ނޭނގޭ ގޮތެއްވޭ 5ކުރިމަތީ ހުރީ ހުދާ އެވެ. “އަހަރެން ހޮސްޕިޓަލް އަށް ގެންގޮސްދެވިދާނެތަ؟” ޒޭން އިރުކޮޅެއް ވަންދެން ބަލަން ހުރުމަށް ފަހު ކާރުގެ ދޮރު ހުޅުވާލަދިނެވެ. ހުދާ ކާރަށް އެރުމުން ޒޭން ކާރު ދުއްވާލިއެވެ. ޒޭން އިނީ ވަރަށް ފޮނި ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ހުދާ އަކީ އޭނާގެ “ކުރަޝް” އެއްވިއްޔާއެވެ. ޒޭން މިއަދު ޒެއިނާ ކައިރި މިވާހަކަ ފޮނިވެފަ ދައްކާނެކަން ޔަގީނެވެ. “ކީއްކުރަން ހޮސްޕިޓަލް އަށް.” ޒޭން ހިމޭންކަން ފޫދުއްވާލިއެވެ. “މަންމަ ބަލިވެ އެޑްމިޓް […]
ޒެއިނާ މަޑު މަޑުން ގޮސް އެތެރެއަށް ވަނެ އެނދުގައި އިށީއިނދެ ޒޭން އަށް ބަލާލިއެވެ. ޒޭން އަދި ވެސް ހަމަ އެ ހުރިތާ ހުރީއެވެ. ދެމީހުންގެ ދޭތެރޭ އެ ހިމޭންކަމުން ޒެއިނާ އަށް އުނދަގޫ ވިއެވެ. ޒެއިނާ ވާހަކަ ދައްކަން ބޭނުން ވިއެވެ. “ އޯ ޕްލީޒް ޒޭން. ވަރަށް އޮޑް ދެން ވާހަކަ ނުދައްކަ ހުންނައިރު. އަހަރެމެން މެރީ ކުރިޔަސް ވީ އާ ބެސްޓް ފުރެންޑް އޭ އިޑިއަޓް” ޒެއިނާ އެއްމެ ފަހު ޖުމްލަ ބުނެލީ […]
ޒެއިނާ އަށް ލޯ ހުޅުވާލެވުނީ ދޮރުގައި މީހަކު މާބާރަށް ޖަހާތީއެވެ. ކަންނެތް ވެފާ ހުރި ނަމަވެސް ބޮލުގާއަތުންފުނާ އަޅަމުން ގޮސް ދޮރުހުޅުވިއެވެ. ކުރިމަތީ ހުރީ އާމިރާފެނިފައި ޒެއިނާއަށް ގަޑި ބަލާލެވުނެވެ. އަދި ހިންދިރުވާލިއެވެ. “ ކަމަނާ ނިދާލީ ދޯ. ސާބަސް ދަރިފުޅާ ސާބަސް. އެޔޮށް މިހާރު 8 15 ވީ. ނަސީބޭނު ތައްޔާރުވެފަތޯ ބަލާލަން އާދެވުނުކަން. ދެންވެސް ދޭ ތައްޔާރު ވާން. މިހާރު ބައްޕަ ވެސް ތައްޔާރު ވެއްޖެ. “ އާމިރާ މިހެން ބުނެފައިމޭޒުމަތީ ހުރި ހިހޫ […]
“ އަނހަ ދަރިފުޅާ … މިއަދު ހާދަ އަވަހަކަށް ތިއައީ؟ “ ގެއަށް ވަދެގެން އައި ޒޭން ފެނިފައި ޓީވީ ބަލަން އިން ޒޭންގެ ގެ މަންމަ ޒާހިދާ ބުނެލިއެވެ. “ އާނ .. މިއަދު އެހާ މަސައްކަތެއް ނެތް އެހެންވެ ހަމަ އައީ.. “ ޒޭން ޒާހިދާ އިށީއިނެއިން ސޯފާ އަށް ވެއްޓިގަންނަމުން ބުނެލިއެވެ. ހިމޭންވަގުތުކޮޅަށް ފަހު އަނެއްކާ ޒާހިދާ ވާހަކަ ދެއްކިއެވެ.. “ ދަރިފުޅާ .. ދަރިފުޅު ތީ މިހާރު ކުޑަކުއްޖެއް ނޫނެއްނު.. މިހާރު […]
“ޒޭން… “ ޒެއިނާ ގޮވަމުންދިޔައީ އޮފީހުގެ ކޭންޓީނުގައި އޭނާގެ ކުރިމަތީ ވާގޮތަށް ކޮފީބޯން އިން ޒޭން އާއެވެ… “ މިހާރު ހަތަރުވަނަ ފަހަރަށް ތި ގޮވީ ޒެއީ.. ދެން ތި ވެގެން އުޅޭ ގޮތެއް ބުނެބަލަ.. “ ޒޭން ބުނެލިއެވެ… ޒޭން އާއި ޒައިނާ އަކީ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ.. މި ދެމީހުންނަކީ ވެސް މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ މީހުންނެވެ.. . ޒެއިނާ އަކީ އޭނަގެ މަންމް އާއި ބައްޕަގެ ހަމައެކަނި ހުރި ދަރިފުޅެވެ.. […]