Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރަލިސް – 3

Queenquill Level 210 Stories100 Login
February 3, 2025 2 Mins Read
1 Comment

ބައްދަލުވުން ކުރުކޮށްލުމަށްފަހުގައި މަލިޝް މިސްރާބުޖެހީ، އެ ނުދަންނަ ޒުވާނާއަށް ހަމަޖެއްސިފައިވާ ކޮޓަރިއާދިމާލަށެވެ. އޭރު ބޭއިޚްތިޔާރުގައި ނޭނގޭ ބާރުމިނަކުން މަލިޝްގެ ހިތް ތެޅެމުންދިޔަ ސަބަބެއް ނޭނގެއެވެ.

މަލިޝް ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެގެން އައި އިރު ބޭސްވެރިންނާއި ބާންދީއިން އެ ޒުވާނާ އޮތް އެނދު ކައިރީގައި ވަށާލައިގެން ތިއްބެވެ. އެޒުވާނާއާއި މަލިޝްގެ ހަތަރު ކަޅި ހަމަވެގެން ދިޔައީ މަލިޝް އޭނާއަށް ބަލައިލުމުންނެވެ. ކަޅާއި ގަދަ ދަނބު ކުލައަކަށްދާ ރީތި ކަޅިރަވައެކެވެ. އެހެންހުރިހާ ސިފައަކާ އެއްފަދައިން އެ ޒުވާނާގެ ލޯވެސް އެހާ ހިތްގައިމެވެ. މަލިޝްއަށް ހިނިތުންވެވުންކަން ނުވެސް އެނގެއެވެ.

“ކަމަނާގެ އެހީތެރިކަމަށް އަޅުގަނޑު ޝުކުރުވެރިވާނީ ކިހިނެއް..؟” އެ ޒުވާނާ ފަނޑު ހިނިތުންވުމަކާއިއެކުގައި ވާހަކަދެއްކިއެވެ.

“އަހަރެން އަދާކުރީ އަހަރެންގެ ވާޖިބް” މަލިޝްގެ މަޑުމައިތިރި ރާގުގައި އިއްވާލިއެވެ. މަލިޝް އެދުނީ އެޒުވާނާއާއި އެކުގައި އެކަނިވެލުމަށެވެ. ކުރަންޖެހޭ މުހިއްމު ސުވާލުތަކެއް ހިތުގައި ހުރުމުންނެވެ. އެހެންކަމުން އެންމެހާ ބޭސްވެރިންނާއި ބާންދީއިން އެ ކޮޓަރިން ނިކުމެ މުޅިތަން ހިމޭންވިއެވެ. މަލިޝް އެޒުވާނާ އޮތް އެނދުގެ ކައިރީގައި ބެހެއްޓިފައިހުރި ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ.

“ތީކާކުކަން އަހަންނަށް ބުނެދީބަލަ. ފޮރުވިފައިވާ މި ސަޙަރަށް އާދެވުނުގޮތް އޮޅުވާލުމެއްނެތި ހާމަކޮށްދީ!” ޢަމުރުވެރި ރާގެއްގައި އެހެނަސް ހިތްހެޔޮކަމާއިއެކު މަލިޝް ވާހަކަދެއްކިއެވެ.

“ރާފިލް. އަހަރެންގެ ނަމަކީ ރާފިލް، ޙަޤީޤަތުގައި އިތުރު އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކު ނެތް. އެނގޭހާވެސް އެއްޗަކީ އަހަރެންމީ ކުޑަ ސަޙަރެއްގައި އެކަނި އުޅުނު މީހެއްކަން. މިތަނަށް އައުމަށް މެދުވެރިވި ހާދިސާ އަހަރެންގެ ހަނދާނުގައި މިހާރަކު ނެތް. މަޢާފުކުރައްވާ” ހިތާމައެކުލެވޭ އަޑަކުން، ކުޑައިރުކޮޅަކު ހިމޭނުން އިނުމަށްފަހު ރާފިލް ކިޔާދިނެވެ. މަލިޝް އިރުކޮޅަކު އެއްޗެއް ނުބުނެ ބަލަހައްޓައިގެން އިނުމަށްފަހު ތެދުވިއެވެ.

“ހާދިސާގެ ބާވަތުންނާ، ލިބިފައިވާ ޒަޚަމްތަކުން ތިހެންވުން އެކަށީގެންވޭ. ރާފިލް ރަނގަޅުވެ ހުރިހާކަމެއް ހަނދާން ވަންދެން އަހަރެންގެ ފުރިހަމަ ހިމާޔަތުގައި މި ގަނޑުވަރުގައި ހުރެވޭނެ. ދެން އަރާމު ކޮށްލާ” އެހެން ބުނުމަށްފަހުގައި މަލިޝް އެކޮޓަރިން ނިކުމެގެން ދިޔައީ ބޭސްވެރިންނާ ވާހަކަދައްކާލުމަށެވެ. މަލިޝްއަށް ގެއްލިފައި ރާފިލްއަށް އިނދެވުނީއެވެ. މަލިޝްގެ ފުރިހަމަ ސޫރައަށް ބަލާށެވެ.

ދުވަސްތައް އޭގެ ހަލުވި ބާރުމިނުގައި ވޭތުވަމުން ދަނީއެވެ. ރާފިލްގެ ޙާލު ރަނގަޅުވިއެއްކަމަކު ހަނދާންތައް އެނބުރިއެއް ނައެވެ. ބޭސްވެރިންވެސް އެކަމާއިމެދުގައި މިހާރު އުއްމީދު ކަނޑައިލާފިއެވެ.

އިރުއޮއްސެމުން ދިޔަ ހިތްގައިމު ވަގުތެވެ. މަލިޝްހުރީ ރާފިލް އެންމެފުރަތަމަ ފެނުނު ކޯރު ކައިރީގައެވެ. ފުން ވިސްނުމަކަށް ގެއްލިފައެވެ. މަޑުމަޑުން ވަށައިގެންވި ޤުދުރަތީ ރީތި މަންޒަރަށް ބަލަމުންދިޔައީ، ކަމެއް ދިރާސާކުރާ ފަދަ ގޮތަކަށެވެ.

“ވިސްނުމެއްގައިތޯ؟” މަލިޝްއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. އޭރު ރާފިލް ހުއްޓިލައިގެން ހުރީ މަލިޝްއާ ދާދި ގާތުގައެވެ. މަލިޝް ކުޑަކޮށް ފަހަތަށް ޖެހިލަމުން ހިނިތުންވެލިއެވެ.

“ނޫން. އަހަރެން ބުނީމެއްނު މާތް ބަހުން މުޚާތަބު ނުކުރާށޭ” މަލިޝްގެ ހަނދާނަށް އައީ ރައުލްއެވެ. ކިތައްމެ ގިނަ ފަހަރަކު ހަނދާންކޮށްދިނަސް ރައުލްގެ އެއާދައެއް ނުކެނޑެއެވެ.

“ސޮރީ. ސަޙަރުގެ ރާނީ ވީމަ އެހެން ވާހަކަ ދެއްކެނީ. އެކަމަކު ދެން މަސައްކަތް ކުރާނަން ރަނގަޅު ކޮށްލަން” ރާފިލް ކޯރުގެ އައްސޭރިއަށް ބަލަމުން ވާހަކަދެއްކިއެވެ.

މަލިޝް ކުޑަކޮށް ހިނިތުންވެލަމުން ރާފިލްގެ ގާތުގައި ހުއްޓިލިއެވެ.

“ބައެއް ފަހަރު ކަންކަން ހަނދާން ނެތިދިއުމަކީވެސް ނިޢުމަތެއް..” މަލިޝްގެ ހިމޭންއަޑަށް ރާފިލް އިސްއުފުލާ ބަލައިލިއެވެ.

” ތެދެއް ތިއީ..އަހަރެންނަކަށް ނޭނގެ އަހަރެން އުޅުނީ ކޮންކަހަލަ ދިރިއުޅުމެއް ކަމެއްވެސް. ފަހަރެއްގަ ވެދާނެ އެކަން ނޭނގުން ކަމަށް އަހަންނަށް އެންމެ ރަނގަޅު ގޮތަކީ” ރާފިލް ޖަވާބުގައި ބުނެލީ އެހެންނެވެ. މަލިޝް އާއި ރާފިލްގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓާލެވުނީ ގަސްތަކާނުލައެވެ.

މަލިޝްގެ ރީތި ފުރިހަމަ ސޫރައަށް ރާފިލް ހިތާއި ހިތުން ތަޢުރީފުކޮށްލި އިރު މަލިޝްގެވެސް ޙާލަކީ އެއީއެވެ. ރާފިލްގެ ފިރިހެންވަންތަ ރީތި ސޫރައަށާ، އެ ރީތި މަޑުމައިތިރި އަޚުލާގަށް މަލިޝްގެ ހިތް ނޭނގޭ ބާރަކުން ލެނބެނީއެވެ.

އެ މާޙައުލުގައި އިރުކޮޅަކު ތިބުމަށްފަހުގައި އެނބުރި ގަނޑުވަރަށް ދިޔައީ، އަނދިރިކަން ވަށާލުމުންނެވެ.

“އެއީ ކާކުބާ؟” މަލިޝްގެ ސިޓީ ކިޔާލުމަށްފަހުގައި ރައުލްގެ ދެބުމަ ގާތްކޮށްލެވުނެވެ. ނޭނގޭ ނުތަނަވަސްކަމެއް ހިތަށް ވެރިވިއެވެ. ގޮތް ނޭނގޭ ޒުވާނަކު ގަނޑުވަރުގައި ބެހެއްޓިކަމަށް ސިޓީގައި އޮތުމުންނެވެ.

“ޒައްރާރު! ރަލިސްއަށް ދިއުމަށްޓަކައި އަހަރެންގެ ދަތުރު ތައްޔާރުކުރޭ!” ޢަމުރުގެ ރާގަކަށް ރައުލްގެ އެންމެ އިސް އެކަކަށް އެންގިއެވެ.

ނޭނގޭ ތޫފާނެއް ކުރިމަތިވާން އުޅޭ ކަމުގެ އިޙުސާސް ރައުލްއަށް ކުރެވެނީއެވެ. ކޮންމެވެސް ގޯހެއް ވާންއުޅެނީއޭ ހިތް ބުނަމުން ދަނީ ކީއްވެކަމެއް ނޭނގެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 4

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…65

Next
February 3, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…65

Previews
February 3, 2025

ވާނަން އުމުރަށް ސީޒަން 2 އެޕިސޯޑް 4

One Comment

  1. Malish says:
    February 19, 2025 at 7:38 pm

    Loved this part! The story keeps getting better, and I’m hooked. Can’t wait to see what happens next!

Comments are closed.



All Right Reserved!