Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..8

Queenquill Level 210 Stories100 Login
February 14, 2025 2 Mins Read
3 Comments

ނީލަމް ވަރަށް އަވަދިނެތި އުޅެން ޖެހުނު ދުވަސްކޮޅެކެވެ. މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން އައި ދުވަސްކޮޅުވީ އޮފީސް ނުހަނު ބިޒީ ދުވަސްކޮޅަކަށެވެ. އެހެނަސް ނީލަމް ގިނަ ވަގުތު މަންމައަށް ދޭން ބޭނުންވިއެވެ.

“މިހާރު ދަރިފުޅު ހާދަ އުފަލުންނޭ ތި ހުންނަނީ. މަންމަގެ ދުޢާ އަކީ އަބަދުވެސް ތިގޮތަށް އުފަލުގަ ދަރިފުޅު ހުރުން” ނީލަމްގެ މަންމައަށް، ނީލަމްއަށް އައި ބަދަލުތައް ރަނގަޅަށް ފާހަގަވެއެވެ.

“ރާކިން ވަރަށް ރަނގަޅު. ކުރިން އަހަރެން ޤަބޫލެއްވެސް ނުކުރަން އެހާ ރަނގަޅު މީހުން އުޅޭނެ ކަމަކަށް” ޖަވާބުގައި ނީލަމް ބުނެލިއެވެ.

ސްކްރީންއަށް ޓޯކެން ނަންބަރު އެރުމުން ނީލަމް މަންމަ ގޮވައިގެން ޑޮކްޓަރުގެ ކޮޓަރިއަށް ދިޔައެވެ.

ސްކޭންތަކުގެ ނަތީޖާ ދެއްކުމުން ޑޮކްޓަރު އެންގީ މަންމަ އޮޕްރޭޝަން ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ނީލަމް ދެން އެކަމަށް ވާންޖެހޭ ތައްޔާރީތަށް ވުމައިގެން އުޅެން ފެށިއެވެ.

“ދެން މަންމަ އޮޕްރޭޝަން ކުރުމުގެ ކުރިން އަހަރެން ބޭނުމޭ ބައްދަލުކޮށްލަން. ޕްލީޒް” ރާކިން ނީލަމްގެ އަތުގައި ހިފައި އާދޭސްކޮށްލިއެވެ. މަންމަ އައީންސުރެ މަންމައާ ބައްދަލުކޮށްދޭން ރާކިން އެދެއެވެ. ނީލަމް ލަދުން އަދި އެކަން ވާގޮތެއް ނުވެއެވެ.

“އެންމެ ރަނގަޅު. މިރޭ އާދޭ. އަހަރެން މަންމަ ކައިރީ ބުނާނަން ރާކިން އަންނާނެ ވާހަކަ” ނީލަމް އެންމެފަހުން އެއްބަސްވިއެވެ. ޙަޤީޤަތުގައި މަންމަވެސް ހުރީ ރާކިން ދެކިލުމަށް ކެތްމަދު ވެފައެވެ.

ހަވީރުގެ ފިނި ވަގުތުގައި ރާކިންއާއި ނީލަމް ތިބީ ސަލްޓަން ޕާކުގެ ހިތްގައިމު މާޙައުލުގައެވެ. ދެމީހުންވެސް ވީވަރަކުން ބައްދަލުވެ އެކަކު އަނެކަކަށް ވަގުތު ހުސްކުރެވޭތޯ ބަލައެވެ. އެކަމަކު ފަހުންވެސް އެހެން ވާނެބާއެވެ؟

ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ނީލަމްގެ މަންމަ ސުފުރާމަތި ތައްޔާރު ކުރަމުން ދިޔައެވެ. ހީވަނީ ކުޑަވަރެއްގެ ޕާޓީއެއް ހެނެވެ. ނީލަމްގެ ދައްތަވެސް މަންމަ އުޅޭ ގޮތުން ނީލަމްއާ ވަރަށް ދިމާކޮށްހެދިއެވެ.

“މަންމާ ތިހާވަރު ނުކޮށްބަލަ ދެން” ނީލަމް ބުނެލިއެވެ.

“ނޫނޭ ނޫނޭ މިރޭ އެދެމީހުން ކައިވެނިވެސް ކުރުވަންވާނެ” ނީލަމްގެ ދޮންތަ ޒާރާ ރައްދުގައި ހެމުން ބުންޏެވެ.

މަންމައާ ދޮންތަ ތިބީ އެއް މަހަށްދޭ އެޕާޓްމަަންޓެއް ކުއްޔަށް ހިފައިގެންނެވެ. މަންމަ ކިތައްމެ ބަލި ވިޔަސް ބައްޕަ އަޅާނުލާތީ، މިފަހަރުވެސް އައީ މަންމަ ގޮވައިގެން ދޮންތައެވެ. ދޮންތަ އުޅެނީ ރަށު ސުކޫލުގައެވެ.

އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލި އަޑަށް މަންމަ ދުވަމުންކަހަލަ ގޮތަކަށް އެދިމާލަށް ދިޔައެވެ.

“އަހަވަށް އާދޭ” މަންމަ ހިނިތުން ވެލައިގެން ހުރެ ރާކިންއަށް މަރުޙަބާ ކިއެވެ. ރާކިން އަތުގައި އޮތް މޭވާ ކޮތަޅު މަންމައަށް ދިއްކޮށްލަމުން ސޯފާގައި ހަމަޖެހިލިއެވެ.

“ދަރިފުޅު މިގެޔަށް ގެންނާށޭ ކިޔާތާ ކޮން ދުވަހެއް. އެކަމު ކީއް ކުރާނީ ނީލަމް ނޫޅުން ވިއްޔަ..”

“ދެން މަންމާ..” މަންމަގެ ވާހަކަ މެދު ކަނޑާލަމުން ނީލަމް ބުނެލީ ލަދުންނެވެ.

“މަންމާ އަޅުގަނޑުވެސް ވަރަށް ކިޔައިގެން މި ބައްދަލުވީ އެންމެ ފަހުން” ރާކިން ހިނިތުން ވެލިއެވެ. އޭރުވެސް މަންމަ އިނީ ރާކިންގެ ބުރަކަށީގައި ފިރުމާށެވެ. ހީވަނީ ދުވަސްތަކަކަށްފަހު އަމިއްލަ ދަރިޔަކު ފެނުނުހެންނެވެ.

“އުޅޭ އަވަހަށް ކާން” މަންމަ ކާތަކެތީގެ މަތި ނަގަން ފެށިއެވެ. އަދި ޖޫސް އަޅައިދީ ރާކިން ކާމޭޒު ދޮށުގައި ބޭންދިއެވެ.

“ހާދަ ސާމާނެއް ކައްކާލާފަ.” ރާކިން ކާތަކެއްޗަށް ބަލާލަމުން ބުނެލިއެވެ.

“ތީ ހަމަ ރާކިންއަށްޓަކާ މަންމަ ކައްކާފަ ހުރިހާ އެއްޗެހި” ޒާރާ ނީލަމްގެ އަތުގައި ވިކާލަމުން ބުންޏެވެ.

ޒާރާމެންވެސް ރާކިންއާ ބައިވެރިވެ ކާންފެށިއެވެ. އޭރުވެސް ނީލަމް ލަދުން އަގައިންވެސް ނުބުނެއެވެ. މަންމައާ ރާކިން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ.

މަންމަ ގާތުގައި ކައިވެންޏަަށް ތައްޔާރުވާ ވާހަކައާ، ކައިވެނިކޮށްގެން އުޅެން ގަސްތުކުރަނީ ދެމީހުން ވަކިން މާލޭގައި ކަމަށްވެސް ރާކިން ކިޔާދިނެވެ. އެހުރިހާ ވާހަކައަކަށް މަންމަ ވަރަށް ހިތްހަމަޖެހުނެވެ.

“އަދިވެސް އަންނަށްޗޭ. ނީލަމް ނުގެނަޔަސް ދެން އެނގޭނެއްނު މިގެއަށް އަންނަން” މަންމަ ރާކިންގެ އަތުގައި ފިރުމަމުން ބުންޏެވެ. ރާކިންވެސް އަދި އަންނާނަންކަމުގައި ބުނެ އެރެއަށް ވަކިވެލިއެވެ. ނީލަމް ދިޔައީ ރާކިންއާ އެކުގައެވެ.

“މަންމަ އަހަރެންދެކެ ވަރަށް ލޯބިވޭހެން ހީވަނީ” ރާކިން އުފަލުން ބުނެލިއެވެ.

“ޔަޤީނެއްނު” ނީލަމް ރާކިންއަށް ހިނިތުންވެލިއެވެ.

“ބައްޕަ ނާދޭދޯ މަންމަ ބަލިވިޔަސް” ރާކިން އަހަން ނާހަން ހުރެފައި އެއްސެވެ.

“އާން ކިޔާދިނީމެއްނު ބައްޕަގެ ވާހަކަ. އަހަރެން އެންމެ ދެރަވަނީ އަހަންނަށްވެސް އެހެން ވެދާނެތީ…މިހުރިހާ ކަމެއް ހިއްސާކޮށްފަ މެރީ ކުރާތަނުން ހުރިހާ ކަމެއް ބަދަލުވެދާނެތީ ހިތްބިރުގަނޭ” ނީލަމްގެ އަޑުންވެސް ހިތުގައިޖެހިފައިވާ މިންވަރު ދޭހަވެއެވެ.

“ޔަޤީންކުރޭ ނީލަމް. އަހަރެން ދުވަހަކުވެސް އެހެންނެއް ނުހަދާނަން. ވަރަށް ލޯބިން ނީލަމް ބަލާނަން. ތިއީ އަހަރެންގެ ހުރިހާވެސް އުފަލަކީ” ރާކިން ނީލަމްގެ އަތައް ފިތާލިއެވެ.

ނީލަމްގެ މަންމަ އޮޕްރޭޝަން ކޮށްގެން އުޅުނު ހުރިހާ ދުވަހަކުވެސް ރާކިން ހޮސްޕިޓަލުގައި އެތައް އިރަކު ހޭދަކުރިއެވެ. އަދި މަންމައަށް ގުޅައި ހާލު ބެލިއެވެ. އެހުރިހާ ސިފައަކުން މަންމަވެސް ރާކިންއާ ނުހަނު ގަޔާވެ ހިތުރުހުން ދީފިއެވެ.

މަންމަ ފުރަމުންވެސް ނީލަމް ރަނގަޅަށް ބެލުމަށް އެދުނެވެ. ރާކިން މަންމައަށް ދިނީ ފުރިހަމަ ޔަޤީންކަމެވެ. ނީލަމް އުފަލުގައި ގެންގުޅޭނަން ކަމުގައި ވަޢުދުވިއެވެ.

އަހަރު ވޭތުވެގެންދާ ގޮތްވެސް ނޭނގެއެވެ. ދެހިތަށްވެސް ކެތްމަދުވެ ތިބެވެނީ ކައިވެނި ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެއީ ނުހަނު އުފާވެރިކަން އިޙްސާސްކުރެވޭ އިންތިޒާރަކަށް ވެއްޖެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ޔުމްނާ

Next

ތިޔަ ލޯތްބަށް އެދެވޭތީ… 11

Next
February 14, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 11

Previews
February 14, 2025

ޔުމްނާ

3 Comments!

  1. Ghost girl 👻 says:
    February 15, 2025 at 2:09 am

    Yeyyyyyy me the first one vrhhh vrhh reethi Masha Allah 😍🔥 curiously waiting for the next part keep it up when’s the next part??? LYSM 🫶🏻😊

    1. Queenquill says:
      February 15, 2025 at 2:54 pm

      In sha Allah soon
      Thankooo for the support 🥹🥰❤️❤️‍🔥
      Lots of love❤️

  2. Ghost girl 👻 says:
    February 20, 2025 at 3:37 pm

    Yuuuuu when up kurani?….
    I’m waiting 😄

Comments are closed.



All Right Reserved!