ބޯކޮށްވެހެމުން ދިޔަ ވާރޭގެ ސަބަބުން މާލޭގެ މަގުތައްވަނީ ހިމޭންވެފައެވެ. ޖަހާލާ ބާރު ގުގުރީގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މިގަދަ ވިއްސާރާގައި ކުޑަ އެއް އަތައް ނަގައިގެން ހިނގަމުން އަންނަ ޒުވާން އަންހެންކުއްޖާގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. މަގުގައި އޭނާ ނޫން އެހެން މީހެއްގެ ހިލަމެއްވެސް ނުވޭ ވިއްޔާއެވެ. އެއްއަތުން ކޮލެޖުގެ ފޮތްތައް ހިފައިގެން، އަނެއްއަތުން ކުޑަ ހިފައިގެން ހިނގަމުން ދިޔަ އަންހެންކުއްޖާގެ ބޭނުމަކީ އަވަހަށް ގެއަށް ދިޔުމެވެ. ވައި ގަދަވުމުގެ ސަބަބުން ބައެއް ފަހަރު ކުޑަވެސް އެއްލައިގެން […]
ޔުއާން ރޮވިފައިވާ އަޑަކުން ހަޅޭލަވައިގެންފައި މިކްޔަންގެ ބޮލުގައި ހިފާގަތެވެ. ******** “އާހް” މިކްޔަންގެ އަގައިން އާހްގެ އަޑު ނިކުތެވެ. ޔާނާ އަވަސް އަވަހަށް ޔުއާންގެ އަތް ނެއްޓުވިއެވެ. “ޔުއާން ހާދަ އަހަރެން ދެކެ ރުޅި އާދެޔޭ. ޔާނާ އަށް ވުރެ މިސޮރުގެ ރުހުން ހޯދަން އަހަރެންނަށް މާއުދަގޫ. ގަޔަށް ބޮލަށް ވިއްޔަ އަރަނީ. މީނައަށް ކަމަކު ނުދޭ އަހަރެން ޔާނާ ގައިގަ ބެހޭކަށް” މިކްޔަން ބޮލުގައި ފިރުމަމުން ބުނެލިއެވެ. ޔާނާ ހީލިއެވެ. “އަހަރެންނަކަށްވެސް ނޭނގޭ ހަދާނެ ގޮތެއް. […]
“އެކަމާ ނުވިސްނާށޭ” ނަޝްވާ ސިހުނީ ޒިޔާން ގޮވާލުމުންނެވެ. ނަޝްވާ އަވަސް އަވަހަށް ނުވިސްނަމޭ ބުނެލިއެވެ. **************************** އޭގެ އަނެއްދުވަހު ހެނދުނުު ޔާނާއަށް ހޭލެވުނީ މާވަރަކަށް ފޯނު ރިންގްވާތީއެވެ. ޔާނާ ތެދުވެ ފޯނު ބަލާލިއެވެ. ނަންބަރ ސޭވް ކޮށްފަ ނެތަސް ޔާނާއަށް އެއަކީ މިކްޔަން ގެ ނަންބަރު ކަން އިނގުނެވެ. މިކްޔަންގެ ނަންބަރު ވަނީ މީގެ އަހަރެއް ކުރިން އޭނަ ދަސްކޮށްފައި ވިއްޔާއެވެ. ޔާނާ ފޯނު ބިޒީ ކޮށްލުމަށްފަހު ތެދުވެ ތުވާލި ހިފައިގެން ފާހާނައަށް ވަނީ ޔުއާން ވެސް […]
ޔާނާ އާދައިގެ ގޮތަކަށް ތައްޔާރުވެލީ މިރޭ ހިތާނަކުރާ ގެއަށް ދިޔުމަށެވެ. “ދޮންތާ. ރެޑީއެއް ނުވޭތަ؟ ދޮންތަބެ އައިއްސި ބަލައި” ސިޓިންގްރޫމްގައި ހުރި ލާރާ މިހެން ބުނުމުން ޔާނާގެ ދެބުމަ ގޮށްޖެހި ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްކާ ކަންތަކާ ލައިގަތީއެވެ. ****** ޔާނާ އަދި ލާރާ ނިކުން އިރު ޑްރައިވާ ސީޓްގައި މިކްޔަން އިންއިރު ފަހަތު ސީޓުގައި ޒާއިން އިނެވެ. މިކްޔަންއަށް ޔާނާ ފެނުމުން އަވަސް އަވަހަށް ކުރީ ސީޓްގެ ދޮރު ހުޅުވާލަ ދިނެވެ. ނަމަވެސް ޔާނާ ތުންއަނބުރާލާފައި ގޮސް […]
މިކްޔަން އަތްދިއްކޮށްލީ ވީއުފަލަކުން ޔުއާން އުރާލުމަށެވެ. ނަމަވެސް ޔާނާ އެ އަތް ފޮޅުވާލާފައި ކޮޓަރިއަށް ދިޔައީ ދެބުމަ ގޮށްޖަހައިގެން ހުރެގެންނެވެ. ****** ޔާނާ ގޮސް ދޮރު ލައްޕަންދެން މިކްޔަންއަށް ބަލަންހުރެވުނީއެވެ. ޔާނާ އޭނާދެކެ ރުޅިއަންނަވަރު ހިތަށް އެރުމުން އެހިތް މާޔޫސްވެގެން ދިޔައެވެ. މިއަދު އޭނަ އެގެއަށް އެއައީ ޒިޔާދު ގޭގައި ޔާނާ ފިޔަވައި އިތުރުމީހެއް ނުހުންނާނެ ކަމަށް ބުނުމުންނެވެ. ކޮންމެޔަކަސް އަދި މިކްޔަން ހިތްވަރު އެލުވައެއް ނުލާނެއެވެ. އޭނަ ދޫކުރާނީ ޔާނާ ރުއްސާފަކަން ގައިމެވެ. މިކްޔަން ފަސްއެނބުރުނު […]
“ޔަން” މިކްޔަން ހުއްޓުން އެރީ ޔާނާ ގޮވާލިއަޑު އިވުމުންނެވެ. ********************************** މިކްޔަން މަޑުމަޑުން ޔާނާގެ ކޮޅަށް އެނބުރުނެވެ. މިކްޔަންއަށް ފުންނޭވާއެއް ބޭރުކޮށްލެވުނީ ޔާނާގެ ލޯމެރިފައި އޮތުމުންނެވެ. “ޔަން ޔަން” އޭރުވެސް ޔާނާ ދިޔައީ މިކްޔަންއަށް ގޮވަމުންނެވެ. މިކްޔަން ގޮސް ޔާނާގެ ބޮލުގައި ފިރުމާލިއެވެ. ފަތިސް ވާން ކައިރިވުމުން މިކްޔަން މަޑު މަޑުން ބެލްކަނީގެ ދޮރު ލައްޕާލާފައި ނިކުތެވެ. އެއަށްފަހު މަޑުމަޑުން ހޮޅިއަށް ފައިލައި ފޭބިއެވެ. މަޑުމަޑުން ފޭބުމަށްފަހު ދިޔުމަށް އެނބުރިލި މިކްޔަން ސިހުނީ ކުރިމަތީ އަނގަބޮޑުވެ އާގަމަ […]
“ޒާއިން.” ރޮވިފައިވާ އަޑަކުން ލާރާއަށް ގޮވާލެވުނެވެ. ************************************* އެމީހާ ފަހަތަަށް އެނބުރި ބަލާލުމުން އެއަކީ ޒާއިން ނޫންކަން ލާރާއަށް އިނގުނެވެ. އެމީހާ އެނބުރި ސުވާލުގެ ނަޒަރަކުން ލާރާއަށް ބަލަން ހުރީއެވެ. “ސޮރީ ސޮރީ. ހީކުރީ އެހެންމީހެއް ކަމަށް” ލާރާ އަވަސް އަވަހަށް މިހެން ބުނެ ފަހަތަށް އެނބުރުނެވެ. އޭނާއަށް މިކުރެވުނީ ކީއްހެއްޔެވެ. އެ ހަމަ އަސްލު ޒާއިންއަށް ވީކަމުގައި ވީނަމަވެސް އަހަރެންނަށް މިކުރެވުނީ ގޯސް ކަމެކެވެ. އެއީ ޒާއިން ނަމަ ޒާއިން ހީކުރާނީ ކީކޭ ހެއްޔެވެ. އަސްލަށް […]
މާޔޫސްކަމާއެކީ މިކްޔަން އެގޭން ނިކުތެވެ. ފެންކަޅިވެފައި ހުރެ މިކްޔަން މަގުމައްޗަށް ނިކުމެ މައްޗަށް ބަލާލީ މަތިންދާ ބޯޓެއް އޭނާގެ ބޯމަތިން ދިޔުމުންނެވެ. އޭނާގެ ޔާނާ އޭނާއާ ވަރަށް ދުރަށް ދިޔައީއެވެ. ނުވިސްނި ކުރެވުނު ކަމަކުންނެވެ. މިކްޔަންގެ ލޮލުން ކަރުނަ ފޭބީ އެހެން މައްޗަށް ބަލަން ހުއްޓައެވެ. އަހަރެންނަށް ޔާނާގެ ލޯބި ލިބެން ނެތީ ބާވައެވެ. އަހަރެމެން އެކީގައި އުޅުން ތަގުދީރުގައި ނެތީހެއްޔެވެ. -1 އަހަރާއި 6 މަސް ފަސް- ************************************* *އަހަރެންނަށް ލޯބިވެވުނެވެ. ވަރަށް ބޮޑަށް ލޯބިވެވުނެވެ. […]
“އަހަރެން ބޭނުމެއްނޫން އަޑުއަހާކަށް. އަޑުއަހާނެ އެއްޗެހި އަޑުއިވިއްޖެ. އަހަރެން މިކްޔަން ބޭނުންވިގޮތަށް މިދަނީ މިކްޔަން ދޫކޮށް. ނަޝްވާއަކާ އެކީ ދެން އުފަލުގައި އުޅޭ” ޔާނާ ނިކުތުމަށް ހިނގައިގަތެވެ. މިކްޔަން އަށް އެއްމެ އަސަރު ކުރީ ޔާނާ މިކްޔަންއޭ ކިޔާ މުހާތަބު ކުރުމުންނެވެ. ވީދެރައިން ޔާނާގެ އަތުގައި ހިފާ އެމޫނަށް ބަލާލީ ނުދާށޭ ބުނާފަދައިންނެވެ. އޭރު އެލޯ ވަނީ ކަރުނުން ފުރިފައެވެ. ޔާނާވެސް އެއްމެ ފަހު ފަހަރަށް ކަރުނަވީ ލޮލަކުން މިކްޔަންއަށް ބަލާލިއެވެ. ދެމީހުންގެ ލޮލުން ފެންނަމުންދިޔައީ ލޯތްބާއި […]