Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..7

Queenquill Level 210 Stories100 Login
February 9, 2025 3 Mins Read
6 Comments

އަލަތު ލޯބީގެ އުޖާލާ ދުވަސްތަކެވެ. ކޮންމެ ކަމެއްވެސް އާކޮޅުގައި ވަރަށް އުފާވެރިވެފައި ހިތްގައިމުވާނެޔޭ ބުނެއުޅެއެވެ. ނީލަމް އާއި ރާކިންއަށް ވެސް މިދުވަސްތައް އިންތިހާ އުފާވެރިއެވެ. ނީލަމްގެ ޖަވާބުން، ރާކިންގެ ހިތް ދިޔައީ ފަޒާތެރޭގައި ބުރު އަޅަމުންނެވެ. ނީލަމްގެ ޙާލަކީ ތޯއެވެ؟ ނީލަމްއަށް މުޅިން އައު ތަޖުރިބާއެއްކަމުންވެސް ކަންނޭނގެއެވެ. އަބަދުވެސް މޫނުމަތިން ފެންނަނީ ކުރިން ނުފެންނަފަދަ އުޖާލާކަމަކާއި އުފާވެރިކަމެކެވެ.

“އޭ..ކޮން ޚިޔާލަކަށް ގެއްލިފަ މާ އުފަލުން ތި އިންނަނީ” ރިފާއަށް ނީލަމްގެ ބަދަލު ފާހަގަވިއެވެ.

“ރިފާ. ވަރަށްބޮޑު ނިންމުމެއް ނިންމާފިން. އަހަރެން ރާކިންއަށް ޔެސް ބުނެފިން” ނީލަމްގެ އުފާވެރި އަޑު އިވިލިއެވެ.

“އޯ.އެމް.ޖީ ވަޓް؟ އަސްލުތަ. ތިއީ ހަމަ ތެދެއްތަ. އަލިފުން ޔާއަށް ހުރިހާ ކަމެއް ކިޔާދީބަލަ” ރިފާއަށް ހީވީ އެއްފަހަރާ މިލިޔަން ރުފިޔާ ލިބުނީހެނެވެ. އެހާވެސް ޝައުޤާ ޖޯޝުގައި އެވާހަކަ އަހަން ބޭނުންވިއެވެ.

ނީލަމް އެރޭ ކަންހިނގައި ދިޔަގޮތް ތަފްޞީލުކޮށް ކިޔާދިން އިރު ރިފާއިނީ ހެވިފައި އަޑުއަހާށެވެ.

“އެކަމު ރިފާ..އަހަރެން އަދިވެސް ހިތްބިރު ގަންނަނީ. އަހަންނަށް އެނގޭ މީހުން މެރީ ކޮށްފަ ބަދަލުވާކަން. މިހާރު ލޯބިން އުޅުނަސް ފަހުން އެކަންކަން ހަނދާނެއް ނުހުރޭ” ނީލަމްގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ.

“ތިހެން ނުވިސްނާ. އެންމެން އެއްގޮތެއް ނުވާނެ. އަހަންނަށް ހީވަނީ ރާކިންއަކީ ވަރަށް ރަނގަޅު ކުއްޖެއްހެން. އުފަލެއް ލިބުނީމަ އެކަމަށް ފުރަގަސްދީ ފިލަން ނޫޅޭ. އެކަމާ ކެރިގެން ކުރިމަތިލާބަލަ” ރިފާ ވިސްނާދިނެވެ. ރިފާވެސް އެބުނީ ތެދެކެވެ. އެންމެން އެއްގޮތެއް ނުވާނެއެވެ. އެއީ މީހުންގެ އަތްމަތީ ޖުމުލައެކެވެ. އެކަމަކު އެކަން ސާބިތުކޮށްދެވުނީ ވަކި ކާކަށްހެއްޔެވެ؟

ހަވީރުގެ ހިތްގައިމު ވަގުތެވެ. އުޑުމަތި އޮތީ ކޮންމެވެސްވަރަކަށް ބަނަކޮށްފައެވެ. ރާކިން އާއި ނީލަމް ތިބީ ލޮނު ޒިޔާރަތް ޕާކުގެ ހިތްގައިމު މާޙައުލުގައެވެ. ހީވަނީ އެތަނުގައި ފޮޅިފައިވާ މާތައްވެސް، އެދެހިތުގެ ހުވަފެނީ ބަހާރުގައި ނަށަމުންދާހެނެވެ.

“ނީލަމް. ނީލަމްގެ އެއްވެސް މައްސަލައެއް ނެތިއްޔާ އަންނަ އަހަރު މެރީ ކުރަން ބޭނުން. ނީލަމްވެސް މިކޮޅުގަ ތިއުޅެނީ ކިހާ ޙާލުގަ. އަހަރެން ބޭނުން ނީލަމް އުފަލުގަ ބަހައްޓަން” ރާކިން ވާހަކަދެއްކިއެވެ.

“އިނގޭތަ ތިހެން ބުނެލިޔަސް މެރީ ކުރުމަކީ ކިހާބޮޑު ކަމެއްކަން. ރާކިން ހަމަ ކައިވެންޏަކަށް ތައްޔާރުތަ؟” ނީލަމްއަށް ފެނި އިވިފައިހުރި ކަންކަމާ ވިސްނާލަމުން އަހާލިއެވެ.

“އަހަރެން ވަރަށް ރެޑީއޭ. އިތުބާރު ކުރޭ. ދުވަހަކުވެސް ނީލަމްއަށް ދެރަގޮތެއް ނުހަދާނަން” ރާކިންގެ އަތުތެރޭގައި ނީލަންގެ އަތްތިލަ ފޮރުވާލަމުން ބުނެލިއެވެ.

” އެންމެ ރަނގަޅު، އެކަމަކު އަހަރެން ބޭނުންވާ ކަންކަން އެބަހުރި. އެކަންކަން އެހެން ވާނެނަމަ އަހަރެން މެރީ ކުރަން އެއްބަސް” ނީލަމް އިއްވާލިއެވެ.

“އަހަވަށް ބުނޭ” ރާކިންގެ ޝައުޤުވެރިކަން އިތުރުވިއެވެ.

“އެންމެފުރަތަމަ ކަމަކަށް، ކައިވެނިކޮށްގެން ދިރިއުޅެން ބޭނުމީ ވަކިން. އެއްވެސް އާއިލާގެ މީހެއްވެސް ނާންނަ ގޮތަށް އެއް ރޫމް ތަނެއްގަ. އަދި އަހަރެންކާރީ މިހާރު ތިދައްކާ ވާހަކައާ، މިހާރު ތި ލޯބިވާހެން ލޯބިވާ ރާކިންއެއް ކައިވެނީގެ ފަހުންވެސް ބޭނުމީ. ދުވަހަކުވެސް އަހަންނަށް އޮޅުވާލާގެން ނުވާނެ. އަދި ރާކިންގެ ހިތް އަހަންނާމެދު ބަދަލުވެއްޖެނަަމަ، ތެދުވެރިކަމާއެކު އެކަން ހާމަކޮށް އަހަރެން މިނިވަންކޮށްދޭންވާނެ. އެއީ އެހެންނޫނީ ނޭނގުމެއްގެ ތެރޭހުރެ ހަލާކުވާނީ އަހަރެންގެ ދިރިއުޅުން. ވަފާތެރިކަމަކީ ކޮބައިކަން ދަސްކޮށް އެގޮތުގަ ނުހުރެވޭނަމަ އަހަންނާ ދުރަށް ގޮސްދޭތި” ނީލަމް ކިޔާދިނެވެ. ރާކިން އެވާހަކަތައް އަޑުއެހުމަށްފަހު ސީދާ ނީލަމްގެ ލޮލަށް ނަޒަރު ހުއްޓާލިއެވެ.

“ނީލަމް ޔަޤީން ކުރޭ. ތިހުރިހާ ކަމެއްވެސް ކޮށްދޭނަން. އަހަރެން ބަދަލެއް ނުވާނަމޭ. 100 އަހަރު އެކީގަ އުޅުނަސް އަހަރެން ބަދަލެއް ނުވާނަން” ރާކިންގެ އަޑުގައި ވަނީ ޔަޤީންކަމެވެ. އެކަމަކު ނީލަމްއަށް އެވާހަކަތައް މުޅިއަކުން ޤަބޫލެއް ނުކުރެވެއެވެ.

ކުއްލިއަކަށް ވިލާބޯވެ ވިއްސާރަވެއްޖެއެވެ. ނުވެސް އެނގި ތިއްބާ ވާރޭގެ ފިނި ތިކިތައް ދުނިޔެމައްޗަށް އޮހިގަތެވެ. ނީލަމްއާއި ރާކިން ހިޔާކޮށްފައި ހުރި ހިސާބަކަށް ދިއުމަަށް ދުއްވާގަތެވެ. އޭރު ރާކިން ހުރީ ނީލަމްގެ އަތުގައި ހިފާލައިގެންނެވެ. ހީވަނީ ރީތި ލޯބީގެ ފިލުމެއްގެ މަންޒަރެއް ހެނެވެ.

“ދެން ކިހިނެއް ގެއަށް ދާނީވެސް” ނީލަމް އަތުން ވާރޭގެ ތިކިތަކާ ކުޅެލަމުން ބުނެލިއެވެ. އެމަންޒަރުބަލަން ބަސް ހުއްޓިފައި ރާކިން ހުއްޓެވެ. އަދި މަޑުމަޑުން ފޯނު ނަގައި އެ ހިތްގައިމު ހަނދާން ރައްކާކޮށްލިއެވެ.

“ދެން ރާކިން..” ނީލަމްއަށް ފޮޓޯ ނެގިކަން އެނގުމުން ލަދުގަތެވެ.

“ވަަރަށް ރީތި” ރާކިން ނީލަމްގެ ކޮލުގައި ހިފާލަމުން ބުންޏެވެ. ދެން ރާކިން ކޮށްލިކަމަކުން ނީލަމް ސިހިގެން ދިޔައެވެ.

ނީލަމްގެ އަތުގައި ހިފާ ދަމާލަމުން ވާރޭގެ ތެރެއަށް ނިކުމެއްޖެއެވެ. ބޯކޮށް ވާރޭވެހެމުންދިއުމުގެ ސަބަބުން ދެމީހުންވެސް ނުހަނު އަވަހަށް ތެމި ފޯވެއްޖެއެވެ. ނީލަމްހުރީ ދުވަސްތަކެއްފަހުން ވާރޭގައި ތެމިލެވޭތީ މަޖާވެފައެވެ.

ރާކިން ނީލަމްގެ އަތުގައި ހިފައި، ކަޕުލް ޑާސްތަކުގައިހެން ވައިގެ ތެރޭ އަނބުރާލިއެވެ. ނީލަމްގެ އަނގައިން މަޑު ހީލުމެއްގެ އަޑު އިވިގެން ދިޔައެވެ.

“ވަރަށް ލޯބިވޭ” ވާރޭގެ ތެރޭގައި ހުރެ ރާކިން އިއްވާލިއެވެ.

“އަހަރެންވެސް” ނީލަމްވެސް ބުނެލިއެވެ.

ވަގުތު އޭގެ ބާރުމިނުގައި ކުރިއަށްދަނީއެވެ. ނީލަމްގެ ޗުއްޓީ ނިމި އޮފީހަށް ނިކުންނަން ފަށައިފިއެވެ. މިހާރު އޮފީހަށް ލާދޭށާ، ބަލާވެސް ދަނީ ރާކިންއެވެ. އެއީވެސް ރާކިންގެ ފަރާތުން ފެނުނު ކަމުދާ ސިފައެކެވެ. އެގޮތަށް އެހީތެރިވާން އަބަދުވެސް ރާކިން ހުންނާނެބާއެވެ. ހެނދުނުވެސް ރާކިންގެ ފޯނުކޯލަށް ހޭލެވެއެވެ. ދުވާލުގެ އެކި ވަގުތުތަކުގައި އަވަދިނެތި އުޅޭ އިރުވެސް، އަބަދުވެސް ގުޅާ މެސެޖުކޮށް ހަދައެވެ. އެކުގައި ހުންނަ ކަމުގެ އިޙުސާސްކޮށްދެއެވެ. ނީލަމްއަށް އެ ސިފަތައް ވަރަށް ކަމުދެއެވެ. ނިދެނީވެސް ފޯނުކޯލުގައި ތިބެއެވެ. އެކަހަލަ “ލޯބި” އަދާތަކުން ނީލަމްގެ ހިތް އަތުލައިފިއެވެ.

 

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 3

Next

އެ އަންހެން ކުއްޖާ 04

Next
February 9, 2025

އެ އަންހެން ކުއްޖާ 04

Previews
February 9, 2025

ފުރާނައިގެ ދިރުމޭތިއީ 3

6 Comments!

  1. Aishath Limsha queen girl says:
    February 9, 2025 at 5:33 pm

    Vrh reethi mi part ves when’s next???

    1. Queenquill says:
      February 10, 2025 at 2:24 pm

      In sha Allah soon ❤️❤️❤️

  2. Gurll says:
    February 10, 2025 at 10:36 am

    Maasha allah the story was so good and so nice i curiously waiting for the next part ☺️ ☺️

    1. Queenquill says:
      February 10, 2025 at 2:25 pm

      Thankooooo🥹❤️❤️❤️❤️

  3. Cutie girl says:
    February 13, 2025 at 3:43 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Dhen khineh baa vaani
    I appreciate your hard work

    1. Queenquill says:
      February 13, 2025 at 5:10 pm

      Thankooooo🥹❤️❤️

Comments are closed.



All Right Reserved!