Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ ގޮތް ބޭނުންވެއެވެ 1

-----queen----- Level 1
June 2, 2023 8 Mins Read
20 Comments

ފަތިހުގެ ހިތްގައިމު ވަގުތެވެ.އުޑުމަތީގައި ވީ ރޭގަނޑުގެ ކަޅު ސާލު ގެއްލި ނޫކުލަ ފާއްދާލައި މަޑުމަޑުން އަލިވިލެން ފެށިއެވެ.އެއިރު އަރައިގެން އައި އިރާ އެކު ރަށުތެރެއަށް ވަނީ އަވިދޭން ފަށާފައެވެ. އެވަގުތު ފަތިސް ގަޑީ މޫދައް އެރޭ މީހުންނާއި ކަސްރަތައް ނުކުމެ އުޅުނު މީހުން އެ މަންޒަރު ދެކިލުމަށްޓަކައި ތުނޑިއާއި ވީ ދިމާލުގައި އުޅުނެވެ.އެ ދެކަމުން ކަމެއް ކޮށްނޫޅުނަސް އޭގެ ތެރޭގައި އަހަރެންވެސް ހިމެނެއެވެ.ތުނޑިމަތީގައި ޖަހާފައި ތިބި ހިލަތަކުގެ ތެރެއިން ހިލައެއްގެ މަތީ އިށީނދެގެން މޫދާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިންއިރު އަހަންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ދިރިއުޅުމާއި މެދުގައެވެ.ޤުދުރަތީ ރީތިކަމަށް ގެއްލިފައިއިންއިރު ލޯ ހަނިކޮށްލެވުނީ ލޮލަށް އަވި އެޅެން ފެށުމުންނެވެ.ގަޑިން އަދި ކިރިޔާ ހެނދުނު 6 ޖެހިއެއް ކަމަކު މީގެ އިރުކޮޅެއް ކުރިއާއި ޙިލާފަށް މިހާރު އެހާވަރަށް އަވިދެމުންދިޔައެވެ.

ބޮލުގައި އޮތް ރޭބަން އަވިއައިނު ނަގައި ލޯ ނިވާކޮށްލިތަނުން ސިހުނީ ފަހަތުން އަހަރެންގެ 15 އަހަރުގެ ދޮންބެ އިޝްއަލް ޖޮގިންގް ނިންމާލުމަށްފަހު އައިސް ދާން ހިނގާށޭ ބުނުމުންނެވެ.7:45 އަކަށް ސުކޫލަށް ދާންޖެހޭތީވެ އަހަރެންވެސް ދެކޮޅުހެދުމެއްނެތި ދޮންބެގެ ފަަހަތުން ހިނގައިގަތީ އެދިމާލުން ރަށުތެރެއައް އެރެން އޮންނަ މައި މަގާއި ދިމާލަށެވެ.”އޭތް ސާޝް.ހާދަ މަޑަކުންނޭ މިއަދު ދޮންބެގެ ކުޑަ ކުޑަ ދޫނި މިހިރީ.މޯމް ރޭގަ ފިޔަކޮށާލީތަ އަނެއްކާ؟”ދޮންްބެއަށް އަހަރެންގެ ހިމޭންކަން ފާހަގަވެގެން ބުނުމާއިއެކު އަހަރެންގެ ގާތައް އައީ ނުލަފާ ހިންޏެކެވެ.ފަހަތައް ބެލުމެއްނެތި ފައިގައި ހުރި ބާރެއް ލާފައި ކުރިއަށް ދުއްވައިގަތީމެވެ.އެއިރު ފަހަތުން ދޮންބެވެސް ހެމުން ހެމުން އަންނަ އަޑު އިވުނެވެ.ނަމަވެސް އެކަމަށް ފަރުވާލެއްނެތި ވަޔާއި ދެކޮޅަށް ދުވަމުން ދިޔައިރު އަހަރެން ބެލީ”އެއަރ ރެޒިސްޓެންސް”ގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނެގޭތޯއެވެ.އެކަމުގެ ސަބަބުން އަހަންނައް ލިބެމުން ދިޔައީ އާދަޔާ ޙިލާފް ހިތްހަމަޖެހުމެކެވެ.އަހަރެންގެ ނަމަކީ ސާޝާއެވެ. ސާޝާ އާދަމް އިޖާޒެވެ.އަދި މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ.ދިރިއުޅުމުގައި ދިމާވާ އެތައް އިމްތިހާނަކާއި އަހަރެން އެކަނި ކުރިމަތިލާންޖެހޭ ގޮތުގެ ވާހަކައެވެ.

ދުވަމުންގޮސް ގެހުންނަ މަގަށް އެޅުމާއިއެކު އަހަރެން ދުވެލި މަޑުކޮށްލީ ގޭދޮރާށި ކުރިމަތީގައި ދެކޮޅުދެކޮޅަށް ބުރުއަޅަމުން ދިޔަ އަހަރެންގެ މަންމަ ޝުމައިލާ ފެނުމުންނެވެ.ޗޮކެއް ކަނޑާލަމުން ހިނގާފައި ގޮސް ގެޔާއި އަރާ ހަމަވީތަނާ އިވުނީ މަންމަގެ އަޑެވެ.”ޕިސް ޕިސް.އާދެވިއްޖެދޯ.އިޝޫ އަކަށް ނުކެރޭ ދޯ ސާޝް ގޮވައިގެން ދާއިރުވެސް މަގޭ ކައިރީ ބުނެލާކަށް.ބަލަ އެއީ އަންހެންކުއްޖެކޭ.ހޭއެރީއްސުރެ މަ މިހުންނަނީ މި ދެމީހުން ކޮބައިތޯ ބަލަބަލާ.އިޝޫ ގަވާއިދުން ކޮންމެ ދުވަހަކު ޖޮގިންގް އަށް ދާކަން އެނގުނަސް ސާޝް އަކީ އެހާ ފަތިހާ ހޭލާ ކުއްޖެއް ނޫން.ދެން ކުއްލިޔަކަށް މިއަދު ފަތިހު ހޭލިއިރު އެނދުގައި ނެތީމަ މަންމަ ހާސްވާނޭ ވަރު ވިސްނާލަބަ.ދޮންބެއަށް ވެހުރެ ފިލަފިލައިގެން ގެއިން ނުކުމެގެން ދާން ދަސްކޮށްނުދީބަލަ”އަހަރެން ހީކުރިގޮތާ ޙިލާފަށް މަންމަގެ އަމާޒަކަށްވީ އަހަރެންގެ ފަހަތުގައި ހުރި ދޮންބެއެވެ.ނަމަވެސް ކަންފަތައް އެއަރޕޮޑްސް ޖަހައިގެން ހުރެ އަޅައިވެސްނުލާ ދޮންބެ ގެޔަށް ވަންނަންދިޔަ ގޮތުން މަންމަ ދެންމެ ދެއްކި އެއްވެސް ވާހަަކައެއް އަޑުނާހާކަން އެނގުނެވެ.” އިޝްއަލް އާދަމް އިޖާޒް!ހަމަ މިހާރު ދޭ ފެންވަރައި ނަމާދު ގަޟާކުރަން.މަށަށް ޔަޤީނޭ ތިދެމީހުން ބޭރަށް ދިޔައީ ނަމާދަށްވެސް ނާރާކަން”ދޮންބެގެ މިޢަމަލުން މަންމަ އިތުރަށް ރުޅިއައިސް ހަޅޭއްލަވައިގަންނަމުން ދޮރާށިން އެތެރެއަށް ދެމިގަތީ އަހަންނާއި ދިމާލަށް ބަލާވެސް ނުލައެވެ.މިއަދު މަންމަގެ ރުޅިގަނޑު އަހަންނަށް ނުބޭލީތީ އަހަރެން އުފާވިއެވެ.މަންމަ ގެޔަށް ވަނުމުން މިހާރު ގޭތެރޭގައި އަނެއްކާވެސް ކުރިޔަށްދާނީ ދޮންބެ އާއި ދިމާލަށް ހަޅޭއްްލެވުންކަން އަހަންނަށް އެނގެއެވެ.

ދެފަރާތައް ބޯހޫރާލަމުން ގޭތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއިއެކު އަހަންނަށް ހުއްޓެވުނީ ފަހަތުން ހުނުމުގެ އަޑު އިވުމުންނެވެ.އެއިރު ކުރިމަތީގައި ހުރި ޖަވާހިރުގޭގެ އަށިމަތީގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މަލާއިން އާއި އޭނާއަށް ވުރެ އެއް އަހަރު ކުޑަ ކޮއްކޮ ލިއާ އިނެވެ.މަލާއިންގެ ހޭވިފައިވާ އިސްތަށިގަނޑުންނާއި ލިއާގެ ނިދިބަރުވެފައިވާ އެސްފިޔަތައް ފެނުމުން އަދި އެދެމީހުން ހޭލިތާ މާގިނައިރެއް ނުވާކަން އެނގުނެވެ.މަލާއިން ބިނދިބިދިފައި ހެމުން ދިޔައިރު ޖެހިގެން އިން ލިއާވެސް ދިޔައީ ހިނިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.އެ ދެމީހުން ހޭތަން ފެނުމުން ބޭއިޙްތިޔާރުގައި އަހަންނަށްވެސް ހެވުނެވެ.އެއީ ފެށުނީއްސުރެ މިއަދާއި ހަމަޔަށްވެސް އަހަރެންގެ އެންމެ ގާތް މިތުރުންނެވެ.ހަމައެކަނި މިތުރުންނެއް ވެސް ނޫނެވެ.އެއީ އާއިލާތެރޭގައި ކޮންމެވެސް ހިސާބަކުން ތިމާގެ ކަމުގެ ގުޅުން އޮތް އަހަރެންނެކޭވެސް އެއްފަދައިން އެއް ލޭހިނގާ ދެކުދިންނެވެ.”ހައްހައްހައް.އިޝޫބެ އަށް މިއަދު ހާދަވަރެކޭ ޝުމޭދައްތަ އެކޮށްލީ.ނިކަން ފަތިސްގަޑީ ދޮންބެ އާއިއެކު ބޭރަށް ދާއިރު އަހަރެމެންނަށްވެސް އަންގާލައިގެން އުޅެބަލަ”މަލާއިން ހުނުން ހުއްޓާލުމަށްފަހު ބުންޏެވެ.”ސީރިއަސްލީ މަލާ.އަޅެފަހެ ތިބުނާގޮތުން ހީވަނީ މަ ރޭގަނޑު ދަންވަރު ބިޓަކާއި އެކީ ގެއިންބޭރަށް ދިޔަހެން.ހޫމް.ދެން ހެވޭ.ނެކްސްޓް ޓައިމް.ތިދެމީހުން ދޭބަ އަވަހަށް ރެޑީވާން.ނޫނީ މިއަދުވެސް ގަޑިޖެހިގެން ދެވޭނީ”މިހެންބުނެ މަލާއިންއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްނުދީ އަހަރެން ދޮރާށިން އެތެރެއަށް ވަނީމެވެ.އެއިރު އެތެރެއަށް ވަދެވެން އޮންނަ ގޯޅިގަނޑު ތެރެއިން ލާފައި ދިޔައިރު ގެޔާއި އިންވެގެން ހުރި ހުސްޖާގައިގައި ބެހެއްޓިފައިހުރި އުނދޯލީގައި އަހަރެންގެ ބައްޕަ ފަރާތު މާމަ ސުއާދާ އިނެވެ.އުނދޯލީގެ އަނެއްފަރާތު ކައިރީ ހުރި ޖޯލީގައި ފޯއްކޮށަން އިނީ މާމައާއި އެއްބަނޑު ބޮޑުދައްތަ ސުހާނާއެވެ.އަހަރެން ކުރިމަތިން އަޅާފައި ދިޔައިރުވެސް އެނގުނު ކަމަކަށްވެސް ހަދާނުލައި އެ ދެމީހުން ތިބީ އަމިއްލަ މަސައްކަތުގައެވެ.

ވާނީވެސް އެހެންނޫންހެއްޔެވެ.މަންމަ އާއި ބައްޕަގެ ކައިވެންޏަށް ބައްޕަގެ އާއިލާ އެހާ ޤަބޫލެއްނޫނެވެ.އެހެންކަމުން އަހަރެމެންނާއި އެ މީހުންނާއި އޮންނަ ގުޅުންވެސް މާކަ ރަނގަޅެއްނޫނެވެ.މާމަމެންގެ މި ކުޑަ ކުޑަ ޢަމަލުންވެސް އެކަން ދޭހަވެޔެއްނޫންހެއްޔެވެ.ދެރަވީނަމަވެސް މާބޮޑުކަމަކަށް ނަހަދައި އަހަރެންވެސް އެތެރެއަށް ވަނީމެވެ.ގޭގައި އުޅޭނީ ޖުމްލަ 14 މީހުން ކަމުން ކޮންމެ ކޮންމެ މީހަކަށް ވަކިން ކޮޓަރިއެއް ނުހުރެއެވެ.ގޭތެރެއަށް ވަދެވޭއިރު ފުރަތަމަ ފެންނާނީ ސިޓިންގް ރޫމެވެ.ސިޓިންގް ރޫމުގެ ކަނާތްފަރާތައް އޮތް ހަނި ގޯޅިގަނޑުތެރޭގައި ހުންނަނީ 7 ކޮޓަރިއެވެ.އެގޮތުން ފުރަތަމަ ޖެހޭ ކޮޓަރިއަކީ މާމައާއި ބޮޑުދައްތަގެ ކޮޓަރިއެވެ.އަހަންނަށް 9 އަހަރުގައި ކާފަ ނިޔާވުމުގެ ކުރިން ބޮޑުދައްތަ އުޅުނީ މާލޭގައެވެ.ކާފަގެ މަރަށްފަހު ބޮޑުދައްތަ ރަށަށް އައިފަހުން މާމަ އާއި ބޮޑުދައްތަ ނިދަނީ އެއްކޮޓަރިއެއްގައެވެ.ދެން ޖެހިގެން ހުރި 2 ކޮޓަރީގައި އުޅެނީ މަންމަ އާއި ބައްޕަގެ އިތުރުން ބައްޕައާއި އެއްބަޑުއެއްބަފާ ކޮއްކޮ ކުޑާއްތަމެން ދެމަފިރިންނެވެ.އަހަރެންގެ ކުޑާއްތަ އަލައިނާ އަކީ އަހަރެން ކިޔަވަމުންދާ ‘ރެޑް ސްޓަރ’ސްކޫލްގައި މަސައްކަތް ކުރާ ޕްރައިމަރީ ގްރޭޑް އިންގްލިޝް ޓީޗަރެކެވެ.ރަށު އިންޖީނުގޭގައި އުޅޭ ކުޑާއްތަގެ ފިރިމީހާ އައުޒަމް އަކީ އަހަރެމެންނާއި އެއްގޮތަކަށްވެސް ވާހަކަދައްކައި އުޅޭ މީހެއްނޫނެވެ.ގިނަފަހަރަށް އޭނާ އުޅޭނީވެސް ރަށުން ބޭރުގައެވެ.އަހަރެންނަށް 4 އަހަރުގައި އެ ދެމަފިރިންނަށް އައިރާ ލިބުނެވެ.ޖެހިގެން ހުރި އީރާ ލިބުނީ އޭގެ 2 އަހަރު ފަހުންނެވެ.އައިރާއަށް 7 އަހަރު ފުރިފައިވުމުން އެ ދެކުދިންނަށްވެސް ވަކިން ކޮޓަރިއެއް ހުރެއެވެ.ދެން ތިބި 3 ކޮޓަރި ޙާއްސަ ކުރެވިފައިވަނީ އަހަރެމެން 5 ބެއިންނަށެވެ.އެތަނުން އެއްކޮޓަރީގައި ދޮންބެ އާއި އަހަރެންގެ 13 އަހަރުގެ ކުޑަބެ އީޝާކް އުޅެމުން ދިަޔައިރު ދެން ހުރި ކޮޓަރިއަކީ 18 އަހަރުގެ ތިއްތިބެ ވިހާން އާއި 4 އަހަރުގެ ކުޑަ ކޮއްކޮ އިޝާންގެ ކޮޓަރިއެވެ.ހަމައެކަނި އަންހެންކުއްޖަކީ އަހަރެން ކަމުން ދެން ބާކީ ހުރި ކޮޓަރި އެއީ އަހަރެންގެއެވެ.

ގޯޅިގަނޑު ތެރެއިން ލައިފައި ގޮސް އަހަރެން ކޮޓަރިއަށް ވަނީމެވެ.ހަތަރު ފާރުގައި ޕީޗް ކުލަ ލެވިފައިވީއިރު ކޮޓަރީގެ އެއްފަރާތުގައި ތިން ދޮރުފަތްލީ އަލަމާރިއެއް ބެހެއްޓިފައިވާއިރު އަނެއްފަރާތުގައި ހުރީ ޑްރެސިންގްޓޭބަލްއެކެވެ.އަލަމާރި އާއި ޖެހިގެން ހުރި ކުޑަދޮރާއި ދިމާ ކުރިމަތީ އެތެރޭގައި ހުރީ ހަތަރު ވަރަކަށް ފޫޓުގެ ލިޔާމޭޒެކެވެ.މޭޒު މަތީގައި ކަޅުކުލައިގެ ހުދުބޮކިލީ ސްޓަޑީ ލައިޓަކާއި އަހަރެން ސްކޫލަށް ގެންދާ ސާމާނުތައް ތަރުތީބުން އެތުރިފައި ހުއްޓެވެ.ކޮޓަރީގެ މެދުގައި ހުދާއި ކަޅުކުލައިގެ ސިންގަލް އެނދެއް ބެހެއްޓިފައިވިއިރު އެނދާއި ދިމާ ކުރިމަތީ ކަނާތް ފަރާތުގައި ހުރީ ހުދުދޮރުފަތްލީ ފާހާނައެވެ.އެނދު ކުރިމަތީގައި ފާރުގައި ހަރުކޮއްފައި ހުރި ގަޑިން 7:17 ހިނގައިފައިހުރިތަން ފެނުމުން ބަލާކަށް ނުހުރެ އަހަރެން ގޮސް ފާހާނާއަށް ވަދެ ރީއްޗައް ފެންވަރާލުމައްފަހު ހުދު ކުލައިގެ ސްކޫލް ޔުނިފޯމް ލައި ރަތް ކުލައިގެ ފޫޅާއި ހިސާބައް ހުންނަ ޓައީ ހެދުމުގައި ހަރުކޮއްލީމެވެ.ބަންދު ޖަހާލަމުން ވަގުތުއޮއްވާ ފުނާ ހިފައިގެން އަހަރެން ނުކުތީ މަންމަ ކައިރިޔަށް އިސްތަށިގަނޑު ގަތަން ދާންވެގެންނެވެ.މަންމަމެންގެ ކޮޓަރިއައް ވަންއިރު މަންމަ އުޅެނީ އިޝާން ރީތިކުރުމުގައެވެ.ދެކުދިންވެސް ދަނީ އެއްސްކޫލަކަށް ނަމަވެސް އަހަރެންނާއި ޙިލާފަށް އިޝާން ލާފައި ހުރީ ރަތް ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ކަކުލާއި ހަމަޔަށް އަންނަ ސޯޓެކެވެ.ސޯޓުގެ އެއްފަރާތު އަރިމަތީގައި ރަތް ކުަލައިގެ ތަރިއެއްގެ ބައްޓާމަށް އިން ސްކޫލް ބެޖް ހަރުކުރެވިފައިވެއެވެ.”ސާޝް ތިއައީދޯ.އަވަހަށް އާދޭ.ދޮންތު އެ ރެޑީވެ ނިމުނީދޯ”މަންމަ މިހެން ބުނެ އިޝާންގެ ކޮނޑުގައި ފުޓުބޯޅައެއްގެ ބައްޓަމަށް އިން ކުޑަ ދަބަސް އަޅުވާލުމައްފަހު ކާގޭގައި އިން ބައްޕަ ކައިރިޔަށް ގޮސް ސްކޫލަށް ލައިދިނުމަށް ބުނަން އެދުނެވެ.އިޝާން ދިއުމުން އަހަރެންއެއްފަރާތެއްގައި ހުރި އޭނާ ގެންގުޅޭ ކުޑަ ގޮޑި ހިފައިގެން ގޮސް ފަހަތައް އެނބުރި މަްންމައަށް ފަސޭހަވާނޭހެން އިށީނީމެވެ.އެވަގުތު މަންމަ އަހަރެންގެ ބޮލުގައި ކްރީމް ލައިދީ ބޯ އޮމާން ކޮށްލުމަށްފަހު ބޯ ގަތަން ފެށިއެވެ.

މަންމައަކީ ބައްޕަގެ އިތުރުން އަހަރެމެން 5 ބެއިންނަށް ޓަކައި ޖާނާ މާލުން ޤުރުބާންވާން ތައްޔާރަށް ހުންނަ މުޅި އާއިލާއިންވެސް އަހަރެން އެންމެ އިހުތިރާމް ކުރާ ފަރާތެވެ.ނަމަވެސް މައްސަލައަކީ މަންމަ ރުޅިގަދަވެއްޖެއްޔާމުން ކިޔޭ ނުކިޔޭއެއް ނޭނގި މާ ބާރަށް ހަޅޭއްލަވާތީއެވެ.މިއަދު އިރުކޮޅެއްކުރިން ދޮންބެ އިއަރ ޕޮޑްސް ޖަހައިގެން ހުރެ މަންމައަށް ރައްދެއްނުދީ ގޭެތެރެއަށް ވަތް ސަބަބަކީ އެއީއެވެ.މަންމައާއި ޒުވާބު ކުރަން ހަދައިފިއްޔާމުން މުޅި ދުވަސް ހޭދަވެގެންދާނީ އެކަމުގައި ކަން އަހަރެންނޫން އެހެން އެންމެން ދަނެއެވެ.ބައްޕަގެ ފަރާތުން އަހަރެންނަށް ލިބިފައިވާ ކަޅިރަވަރީތި ބޮޑު ދެލޮލުގެ އިތުރައް އަހަރެންނަށް ވާރުތަވީ އެކަށްޗަކީ ރުޅިއެވެ.އަހަންނަކީ ރުޅިގަދަ މީހެކެވެ.ބަޔަކު މަޖަލަކަށް އަހަންނޭ ކިޔައިގެން ވާހަކައެއް ދެއްކިޔަސް އެއީ މަލާމާތެއް ކަމުގައި ބެލެވި ހިތުން އެމީހުންނާއި އެތައް އެއްޗެއް ގޮވޭއިރު ސިކުނޑިތެރެ ހީވާނީ ފެންކައްކަން އަރުވާފައި ހުންނަ ޕްރެޝަރ ކުކަރެއް ހެންނެވެ. މަންމަ އެއްޗެކޭ ބުނުމުން މަންމަގެ ކުރިމަތީގައި ޒުވާބު ކުރެވެނީ އެހެންވީމައެވެ.އެއީ ޒުވާބުކަމުގައި ދެކޭނީ އަޑުއަހަން ތިބޭ މީހުންނެވެ.އަހަރެން ދެކޭ ގޮތުގައި އެއީ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ގޮތުން ވާހަކަ ދެއްކުމެވެ.މަންމަގެ “އިމްޕޮސިބަލް ސްޓޭންޑާޑްސް’ އާއި އެއްގޮތައް ދިރިއުޅުން ބައްޓަންކުރުމަކީ ނުވާނެ ކަމެކެވެ.މި ޒަމާނުގައި ކޮންމެހެން އަންހެނަކަށް ވިތީ ބަދިގޭގައި ކައްކަން ތިބޭކަށް ނުޖެހެއެވެ.އަދި މަންމަ އަހަރެން ލައްވާ ކައްކަނީކީއެއްވެސް ނޫނެވެ.ކެއްކުމަކީ އަހަރެން ކުރާ ހިތްވާ ކަމެކެވެ.ނަމަވެސް ތެއްޔާއި ތަށިތައް ދޮވުމަކީ އަހަރެން އެންމެ ފޫހިވާ ކަންކަމެވެ.މަންމަ އަކީ ސާފުތާހިރުކަމުންވެސް އެއްވަނައެވެ.އޯސީޑީ ހުންނަ މީހަކާއި އެއްވަރަށް ތަންތަން ސާފުކުރާނެއެވެ.އަހަރެންނަކީ އޭގެ އިދިކޮޅެވެ.އަމިއްލައަށް ނިދާ ކޮޓަރި ސާފުކޮށް ކުޑަމިނުން އެނދުގެ ބެޑްޝީޓްތައް ބަދަލުކުރާނީވެސް މަންމަ ހަޅޭއްލަވަން ފެށީމައެވެ.

ދިހަވަރަކަށް މިނިޓުތެރޭ މަންމަ އަހަރެންގެ ކޮނޑާއި ހަމަޔަށް އަރާ ކަޅުކަންގަދަ އިސްތަށިގަނޑު ގަތާ ނިމުމުން އަހަރެން ބޭރަށް ނުކުތްއިރު ސިޓިންރޫމް ސޯފާގައި ދޮންބެއާއި ކުޑަބެ ބޫޓައް އަރަން ތިއްބެވެ.ދޮންބެވެސް އިނީ އަހަންނާއި ކުޑަބެ އެކޭ އެއްފަދައިން ހުދުކުލައިގެ އަތްކުރު ގަމީހަކާއި ހުދުފަޓުލޫނެއް ލައި ބެގީކޮށްފައެވެ.ނަމަވެސް ތަފާތަކީ ދޮންބެގެ ގަމީހުގައި އިނީ ނޫކުލައިން “އެން.އެސް” ޖަހާފައި އިން ބެޖަކަށްވުމުންނެވެ.އަހަރެން، ކުޑަބެ އަދި އިޝާންގެ އިތުރުން އައިރާ އާއި އީރާ ރެޑް ސްޓާރގައި ކިޔަވަމުން ދާއިރު ދޮންބެ ކިޔަވަމުން ދަނީ ރަށުގައި ހުރި އެންމެ ދުވަސްވީ ސްކޫލް ކަމުގައިވާ “ނައިޓް ސްޓަޑީ” ސްކޫލްގައެވެ.އެއީ ރެޑް ސްޓަރ އަދި ރަށުގެ އުތުރުފަރާތުގައި ހުންނަ “ރަން ހަވަރު” ސްކޫލުން ކިޔެވައިދެނީ ހަމައެކަނި ގްރޭޑް 7 އަކާއި ހަމަޔަށެވެ.އެހެންކަމުން އެއީ ޕްރައިމަރީ ސްކޫލްތަކަށް ވެފައި ރަށުގައި ހުރި ހަމައެކަނި ހައި ސްކޫލަކީ ނައިޓް ސްޓަޑީ އަށްވުމުން ގްރޭޑް އަށަކުން ފެށިގެން އޭލެވެލް އާއި ހަމަޔަށް ކިޔެވުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި އެ ސްކޫލުންނެވެ.ދޮންބެވެސް ގްރޭޑް ހަތަކާއި ހަމަޔަށް ކިޔެވީ ރެޑް ސްޓަރ އިންނެވެ.މިހާރު ކިޔަވަމުންދަނީ ނައިޓް ސްޓަޑީ ސްކޫލް ގްރޭޑް ނުވައެއްގައެވެ.ފޮތްދަބަސް ހިފައިގެން އައިސް އަހަރެންވެސް ބޫޓައް އަރަްން ފެށީމެވެ.”އެއީ ތެދެއްތަ ސާޝް.ރޭގަނޑު ދޮންބެއާއި ދެމީހުން ބޭރަށް ނުކުމެ އުޅެނިކޮށް ފަޅާއެރީތަ؟ކީއްވެތަ ކުޑަބެއަށް ނުގޮވީ؟މަންމަ ހަޅޭއްލެވިތަ؟”ކުޑަބެ ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލަމުން އަހަރެންނާއި ކުރިމަތިލިއެވެ.”އާނ.އެއީ ތެދެއް.އެކަމަކު އަހަރެމެން ދިޔައީ ފިލައިގެނެއް ނޫނޭ.ދެން ކުޑަބެގެ ނިދިގަދަކަމުން ގޮވަން ނުކެރުނީ.ހިތައް އެރިއޭ އެތައްހާސް ފަހަރަކު ފެންފުޅިއެއް ބޯމައްޗައް އޮއްސާލާނީއޭ” އަހަރެން މިހެން ބުނުމުން އީޝާކް އަނގަސަކަރާތް ވެފައި އިންއިރު އިޝްއަލް ފެށީ ހޭށެވެ.”ކޮބާ އެހެންނޭ ވާނީ ކޮއްކޮ ސާޝް އާއި ޗެލެންޖްކުރަން އުޅެންޏާ.ސާޝް އެއީ ނުލައިހަކު މޮޅު ސްޕީކަރ އެއް” އިޝްއަލް މިހެން ބުނުމާއިއެކު އަހަރެން ފޮނިވެފައި އީޝާކް އާއި ދިމާލަށް ދޫނެރެލީމެވެ.”ހޫނ.ދެން ދެމީހުންވެގެން މަ ކަޑަކުރުވަން ނޫޅެ އަވަހަށް ދާން ހިނގާ.ދޮންބެ ވެސް ދެން ދޭބަލަ ބައްޕަ އެއައީ ދޮންތު ގޮވައިގެން ގޮސް ވައްޓާލާފަ” އީޝާކް އިޝްއަލް އަށް ބުނެ އަހަރެންގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.އެއިރު އައިރާ އާއި އީރާވެސް ތައްޔާރުވެ ނިމިގެން އުނދޯލީގައި އިށީނދެގެން ތިއްބެވެ.

އަހަރެމެން ދެމީހުން ގޭ ދޮރޯށިން ބޭރަށް ނުކުތްއިރު އަށިމަތީގައި މަލާއިން އާއި ލިއާ ތައްޔާރުވެގެން ތިއްބެވެ.”ކޮބާ.މިއަދު ލަސްވީ ކޮންބައެއްކަން އެނގިއްޖެއެއްނު މިހާރު”މަލާއިން މަލާމާތުގެ ރާގަކަށް މިހެން ބުނުމުން އީޝާކް ބޯ ކަހާލަމުން ކުރިޔަށް ދާން ފެށިއެވެ.އަހަރެންވެސް ކުރިޔަށް ދިޔައީ މި ދެމީހުންގެ އަނގަޔަކުން ނާރާނޭ ކަން ދަނެގެން މަލާއިންގެ ބަހަށް އެއްވެސް ރައްދެއް ނުދީއެވެ.އަހަރެން ހީކުރިގޮތައް ގެއިން ފެށިގެން ސްކޫލާއި ހަމަޔަށް ދެވެންދެން ވެސް މަލާއިންގެ ދިމާކުރުންތަކާއި ކުރިމަތިލާންޖެހުނެވެ.ނަމަވެސް އެއިން ކަމަކުން އަހަރެންގެ ހިތައް އެއްވެސް އެއްޗެއް ނޭރީ އެއީ މަލާއިން މަޖަލަކަށް ދައްކާ ވާހަކައެއް ކަން އިނގޭތީއެވެ.ސްކޫލާއި ގެއާއި ދެމެދުގައި މާ ދިގު ރާސްތާއެއް ނޯންނާތީވެ ފަސްވަރަކަށް މިނިޓު ފަހުން އަހަރެމެންނަށް ތިބެވުނީ ސްކޫލް ގޭޓާއި ހަމަޔަށް އާދެވިފައެވެ.ގްރޭޑް 6،7 ގެ ކުދިން ވަންނަން ހަމަޖެހިފައި އޮންނަނީ ސްކޫލްގެ ރަސްމީ ދޮރޯށިން ކަމުން އީޝާކް އޭނާގެ އެކުވެރިންތަކާއިއެކު އެ ދިމާލަށް ދިއުމުން އަހަރެމެން ތިން ކުދިން މަޑުކޮށްލީ ދެންހުރި ގޭޓު ކައިރީގައެވެ.އެއިރު މަދުމަދުން ބައެއް ކުދިންނާއި ބެލެނެވެރިން ވެސް އައިސް މަގުގެ އެކި ދިމަދިމާލުގައި ގްރޫޕް ހަދާލައިގެން ވާހަކައިގައި ތިބޭތަން ފެނެއެވެ.ރަނގަބީލުގެ އިންތިޒާރުގައި އަމިއްލަ ވާހަކައިގައި ތިއްބާ އެއްލިކަޅިއަކުން މަލާއިންއަށް މަގުގެ ވާތްފަރާތުން އައި އިސްކޮޅުން ދިގު ފިރިހެން ކުއްޖާ ފެނުމުން އަހަރެންގެ ކޮނޑުގައި ޖެހިގަތުމުން އަހަރެންވެސް އިސްއުފުލައި ބަލާލީމެވެ.އެވަގުތު ކަޅު ކުލައިގެ ދަބަސް ކޮނޑުގައި އަޅުވާލައިގެން ބޮޑު އަވިއައިނެއް އަޅައިގެން އެހެރަ އަންނަނީ އަހަރެމެންގެ އަނގަގަދަ މިތުރު އަލްޔާން ނޫން ދެވަނަ މީހެއް ނޫނެވެ.އެއިރު ހަމަ އޭނާއާއި އެއް ހަމައެއްގައި ހިނގަމުން އައި ޔަންހާ އާއި ޔަންހާގެ މަންމަ ނާޒިމާއްތަ ވެސް ފެނުނެވެ.ނާޒިމާއްތަ ޖެހިގެން ދެން ހުރީ އަނެއްކުލާހުގައި އުޅޭ ނާއިޝް އާއި އޭނާގެ މަންމަ ރަފީފައްތައެވެ.

އަލްޔާން އަކީ އަހަރެންގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ އިރުފާންބެގެ ދޮށީ ދަރިފުޅެވެ.ކިޔެވުމަށް މޮޅުވެފައި އެހާ ފޮނިވާނެއެވެ.ނަމަވެސް އޭނާ ޤަބޫލުކުރާ ގޮތުގައި ފޮނި އަންހެނާއަކީ އަހަރެންނެވެ.އަދި އެހާ ފިނޑިވާނެއެވެ.ކުޑައިރު އަހަރެމެންނާއި އެކު ކައިރި ރަށްރަށަށް ދަތުރު ދާއިރު އަބަދު އުޅޭނީ ބަރަވެއްޔާއި މަތިންދާބޯޓު ދެކެ ބިރުންނެވެ.އަލްޔާން އާއި ދިމާލަށް ދާން ކުރިޔަށް ފިޔަވަޅެއް އަޅާލިތަނުން ރަނގަބީލުގެ އަޑު ޖެހުމުން އަހަރެންގެ މިސްރާބު ބަދަލުކޮށްލީ ސްކޫލް ގޭޓާއި ދިމާލަށެވެ.އެއިރު ހިނި ބައިގަނޑެއްހެން ގިނަ ދަރިވަރުންތައް އެތެރެއަށް ވަދެ ކްލާސްތަކަށް ވަންނަމުން ދެއެވެ.ލިއާ އޭނާގެ ކްލާހަށް ވަނުމުން އަހަރެންނާއި މަލާއިން ދިޔައީ ސްކޫލުގެ މައި އިމާރާތުގެ ދެވަނަ ބުރީގައި ހުންނަ 5 އޭ ކްލާހަށެވެ.އެއިރު ކްލާސް ޓީޗަރ ޝީނާ މިސް މޭޒުދޮށުގައި ކްލާސް ރިކޯޑު އަތަށް ލައިގެން އިނެވެ.އަހަރެންވެސް ގޮސް އަހަންނަށް ޙާޢްސަ ކުރެވިފައި ހުރި ގޮނޑީގައި ދަބަސް ބެހެއްޓުމަށް ފަހު ހަމަޖެހިލީމެވެ.އެއާއިއެކު ކުރިމަތީގައި އިށީން އަލްޔާން ގޮށްމުށުން މޭޒުމަތީގައި ޖެހުމުން ސިއްސައިގެންގޮސް ކޮޅަށްތެދުވެވުނު އިރު އަހަންނަށް މާނޭވާލެވެމުން ދިޔައެވެ.”ހައްހައްހައްހައްހައްހަ”އަލްޔާން ބަނޑުގައި އަތް އަޅައިގެން އިނދެ ހެމުން ދިޔައިރު އެވަގުތު އެތަނަށް އައިސް އިށީން އުލާ އާއި ނުހާ ވެސް އަހަންނަށް ވީގޮތް އެނގުމުން ހޭން ފެށިއެވެ.ބަޔަކު މިކަހަލަ ސަމާސާއެެއް ކޮށްފިއްޔާމުން އާއްމުކޮށް އަހަންނަށް އިސްކުރެވޭނީ ރުޅިއެވެ.މިފަހަރުވެސް ވީ އެހެންނެވެ.”ޔޫ.ހައު ޑެއަރ ޔޫ މިސްޓަރ މުހައްމަދު އަލްޔާން އިރުފާން! ބަލަން ހުންނައްޗޭ.އައި ވިލް ކިލް ޔޫ މިއަދު” އަހަރެން އަލްޔާންގެ ކުރިމަތީގައި ހުރި ޑެސްކުގައި ދެއަތް ވިއްދާލަމުން ބުނިއިރު އުލާ އާއި ނުހާ ކުޅި ބަލަން ތިއްބެވެ.”ހައްހައްހައް.މަރާނަމޯ.މަ ބަލާނަމޭ ފޮނި ސާޝާއަށް ތިކަންވޭތޯ” އަލްޔާން ހުނުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ބުނިއިރު އެ ދެލޮލުން ވަނީ ފެން އައިސްފައެވެ.”ޕިސް ޕިސް ޕިސް.މިއޮތް ކަމެއްދޯ ދެން.އަލްޔާން އާއި ސާޝާއަށް ހަމަ ތިނޫން ވަރެއް ނުވަނީތަ އަޅެ”އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން އަހަންނަށް ހުއްޓެވުނީ ފަހަތުން ދުވި ޑިއޯރ ‘ސައުވޭޖް’ ސެންޓުގެ މީރު ވަހުންނެވެ.އަލްޔާންއަށް ފުރަގަސް ދެމުން ފަހަތައް އެނބުރުނުއިރު ދެލޯ ބޮޑވީ ކުރިމަތިން ފެނުނު ސޫރަޔަކުންނެވެ.އެއިރު އަހަރެންގެ ފަހަތުގައި ހުއްޓިލައިގެން ހުރި އިސްކޮޅުން ދިގު ފިރިހެން ކުއްޖާ ފެނުމުން އަހަރެން ބުނަން އުޅުނު ބަސް އަނގައިގައި ތާށިވި ކަހަލައެވެ.ދޮން ހަންގަނޑެއް ލިބިފައިވާައިރު ފަން އިސްތަށިކޮޅު މޫނުމަށްޗައް ވެއްޓިފައި އޮތުމުން ނުހަނު ފުރިހަމައެވެ.ހުދު ކުލައިގެ ގަމީހާއި ފަޓްލޫނުގައި ބެގީ ކޮއްލާފައި ހުރިއިރު ގަމީހުގެ އަރިމަތީ ޖީބުގައި ޖަހާފައި އިން ޓެގްކޮޅުން އެއީވެސް އަހަރެންނެކޭ އެއްފަދައިން ޖޫނިއަރ ޕްރިފެކްޓެއްކަން އެނގެއެވެ.

ދެން ފެނުނު މަންޒަރުން އަހަންނަށް ދެވަނަ ފަހަރަށް މޭޒުމަތީގައި ގޮށްމުށުން ނުޖެހުނީ ކިރިޔާއެވެ.ދެބުމަގޮށްޖެހިގެން ދިޔައީ އުލާ ތެދުވެގެން ގޮސް އެކުއްޖާގެ އަތުގެ މުލައްދަނޑީގައި ހިފާލުމުންނެވެ.އެމަންޒަރު ފެނުމުން އަލްޔާން އާއި ނުހާ ލާނެތް ގޮތަކަށް ހޭން ފެށުމުން އަހަރެންނަށް އިސް ތިރިކޮށްލެވުނީ ލޮލަށް ޖަމާވި ކަރުނަތައް ފޮރުވުމުގެ ގޮތުންނެވެ.އެހެންނުވާންވީ ސަބަބެއް ނެތެވެ.ދިރިއުޅުމުގެ ވާހަކަ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް މިހިރީ އަހަރެންގެ ‘ކްރަޝް’ އާއި ބައްދަލުވެފައެވެ.އާނއެކެވެ.ކުރިމަތީގައި މިހިރީ އަހަރެންގެ ހިތުގައި އަހަރަކަށް ވުރެ ގިނަ ދުވަހު ރަސްކަން ކުރަމުން އަންނަ މި ހިތުގެ ރާޖާ ޝަހާން އެވެ.އުލާ އާއި ދެމީހުން އުޅެނީ ސީދާ ރައްޓެހިވެގެން ނޫން ކަމުގައި ވިޔަސް ހުރިހާކުދިންގެ ނަޒަރުގައި އެއީ ‘ފިއުޗަރ ކަޕްލް’ އެކެވެ.އެހެންކަމުން އެ ދެމީހުން އަޅުވާ ކިޔުމަކީ އަލްޔާންމެންގެ އާދައެކެވެ.އެ ދެމީހުންގެ އުޅުން ހުންނަ ގޮތުން އަހަރެންނަށް ވެސް އެއީ ތެދެއް ކަމަށް ޤަބޫލުކުރެވެއެވެ.އެކަމުގެ އެންމެ ބޮޑު ހެއްކަކީ ޝަހާން އަދި އުލާވެސް އަޅުވާކިޔާއިރު އެކަމަށް ދެކޮޅުހަދާފައި ނުވުމެވެ.ނަމަވެސް ފާޅުގައި ދެމީހުންކުރެ އެކަކުވެސް އެކަމަށް އެއްބަސްވެފަކާވެސް ނެތެވެ.އެހެންކަމުން އަހަރެން ޤަބޫލުކުރާގޮތުގައި އަދި އުއްމީދު ކަނޑާލާކަށް ނުވެއެވެ.”ސާޝް ކިހިނެތްވެފަ؟” މަލާއިން ކަންބޮޑުވެފައި އަހާލުމުން އަހަރެން އިސް އުފުލާލިއިރު ކްލާސް ތެރޭ އެއްވެސް ކުއްޖެއް ނެތުމުން އެންމެން އެ ދިޔައީ އެސެމްބްލީ އަށް ކަން އެނގުނެވެ.އަހަރެންގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން މަލާއިންއަށްވެސް ވީގޮތް ސާފުވިއެވެ.އޭނާ އަހަރެން ގައިގައި ބައްދާލަމުން ބުނީ ކެތްތެރިވުމަށެވެ.ވަގުތު ޖެހުމުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭ ކަމެވެ.އަހަރެންވެސް ހިނިތުންވެލަމުން ބޯ ޖަހއިލީ ތަޤުދީރުގައި ކަންތައް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ.އަހަރެން ހަމަޖެހުމުން މަލާއިން އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން ވާހަކައޮޅުވާލިއެވެ.އެއާއި އެކު އަހަރެންވެސް ހީހީފައި ވާހަކައިގައި ބައިވެރިވެ ކްލާހުން ނުކުތީ ހޯލާއި ދިމާލަށް މިސްރާބު ޖަހަމުންނެވެ.

އެސެމްބްލީ އަށްފަހު ގަޑިއަކާއި ޖެހި ގަޑިއެއް ނިމެމުން ގޮސް ފަހު ގަޑިއާއި ޖެހުނެވެ.އެންމެ ފަހު 35 މިނުުޓު ނިމުމުން ސަފުތައް ހައްދައިގެން ގްރޭޑް 6،7 ގެ ދަރިވަރުން ފިޔަވައި ބާކީ ތިބި ދަރިވަރުން ތިބީ ސްކޫލް ގޯތިތެރެއަށް ނެރެފައެވެ.އެވަގުތުކޮޅުވެސް އަލްޔާން، ނުހާ އަދި އުލާ އުޅުނީ ސަކަރާތް ޖެހުމުގައެވެ.އަހަންނަކީ އާއްމުކޮށް ‘އިންޓްރޮވާޓް’ ސްޓައިލަށް އުޅޭ މީހެކެވެ.މަޑުމައިތިރި މިޒާޖެއްގެ ވެރިއަކަށް ވެފައި ‘ސޯޝަލް ޕްރޮބްލަމްސް’ ހުރުމުގެ ސަބަބުން ރައްޓެހިންނާއި އެކު ގުޅުން ބަދަހިކޮށް މަޖާ ކުރުމަކީ އަހަންނަށް ކުރުން ފުދޭވަރަކަށް އުނދަގޫ ކަމެކެވެ.އަލްޔާން ޤަބޫލުކުރާގޮތައް އަހަރެންނަކީ ހިތުން ފޮނި މީހެކެވެ.ނަމަވެސް މީހުންގެ ކުރިމަތީ ‘އެރޮގެންސް’ ދައްކަން އުޅުނެއް ކަމަކު އަހަރެންގެ ހިތްހެޔޮ ކަމުން އެކަން ނުވަނީއެވެ.މަންމަ އާއި ބައްޕަގެ ފަރާތުން އަހަންނަށް ސިފަތައް ވާރުތަވެފައި ވަނީ އެއްވަރަކަށެވެ.ހަރުކަމާއި އެއްވަރަށް ހިތްހެޔޮ ކަންވެސް އަހަންނަށް ލިބިފައި ވެއެވެ.އަހަންނަށް އަހަރެން ފެނުނީކީއެއް ނޫނެވެ.އެކަމަކުވެސް ބުނެލާނަމެވެ.އަހަންނަކީ ސިކުނޑި ރަނގަޅު މީހެކެވެ.ﷲ ގެ ރަޙްމަތުން އަހަންނަށް ލިބިފައިވަނީ ހަނދާން ގަދަކަމާއި ތޫނުފިލިކަމެވެ.މި ކަންކަން އަހަރެން ބޭނުންކުރަމުން އަންނަނީ ހެޔޮގޮތުގައެވެ.އެއީ ބުއްދީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރަންޖެހޭ ފަދަ ހާލަތެއް އަދި އަހަންނާއި ކުރިމަތިވެފައި ނުވާތީއެވެ.ނަމަވެސް އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ބުއްދީގެ ބޭނުން އެފަދަ ގޮތަކަށް ކުރުމަށް އަހަރެން ފަހެއް ނުޖެހޭނަމެވެ.އެ ތިންމީހުންގެ ހަރަކާތްތަކަށް ގެއްލިފައި ހުއްޓާ އަހަރެން ސިހުނީ ފަހަުތުން އަހަރެންގެ އިސްތަށިގަނޑުގައި އެއްޗެއް ކޭއްތޭހެން ހީވުމުންނެވެ.އަހަރެމެންގެ ކްލާސް ސަފު ހަދައިގެން ތިބީ ގޯތި ތެރޭ ހެދިފައި ހުރި ފެތިރޯނު ގަސްތަކުގެ ދޮށުގައި ކަމުން އޭގެ ފަތެއް ކަމަށް ހީކޮށް ފަހަތައް އެނބުރުމާއި އެކު އަހަރެންގެ ކޯތާފަތް ރަތް ވެގެން ދިޔައީ އަތައް އިލޮށްޓެއް ލައިގެން ފަހަތުގައި ހުރި ޝަހާން ފެނުމުންނެވެ.”އެކްސްކިއުޒް މީ.ވަޓް އަރ ޔޫ ޑުއިންގް؟” އަހަރެންގެ މޫނުމައްޗައް ހަރުކަށިކަން ގެންނަމުން ކުރިމަތީހުރި ޝަހާންއަށް ބުނީމެވެ.”ޑޯންނޯ ވައި.ބަޓް އައި ލަވް ޕްލޭއިންގް ވިތް ޔުއަރ ހެއަރ” ޝަހާން މިހެން ބުނެ އަނެއްކާވެސް އަތުގައި އޮތް އިލޮށިގަނޑުން އަހަރެންގެ އިސްތަށިގަނޑުގައި ކޮށްޓަމުން ހޭން ފެށިއެވެ.އެވަގުތު އެ މޫނުމަތީގައި ވީ ހިނިތުންވުން ފެނި ވަގުތުވެސް ހުއްޓޭނެނަމައޭ އަހަރެންގެ ހިތައް އެރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ލޯތްބަކުންދިން-22

Next

ކުލަ 1

Next
June 3, 2023

ކުލަ 1

Previews
June 2, 2023

ލޯތްބަކުންދިން-22

20 Comments!

  1. don't know says:
    June 2, 2023 at 7:56 pm

    school love story eh dhw
    when next part.maa gina meehun ulheythi vrh olhey eba

    1. Anonymous says:
      June 3, 2023 at 9:07 am

      Well those characters need to be there becuase this is a true story based on a friend’s life and all these people have a role to play in her life so they need to be There.siblings dhw aslu olhenee.sorry my bad cuz names choose kurevunee varah evvahtharukoh.Thanx for sharing ur opinion next part within 2 weeks insha allah 😀😀😀😀😀

  2. We are dreamers says:
    June 2, 2023 at 11:04 pm

    Mi vhk ninmmaaleveythoa balaathi…. Cox mihen mi buny kurin liyun vhk ‘nuvaanan thafaatheh’ vx othy nunimi…. Kiyuntherinnaa hamayah nugenesdhi… Vrh dhera Dhn mihen vannyyaa 😒

    1. ----queen----- says:
      June 3, 2023 at 9:03 am

      That’s actually due to me being busy when I was in grade 9 and preparing for O levels.but now it’s almost over so insha allah I won’t let u down.and this story is long becuase its based on true story of a person’s life but u won’t get boared and I hope to receive ur love and support.Thanx for sharing ur opinion 😀😀😀😀

  3. Aluu says:
    June 3, 2023 at 7:44 am

    Story is amazing
    Hope u will finish this story
    She is sooo young
    Vhka rythi viyas i dont like maaa lhairuge love stories
    Actually they are in grade 5
    7 or 8 nama ok
    This my opinion inge
    Don’t take it negatively
    When next is?

    1. Anonymous says:
      June 3, 2023 at 8:58 am

      That’s just the beginning dear it’s actually a true story based on a friend’s life.and I myself don’t know how it will end or what will happen after when she turns 18 because she is 17 now.i m just starting to write from as far as I can remember 😀 but these parts won’t last for too long cuz I don’t remember much about those days.and the story won’t be only in her POV so I hope u won’t get boared and enjoy it.next part is in 2 weeks inshallah.by the way,is the length of the part long enough to compensate for a long time?

    2. Aluu says:
      June 3, 2023 at 9:09 am

      Oooohhh
      great idea
      2 weeekss?? Ig that’s tooo long to wait

  4. ----queen----- says:
    June 3, 2023 at 9:48 am

    Then I will try compensating for all that time if I can’t post on a weekly basis.But I will try my best to release it at the earliest 😀😀😀😀

  5. areesha says:
    June 3, 2023 at 3:57 pm

    u @queen from which island.I also doing O level almost going to finish

    1. ----queen----- says:
      June 3, 2023 at 8:10 pm

      Gdh.Thinadhoo

    2. Livy says:
      June 3, 2023 at 10:53 pm

      Same… This month 8 we will finish the o level exam 🙂

    3. areesha says:
      June 4, 2023 at 12:26 pm

      My last test tomorrow. I am from male’

    4. Livy says:
      June 4, 2023 at 8:03 pm

      Ya… Economics kudhin nimeyne maadhama… Dhn i bio kiyavaathy ve nimeny 8 ga 🙂

  6. We know says:
    June 3, 2023 at 10:49 pm

    Mee anonymous liyaa vhk ehthr?

    1. Anonymous says:
      June 4, 2023 at 2:22 am

      No it’s me —–queen—–

    2. ----queen----- says:
      June 4, 2023 at 2:23 am

      No it’s me —–queen—–

  7. We know says:
    June 4, 2023 at 10:43 am

    Oh… Dhn keehve anonymous reply dheny 🤣

  8. hiy edhey goeh beynunve eve says:
    June 4, 2023 at 12:28 pm

    I know that anonymous is mot queen cuz in story cover also there is by —-queen—-

  9. We know says:
    June 4, 2023 at 1:23 pm

    @hiyedheygoehbeynunveeve did u mean anonymous aa queen aky eh Meehekeytha

    1. -----queen----- says:
      June 4, 2023 at 2:17 pm

      yh i just forgot to write my name as queen in some replies

Comments are closed.

Next Episodeހިތް އެދޭގޮތް ބޭނުންވެއެވެ (2)←


All Right Reserved!