Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ…2

Queenquill Level 210 Stories100 Login
February 3, 2025 2 Mins Read
4 Comments

ނީލަމްގެ އެކުވެރި ނޫރާގެ ގާތުގައި ހުއްޓިލައިގެން ހުރީ ފޮޓޯ އަކަށެވެ. ނީލަމްއަށް ފާހަގަވީ ކަމަކީ، ފުޓޯގުރާފަރގެ އިތުރުން ނީލަމްގެ ފުޓޯ ފޯނުން ނަގަމުން ދިޔަ ރާކިން އެވެ. ރާކިން މާނޫންކަމަށް ހެދިގެންހުރެ ނީލަމްގެ ފުޓޯ ނަގަމުން ދިޔައެވެ. ބޭއިޚުތިޔާރުގައި ނަމަވެސް ނީލަމްގެ ތުންފަތްމަތީގައި ދުވެލީ ރަކި ހިނިތުންވުމެކެވެ.

“ނީލަމް..ނީލަމް…ރާކިން ހާދަވަރަކަށް އެބަ ފޮޓޯ ނަގައޭ. އަންގާވެސް ނުލާ ކަމެއްތަ؟” ނޫރާގެ އަލަތު ފިރިމީހާ ފައިޒަން އަކީ ނީލަމްއަށް އާމޫނެއް ނޫނެވެ.

“ނޫން..ދެންމެއަކު ދިމާވީވެސް. ކާކުތަ އެއީ؟” ނީލަމް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ.

“ރާކިން އެއީ އަހަންނަށްވެސް އަދި ނޭނގޭ މީހެއް” ނޫރާވެސް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. އޭރު ރާކިން އައިސް ފައިޒަންގެ ގާތުގައި ހުއްޓިއްޖެއެވެ. ފޮޓޯ ނަގަންފެށުމުން ނީލަމް އެއްފަރާތަކަށް ޖެހިލަން އުޅުނެވެ.

“ނީލަމްވެސް ހުރެބަލަ. އެންމެން އެއްކޮށް ފޮޓޮއެއް ނަގަން” ފައިޒަން ނުލަފާގޮތަކަށް ހީލަމުން ނީލަމް ހުއްޓުވިއެވެ. ރާކިންވެސް ނީލަމްއަށް ބަލައިލީ ހިނިތުމެއް ހަދިޔާކުރަމުންނެވެ.

“މިއީ ރާކިން. އަހަންނާ އެއް އޮފީހެއްގަ ދެ އަހަރު އުޅުން އަހަރެންގެ ގާތް ރައްޓެއްސެއް. ސަރުކާރުން ލިބުނު ސްކޮލަރޝިޕްއެއްގަ ތިން އަހަރު މެލޭޝިޔާގަ ކިޔަވަންހުރެފަ، މިހާރު އެއައީ ކޯސް ނިމިގެން” ފައިޒަން ނޫރާއަށާއި ނީލަމްއަށް ރާކިން ތަޢާރަފުކޮށްދިނެވެ. ރާކިން ނޫރާއަށް މަރުޙަބާ ކިޔެވެ.

“ދެން ދޭބަލަ ތިހެން ނުތިބެ އެއްޗެއް ކާލަން ދެކުދިންވެސް” ނޫރާ ވާހަކަ ބަދަލުކޮށްލިއެވެ. ނީލަމް މަޑުމަޑު މޭޒުތަކާ ދިމާއަށް ހިނގައިގަތުމުން ރާކިންވެސް ފަހަތުން ދިޔައެވެ. ކާއެއްޗެހި އަޅާނިމިގެން ނީލަމް އިށީދެއިން މޭޒުދޮށުގައި ރާކިން އިށީނީ ނީލަމްގެ ހުއްދަ ހޯދުމަށްފަހުއެވެ. ޙަފްލާގައި ދެމީހުންވެސް އެކުވެރި އިތުރު ބަޔަކު ނެތުމުން ނީލަމް ނިންމީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

“ނީލަމް މާލެތަ؟” ދެމީހުންގެ ދެމެދުގައިއޮތް ހަމަހިމޭންކަން ނަގާލީ ރާކިންއެވެ.

“ނޫން. ކިޔަވަން މާލެ އައީ މިއީ ޑިގްރީގެ ދެވަނަ އަހަރު” ނީލަމް އޮޅުންފިލުވައި ދިނެވެ.

“އަހަރެންމީ ރައްޓެއްސެއް ކަމަށް ބެލިދާނެތަ؟” ރާކިން ދިޔައީ ސީދާ ސުވާލަށެވެ.

“މައްސަލައެއް ނެތް” ނީލަމް ހީލިއެވެ. ރާކިންގެ މޫނަށް ބަލައިލަމުންނެވެ. ވަރަށް ފުރިހަމަ ސޫރައެކެވެ. ބުޅި އިސްތަށިގަނޑު އޮތީ ރީތިވަރަކަށް ކޮށާލާފައެވެ. ދޮން އޮމާން ހަންގަނޑެކެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. އެހެނަސް ސިފަޔަށްވުރެ މުހިންމީ ޢަމަލާއި އަޚްލާޤެވެ.

“9800811، މިއީ އަހަރެންގެ ނަންބަރު ނޯޓު ކޮށްލާފަ މިސްކޯލެއް ޖަހާލަބަލަ” ރާކިން ޖީބުން ފޯނުނަގަމުން ބުނެލިއެވެ. ރާކިން އެދުނުފަދައިން ނީލަމް ރާކިންގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

” ޢައްސަލާމް ޢަލައިކުމް! މޯލްޑިވްސް ޕޮލިސް ސާރވީސް.” ރާކިން ފޯނު ނަގަފައި އެހެންބުނުމުން ނީލަމްއަށް ހެވެންފެށުނެވެ. ނީލަމްއަކީ އެކަހަލަ ސަމާސާއަށް ނުހަނު ފޯރިހުންނަ ކުއްޖެކެވެ.

އެ ކައިވެނި ޙަފްލާ ނިމިގެންދިޔައިރު އެދެމީހުން ގާތް އެކުވެރިންނަށްވުން ތަޤުދީރުގައި މާކުރިންވަނީ ހަމަޖެހިފައެވެ.

ވަރަށް ވިއްސާރަ ރެއެކެވެ. މާލޭ މަގުތަކުގައި އޮތީ ފެންބޮޑުވެފައެވެ. ނީލަމް ކޮލެޖު ނިމިގެން ޓެކްސީއެއް ލިބޭތޯ ކުރަމުންދިޔަ މަސައްކަތުގައި އަލިމަގެއް ނެތެވެ. ނަގައިގެންހުރި ކުޑައިން މީހާ ހިޔާވަނީ ހަމަ ނަމަކަށެވެ. ކުއްލިއަކަށް ނީލަމް ސިހިގެން ދިޔައީ ދާދި ގާތުން އިވުނު ބަރުގަނުގެ އަޑަށެވެ.

“ހޭއި..މިތާ ކިހިނެއްވެފަ މިއޮށް ވިއްސާރާގަ؟” އެއީ ރާކިން ނޫން ދެވަނަ މީހެއް ނޫނެވެ.

“ޓެކްސީއެއް ނުލިބިގެން މިހުރީ. ކޮލެޖް ނިމުންއިރު ވާރޭ ވެހޭ” ނީލަމް އެއްފަރާތަކަށްޖެހިލަމުން ހާމަކޮށްދިނެވެ.

“މި މާލޭން ޓެކްސީއަކަށްވުރެ ފަސޭހައިން ލިބޭނެ އިންނާނެ މީހެއްވެސް” ސަކަ ގޮތަކަށް ހޭންފަށަމުން ރާކިން އިއްވާލި ވާހަކައިން ނީލަމްއަށްވެސް ހެވުނެވެ.

“އަރާބަލަ..ވަރަށް އަމާނާތްތެރިކަމާއެކު ގެއަށް ގެންގޮސްދޭނަން” ރާކިން ހިތްހެޔޮކަމާއި އެކު އެހެން ބުނި ނަމަވެސް، ނީލަމް އެ ސައިކަލުގެ ފަހަތަށް އެރީ ޖެހިލުންވެހުރެ އެހެންގޮތެއް ނެތުމުންނެވެ.

ނީލަމް ބުނި އެޑްރެސްގެ ކައިރިޔަށް ރާކިން ސައިކަލު މަޑުކޮށްލިއެވެ.

“ތޭންކްސް ވަރަށް ބޮޑަށް. ކެއުމެއް ދޭނަން ތިކޮށްދިން ކަންތަކަށް” ސަމާސާ ރާގެއްގައި ނީލަމް ބުނެލީ ސައިކަލުން ފައިބާފައެވެ.

“ކެއުމެއް ދުލެއް ނުކޮށްލާނަން. މި ހުކުރު ދުވަހުގެ ރޭ އަހަރެން ހުންނާނަން އިންތިޒާރުގަ” ރާކިން އަމިއްލައަށް ދުވަސް ހަމަޖައްސާލުމުންވެސް ނީލަމްއާ ބައްދަލުވުމަށް އޭނާގެ ހިތުގައި އޮތް ޝައުޤު އެނގުނެވެ.

“މައްސަލައެއް ނެތް” ނީލަމް އަނެއްކާވެސް ރާކިންއަށް ޝުކުރު އަދާކޮށްފައި ގެއަށް ވަނުމަށް ހިނގައިގަތެވެ. ނީލަމް ގެއަށް ވަނުމުން ރާކިންވެސް ދިޔައީ ގެއަށެވެ.

ނިދި މުޅިން ރާކިންގެ ދެލޮލާ ވަކިވެ ކުރެވެނީ ނީލަމްގެ ހަނދާނެވެ. ފުރަތަމަ ނަޒަރުން ލޯބިވުން އެއީ ރާކިން ޤަބޫލުކުރިވެސް ކަމެއް ނޫނެވެ. އެކަމަކު ރާކިންގެ ހިތަށް މިވަނީ ނޭނގޭ ކަހަލަ އިޙްސާސްތަކެކެވެ. އުފާވެރި އުއްމީދުތަކެއްގެ ފެށުންހެން ހީވެއެވެ.

 

ނޯޓު:އަޅުގަނޑުގެ ވާހަކަތަކުގެ އަޕްޑޭޓް ފޭސްބުކް ޕޭޖް: Tales of Heart ގައި

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ބަދަލު

Next

އިރު އޮއްސެމުން ދާއިރު….

Next
February 3, 2025

އިރު އޮއްސެމުން ދާއިރު….

Previews
February 3, 2025

ބަދަލު

4 Comments!

  1. cutie girl says:
    February 3, 2025 at 11:50 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    dhen kinehbaa vaani
    i appreciate your hard work

    1. Queenquill says:
      February 3, 2025 at 12:02 pm

      Thankooo so much for the support. Lots of love🥹❤️

  2. Ghost girl 👻 says:
    February 3, 2025 at 1:01 pm

    Masha Allah 😘 vrh salhi mi part ves when’s next curiously waiting for the next part 😍

    1. Queenquill says:
      February 3, 2025 at 6:13 pm

      Thankoooo 🥹❤️
      In sha Allah very soon just wait a little bit, working on next part now.

Comments are closed.



All Right Reserved!