Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިހުސާސްތަކޭމީ 4

-----queen----- Level 1
February 29, 2024 3 Mins Read
0 Comments

އެޔާއެކު ގަސްގަނޑުގެ ތެރެއިން އަޔާޝް ނުކުމެފައި އީޝާގެ ގައިގައި ބައްދާލުމުން ބާކީ ތިބި ދެކުދިން ރުޅިމޫނު ހަދާލިއެވެ.”ޕިސް ޕިސް.ބަ* އެއްނު.އަޔާޝް އާއި ހެދި އަހަރެމެންނަށް އިޝް ގޮވައިގެން ފިޔަވެޅެއްވެސް އެޅޭ ކަމަކަށް ނުވޭ.އަހަރެމެންގެ ޅިޔަނަށް ވީފަހުން އަބަދު އީޝް ފަހަތުން އުޅޭނީ.24 ގަޑިއިރު ވިޔަސް އެ ގެއިން ވެސް ނުނުކުމޭ” ލިޝްކާ އިންތަނުން ތެދުވެ ކުދިކިޔައިގަތެވެ.”ދެން ލިޝް.އައި ލަވް ހަރ އަ ލޮޓް. 24 ގަޑިއިރުވެސް މަށަށް މަދު އީޝް ކައިރީ ހުންނަން”އަޔާޝް އެ ހުރިގޮތައް ހުރެ މިހެން ބުނުމުން އީޝާގެ ދެ ކޯ ރަތްވެގެން ދިޔަ އިރު މައުވާ އިނީ އަޑިޔަށް ހީލަ ހީލައެވެ.

“ހަހަހަހަހަހަ.ކޮބާ ސަޕްރައިޒް ދެވިއްޖެތަ؟” ކަޅު ކުލައިގެ އެއަރބްލޭޑް ސައިކަލުގައި އެ މީހުން ކުރިމައްޗަށް އައިސް މަޑުކޮށްލި ނާއިން އަޔާޝްއަށް ބުންޏެވެ.ނޫކުލައިގެ ސްވެޓްޝާޓް އާއި ކަޅު ކުލައިގެ ކެރޮޓް ޖީންސްގައި ނާއިން ފެންނަލެއް ރީއްޗެވެ.19 އަހަރު ފުރިފައިވާ ނާއިންއަކީ ފިރިހެންވަންތަ ހަށިގަނޑަކާއި ރީތި ދެލޯ ލިބިފައިވާ ކުއްޖެކެވެ.މަޑުމުށިކުލައިގެ ފަންއިސްތަށިކޮޅުން އޭނާގެ އަލި މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަހަލައެވެ.

ނާއިން ފެނުމާއެކު ރޭގައި ވީ ކަންތައް ހަނދާންވުމުން މައުވާ ލަދު ގަތް ނަމަވެސް އެކަން މޫނުމަތިން ނުދައްކާ އިސްޖަހާލިއެވެ.”އޭތް މައޫ.ހިނގާބަ ދުއްވާލަން ދާން”ނާއިން އެދުނެވެ.”އޭތް ނާނު ކަލޭ ތިއުޅެނީ މައު ސެޓު ވޭތޯތަ؟”އަޔާޝް ނާއިންއާއި ދިމާ ކުރުމުގެ ނިޔަތުގައި ބުންޏެވެ.”އައްޗި.މަ އެބައުޅެންތަ މި ރަށު ރަތްވިލާގޭ މަރިޔަމް މައުވާ ނުލިބިގެން” ނާއިން މަލާމާތުގެ ރާގަކަށްް މިހެން ބުނީ މަޖަލަކަށް ނަމަވެސް އެ ޖުމްލައިން މައުވާގެ ހިތައް ތަދުވީ ނޭނގޭ ސަބަބަކާއި ހުރެއެވެ.އިތުރަށް އެތާ ހުންނަން ފޫހިވުމުން ހިނގާފައި ދާނީ ކަމަށް ބުނެ މައުވާ ހިނގައިގަތެވެ.

ވިސްނުމަކަށް ގެއްލިހުރެ ހިނގަމުން ދިޔަ މައުވާގެ ފިޔަވަޅުތައް ލަހެވެ.އޭނާގެ މިސްރާބުވެސް ހުރީ ގެ ހުންނަ ދިމާ ނޫން އެހެން ދިމާލަކަށެވެ.ނާއިންއާއި މައުވާ އާއި ދެ ކުދިންނަކީ މި ދިޔަ އަހަރުން ފެށިގެން “ފްރެންޑްސް ވިތް ބެނިފިޓްސް” އެވެ.އެހެންކަމުން އޭނާއަށް ނާއިންދެކެ ގަޔާވެވިގެންނުވާނެއެވެ.މައުވާއަށް ނުވިސްނުނީ ނާއިން ދެންމެ ބުނި އެއްޗަކުން އޭނާ ހިތުގައި ޖެހެންވީ ސަބަބެވެ.ނަމަވެސްް އިރުކޮޅަކު ހިނގާލުމުން ހިތައް ހަމަޖެހުމެއް ލިބުމުން މައުވާގެ މިލާފައިވާ މޫނަށް އުޖާލާކަން ވެރިވިއެވެ.އަމިއްލަ ހިތުގެ މައްޗައް އަތްގަދަކުރަމުން މައުވާ އޭނާގެ ސިކުނޑިން ވިސްނާލިއެވެ.ނާއިން އޭނާއާއި ދޭތެރޭ ކޮންމެ އެއްޗެއް ވިސްނިއަސް އޭނާއަށް ކީތް ހެއްޔެވެ.ނާއިން އަކީ އޭނާގެ ބޯއިފްރެންޑެއް ނޫނެވެ.ނާއިން ނުބުންޏަސް އޭނާގެ ބިޓެއް ހުންނަކަން މައުވާއަށް އިނގެއެވެ.ވީއިރު ނާއިން އޭނާއާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭނެކަން އެނގިހުރެ ނާއިންގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދު ކުރުން ވެސް ވާނީ މޮޔަކަމެއް ކަމަށް މައުވާ އަމިއްލަ ހިތައް ވިސްނާދިނެވެ.އުއްމީދެއް ނެތް ކަންކަމުގައި އުއްމީދު ކުރުމަކީ ބޭކާރު ކަމެކެވެ.އަމިއްލަ ހިތައް އަނިޔާވުން ނޫން ކަމެއް ނުވާނެއެވެ. 

ގެޔަށް ދާ ހިތް ނުވުމުން މައުވާ ދިޔައީ ރަށުގެ އުތުރު ފަރާތުގައި ހުންނަ ޖިމަށެވެ.ކަސްރަތުކުރުމަކާ ނުލައި ވެސް ބައްޓަން ރީތި ހަށިގަނޑެއް ލިބިފައިވާއިރު ބައެއްފަހަރު އޭނާ މިތަނަށް އަންނަނީ ސްޓްރެސް ފިލުވުމުގެ ނިޔަތުގައެވެ.ކަސްރަތުކުރުމުން އޭނާގެ ހަށިގަނޑާއި ސިކުނޑިއަށް ތާޒާކަން ގެނުވައެވެ.މައުވާ އަންހެންކުދިންގެ ޗޭންޖިންގް ރޫމަށް ވަދެ އޭނާގެ ލޮކާގައި ޖަހަން އިންނަ ކޯޑު ޖަހާލުމާއެކު އޭތި ހުޅުވުނެވެ.އޭގެ ތެރެއަށް އޭނާ ލާފައި ހުރި ރަތް ކުަލައިގެ ޔޯގާ ޕޭންޓްސް އާއި ހަމަ އެ ކުލައިގެ އަތްދިގު އުނަގަނޑާއި ހަމަޔަށް ހުރި މަތިކޮޅު ނަގައި ލިއެވެ.އަދި އޭގެއިން ނެގި ކަޅުކުަލައިގެ ކުޑަ ބުރުގާއަކުން އިސްތަށިގަނޑު ނިވާކޮށްލިއެވެ.ފެންފުޅިއެއް ނުލާ އާދެވުމުން އެތާހުރި ޕްލާސްޓިކް ފުޅިތަކުން ފުޅިއެއް ނަގައިގެން ގޮސް ކޫލަރުން އެޔަށް ފުރެންދެން ފެން އަޅައިގެން މައުވާ ނުކުތެވެ.

ހިތްހަމަޖެހޭވަރަށް ކަސްރަތުކުރެވުމުން މައުވާއަށް ކިރިޔާ ނޭވާލެވޭކަމެވެ.ބަރު ފިޔަވަޅުތަކެއްގައި ފެންފުޅި ތުނބަށް ޖަހައިގެން ދެ ޗޭންޖިންގް ރޫމު ދޭތެރޭގައި އޮތް ހަނި ގޯޅީގެ ފާރުގައި ލެނގިލައިގެން ހުރި  މަައުވާއަާއަށް އެބަޔަށް ވަދެގެން އައި ނާއިންއާއި އަޔާޝް ފެނުނެވެ.މައުވާ ހުރީ އެ ދިގު ގޯޅިގަނޑުގެ ފުދޭވަރަކަށް އެތެރޭގައި ނަމަވެސް މަންޒަރު ރީއްޗައް ފެނުނެވެ.އޭނާ ހުރިގޮތުން އެތެރެއަށް ވަދެގެން އައި ދެމީހުން ކުރެ އެކަކަށް ވެސް މައުވާއެއް ނުފެނެއެވެ.ދެމީހުންގެ ވެސް ލައިގެން ހުރި ޓީޝާޓު ގަޔަށް ހިފާލާފައިހުރުމުން އެ ހަށިތަކުގެ ރީތިކަން ހާމަވޭވޭ ހުއްޓެވެ.ނާއިންގެ ހަށިގަނޑު ކިތަންމެ ފަހަރަކު މައުވާއަށް ފެނިފައި ހުރި ނަމަވެސް އަޔާޝް އެގޮތައް އެ ފެނުނީ އަދި އަލަށެވެ.19 ފުރެން ކައިރި ވެފައިވާ އަޔާޝް ފުލުހުންގެ ތެރެއަށް ވަނުމަށްޓަކައި ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.މަޖާކަމާއި އެއްވަރަށް ހަރުކަމާއި ޒިންމާދާރުކަން އަޔާޝްގެ ކިބައިގައި ހުރެއެވެ.އީޝާއަށް އަޔާޝް ފަދަ ބައިވެރިޔަކު ލިބުނީތީ މައުވާ އުފާވެއެވެ.އޭނާ އާއި ލިޝްކާއާއި ޙިލާފަށް އީޝާދެކެ ލޯބިވާ މީހަކު ލިބުމުން އެކަމާ ހަސަދަވެރިވުމުގެ ބަދަލުގައި އެކުވެރިޔާގެ އުފަލުގައި އެ ދެކުދިންވެސް ބައިވެރިވިއެވެ.2 އަހަރު ކުރިން ފެށުނު އެ ގުޅުން އަދި އަދަށް ދާންދެންވެސް އެ އޮތީ ތާޒާކަންމަތީގައެވެ.ދެމީހުންގެ ދޭތެެރޭގައި މައްސަލަ ނުޖެހޭ ވާހަކައެެއް ނޫނެވެ.އެހެން ކުދިންނާއި ޙިލާފަށް ދެމީހުން ދޭތެރޭގައި މައްސަލައެއް ޖެހިއްޖެނަމަ އަޔާޝް އެކަން ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް މައުވާއަށް ވަނީ ފެނިފައެވެ.މި ޒަމާނުގައި އެފަދަ ބައިވެރިއަކު ލިބޭނީ ނަސީބުވެރިއަކަށް ކަން ޔަޤީނެވެ.

އަޔާޝް އެއްޗެހި ބަދަލުކޮށްގެން ގެޔަށް ދިއުމުން ތުވާއްޔަކުން ކަރުގައި ހުރި ދަާތިކިތައް ފޮހެމުން ކަނާތް ފަރާތުގައި ހުރި ޗޭންޖިންގް ރޫމަށް ވަންނަން ދިޔަ ނާއިންއަށް ގޯޅިގަނޑުގެ ތެރެއިން ފިޔަވަޅުތަކުގެ އަޑު އިވުމުން އެތަނަށް ވަނުމާއެކު ނުކުންނަން އައި މައުވާ ފެނި ހުއްޓުން އެރިއެވެ.މައުވާ ހުރީ އޭނާ އަޅައިގެން ހުރި ކަޅު ކުަލައިގެ ބުރުގާ ބާލައި ކޮނޑާއި ހިސާބަށް އޮތް އެ މަޑުމުށިކުަލައިގެ އިސްތަށިގަނޑު ނިއުޅުވާލައިގެންނެވެ.ބުރުގާ އަތުގެ މުލައްދަނޑީގައި އަޅުވާލެވިފައިވާއިރު އެއަތުން ފޯނާއި ކުޅެމުން އަނެއް އަތުން އޭނާ ދިޔައީ ފެންފުޅި ތުނބުގައި ޖައްސައިގެންނެވެ.ލައިގެން ހުރި ގަޔަށް ބާރު އަންނައުނުތަކުގެ ސަބަބުން ހަށިގަނޑުގެ ވަނާތައް ފާޅުވޭވޭ ހުއްޓެވެ.ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތި މަައުވާ ހިނގަމުން ދިޔައިރު ކުއްލިޔަކަށް އިސްއުފުލާލެވުމާއެކު އޭނާގެ މޫނު ރަތްވެގެން ދިޔައީ ކުރިމަތިން ނާއިން ފެނުމުންނެވެ.

ގޯޅިގަނޑުން ނުކުމެ ފިޓިން ރޫމުތައް ހުންނަ ބައިގެ ބޭރުވެސް އެތެރެ ނުފެންނާނޭހެން ފާރު ރާނާފައި ހުރުމުން އެތެރޭގައި ވާ ކަމެއް ބޭރުގައި ކަސްރަތު ކުރަން ތިބޭ ބަޔަކަށް ނުފެންނާނެއެވެ.މިވަގުތު އެ ތިންމީހުން ފިޔަވާ  އިތުރު ބަޔަކު އެތާ ނެތްކަން ޔަގީންވާތީ އަޔާޝް ނުކުމެގެން ދިޔަތަން ފެނުމުން ގޯޅިގަނޑު ތެރޭ ހުރެ ބުރުގާ ބޭލީ ނާއިންވެސް ނުކުމެގެން ދިޔަ ކަމަށް ހީކޮށެވެ.

“މިހެންވެގެން ދޯ އަހަންނާއި އެއްކޮށް ދުއްވަންދާން އެއްބަސްނުވީ.ކޮން އިރަކުން ޖިމް ޖައްސަން ފެށީ؟” މައުވާ އައިސް އޭނާއާއި އަރައި ހަމަވުމާއެކު ނާއިން ސުވާލުކުރިއެވެ.”ބަލަން ޖެހޭތަ؟” މައުވާ ފޫހި ރާގަކަށް މިހެން ބުނުމުން ނާއިންގެ ގާތައް ރުޅި އައެވެ.މައުވާގެ އުނަގަނޑުގައި އަތް އަޅުވާލައި ލުއްކެއްް ޖަހާލި ގޮތައް މައުވާ އައިސް ތަތްވީ އެ ތަނަވަސް މޭމަތީގައެވެ.ނުވިސްނާ ހުރި މައުވާގެ އަތުން ފެންފުޅިއާއި ބުރުގާ ދޫވެގެން ދިޔައިރު ނާއިން މައުވާގެ ފޯނު ލައިގެން ހުރި ސޯޓުގެ ޖީބައް ލިއެވެ. “ވަޓް ޑޫ ޔޫ ވޯންޓް؟” ނާއިންއާއި ހަތަރުކަޅި ހަމަކުރަން މަސައްކަތް ކުރަމުން މައުވާ ބުންޏެވެ.”އައި ވޯންޓް ޔޫ”ނާއިން މިހެން ބުނެ މައުވާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.އެއާއެކު މައުވާ އެ އަތުތެރެއިން ސަލާމަތްވާންވެގެން ގަދަދެއްކި ނަމަވެސް ވަރުބަލިވެފައި ހުރުމުން އޭނާއަށް ޖެހުނީ އެކަން ހުއްޓާލާށެވެ.

ނޭވާ ކޮޅަށްދާހާ ވަރުވުމުން ނާއިން މައުވާއާއި ދުރުވެލި ނަމަވެސް އަދިވެސް އެ ހިތެއް ނުފުރެއެވެ.މައުވާ ފެންނަ ކޮންމެ ފަހަރަކުމެ އޭނާގެ ޙިއްސުތައް ހޭލައިގަނެއެެވެ.ލޯބިވަނީ އެހެން މީހަކު ދެކެ ކަމުގައި ވީ ނަމަވެސް ނާއިން މައުވާ ދޫކޮށް ނުލަނީ މި ސަބަބަށް ޓަކައެވެ.

“ލެޓްސް ގޯ ހޯމް.މާދަން ސްކޫލް އޮންނާނެއެއްނު.ރެޑީވެގެން ނުކުމޭ.އައި ވިލް ޑްރޮޕް ޔޫ”ނާއިން މިހެން ބުނެ މައުވާގެ ފޯނު އޭނާގެ އަތައް ލައިދެމުން ފިރިހެންކުދިންގެ ބަޔަށް ވަނެވެ.މަައުވާވެސް އިތުރު އެއްޗެކޭ ނުބުނެ ޖެހިގެން ހުރި ބަޔަށް ވަދެ ތައްޔާރުވެގެން ނުކުތެވެ.ނާއިން ނުކުތުމާއެކު ދެކުދިންވެސް މިސްރާބު ޖެހީ ނާއިންގެ ސައިކަލުގައި ރަތްވިލާގެޔަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ބިކަހާލުގައި ވީމެވެ.

Next

ރިވާ ލޭކް

Next
February 29, 2024

ރިވާ ލޭކް

Previews
February 27, 2024

ބިކަހާލުގައި ވީމެވެ.



All Right Reserved!