Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (6)

Raina Level 110 Stories
July 4, 2013 4 Mins Read
6 Comments

“ހައްވައްތަ އެއީ ރިހާ ކުޑައިރުއްސުރެ ބަލާ ބޮޑުކުރި މީހަ. ރިހާދެކެ އިންތިހާއަށް ލޯބިވާނެ. އަމިއްލަ ދަރިއެއް ނޫނަސް ރިހާއަށް އަމިއްލަ ދަރިއަކު ދެކެވެސް މީހަކު ލޯބިވާނެ ވަރަށް ވުރެ ބޮޑަށް ހައްވައްތަ ރިހާ ދެކެ ލޯބިވޭ. އުފަން މަންމަގެ ލޯބި ނުލިބުނަސް ރިހާ އެ ޝަކުވާއެއް ނުކުރޭ”. ރިހާގެ ވާހަކަ އުލްފާ ޒީޝާނަށް ކިޔައިދެމުން ދިޔައެވެ. ޝަޢުގުވެރިކަމާއެކު އެވާހަކަތައް އަޑުއަހަން ޒީޝާން އިނެވެ.

ހަވީރުގެ ވަގުތު ބޭރުން އައިސް ވަތްގޮތަށް ނަސީރު އޭނާގެ ކޮޓަރީގައި އެނދުގެ ހެޑްބޯޑްގައި ލެނގިލައިން ނިތް މައްޗަށް އެއް އަތް ހުރަސް ކޮށްލައިން އޮތީ ވަރަށް ފުން ވިސްނުމެއްގައެވެ. ނަސީރު ވިސްނަމުން ދިޔައީ ރިހާ އާއި މެދުގައެވެ. ނަސީރަށްޓަކައި އަދި އެ ޢާއިލާއަށްޓަކައި އަމިއްލަ ހުވަފެންތައް އެ ދަރިފުޅު ޤުރުބާންކުރީ ހިތުން ރުހުމުންނެވެ. އެދުވަހު ނަސީރުގެ އެދުމަށް އޭނާގެ ދޮށީ ފިރިހެން ދެކުދިން ދެކޮޅުހެދުމުން ނަސީރު ބޭނުންވި ކަންތައް ކޮށްދިނީ އަމިއްލައަށް އިސްނަގައިން ރިހާއެވެ. ޢާއިލާގެ އެންމެންގެ ވެސް ރުހުމުގައެވެ.

އެއީ މީގެ ފަސް އަހަރުކުރިއެވެ. އޭރު ރިހާގެ އުމުރުން ފަނަރަ އަހަރެވެ. ހަގުކޮށް ސްކޫލަށް ވައްދާފައި ހުރުމުން ރިހާ އޯ ލެވެލް އިމްތިހާން އެއަހަރު ނިންމުމަށްފަހު، ކުރާނެ ކަމެއްނެތިގެން ގޭގަ ހުރުމުގެ ބަދަލުގައި ނަސީރާއެކު އޮފީހަށް ރިހާ ދާން ފެށީ ކޮންމެހެން ވިޔަފާރި ކުރުން އެއީ ރިހާ ކުރާ ހިތްވާ ކަމަކަށް ވާތީ އެއްނޫނެވެ. އޭ ލެވެލްގެ ކިޔެވުން ފެށެންދެން ކޮންމެވެސް ކަމެއްކުރުމުގެ ބޭނުމުގައެވެ. އަދި ހަމައެހެންމެ، ގޭގަ ހުރެއްޖެނަމަ ކުރިމަތިލާންޖެހޭނެ މަންމަގެ ވިހަ ބަސްތަކުން ސަލާމަތް ވުމަށެވެ. ދުވަސްތައް މާޒީއާއި އެކުވަމުންދިޔައެވެ. ރިހާއަށް ވެސް ވިޔަފާރީގެ ކަންކަން ކޮންމެވެސް ވަރަކަށް އެނގެމުން ދަސްވަމުންދިޔައެވެ. ދެން އައީ އެ ދުވަހެވެ. ރިހާގެ ހުވަންފެންތައް ޤުރުބާން ކުރުމަށް ރިހާ ނިންމި ނިންމުން އެގޮތަށް ނިންމަން ދިމާވުމަށް މެދުވެރިވީ އެދުވަހާއި އޭގެ ފަހުން ކަންތައްތައް ވެގެން ދިޔަ ގޮތުންނެވެ.

އެހެންދުވަސް ތަކެކޭވެސް އެއްފަދައިން އެދުވަހުވެސް ރިހާ އުޅެމުން ދިޔައީ ނަސީރާއި އެކު މަސައްކަތުގައެވެ. ކުއްލިއަކަށް ރިހާއަށް އިވުނީ ނަސީރުގެ ވޭނީ އަޑެވެ. ރިހާ ބަލާލި އިރު ނަސީރު މެއާއި ދިމާގައި އަތް އަޅައިގެން ކެބިންތެރޭގައި ނަސީރާއި އެންމެ ކައިރީގަ ހުރި ސޯފާއަށް ވެއްޓެނީއެވެ. ރިހާއަށް ނަސީރު ގާތަށް ދެވެންވާއިރަށް ނަސީރު ހަބަރުހުސްވެގެން ސޯފާ މައްޗަށް ވެއްޓިއްޖެއެވެ. ރިހާ ހަދާނެ ގޮތެއް ނޭނގި އިތުކޮޅަކު ހުރުމަށްފަހު ކެބިން އިން ބޭރަށް ނުކުމެ އެތާ ކައިރީ އެވަގުތު ތިބި ދެ ތިން މުއައްޒަފުން ގޮވައިން ނަސީރު ގާތަށްއައެވެ. އެމީހުންގެ އެހީގައި ނަސީރު ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ރިހާ ގުޅާފަ ވެގެން އުޅޭގޮތް ކިޔައިދިނުމުން ނަސީމާމެންވެސް މާލަސްތަކެއް ނުވެ ހޮސްޕިޓަލަށް އަތުވެއްޖެއެވެ. ނަސީރު ބެލުމަށްފަހު ޑޮކްޓަރު ބުނީ ރިހާއަށް ކުރިންވެސް ހީވެފަ އޮތް ގޮތަށެވެ. ނަސީރަށް ހާޓް އެޓޭކެއް ޖެހުނީއެވެ. ދެތިން ދުވަސް ފަހުން ނަސީރުގެ ހާލު ރަގަޅު ވުމުން ނަސީރުގެއަށް ދޫކޮށްލީ އިތުރަށް އަރާމުކުރަން ބުނެފައެވެ. އަދި މާ ބޮޑަށް ކަންކަމާ ވިސްނާ ފިކުރުނުކުރުމަށްވެސް ޑޮކްޓަރު ނަސީރަށް ނަސޭހަތްތެރިވިއެވެ.

އޭގެ ފަހުން ނަސީރު އޮފީހަށް ނުކުންނަން އުޅުމުން ރިހާ އެކަން ހުއްޓުވީ ނަސީރު އިތުރަށް އަރާމުކުރުމަށް ޑޮކްޓަރު ބުނި ހަނދާން ނަސީރަށް ކޮށްދެމުންނެވެ. އެދުވަހު ނަސީރު އޭނާގެ ދެ ފިރިހެންދަރިން ކައިރިން ވިޔަފާރީގެ ކަންކަމާ ކޮންމެވެސް އެއްކުއްޖަކު ހަވާލުވުމަށް އެދުނެވެ. ނަސީރަށް އެނބުރި މަސައްކަތަށް ދެވެންދެނެވެ. ނަމަވެސް އޭރު ރާއްޖޭން ބޭރުގަ ލޯ ކިޔަވަން ހުރެފަ ޗުއްޓީއަށް އައިސް ހުރި އަޔާން އެކަމާ ދެކޮޅު ހެދީ އޭނާގެ ކިޔެވުމަށް ބުރޫ އަރާނެ ކަމަށްބުނެއެވެ. ޖުއާން އޭރު އޭލެވެލްގައި ކިޔަވަމުން ދާތީ ޖުއާންވެސް އެކަމަށް އިންކާރު ކުރީ ފަހު އަހަރުކަމަށް ބުނެއެވެ. އަދި އޭނާ ބޭނުންވަނީ ޑޮކްޓަރަކަށްވުމަށް ކަމަށާއި ބިޒްނަސްގެ އެއްވެސް އެއްޗެއް ނޭނގޭކަމަށް ޖުއާން ބުނީ އޭނާ ކިޔެވީ ސައިންސް ކަމަށް ބުނަމުންނެވެ. މިހުރިހާ ވާހަކައެއް ރިހާއަށް އަޑު އިވުނެވެ.

ރިހާ މަޑުމަޑުން ހިނގާލާފައި ގޮސް ވަނީ އޭރު ރިހާ އާއި މަޔާ އަދި މާހީ ނިދި ކޮޓަރިއަށެވެ. ރިހާ ގޮސް ރިހާގެ އެނދުގައި އިށީނދެ ކުޑައިރުކޮޅަކު ވިސްނަން އިނުމަށްފަހު ކައިރީގައި ހުރި ކުޑަ ސައިޑް ޓޭބަލްގެ ވަތްގަނޑު ހުޅުވާލާފައި އޭ4 ސައިޒްގެ ކަރުދާސްތަކެއް ނެގިއެވެ. ރިހާ ދެއަތުން އެ ކަރުދާސްތަކުގައު ހިފައިގެން އެ ގަނޑުތަކަށް ބަލަހައްޓައިން އިނެވެ. އެއީ ރިހާ އޭލެވެލް ކިޔެވުމަށް ސްކޫލަށް ވަނުމަށް ފުރާފަ އޮތް ފޯމާއި އޭގެ އިތުރަށް ބޭނުންވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އިތުރު އެހެންވެސް ލިޔެކިޔުންތަކެވެ. އެންމެ މަތީގަ އޮތް ގަނޑުމައްޗަށް ރިހާގެ އޮމާން ކޯތާފަތް މަތީގައި ފިރުމެމުން އައިސް ރިހާގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ވެއްޓުނެވެ. ލޮލުން ކަރުނަ ފުހެލުމަށް ފަހު ރިހާ އެގަނޑުތައް ވީދާލިއެވެ. އަދި ކުދިކުދި ކޮށްފަ ޑަސްބިނަށް އަޅާލިއެވެ. އެއަށްފަހު ރިހާ ނަސީރު ގާތަށް ދިޔައެވެ. އަދި ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުންޏެވެ. އޭރުވެސް އަޔާން އާއި ޖުއާން ނަސީރުގެ ކޮޓަރީގައި ތިއްބެވެ. އޭގެ އިތުރުން ނަސީމާވެސް ނަސީރު ގާތު އިނެވެ.

“ބައްޕާ!” ނަސީރު ހުއްދަ ދިނުމުން ރިހާ ވާހަކަ ދައްކަން ފެއްޓިއެވެ. “ބައްޕަގެ ވިޔަފާރިއާއި އަޅުގަނޑު ހަވާލުވަންތަ؟” ރިހާގެ ސުވާލުން ނަސީރު ރިހާއަށް ވިސްނައިދޭ ފަދަ ގޮތަކަށް ބުންޏެވެ. “ދަރިފުޅާ ރިހާ! ރިހާ އަދި ވަރަށް ކުޑަ އޭނުން… އަނެއްކޮޅުން ތީ އަންހެން ކުއްޖެއް. ދަރިފުޅު ކިހިނެއް ވިޔަފާރި ކުރަން އުޅޭނީ؟ ދަރިފުޅަށް ހީވަނީ ކަންނޭގެ މިދުވަސްކޮޅު ބައްޕައެކީ ދަރިފުޅު އޮފީހަށް ދާތި އެއީ ވަރަށް ފަސޭހަ ކަމެކޭ… އެކަމް ބައްޕަ ރިހާ އަކަށް ނުޖައްސަން މާ ބުރަ މަސައްކަތެއް. އެހެންވީމަ ދަރިފުޅަކަށް ނޭނގޭނެ ވިޔަފާރި ކުރުމަކީ އަސްލު ކިހާ ވަރެއްގެ ކަމެއްކަން…”

“އެކަމްވެސް ބައްޕަ ތިހެން ބަލިކޮށް އުޅެމުން ކިހިނެއް ވިޔަފާރި ހިންގާނީ. އަނެއްކާ ދޮންބެއަށްވެސް ތުއްތުބެއަށްވެސް މިވަގުތު ވިޔަފާރިއާއި ހަވާލު ވެވޭކަށް ނެތެއްނު؟! ދެން އެހެންވީމަ ހުރީ އަޅުގަނޑެއްނު؟” ރިހާ ނަސީރުގެ ވާހަކަ މެދުކަނޑާލަމުން އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. “ރިހާ ކުޑައަސް، އަދި ވިޔަފާރި ކުރަން ނޭނގުނަސް، އެކަންވެސް ދަސްކުރެވި ދާންނުން…”

ރިހާގެ ވާހަކަ މެދުކަނޑާލަމުން އަޔާން ވާހަކަ ދައްކަންފެށިއެވެ. “ރިހާ އަމިއްލައަކަށްނު އެ ބުނަނީ ރިހާއަށް ވާނޭ… ދެން ބައްޕަ އެއްބަސް ނުވާންތިއުޅެނީ ކީއްވެ؟ އެހެންނޫނަސް އަޅުގަނޑާއި ޖުއާންއަށް މިދުވަސްކޮޅު ނެތް ތިކަން ކޮށްދެވޭކަށް.” އަޔާން ވާހަކަ ދެއްކީ މަޑުންނަމަވެސް އެ އަޑުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުމެއްވިއެވެ. އެއީ ރިހާއަށް އަމާޒުވާ ހިތްހަމަ ނުޖެހުމެއްކަން އެވަގުތު އެކޮޓަރީގައި ތިބި އެންމެނަށްވެސް އެނގެއެވެ. ނަމަވެސް ރިހާ އެއީ މާ ބޮޑު ކަމަކަށް ނުހަދާ އަނެއްކާވެސް ނަސީރަށް ބުންޏެވެ. “ބައްޕާ، އަޅުގަނޑު ބޭނުންވަނީ ވިޔަފާރީގެ ހުރިހާ ކަމެއް މީގެފަހުން އަޅުގަނޑު ބަލަހައްޓަން… ބައްޕަ ނުޖެހޭނެ ދެން ވިޔަފާރިއާއިމެދު ވިސްނާކަށް. އެންމެ ރަނގަޅުތަ؟” ރިހާ އެހެން އަހާލަމުން އެތާ ތިބި އެންމެންގެ މޫނަށް ވަކި ވަކިން ނަޒަރު ހިންގާލިއެވެ. ރިހާއަށް އެ ވިޔަފާރި އެކަނި ނުހިންގޭނެ ކަމަށް ބުނަމުން ނަސީރު ފުރަތަމަ އެކަމަށް އިންކާރު ކުރިނަމަވެސް ފަހުން އެއްބަސްވީއެވެ. ޢާއިލާގެ އެންމެންގެ ރުހުން އެކަމަށް އޮތްތޯ ބެލުމަށްފަހުއެވެ. އަޔާން އާއި ޖުއާން އެކަމަށް އެއްބަސްވީ އެދެމީހުންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. މާޔާ އާއި މާހީ އޭރު ކަންތައްތައް ވަމުން ދިޔަ ގޮތާއި މެދު މާ ބޮޑު ފަރުވާލެއް ނުބެހެއްޓީ އެމީހުން އޭރު ކުޑަކަމުންނާއި ކިޔެވުންވެސް ނުނިމޭތީއެވެ. ނަސީމާ އެކަމާ އެހާ ހިތްހަމަނުޖެހުނަސް އެއްޗެކޭ ނުބުނީ ނަސީރު މާ ބުރަކޮށް އަނެއްކާވެސް ވިޔަފާރީގަ އުޅެންވެއްޖެޔާ ނަސީރަށް މިފަދަ ކަމެއް ކުރިމަތި ވެދާނެތީއެވެ.

ރިހާ ވިޔަފާރިއާއި ހަވާލުވުމަށް ފަހު ކަންތައްތައް ދަސްކުރީ ވަރަށް އަވަހަށެވެ. އުމުރުން ކިތަންމެ ހަގުނަމަވެސް ރަށުގެ ބަސްވިކޭވީހުންގެ ތެރޭ ހިމެނުމަށް ރިހާއަށް މާ ގިނަ ދުވަހެއް ނުނަގައެވެ. ކުރިން އެހެން އެންމެނާ ދުރުން އެކަހެރިކުށް އިންނަ އަންހެންކުއްޖާ ވިޔަފާރިއާއި ހަވާލުވި ފަހުން މިޒާޖަށް މާބޮޑު ބަދަލެއްނައި ނަމަވެސް ގޭގެ އެކި ކަންކަމުގައި ރިހާގެ ބަސްވިކެން ފެށުމުން ކޮންމެވެސް ވަރެއްގެ ބަދަލެއް ރިހާއަށް އައެވެ. މިހާރުގެ ރިހާ އަކީ އެއީއެވެ. ނަމަވެސް ރިހާ އެގޮތަށް ކަންތައް ކުރަނީ ލިބިފައިވި ބާރުގެ ބޭނުންކޮށް ގޭގެ އެހެންމީހުން ނިކަމެތިކޮށް ބޮޑާވުމުގެ ނިޔަތުގަ ނޫންކަން ނަސީރު ޤަބޫލުކުރެއެވެ. އެގެއަށާއި އެގޭގެ މީހުނަށް ޚަރަދު ކުރަނީ ރިހާ ހޯދާ އެއްޗަކުން ކަމުން އެމީހުން އެވަރު ނުދަންނާތީ ރިހާ އެހެން ކަންތައްކުރަނީއެވެ. ފައިސާ ބޭނުންވަރަކަށް ރިހާގެ ފަރާތުން އެމީހުންނަށް ލިބޭނެކަން އެނގުމުން ފައިސާގެ އަގު ވަޒަންކުރަން އެކުދިންނަށް ނޭނގޭތީއެވެ.

ރިހާއަކީ އަންހެންކުއްޖަކަށް ވުމުން ވިޔަފާރީގެ ކަންކަމުގައި ނޫޅެވޭނެކަމަށް ނަސީރު ބުނި ބުނުން ދޮގުކުރީ ނަސީރު އެހާ ގިނަދުވަސް ވަންދެން ވިޔަފާރިކުރި އިރުވެސް ވިޔަފާރިއަށް ފައިދާ ނުވާހާ ބޮޑަށް ރިހާ ދެ އަހަރެއްހާ ދުވަހުން ފައިދާ ހޯދީމައެވެ. އަދި ހަމައެހެންމެ އެ ވިޔަފާރި އެތަށް ތަނެއް ފުޅާކުރިއެވެ. އަދި ނަސީރުގެ ގެވެސް ހަތަރު ބުރިއަށް އެންމެ ޒަމާނީ ފެންވަރަށް އިމާރާތް ކުރީވެސް ހަމަ ރިހާގެ ބުރަ މަސައްކަތުންނެވެ. ރަށުގައި ދެތިން ފިހާރަ އާއި އެކު ނަސީރު ފެށި ވިޔަފާރި މިއަދުވަނީ ރާއްޖެތެރެއަށް ފުޅާކޮށްފައެވެ. އެގޮތުން އެކިކަހަލަ ސާމާނު ވިއްކާ ފިހާރަތަކުގެ އިތުރުން ރެސްޓޯރެންޓާއި ކެފޭ ތަކާއި، ދަތުރުފަތުރުގެ ޙިދުމަތްދޭ ލޯންޗާއި އޮޑި ދޯންފަހަރު ވަނީ އެ ވިޔަފާރީގެ ތެރެއަށް އިތުރުވެފައެވެ. އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރާ ކުންފުންޏެއްވެސް ރިހާވަނީ ދާދި ފަހުން ހުޅުވާފައެވެ. ވިޔަފާރީގެ ރޮނގުން ރިހާއަކީ ކާމިޔާބު ކުއްޖެކެވެ. ރިހާ ކުރަން ބޭނުންވާ ކަންތައް ވުމުންނޫނީ ހުއްޓައެއްނުލާނެއެވެ.

===(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ލޯބި

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ގޮތްނޭނގުނު ކޮފީތަށި

Next

އެ ބަދުނަސީބު ރޭ

Next
July 4, 2013

އެ ބަދުނަސީބު ރޭ

Previews
July 4, 2013

ގޮތްނޭނގުނު ކޮފީތަށި

6 Comments!

  1. pinky says:
    July 4, 2013 at 3:13 pm

    ނައިސް. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް 🙂

    1. Eslam says:
      February 5, 2014 at 7:12 pm

      Play inaoimftrve for me, Mr. internet writer.

  2. ޒީ says:
    July 4, 2013 at 11:28 pm

    ހަަދަ ކުރޭ

  3. Nau Nausha says:
    July 6, 2013 at 7:03 pm

    ވވވވ ނައިސް އިނގޭޭ….. ވެއިޓިންގ ނެކްސްޓް ޕާރޓް.. މިއައް ވުރެ އަވަހައް އަޕް ކޮއްދީބަ

  4. RUXEY says:
    July 7, 2013 at 11:13 am

    ހިޓްލަރު ދީދީ ގަ ވާގޮތައް މި ސްޓޯރީގަ ވަނީ….. ވ ނައިސް.. ތަންކޮޅެއް އަވަހައް އަޕް ކުރައްޗޭ

  5. sis says:
    May 28, 2017 at 9:33 am

    V loabii

Comments are closed.

Next Episodeހިތް ނުރޮއްވާ… (7)←


All Right Reserved!