ޔާނާ ވާހަކަ ފެށިއެވެ. “މިކްޔަން އާދެމީހުން ރައްޓެހިވެގެންތަ އުޅެނީ؟” “އާން” ނަޝްވާ ދިނީ ކުރު ޖަވާބެކެވެ. “ވަރަށް ބޮޑަށް ސޮރީ. ހަމަ އެއްގޮތަކަށްވެސް ނޭނގޭ ތި މީހުން ގުޅުން އޮތް ކަމެއް. އެހެންވެ އެހާވަރުން މިކްޔަންއާ މެރީ ކުރީ. އަހަރެންވެސް މިކްޔަންދެކެ އިންތިހާއަށް ލޯބިވާތީ.” ޔާނާ އިސްދާށަށް ޖަހާލުމަށްފަހު ފެންކަޅިވެފައި ވާހަކަ ދެއްކިއެވެ. ނަޝްވާ ޔާނާއަށް ބަލާލިއެވެ. އެދެލޮލުންވެސް މިކްޔަންދެކެ ވާ ލޯބި ފާޅުވެއެވެ. އަނެއްކާ އަހަރެންނަށް މިކުރެވެނީ ރަނގަޅު ކަމެއްބާވައެވެ. އަހަރެންނަށް މި ނިގުޅައިގަނެވެނީ ކުށެއްނެތް […]
ޔާނާ ކޮޓަރިއަށް ވަންއިރު މިކްޔަން ކުޑަދޮރު ކައިރި ބޭރުގައި ހުއްޓެވެ. ޔާނާ ހުރީ ކުރަންވީ ކަމެއް ނޭނގިފައެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު ޔާނާ ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް މިކްޔަން އާ ފުރަގަސްދީގެން ހުއްޓުނެވެ. “ޔަން. އަހަރެން ގަބޫލުކުރަން ކަންތައްތައް ވެގެން މިދިޔައީ ވަރަށް އަވަހަށްކަން. އަދި މިކަމަށް ޔަން ވެސް ތައްޔާރެއް ނުވާނެކަން. އަހަރެން ލޯބިވާތީ ހަމަ ނުހުރެވުނީ. އަހަންނަށް މާފް ކުރައްޗޭ. އައި ލަވް ޔޫ. ޔަން” ޔާނާ މިކްޔަންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. […]
މިކްޔަންއާ ޔަނާ އެކަކުއަނެކަކަށް ކުރިމަށްޗަށްވާގޮތަށް އިންއިރު ލާރާ އަދި ޒާއިންވެސް އިނީ ހަމައެހެންނެވެ. “ދެން ކައިވެނި ކަންތައް ކިހިނެކޭ ވާންވީ” ޔާނާގެ މޫނު އުޖާލާވެގެން ދިޔައީ ނާސިހް ކައިވެނީގެ ވާހަކަދެއްކުމުނުންނެވެ. “އަހަރެމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކުރަން. އަންނަ މަހު 1 ކިހިނެއް ވާނީ؟” ޔާނާއާ ދިމާލަށް ބަލާލަމުން އާޝިއާ ބުނެލިއެވެ. މިކްޔަންއަށް ވީގޮތެއްވެސް ނޭނގުނެވެ. “ނޫން” މިކްޔަންގެ މި ޖަވާބުން އެއްމެންގެވެސް ލޯ އަމާޒުވީ މިކްޔަންއަށެވެ. މިކްޔަން ކާންއިން ބަތްތައްޓާ ދިމާލަށް ބަލާލިއެވެ. އެޔަށްފަހު ސަމްސަލުން […]
“އަނެއްކާ މިކްޔަން އަށް އޯކޭ ވާނެބާ” ނާސިހްއާ ދުރުވެލަމުން ޒިޔާދު ބުނެލިއެވެ. “ތިކަމާ ހާސްނުވޭ. މިކްޔަންގެ މައްސަލައެއް ނޯންނާނެ. މާދަން ހުކުރު ދުވަހެއްނު. އާދޭ އަހަރެމެންގެއަށް ކާން.. ޔާނާއާ އެއްމެން ގޮވައިގެން. އޭރުން ތިވާހަކަ ދެއްކޭނެއޭނުން” ނާސިހް ވިސްނުމެއްގައި ހުރެ ފެށި ޖުމްލަ ނިންމާލީ ހިނިތުންވެ ހުރެއެވެ. “ތެންކްޔޫ ނާސިހް. އަހަރެމެން ހުކުރުން ފޭބީމަ 2 ޖަހާކަށް ހާއިރު ދާނަން” ނާސިހް ބޯޖަހާލިއެވެ. “ދަނީ އިނގޭ. މާދެން ދިމާވާނޭނުން” ނާސިހް މިހެން ކިޔާ ދާން ހިނގައިގަތީ ވިސްނުމެއްގައި […]
ސިޓިންގްރޫމް ސޯފާގައި ފިރިހެނަކާ ތަތްވެގަނެގެން އިށީއިދެ އިން ނަޝްވާ އަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ މިކްޔަން ފެނުނީމައެވެ. “ޔަން. މީ މީ ކަޒިން އެއް. ނަޒީހް” އަޅައަޅައިގަންނަމުން ނަމަވެސް ނަޝްވާ ފުރިހަމަ ކޮށްލިއެވެ. “ނަޝް ނުބުނެ ކަންނޭގެ ނަޒީހް އެއްގެ ވާހަކައެއް” މިކްޔަން ހުރިގޮތަށް ހުރެ ބުނެލިއެވެ. “ދެން ޔަން ތިބުނަނީ އަހަރެން މިހަދަނީ ދޮގޭތަ؟ ޓްރަސްޓެއް ނުކުރަންދޮ؟” ނަޝްވާ މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެނުމަށްފަހު ވާހަކަ ދެއްކިއެވެ. ސޯފާގެ އިން ނަޒީހްގެ މޫނުމަތީ ދުވެލީ ވިހަ […]
ލާރާ ދެއަތަށް ދެ އައިސްކްރީމް ލައިގެން އަވަހަށް ބެލީ ޔާނާ ކައިރިއަށްދެވޭތޯއެވެ. ނަމަވެސް އައި ނައިތަނެއް ނޭނގެ ކޮންމެވެސް މީހަކު ލާރާ ގައިގަ ޖެހުމުން އަތުގައި އޮތް އެއް އައިސްކްރީމް ވެއްޓުނީ ލާރާގެ މޭމައްޗަށެވެ. “ވަޓް ދަ. ބަލައިގެންނެއް ތިމީހަކަށް ނުހިނގޭތަ؟” ލާރާ ކަޅިއަޅާލަމުން ބުނެލިއެވެ. “ޔޫ އަންހެނާ. ތި ގޮއްޔަކަށް ވެސް ބަލައިގެނެއް ނާދެވޭތަ؟” ޒުވާނާވެސް ރުޅިވެރިކަންމަތީ ބުނެލިއެވެ. “ޔޫ” ލާރާ މިހެން ކިޔާ އަތުގައި އޮތް އަނެއް އައިސްކްރީމް ޒުވާނާގެ މޫނުގައި އުގުޅާލިއެވެ. ދުރުގައި […]
ޔާނާ ފާހަނައިން ނިކުމެ ބޮލުގަ އަޅާފަ އޮތް ތުވާލި އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސޫރައަށް ބަލާލިއެވެ. ފަޔަށް ބާރު ނޫކުލައިގެ ޖިންސަކާއި ރަތާއި ކަޅު ހުންނަ ފޫކޮޅު ކިރިޔާ ނިވާވާވަރުގެ ޓޮޕް ކޮޅެއް ލާފައި ހުންނައިރު ފެޝަނަށް ލޯބިކުރާ ކަން ދޭހަވެއެވެ.. ފޮނި ގޮތަކަށް ތުން އޫކޮށްލާފައި ޔާނާ އޭނާގެ ފަން އިސްތަށިގަނޑުގައި ފުނާ އަޅަންފެށިއެވެ. “ދޮންތާ. ޑޭޑް ބުނީ ސައިނުބޮއި ގޮސްގެން ނުވާނޯ. އެންޑް ހީ އިޒް ވެއިޓިންގް ސައިބޯން […]
“އޯހް ޑޭޑް. އައި އޭމް އިން ލަވް” ޔާނާ ޒިޔާދުގެ ދެކޮޑުގަ ހިފާ އެނބުރިގަންނަމުން ހިނިތުންވެ ހުރެ ބުނެލިއެވެ. “ވޯވް. ހޫ އިޒް ދަ ލަކީ ގާއި” ޒިޔާދުވެސް ބޮޑަކަށް ހިނިތުންވެ ހުރެ ބުނެލިއެވެ. **** “ވަޓް ދަ. ބަލައިގެންނެއް ތި މީހަކަށް ނުހިނގޭތަ؟ އަހަރެންގެ ގަޔަށޭ މި އެ ވެރުނީ” ލާރާ ކަޅިއަޅާލަމުން ޒުވާނާ އަށް ބުނެލިއެވެ. “ޔޫ އަންހެނާ. ތި ގޮއްޔަކަށް ވެސް ބަލައިގެނެއް ނޫޅެވޭތަ؟” އެ ޒުވާނާ ވެސް އެ ރުޅިވެރިކަންމަތީ ބުނެލިއެވެ. […]
“ދޮންތަ ވާހަކަ ދައްކަންތަ” ޖިވާ ބުނެލިއެވެ. ޒާއިން އަށް ތެޅިގަނެވުނެވެ. “ސާބަހޭ ކޮއްކޯ. ދޮންތައަށް އިގެޔޭ ކޮއްކޮ ތި ވިސްނާ ކަންތައް. ދޮންތަ އަށް ރަގަޅަށް އިގޭ ކޮއްކޮގެ ޝައުގުވެރިކަން އެ ކުއްޖަޔާ ހުންނަކަން. ދޮންތަ އެބަ އަންނަން ވާހަކަ ދައްކާލާފަ.” ޖިވާ މިހެން ބުނުމުން ޒާއިން ލަދުގަނެފަ އިނެއްކަމަކު ތޭންކްސް ދޮންތާއޭ ބުނެލިއެވެ. ޖިވާ ހީލާފަ އެކުއްޖަ ކައިރި އަށް ގޮސް އެކުއްޖަ ކައިރި އިށީއިނެވެ. *** މީހަކު ކައިރީގައި އިން ހެން ހީވެގެން ޒާރާ […]