Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އިހުސާސްތަކޭމީ 2

-----queen----- Level 1
February 25, 2024 3 Mins Read
2 Comments

2022 ވަނަ އަހަރުގެ ފަހުކޮޅެވެ.16 އަހަރުގެ މައުވާ ހުރީ މާލޭގެ ތަނަވަސް އެޕާޓްމެންޓެއްގެ ބެލްކަނީގައެވެ.މައުވާ މާލެ އައީ އޭނާގެ ދަތެއް ފަނިކައިގެން ލައިވެންދޫއިން އެ ކަމަށް އެކަށީގެންވާ ފަރުވާ އެވަގުތު ލިބެން ނެތުމުންނެވެ.

ކުލިނިކަށް ގޮއްސަ އައިސް މައުވާ އިނީ ރަށަށް ދެވޭލެއް ލަސްވުމުން މާޔޫސްވެފައެވެ.މާލޭގެ ހަލަބޮލި މާހައުލަކީ އޭނާ އެއްވެސް ވަރަކަށް ގަޔާވާ ތަނެއް ނޫނެވެ.މިއަދު ޑޮކްޓަރަށް ދެއްކުމުން އެންގީ ރޫޓު ކެނަލް ހެދުމަށްޓަކައި އަދި 5 ވަރަކަށް ދުވަސް މަޑުކުރަން ޖެހޭކަމަށެވެ.ހިތާ ދެކޮޅަށް ނަމަވެސް މައުވާ އެކަމަށް އެއްބަސް ވެގެން އެއިނީ ދަތުގައި އަޅާ ވޭނަށް ކެތްނުވެގެންނެވެ.ކުރިޔަށް އޮތީ އޯލެވެލް އިމްތިހާނު ކަމަށް ވީތީ މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައިގެން ނޫނީ ރަށަށް ނުދާންވެގެންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އާއަހަރު ފެށޭ ދުވަސްް ޖެހުނު އިރުވެސް މައުވާއަށް ރަށަށް އާދެވޭ ގޮތެއް ނުވިއެވެ.އެންމެން އާއަހަރުގެ ތައްޔާރީތައް ވަމުން ދިޔައިރު މައުވާ އިނީ ފޯނުން އިންސްޓަގްރާމަށް ވަދެ ރަށުގައި ތިބި އޭނާގެ ރައްޓެހިންނާއި ޗެޓު ކުރުމުގައެވެ.

އެދުވަސްކޮޅު އެއީ އޭނާ އަލަށް ސޯޝަލް މީޑިޔާ އެޕްލިކޭޝަންތައް ބޭނުން ކުރަން ފެށި ދުވަސްވަރު ކަމަށް ވީތީ މައުވާއަށް އޭގައި ނުރައްކަލެއް އޮވެދާނެ ކަމަކަށް ނުވިސްނެއެެވެ.ކުޑައިރުއްސުރެ ފެށިގެން އަދާއި ހަމަޔަށް ވެސް މައުވާ އަކީ މައިންބަފައިންގެ ލޯ ކުރިމަތިން ދުރަށް ނުގޮސް ޝާހިދާމެން ގެއިން ބޭރަށް ނުނެރެ ބޮޑުކުރި ކުއްޖެކެވެ.ކުޑައިރު މާމަމެން ގޭގައި ދިރިއުޅުނު އިރު އޭނާ އަށް ހަމައެކަނި ބޭރަށް ނުކުމެލުމުގެ ހުއްދަ ލިބެނީ އެގޭ ކުރިމައްޗައް ހުންނަ ގޭގައި އުޅޭ އޭނާގެ ކުޑައިރުގެ އެންމެ ގާތް ރަޙުމަތްތެރިންގެ ގާތައް ޒިޔާރާތް ކުރުމަށެވެ.ނަމަވެސް ޝާހިދާގެ އެދުމުގެ މަތިން އެކުދިންގެ މަންމަވެސް އެކުދިން ކުޅެން ގިނަފަހަރު ފޮނުވަނީ މައުވާގެ ގާތައް އެ ގެޔަށެވެ.އަދި ނުވީތާކަށް މައުވާއަށް އޭރު ޓެބްލެޓެއް ދީފައި އޮތް ނަމަވެސް އެއްވެސް ސޯޝަަލް މީޑިޔާ އެޕެއް ބޭނުން ކުރުމުގެ ހުއްދަ އޭނާއަކަށް ނުލިބެއެވެ.

މައުވާގެ އުމުރުން 13 އަހަރުގައި ރައްޓެއްސެއްގެ އެދުމުގެ މަތިން އޭނާ އިންސްޓަގްރާމް އެކައުންޓެއް ހުޅުވިއެވެ.ނަމަވެސް އެކަން ޝަޔާންއަށް އެނގުމާއިއެކު އޭނާ ވަގުތުން ޝާހިދާއަށް އެކަން އެންގީ ކުލާސް ކުދިންވެސް އެގެޔަށް ގްރޫޕް މަސައްކަތެއް ނިންމަން އައިސް ތިބި ގަޑިއެއްގައެވެ.ދެވަނަ ވިސްނުމަކަށް ނުގޮސް ޝާހިދާ އެ އެންމެން ކުރިމަތީގައި މައުވާއާއި ދިމާލަށް ހަޅޭއްލަވައި އޭނާގެ ކޯތާފަތްމަތީގައި ޖެހިއެވެ.އަދި ވަގުތުން ވަގުތައް އެ އެކައުންޓް ޝަޔާން ލައްވައި ޑިލީޓް ކުރުމަށްފަހު މައުވާގެ އަތުން ފޯނާއި ޓެބްލެޓް އަތުލައި ފޮރުވިއެވެ.އެފަހުން އޭނާއަށް އެ ފަދަ އެއްޗެއް އަލުން ބޭނުންކުރަން ލިބުނީ އެއަހަރު މާލޭގައި ބޭއްވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތައް މައުވާ އެކަނި މާލެ ދިޔައިރުއެވެ. 

އެއިރު ޝާހިދާއާއި މިއުވާނަށް ނުވިސްނުނީ ރައްކާތެރިކަންމަތީ މައުވާ ބަލައި ބޮޑުކުރުމުގެ ގޮތުން އެކުއްޖާ ގޭގެ ހަތަރުފާރުން ބޭރަށް ނުނެެރެ އޭނާއާއި ދޭތެރޭ ބެހެއްޓުނު ހަރުކަށިކަމުގެ ސަބަބުން މައުވާގެ މިނިވަންކަން ނިއުޅައިގަނެވި މައުވާއަށް ދުނިޔެ ދަސްވެފައިނުވާކަމެވެ.ނަތީޖާއެއްގެ ގޮތުން މައުވާގެ ޅަ ސިކުނޑިއާއިއެކު އޭނާއަށް ޖެހުނީ އެފަދަ ކަންތައްތައް އަމިއްލަ އަށް ތަޖުރިބާ ކުރާށެވެ.

ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމުން ފިނި ވައި ޖެހެމުން ދިޔައެވެ.މައުވާ ވެސް ފިނިވުމުން ބެލްކަނީގައި މާ ގިނައިރު މަޑުނުކޮށް އެތެރެއަށް ވަނެވެ.ބެލްކަނީގެ ދޮރު ލެއްޕުމާއެކު އިވިގެން ދިޔައީ ސޯފާ މަތީ އޮތް އޭނާގެ ފޯނު ވައިބްރޭޓްވި އަޑެވެ.އިންސްޓަގްރާމް ހުޅުވާލުމާއެކު ފުލުފުލުގައި އައިސްފައި ހުރި އިޔާންގެ މެސެޖުތައް ފެނުމާއެކު މައުވާއަށް ހިނިތުންވެވުނެވެ.އިޔާންއަކީ މައުވާގެ ބިޓެވެ.މައުވާއާއި އިޔާން ދިމާވީ އިންސްޓަގްރާމުންނެވެ.އެއް އުމުރެއްގެ ދެކުދިންނަށް ވުމުން ފަސޭހައިން އެކުވެރިވެވި މަހެއްހާ ދުވަސްވުމުން އެ ގުޅުން ލޯތްބައް ބަދަލުވިއެވެ.ފުރަތަމަ ލޯބި ހުށަހެޅީ އިޔާންއެވެ.އެ ދުވަހު މައުވާ ވަރަށް އުފާވިިއެވެ.އެންމެ ފުރަތަމަ ދުވަހުވެސް އިޔާންގެ ފޮޓޯ ފެނުމުން މައުވާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނެވެ.ދޮން ހަންގަނޑެއް ލިބިފައިވާއިރު ދިގު އިސްކޮޅަކާއި ކަޅުކަންގަދަ ދެލޮލުގެ ވެރި އިޔާން ވެގެން ދިޔައީ އޭނާގެ ސިފަޔާއި އެއްވަރަށް ހިތްހެޔޮ އެހާމެ ސަކަ މިޒާޖެއްގެ ކުއްޖަކަށެވެ.އެހެންކަމުން މައުވާއަށް އިތުރަށް އިޔާންއާއި ގަޔާވެވުނެވެ.ނަމަވެސް އެކަން ހާމަކުރަން ނުކެރުނީ މީގެ ކުރިންވެސް އޭނާގެ ލޯބީގައި ބަޔަކު ކޮޅުފައިން ޖަހާފައި ވާތީއެވެ.އަދި އިޔާން އެޔާއި މެދު ދެކޭނޭގޮތެއް ނޭނގޭތީއާއި އެ ދެމީހުންގެ އެކުވެރިކަން ގެއްލިދާނެ ކަމުގެ ބިރަށްޓަކައެވެ.

ދުވަސްތައް މެދުުކެނޑުމެއްނެތި ފާއިތުވަމުން ދިޔައިރު މައުވާ އޭނާގެ އިހުސާސްތައް ފޮރުވައިގެން ހުއްޓާ ހީވެސް ނުކުރާ ފަދަ ގޮތަކަށް އިޔާން އޭނާއަށް ލޯބި ހުށަހެޅިއެވެ.ދެވަނަ ވިސްނުމަކަށް ނުގޮސް މައުވާ އިޔާންގެ ހުށަހެޅުން ޤަބޫލުކުރި ނަމަވެސް އިޔާން އޭނާގެ ގާތުން އެދުނީ އެ ދެމީހުންގެ ގުޅުން އިހަށް ސިއްރުކޮށްގެން އުޅުމަށެވެ.މައުވާވެސް އެކަމަށް އެއްބަސްވީ އެއީ ޙުދު އޭނާވެސް ބޭނުންވާ ގޮތް ކަމަށް ވާތީއެެވެ.ޝާހިދާމެން ނުޤަބޫލުވާނެކަން އޭނާއަށް އިނގޭތިއެވެ.މެސެޖުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި މައުވާ އިޔާންއަށް ގުޅިއެވެ.އެންމެ ރިންގަކުން އިޔާން ފޯނު ނެގުމުން މައުވާ އުފާވިއެވެ.

“ލޯބީ.އައި ހޭވް ބީން ޓެކްސްޓިންގް ފޯރ ސޯ ލޯންގް.ކަމެއް ވީތަ؟’” މައުވާގެ ކަންފަތުގައި ޖެހުނީ އިޔާންގެ ކަންބޮޑުވެެފައިވާ އަޑެވެެ.”ހަހަހަހަ.ނޫނޭ.މައު މިހިރީ މިތާ ބޭރު ބަލަހައްޓައިގެން ބެލްކަނީގަ.ފޯނު އޮތީ ސޯފާގަ.އެހެންވީމަ ނޭނގުނީ ޔާން ގުޅިކަމެއް” މައުވާ އޮޅުންފިލުވާދިނެވެ.އިޔާން އެހެންހެއްޔޭ ބުނުމުން ދެން އެ ދެމެދުގައި ދެކެވުނީ އެކަކު އަނެކަކުގެ ދުވަސް ހޭދަވެގެން ދިޔަ ގޮތުގެ ވާހަކައެވެ.ބައި ގަޑިއިރެއްްހާއިރު ވާހަކަ ދައްކަން ތިބުމަށްފަހު ދެކުދިންވެސް ފޯނު ބޭއްްވީ މާދަން ހެނދުނު ހޭލަަން ޖެހޭތީއެވެ.

*****

މައުވާއަށް އޭނާގެ މާޒީގެ ފޮތް ލައްޕާލަން ޖެހުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ.އޭނާ ހީކުރިގޮތައް ގުޅަނީ ނާއިންއެވެ.”ވަޓްސް އަޕް؟ދަތުރު ގޮއްސަ އައީތަ؟” މައުވާ ފޯނު ނެގުމާއެކު ނާއިން ބުންޏެވެ.”ހޫމް.ކީއްވީ ތިގުޅީ؟” މައުވާ އާފުރިލަމުން އަހާލިއެވެ.”ދެން މައު އަށް އިނގޭނު ކީއްވެގެން ކަން”ނާއިން މިހެން ބުނުމާއެކު މައުވާ ވަރުބަލި ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.ކިތަންމެ ބޭނުންވި ނަމަވެސް މިރޭ ނާއިން އާއި އެއްކޮށް ބޭރަށް ނުދެވޭނެ ކަން އިނގޭތީއެވެ.އިރުކޮޅެއްވީތަނާ މައުވާ ނިދީގެ ފުންކަނޑަށް ގެނބިގެންދިޔައެވެ.

އަރާމު ނިންޖަކުން ނިދާލާފައި އޮތް އިރު އޭނާއަށް ހޭލެވުނީ ވަށައިގެން ހޫނު ނޭވާތަކެއް އިޙުސާސްވުމުންނެވެ.ލޯހުޅުވާލުމާއެކު އޭނާގެ ގައިމަތީގައި އޮތް ކަޅު ހިޔަނި ފެނުމުން މައުވާއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.އެއިރު މައުވާގެ ގައިމަތީގައި އޮތް ނާއިން ހޭން ފެށިއެވެ.އެއާއެކު ސިހިފައި އިން މައުވާ އޭނާ ނިދިއިރު ހަނދާން ނެތިގެން އެ ކޮޓަރީގައި ތަޅުނުލެވި ހުރި ކުޑަދޮރުގައި މިހާރު ތަޅުލާފަައި ހުރިތަން ފެނުމުން ވީ ގޮތް ސާފުވިއެވެ.”ދެން ނާނޫ!ޔޫ ސްކެއަރޑް މީ” މައުވާ ނާއިންގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ބުންޏެވެ.”އެހެންނޭ ވާނީ މައު މިރޭ ބޭރަށް ދާން ބޭނުންނުވީމަ”ނާއިން މައުވާގެ ގާތުގައި އޮށޯވެލަމުން ބުންޏެވެ.”އައި އޭމް ޓަޔަރޑް” މައުވާ ނާއިންގެ މޫނުގައި ޝަހާދަތް އިނގިލި ބީއްސާލަމުން ބުންޏެވެ.

“އޯހ ނޯ ޔޫ އަރ ނޮޓް” ނާއިން ރަޖާގަނޑުގެ ދަށުން މައުވާގެ ހަށިގަނޑުގައި ބައްދާލަމުން މައުވާގެ ކަރުދަށުގައި ބޮސްދިނެވެ.އެޔާއެކު މައުވާގެ އަނގައިން މަޑު އާހެއްގެ އަޑު އިވުނެވެ.އެ ރޭގެ ބާކީ ބައި ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ.މައުވާގެ ފުށުން ނާއިން އަރާމާއި ލައްޒަތު ލިބިގަންނަމުން ދިޔައިރު މައުވާވެސް ދިޔައީ ނާއިންެގެ ކޮންމެ ޢަމަލެއްގައި ހިތުން ރުހުމުން ބައިވެރިވަމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ލެއިން ކަޅިވެފާ

Next

ލޯބި ނުލިބުނަސް-2

Next
February 25, 2024

ލޯބި ނުލިބުނަސް-2

Previews
February 25, 2024

ލެއިން ކަޅިވެފާ

2 Comments!

  1. 🌺 says:
    February 25, 2024 at 5:41 pm

    Mauva aa naain aky marry kohgen ulhey dhemyhun tha?? frnds tha? Noony rahtehivegn ulhey baeh?? Actually i couldn’t understand meega vaanuvaa eh… Iyaan eh ulhifa naain eh aii

    1. ——-queen——- says:
      February 26, 2024 at 8:19 am

      Naain and mauvaa are friends with benefits and Iyaan is mauvaa ge past ga ex bf.eythi next part ga clear kohdheyn ulhunee 😊

Comments are closed.

Next Episodeއިހުސާސްތަކޭމީ 3←


All Right Reserved!