ރޭގަނޑުގެ ވަގުތެވެ.ރަތް ކުލައިގެ އަތްދިގު ކްރޮޕް ހޫޑީ އަކާއި ކަޅުކުލައިގެ ސްކިނީ ޖީންސެއް ލައިގެން ސޯފާގައި ޓީވީ ބަލަން އޮތް ކިރާ ދިޔައީ އިރު އިރުކޮޅާ އާފުރެމުންނެވެ.އަތުކުރީ އޮތް ގަޑިއަށް ބަލަާލަމުން އޭނާ އަނެއްކާވެސް ޓީވީ އަށް ނަޒަރު ހުއްޓާލިއެވެ.އައިރާ މާލެ އައި ގޮތައް ފޯނު ނިއްވާލައިގެން ނިދުމުން ކިރާ އިނީ ފޫހިވެފައެވެ.އިރުކޮޅެއް ފަހުން އެހެން އިންދާ ގޭގެ ބެލް އަޅާލި އަޑު އިވުމުން ކާކުކަން ނޭނގޭތީވެ ކަޅު ކުލައިގެ ވަށް ބުރުގާއެއް އަޅައިގެން ހުރެ އޭނާ […]
ކައިޝާންއާއި އީޝާގެ ކައިވެންޏަށް ހަފްތާއެއް ފުރުމާއެކު އެ ދެމަފިރިންނާއި ޔޫވިންވެސް ކިރާއާއެކު މާލެ ދިޔައެވެ.ކައިޝާން މާލެއިން 3 ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމާއެކު އެ ދެމީހުން ކުރިންވެސް ނިންމާފައިވަނީ ކައިވެންޏަށްފަހު އެތަނުގައި ދިރިއުޅުމަށެވެ.ކައިޝާން އަކީ ރިސޯޓްތަކުގެ ވިޔަފާރި ކުރުމުގައި ވަރަށް ކުރީގައި އުޅޭ ކުއްޖެކެވެ.އޭނާ އަންނަނީ އަމިއްލަ ކުންފުންޏެއް ފަރުވާތެރިކަމާއެކު ހިންގަމުންނެވެ.އަދި އީޝާއަކީ ނަރުހެކެވެ.ކައިޝާން އޭނާގެ އޮފީސް މާލެ ބަދަލުކުރަން ނިންމުމާއެކު އަދި އީޝާއަށް ހުޅުމާަލެ ހޮސްޕިޓަލުން ވަޒީފާ ލިބިފައިވުމާއެކު އެ ދެމަފިރިންގެ ދިރިއުޅުންވެސް މާލެ ބަދަލުކުރީއެވެ. މާލެ […]
ޖެހިގެން އައި ދުވަހެވެ.9:00 ޖެހުމާއެކު ކިރާ ހޭލައިގެން ތިރިއަށް ދިޔައީ އާދައިގެ މަތިން ކޮފީއެއް ބޯށެވެ.ސިޑިން ފައިބައިގެން ގޮސް ބަދިގެޔަށް ވަތް އިރު ކާމޭޒުދޮށުގައި ކައިޝާން ކައިރީ ލެޕްޓޮޕެއް ހިފައިގެން އިން ޔޫވިން ފެނުމުން ސިހުނު ނަމަވެސް އެކަން ނުދައްކައި ކުރަޔަށް ފެންއަޅައި ފެންކައްކަން ޖެއްސިއެވެ.”ކިޓީ.ކުޑަބެއަށްވެސް އަޅައިދީބަލަ”ކައިޝާން މިހެން ބުނުމާއެކު ލެޕަށް ނަޒަރު ހުއްޓާލައިގެން އިން ޔޫވިން ވަށްކަޅިން ކިރާއަށް ބަލައިލިއެވެ.ހިމަތޮޅި ހަށިގަނޑެކެވެ.ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހަރުވާޅައާއި ކަޅުކުލައިގެ ޓޮޕްކޮޅު ކިރާއާއި ނުހަނު ގުޅެއެވެ.އަޅައިގެން ހުރި […]
ގަޑިން ހަވީރު 5:30 ވީއެވެ.ކާޑެއްދޫ އެއަރޕޯޓުގައި ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން ފަސިންޖަރުންތައް ފައިބަމުން ދިޔައެވެ.ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ.މުސްކުޅީންނާއި ޒުވާނުންނެވެ.އެތަނުން އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައީ އިސްކޮޅުން ދިގު ޒުވާނަކަށެވެ.އެއްބަޔަކު އޭނާއަށް ނަޒަރުހުއްޓައިގެން ތިބެ އެކަކު އަނެކަކުގެ ކަންފަތްބުޑުގައި ސިއްރު ވާހަކަތައް ދައްކަމުން ދިޔައިރު އަނެއްބަޔަކަު ތިބީ އެނޫން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން ނޭނގިފައެވެ.ނަމަވެސް މިއިން އެއްވެސް ކަމަކަށް އެ ކަމަނާގެ ފަރުވާލެއް ނެތެވެ.ކަޅުކުަލައިގެ ސްކިނީ ޖީންސް އެ ހިމަ ދިގު ފަޔަށް ހިފާލާފައި […]
މައުވާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނައިލް “އެކްސްކިއުޒް މީ” ކިޔާލަމުން ފޯނަށް ޖަވާބު ދެމުން ކޮޓަރިން ބޭރަށް ނުކުތެވެ.އެޔާއެކު މައުވާއަށް ފުން ނޭވައެއް ދޫ ކޮށްލެވުނެވެ.”ދެޓް ވޯޒް ކްލޯޒް.އައި ތޯޓް އައި ވޯޒް ގޮނަ ފެއިންޓް ހީ އިޒް ސޯ ހޮޓް”މައުވާ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން މޭގައި އަތްއަޅައިގެން ހުރެ ހުވަފެނީ ގޮތަކަށް ކިޔާލިއިރު އެ ރީތި ދެލޯ ވަނީ މެރިފައެވެ.ނައިލްއާއިއެކު އެ ހޭދަކުރެވުނު ވަގުތުކޮޅު އޭނާގެ ހިތުން ދެން ދުވަހަކު ފިލައިގެނެއް ނުދާނެކަން ޔަޤީނެވެ.އިހުސާސްތައް ކޮންޓްރޯލް […]
މައުވާއަށް ޙިޔާލުތަކުގެ ތެރެއިން ނުކުމެވުނީ ހުރިހާ އެންމެންގެ އަތްތިލަބަޑީގެ އަޑަށެވެ.ލިޝްކާމެން އައިސް މައުވާގެ ގައިގައި ބައްދާލިއިރު ދެން ތިބި ކުދިންވެސް ސްޓޭޖުން ފައިބައިގެން މިސްރާބުޖެހީ ކައްކަން ފަށާފައިވާ ދިމާލަށެވެ.އެއިރުވެސް އެ އެންމެންގެ ދުލުކުރީގައިވީ ލަވަ އާއި ޑްރާމާގެ ރީތި ވާހަކައެވެ.ލިޝްކާމެން އެންމެން އެ ދިމާލަށް ދިއުމުން މައުވާ ފަހުން ދާނެކަމަށް ބުނެ ގޭތެރެއަށް ވަނީ އެ ޙިޔާލުތަކުގެ ސަބަބުން އެތެރެހަށީގައި އުފެދިފައިވީ އަލިފާން ނިވާލުމަށްޓަކައި ފެންތައްޓެއް ބޯލުމުގެ ނިޔަތުގައެވެ. ނަމަވެސް އެތެރެއަށް ވަނުމާއެކު މައުވާގެ އަނގަމަތީގައި މީހަކު […]
ނައިލް ވަގުތުން މައުވާގެ ގައިން ދޫކޮށްލަން އުޅުމުން ނުވިސްނާ އޮތް މައުވާއަށް ހިފައި ދަމައިގަނެވުނީ ނައިލްގެ ގަމީހުގެ ކޮނޑުގައެެވެ.ދަމައިގަނެވުނު ގޮތަކުން ގަމީހުގެ މޭމަތިން ގޮށެއް ނައްޓައިގެން ދިއުމުން މައުވާއަށް ބޭއިޙްތިޔާރުގައި އެ ދިމާލަށް ބަލައިލެވުނެވެ.އެޔާއެކު ނައިލްގެ މޭމަތީގައި ވައަތްފަޅީގައި އިން ރަތްކުލައިގެ ބުޅަލެއްގެ ނިޝާން ފެނުމުން އޭނާއަށް ދެލޯ ހަނިކޮށްލެވުނެވެ.އަވަސްއަވަހަށް ސޮރީ ބުނެފައި ދާން ހިނގައިގަތީ ނައިލްއަށް އޭނާގެ މޫނުމަށްޗައް އެރި ކުލަވަރު ނުދެއްކުމަށްޓަކައެވެ.ފަހުން ނައިލްއާއި ވާހަކަ ދައްކަން ނިންމަމުން އޭނާ ހިނގައިގަތީ ލިޝްކާމެން ތިބި ދިމާލަށެވެ. […]
އާދުވަހަކަށް އިރުއެރިކަން އަންގައި އިއުލާން ކުރަމުންދިޔައީ އެއްކޮޅުން އަނެއްްކޮޅަށް ދަތުރު ކުރަމުން ދިޔަ ދޫނިތަކާއި ކޮވެލިތަކެވެ.އާދައިގެ މަތިން ސްކޫލަށް ދާން ޖެހޭ ގަޑިޔަށް ތައްޔާރުވެގެން މައުވާ ނުކުތްއިރު މައުވަން،ޝައިރާ އަދި ކިޔާން ގޮވައިގެން މިއުވާން ކާރުގައި ނައްޓާލަނީއެވެ.މައުވާ މިހާރު ސްކޫލަށް ދަނީ އެކަންޔެވެ.އޭނާއަށް އަދި ސައިކަލު ދުއްވަން ނޭނގުމުގެ ސަބަަބުން ހިނގާފައި ދާންވީމާ ފޫހިވީ ނަމަވެސް އެގޮތް މާ ރަނގަޅެވެ. ގަޑިން 8:30 ވީތަނާ މައުވާގޮސް ކްލާހަށް ވަނެވެ.އެވަގުތު މައުވާގެ ބައްޕަ ފަރާތު ދެބެއިންގެ ދެދަރި ކުއްޖެއް […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް މައުވާއަށް 18 ފުރުނެވެ.ނަަމަވެސް އެކަން ފާހަގަ ކުރާކަށް އޭނާއެއް ނޫޫޅުނެވެ.ނާއިން އާއި ގާތް ކުދިންގެ ފަރާތުން ހަދިޔާ ލިބުމުން މައުވާ އެކަން އުފަލާއެކު ބަލައިގަތެވެ.އަގުބޮޑެތި އެއްޗެއްްސައް ނުވިޔަސް އެކުދިން އޭނާގެ އުފަންދުވަސް މަތިން ހަނދާން ހުރީތީވެސް މައުވާ އުފާވިއެވެ. އެއްރެއެވެ.މައުވާ ސިޓިންރޫމުގައި ފިލާވަޅު ހަދަން އިންދާ ގޭގެ ބެލްއަޅާލިއެވެ.ދޮރުހުޅުވާލުމާއެކު އޭނާއަށް ހިނިތުންވެވުނީ ކުރިމަތީ ހުރި ޒުވާނާ ފެނުމުންނެވެ.”ދޮންބޭ.ކޮންއިރަކު ރަށަށް އައީ؟އައި މިސް ޔޫ ސޯ މަޗް”ކުރިމަތީގައި ހުރި މަޒީންގެ ގައިގައި އޮޅުލައިގަންނަމުން […]