Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ..5

Queenquill Level 210 Stories100 Login
February 6, 2025 3 Mins Read
2 Comments

ގާތްވަމުން ދިޔައީ އިމްތިޙާނުގެ ދުވަސްތައްކަމުން ނީލަމް އިތުރަށް ބިޒީވެގެން ދިޔައެވެ. ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރަންޖެހުމުން ނީލަމް އިމްތިޙާނާ ދިމާކޮށް ކުރު ޗުއްޓީއެއް ލިބޭތޯ ބެލިއެވެ. އެޗް.އާރުން ބުނީ 10 ވަރަކަށް ދުވަހުގެ ޗުއްޓީއެއް ހަމަޖެހިދާނެކަމަށެވެ. އެހެންކަމުން އަންނަ އާދީތަ ދުވަހުން ފެށިގެން ނީލަމް ޗުއްޓީ ހަމަޖެއްސިއެވެ. އެއީ އިމްތިހާނުގެ ކުރިޔަށް 5 ދުވަސް ލާފައެވެ. ކިޔެވުމަށް އެހާ ހާލުން މަސައްކަތް ކުރާއިރު، އެކުރާ މަސައްކަތާ އެއްވަރުގެ ރަނގަޅު ނަތީޖާއެއް ހޯދަން ނީލަމް ބޭނުންވެއެވެ. އެހެންނޫނީ ނީލަމް ވަރަށް ދެރަވާނެއެވެ. މިހާތަނަށް ކޯހުގެ ހުރިހާ މޮޑިއުލްއަކުން ފުރިހަމަ ކާމިޔާބީއެއް ހޯދަމުން އައި ނީލަމްގެ ޢަޒުމަކީ މިފަހަރުވެސް އެފަދަ ނަތީޖާއެއް ހާސިލުކުރުމެވެ. އަހަރުގެ ފަހު ސެމިސްޓާކަމުން އިމްތިހާނަށްފަހުގައި ދެން ލިބޭނީ އެއްމަސް ދުވަހުގެ ސެމިސްޓަރ ބްރޭކް އެކެވެ.

ސްޓަޑީ ބްރޭކް ހަފްތާކަމުން މިހާރު ނީލަމްއަށް ކުލާހަށްދާކަށް ނުޖެހެއެވެ. އެހެންކަމުން ނީލަމް އިނީ ގޭގައި ފިލާވަޅުތައް މުޠާލިޔާ ކުރާށެވެ. އޭރު އެނދުމަތީގައި ބެހެއްޓިފައިހުރި ތެލުލި ބަނބުކެޔޮ ތަށިން ފަހަރަކު ފޮށްޗެއް އަނގައަށް ލަމުން ދިޔައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެހެނަސް ފިލާވަޅު ދަސްކުރުމާ، އެސައިމެންޓުތައް ހެދުމަކީ ނީލަމް ވަރަށް ބަޑުހައިވާ ކަންކަމެވެ. އެހެންކަމުން އަބަދުވެސް އެކަހަލަ ވަގުތުތަކުގައި ކޮންމެވެސް އެއްޗެއް ކާލަން ބޭނުންވެއެވެ.

“ޕިސް،ޕިސް މިގޭގަ އުޅެނީ ކިޔަވާކުދިންކަން ނޭނގެނީތަ އަޅެ” ނީލަމްއާ ޖެހިގެން ހުރި އެނދުގައި އޮތް ރިފާ ބޯހިއްލައިލީ، ބޭރުން ބާރު ލަވައެއްގެ އަޑު އިވެން ފެށުމުންނެވެ. ރިފާވެސް ކިޔަވަން އިނދެފައި ދެންމެ ޖައްސާލީ ކުޑަކޮށް ނިދާލާށެވެ.

“ކީއް ކުރާނީ. އެވަރު ވިސްނޭނެތަ އެމީހުންނަށް” ނީލަމް ވަރަށް ދެރަވެލާފައި ބުންޏެވެ. މުހިންމު ފިލާވަޅުތައް ދަސްކުރަންހުއްޓައި އެހެންވުމުން ދެރަވާނެނޫންހެއްޔެވެ.

“އެކަމުދެން ނުވިސްނުނަސް ބޮޑުވަރު..އަހަރެންމިދަނީ ބުނަން” ރިފާއަށް ނީލަމް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެއެވެ. އެ ގެއަށް އައީންސުރެ ރިފާ ނީލަމްއަށް ވަރަށް ރަނގަޅެވެ. އަބަދުވެސް ހުރިހާ ކަމެއްގައި އެހީވެދޭ ހިތްހެޔޮ ރަޙުމަތްތެރިއަކަށް ވެއްޖެއެވެ. ރިފާ ގޮސް އަޑުމަޑުކުރަން ބުނުމުން އިރުކޮޅަކަށް ލަވަ ނިއްވާލިއެވެ. އެހެނަސް އޭގެ ކުޑަ އިރުކޮޅެއްފަހުން ހަމަ އެކަން ތަކުރާރުވާން ފެށިއެވެ. ނީލަމް ލެޕްޓޮޕް ބަހައްޓާފައި އެނދުގައި އޮށޯވެލީ ދެން އެކަމެއް ނުވާނެކަން އެނގުމުންނެވެ. އެވަގުތު ނީލަމްގެ ފޯނަށް މެސެޖެއް އައެވެ.

“ބިޒީތަ؟” ރާކިން އަހާލާފައި އޮތެވެ. ނީލަމް ޖަވާބުގައި ނޫނެކޭބުނެ ރިޕްލައި ކޮށްލިއެވެ. ވަގުތުން ރާކިން ގުޅާލިއެވެ. ހީވަނީ ލަސްވެފައި ހުރިހެނެވެ.

“ކޮބާ ކީއްކޮށަލަނީ؟” ނީލަމް ފޯނު ނެގުމުން ރާކިންގެ ހިތްގައިމު އަޑު އިވިގެން ދިޔައެވެ.

“މިދެން އޮތީ” ނީލަމްގެ ޖަވާބު ކުރެވެ.

“ހާދަ ފާޑަކަށް. ހުރިހާކަމެއްވެސް ރަނގަޅުތަ؟” ރާކިން ހާސްވެފައި އަހާލިއެވެ.

“ދެން ރަނގަޅު. މިއުޅޭ ގޭގެ ކަންތައްތައް ހުންނަ ގޮތުން. އެކަމުވެސް ރަނގަޅު ހަމަ” ނީލަމްގެ އަޑު ކުރެހުނެވެ.

“އެހެން ތަނަކަށް ބަދަލު ވާންވީނު؟” އިރުކޮޅަކަށްފަހު ރާކިން ބުންޏެވެ.

“ކޮންތަނެއް ވަކި ރަނގަޅީ. މިއީވެސް އަހަރެން ބަދަލުވި 4 ވަނަ ގެ މިގޮތަށް” ނީލަމް އޮޅުން ފިލުވައި ދިނެވެ.

ރާކިންގެ ގާތުގައި އެހާ ފަސޭހައިން އެވާހަކަތައް އެހެން ދެއްކުނު ސަބަބެއް ނީލަމްއަކަށް ނުވިސްނުނެވެ. އެ ޙާލަތާއި ވަގުތުގެ ގޮތުންކަމަށްވެސް ވެދާނެއެވެ. އެގޮތަށް އެކޯލުގައި އިރުތަކެއް ހޭދަވެގެން ދިޔައީ ދެމީހުންނަށްވެސް ރެއަކާނުލައެވެ.

ނިދިއައިސް އެސްފިޔަތަކުގައި ހިފާ ދަމަންފެށުމުން ނީލަމް ފޯނު ބޭއްވިއެވެ. އޭރު ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ހިތަށް ވެރިވެފައިވެއެވެ. ހީވަނީ ރާކިންގެ ހިތްހެޔޮކަމާ އޯގާތެރި ބަސްތަކަށް ނީލަމްގެ ހިތް ލެނބެނީހެނެވެ.

ރާކިންގެ ޙިޔާލުތަކުން މުޅި ސިކުނޑި ފުރާލާފިއެވެ. ރާކިން ބުނެފައިވާ ބަސްތަކާ ސަމާސާކޮށްލާ ގޮތް ހަނދާންވެ، ހިނިތުންވެލެވުނެވެ.

ރާކިންގެ ވެސް ހާލަކީ ހަމަ އެއީއެވެ. ނީލަމްގެ ހަނދާންތަކުގައި ރާކިން ހަމަ މޮޔަ ވަނީއެވެ. ނީލަމް ދެކެ ލޯބި ވެވިއްޖެކަމަށް ހިތް އަންގައިދެމުން ދިޔައީ ކީއްވެބާއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ރާކިން ދިޔައީ މާލޭގެ ބޭރު މަގުން ސައިކަލު ބުރެއް ޖަހާލުމުގެ ގަސްތުގައެވެ. ރާކިންގެ ޑިއުޓީ 2 ޖަހާއިރު ނިމޭތީ ދެންވަކި ކުރާނެ އިތުރުކަމެއް ނޯވެއެވެ. ރައްޓެހިންނާއި އެކުގައި ކޮފީތަކަށް ދިއުމާ ސައިކަލު ދުއްވާލަން ދިއުމަކީ ފޫހިވުމުން ކުރެވޭ ކަންކަމެވެ. އަދި ހުސްވަގުތުގައި ބައެއްފަހަރު ގޭމު ކުޅޭ ތަންތަނަށް ގޮސް ގޭމުގައި ހޭދަކުރެއެވެ.

ސައިކަލު މަޑުކޮށްލީ ފޯނަށް މީހަކު ގުޅާހެން ހީވުމުންނެވެ. ފޯނު ނަގައި ބަލާލި އިރު ގުޅަނީ ރާކިންގެ މަންމައެވެ. މަންމައާ ވާހަކަ ދައްކާލުމަށްފަހު މަގުމަތީގައި ކަމަށްބުނެ ފޯނުކޯލު ކުރުކޮށްލިއެވެ. އަނެއްކައިވެސް ސައިކަލު ދުއްވާލަން އުޅެފައި ހުއްޓާލެވުނެވެ. މިފަހަރު ހުއްޓީ ނީލަމް ފެނުންހެން ހީވެގެންނެވެ. އޭރު ކަންދިމާކުރި ގޮތުން ސައިކަލުގައި މަޑުކޮށްލެވުނީ ލޮނުޒިޔާރަތް ޕާކުގެ ކާރީގައެވެ. ދެންމެ އެ ޕާކުގެ ތެރެއަށް ނީލަމް ވަދެގެން ދިޔަހެން ހީވިއެވެ. ރާކިން ބޭނުންވީ ޔަޤީން ކުރާށެވެ. އެހެންކަމުން ސައިކު ޕާކަށް ޖަހާފައި، ރާކިންވެސް ޕާކަށް ވަދެފިއެވެ.

“ހެލޯ” ރާކިން ގުޅުމުން ނީލަމް ފޯނު ނެގިއެވެ.

“ހާދަ އެކަނިވެރިއޭ ދޯ” ރާކިންގެ ލާނެތް އަޑު ކަންފަތުގައި ޖެހުނެވެ.

“ނޫން، ކިހިނެއްވީ؟” ނީލަމް ޙައިރާންވެފައި އެއްސެވެ. އެވަގުތު ނީލަމް ސިހުނީ ރާކިން އައިސް ކުރިމަތީގައި ހުއްޓިލުމުންނެވެ.

“މިތާ އެކަނި ކޮން ކަމެއް. މީހެއްގެ އިންތިޒާރުގަ ދޯ؟” ރާކިން ނީލަމް އިށީންދެއިން ބެންޗުގެ އެއް ފަރާތުގައި އިށީންދެލިއެވެ.

“ބައެއް ފަހަރު ބޯހަމަޖައްސާލަން މިތަނަށް އަންނަމޭ. ގެ ކައިރިއޭނު މިއީ” ނީލަމް ބުންޏެވެ.

“އަހަރެންވެސް ފޫހިވެގެން މި ދުއްވަނީ ހަމަ، އެހެން ދަނިކޮށް ނީލަމް ފެނުންހެން ހީވެގެންނޭ މިއައީ” ރާކިން ބުނެދިނެވެ.

“އަހަރެން ފެނުނިއްޔާ އަންނަން ޖެހޭތަ ވަކި” ނީލަމް ހިނިތުންވެލަމުން މަޖާ ރާގަކަށް އަހާލިއެވެ.

“އާން އެހެން ނޫނީ ގެއްލިދާނު” ރާކިންގެ ޖަވާބު ސީދާކަމުން ނީލަމް ސިހިގެންދިޔައެވެ.

“ސާބަސް. އަބަދުވެސް ސަމާސާދޯ.” ނީލަމް ހީލަމުން ބުންޏެވެ.

އެގޮތުގައި އަމިއްލަ ވާހަކަތަކުގައި ވަގުތު ހޭދަވެގެން ދިޔަގޮތްވެސް ނޭނގެއެވެ. އިރު އޮއްސެންވުމުން ނީލަމް ތެދުވީ ގެއަށް ދާށެވެ.

“ގެޔަށް ލާދެންތަ؟” ރާކިން އަހާލިއެވެ. ގެ ވަރަށް ކައިރިއޭނުންހޭ ބުނެ ނީލަމް ހިނގައިގަތެވެ.

“ނީލަމް” ރާކިންގެ އަޑަށް ނީލަމް ހުއްޓިލިއެވެ.

“ޓެސްޓު ނިމުނީމަ އަހަންނާ ބައްދަލުވެވިދާނެތަ؟ އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ” ނީލަމްގެ ކުރިމަތީގައި ހުއްޓިލަމުން ރާކިން އެސުވާލުކޮށްލީ މީހާވެސް ފިނިވެފައި ހުރެއެވެ.

“ކޮން ވާހަކައެއްބާ. އިންތިޒާރުގަ ހުންނާނަން. އެކަމު މީހަކު ވާހަކައެއް ނުބުނެ ލަސްކުރުމަކީ އަހަންނަށް ވަރަށް އުނދަގޫވާކަމެއް” ނީލަމް ބުނެލިއެވެ.

“ދެން އެވާހަކަވެސް އެނގިދާނެތާ” އެހެން ބުނެފައި ރާކިންވެސް ސައިކަލާ ދިމާއަށް މިސްރާބުޖެހިއެވެ.

 

ނޯޓް: ވާހަކާގެ އަޕްޑޭޓުތައް ފޭސްބުކް ޕޭޖުގައި Tales of Heart Facebook page

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

އެ އަންހެން ކުއްޖާ

Next

އިންސާފް (ފަންސަތިރީސްވަނަ ބައި)

Next
February 6, 2025

އިންސާފް (ފަންސަތިރީސްވަނަ ބައި)

Previews
February 5, 2025

އެ އަންހެން ކުއްޖާ

2 Comments!

  1. cutie girl says:
    February 6, 2025 at 11:38 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    kon vaahaka eh bunan baa
    i appreciate your hard work

    1. Queenquill says:
      February 6, 2025 at 12:43 pm

      E vaahaka varah avahah engeyne.🤭
      Thankooo so much for the support. Lots of love❤️

Comments are closed.



All Right Reserved!