އެޔާއެކު ގަސްގަނޑުގެ ތެރެއިން އަޔާޝް ނުކުމެފައި އީޝާގެ ގައިގައި ބައްދާލުމުން ބާކީ ތިބި ދެކުދިން ރުޅިމޫނު ހަދާލިއެވެ.”ޕިސް ޕިސް.ބަ* އެއްނު.އަޔާޝް އާއި ހެދި އަހަރެމެންނަށް އިޝް ގޮވައިގެން ފިޔަވެޅެއްވެސް އެޅޭ ކަމަކަށް ނުވޭ.އަހަރެމެންގެ ޅިޔަނަށް ވީފަހުން އަބަދު އީޝް ފަހަތުން އުޅޭނީ.24 ގަޑިއިރު ވިޔަސް އެ ގެއިން ވެސް ނުނުކުމޭ” ލިޝްކާ އިންތަނުން ތެދުވެ ކުދިކިޔައިގަތެވެ.”ދެން ލިޝް.އައި ލަވް ހަރ އަ ލޮޓް. 24 ގަޑިއިރުވެސް މަށަށް މަދު އީޝް ކައިރީ ހުންނަން”އަޔާޝް އެ ހުރިގޮތައް ހުރެ […]
ޖެހިގެން އައި ދުވަހަކީ ހޮނިހިރު ދުވަސް ނަމަވެސް މައުވާ ސްކޫލަށް ދާން ޖެހުނެވެ.އޭނާއަކީ ރަށު ސްކޫލް ގްރޭޑް އެގާރައިގައި ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.އެހެންކަމުން ބައެއް ހަފްތާ ބަންދުތަކުގައި ވެސް އެކްސްޓްރާ ކްލާސްތަކަށް ދިއުމަށްޓަކައި ސްކޫލަށް ހާޒިރުވާންޖެހެއެވެ. ހެނދުނު 9 އަކުން ފެށިގެން މެންދުރު 12 ޖަހަންދެން އެކްސްޓްރާ ގަޑިތައް ކުރިޔަށް ދިޔައިރު މައުވާ ކްލާހުގައި އިންއިރު އިނީ ފޫހިވެގެން ހަލާކުވާވަރުވެފައެވެ.މުދައްރިސު ބޯޑު ކުރިމަތީ ހުރެ ކިޔައިދެމުންދާ އެއްޗެއް އޭނާގެ ސިކުނޑިޔަށް ވަންނަހެނެއް ހިޔެއް ނުވެއެވެ.ކޮންމެއަކަސް […]
2022 ވަނަ އަހަރުގެ ފަހުކޮޅެވެ.16 އަހަރުގެ މައުވާ ހުރީ މާލޭގެ ތަނަވަސް އެޕާޓްމެންޓެއްގެ ބެލްކަނީގައެވެ.މައުވާ މާލެ އައީ އޭނާގެ ދަތެއް ފަނިކައިގެން ލައިވެންދޫއިން އެ ކަމަށް އެކަށީގެންވާ ފަރުވާ އެވަގުތު ލިބެން ނެތުމުންނެވެ. ކުލިނިކަށް ގޮއްސަ އައިސް މައުވާ އިނީ ރަށަށް ދެވޭލެއް ލަސްވުމުން މާޔޫސްވެފައެވެ.މާލޭގެ ހަލަބޮލި މާހައުލަކީ އޭނާ އެއްވެސް ވަރަކަށް ގަޔާވާ ތަނެއް ނޫނެވެ.މިއަދު ޑޮކްޓަރަށް ދެއްކުމުން އެންގީ ރޫޓު ކެނަލް ހެދުމަށްޓަކައި އަދި 5 ވަރަކަށް ދުވަސް މަޑުކުރަން ޖެހޭކަމަށެވެ.ހިތާ ދެކޮޅަށް ނަމަވެސް […]
ރޭގަނޑުގެ ވަގުތެވެ.އަނދިރި މަގުތަކުން ހިނގާފައި ދިޔަ މައުވާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ.އަޅައިގެން ހުރި ކަޅުކުލައިގެ ވަށް ބުރުގާގެ ދަށުން ކަންފަތައް އެއަރޕޮޑްސް ޖަހައިގެން ހުރެ ގެޔާއި ދިމާލަށް ހިނގަމުން ދިޔައިރު ހަނދުވަރުގެ އަލީގައި ބިންމަތިން އޭނާގެ ދިގު ހިޔަނި ފެންނަމުން ދިޔައެވެ. ކުއްލިޔަކަށް އައި ނައި ތަނެެއް ނޭނގި ފަހަތުން މީހަކު އައިސް މައުވާގެ އަނގަމަތީގައި އަތް އެޅިއެވެ.އަތުގެ ނާރުތައް އަރާފައި ހުރުމުން އެއީ ފިރިހެނެއްކަން އިނގެއެވެ.ނަމަވެސް ބޮލާއި މޫނުމަތި ކަޅުކުލައިގެ ހޫޑީ އާއި މާސްކުން ނިވާކޮށްފައި […]
“އޯ ގޯޑް މަލާ.ބަލަ އަހަންނަށް ހަމައެކަނި ހެދުނު މިސްޓޭކަކީ ޕްރިފެކްޓް އިންތަނަށް ޕަރފެކްޓްއޭ ކިޔުން.އެނޫން އެހެން ހުރިހާ ތަނެއް ހަމަ ރަނގަޅަށް ކީ.ދެން އަމްނާ އިޒް ނޮޓް ހިއަރ އޭޒް ޝީ ވެންޓް ޓު މާލެ މިއަދު”އީޝާކްގެ ޖަވާބު އިވިފައި މަލާއިން ރަކިވިއެވެ.”ހެހެހެ.އެހެންތަ.ތީ އަދި މަށަށް ނޭނގޭ ކަމެއް.ދެން ރަނގަޅުތާ ދޯ ތިކަން ނިންމާލެވިއްޖެ ވިއްޔާ.ހޮވޭނެހެން ހީވޭތަ؟”މަލާއިން ގަނޑުަތައް ކަނޑަމުން ބުންޏެވެ.”އޮފްސީ މަލާ.ޔުއަރ ބެސްޓީ ޔަޤީނުންވެސް ހޮވޭނެއެއްނު”ސާޝާ ފޮނިވެލަމުން ގަތާފައި އޮތް އިސްތަށިގަނޑު ގެނެސް ކުރިޔަށް ވައްޓާލަމުން […]
ކާހިތްވެސް ކެނޑިފައިވުމުން އަހަރެން ގެޔަށްވަދެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހީ ނިދާލަން ބޭނުންވުމުންނެވެ.ނަމަަވެސް ކޮޓަރިއާއި ގާތްވީ ވަރަކަށް އެތެރެއިން އަޑުތަކެއް އިވެމުން ދިޔުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.އައިރާ އާއި އިރާ އެތިބީ ބޭރު އުނދޯލީގައެވެ.ސާޝް މިވަގުތު އޮންނާނީ ރަނގަޅަކަށް ވިއްޔާ ނިދާފައެވެ.ވީ އިރު އަހަރެންގެ ކޮޓަރީގައި އޮންނާނީ އީޝާކް އެކަންޏެވެ.އެހެންވީއިރު ދެން އެ އިވެނީ ކޮން އަޑެއް ހެއްޔެވެ.މިފަދަ ޙިޔާލުތަކެއްގައި ހުރެ ގޮސް ކޮޓަރިޔަށް ވަދެ ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން އަހަރެންގެ ހެޔަށް ގޮތެއް ނުވީ […]
ވާހަކައިގެ ކުރިޔަށް ހުރި ބައިތައް އަދިވެސް ލިޔަމުން ގެންދާތީވެ ކިޔުންތެރިންނާއި ހިސާބަށް ގެނެސްދިނުން ފުދޭވަރަކަށް ލަސްވުން އެކަށީގެންވެއެވެ.އެހެންކަމުން މިއީ ވާހަކައިގެ ކުރިޔަށް އޮތް ބައިތަކުގެ ޓްރެއިލަރ އެއްގެ ގޮތުގައި ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދެވޭ ވާހަކައިގެ މުހިއްމު ބައިތަކުގެ އަލިއަޅުވާލުމެކެވެ. “މިބުނީނު އަހަރެން ދުވަހަކުވެސް ކަލެޔާއި ހެދި ނޫޅޭނަމޭ! ދާން އުޅޭ މިތަނުން” “ޖަސްޓް ޔޫ ވެއިޓް ޔޫ ** އައި ވިލް މޭކް ޔޫ މައިން އޮން އެނަދާ ނައިޓް ލައިކް ދިސް”އޭނާ މަތި ބަލާލަމުން ތަންކޮޅެއް […]
އެސެމްބްލީ އަށްފަހު ގަޑިއަކާއި ޖެހި ގަޑިއެއް ނިމެމުން ގޮސް ފަހު ގަޑިއާއި ޖެހުނެވެ.އެންމެ ފަހު 35 މިނުުޓު ނިމުމުން ސަފުތައް ހައްދައިގެން ގްރޭޑް 6،7 ގެ ދަރިވަރުން ފިޔަވައި ބާކީ ތިބި ދަރިވަރުން ތިބީ ސްކޫލް ގޯތިތެރެއަށް ނެރެފައެވެ.އެވަގުތުކޮޅުވެސް އަލްޔާން، ނުހާ އަދި އުލާ އުޅުނީ ސަކަރާތް ޖެހުމުގައެވެ.އަހަންނަކީ އާއްމުކޮށް ‘އިންޓްރޮވާޓް’ ސްޓައިލަށް އުޅޭ މީހެކެވެ.މަޑުމައިތިރި މިޒާޖެއްގެ ވެރިއަކަށް ވެފައި ‘ސޯޝަލް ޕްރޮބްލަމްސް’ ހުރުމުގެ ސަބަބުން ރައްޓެހިންނާއި އެކު ގުޅުން ބަދަހިކޮށް މަޖާ ކުރުމަކީ އަހަންނަށް ކުރުން […]
ފަތިހުގެ ހިތްގައިމު ވަގުތެވެ.އުޑުމަތީގައި ވީ ރޭގަނޑުގެ ކަޅު ސާލު ގެއްލި ނޫކުލަ ފާއްދާލައި މަޑުމަޑުން އަލިވިލެން ފެށިއެވެ.އެއިރު އަރައިގެން އައި އިރާ އެކު ރަށުތެރެއަށް ވަނީ އަވިދޭން ފަށާފައެވެ. އެވަގުތު ފަތިސް ގަޑީ މޫދައް އެރޭ މީހުންނާއި ކަސްރަތައް ނުކުމެ އުޅުނު މީހުން އެ މަންޒަރު ދެކިލުމަށްޓަކައި ތުނޑިއާއި ވީ ދިމާލުގައި އުޅުނެވެ.އެ ދެކަމުން ކަމެއް ކޮށްނޫޅުނަސް އޭގެ ތެރޭގައި އަހަރެންވެސް ހިމެނެއެވެ.ތުނޑިމަތީގައި ޖަހާފައި ތިބި ހިލަތަކުގެ ތެރެއިން ހިލައެއްގެ މަތީ އިށީނދެގެން މޫދާއި ދިމާލަށް ނަޒަރު […]