“ހޭއި ޔާނާ. ބޭބީއެއް ހޯދާކަށް ނުވޭތަ؟” ލީޒާ ސުވާލުކޮށްލީ ކުރިމަތީ ކޮފީބޯން އިން ޔާނާއާއެވެ. “އަހަރެންވެސް ބުނެފީމޭ ދޮންތަ ކައިރި ތިޔަހެން” ޔާނާ ލާރާ އަދި ލީޒާ އިނީ ހޮސްޕިޓަލް ކޭންޓީނުގައެވެ. “ތި މީހުން ވެސް ނުވޭތަ މިހަކާ އިންނާކަށް” ޔާނާވެސް ކޮށްލީ ސުވާލެކެވެ. “އަހަރެމެންނަށް ފުރަތަމަ ބިޓެއް ލިބިގެނެއްނު” ލީޒާ މިހެން ބުނުމުން ލާރާ ލީޒާއާ ޓަޗެއް ޖަހާލީއެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ. “އަހަރެން އަދިވެސް މިހިރީ ލީޒާގެ އިންތިޒާރުގައި” ލީޒާގެ މޫނު ފެންނަގޮތަަށް ކުއްލިއަކަށް […]
“ދަރިފުޅާ ހިނގާދެން ގެއަށްދާންދޯ. މާލަސްވެއްޖެއްނު މިހާރު” ޔާނާގެ ބޮލުގައި ފިރުމާލަމުން އާލިމާ ބުނެލިއެވެ. ނަމަވެސް ޔާނާ އިންގޮތަށް ހަރަކާތެއްވެސް ނުކޮށް އިނީއެވެ. “ތެދެއް ދެން ހިނގާ. އެހެން އިރަކުން އަންނާނީ ދެން” މިކްޔަންވެސްބުނެލިއެވެ. މިފަހަރު ޔާނާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ. މި މަންޒަރު ފެނި ދުރުގައި ހުރި ޒިޔާދު އެތަނަށް ދިޔައެވެ. ފަހަތުން ނާސިހްވެސް ދިޔައެވެ. “ދަރިފުޅު ދެންދޭ. މާލަސްވެއްޖެ” ޒިޔާދު ޔާނާއަށް ބަލާލަމުން ބުނެލިއެވެ. މިފަހަރުވެސް ޔާނާ ދެފަރާތަށްބޯހޫރާލީއެވެ. ޒިޔާދު ފުންނޭވާއެއް ލިއެވެ. “މިކްޔަން […]
ޔާނާ ޝޯލްއަޅަމުންދިޔައީ ހޮސްޕިޓަލްއަށް ދިޔުމަށްޓަކައެވެ. ނިދާފައި އޮތް މިކްޔަންއަށް ގޮވާތާ މިހާރު ކިހާއިރެއްހެއްޔެވެ. އަދިވެސްނުހޭލައެވެ. ތައްޔާރުވެލައިގެން ޔާނާ ގޮސް އެނދުކައިރި ހުއްޓިލާފައި މިކްޔަން އަށް ގޮވާލިއެވެ. “ޔަން. ޔަން. ޔަން އޭ ހޭލަބަލަ. ދެން ނޭނގެ ގަޑިއަށް ހޮސްޕިޓަލްއަށް ދެވޭނެ ކަމެއް” މިފަހަރު ޔާނާ ގޮވާލުމުން މިކްޔަން ލޯހުޅުވާލިއެވެ. “ދޭބަލަދެން. މިއަދު އަހަރެން ނުދާނަން” މިހެން ކިޔާ މިކްޔަން އަނެއްކޮޅަށް އެނބުރުނެވެ. ޔާނާ އިރުކޮޅަކު ބަލަން ހުރުމަށްފަހު ތެދުވެ ހިނގައިގަތެވެ. **** އާދައިގެ މަތިން ނަޝްވާ ހެދުނުގެ […]
ޔާނާ އާޓިފިޝަލް ބީޗްއަށް ގޮސް ގޮނޑިތަކަށް ނަޒަރު ހިންގާލިއެވެ. ދުރުގައި އިން ގޮނޑިއެއްގައި އިން ލީޒާ ފެނުމުން ޔާނާ ހަލުވި ހިނގުމެއްގައި ގޮސް ލީޒާ ކައިރި އިށީއިނދެލިއެވެ. “ކީއްވެ ކުއްލިއަކަށް މިކްޔަން އަށް އެހާބޮޑު ބަދަލެއް އަންނަންވީ؟” ޔާނާ ފެނުމާއެކީ ލީޒާ ޔާނާގެ އަތުގައި ހިފާ އަހާލިއެވެ. “އަހަންނަކަށް ވެސް ނޭނގެޔޭ ލީޒް. ގަބޫލެއްވެސް ނުކުރެވޭ.. ރޭގަވެސް ހީވަނީ އެހެން ފަދަ ކަމެއްހެން. އެނދުގައި ޔަން ކައިރި ނިދާށޭވެސް ބުނި. މަށަކަށް ނުކެރުން ބިރުން ވެސް. ޔަން […]
ހިތްހަމަ ނުޖެހިފައި ހުރި މިކްޔަން ހުޅުމާލެއަށް ދިޔައެވެ. “ހަލޯ ނަޝް. ފައިބަބަލަ ތިރިއަށް” ނަޝްވާމެން ގޭ ކައިރި ހުރެ ނަޝްވާއަށް މިކްޔަން ގުޅާލިއެވެ. “ކީއްވީ؟” ގޭގެ ދޮރު ލައްޕާލަމުން ނަޝްވާ މިކްޔަންއަށް ބަލާލަމުން އަހާލިއެވެ. “ހިނގާބަ” މިކްޔަން ނަޝްވާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ކީއްވީހޭ އަހާ އަހާވެސް މިކްޔަން ވީގޮތެއް ނުބުންޏެވެ. މިކްޔަން ގޮސް ހުއްޓުނީ މީހުން އެއްގޮތަކަށްވެސް ގޮސް ނޫޅޭ ހިސާބަކަށެވެ. “ކިހިނެއްވީ. ނުވެސް ބުނެލަ ކުއްލިއަކަށް ތިއައީ؟” މިކްޔަން އާ ކުރިމަތިލަމުން ނަޝްވާ ބުނެލިއެވެ. […]
ރޭގަނޑު 10 ޖަހާފައި ހުރިނަމަވެސް މިކްޔަން ބޭނުންވީ ނަޝްވާ ކައިރިއަށް ގޮސްލުމަށެވެ. އެހެންކަމުން ދެން އެންމެ ފުރަތަމަ އިން ފެރީއަށް އަރާ ހަމަޖެހިލިއެވެ. ނުދަންނަ ނަންބަރަކުން ގުޅި ނަމަވެސް އެކަމާ އަޅާލުމެއް ނެތި ނަޝްވާއަށް ގުޅުމަށް ފޯނުގެ ލޮގްބަޔަށް ވަނެވެ. ނަމަވެސް އެ ނުދަންނަ ނަންބަރުން މެސެޖެއް އައުމުން މިކްޔަން އެބަލާލިއެވެ. *ކަލޭގެ އަންހެނުން ހުރީ އަހަރެންގެ އަތްދަށުގައި. މިބުނީ ކިޑްނަޕް ކޮށްފައޭ. ސަލާމަތް ކުރަން ބޭނުމިއްޔާ އެއްލައްކަ ރުފިޔާ ހިފައިގެން މާދެން އަހަރެން ބުނާތާކަށް އާދޭ* […]
“މިކްޔަން” ޓީވީ ބަލަން އިން މިކްޔަން އަށް ކޮޓަރީގައި ހުރި އާލިމާ ގޮވާލިއެވެ. މިކްޔަންވެސް އެ ބާރުމުނުގައި ކީއްވީހޭ އެހުމުން އާލިމާއެދުނީ އެކޮޓަރިއަށް އައުމަށެވެ. ޗޮކެއް ކަނޑާލުމަށްފަހު މިކްޔަން އާލިމާގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އާލިމާގެ ކޮޓަރިއަށް ވަންނަން ދިޔަ މިކްޔަން ސިކުންތަކަށް ހުއްޓުންއެރީ އެކޮޓަރިން ނިކުމެގެން އައި ޒާއިން ފެނިފައެވެ. ޒާއިން މިކްޔަން އަށް ބަލާލުމެއްވެސް ނެތި އެތަނުން ދިޔައެވެ. “މިތާ އިށީއިނެބަލަ” އެނދަށް އިޝާރަތް ކުރަމުން އާލިމާ ބުނެލިއެވެ. އެތާ ގޮނޑިއެއްގައި ނާސިހްވެސް އިށީއިނދެލައިގެން […]
“ހިނގާ ބޭސްއަޅަން” ޒާއިން ލާރާގެ އަތުގައިހިފާ އެތަނުން ނިކުންނަން ދަމުން ބުނެލިއެވެ. “އަދި ބޭސް އަޅާވަރެއް ނުވޭ. އެކަމް ބުނަން. އަދި އޮންނާނެ ވަރުގަދަ ލަނޑެއް” ޒާއިންއާއި އެއްވަރަށް ހިނގަމުން ލާރާބުނެލިއެވެ. “ހަހަ. ޔާނާއަށް ވީގޮތް. އެތާ އޮށްތާއޮވެ” ހިނިގަނޑު ޖަހަމުން ޒާއިން ވާހަކަ ދެއްކިއެވެ. ޒާއިން އަދި ލާރާއަށް ޓެންޓާ ހިސާބަށް ދެވުންއިރު އެއްމެން މޫދަށްއެރުމަށް ދަނީއެވެ. “އޭ ލާރާ ކޯކްފުޅި. ކޮން ގަނޑެއް ގަނެފަ ޒާއިންއާއި ދެމީހުން ތިއައީ؟” ލީޒާ އަހާލިއެވެ. ލީޒާއަބަދުވެސް ލާރާއަށް […]
ގަޑިން 5 ޖެހީއެވެ. މޯލީއަކަށް ދެމިލަމުން ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. ނިދިއައިސްގެން ރަނގަޅަށް ދެލޯނުހުޅުވި އިން މިކްޔަން އަށް ފެނުނީ ޔާނާ ނަމާދުކުރާތަނެވެ. ޔަގީންނުވުމުން ދެލޯއުނގުޅާލައިިފައި އަނެއްކާ ބަލާލިއެވެ. އޭރު ޔާނާ ސަލާން ދެނީއެވެ. “ޔަން ނަމާދުކުރޭ އަވަހަށް” ޔާނާ މުސައްލަ ނަގަމުން ހިނިތުންވެލާފައި ބުނެލިއެވެ. “ތިއުޅެނީ މަށަށް ދެއްކެންތަ؟” މިކްޔަން އެނދުން ފައިބަމުން ބުނެލިއެވެ. ޔާނާ ސުވާލުގެ ނަޒަރަކުން މިކްޔަންއަށް ބަލާލިއެވެ. “ރޭގަވެސް ނުކުރެ. މިރޭ ކީއްވެ ތިކުރީ؟ ހަމަ މަށަށް ދެއްކެން. ބުނަން […]