ރަން ފަޒާގެ އަލި ދޯދިތަކުން އައު ދުވަހަކަށް އިރު އަރަނީއެވެ. އެތައް ވަޢުދުތަކަކާއި އަޙުދަކަށް ނިމުން ގެނުވަމުންނެވެ. ހަމައެހެންމެ އައު ހުވާތަކަކަށް ވަޤުތު ތަންދެމުންނެވެ. ދަޢުރުވަމުންދާ މި ޙަޔާތަކީ، އިންސާނުންގެ މާބޮޑު ބާރެއް އޭގެ މައްޗަށް އޮންނަ އެއްޗެއް ނޫނެވެ. އެހެނަސް ޤުދުރަތުގެ ނިޔާއަށް ރުހި ބޯލަނބަނީވެސް ވަކި ކާކު ހެއްޔެވެ؟ ޢުމުރުން 23 އަހަރުގެ ނީލަމް ހުއްޓިލައިގެން ހުރީ ޖަސްޓިސް ބިލްޑިންގެ ކުރިމަތީގައެވެ. އެތައް ހުވަފެންތަކެއްގެ ނިމުން ކޮނޑުމައްޗަށް ލައިގެން އަނެއްކާވެސް ޙާލަތައް ތަބާވުމަށް މަޖުބޫރުވެފައެވެ. […]
އިރު އޭގެ ވާޖިބު އެންމެ ފުރިހަމައަށް އަދާކުރުމަށް ފަހުގައި އޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތިން ފެންނަމުން ދިޔައީ ތަފާތު އެތައް ހާސް ކުލަވަރެވެ. މަޑު ފިޔާތޮށި ކުލައަކާއި ގަދަ އޮރެންޖު ކުލައެވެ. ވިލު ނޫކުލައަކާއި، މަޑު ރީތި ފެއްސެކެވެ. ލޭ ރަތްކުލާގެ އިތުރުން އަދިވެސް އެތައް ކުލައެކެވެ. ނުހަނު ހިތްގައިމު މަންޒަރެކެވެ. އެހާމެ ހިތްފަސޭހަ މާޙައުލެކެވެ. މަޑުމަޑުން ދަނބުކުލައިގެ ކޮރަލިމް މާތައް ފޮޅެން ފެށިއެވެ. ރީތި ވިދުވަރަކާއި އެކުގައި މަލުގެ ކަރުގަނޑު އުޖާލާވެފައި ވެއެވެ. އެކަށް ފޮޅިލައި […]
އީތަންއަކީ ޢުމުރުން 9 އަހަރުގެ، ވަރަށް ފަޤީރު ކުއްޖެކެވެ. އެހެނަސް ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. އީތަން ދިރިއުޅެމުން ދިޔައީ، މުސްކުޅިވެފައިވާ އީތަންގެ ބަލި ކާފަޔާއި އެކުގައެވެ. މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ކާފަޔަށް ހިނގެނީވެސް އަސައެއްގެ އެހީގައެވެ. އީތަން ސުކޫލަށް ދިއުމުން ކުދިންގެ މަލާމަތް ރައްދުވެއެވެ. އަދި ޖެއްސުންތަކުންނާއި އިހާނެތި ބަސްތަކުން އީތަން ރޮއްވާލައެވެ. އީތަންއަށް ޙަމްދަރުދީވެ އަޅައިލާނެ އެއްވެސް އެކުވެރިޔަކު ނުވަތަ މުދައްރިސަކު ވެސް ނެތެވެ. އީތަން އަބަދުވެސް މިކަމާއި ދެރަވެގެން ކާފަ ގާތުގައި […]
މާމަލުގެ މީރު ހުވަނދުން، މުޅި ޖަށްވުގައި އަތަރުލާ މާތަކުގެ ފަރިއެރާނީ ،ބަނދެލައި އެޔަށް ވެދުންލާ ރާގަށް ފެތޭނެ ގޮތުގައި، ޢީދަށް ޅެމެއް ގަތައިގެން ރާގަށް އެޅެން ކިޔާލުން، އެވަނީ އުފާ ކުރުމުގާ މާގަސްތަކަށް ދިރުންލިބި، ވެފައޭވަނީ އެރޯޝަން މާޙައުލު އެކުއެކީގާ، ޢީދުގެ ޖަރީ އަޞަރުގާ ހާމަވެ މިދާ މުނާސަބު، ފާހަގަކުރުން އަދައިގެން މާލަސްވެގެންމި ނުދަނީސް ޢީދުގެ ވެދުން ސަލާމާ ވަކިވަކިން އެންމެންގެ ނަން ލިޔެފައި އަރިސް ނުކުރެވުނަކަސް ވަކިވަކިން […]
ބަނަ ވިލާގަނޑުގެ ދަށުގައި ބަނަކަމެއް އުދަރެސް މަތިން ދައްކާފިއޭ ނެތި އަލިކަމެއް ބަނަ ވިލާގަނޑެކޭ އެކީ ފަތުރާ އެލީ ބަލިމަޑުކަމެއް ހަނަފަހުގެ ސަހަރާއެކޭ އެއްފަދަ ވަނީ ފަޅު މަގުތަކެއް ވަނަ ވިހިން އޮނަވހިވި ކޮވިޑް ފެނުމާއެކީ ނާމާންކަމެއް ހަތަރަކުން ގިނަވެވި ޢަދަދު ޤަޢުމުގަ ވަނީ ބޮޑު ހާސްކަމެއް މަދަދަކަށް ގޮވެނީ މިހެން ފައްސީގަ ވާތީ ގިނަ ބައެއް އަދަކު ނެތް ފަރުވާ ކުރާނޭ ބޭހަކާ މޮޅު ވެކްސިނެއް ކަތަކު ފަހު ކަތެކޭ ދަނީ ނިމިގެން މިތާ ނެތި […]
ޙަޔާތުން ކުލައެއް ހިތްގައިމުކަން ވަށައިވީ ވައިމަޑުވި ރީތި ދުވަހެކެ ހިތްގައިމުކަން އިތުރުވީ ތުނިތުނި ކެރީގެ އަސަރެކެ ހިތްފިނި ވެދާނެ ގޮތަކަށް އުޑުގައި ވިލާ ދައުރުކުރި ހިތްދަތި ނުވާނެ މީހަކު ފެނިފައި އެރީތި ކަނޑުއޮޅި ހުދު ދޮންވެލީގެ ގޮނޑުދޮށް، ފެހިރީތި ގަސްތަކާއެކު ޤުދުރަތުގެ ސާފުސީދާ ފުރިހަމަ މިސާލަކާ އެކު އިރުއޮއްސި ހުދު ވިލާތައް މަޑު ރަތްކުލާގަ ދިއްލެވި އިވުނީ ނަޔާއެ މުނިޔާ ކުދި ދޫނިތަކުގެ އަޑު ތުއި ފެނުނީ ނުހަނުމެ ފުރިހަމަ ތަސްވީރެކޭ ނަޔާ ފަރި ފެނުނީ ޙަޤީޤަތެއްމެއެ […]