ނަޒީހް މެންގެއަށް ދެވުމުން ނަޝްވާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން އެތެރެއަށް ހިނގައިގަތެވެ. ސިޓިންގްރޫމްއަށް ވަންނަ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ނަޝްވާ ގޮސް ތަޅުގައި ހިފާލިއެވެ. ނަމަވެސް ބަޔަކު ވާހަކަ ދައްކާއަޑަށް ހުއްޓުންއެރިއެވެ. ނަޝްވާ ދޮރާއި ކަންފަތް ކައިރިކޮށްލީ ކިޔާއެއްޗެހި ބޮޑަށް ސާފު ވޭތޯއެވެ. ނަޝްވާގެ ދެލޯބޮޑުވެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ނަޒީހް ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ. *********************************** ނަޒީހް އިނީ ގްރޫޕެއް ހަދައިގެން ކެރަން ކުޅޭށެވެ. “ހަގީގަތަށް ބުނަންޏާ މިހާރު އަހަރެންނަކަށް […]
“ހަލޯ. މާއަވަހަށް ދޯ މި ފޮނުވުނީ. ދެން ލިޔުންތައް ތައްޔާރު ވީމަ ހަމަ ފޮނުވާލީ. ހޭއި ޓޫ ޑޭސް ޓް ގޯ. ސޮއި ކޮށްލާފައި އަހަންނާ ހަވާލު ކުރާތި. އެހެންނޫނީ. ހަހަ” މިކްޔަން ވީފޫހިން ފޯނު ކަނޑާލިއެވެ. އެއަށްފަހު އެ ލިޔުންތަކަށް ބަލާލިއެވެ. އަހަރެން މީގައި ސޮއިކޮށްފިއްޔާ ބައްޕަމެން ހާދަ ރުޅިއަންނާނެއެވެ. ނަމަވެސް އަހަރެންނަށް މިނޫން ގޮތެއްވެސް ނެތެވެ. މާޔޫސް ކަންމަތީ މިކްޔަންގޮސް އެ ލިޔުންތައް އެތާހުރި ވަތްގަނޑަކަށް ލާ ތަޅުލިއެވެ. ************************************** “ޔަން މިތާ ކީއްކުރަނީ؟” […]
“ކަމަކާ ވިސްނަނީތަ؟” ޔާނާ އަހާލިއެވެ. މިކްޔަން ހުރިހާ ވާހަކައެއް ކިޔާދޭން ހިތަށް އެރިނަމަވެސް މިފަހަރު ވެސް ކިޔާދޭކަށް ނުކެރުނެވެ. “ނޭނގޭ އަހަރެންގެ އެކައުންޓަށް އެބަހުރި ބައިވަރު ފައިސާ އައިއްސަ. ނޭނގެ. މީހަކަށް އޮޅިގެން ކަމަށް ވާނީ” ޔާނާ ބޯމެޑެން ފެށުމުން މިކްޔަން ލޯމަރާލަމުން ވާހަކަ ދެއްކިއެވެ. ތެދެކެވެ. މިކްޔަން މިއަދު ބޭންކްއަށް ގޮސް ބަލާލިއިރު ކޮންމެވެސް މީހަކު ރުފިޔާ ތަކެއް އޭނާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި އިނެވެ. “ކިހާވަރެއް؟” ޔާނާ އަހާލިއެވެ. “އެއްލައްކަ ވަރު” މިކްޔަން ބުނެލިއެވެ. […]
“ޑޭޑް” ޒިޔާދު ސިހުނީ ހާސްވެފައި ޔާނާ ގޮވާލިއަޑަށެވެ. “ޑޭޑް ކީއްވެ ރޮނީ ކަމެއް ވީތަ” ޔާނާ އައިސް ޒިޔާދު ކައިރި އިށީއިނެ ހާސްވެފައި އަހާލިއިރު އޭނާއަށް ވެސް ރޮވިއްޖެއެވެ. އޭނާގެ ލޯބިވާ ބައްޕަ ރޯތަން ބަލަން އޭނާއަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ. ޒިޔާދު އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދެލޯފޮހެލިއެވެ. “ދަރިފުޅާ ކީއްކުރަނީ؟ ކޮބާ މިކްޔަން؟” “ޑޭޑް ކީއްވެ ތިރޮނީ. އަޅުގަނޑު ކައިރި ވެސް ނުބުނާނަންތަ؟” ފެންކަޅިވެފައި ހުރެ ޔާނާ ބުނެލިއެވެ. “ދަރިފުޅު ނުރޮއި. […]
ޔާނާއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މިކްޔަން ކޮޓަރިއަށް ވަންއިރު ޔާނާ ހުއްޓުން އަރާފައި ހުރުމުން މިކްޔަން ވެސް ގޮސް ފޯނަށް ބަލާލިއެވެ. “އާބިދާ ދައްތަ؟” މިކްޔަން އަށް ބުނެލެވުނެވެ. “ހޫމް އާބިދާ ދައްތަ. އޯ މައި ގޯޑް. ފަސޭހަ ވީއެއްނު މި” ޔާނާ ދެފަހަރަކު ފުންމާލިއެވެ. “އެކަމް އަހަރެންނަށް ހީވަނީ ޝީ އިޒް މެރިޑްހެން” “ވަޓް. މެރީޑް ވިއްޔާ ކީއްވެ ޑޭޑް މިމީހަ ފޮޓޯ ފޮނުވާނީ މޮޔަޔާ” “ހޫމް. ވަރިވީ ކަމަށް ވެސް ވެދާނެ. ހޫމް ދެން […]
“މިހިރީ ޒާއިން ކަން އިނގޭ. މީ ކޮންކުއްޖެއް. ރައްޓެއްސެއްތަ؟” އެއްމެން ސޯފާގައި ހަމަޖެހިލުމުން އާބިދާ ލާރާއަށް އިޝާރާތްކޮށް ބުނެލިއެވެ. “ދެން މިހާރު ރައްޓެއްސެއް. މިކްޔަންގެ އަނބިމީހާގެ ކޮއްކޮ މީ” ޒާޔާ ބުނެލިއެވެ. “އެހެންތަ. ދަރިފުޅާ އިޔާޒޫ. މިއޮއް އައީއޭ ޒާޔާ މެން ނިކުމެބަލަ” އާބިދާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “މިހާރު ނިކުންނާނެ ކަންނޭގެ. އަންނާނަން ސައި ހިފައިގެން އިނގޭ” އާބިދާ އެހެން ބުނެ އެތަނުން ދިޔައެވެ. ކޮޓަރިން ނިކުމެގެން އައި އިޔާޒު ފެނުމުން ލާރާ ފުންމައިގެން ތެދުވިއެވެ. […]
ނަޝްވާ ބޭރަށް ނިކުމެ މުޅި މަގަށް ނަޒަރު ހިންގާލިއެވެ. ހަލަބޮލިވެފައިވާ އެމަގުން އޭނާ ނުދަންނަ މީހަކު ހޯދާނީ ކިހިނެއްހެއްޔެވެ. ނަޝްވާ އަށް އެއްލިކަޅިއަކުން ފެނުނީ ދުރުގައި ހުރި މީހަކު ހަނާއަޅާތަނެވެ. ދުރުގައި ހުރުމުން މޫނު އެހާސާފު ނުވިނަމަވެސް އެއަކީ ޒިޔާން ކަމަށް ނިންމައި އެދިމާލަށް ހިނގައިގަތެވެ. ކައިރިއަށް ދިޔަވަރަކަށް މޫނު ސާފުވަމުން ދިޔައެވެ. ވަރަށް ކައިރިއަށް ދިޔަފަހުން ނަޝްވާއަށް އެކާކު ކަން އިނގުނެވެ. “ތި ޒިޔާން؟” ނަޝްވާއަށް އަހާލެވުނެވެ. ޒިޔާން ބޯޖަހާލިއެވެ. “އަހަރެން ގައިގަ ހެދިކާ ކޮތަޅުން […]
ޒިޔާދު ކޮޓަރީގެ ދެކޮޅުގައި ހިނގަމުން ދިޔައިރު ހީވަނީ ކަމަކާ ވިސްނާހެންނެވެ. އޭނާ ޔާނާ އަދި ލާރާ ކައިރި މިވާހަކަ ބުނާނީ ފަހެ ކިހިނަކުން ހެއްޔެވެ. ކުރިން އާޝިއާ ހުރުމުން މިކަން އެމީހުން ކައިރި ބުނަން ފަސޭހަވާނެ ކަމަށް ޒިޔާދު ހީކުރިއެވެ. ނަމަވެސް މިހާރު އާޝިއާއެއް ނެތެވެ. ޒިޔާދު ހުއްޓިލާފަ މަތި ސީލިންގްއާ ދިމާލަށް ބަލާލިއެވެ. “މަންމާ ވަރަށް ހަނދާންވޭ” ޒިޔާދު ފުންނޭވާއެއް ލިއެވެ. މިރޭ ކޮންމެހެންވެސް ޔާނާމެން ކައިރި މިވާހަކަ ޒިޔާދު ބުނާނެއެވެ. ޒިޔާދު ފޯނު ނަގައި […]
މިކްޔަން ދިޔަގޮތަށްގޮސް ހިފީ ޔާނާގެ އުނަގަނޑުގައެވެ. އެއަށްފަހު ކައިރިއަށް ދަމާލިއެވެ. “ޔަން” ލަދުގަންވަރުން ޔާނާ މަޑުމަޑުން އެކިކޮޅުކޮޅަށް ބަލާލަމުން ބުނެލިއެވެ. “ކީއްވީ؟” ނޫން ކަމަށް ހަދާލާފަ މިކްޔަން ބުނެލިއެވެ. “ކަމެއްނުވެ” ޔާނާ މިހެންބުނެ ހިތްހަމަ ނުޖެހި ހުރެ މިކްޔަންގެ އަތް ނައްޓުވާލިއެވެ. އެންމެންގެ ތެރޭ އެހެން އުޅެން ޖެހޭ ހެއްޔެވެ. މިކްޔަން ގޮތްދޫނުކުރުމަށްޓަކައި ޔާނާގެ އަތުގައި ހިފައިގެން ހުއްޓެވެ. ޔާނާވެސް ދެން އެކަމާ މާބޮޑަށް އަޅައެއްނުލައެވެ. “ވާހަކައެއް ބުނަންތަ؟” މިކްޔަން ޔާނާގެ ކަންފަތްބުޑުގައި ބުނެލިއެވެ. ޔާނާ ބޯ […]