” އާދައެއްތަ؟ ” ނައިރާގެ އެރީތި ދެލޮލަށް ބަލަހައްޓައިގެންހުރެ ދާނިޝް އަހާލިއެވެ. ދާނިޝްގެ އަތުތެރޭގައި ފިތިފައިހުރި ނައިރާ ވަރަށް ލަދުގަތެވެ. ނައިރާގެ ހަށިގަނޑު ބިމުގައި ފައި ހަމަވުމުން ދާނިޝް މަޑުމަޑުން، ނައިރާގެ އުނަގަނޑުން އަތް ދޫކޮށްލިއެވެ. ފަޔަށާއި ބަނޑަށްވާ ތަދުން ނައިރާއަށް ފިޔަވަޅު ނެގެނީ ފާޑަކަށެވެ. ” ސޮރީ.. ދާނިޝް މިގަޑީ ނުނިދާ ބޭރުގަ ތިއުޅެނީ ކީއްވެ؟” ފާރުގައި އަތްއަޅުވާލަމުން ނައިރާ ވާހަކަދެއްކިއެވެ. ނައިރާއަށް ވަމުންދިޔަގޮތް ވަރަށް ރަނގަޅަށް ދާނިޝްހުރީ ސަމާލުވެ ބަލާށެވެ. ވާރޭ ކަނިޖަހަމުން ދިޔަ […]
ޒާންގެ އެތޫނު ބެލުމަށް ލޯއަމާޒު ކުރަން ނުކެރިފައި ނައިރާ ހުއްޓެވެ. ދޭނެ ރަނގަޅު ޖަވާބަކާއިމެދުގައި ވިސްނާށެވެ. ނައިރާއަށް ކުރިމަތިލައިގެން ހުރި ޒާންގެ ފަހަތުން ދެން ފެނުނީ، ދާނިޝްގެ ކޮޓަރި ބެލްކަނީގައި އެދިމާއަށް ނަޒަރު ހުއްޓައިލައިގެން ހުރި ދާނިޝްއެވެ. ނައިރާ ފިނިވިއެވެ. ޒާން ފަހަތަށް ބަލައިލަފާނެތީ ހިތްތެޅެނީއެވެ. ދާނިޝްގެ ބެލުމުގައި ވަނީ ރުޅިވެރިކަމޭ ހީވެއެވެ. މާރަނގަޅަށް ސާފުނުވިޔަސް ހުރީ ވަރަށް ހިތްހަމަނުޖެހިފަހެން ހީވެއެވެ. ނައިރާގެ ނަޒަރު އެހެން ދިމާލަކަށް ހުރިކަން ފާހަގަވެގެން ޒާން އެނބުރިލިއެވެ. ނަސީބެކެވެ. އެއީ ހަމަ […]
މުޅި މަގުތައް ވަނީ ފުންނިދީގައެވެ. ސަރަހައްދުގަނޑުގައި އެކަށް ތެތްފިނިކަން ހިފައިލައިފާ އޮތްއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. ހިތުގައި ވަހުމުތައް އިތުރުވާންފެށީ އެހެންވެއެވެ. ގޭގެ ކުރިމަތީގައި ހުންނަނީ ތިން ބުރިއަށް ހަދައިފައި ހުންނަ ރީތި ގެއެކެވެ. ރޭގަނޑަށް ފަނޑު އަލިކަމެއް ބައެއްފަހަރު ހުރެއެވެ. އެހެނަސް އަދި މިހާތަނަށް ނައިރާ އެގޭގެ އެއްވެސް މީހަކު ނުދެކެއެވެ. މީހެއްގެ އަޑެއްވެސް ދުވަހަކު އެގެއިން އިވިފައެއްނެތެވެ. އަޖައިބެކެވެ. ހީވި ހީވުމެއްކަމަށް ނިންމާފައި ދާންއެބުރިލި ވަގުތު އަނެއްކާވެސް ސިނގިރޭޓު ދުމުގެ ވަސް ދުވާފިއެވެ. މިފަހަރު […]
ހުއްޓުންއަރައިފައި ހުރެވުނު ނައިރާ އަނެއްކާވެސް މޫދާ ދިމާއަށް މިސްރާބުޖެހިއެވެ. ސާފު މޫދުގެ ހިތްގައިމުކަމަށް ގެއްލިފައި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެވަގުތު ދުނިޔޭގެ އެހެން ހުރިހާ ކަމެއް ހަނދާނުން ފުހެވިފައިވާފަދަ ހިތްހަމަޖެހުމެއް އިޙުސާސްވަމުން ދިޔައެވެ. އެކުވެރި އެހެން ކުދިންވެސް މޫދަށް އައިސް ނައިރާއާ ބައިވެރިވިއެވެ. ތަފާތު ގޭމުތަކާއި، ރޭސްތަކުގައި ވަގުތުތައް ދިޔައީ ފާއިތުވަމުންނެވެ. ” އެއީތަ ނައުފްގެ ކޮއްކޮއަކީ؟ ” ވިކްރާމްގެ ނަޒަރު މޫދުގައި އޮތް ނައިރާއާ ވަތްކެއް ނުވެއެވެ. ” އޭ މަގޭ ކޮއްކޮ އިނގޭ […]
ކޮންމެ ފިޔަވަޅަކާއިއެކުގައި ފިސްވަމުންދިޔަ، ހިކި ފަތްތަކުގެ މުރަނަ އަޑުން ތަނުގެ ހިމޭންކަން ނަގާލަމުން ދިޔައެވެ. އަރާފައިވާ ހަތަރު އިންޗީގެ އުސްފައިވާނުން ފަތްތަކަށް ލިބެމުންދިޔަ ގޯނާއަށްވުރެ ބޮޑަށް ނައިރާގެ ހިތަށް ވަމުން ދިޔަ ގޯނާ ބޮޑުހެން ހީވެއެވެ. މީހަކަށް އަޑު އިވިދާނެތީ، ނުވަތަ ފެނިދާނެތީ ނައިރާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ގަޔަށް ހިފާލައިފައިވާ ގަދަ ނޫކުލާގެ މަތިކޮޅަކާއި، ކަޅު ކުލާގެ ބާރު ޖީންސުގައި ހާމަވަމުންދިޔައީ ނައިރާގެ ފުރިހަމަ ބަށްޓަމެވެ. ކުރު އިސްކޮޅާއި ނުހަނު ގުޅޭ ރޫފައެކެވެ. ފުރިހަމަކަން އިތުރު […]
ޒާރާ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔައިރު، ހުރެވެނީ ހިތްނުތަނަވަސްވެފައެވެ. ކައިލް އަތުވެދާނެތީ ހާސްކަމެއްގެ ތެރޭގައެވެ. އެހެނަސް މާބޮޑަށް ނުވިސްނާ މަސައްކަތައިގެން ކުރިޔަށްދެވޭތޯ ބެލިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކައިލް ޕެލެސްގެ ގޯތިތެރެއިން ހިނގަމުން ދިޔައީ މައި ދޮރާއްޓާދިމާއަށެވެ. “ދަރިފުޅާ..އަވަހަށް އާދޭ. މީހާރު ދެން މާމަދުމަދުންނޭ ތި އަންނަނީ..” ނަސީމާއަށް ކައިލް ފެނުމުން އަވަހަށް ބުނެވުނެވެ. އޭރު ނަސީމާގެ މަންމަ އާދެ! ޒާރާމެންގެ މާމަ މަރިޔަމް ވެސް ކައިލްއަށް ބަލައިލިއެވެ. އެދެލޮލުން ފެނިގެންދިޔައީ މައިވަންތަ ކުލުނެވެ. “ދަރިފުޅާ..މާމައާ ރުޅީތަ މިހާރު” […]
ރާކިންއަށް ނުފެނި އުޅެވޭތޯ ނީލަމް ވަރަށް މަސައްކަތް ކުރުއެވެ. މިހަހަރުވެސް ދެން އައީ މަންމަގެ ކޯލެކެވެ. އެއްފަހަރު ނަމަވެސް ރާކިންއާ ބައްދަލުކޮށް ވާހަކަދައްކާލުމަށް އެދުނެވެ. ގޮތެއް ނިންމުމުގެ ކުރިން ވިސްނުމަށާ، އާއިލާއާ ހެދި ދުރުނުވުމަށް ނަޞޭޙަތްތެރިވިއެވެ. މަންމައަކީ ނީލަމްގެ ބަލި ފައެވެ. އެހެންކަމުން އެފަހަރުވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ރާކިންއާ ބައްދަލުވެލުމަށް ނީލަމް ދިޔައީ އާޓިފިޝިއަލް ބީޗަށެވެ. ވިއްސާރަކޮށް އޮތް ރެއެއްކަމުން މީހުން ވަރަށް މަދެވެ. ނީލަމްއަށް ވުރެ މާކުރިން ރާކިން ހުރީ އެތަނުގައެވެ. ރާކިންގެ މޫނުމަތިން […]
ހަމަ ކުޑަކުޑަ ހިނދުކޮޅެކެވެ. ޒާރާގެ މޫނުމަތީގެ ކުލަވަރު ފަޑުވެގެން ދިޔައެވެ. ކައިލްގެ އަތްދަށުން ވީއްލިގެން ދުރަށް ދުއްވައި ގަނެފިއެވެ. “ޒާ!؟” ވާނުވާ ނޭނގިފައިހުރި ކައިލް ގޮވާލިއެވެ. ޒާރާގެ އަތުގައި ހިފޭތޯ އަތްވެސް ހޫރުވާލެވުނެވެ. ތަންކޮޅަކަށް ހުއްޓިފައި ކައިލް ފަހަތުން އަންނާނެކަން އެނގުމުން އެނބުރިލިއެވެ. އަމިއްލަ އިޙުސާސްތައް ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ. “ކައިލް..އައި ކާންޓް…އައި ކާންޓް..” ތުރުތުރުލާ އަޑަކުން އެހެން ބުނަމުން ޒާރާ ފިޔަވަޅު އަޅަންފެށީ ފަހަތަށެވެ. “އެއީ ކީއްވެތަ؟” ޒާރާގެ ދެކޮނޑުގައި ބާރަށް ހިފަހައްޓައިލަމުން ކައިލް ސުވާލު […]
“ޒާވިން!” ޒާރާ ޒާވިންގެ ކޮޓަރިއަށް ވަދެ ގޮވާލިއެވެ. ރުޅި އައިސްހުރިކަން ދައްކަމުންނެވެ. “ސޮރީ ..ސޮރީ އަސްލުވެސް ބިޒީ ވީއޭ” ޒާވިން އުޒުރުވެރިވިއެވެ. ޒާރާ އައި ގޮތަށް އައިސް ބާލީހަކުން ޒާވިންގެ ގައިގައި ބޮނޑިއެއް އެޅިއެވެ. “ހުސް ދޮގު..ޔަޤީން މިއީ ޒާވިންގެ ރޭވުމެއްކަން” ޒާރާ އެހެން ބުނެފައި، ޒާވިންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ހިނގައްޖެއެވެ. ޒާރާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. މިރޭގެ ހަނދާންތަކުން ހިތް އަވަސްވަނީއެވެ. ކައިލްގެ އެ ތަފާތު އަދާތަކުން ހިތަށް ނޭނގޭ އަޞަރެއް ކުރުވަނީއެވެ. އެ އިޙުސާސުގެ […]