުއްޓެވެ.ހައިރާންކަމާއި އުދާހެވެ. ރުޅި އާއި ހިތާމައެވެ. ޔަޒަން އެހާ އަވަހަށް ލާރާގެ މަތިން ހަނދާން ނައްތާލުމުން ނަވާރްގެ މޫނުމަތިން ފެނިގެން ދިޔައީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރިކަމެކެވެ. ޔަޒަންގެ ގައިގާ ބައްދާލައިގެން ހުރެ އެތައްފަހަރަކު ތައުރީފް ކުރިއެވެ. އޭނާ އަނެއްކާ ވެސް އަހައިލީ ލާރާއަށް އޭނާ ދެއްކިފަދައިން ޔަޒަން މެސެޖް ކުރިތޯއެވެ.
“ނަވާ ތިބުނި މެސެޖް އެ ނޭގޭ ކިހިނެތް ކަމެއް ..ހަމަ ގައިމް ވެސް މީން ޒަމާނަކު މަށެއް ނުފޮނުވަން މެސެޖެއް.. ޒަޔާން އޭ ކިޔާފަ ދޯ އިނީ ވެސް.. ވެދާނެ ކުރީގެ ޓެކްސްޓެއް ގޮތަކަށް އެޑިޓް ކޮށްގެން ކަމަށް.. މަ އެކަމަކު އެދުވަހު ދެފަހަރަށް އޭނާއަށް ގުޅިން .. އެވެސް މަޖުބޫރުވެގެން..ސުޖާއު ސާރ ވެސް ހުރިމަ..އެމީހުންގެ ޔުނިޓްގެ ޑެސްކްޓޮޕްތައް ބަޔަކު ހެކް ކޮށްގެން…އެހެންވެ އެޓީމް އެންމެން ބޭނުންވާނެނު..އަމާޔާ ވެސް ފޯނު ނުލާ އުޅުނީ.. ސޯ މަ ގުޅިން އޭގެ ކޯޑްއެއް ހޯދަން އެއްފަހަރު.. ދެން އެކަމަކު މެސެޖް އެއް ނުކުރަން ..ދެން ފަހުން ގުޅިން އަންނަން ބުނެފަ..އޭގެފަހުން ބްލޮކް ކުރިން އުނދަގުލެއް ޖެހިދާނެތި..ދެން ކެބިން އިން ފެނުނު ދުވަހުވެސް ޒެހެކް މެދުވެރިކޮން ކެބިންއަށް އަންނަން ވެސް އޭނާ ކައިރިގަ ބުނީ..އެކަމަކު ތި މެސެޖްގެ ހަގީގަތް އަދި ބަލާނަން.. ” ޔަޒަން އޭނާގެ ފޯނު ދައްކާފައި އިތުރަށް ޔަގީން ކޮށްދިނެވެ. ޔަޒަންގެ ވާހަކައިން ނަޥާރް ވެސް ޔަގީން ކުރީ ޔަޒަން ހާސިލްކުރުމަށް ލާރާ ދޮގުހަދައިގެން މޮޅެތި ޕްލޭންތައް ކުރަނީ ކަމުގައެވެ. އެންމެ ރަނގަޅުތާއެވެ. އޭނާ ވެސް ހުންނާނީ ވިސްނައިގެންނެވެ.
“އަމް ސޯ ޕްރައުޑް އޮފް ޔޫ ހަޒްބެންޑް…ނަސީބެއް ކެބިންގަ ވެސް ކެމެރާ ހަރުކުރެވިފަ ހުރިކަން..އެހެންނޫނަމަ ނޭނގޭ އެ އަންހެނާ ހަދާލާނެ ގޮތެއް.. ކުޑަބެ އާއި ރިހާމްބެ ކައިރީގައި ނުބުނިކަން ހަމަ ނަސީބް އެ ޓީޗަރުގެ ވާހަކަ.. އެމީހުން ކައިރިގަ ބުނިނަމަ ސުޢާ މިހާރްވެސް ޖަލުގަ ތިބޭނީ..ރުޅިގަދަ ގުރޫޕެއް އެއީ..ބަޓް ދެން ނުވާނެ އެކަހަލަ ކަމެއް އިންޝާﷲ އަހަރެން މިހެން އަބަދުވެސް ހުންނާނަން..ވެދިޔަތަން ހަނދާން ނައްތާލަމާ.. އަނިޔާވެރިންނަށް އޭގެ ހިތި ފެންނާނެ.. މުސްލިމުންނަށް ވީތީ ކެތްތެރިވާން ވާނެ.. އާހް ހިތައް އަރާ އޭރު އަހަރެންނާ ދިމާވިނަމައޭ.. ހުރިހާ އަންހެނުން ދެކެ ފޫހިވަންޏާ އަހަރެން ދެކެ ވެސް ފޫހިވާނެ ދޯ.. ފަހުން އެ ލާރާ ކޮންތާކަށް ދިޔައީ..ނަވާރް އިނދެފައި މައުސޫމްކަމާއެކު ކޮށްލި ސުވާލުން ޔަޒަންގާތައް ހިނިއައެވެ.
“ފަހުން ޒަޔާން މެން ކީ އޭނާ ވެސް ބޭރަށް ދިޔަ ވާހަކަ..ފައިރޫޒް ކައިރިއަށް ނޫން ކަމެއް ވެސް ނޭނގެ.. ..އެއަކަށް ނުކެރުން ސްކޫލަށްވެސް އަންނާކަށް.. ނޫނޭ ދޫނީ.. އޭރު ފޫހި ވާހަކައޭ ބުނީ.. ބަޓް ވެން އައި ސޯ ޔޫ އެންމެ ފުރަތަމަ ދުވަހު ވެސް މިހިތުގެ ހުރިހާ ހުރީ ބީޓެއް ހަލަބޮލި ކޮށްލި..ރިހާމްގެ ނިޔަފަތި ނަވާގެ އަތައް ހެރިގެން ބޭސް އަޅައިދޭން އަތްލި ވަގުތު އެއީ ފީލިންގްސްތައް ބުނެދޭން ވެސް އުނދަގު ވަގުތު ކޮޅެއް.. ފެލްޓް ވި ވަރަށް ސްޕެޝިއަލް އޭ ފުރަތަމަ ވެސް..ޔޫ ނޯ ވަޓް އައި ރިއަލީ ލަވް ޔޫ.. ޑޯންޓް އެވާ ތިންގް މަ ދޫކޮށްލާފަ ދާން..އެހެން ހިތައް އެރިއަސް އިޓްސް ކިލިންގް މީ.އެހާ ވަރަށް ލޯބި ވޭ.. ” ނަވާރްގެ މޫނާއި މޫނު ކައިރިކޮށްލި ޔަޒަންއަށް ނަވާރްގެ ހިތުގެ އަޑު އިޙްސާސްވިއެވެ. ނަވާރްގެ ލޮލުން ފެންތިއްކެއް ކޯތާފަތުން ތިރިއަށް ފިރުކިލައިގެން ދިޔަ ހިނދު ޔަޒަން އަށް ނަވާރްގެ ކޯތާފަތުގައި ތުންފަތް ބީއްސާލެވުނެވެ.
“އައި ލަވް ޔޫ ޓޫ.. ކްލާސް ހުރިހާ ފިރިހެން ކުދިންހެން ފަހަތުން ނެއްޓެން ނޭނގިގެން އުޅުނު އިރުވެސް ޔަޒަން ފެނުން ފަހުން އެހެން ކަމަކަށް ނީނދޭ މައިންޑެއް.. ކެން އައި ހަގް ޔޫ..” ނަވާރްކުޑަކޮން މޫނުމައްޗަށް އުފުލާލައިގެން އިނދެފައި ދެއަތް ފުޅާ ކޮށްލިއެވެ.
“އޮފްކޯޒް ބޭބީ.. އަމް އޯލް ޔުއާސް.. ދެން ދުވަހަކު ވެސް އެގޮތައް ރުޅިއައިސްގެން ނުހުނައްޗޭ.. ..އައި ވިލް ބީ ގުޑް.. އަމް ސޯ ސޮރީ ފޮރް އިގްނޯރިން ޔޫ.. އެންޑް.. ލާރާ ގެއަށް އައި ކަންތައް ކިއައިދޭން ވީ ދޯ….” ޔަޒަން ނަވާރްގެ ގައިގާ ބައްދާލައިގެން އިނދެ ކިއައިދިނީ މިލީނާ ވެސް ނަވާރްއަށް ބުނެދިން ގޮތަށެވެ. ކޮމްޕިއުޓާ ކަންތަކާއި ވަރަށް ބިޒީކޮން އުޅުނު ވަގުތެއްގައި ޝަހުރޫޒްގުޅާފައި ކުއްޖަކު ގެންނަ ވާހަކަ ބުނީމަ އަވަހަށް ފޯނު ބާއްވަން ކާކުތޯ ވެސް ބަލައިނުލާ އޭނާއަށް އާއެކޭ ބުނެވުނީއެވެ. ޔަޒަންއާއި ލާރާގެ ގުޅުން ކުރިން އޮތީ ސަހުރުޒް ރާއްޖޭން ބޭރުގައި އުޅެނިކޮން ކަމަށާއި ޝަހްރޫޒް އާއި އަލީ ހިލްމީއަކީ ރައްޓެހިންކަމެއް ކުރިއަކުން ނޭގޭ ކަމަށް ޔަޒަން ބުނެދިނެވެ. އެދުވަހު ލާރާގެއިން ނެރެން ހިފާލި ވަގުތު ނަވާރްގެ މަންމަ އެގޭގައި ހުރުމުން އެކަމަށް ހުރަސް އެޅުންވާހަކަވެސް ޔަޒަން ބުނެދިނެވެ.
“އިޓްސް އޯކޭ.. ދެން އެކަމަކު ކާކު ތޯ ބަލައްޗޭ ބިޒީ ވިއަސް.. ދެން މިފަހަރު ބަހައްޓަމާ ދޯ އިހަށް ..ޔަޒަންގެ ކާފަގެ މޫނުމައްޗަށް އެރުން ކަހަލަ ކަމެއް އެއީ އަލަށް ކަމަކު ބުނީމަ އެހެން ހެދީމަ.. ވީ ވިލް ބީ ކެއާފުލް މީގެ ފަހުން..” ނަވާރް އެހެން ބުނަން ފޫހިވީ ނަމަވެސް ހަގީގަތުގައި ނަވާރް ބޭނުންވި ޝަހްރޫޒް އާއި ހިލްމީ އަދި ލާރާ ވެގެން އެ ގަންނަން އުޅޭ ގަނޑެއް ބެލުމެވެ. އިރާދުކުރެއްވިއްޔާ ދެން އޭނާ ވެސް ހުންނާނީ އެމީހުންގެ ކޮންމެ ކަމަކަށް ކުރިއަށް ވުރެން ބޮޑަށް ސަމާލު ވެގެންނެވެ. ޔަޒަންއަށް ޝަހުރުޒްގެ އަނދިރިފަޜާތް ކިޔައިދޭން ނަވާރް ބޭނުންވަނީ އެކަށީގެންވާ ހެކި ފެނުނީމައެވެ. އެހެން ހުއްޓާ އަނެއްކާ ވެސް ޒަޔާން ގުޅަން ފެށިއެވެ. އޭނާ ކަނޑާލާ އިރަށް ރިހާމް އެވެ. ރިހާމް ބާއްވާއިރަށް މިހްރާން އެވެ.
“މިތިބަ ބަޔަކާ ހަދައިގެން މީހަކަށް ކަމެއް ވެސް ނުވާނެ ..ހީވަނީ ދެރަ ބަހެއް ބުނެގެން އުޅޭހެން..” ނަވާރް ގައިން ދޫކޮށްލާފަ ޔަޒަން އެ ފޯނު ނަގާ ނިއްވާލަމުން އަނެއްކާ ވެސް ނަޥާރް އާއި ގާތްވެލިއެވެ. އެވަގުތު ދެން ގުޅަން ފެށީ ޔަޒަންގެ ފޯނަށް ރިހާމް އެވެ.. ތިންވަނަ ފަހަރަށް ގުޅިތަނާ ޔަޒަން ފޮނު ނެގިއެވެ.
“އޭއް ކިހިނެތް ވެގެން ތިއުޅެނީ.. މަ އަންހެނުންނަށް ކޮންހާ އުނދަގުލެއް ތިކުރަނީ..ބެޑްގަ ތިއްބަ އޭ..” ލާނެތް ވެލާފައި ޔަޒަން ބުނެލި އެއްޗަކުން ނަވާރް ލަދުން ގޮސް މުޅި މޫނު ރަތްވިއެވެ.
” ކަލޭމެންނަށް ނޯވޭތަ ވަކި އިރެއް ..މި ރޯމާ ދުވާލޭ… ކައެ މިހާރު ފޮނި ދައްކަނީ ތި އަހަރުންނަށް ވުރެން ކުރިން މީހަކާ އިނދެވުނީމަ.. ކޮބާ ތަ އެ ނަވާރު.. ބުނޭ ހަމަ މިޙާރު ފޯނު ނަގާށޭ.. ޒަޔާން ވަރަށް ރުޅިއައިހޭ ހުރީ..” ރިހާމްގެ ވާހަކައިން ދެމީހުން ގާތައް ވެސް ހިނިއައެވެ. ނަމަވެސް ނަވާރްގެ ހިތް ނުތަނަވަސް ވީ ޒަޔާން ކުރުނުކުރާނެ ކަން އެނގޭތިއެވެ. އޭނާގެ އަތުގައި ޒަޔާންގެ ސުވާލްތަކަށް ދޭނެ ޖަވާބެއް ނެތެވެ. އެދުވަހުގެ ފަހުން އޭނާ އެއުޅެނީ މިހްރާންއާއި ވެސް ފިލައިގެންނެވެ.
“ހޫމް މި ދިނީ ނަވާ އަތައް” ރިހާމް އެންމެ ފަހު ކުރު ނުކުރުމުން ޔަޒަން ސްޕީކަރަށް ލުމަށްފަހު ފޯނުން ނަވާރްއަށް އިވޭނެހެން ބޭއްވިއެވެ.
“ނަވާ..ކުޑަބެ އަށް ދުވަހަކު ކަމެއް ކޮށްދެންޏާ ހަމަ މިހާރް މިގެޔަށް އާދޭ.. މިފަހަރު ފިލައިފިއްޔާ އަސްލަށް ވެސް ރުޅި އަންނާނެ އިނގޭ.. މީ މިހާރު ހަތަރުވަނަ ދުވަސް އަހަރުމެން ތިންމީހުންނަށް އިގްނޯ ކުރާތާ.. އެކަނި ހުރެ ރަނގަޅު ބޮނޑިއެއް ބޯން ދޯ ތިއުޅެނީ..” ޒަޔާން އެހިސާބަށް ބުނި ތަނާހެން އަވަސް ހަރަކާތަކާއި އެކު ނަވާރް ފޯނު އިން ސްޕީކަރު އޮފްކޮށްލައިފާ ކަންފަތް ޖަހައިލަމުން ޔަޒަން އާއި ދިމާ ބަލައިލިއެވެ.
“މިރޭ ދާނަން..މާދަން ފްރައިޑޭ ވީމަ ހުރެވިދާނެ ލަސްވަންދެން..މިގަޑިގަ ކިހިނެތް ތަ ދާނީ.. މިއުޅެނީ ޑިއުޓީ ނިންމާފަ ގެޔަށް ވެސް ނުގޮސް .. ޔޫ ގާއިޒް އާ ސްޕޮއިލިންގް އިނގޭ..” ނަވާރް ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ބެލީ ރީތިކޮން ވާހަކަ ދެއްކޭތޯ އެވެ. ޒަޔާން އާއި ރިހާމް އާއި ހެދި އޭނާ ރަނގަޅަށް ބޭޒާރު ނުވީ ކިރިޔާއެވެ. ވަރަށް ވަރުން އެންމެ ފަހުން ދެމީހުން ނަވާރް ބުނިގޮތާއި ރުހުނެވެ.
“ވަޓް ހެޕެންޑް.. “ޔަޒަން އެހެން އަހާނެކަން މާކުރިން ވެސް ނަވާރްއަށް އެނގެއެވެ. ދުލުކުރީގައި ދަތްއަޅާލައިގެން ހުރެ އެމީހުންނާއި “ފައިޓް” އެއް ކޮށްގެންނޭ ބުނުމުން ޔަޒަން ހޭން ފެށިއެވެ. އޭނާ ވެސް އިތުރަށް އެއްޗެއް ނުބުނެ ކާރު ދުއްވާލީ މިރޭ ގެޔަށް ދާންވާނެއޭ ބުނެފައެވެ.
***
“ދަރިފުޅޫ..ބައްޕަ އަންނަން ވާ އިރަށް ހުސްކޮށްލައްޗޭ.. މޮޅު ކުއްޖެއް ނު ދޯ..ބައްޕަ މިހާރު އެ އަންނަނީ ގެއަށް..” ޒެލީން ނުކާންވެގެން ބޮޑާހާކާވަރުން މިލީނާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. މިހާރަކަށް އައިސް ޒެލީން ނުކާން އުޅޭގޮތުން މިލީނާ ހުންނަނީ ހަނދާނެ ގޮތް ވެފައެވެ.
“ޒެލީ އިއްޔެ ވެސް ނުކަމެންނު…މިހާރު އިޝާ ނަމާދަށް ގޮވަން އެއުޅެނީ..ކައިގެން މަންމައާއި ދެކުދިން ނަމާދަށް ދާނީ… ހިނގާ އަވަސް ކުރަމާ..” ނުހަނު ލޯބިން މިލީނާ ޥާހަކަ ދެއްކިއިރު ހިލާ ޒެލީން ކާން އެއްބަސް ނުވިއެވެ. ބިމުގައި ދެފައިތަޅައިގަނެ އިތުރަށް ބޮޑާހާކާލިއެވެ.
“ކިހިނެތް ވީ ދޫނީ ..ބޮޑާ ހާކާލަނީ..” ނަވާރް ބަދިގެއަށް ވަދެގެން އައިއިރު ޒެލީން ފެނި އަހައިލިއެވެ.
“ހަމަ އެއްގޮތަކަށް ވެސް މިއަދުވެސް ނުކެއި..ދަރިފުޅު ދޮންބެދައްތަ ކައިރިން ކާނަންތަ.. ބައްޕަ އަންނަން ވާއިރަށް އަދި ރަނގަޅު އެއްޗެއް ހަނދާލަން މިއުޅެނީ..ކޮބާ ޒޭން” މިލީނާ ގޮނޑީގައި އިށީންދެލީ ޒެލީންގެ ފަހާ ދުވެ ދުވެ ވަރުބަލި ވެފައި ހުރިވަރުންނެވެ. ނަވާރް ފެންނަ އިރަށް ދުވެލައިފާ އައިސް ނަވާރްގެ ގައިގާ ބައްދާލިއެވެ.
“ޑިއުޓީ އިން އައިގޮތައް ނިދާފަ… އަޅެ އާދެބަ ހުސްކޮށްލަން ..އައިސްކްރީމް އެއް ދޭނަން މި ހުސްކޮށްލީމަ … އޯކޭ ދެކުދިން ވެގެން ކާނީ ދޯ..ކޮން ކުއްޖަކަށް ތޮ އަވަހަށް ކެވެނީ..” ޒެލީން ގޮނޑިއެއްގައި ބައިންދާފައި ނަވާރް ވެސް ތައްޓަކަށް ކާ އެއްޗިސް އަޅާއިގެން ޒެލީން ކައިރީގައި އިނދެ ކާންފެށިއެވެ. މާގިނައިރެއް ނުވެ ޒެލީން ވެސް ކާންފެށުމުން މިލީނާގެ ގާތައް ހިނިވެސް އައެވެ. ނަވާރްއަށް އޭނާ ބަލައިލީ ލޯބިން ފުރިގެންވާ ފަދައަކުންނެވެ.
“މަންމަ ތަޅުވާލީ އޭ ދޯ … އަހަހަ” ޒެލީން ތަށި ހުސްކޮށްލުމުން ނަވާރްއަށް ވެސް ހެވުނެވެ. މިލީނާ ވެސް ލާނެއް ކުއްޖެކޭ ބުނެ ޒެލީންގެ ގައިގާ ބައްދާލިއެވެ.
އެމީހުން އެތާގައި ތިއްބާ ލާރާ އައިސްވަނެވެ.
” ހައި ޒެލީ ..ހައި ދައްތާ..” ނަވާރް ހުރި މީހަކަށް ވެސް ހަދާނުލާ ޒެލީން އާއި މިލީނާއަށް ލާރާ ގޮވައިލިއެވެ. އެކަކުވެސް ބަލާ ވެސް ނުލުމުން ރަކިވެފައި ހުރެ އޭނާ ދިޔައެވެ.
“ފޫހި ފޫހި ދައްތަ އެއް އެ.. ޒެލީ ވަރަށް ރުޅި އާދޭ.. ކާފަ ކައިރީގަ ބުނިން މިގެއިން އެއްލާލާށޭވެސް.. ޒެލީންގެ އަޑުއިވި މިލީނާ އާއި ނަވާރްއަށް ހޭންފެށުނެވެ.
****
ނަވާރް ކޮޓަރިއަށް ވަނީ އަށެއް ޖެހި ހާ އިރު ޒަޔާން އަނެއްކާ ގުޅުމުންނެވެ. ޔަޒަން ނިދާފައި އޮތުމުން ނުގޮވާ ޝާކިރް އާއެކު ނަވާރް ގެޔަށް ދިޔައީ، އެގެއިން ނިމިގެން ބަލާ އަންނަން ވުމުން ޔަޒަންއަށް ގުޅާލަން ހިތައް އަޜާފައި އެވެ. ގެއަށްއައި ގޮތައް ފުރަތަމަ ވެސް އޭނާ ޓެރެހަށް އެރި އިރު ތިން މީހުން އެތާގައި ތިއްބެވެ. ފުރަތަމަ ވެސް ޒަޔާންގެ މޫނުމަތީގައި ހުރި ރުޅިވެރިކަމެއް ނަވާރްއަކަށް ނޯޅުނެވެ. އޭނާ އެވަގުތުހުރީ ބިރުން ވިރިވިރިއެވެ.
“ބިރެއް ގަންނާނެ ކަމެއް ނެތް.. ކުޑަބެ މާ ރުޅި އަންނާނެ ނަވާ އިތުރަށް އެންމެ ކަމެއް ސިއްރު ކުރިއަސް …” ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ޒަޔާން ވާހަކަ ދެއްކީ މަޑުންނެވެ. ނަވާރްވެސް އިތުރަށް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ. އެމީހުންނަށް އެދުވަހު ހުރިހާ ވާހަކައެއް އިވިފައި ވާތީ ނަވާރް ގަސްތުކުރީ ހުރިހާ ކަމެއް ފެށުނު ހިސާބުން ކިޔައިދިނުމަށެވެ.
ނަވާރް، އާނާ މަރުވިދުވަހުން ފެށިގެން މިއަދާ ހަމައަށް ހިނގި ހުރިހާ ކަމެއް ފޮރުވުމެއްނެތި ކިޔައިދިނެވެ. އިންޒާރް ދިން ވާހަކަ އާއި މެސްޖްތަކާއި ކޯލްތައް އަދި އާނާ އެގެޔަށް އައި ގޮތާއި ޔަޒަން އާއި މިލީނާގެ ގާތައް ނުދިޔަ ސަބަބު ވެސް ބުނެދިނެވެ. އާނާ އެގޭގައި ހުރިކަން ޔަޒަން އަށް ފަޅާ އެރިދުވަހު ވީގޮތާއި އެދުވަހު އެމީހުންނަށް ބަލަހައްޓައިގެން ހުރި މީހަކީ ޒެހެކް ބައްޕަ ކަންވެސްބުނެދިނެވެ. އަދި އާނާ އެގެއަށް އައީން ސުރެން މީހަކު މިގޭގެ ކުރިމައްޗަށް ހުރި އިމާރާތުގައި ހުރެ ބަލާ ވާހަކައާއި ސުކޫލަށް ދެމީހުން އެއްކޮން ދާއިރުވެސް ބަޔަކު ފަހަތުން އަންނަ ވާހަކަ ނަވާރް ބުނެދިނެވެ. ބަގްސް އާއި ކެމެރާ ތައް ހަރުކޮށްގެން ފާރަ ލީ ވާހަކައާއި ޔައުގޫބްގެ ވާހަކަވެސް ނަވާރް ކިޔައިދިނެވެ. އެއްވެސް ކަމެއް ސިއްރު ނުކޮށް ކިޔައިދެވުން އިރު ހީވީ ބޮލުން ބޮޑު ބުރައެއް ނެގުނުހެންނެވެ. ނަވާރް ތިންމީހުންނަށް ބަލައިލި އިރު މިހްރާންގެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނު ނަމަވެސް ޒަޔާންއާއި ރިހާމް އަށް ލިބުނީ ވަރުގަދަ ޝޮކްތަކެކެވެ. ދެން ޝަހްރޫޒްގެ ފޯނު ކޯލް ވާހަކަ ނަވާރް ކިޔައިދިނެވެ.
”ޒެހެކްގެ ބައްޕަ އެތަނުން އެދުވަހު ފެނުނަސް އަހަރެމެންނަށް އެހެރި ބިލްޑިންގް އިން ފާރަލީ އެހެން މީހެއް..އެމީހާ ހުރީ ވަރަށް ބިޔަކޮން .. ޒެހެކްގެ ބައްޕަ ވަރަށް ހިކިކޮން ހުންނާނީ.. ސޯ ޔަގީން ވޭ އެބަ ތަފާތު ބައެއްކަން އެއީ… މިހިސާބަށް އެނގޭނެ ޔަޒަންއަށް ވެސް… އަހަރެމެން ދިޔައިން ޒެހެކް ބައްޕައާއި ބައްދަލްކުރަން.. ބަޓް ހީ ރެފިއުޒްޑް ޓް ޓޯކް އަސް..އޭގެ ފަހުން ޒެހެކްއަށް ވެސް ޔަޒަން ކިޔައިދިން އަހްމަދުބެއާއި ބައްދަލް ކުރެވޭނެ ގޮތެއް ވޭތޯ މަޖުބޫރުވެގެން …އަދި ވާގޮތެއް ނުވޭ…އެކަމަކު ޔަޒަންއަށް ވެސް ނުކިޔާދޭ ވާހަކަ އެއް ބުނަންތަ.. “ނަވާރްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ތިން މީހުން އެއްފަރާ ކަހަލަ ގޮތަކަށް އަވަހަށް ބުނާށޭ ބުނެލިއެވެ.
“އާނާ އެދުވަހު ގެއިން ނުކުތީ ކަންތައް ގަނޑެއް އެނގިގެން..އާނާ ފިލައިގެން ހުރެ ވަރަށް ގިނައިރު އެމީހުންގެ ވާހަކަ ތައް އަޑުއެހި.. އެމީހުން ފޮރުވަމުން ދިޔަ ވަރަށް ބޮޑު ކަމެއް އެނގިގެން ދިޔަ ހިނދު އެކުއްޖާ ފަކީރަށް ލިބުނު ޝޮކުން ތެޅިގަނެވުންތަނާ އެމީހުންނަށް އާނާ ފެނުނީ… އެމީހުން އާނާގެ ފަހަތުން ދުއްވައިގަތީމަ އާނާ ވެސް ދުވެފައި ނުކުތީ …ނުކުން ވަގުތު ޖެހުނީ އިތުރު މީހެއްގެ ކުރިމައްޗަށް ..އޭނާ އެހީވީ އާނާ އަށް..އެދުވަހަށް ފަހު އާނާ ހިޔާއަށް ގެންދިޔައީ..އާނާ އަށް ކޮންމެ ދުވަހަކު ވެސް މެސެޖްތަކާއި އިންޒާރްތައް ލިބޭ.. ހައު ކޭން ޝީ ގޯ އަމިއްލަ ގެޔަށް… އޭނާގެ ފަހަތުން އެތާ ތިބި ބަޔަކު އައި ކަމަށް ވަނީ ކާރުގަ އާނާ ނައްޓާލި އިރުވެސް…” ނަވާރްގެ ވާހަކަތަކުން މިފަހަރު މިޙްރާން ވެސް ހުރީ ޝޮކް ޖެހިފައެވެ.
“ދެންމެ މިބުނި ކަންތައް ތައް ޔަޒަން އަކަށް ނޭނގޭނެ.. އާނާގެ ރޫމް އިން ފެންނާނެ ސިޓީއެއް ޔަޒަން އަށާއި މަންމައަށް ..އާނާ ހޯދަން ނޫޅޭށޭ ކިޔާފަ ބައިވަރު އެއްޗިސްތަކެއް ހުރި ލިޔެފަ… ތިމީހުންނަށް ވެސް އެ ސިޓީގެ ވާހަކަ އެނގޭނެ ކަންނޭގެ… ދެން އާނާ ކައިރީގަ މަށެއް ނުއެއް އަހަން ..އާނާއެއް ވެސް ނުބުނެ އާނާއެއް ނޫނޭ ސިޓީ ލިއެފަ ރޫމްއަށް ލީއެއް.. އެހެންނޫނަސް ވިސްނާލިއަސް އެނގޭ ދޯ އާނާއަށް ސިޓީ ލިޔަން އެދޭތެރޭގަ ޓައިމް ނުވާނެ ކަން.. ކުއްލިޔަކަށް އެދުވަހު ވީ ހުރިހާ ކަމެއް…އާނާއަށް ބަސްޓްވި ކަމެއް ބަސްޓް ވީ ހިސާބުން އާނާ ނުކުތީ ގެއިން .. ” ނަވާރް އިސްޖަހައިގެން އިންގޮތައް އިނެވެ. މިހްރާންއާއި ޒަޔާން އަދި ރިހާމްގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ޝޮކް ޖެހިފައިވާ އަސަރްތަކަކެވެ.
” އެންޑް ދެން ވީ ގޮތަކީ އާނާ މަރުވި ދުވަހުގެ ކުރިން ޝީ ޓެކްސްޓެޑް ޔަޒަންއަށް … އޭގަ ބުނެފަ އިން ވާހަކަ އިން އަސްލު މަށައް ޝައްކު ވީ އެގޭތެރެއިން ކަންތައް ގަނޑެއް ހިނގާކަން.. އެހުރިހާ ދުވަހަކު ޔަޒަން އަށް ވެސް ހީވެފަ އޮތީ އެންޑް ޝައްކުވެސް ކުރީ އަކްރަމްބެ އަށް..ބަޓް އެނގޭތަ މިބުނާ ދުވަހު އާނާ ދުވެފަ ބޭރަށް ނުކުމެގެން އައިތަނާ ޖެހެވުނީ އަކްރަމްބެ ކުރިމައްޗަށް..ބޭބެއަށް އެންމެ އާނާ ލާން ސޭފް ތަނަކަށް ވީ ހިޔާ..އެތަނަށް ލައިފަ ބަރާބަރަށް އަކްރަމްބެ ވެސް އާނާގެ ހާލު ބެލި..އެކަމަކު ވެން މައި މޯމް ސޯ ހާރ.. ފުރަތަމަ ވެސް ތަފާތުކަން ފެނުނު މަންމައަށް..ކޮންމެ ދުވަހަކު ކިޔާނެ އާނާގެ ވާހަކަ..ކުޑާބެ މަންމައަށް އައިޑިއާ ދިނީ އާނާ ގެއަށް ގެންނަން .. ދެން މަންމަ ވެސް ބޭނުންވީ އެގޮތް ވަރަށް މަސައްކަތުން އާނާ ގެއަށް ވެސް ގެނެވުނީ.. މަންމަ އެހެންތާކުން ޖޮބް ހަމަޖެހިގެން ދާން އޮތް ލާސްޓް ޑޭގަ…ދެން އޭގެފަހުން އަކްރަމްބެއަށް އެނގުނީ ނާނާ ގެންދިޔަކަން މަންމަ..” ނަވާރް ބަލައިލީ ޒަޔާން ގޮވައިލުމުންނެވެ. އަކްރަމް ވާހަކަ ބުނެދިން ހިނދު ޒަޔާން ހައިރާން ވެފައި ހުރި އިރު މިހްރާން ވެސް ހުރީ އެފަދަ ގޮތަކަށެވެ.
ރިހާމް މޫނުމަތިން އެފަދަ އަސަރެއް ފެންނަން ނެތީ އެއި އޭނާއަށް އާ ހަބަރަކަށް ނުވާތީއެވެ. ރިހާމް ދެން ބަލައިލީ ދޮރު މަތީގައި ނަޥާރްއަށް ފުރަގަސް ވާހެން ހުރި ޔަޒަންއެވެ. ޔަޒަން އެތަނުގައި ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ.
އެތިންމީހުންނަށް ފެނުން ނަމަވެސް ޔަޒަން އަތުގެ އިޝާރާތުން މަޑުން ތިބުމަށް އިޝާރާތް ކުރުމުން އެމީހުންވެސް އަޅާނުލާ ތިބިއްޔެވެ. އޭރު ޝަހްރޫޒްގެ ވާހަކަތައް ނަވާރް ކިއަދީފައި ވާތީ ބިރެއްނެތެވެ.
ހޭލެވުންއިރު ނަވާރްގެ ހިލަމެއް ނުވާތީ ފޯނު ބަލައިލިއިރު ގެއަށް އަންނަ ވާހަކަ ނަވާރް މެސެޖްއަކުން ބުނެފައި އޮތުމުން އޭނާ ލަސްނުކޮށް އެގެޔަށް އައީއެވެ.
“ވެއިޓް ވަޓް..އަކްރަމްބެއޭ…ރިހާމް އަހަރުން އުޅުނީ އޭރު އޭނާއަށް ޝައްކުކޮށްގެނެއްނު..” ޒަޔާން ބަލައިލީ ރިހާމްގެ މޫނަށެވެ. އެވާހަކައާއި އެއްބަސްވުމުގެ ގޮތުން އޭނާ ބޯ ޖަހައިލިއެވެ. ނަވާރް އެމީހުންނާއި ދިމާލަށް އެނބުރު ވަގުތު ޔަޒަން ފެނިގެން ހުއްޓުން އެރިއެވެ. ލިބުނު ޝޮކުން އަނެއްފަރާތައް އެނބުރުނެވެ. “ވަޓް މި ޓެރެސްގަ ވާހަކައެއް ދައްކާފިއްޔާ އަބަދު ބަސްޓް މިވަނީ” އަމިއްލަ ނަފްސަށް އޮވޭވަރަށް ނަވާރް ބުނެލި އިރު ހުރީ ތުންފަތް ހަފާލައިގެންނެވެ.
”ކަމޯން ވީ ނޯ ހީއިޒް ހިޔާ..ދެން ނަޥާއަށް އީޒީ ވާނީ އޭނާއަށް އެނގުނީމަ ވެސް..އެހެންވެ މިތިބީ..ކޫ އައީ ޝަހްރޫޒްގެ ވާހަކަ ނިމުނު ފަހުން… “ރިހާމް ހަމައެކަނި ނަވާރްއަށް އިވޭވަރަށް ބުނެލި ޖުމްލަތަކުން ނަވާރްއަށް ފިނި ނޭވާތަކެއް ދޫކޮށް ލެވުނެވެ.
”ހާއި ވައިފީ… ” ޔަޒަން އައިސް ހުއްޓިލީ ނަވާރްއާއި ނުހަނު ކައިރީގައެވެ. ނުތަނަވަސްވެފައި ވާ ގޮތައް ހީލަމުން ނަވާރް ބަލައިލީ ޔަޒަންގެ މޫނަށެވެ. ނަވާރް ހީކުރީ ޔަޒަން އަންނާނީ ރުޅި ކަމަށެވެ. ނަމަވެސް އެކަހަލަ އަސަރެއް އެމޫނުމަތިން ފެނުމުން ނަވާރްގެ ހިތައް ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބުނެވެ.
“ދެންމެ ތިބުނީނު މަށައްވެސް ނޭނގޭނެ ވާހަކައެކޭ އިޒް ދެޓް ޓްރޫ ރައިޓް” ޔަޒަން އަވަސްއަރުވާލާފައި އެހިގޮތުން އެ ސުވާލްގެ ޖަވާބު އޭނާ ބޭނުން ވެފައިވާ ވަރު ހާމަވެއެވެ. ނަވާރް ބޯޖަހައިލިއެވެ.
“ނަވާ ދެން މިއޮތީ ކޫއަށް ވެސް އެނގިފަ.. ނަވާއަށް ނުޖެހޭނެ އިތުރަށް ކިޔާދޭން އުޅޭކަށް އަހަރެމެންނަށް މި ކަންތައްގަނޑު އެނގޭ ވާހަކަ..ދޯ..” ޒަޔާން މަޑުމަޑުން ނަވާރްގެ ބޮލުގައި ފިރުމާލިއެވެ. ކޮއްކޮގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމުން ޒަޔާންއަށް އުނދަގުވެގެން ބުނެލިއެވެ. ނަވާރްއާއި ދިމާ ޔަޒަން ބަލައިލީ އިތުރުއެއްޗެއް ސިއްރުކޮށްފައި ވާނެތޯ އަހާފަދައަކުންނެއެވެ.
“އާނާ އަހަރެމެންގެ ގެޔަށް އައި ފުރަތަމަ ދުވަހު އައި ސޯ އާނާގެ ފޮތެއް.. އެނެގި ތަނާހެން އޭގެ ތެރޭން ފެނުނު އަހަރެންގެ ބައްޕަގެ ޕޮޓޯއެއް..ވަރަށް އެހިފަހުން ވެސް އާނާގެ ކައިރިން އެކަށީގެންވާ ޖަވާބެއް ނުލިބުނު.. އެކަމަކު ޝީ ސެއިޑް ގެއިން ނުކުތުމާއި ބައްޕަގެ ކަމަކާއި ކަނެކްޝަންއެއް ނުވެއޭ…ނަތިންގް ދެން..” އާނާ ބުނެލި ބައެއް ވާހަކަތައް އެ އެންމެން ތިބުމުން ނަވާރްއަށް ބުނަން އުނދަގުވެގެން ނުބުނެ ބެހެއްޓިއެވެ. ޑައިރީ އޭ ނުބުނެ ފޮތެކޭ ވެސް ބުނީ އެހެންވެއެވެ. ނަމަވެސް އިތުރަށް ސިއްރު ނުކޮށް ގެއަށް ދެވުނުހާ އަވަހަކަށް ނުކިޔާދޭ ކަމެއްވިއްޔާ އޭނާ ޔަޒަންއަށް ކިޔައިދޭން އަޒްމް ކަނޑައެޅިއެވެ.
މިހްރާން ހުރުމުން ޔަޒަންއަށް ބަލައިލެވުނެވެ. ޔަޒަންގެ ނަޒަރް އަމާޒުވެފައި ވުމުން މިހްރާން ޖެހިލުންވެފައި ހުރެ ހީލިއެވެ. ޔަޒަންވެސް ރައްދުގައި ހީލިއެވެ. އާނާއާއި މިހްރާންގެ އޮތް ގުޅުން އެނގުނުފަހުން މިހްރާން އެފެނުނީ ފުރަތަމަ ފަހަރަށެވެ.
މިހްރާން އެވަގުތު ކިއައިދިނީ އާނާ އެންމެ ފަހުން އޭނާގެ ގާތުގައި ދެއްކި ވާހަކަ ތަކެވެ. ނަމަވެސް ޝަހްރޫޒްގެ ވާހަކަ އޭނާވެސް ފޮރުވާލިއެވެ. އެހާ ކުރިން ބައިން ހަގީގަތެއް ނޭނގެނީސް ޔަޒަންގެ ގާތު އެހެން ކިއުމުން ފަހަރުގައި ދެރަގޮތަކަށް ނަތީޖާވެސް ނުކުމެދާނެއެވެ. ޔަޒަން ބަލަހައްޓައިގެން ހުރިގޮތުން މިހްރާންއާއި އާނާގެ ފަލްސަފާ ވާހަކަ އޭނާއަށް ދައްކަން ވެސް ވީ ބޮޑު ވޭނަކަށެވެ. ލަދުގަންނަ ގޮތްވެސް ވިއެވެ.
މިހްރާންގެ ވާހަކައިން ޔަޒަންއަށް ސިހުންގެނުވިއެވެ. އޭނާއަށް ބަލައިލެވުނީ ނަޥާރްގެ މުނަށެވެ.
“އިޒް ދެޓް ޓްރޫ..” ޔަޒަންގެ މޫނުމަތިން ހައިރާންކަން ނޫން އިތުރު އަސަރެއް ނުވެއެވެ. މިހްރާންއާއި ނަވާރްއަށް އެއްފަހަރާހެން ބޯ ޖަހައިލެވުނެވެ.
“އެހެން ވީމަ އާނާއަށް ކަމެއް ނޭނގޭނަމަ އަހަރެމެންގެ ބައްޕަގެ ފޮޓޮއެއް ނޯންނާނެ އެންނު … މި މިހާރު އެންމެ ހިތައް އުނދަގުވާ ކަންތައް..ނަވާ ތިހެން ބުންޏަސް ހިޔެއް ނުވޭ މިހާރު ތި ވާހަކަތަކުން އާނާ މިގެއަށް އައުމަކީ އިއްތިފާގެއް ހެންނެއް…މަންމައަށް ވެސް ކަންތައް ތަކެއް އިނގޭ … ޕައިލެޓް ކޯސްއަށް އެޕްލައި ކުރަން ތައްޔާރް ވިތަނާ މަންމައާއި ދޮންބެ ކިޔައިދިން މަށައް ބައްޕަ މަރުވިއްޔެއް ނޫނޭ .. ބަޔަކު ބައްޕަ މަރާލީއޭ..ޔަޒަންގެ ބައްޕަ އިނޮސެންޓްކަން އެނގޭ މަންމައަށްވެސް..އެދުވަހުގެ ފަހުން ލޯޔާރ ވިސްނުން އައި… މައިންޑްސެޓް އެއްކޮން ޗޭންޖް ވި ހަމަ…އަދި އެނގޭތަ ބައްޕަގެ ހުރޭ ކޮއްކޮ އެއް ވެސް…. ބުނި އަހަރެމެން އޭޖްގެ ދަރިއެއް ހުންނާނެ އޯ..ބައްޕަ މަރުވި ދުވަހު އޭނަ ވެސް މަރުވިއްޔޯ..އެ ކުއްޖާ ވަރަށް ހޯދައިފީމޭ ބުނީ..އެކުއްޖާ މިޙާރް ހުންނާނީ ވަރަށް ބޮޑުވެފަ…”
“ބައްޕަ އާއި އެއް ދުވަހެއްގަ ބައްޕަގެ ކޮއްކޮ ވެސް މަރުވީ” ޒަޔާން ބުނެލި ވާހަކައިން ސިހުނީ ހަމައެކަނި ޔަޒަން އާއި ނަޥާރްއެއް ނޫނެވެ. ރިހާމްއަށް ވެސް ކީކޭހޭ އަހައިލެވިއްޖެއެވެ.
***
އެޕިސޯޑު 30
“ބައްޕަ އާއި އެއް ދުވަހެއްގަ ބައްޕަގެ ކޮއްކޮ ވެސް މަރުވީ” ޒަޔާން ބުނެލި ވާހަކައިން ސިހުނީ ހަމައެކަނި ޔަޒަން އާއި ނަޥާރްއެއް ނޫނެވެ. ރިހާމްއަށް ވެސް ކީކޭހޭ އަހައިލެވިއްޖެއެވެ.
“ކަލޭ ތިއަށް ވުރެން އަވަހަށް ތި ވާހަކަ ބުނާކަށް ނޭނގެ… ތިހަމަ ރަނގަޅު ވާހަކައެއްތަ..ހާދަ ބޮޑު ޓްރުތް އެކޭ ތިއީ” ޔަޒަން އަށް ހުރީ އާދަޔާއި ހިލާފް ފޯރިއެއް އަރާފައެވެ.
“އޭރު ދެން އެވާހަކަ ދައްކަން ބޭނުންވީ..ތެދަށް ބުނާނަމަ ނުވެސް އުޅެވޭ އެކަމަކާއެއް…ބައްޕަގެ މަރާއި ބެހޭގޮތުން އެވަރަށް އެނގުމާއި އެކުހެން އަހަރެންގެ ހަމައެކަނި ފޯކަސްއަކަށް ވީ ބައްޕަގެ މަރަށް ވި ގޮތް ބެލުން ..އެންމެ ގާތް އެކުވެރިޔާގެ ބައްޕައަށް ވެސް އިންސާފް ލިބޭނެ ގޮތަކީ ވެސް އެއީ.. ވެއިޓް ކިހިނެތް ވީތަ..” ޔަޒަން އުޅެންފެށި ގޮތަކުން ޒަޔާންއަށް ވާނުވާ ނޭނގިގެން އަހައިލިއެވެ.
“ބުނީމެންނު ޒެހެކް ދައްތަ ކައިރީގަ ބުނީމޭ އަހުމަދުބެ އާއި މީޓް ކުރެވޭނެ ގޮތް ހަދަން.. އެދުވަހު ޝީ ސެއިޑް ތިހެން ” ނަވާރް ކިއައދިނީ ޒެހެކް އެދުވަހު ބުނި ވާހަކަ ތަކެވެ.
“ހޭން…މަޑުކޮށްބަލަ އަހަރުމެންގެ ބައްޕަގެ ކޮއްކޮއަށް ވެދާނެތަ ޒެހޭގެ މަންމަ…” ޒަޔާންއަށް ލިބިފައިވާ ޝޮކުން އޭނާއަށް ޖެހިގަނެވުނީ އެތާގައިވާ ސޯފާއަށެވެ.
”ތިހެން މަށައް މިހާރް ހީވަނީ…. ވީ ޝުޑް ބްރިންގް ޒެހެކް … ހެޔޮނުވާނެ މި ޒަޔާނުގެ ބޮލަށް ފިތާލަން ވީ.. އޭރުވެސް މީނަ ނުކިޔައޭ.. ޒެހެކް މަށައް ކިއައިދިން އިރު މަށައް ވެސް އެއްޗެއް ބުނާކަށް ނޭނގޭނެއެންނު މި ސޮރު އެހެން ކިޔާފަ ނެތިއްޔާ…” ރިހާމް އަތުގެ ހަމަލާއެއް އެރީ ޒަޔާންގެ ބުރަކައްޓަށެވެ. ވަގުތުން އައްދޯޔާ ވެއޭ ކިޔާ ހަޅޭއްލަވައިގަތެވެ.
“އެހެންމަ މާދަން ޒެހޭ ގެންނާނީ.. މިހާރް އެއޮތް އެކެއް ޖަހަނީ.. ސޯ އެންމެން އިން ދޯ މިއަށް..” މިހްރާންގެ ސުވާލުން އެންމެން އެއް ފަހަރާހެން ބޯ ޖަހައިލިއެވެ.
”އެހެންވީމަ އާނާ ގެއިން ނުކުތީ ކަންތައް ގަނޑެއް އެނގިގެން.. އެތާގަ ތިބި މީހުންނަށް އާނާ ފެނިގެން ބަސްޓް ވެގެން އާނާގެ ފަހައިގަތީ.. ސޯ ބޭރަށް ނުކުންތަނާ މިފެނުނީ އަކްރަމް ..އަކްރަމްބެ ގެންދިޔަޢި އާނާ ހިޔާއަށް ..އެތަނުން ނަވާ މަންމައަށް އާނާ ފެނިގެން ގެނައީ.. ދެން އާނާ މަރާލި ރޭގެ އެއްދުވަސް ކުރިން މިހްރާން އަށާއި ކޫ އަށް މެސެޖް ކުރި.. ދެން ޒެހޭ ގެ ބައްޕަ އާއި ޒައްޔު ބައްޕައާ މަރާލީ އެއް ދުވަހަކު އެއްވަގުތެއްގަ އެއް އޮފީހެއްގަ.. މިކަމާއި އާނާގެ މަރާއި ވަރަށް ގުޅުން އެބަހުރިހެން ހީވަނީ…” ރިހާމް، ނަވާރް ދިއްކޮށްލި ފޮތެއްގައި ލިޔަމުން ދިޔަ އެއްޗިހި ކިޔާލިއެވެ.
“މާދަމާ ހުކުރު ދުވަސް ވީމަ އެންމެންގެ ވެސް އޮފް ޑޭ އަށް ވާނީ..އިހަށް ނާނާ ބުނިހެން ރިހާމް މާދަމާ ނޫން އަނެއް ދުވަހު ޑިއުޓިއަށް ގޮސް ބަލާ ނާނާ ވިހޭ ދުވަހުގެ އެއްވެސް ފައިލް އެއްޗެއް ނަމަވެސް ވެސް ފެނޭތޯ ..ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބިދާނެ .. މާދަމާ މަ ވާހަކަ ދައްކާނަން މަންމައާއި… ޒަޔާން ވެސް ބަލާ މަންމަ ވާހަކަ ދެއްކޭތޯ..އޭގެ ކުރިން މާދަމާ އެންމެން ގޮތެއް ހަދަން ޖެހޭ އެބަ ޒެހެކް ގެނެސް…” ޔަޒަންގެ ވާހަކަތަކަށް އެންމެން ބޯ ޖަހަމުން ދިޔައެވެ.
“ހެނދުނު މީޓް ކުރެވޭ ގޮތް ހަދައްޗޭ.. އަނެއް ދުވަހަކީ ދޮންބެ ވެޑިން އޮންނަ ދުވަހަށް ވީމަ ބިޒީ ވެސް ވާނެ.. އަހަރެން ސަޓަޑޭގަ އޮފް ނަގައިގެން މިއުޅެނީ އެހެންވެ..” ހޮނިހިރު ދުވަހަކި ޒަހުރާންގެ ކައިވެނި އޮންނަ ދުވަސްކަން އެމީހުންނަށް ހަނދާންވި ނަވާރް ބުނީމައެވެ.
“މާދަމާ ފްރައިޑޭ އޭ ދަރިއާ.. ހެނދުނު ޒެހެކްއާއި މީޓް ކުރެވޭނެ ގޮތް ހަނދާނަން އިންޝާﷲ..” ރިހާމް ދިނީ ޔަގީންކަމެވެ.އެންމެން ގެޔަށް ދިޔައީ ހެނދުނު އެގެޔަށް އައުމަށް އެއްބަސްވެފައެވެ.
ނަވާރް އެރޭ ކާރުގައި ދަމުން އާނާގެ ނުކިޔާ ދޭ ހުރިހާ ވާހަކައެއް ޔަޒަންއަށް ކިޔައިދިނެވެ. ޔަޒަންގެ މޫނުމަތިން ހިތްހަމަނުޖެހުން ފެނުނު ކަމުގައި ވީ ނަމަވެސް ނަވާރް އެތައް ފަހަރަކު މާފަށް އެދުމުން ދެން އެއްވެސްކަމެއް ނުފޮރުވަން ބުނެލިއިރު ހުރީ ހަމަޖެހިފައެވެ. ނަވާރް އަވަސްއަވަހަށް ބޯ ޖަހައިލި އިރު ގެއަށް ދެވެންދެން އިނީ ޔަޒަންގެ ގައިގާ ބައްދާލައިގެންނެވެ.
****
ހަފްތާއެއް ވަންދެން ހުން އައިސްގެން ބަލިކޮން އުޅެފައި ރަނގަޅުވުމުން އަހްމަދު ނުކުތީ ޑިއުޓީއަށް ދިޔުމަށެވެ. އޭނާގެ ވަޒީފާގެ ގޮތުން ހުކުރު އަދި ހޮނިހިރު ދުވަހަކީ ވެސް ޑިއުޓީއަށް ނުކުންނަން ޖެހޭ ދުވަސްތަކެކެވެ. ލާފައި ހުރި ކަޅުކުލައިގެ ސެކިއުރިޓީ ޔުނީފޯމް ރަނގަޅު ކޮށްލަމުން އޭނާ ބެލީ ގަޑި ނުޖެހި މަންޒިލަށް ދެވޭތޯއެވެ. މަގު ކުރުކޮށްލުމުގެ ނިޔަތުގައި އޭނާ އެޅީ ހަނި ގޯޅިއަކުންނެވެ. މަގުތައް ފެންނަނީ އާދަޔާއި ހިލާފަށް ފަޅުކޮންނެވެ. ހުކުރު ދުވަސްކަމުން ހޭލާ އުޅޭނީވެސް މަދު މީހެކެވެ. އޭނާ ދިޔަ ގޯޅިން ވެސް މީހެއްގެ ހިލަން ވެސް ނުވެއެވެ. ގޯޅީގެ ދެފަރާތުގައި ހުޅުވާފައި ހުރި ދެފިހާރަ ހުރީ ހުޅުވާފައެވެ. ވަކި ހިސާބަކަށް ދެވުނު ހިނދު މީހަކު ފަހަތުން އަންނަ ފަދަ އިޙްސާސްއެއް ކުރެވިގެން އަހްމަދުގެ ފަހަތް ބަލައިލިއެވެ. ނަމަވެސް މީހެއްގެ ހިލަން އެހިސާބުން ވެސް ވާން ނެތެވެ. ދެކޮންދު އަރުވާލައިފައި އަނެއްކާ ވެސް ހިނގައިގަތެވެ. ނަމަވެސް ކުރީފަހަރުހެން މިފަހަރުވެސް މީހެއްގެ ހިލަން ވިހެން ހީވެގެން ބަލައިލިއިރު ނެތެވެ. އެހިސާބުން އޭނަގެ ހިތުގައި ޝައްކެއް ހިނގާލިއެވެ. އަވަހަށް ދާން އުޅުނުވަގުތު ބާރުގަދައަތަކުން މީހަކު އޭނާގެ އަތުގައި ހިފައި ދަމާލަމުން އަނގަމަތީ ގައި އަތްއެޅިއެވެ. އޭނާފަދަ ދުވަސްވި މީހަކަށް ބާރުގަދަ ފިރިހެނެއް ކައިރިން ފަސޭހައަކުން ސަލާމަތެއް ނުވެވޭނެތާއެވެ. ގަދަހެދި ނަމަވެސް އެމީހަކު ހުރީ މާ ބާރަށް ހިފަހައްޓާފައެވެ. އެމީހަކު އޭނާ ދަމަމުން ކަހަލަ ގޮތަކަށް ވެއްދި އެ މަގުގައި ހުރި ހަދަންފަށާފައިވާ އިމާރާތެއްގެ ތެރެއަށެވެ.
“ދޫ ކުރޭ ކާކު ތީ…އޭން..އަޑެއް ނީވޭތަ.. ކާކުހޭ ތީ..ހަމަ މީހަކު މަގެއް މަތިން ހިނގާފަ ދާ އިރަށް ޖެހޭތަ ތިފާޑަށް ގެނެސް އަނިޔާ ކުރަން..”އެ މީހަކު އޭނާ ގެނެސް އެގޭތެރެއަށް ގުޅަޔަށް ޖަހައިލުމުން ވީ ތަދުން އަހުމަދަށް ހަޅޭއްލަވައިގަތެވެ. އޭނާގެ ކުރިމަތީގައި ހުރި މީޙާއަށް އަހުމަދަށް ބަލައިލެވުނީ އެވަގުތުއެވެ. ބޮލާއި އެކު މޫނު ފޮރުވައިގެން ހުރިއިރު އޭނާގެ ދެލޯ ފިޔަވައި އެއްވެސް ތަނެއް ނުފެނެއެވެ. މަކަރުވެރި ކުޑަ ދެލޮލެވެ.
“ނޭނގުނުތަ މީ ކާކު ކަމެއް…” އޭނާ ޖަހައިލީ ހިނގަނޑެކެވެ. ނުރައްކާތެރި ގޮތަކަށް އަހުމަދާއި ދިމާ ބަލަހައްޓައިގެން ހުރި ގޮތުން އަހުމަދުގެ ހިތް ރޫރޫ އަޅާއިގަތެވެ. އޭނާގެ މޫނު ނުފެނުނަސް އަޑުން އެއީ ކާކުކަން އަހުމަދަށް ވަގުތުން އެނގުނެވެ.
“އަހަރުން ބެހެންވާ މީހުން އެނގޭނީ އަހަރުންނަށް..ކަލޭ ކޮން މޮޔައެއް ވެގެންތަ ދަރި މަންޖެ އެގެއަށް ފޮނުވަނި ތި … ފުރަތަމަ ދުވަހު ވެސް ބުނިން އެމީހުންގެ ގުޅުން ހުއްޓުވާށޭ..މިހާރު ކީއްވެތަ އެއްޗެއް ނުބުނެ ތި އިންނަނީ…އޭން އަނގައިން ނުބުނެ އިންނާނެކަމެއް ނެތް” އެމީހާ ހަޅޭއްލަވައިގަންއިރު މުޅި ތަނުގައި ވަނީ އެކޯވެގެން އެއަޑު ހަރުލާފައެވެ. އޭނާގެ އަތުގެ ހަމަލާއެއްވެސް އެވަގުތު އަހުމަދުގެ މޫނައް އެރިއެވެ. ވީ ތަދުން ހީވީ ދެންމެދެންމެ އަނބުރައި ގަނެފާނެ ހެންނެވެ.
“އަހަރެންގެ ހުރީ އެންމެ ދަރި އެއް.. ކަލޭމެން ބުނިހެން އަދި އަދަށް ދާންދެން ވެސް އަހަރެން މިހުންނަނީ އަހަރެންގެ އަމިއްލަ އަނބިމީހާއާއި އޭނާގެ ބޭބެ މަރުގެ ވާހަކަ ސިއްރުކޮށްގެން.. އެކަމަކާއި އެކުއްޖާއާ ހުރި ކޮން ގުޅުމެއް…” އަހުމަދު އިށީންދެ އިން އިރު އެމޫނުމަތިން ފެންނަނަނީ އިންތިހާ ހިތްދަތިކަމެވެ. ދެލޮލުގެ މިޔަނުން ކަރުނަ ތިއްކެއް ފަނޑުކޮން ފޭދުނު ހިނދު އަހުމަދު ފުހެލިއެވެ. ދެންވެސް އިވިލީ އޭނާގެ މަކަރުވެރި ހުނުމުގެ އަޑެވެ.
“ކަލޭ ހީކުރީ އެ މަންޖެ ޕޮލިހަށް ވަދެގެން އެކުރަން އުޅޭ ކަންތައް އަހަރުންނަށް ނޭނގޭނެ ކަމަށްތަ.. ބަލަ އަހަރުމެން ވެސް މީ ބޮލު ތެރޭގަ މިއޮތް ސިކުނޑިއެކޭ ކިޔާއެތީގެ ތެތްކަން ކަލޭގެހެން ކެނޑިފަ ތިބި ބައެއް ނޫނޭ…ކަލޭ ބުންޏަސް އޭނާ އެތަނަށް ވަދެ ރަނގަޅު ކަމެއް ނުކުރާނެ ކަން މީދުވާލް ފަދައިން މަށައް އެނގޭތި އޭ އައިސް މިހުރީ.. މި ދިނީ އެންމެ ފަހުގެ އިންޒާރު .. އެމީހުންގެ ކައިވެނި ހުއްޓުވާ ” އޭނާގެ ފައިން އަހުމަދުގެ ބަނޑުގައި ނުހަނު ބާރަށް ޖަހައިލިއެވެ. ތަދުވެގެން މީހާ ހާންތިވިނަމަ ވެސް އަނގައިން އަޑެއް ލައްވާ ނުލާ އަހުމަދު ކެތް ކުރިއެވެ. އޭރު އޭނާގެ އަނގަކައިރިން ފެޅިފައިވީ ތަންކޮޅަކުން ލޭ ވެސް ހުރީ އައިސްފައެވެ.
”އޭނާއަކަށް ވެސް އެއްވެސް ކަމެއް ނޭނގޭނެ..ހެޔޮނުވާނެ އެކުއްޖާގެ އުފާތައް ތިހެން ފޭރި ގަންނަން މަސައްކަތް ނުކުރޭ.. ކަލޭމެން ދޭނެހާ އަނިޔާއެއް މަށައް ދީ.. ޒެހެކް އަށް ކަމެއް އެނގިފައެއް ނޯންނާނެ މަ ކިޔައިދީގެންނެއް.. އެކުއްޖާ ޕޮލިހަށްވަނީ ކަމެއް އެނގިގެން ބަލާކަށް ނޫން..އެއީ އޭނާ ކުޑައިރުން ފެށިގެން ވާން ބޭނުންވީ ކެރެކްޓާ… ކަލޭއަށް އެނގިފަ ތިހުރީ މާ ބޮޑަށް ވެސް…އޭނާ ރިޙާމް އާއެކު އިނދެގެން އުޅުނަ ދީ.. ހެޔޮނުވާނެ ކަލޭމެން މަށައް ކުރާކަމެއް ކުރޭ…” ގައިގަ އަޅާމުންދިޔަ ވޭނަކަށް ބެލުމެއް ނެތި އަހުމަދު އުނޑަފައިން އިށީންދެ އޭނާގެ ފައިބުޑުގައި އާދޭސްކުރިއެވެ. އެކަމަކު ހަރުހިލަ ހިތަކަށް އަސަރެއް ނުކުރާނެތާއެވެ. އެމީހާ ޖަހައިލީ ނުބައި ހިނިގަނޑެކެވެ.
“އެންމެ ރަނގަޅު..ކަލޭ ތައްޔާރު ޥޭ މަ ބުނާ ކަމެއް ކުރަން..އޭރުން ކަލޭގެ ތި ރަންދަރިފުޅު ސަލާމަތުން ހުންނާނެ.. ތި ރިހާމްއަކާ ވެސް އިނދެގެން އުޅެވޭނެ..މަ ގުޅީމަ ފޯނު ނަގާތި..ފަހުން ގުޅާނަން..ދެން ދޭ ޑިއުޓީއަށް” އަހުމަދުގެ ޔުނީފޯމްގެ ގިރުވާނުގައި ހިފާ ދޮރާއި ދިމާލަށް ހޫރާލަމުން އެމީޙާ އެތަނުން ނުކުތެވެ.
އޭނާ ނުކުމުގެން އައިސް ޖެހިގެން އޮތްމާވެޔޮމަގަށް އަޅާލިއެވެ. އެމަގުގެ ދެކަފިވާ ހިސާބުގައި އެކަހެރިކޮން އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އިންތިޒާރުގައި އޮތެވެ. ކާރަށް އަރާފައި ޑްރައިވަރު ސީޓްގައިވެސް އިނީ މޫނު ފޮރުވައިގެން އިން މީހެކެވެ. ކާރަށް އަރާފައި ބޮލާއިއެކު މޫނުފޮރުވޭހެން އަޅާފައި އޮތް މާސްކް ނެގިއިރު ނައުފަލްގެ މޫނުމަތީގައި ވަނީ މަކަރުވެރިކަމުގެ އިންތިހާއެވެ. އޭނާ ފޯނު ނަގައި ޝަހުރޫޒަށް ގުޅާލަމުން ޖަހައިލ ހިނިގަނޑެކެވެ.
***
“ދެން ހޭލަބާ.. އިނގޭތަ ގަނޑިން ވީ އިރެއް.. މިހާރް އެއިޓް ވަނީ…” ޔަޒަން ނުހޭލައިގެން ނަވަރް ދިޔައީ ގޮވަމުންނެވެ. އެހެން އޮވެފައި މިތެދުވަނި އޭ ޔަޒަން ގޮވާލިއެވެ.
“ދެން ކޫ… އެކަނިން ދާނީ.. ބާއްވާފަ.. ރޭގަ ކަމެއް ކުރަން ނިންމާފަ އެނގޭ ތި އޮންނަނީ..” ނަވާރް ހުއްޓާނުލާ ގޮވަނިކޮން ޔަޒަން، ނަވާރްގެ އަތައް ދަމާލައިފާ ގެނެސް އެނދުމައްޗަށް ވައްޓާލިއެވެ. ނަވާރްގެ ގައިމަތިގައި ޔަޒަން އޮތުމުން ނަވާރްއަށް އޮތީ ނުތެދުވެވިފައެވެ.
” މަންމަ ރޭގަ އައިތަނާ ބުނި ނަވާ މަންމައާއި އެންމެން އެގޭގަ ކައްކާށޯ މިއުޅެނީ.. އަހަރުމެން ދެކުދިން ނިދާލާށޭ އޮފްޑޭގަ.. މެންދުރު ކާން އަންނައްޗޯ… ނަވް.. ނުބަލަން ތަ ޒަޔާންމެން މެސެންޖާގަ ހަދާފައިން ގްރޫޕެއް..އޭގަ އިން ކާން އަންނަ ގަޑިގަ ޔޯ ޒެހޭ ގެންނާނީ ..އެންމެން ނިދާށޯ މިގަޑީގަ ކިޔާފަ… ޔޫ އާ ޑިސްޓާބިންގް މީ ބޭބީ..” ޔަޒަން އެއޮތްގޮތައް އޮވެ ނަވާރްގެ ކޮލުގައި ހިފައިލިއެވެ. ނަވާރް ނޭނގެއޭ ބުނެ ބާލީސް ދޮށުގައި އޮތް ފޯނު ނަގާ ބަލައިލި މެސެންޖާގައި ހުރި މެސެޖްތައް ކިޔާލިއެވެ. ނޫރާވެސް ގުޅާފައި އޮތެވެ.
“އެހެންނޭ ވާނީ މީހުން ނިދީމަ މެސެޖް ކުރަންޏާ… ވެއިޓް މަންމައަށް ގުޅާލަން އެބަ” ޔަޒަން އާއި ދިމާ ބަލައިލަމުން ނަވާރް އަނގަހަދައިލަމުން ނޫރާއަށް ގުޅާލިއެވެ. އޭރު ޔަޒަން އަދި ކުރިއަށްވުރެންވެސް ނަޥާރްއާއި ގާތްވެލިއެވެ. ނަވާރް އޮތީ ލަދުގަންނަ ގޮތްވެފައެވެ.
”ހަލޯ..ކީކޭ މަންމާ..” ނޫރާ ފޯނު ނެގުމުން ނަވާރް ވާހަކަ ދައްކަންފެށިއެވެ. ނަވާރް ފޯނުގައި އޮވެގެން ވާހަކަ ދައްކަމުން ދިޔައިރު ޔަޒަން ދިޔައީ ކުދިކުދި ގޯނާތައް ކުރަމުންނެވެ. އެއްފަހަރު ކޮލުގައި ވިކާލަފަނެއެވެ. ނޫނި ތުންފަތުގައި ބޮސްދިފާނެއެވެ. އެހެން އޮވެފައި ކަންފަތުގައި ދަތް ވެސް އަޅާލިއެވެ. ނަވާރްއަށް ތަދުވެގެން ޔަޒަންގެ ބޮލު އިސްތަށިގަނޑަށް ދަމާލިއެވެ. ނަވާރް ދެލޯ އަޅާލައިގެން އޮވެ ފޯނު ބޭއްވުމުން ޔަޒަން ހީގަނެފައި ނަވާރްގެ ގައިގާ ބައްދާލާފައި އަދި ނިދާލަން ބޭނުން ކަމަށް ބުނެލިއެވެ.
“އޯކޭ..ނިދާލާ .. ހުކުރަށްދާ ސާމާނު ހުންނާނެ ރެޑީ ކޮށްފަ މިދަނީ މަންމަމެންނަށް ހެލްޕް އެއް ވެލަން ގެއަށް ..” ނަޥާރް އެނދުން ތެދުވަމުން އިސްތަށިގަނޑުގައި ވޫލްކޮޅެއް އައްސާލިއެވެ.
“ޔެސް .. މެސެޖް މީ ގެއަށް ދެވުން ހާ އަވަހަކަށް .. ޝާކިރްއާއި އެއްކޮން ދާތި އިނގޭ..” ނަވާރް ތައްޔާރްވާން ފެށުމުން ޔަޒަން އެއޮތްގޮތައް އޮވެ ގޮވައިލިއެވެ.
***
“ދެން މިހާރް ކިހިނެތް ހަނދަން ތި ވިސްނަނީ” ހާރިޒް ވާހަކަ ދެއްކީ ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަކްރަމް އާއިއެވެ. އޭރު ފަވާދު ވެސް ސޯފާގައި އިނެވެ. ތިން މީހުން ތިބީ ހާރިޒް އާއި ނޫރާގެ ކޮޓަރީގައެވެ.
“ތިމީހުންނަށް ވެސް ފެނިއްޖެއެންނު އެކުއްޖާ އޮތް ހާލު … ހޭ އަރާފަ މިހާރް ސްޓޭބަލް ކޮން އޮތަސް އަނގަޔަކުން ނުބުނޭ .. ކުރީގެ ހަނދާންތައް ހުރި ކަމެއް ވެސް އަދި އެނގޭ ވަރެއް ނުވޭ…މީހާ ވެސް ހިކިކަމުން ހީވަނީ ހޯލިކޮޅެއްހެން..ރަނގަޅަކަށް ނުވެސް ކައޭ އެމަންޖެ..ވަރަށް ބޮޑަށް ނަފްސާނީވެފަ އޭ ސަޖޫ ވެސް ބުނީ..ސައިކޭޓްރިސްޓެއްގެ އެހީ އެކުއްޖާއަށް ބޭނުންވޭ އެބަ..” ފަވާދްގެ ޖުމްލަތަކުން އަކްރަމްއަށް ނިތްކުރީގައި ފިރުމާލެވުނެވެ.
“ރުހާން އަކީ ސައިކޮލޮޖިސްޓެކެއް ނޫންތަ.. ކޮންމެ ގޮތެއް ހަދާފަ ވެސް އެ ކުއްޖާ އަނގައިން ބުނީމަ އެނގޭނީ ވާ ނުވާއެއް ވެސް..” އަކްރަމް ހިނގަ ހިނގާފައި އެންމެ ފަހުން ހާރިޒްކައިރީގައި ހުސްތަންކޮޅުގައި ޖައްސާލިއެވެ.
“ރުހާންއަށް ވުރެން ރަނގަޅުވަނީ އެ ކުއްޖާއާއި ގާތް މީހެއް މިކޮޅުން އެކޮޅަށް ގެންދިޔުން..” ހާރިޒް އިނދެފައި ބުނެލި ޖުމްލައިން ސިހުންލިބި ފަވާދުއާއި އަކުރަމް ވަގުތުން ނޫނެކޭ ބުނިއެވެ.
“ވެއިޓް..ނޫރާގެ ފަރާތުން އެހިން ވާހަކައެއް.. އޭނާ ހިތާވެގެން އުޅުނު ކުއްޖެއް..އެކުއްޖަ ގެންދަންވީނު..އެއާއިލާއާއި ދުރު ކުއްޖެއް ވީމަ އެހެން މީހުންނަކަށް ނޭނގޭނެ ތާދޯ …ޝައްކެއް ވެސް ނުވާނެ…” ހާރިޒްގެ ޖުމްލައިން އަކްރަމް މޫނުމަތިން ދިޔައީ ތަފާތު ވިދުވަރެއް ފެންނަމުންނެވެ. އެއީ ރަނގަޅު ހިޔާލެއް ކަމަށް މިހާރުވެސް އޭނާގެ ހިތް ބުނަން ފަށައިފިއެވެ.
**
ގެއަށް އައިގޮތައް އަހުމަދަށް ސޮފާގެ ތެރެއަށް ވެއްޓިގަނެވުނެވެ. ނެތް ހިތްވަރު ދައްކައިގެން އެހިސާބަށް އާދެވޭނެ ކަމާއި މެދުވެސް އޭނާ ހުރީ ޝައްކުގައެވެ. ލިބުނު އަނިޔާތަކަށްފަހު އެތައް އިރެއްވާންދެން ގުޑުވާ ނުލެވިފައި އަހުމަދު އިނެވެ. ހަށިގަނޑުގައި ވޭން ނާޅާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އިތުރަށް މިއަދު ޑިއުޓީ ކުރަން ދަނެ ހިތްވަރު ނެތުމުން އޮފިހަށް ގުޅައިގެން ސަލާމްބުނެލިއެވެ.
“މިހެން ހުރެގެން އިތުރަށް ޒެހެކްއަށް ގެއްލުން ވެދާނެ..މަށައް ކުޑަވެސް ޔަގީން ކަމެއް ނެތް އެމީހުން އަހަރެން މާދަން ވާންދެންވެސް ސަލާމަތުން ބަހައްޓާނެ ކަމެއް..އެއީ ނުބައި އަނިޔާވެރި ބައެއް.. އެމީހުންގެ އަތްދަށުން ސަލާމަތްވުމަކީ ނާދިރްކަމެއް.. ކޮންމެ ގޮތަކަށް ބަސްތަކެއް ބުނެފަ ދިޔަޔަސް ރިހާމް އާއި ޒެހެކް ކައިވެނިކޮށްފިއްޔާ، އެމީހުންގެ ތެރެއިން އެކަކުވެސް އަހަރެން ދުލެއް ނުކުރާނެ..ހޫމްމް ހިތްވަރުކޮށްފަ ދޮންބެގެ އަންހެނުންނާއި ބައްދަލްކުރަން ދާންވީ..ފުރާނައިން އަތްދޮވެލައިގެން ވެސް އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ހިމާޔަތް ކުރާނަން” އަހްމަދު އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަނީ ގޮތް ހުސްވެފައި ވީވަރެވެ. މިހުރިހާ ދުވަހު ފޮރުވިގެން އުޅުނަސް ދެން ފޮރުވިގެން އުޅެވޭނެކަމާއި މެދު ޝައްކެވެ. އަހުމަދު ފޯނުނަގައި ނަމްބަރަކަށެވެ.
***
ކޮޓަރީގަ ތިބި ހާރިޒްމެންނަށް ކޮފީ ގެނެސްފައި އެކޮޓަރިން ނުކުން ނޫރާއަށް ހުއްޓެވުނީ ލާފައި ހުރި ކުރުތާގެ އެއްއަރިމަތީގައި އިން ޖީބުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގައި ބަލައިލި އިރު ނުދަންނަ ނަމްބަރެކެވެ.
“ހަލޯ..” ، “ނޫރާ ތަ..” ނޫރާ ހަލޯ އޭ ބުނެލި ހިނދު އިވުނު އަޑާކުން އޭނާއަށް ހުއްޓުން އެރިއެވެ. ކިތަންމެ ޒަމާނެއް ވިއަސްއެއަޑެއް ނޫރާއަކަށް ނޯޅޭނެއެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.





Aaaiaiiiii vaaaaaahhhhh😭😭🥺
Its fr goood 🥰🥰🥰🥰
How are you my fav
I heared you were sick last year ga 🥺🥺
Are you feeling better now🥺🥺
Aaii i cant wait ithurah
Avahah next part submit kohladhehche
Mi 2 part vx vrhh reethii can’t wait for the next parttt. Dhn oih part vx avahah up kohdhehcheyy
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Annora haalu khineh
Zehek and Rihaam dhuru nukurachey
Mi part kiyaafa rovijje
Naufal and Shahurooz ge plan flop kohlaa
Nawaa and koo ge love story v Reethi masha allah
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard
Kithamme lahun kiyaalan libunas Shakuvaa eh neih
Love you ❤️😍
varah intresting mihaaru story. gws Annora new episode ah waiting ga hama
Dharifuuuu when next
Cant wait for the next
Mi naufal ah varugadha ladeh dheyn v hurihaa enmen vegen😭😭 even banla myheh so gadha vegen ekudhinnah nuforuhpaan kurany ey😭😭😭😭
Hama roveny kiyaa varakah ahmedbe ah kuri varun😭😭😭
Soo reethi
Mi dhe part vs v reethi
Can’t wait for the next
Pls v Avahah next part up kohlahchey
Vvvv reeethi
Avahah up kohla dhehchey🥰🥰💕💕
Hws you nw? U feeling better?
Itts ok las viyas inform kohla dhinyma readers hama happy vaane
Love you my fav writer 🥰🥰
Cant wait to see shahrooz r naufal ge life destroy vaathan
Heyy ann💕💕 hows you?
Mi part ves v reethi
V rovefin mi part kiyaafa .. how could laara ehn koo ah hadhan.. like if she doesn’t love also she shouldn’t have to do this adhi ladhu ves nuganey e aii eyy e manje 😒😒😒
The cutest couple is nawa and koo🥰🤍🤍
Vvv loabi veyy huvaa 🥰🥰🥰
Plz make things eash for zehey and ahmed
Cant wait to see next one✨✨
I was like laara ge moonumathyga ehchaku jahann v ey adhives
Naufal and her will be better choice 🤣🤣🤣
Once again i really ireally lovw this story igey
This was my fave forever💕💕💕💕💕💕🤍🤍🤍🤍✨✨✨✨✨✨✨🥰🥰🥰🥰🥰🥰🥰
Vvvv reethi mi ep ves
Next ah cant wait hama
Good night everyone 🖤
V reeethii♥️
Hope next v avahah fennaane kamah
Lots of loves from ishu
V dhuvahah fahu mi comment kohlevuny🥹♥️
Still baraabarah kiyan
Ishu bxy kon ulhen jehifa preg ve things get complicated ehnve ehaa habareh nuvevuny ves
Hows youhh😊
V reeethii♥️
Hope next v avahah fennaane kamah
Lots of loves from ishu
V dhuvahah fahu mi comment kohlevuny🥹♥️
Still baraabarah kiyan
Ishu bxy kon ulhen jehifa preg ve things get complicated ehnve ehaa habareh nuvevuny ves
Hows youhh😊
Ahaa v reethi 😭😭😭
Miulhey naufal rolaa kaan v 😒😒 foohi soreh huvaa
Vvv reethi igey mi part ves
31 is yhere dw 😭😭♥️🥰🥰🥰🥰🥰
Thank you girl avahah up kohla dhinyma💕💕
Wowww 🥹 im a biggest fan of you annora 🥰🥰🥰
Vvv reethi vaahaka eh egey mii 😊😊❤️
Waiting for the next part! Nice story…
Keep it up 😍
HELLO DEAR ROSE.. I’VE ALREADY UPLOADED EP 31 & 32 🙂 THANKIU FOR THE LOVELY COMMENT 🙂
THANK YOU SO MUCH DEAR LOVELY READERS .. NOW IM FINE ALHAMDHULILAH .. I REALLY APPRECIATE READERS THIDHEY SUPPORT AH.. ABADHUVES THIGOTHUGA HURIHAA KUDHIN VES HUREDHEYNE KAMAH UNMEEDHU KURAN 🙂
MUCH LOVES FROM ME HURIHAA KIYUNTHERINNAH <3