ކަޅު ކުލައިގެ ބޮޑު ޕްރައިވެޓް ކާރު އައިސް މަޑުކޮށްލީ 5 ބުރި އަށް ނަގައިފަ ހުރި ބޮޑު އިމާރާތެއް ކައިރި އަށެވެ. އެވަގުތު އެމަގުން ހިގަމުން ދިޔާ އެތަށް ބައެއްގެ ހިނގުން މަޑުކޮށްލީ އެކާރުން ފައިބަނީ ކާކު ތޯ ބަލާލާށެވެ. އެމީހުންނަށް އަޑު އިވިފަ އޮތް ގޮތުން ވިއްޔާ ބިޒްނަސް މޭން އެއް އާއިލާ އާއެކު އެމެރިކާ އިން މިތަނަށް (މާލެ) އަށް އަންނަނީއެވެ. ވާހަކަ ތަކުގައި ސިފަ ކޮށްދޭ ހެން އެވާނީ ހޭންޑްސަމް މީހަކަށެވެ. ވަރަށް […]
އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ މިއަދު އަހަންނަށް ތަހައްމަލް ކުރަން ޖެހިފައިމިވާ އަނިޔާ އަކީ އަހަރެން ކުރި ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟ *** ޖަނާ ކޮޓަރީގެ މޭޒެއްގެ ކައިރި އިށީއިނެގެން އޭނާގެ ހިތުގައިވާ ޝަކުވާ ބަންޑުން ކުރަމުން ދިޔައީ އޭނާގެ އެއްމެ ގާތް އެކުވެރިޔާ އަށެވެ. އާއެކެވެ. އޭނާގެ ޑައިރީގައެވެ. ވާނީވެސް އެހެންތާ އެވެ. އޭނައަށް އިތުބާރު ކުރާ މީހަކީ ހަމައެކަނި އޭނާގެ ޑައިރީ އެވެ. *** އަހަރެންނަކީ 24 އަހަރު ވެފައިވާ މީހަކީމެވެ. އަހަރެން ކައިވެނި […]
އާދައިގެ މަތިން އިޔާން މިއަދުވެސް ދިޔައީ ހޮސްޕިޓަލް އަށެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރ ގެ މަޤާމު އަދާ ކުރަމުންދާ އިޔާން ހޮސްޕިޓަލް އަށް ވަދެ އެއްމެ ފުރަތަމަ ވެސް މިސްރާބު ޖެހީ އޭނަ އަށް ހާއްސަ ކުރެވިފައިވާ ކެބިންނަށް ދިޔުމަށެވެ. އިޔާން އަކީ އެއްމެން ގެ ހިތްތައް ކަތިލާވަރުގެ ރީތި ކަމެއް ލިބިފައި ހުރި މީހެކެވެ. ގޮނޑީގައި އިށީ އިނުމަށް ފަހު އިޔާން މޭޒުމައްޗަށް ބަލާލީ އެއްޗެއް ޔަގީން ކޮށްލުމަށެވެ. އޭނަ ހީކުރި […]
ޒެއިނާ އަށް ބަނޑަށް ތަދުވާވަރުން ރޮއިގަނެވުނެވެ. މީހުންގެ އަޑު މާވަރަކަށް އިވޭތީ ގޭގަ އޮތް ޒާހިދާ އާއި އުމަރު ބޭރުބަލާލަން ނިކުތެވެ. އެމީހުންނަށް ފެނުނު މަންޒަރުން އެމީހުންގެ ހެޔަށް ގޮތެއް ނުވީ ކިރިޔާއެވެ. މީހުންތަށް ޒޭން އޭ ކިޔާތީ އުމަރު އެމީހުން ތެރެއަށް ދުއްވާގަތެވެ. ޒާހިދާ ވެސް ދުއްވާގަންނަން އުޅުނެވެ. ނަމަވެސް އެތާ މަގުމަތީ ބަނޑުގައި އަތް އަޅައިގެން ރޯން އިން ޒެއިނާ ފެނުމުން ޒެއިނާ އާ ދިމާލަށް ދުއްވާގަތެވެ. “މަގޭ ދަރި. ދަރިފުޅާ ބަނޑުގައި ރިއްސަނީ […]
ޒެއިނާ ތައްޔާރު ވަމުން ދިޔައީ އާމިރާ ގެ އެދުމުގެ މަތިން އެގެއަށް ދިޔުމަށެވެ. ކަކުލާ ހަމައަށް އަންނަ ޗޮކްލެޓް ކުލައިގެ ހެދުމަކާ އެކު ކަޅު ކުލައިގެ ސްކިނީއެއް ލައިގެން އާދައިގެ ގޮތަކަށް އައްސާލިއެވެ. އެ އިސްތަށިގަނޑުވަނީ ގެންގޮސް މޭ މައްޗައް ވައްޓާލާފައެވެ. “ކޮންތާކަށްތަ ދަރިފުޅު” ޒާހިދާ ސުވާލު ކުރީ ސިޑިން ފައިބައިގެން އަންނަ ޒެއިނާ އަަށެވެ. “މަންމަ ބުނެގެން އެގެއަށް.” ޒެއިނާ ޒާހިދާ ކައިރި ހުއްޓިލަމުނަ ބުނެލިއެވެ. “މަންމަ ވެސް ދަންތަ. ކުރާނެ ކަމެއްނެތި ފޫހި ވެގެން […]
ޒޭން ހިނފާލާފަ ގޮސް ޒެއިނާ އާ ޖެހިގެން އިން ގޮނޑީގައި އިށީއިނެވެ. ޒެއިނާ ޒޭން އަށް އެއްވެސް ސަމާލުކަމެއްނުދީ ކެއުމުގައި އުޅުނެވެ. “އައިމް ސޮރީ” ޒޭން މަޑު މަޑުން ބުނެލިއެވެ. ނަމަވެސް ޒެއިނާ އަޅާނުލިތާ ބަލާވެސް ނުލާ މޭޒުގެ ތަންކޮޅެއް ދުރުގައި ހުރި ފެންފުޅި އަތުޖެހޭތޯ އުޅުނެވެ. ޒޭން ފެންފުޅި ނަގާ ޒެއިނާ އަތަށް ދެމުން އައިމް ސޮރީއޭ އަނެއްކާވެސް ދަމާލާފަ ބުނެލިއެވެ. “އަހަރެ ކީއްވެ ރުޅި އަންނަން ވީ. ނާދެ” ޒޭން އަތުން ފެންފުޅި ދަމާގަންނަމުން […]
ޒެއިނާ އިނީ ކުރާނެ ކަމެއް ނޭނގި ފޫހި ވެފައެވެ. ޒެއިނާ ބަދިގެ އަށް ގޮސް އަމިއްލޭން ޖޫސް ތައްޓެއް ގިރާލައިގެން ކޮޓަރިއަށް ދިޔައެވެ. ވާހަކަ ފޮތެއް ކިޔުމުގެ ނިޔަތުގައި ވާހަކަ ފޮތް ހިފައިގެން ކޮޓަރިން ނިކުމެވެން ހުރި ބެލްކަނި އަށް ދިޔައެވެ. އެއަށްފަހު އެތާހުރި ގޮނޑިއެއްގައި އިށީއިނެ އެއްއަތަށް ފޮތް ލައިގެން އަނެއްއަތުން ޖޫސް ތަށި ހިފައިގެން އިނެވެ. އިރުކޮޅެއް ފަހުން ޒެއިނާ އެ ފޮތް ތިރިކޮށްލީ ގޭ މަގުމައްޗަށް ހުއްޓި ޒޭންގެ ކާރު ފެނުމުންނެވެ.ކާރުން ފޭބި […]
“އަލްހަމްދުލިލްލާހި. މަންމަ މިއަދު ވަރަށް އުފާވެއްޖެ. މަަންމަ ނުބުނި ކަމުގައި ވިޔަސް މަންމަ ހާދަ ބޭނުމޭ މާމަ ދަރިއެއް. މިއަދު މަންމަގެމި އެދުން ވެސް ފުރިހަމަ ވެއްޖެ.” ޒާހިދާ މިހެން ބުނީ ޒެއިނާ ބޮލުގައި ފިރުމާލަމުންނެވެ. އޭރު އެދެލޯހުރީ ފެންކަޅި ވެފައެވެ. ޒެއިނާ ހުރީ ޝޮކެއްގައެވެ. ނަމަވެސް ޒާހިދާ ދެއްކި ވާހަކައަޑު އިވުނެވެ. ޒޭން ވެސް އޭރު ހުރި ފިޔަވަޅުމަތީ ހުއްޓެވެ. “ތިތާ ނުހުރެ އާދެބަލަ މިކޮޅަށް” ޒޭން އަށް އިޝާރަތް ކުރަމުން ޒާހިދާ ބުނެލިއެވެ. ޒޭން […]
އެކަކަށް ވެސް ދުރެއް ނުވެވުނެވެ. ދެމީހުންގެ ވެސް ކަރު ހިއްކުން ފިލުވަމުން ދިޔައީ އެއްވެސް ކެތްތެރި ކަމެއް ނެތިއެވެ. ޒެއިނާ އަށް ލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދި ގަޔަށް އެޅެން ފެށުމުންނެވެ. ކަންނެތް ކަމާއެކީ ފޯނު ބަލާލީ ގަޑިން ވީވަރު ބަލާލުމަށެވެ. ޒެއިނާގެ ދެލޯ ބޮޑުވެގެން ދިޔައީ ގަޑިން 10 ޖަހާފަ ހުރުމުންނެވެ. ވަގުތުން ގައިގަ އޮތް ރަޖާގަނޑު އެއްފަރާތް ކޮށްލާފަ ތެދުވީ ފާހާނައަށް ދިޔުމަށެވެ. ތެދުވިހެން ހީނުވެ ވަގުތުން އަނެއްކާ ރަޖާދަށަށް ވަނީ އޭނަ […]