ރަލިސް – 2
ފަތިހުގެ ތެތްފިނިކަންމަތީގައިވެސް މަލިޝްހުރީ ގަނޑުވަރުގެ ގޯތިތެރޭގައި ހައްދާފައި އޮންނަ ބޮޑު،ރީތި ބަގީޗާގައެވެ. ފަރި މާތަކާއި ތެތްފިނިން، ޝަބުނަމުގެ ތިކިތައް ވިދަމުންދިޔަ ފަތްތަކާ ކުޅެލަކުޅެލައި މަލިޝްހުރީ ރައުލްގެ އިންތިޒާރުގައެވެ.
“އަހަރެން ފޮނުވާލަން ލަސްވެފަތަ؟” ސަމާސާ ރާގެއްގައި މަލިޝްގެ ފަހަތުން އައިސް ހުއްޓިލި ރައުލް އެއްސެވެ.
“އާން މާ ރާނީ، ކަމަނާ ވެގެން އުޅޭތީވެ، އަވަހަށް ފޮނުވާ ލަނީމި” ހަމަ އެރާގުގައި މަލިޝް ޖަވާބުދިނެވެ.
“އެންމެ ރަނގަޅޭ!” ރައުލް މަލިޝްގެ އަތުގައި ހިފާލީ މަޑުމަޑުންނެވެ.
“ބަލައިގެން އުޅޭތި. އަހަންނަށް ޚަބަރުތައް ދޭންވާނެ” ސީދާ މަލިޝްގެ ލޮލަށްބަލަންހުރެ ރައުން ބުނެލިއެވެ. ރައުލްގެ ހިތުގައި މަލިޝްއަށް ދެވިފައިވަނީ ހަމައެކަނި އެކުވެރިއެއްގެ މަޤާމެއް ނޫނެވެ. އެހެނަސް ޙާލަތު އެ ޙަޤީޤަތް ބަޔާންކުރުމަށް ޢުޒުރަކަށްވަނީއެވެ.
“ޔަޤީންކުރޭ. ބައްޕައަށް އަހަރެންގެ ސަލާމް. ރައުލް ވެސް ބަލައިގެން އުޅޭތި. ވާނުވާ އަންގާތި” މަލިޝްގެ ފުރިހަމަ ހިނިތުންވުން ރައްދުކުރަމުން ބުންޏެވެ. ރައުލް ބަގީޗާތެރޭގައި ދުވެލަދުވެލާ އުޅުނު އަސް ހުއްޓުވިއެވެ. އަދި އަހަށް އަރާ ހަމަޖެހިލީ، މަލިޝްއަށް ނަޒަރެއް ދެމުންނެވެ.
“ނިޔާމަ ދަތުރެއް” މަލިޝް އަތުން ހަނާ އަޅާލަމުން އެހެން ބުނެލުމުން، ރައުލްވެސް ބޯޖަހާލުމަށްފަހު އަހުގެ ލަގަނުގައި ހިފާލަމުން އަސް އުދުއްސާލިއެވެ.
ރައުލް ދުރުދުރަށްގޮސް އޮބާލަންދެންވެސް މަލިޝް ބަލަހައްޓައިގެން ހުއްޓެވެ.
ދުވާލުގެ ވަގުތުތައް ފާއިތުވެ ހަވީރުވެއްޖެއެވެ. މަލިޝް ނިންމީ ހަމަޖެހިލުމަށްޓަކައި ބޭރުތެރެ ބަލާލަން ދިއުމަށެވެ. އެހެންކަމުން ބައެއް ގާޑުންނާއި އެކުގައި ގަނޑުވަރަށް އެންގުމަށްފަހު މަލިޝް ބޭރަށްދިޔައީ އަސް ބާއްވާފައެވެ. ފައި މަގުގާ ނިކުމެ ރައްޔިތުންގެ ޙާލު ބަލަމުން ރަލިސްގެ ސަޙަރުގައި މަލިޝް ހިނގަމުން ދިޔައެވެ.
އިރު އޭގެ ވާޖިބުން އަވަދިވެ އޮއްސެންދަނީއެވެ. މަލިޝްގެ މިސްރާބު މިހާރު ހުރީ އެރީތި މަންޒަރު ބަލާލުމަށެވެ. އެނިޔަތުގައި މަލިޝް ދިޔައީ ސަހަރުގައި އޮންނަ ރީތި ހިސާބަކަށެވެ. އެތާގައި ފެން އާރަކާއި ރީތި ދިގު ކޯރެއް އޮވެއެވެ.
ކޯރުގެ އައްސޭރިފަށުން ހިނގަމުން ދިޔަ މަލިޝްއަށް ލޯމަރާލެވުނީ ހަމަޖެހިލުމަށްޓަކައެވެ. މަލިޝްގެ ފަހަތުން ގާޑުންވެސް ހިނގަމުން ދިޔައެވެ.
ކުއްލިއަކަށް އެއްޗެއްގައި އަޅާގަނެ މަލިޝް ވެއްޓޭގޮތް ވިއެވެ. ކޮންޓުރޯލު ނުކުރެވުމުން މަލިޝް ވެއްޓުނީ އަޅައިގަތް އެތީގެ މަށްޗަށެވެ.
“ރާނީ!” ހުރިހާ ގާޑުން ވަގުތުން ދުވެފައި މަލިޝްގެ ގާތަށް އައެވެ.
“މިއީ ކާކު؟” ޙައިރާންކަމާއި އެކު ކޯރުގެ އައްސޭރީގައި އޮތް މީހާއަށް ބަލައިލެވުމުން މަލިޝް އެއްސެވެ.
“އަޅުގަނޑަކަށް ހިއެއް ނުވޭ މި ސަޙަރުގެ މީހެއް ހެނެއް” އެތަނުން އެއްގާޑު ބުންޏެވެ. މަލިޝް ތެދުވެ ފަރުވާތެރިކަމާއި އެކުގައި އޭނާއަށް ބަލާލިއެވެ. ކަޅު ފަން އިސްތަށިގަނޑެކެވެ. ކަސްރަތީ، ޒުވާން ވަރުގަދަ ހަށިގަނޑެކެވެ.
“މީނާއަށް އެހީވުމަށް ގަނޑުވަރަށް ގެންދޭ!” މަލިޝްގެ އަމުރާއި އެކުގައި އުދުހޭ އަހުގައި ތިބި ގާޑުން، އެ ބީރައްޓެހިޔާ ނަގައިގަނެގެން ގަނޑުވަރަށް ދިއުމަށް އަވަސްވެގަތެވެ. ކާކުކަން ވިސްނާނުލާ މަލިޝްއެކުރީ ރަނގަޅުކަމެއް ބާވައޭ ގާޑުންގެ ހިތުގައި ސުވާލު އުފެދުނެވެ.
“އެކަމަކު ރަލިސްއަށް ވަދެވުނީ ކިހިނެއްބާ؟” ތަޚުތުގައި އިށީންދެލައިގެން އިން މަލިސް އެންމެނާ މުޚާތަބުކޮށް އަހާލިއެވެ.
“ކޮންމެވެސް ހަނގުރާމައެއްގައި އުޅެނިކޮށް ޒަޚަމްވެފައިވާ މީހެއް އެއީ” ޙާޒިރުވެ ތިބި ވަޒީރުންގެ ތެރެއިން މީހަކު އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.
މަލިޝް އޭނާއަށް ފަރުވާދިނުމަށާއި ފާރަވެ ބެލުމަށް އެންގިއެވެ. އަދި ދެކޮޅުވެރި ޢަދާވާތްތެރިއެއްކަމަށް ނުބެލުމަށް އެދުނީ އެކަން އެކަކަށްވެސް ޔަޤީން ނުވާތީއެވެ. އެހެނަސް ގަނޑުވަރަށް އޭނާ ގެނެވުމުން އެންމެންވެސް ނުތަނަވަސްކަން ފާޅުކުރިއެވެ. ނަމަވެސް ފަހު ބަހަކީ އަބަދުވެސް މަލިޝްގެ ބަސްކަމުން ކަންވެނިމުނީ އެގޮތަށެވެ.
އެ ނުދަންނަ މީހާގެ ޒަޚަމްތައް ފަސޭހަވެ ހާލުރަނގަޅުވަމުން އައި ނަމަވެސް އޭނާ އަދިވެސް ހެއެއް ނާރައެވެ. މިހާރު އެގޮތުގައި ދެ ޙަފްތާ ފާއިތުވެގެން ހިނގައްޖެއެވެ.
މަލިޝް އިނީ ވަޒީރުންނާއި އެކުގައި ބައްދަލުވުމެއްގައެވެ. އިސް ބާންދީއަކު އެވަގުތު އައިސް މަލިޝްގެ ކަންފަތްދޮށުގައި ބުނެލިއެވެ.
“އެ ޒުވާނާ ހޭ އަރާފި .. އެދެނީ ކަމަނާ ދެކިލުމަށް”
3 Comments!
Comments are closed.



Mihaaru mivaahaka mathin neii hadhaanves…ehenveema haadha baivaru vaahaka hunaaneyey dhw nunime nugenas dhevifa
Story adhi kiriyaa feshunee. In sha Allah it will be continued dhen. 🥹
Masha Allah 😍 Soo good 👍🏻