ޒާރާގެ ތަބީޢަތު މާރަނގަޅު ދުވަހެއް ނޫނެވެ. ބޭނުން ނުވިޔަސް ކައިލްގެ ޚިޔާލުތަކުން ޒާރާ ވަށައިލިއެވެ. ކައިލްގެ ޢަމަލުތައް އެހެން ހުރުމުން އަދި މާބޮޑަށް ވިސްނެނީއެެވެ. މީހެއްގެ ފިރިއަކަށް ވާއިރު ޒާރާގެ ހިތުގައި ސުވާލު އުފެއްދުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ “ސައިވެސް ނުބޯތަ ދަނީ؟” ޒާރާ ފޫހި ގޮތަކަށްހުރެ ގެއިން ނިކުންނާތީ ނަސީމާ އަހާލިއެވެ. “މަންމާ އަޅުގަނޑު މިއަދު ސައިބޯ ހިތެއް ނެތް..ދެން ދަނީ އިނގޭ” ޒާރާ ހިނިތުންވެލަމުން ނަސީމާއަށް ބަލައިލިއެވެ. އޭރު އަޙުމަދު ޒާރާގެ އިންތިޒާރުގައި ކާރުގެ ދޮރުފަތް […]
އިރުގެ ރަން ދޯދިތައް މޫނަށް އެޅެންފެށުމުން ޒާރާއަށް ފުރޮޅިލެވުނެވެ. ކަންނެތްވެފައި އޮތްވަރުން، މަޑު ތަންމަތީގެ އަރާމުކަން ގެއްލޭކަށް ބޭނުމެއް ނުވިއެވެ. އެހެނަސް އެގޮތުގައި ވޭތުވީ އިރުކޮޅެކެވެ. ނަސީމާ އައިސް ޓަކި ޖަހަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. މިއަދަކީ ޒާރާ ހޮސްޕިޓަލަށް ނިކުންނަ ފުރަތަމަ ދުވަހެވެ. ގަޑި ޖެހިގެން ކަމަކުނުދާނެއެވެ. ނަސީމާ މާވަރަކަށް ގޮވަން ފެށުމުން، ޒާރާއަށް މަޖުބޫރުވީ ތެދުވާށެވެ. އެހެންކަމުން ތެދުވެ ފެންވަރާ ތައްޔާރުވެލިއެވެ. ޒާރާ ނިމިގެން ތިރިއަށް ދިޔަ އިރު ޒާވިން ނޫން އެންމެ ތިބީ […]
ހުދު ވިލާތައް ކަފަމުން ދިޔަ ފްލައިޓުގެ މަންޒިލް ގާތްވަމުން ދަނީއެވެ. ނޫ ސާލެއްފަދަ ނަލަނަލަ އުޑުމަށްޗެކެވެ. އެހާމެ މޫސުން ހިތްގައިމު، ރީތި ވައިރޯޅިތައްޖެހޭ ދުވަހެކެވެ. ރާއްޖޭގެ ރީތި މަލަމަތި އުދަރެހުގައި ފިޔަ ޖަހާކަހަލައެވެ. މަންޒަރު ބަލާ ފޫހިނުވެއެވެ. އެ ރީތި ފިޔާތޮށި ކުލާގެ ތުންފަތުގައި ކުޅެލަކުޅެލައި ހުރީ، ހިތް ދަމައިގަންނަފަދަ ހިނިތުންވުމެކެވެ. ބޯޓު ތެރޭގައި ތިބި ގިނަ ބައެއްގެ ލޯތައް އެ ރީތި ސޫރައަށް ހުއްޓެމުން ދިޔައެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ހީވަނީ، ވަރަށް […]
ގަދަކަމުން ލޯމަރައިގެން އޮތަސް ނީލަމްގެ ލޮލަށް ނިންޖެއް ނާދެއެވެ. ކުރިން ދުވަހަކުވެސް ނުކުރެވޭ ކަހަލަ ތަފާތު އިޙުސާސްއަކުން ހިތަށް އުނދަގޫވަމުން ދަނީއެވެ. ހިތްދަތިވަނީއެވެ. ހާސްވެ ނުތަނަވަސްކަން ވެރިވަނީއެވެ. ރާކިންއާއި މެދުގައި ޚިޔާލުކުރަން ބޭނުން ނެތްނަމަވެސް، ރާކިންއާމެދު ވިސްނެނީއެވެ. މިވޭތުވެ ދިޔަ އަހަރަކާ ދުވަސްކޮޅެއްގެތެރޭ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމަށްފަހު އަނެއްކާވެސް މިހާ ހިސާބުން އެކަނިވެރި ޙަޔާތެއް ވޭތުކުރަން ޖެހުމުން އަޞަރުކުރަނީއެވެ. ހިތާމަތަކުން ފުރިގެންވީ ވޭނީ ކަރުނައިން ލޯ ފޯވެއްޖެއެވެ. ރާކިންގެ ޙާލަކީވެސް އެއީއެވެ. ނުވަތަ އެޔަށްވުރެވެސް […]
ކައިވެނިކޮށް ދިރިއުޅޭނެ ތަނެއް ހޯދުމުން އެކުރެވޭ އިޙުސާސްއަކީ ވަރަށް ތަފާތު އިޙުސާސެކެވެ. ފޮނިފޮނި އުންމީދެއް އެކަމުގައި އެކުލެވިގެންވެއެވެ. އުފާވެރި ދިރިއުޅުމެއް އެގޭގައި ބިނާކުރުމަށް ހުވަފެންތައް ދެކެވެއެވެ. ނީލަމްވެސް ކުރަނީ ހަމަ އެ ފޮނި އިޙުސާސެވެ. ކެތްމަދުވެ ވަގުތު ގުނަމުން ދިޔައީ ރާކިން އަންނާނެ އިރަކަށެވެ. ދެމީހުން އެކުގައި އެޕާޓްމަންޓު ބަލާލަން ދިއުމަށް ތައްޔާރުވެގެން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އެހެން ދުވަސްތަކާ ޚިލާފަށް ރާކިން ވަރަށް ލަސްވެއްޖެއެވެ. ނީލަމް ގުޅާލުމަށް ފޯނު ނެގި ވަގުތަކީ ރާކިން ނީލަމްއަށް ގުޅި […]
މެންދަމުގެ ވަގުތެވެ. ނީލަމްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ވިސްނެނީއެވެ. ދެން ވާނެ ގޮތަކާއި މެދުގައެވެ. ކައިވެނީގެ ޙަޔާތުގައި ކުރިމަތިވާނީ ކޮންކަމެއް ބާވައެވެ. ރާކިންއަކީ ހަމަ ރަނގަޅު ފިރިއަކަށް ވާނެތޯއެވެ. ޚިޔާލާ ފިކުރުގައި އޮއްވާ ނީލަމްގެ ފޯނު ރިންގުވިއެވެ. ގުޅީ ރާކިންއެވެ. ” ނުނިދަންތަ؟ ބުނީމެއްނު ނިދަނީއޭ..” ރާކިންގެ ނިދި އަޑު ނުހަނު ހިތްގައިމެވެ. “ރާކިންވެސް ހޭލައޭނު ތި އުޅެނީ..” ނީލަމް ބުނެލިއެވެ. “ހޭލެވުނީ ދެންމެ.. ފޯނު ބަލާލިއިރު އޮންލައިންގަ އިނީމަ މި ގުޅީ… ކީއްތަތި ކުރަނީ ނުނިދާ […]
ނީލަމްގެ ހިތަށް ކޮށްފައިވަނީ ބަޔާންކުރަން ދަތި ވޭނީ އިޙުސާސެކެވެ. ކެނޑިނޭޅި ފޯނު ރިންގުވަމުން ދިޔަ ނަމަވެސް އެއަށް ޖަވާބު ދިނުމުގެ ޝައުޤެއް ނެތެވެ. ގުޅަނީ ރާކިންކަން އެނގެއެވެ. އެހެނަސް ކުށްވެރިޔަކީވެސް ރާކިންއެވެ. މެންދަމު ދޭއް ޖަހަން ތިން ވަރަކަށް މިނިޓަށްވެފައި ހުއްޓާ އަނެއްކާވެސް ފޯނު ރިންގުވާތީ ނީލަމް ބަލާލިއެވެ. ގުޅަނީ މަންމައެވެ. “މަންމަ މިގަޑީގަ ކިހިނެއްވީ؟” ނީލަމް މަޑުމަޑުން ސުވާލުކޮށްލިއެވެ. “ދަރިފުޅާ…ރާކިން މަންމައަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔާދީފި” މަންމަ ވާހަކަދެއްކިއެވެ. “އާން މަންމާ، އެމީހުން ކިހާ […]
ރަންކިޔުމުގެ ކަންކަމާ ބޮޑަށް އުޅުނީ ރާކިންއާ އެ އާއިލާއެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް އެމީހުން ވަމުން ގެންދިޔައީ އަންނަ ހުކުރު ވިލޭރޭގައި ރަންކިޔުމަށެވެ. ދިވެހި ހެދުމުގައި ސަޤާފީ ތީމެއްގައި ރަންކިޔަން ނީލަމްވެސް އެއްބަސް ވިއެވެ. އެއީ ރާކިންގެ މަންމަ ވެސް އުފާކޮށްލަ ދިނުމަށް ނީލަމް ނިންމި ގޮތެވެ. ނީލަމްގެ މަންމަ ބަލިކޮށް އުޅޭތީއާ ދައްތައަށް ޗުއްޓީ ނުލިބޭނެތީ އެމީހުންނަށް ރަންކިޔުމުގައި ބައިވެރިއެއް ނުވެވޭނެއެވެ. އެކަމާ ނީލަމް ކޮންމެވެސް ވަރަކަށް މާޔޫސް ވެއެވެ. ހުކުރު ވިލޭ ރެއެވެ. ހުދުކުލާގެ […]
ނީލަމްގެ އާއިލާއަށް ކައިވެނީގެ ޚަބަރު ލިބިފައިވީނަމަވެސް، އަދި ރާކިންގެ އާއިލާއަށް އެވާހަކަ އޮތީ ނޭނގިއެވެ. ނީލަމް ކެތްމަދުވެ އެވާހަކަ ރާކިންގެ އާއިލާގެ ގާތުގައި ބުނާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. އެއީ އެކައިވެންޏަށް އެއްވެސް ފަރާތަކުން ނުރުހޭނަމަ އެކަން ކުރަން ބޭނުން ނުވާތީއެވެ. އޭރުން ފަހުން ނިކުންނަ ނަތީޖާ މާ ހިތި ވާނެއެވެ. “މަންމަ ގާތުގަ ނީލަމްގެ ވާހަކަ ބުނީމަ ވަރަށް އުފަލުން ހުރީ. ބުނި މާލެ އައީމަ ދައްކާލަންވާނޭ” ރާކިން ހެވިފައި ވާހަކަދެއްކިއެވެ. “ރާކިންގެ މަންމަމެން ޤަބޫލު […]