ނީލަމް ވަރަށް އަވަދިނެތި އުޅެން ޖެހުނު ދުވަސްކޮޅެކެވެ. މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން އައި ދުވަސްކޮޅުވީ އޮފީސް ނުހަނު ބިޒީ ދުވަސްކޮޅަކަށެވެ. އެހެނަސް ނީލަމް ގިނަ ވަގުތު މަންމައަށް ދޭން ބޭނުންވިއެވެ. “މިހާރު ދަރިފުޅު ހާދަ އުފަލުންނޭ ތި ހުންނަނީ. މަންމަގެ ދުޢާ އަކީ އަބަދުވެސް ތިގޮތަށް އުފަލުގަ ދަރިފުޅު ހުރުން” ނީލަމްގެ މަންމައަށް، ނީލަމްއަށް އައި ބަދަލުތައް ރަނގަޅަށް ފާހަގަވެއެވެ. “ރާކިން ވަރަށް ރަނގަޅު. ކުރިން އަހަރެން ޤަބޫލެއްވެސް ނުކުރަން އެހާ ރަނގަޅު މީހުން އުޅޭނެ […]
އަލަތު ލޯބީގެ އުޖާލާ ދުވަސްތަކެވެ. ކޮންމެ ކަމެއްވެސް އާކޮޅުގައި ވަރަށް އުފާވެރިވެފައި ހިތްގައިމުވާނެޔޭ ބުނެއުޅެއެވެ. ނީލަމް އާއި ރާކިންއަށް ވެސް މިދުވަސްތައް އިންތިހާ އުފާވެރިއެވެ. ނީލަމްގެ ޖަވާބުން، ރާކިންގެ ހިތް ދިޔައީ ފަޒާތެރޭގައި ބުރު އަޅަމުންނެވެ. ނީލަމްގެ ޙާލަކީ ތޯއެވެ؟ ނީލަމްއަށް މުޅިން އައު ތަޖުރިބާއެއްކަމުންވެސް ކަންނޭނގެއެވެ. އަބަދުވެސް މޫނުމަތިން ފެންނަނީ ކުރިން ނުފެންނަފަދަ އުޖާލާކަމަކާއި އުފާވެރިކަމެކެވެ. “އޭ..ކޮން ޚިޔާލަކަށް ގެއްލިފަ މާ އުފަލުން ތި އިންނަނީ” ރިފާއަށް ނީލަމްގެ ބަދަލު ފާހަގަވިއެވެ. “ރިފާ. ވަރަށްބޮޑު ނިންމުމެއް […]
މަޣްރިބު ނަމާދަށްފަހު ރާކިން އިނީ ކޮފީއެއް ބޯލުމަށްޓަކައި ކެފޭ އެއްގައެވެ. އޭރު ރާކިންގެ ހިތުގައި އޮތީ ނީލަމްގެ ގާތުގައި އެވާހަކަ ބުނާނެ ގޮތެކެވެ. ފިރިހެނަކަސް ކުޑަކޮށް އެބަ ޖެހިލުންވެއެވެ. އެހެނަސް މިހާރު އެވާހަކަ ހާމަނުކޮށް ލަސްކުރަން ރާކިން ބޭނުމެއް ނުވެއެވެ. ނީލަމް އިނީ އާދައިގެ މަތިން ފިލާވަޅުތައް ދަސްކުރާށެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. އޭރުވެސް ވަރަށް ބޯކޮން ވާރޭ ވެހެމުން ދިޔައެވެ. އެކަމުގެ ސަބަބުން ނީލަމްގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. އެގޮތުގައި ވަގުތުތައް ހޭދަވަމުން ދިޔަ […]
ގާތްވަމުން ދިޔައީ އިމްތިޙާނުގެ ދުވަސްތައްކަމުން ނީލަމް އިތުރަށް ބިޒީވެގެން ދިޔައެވެ. ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރަންޖެހުމުން ނީލަމް އިމްތިޙާނާ ދިމާކޮށް ކުރު ޗުއްޓީއެއް ލިބޭތޯ ބެލިއެވެ. އެޗް.އާރުން ބުނީ 10 ވަރަކަށް ދުވަހުގެ ޗުއްޓީއެއް ހަމަޖެހިދާނެކަމަށެވެ. އެހެންކަމުން އަންނަ އާދީތަ ދުވަހުން ފެށިގެން ނީލަމް ޗުއްޓީ ހަމަޖެއްސިއެވެ. އެއީ އިމްތިހާނުގެ ކުރިޔަށް 5 ދުވަސް ލާފައެވެ. ކިޔެވުމަށް އެހާ ހާލުން މަސައްކަތް ކުރާއިރު، އެކުރާ މަސައްކަތާ އެއްވަރުގެ ރަނގަޅު ނަތީޖާއެއް ހޯދަން ނީލަމް ބޭނުންވެއެވެ. އެހެންނޫނީ ނީލަމް […]
ނީލަމް އެނބުރި ފަހަތް ބަލައިލީ ކާކުކަން ހޯދުމުގެ ޝައުޤުޤައެވެ. “ރާކިން. ބަލާ އަންނާކަށް ނުބުނަމޭނު” ނީލަމް ކުޑަކޮށް ޙައިރާންވެފައި ބުންޏެވެ. “މި މަގުން ދަމުން ނީލަމް ފެނިގެންމި މަޑުކޮށްލީ. ދެމީހުންވެސް އެއްތަނަކަށް ދާއިރު ފަސޭހަވާނު. ދެން އަރާބަލަ އަވަހަށް” ރާކިން އެހެން ބުނުމުން އިރުކޮޅަކު ހިމޭނުން ހުރެފައި ނީލަމް ސައިކަލުގެ ފަހަތަށްއަރާ ހަމަޖެހިލިއެވެ. ރާކިން ސައިކަލު ދުއްވާލީ ގޯމޭއަށް ދިއުމަށެވެ. ގޯމޭގެ ހިތްގައިމު މަންޒިލެވެ. ހުކުރުދުވަސް ވީމަވެސް ކަންނޭނގެއެވެ. ފުދޭވަރަކަށް މީހުން ތިއްބެވެ. ރާކިން އާއި ނީލަމް […]
ނީލަމްގެ ހިތަށް ބަދަލެއް އައިކަމުގެ އިޙުސާސް ވަމުން ދިޔައެވެ. މީގެ ކުރިން އެގޮތަށް މީހެއްގެ ހަނދާނުގައި ނުނިދި އޮންނާކަށް ނުޖެހެއެވެ. އެހެނަސް މިއަދު ރާކިންގެ ޢަމަލުތަކާ ބަސްތައް ލޯކުރިމަތީގައި ތަސްވީރުވަމުން އެބަދެއެވެ. އެއީ ކީއްވެ ވާގޮތެއްތޯ ނީލަމްގެ ހިތާ ސުވާލުކުރެވެއެވެ. އެގޮތުގައި އެތައް ދަމެއް ހޭދަވުމަށްފަހުގަައި ނީލަމްގެ ލޮލަށް ނިދި އައިސް ބަރުވުމުން އެދެލޯ މެރިލިއެވެ. ވާރޭގެ ތެތްފިނި މޫސުން އައީއެވެ. ނީލަމްއަށް ވާރެއަކީ އުފާލިއްބައިދޭ އެއްޗެއްކަމަކު، މާލޭގައި ވިއްސާރަދުވަސްވަރަކީ ތަކުލީފެކެވެ. އޮފީހަށްދާ ގަޑި ކައިރިވަމުންދިޔަ އިރު […]
ބައްދަލުވުން ކުރުކޮށްލުމަށްފަހުގައި މަލިޝް މިސްރާބުޖެހީ، އެ ނުދަންނަ ޒުވާނާއަށް ހަމަޖެއްސިފައިވާ ކޮޓަރިއާދިމާލަށެވެ. އޭރު ބޭއިޚްތިޔާރުގައި ނޭނގޭ ބާރުމިނަކުން މަލިޝްގެ ހިތް ތެޅެމުންދިޔަ ސަބަބެއް ނޭނގެއެވެ. މަލިޝް ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެގެން އައި އިރު ބޭސްވެރިންނާއި ބާންދީއިން އެ ޒުވާނާ އޮތް އެނދު ކައިރީގައި ވަށާލައިގެން ތިއްބެވެ. އެޒުވާނާއާއި މަލިޝްގެ ހަތަރު ކަޅި ހަމަވެގެން ދިޔައީ މަލިޝް އޭނާއަށް ބަލައިލުމުންނެވެ. ކަޅާއި ގަދަ ދަނބު ކުލައަކަށްދާ ރީތި ކަޅިރަވައެކެވެ. އެހެންހުރިހާ ސިފައަކާ އެއްފަދައިން އެ ޒުވާނާގެ ލޯވެސް […]
ނީލަމްގެ އެކުވެރި ނޫރާގެ ގާތުގައި ހުއްޓިލައިގެން ހުރީ ފޮޓޯ އަކަށެވެ. ނީލަމްއަށް ފާހަގަވީ ކަމަކީ، ފުޓޯގުރާފަރގެ އިތުރުން ނީލަމްގެ ފުޓޯ ފޯނުން ނަގަމުން ދިޔަ ރާކިން އެވެ. ރާކިން މާނޫންކަމަށް ހެދިގެންހުރެ ނީލަމްގެ ފުޓޯ ނަގަމުން ދިޔައެވެ. ބޭއިޚުތިޔާރުގައި ނަމަވެސް ނީލަމްގެ ތުންފަތްމަތީގައި ދުވެލީ ރަކި ހިނިތުންވުމެކެވެ. “ނީލަމް..ނީލަމް…ރާކިން ހާދަވަރަކަށް އެބަ ފޮޓޯ ނަގައޭ. އަންގާވެސް ނުލާ ކަމެއްތަ؟” ނޫރާގެ އަލަތު ފިރިމީހާ ފައިޒަން އަކީ ނީލަމްއަށް އާމޫނެއް ނޫނެވެ. “ނޫން..ދެންމެއަކު ދިމާވީވެސް. ކާކުތަ އެއީ؟” ނީލަމް […]
ފަތިހުގެ ތެތްފިނިކަންމަތީގައިވެސް މަލިޝްހުރީ ގަނޑުވަރުގެ ގޯތިތެރޭގައި ހައްދާފައި އޮންނަ ބޮޑު،ރީތި ބަގީޗާގައެވެ. ފަރި މާތަކާއި ތެތްފިނިން، ޝަބުނަމުގެ ތިކިތައް ވިދަމުންދިޔަ ފަތްތަކާ ކުޅެލަކުޅެލައި މަލިޝްހުރީ ރައުލްގެ އިންތިޒާރުގައެވެ. “އަހަރެން ފޮނުވާލަން ލަސްވެފަތަ؟” ސަމާސާ ރާގެއްގައި މަލިޝްގެ ފަހަތުން އައިސް ހުއްޓިލި ރައުލް އެއްސެވެ. “އާން މާ ރާނީ، ކަމަނާ ވެގެން އުޅޭތީވެ، އަވަހަށް ފޮނުވާ ލަނީމި” ހަމަ އެރާގުގައި މަލިޝް ޖަވާބުދިނެވެ. “އެންމެ ރަނގަޅޭ!” ރައުލް މަލިޝްގެ އަތުގައި ހިފާލީ މަޑުމަޑުންނެވެ. “ބަލައިގެން އުޅޭތި. އަހަންނަށް ޚަބަރުތައް […]