Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިހުސާސްތަކޭމީ 1

-----queen----- Level 1
February 20, 2024 5 Mins Read
0 Comments

ރޭގަނޑުގެ ވަގުތެވެ.އަނދިރި މަގުތަކުން ހިނގާފައި ދިޔަ މައުވާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ.އަޅައިގެން ހުރި ކަޅުކުލައިގެ ވަށް ބުރުގާގެ ދަށުން ކަންފަތައް އެއަރޕޮޑްސް ޖަހައިގެން ހުރެ ގެޔާއި ދިމާލަށް ހިނގަމުން ދިޔައިރު ހަނދުވަރުގެ އަލީގައި ބިންމަތިން އޭނާގެ ދިގު ހިޔަނި ފެންނަމުން ދިޔައެވެ.

ކުއްލިޔަކަށް އައި ނައި ތަނެެއް ނޭނގި ފަހަތުން މީހަކު އައިސް މައުވާގެ އަނގަމަތީގައި އަތް އެޅިއެވެ.އަތުގެ ނާރުތައް އަރާފައި ހުރުމުން އެއީ ފިރިހެނެއްކަން އިނގެއެވެ.ނަމަވެސް ބޮލާއި މޫނުމަތި ކަޅުކުލައިގެ ހޫޑީ އާއި މާސްކުން ނިވާކޮށްފައި ވުމުން އެއީ ސީދާ ކާކުކަމެއް ނޭނގެއެވެ.

އެ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުން ކުޑަ ހިނދުކޮޅަކަށް އެ އަތްދަށުން ސަލާމަތްވާން ތެޅުނު ނަމަވެސް ދެވަނަ ސިކުންތުގައި މައުވާ ހަމަޖެހިލިއެވެ.ބިރުގެ ކަންފުޅެއްހާ ހިސާބުވެސް އެ މޫނުމަތިން ފެންނާކަށް ނެތެވެ.މައުވާ ހަމަޖެހިލުމުން އެ މީހާ އޭނާގެ ގައިގައި ހިފަހައްޓާލައިގެން ހުރިލެއް ދޫވެގެން ދިޔައެވެ.

މައުވާގެ ތުންފަތުގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.ތަންވަޅު ބަލާފައި އޭނާ ފައިން އެ މީހާގެ ފައިގެ ފަލަމަސްގަނޑުގައި ޖެހުމާއެކު އޭނާ އިދިފުށަށް ވެއްޓުނެވެ.އޭނާ އަށް ތެދުވާނެ ފުރުސަތެއް ނުދީ މައުވާ އޭނާއާއި ދިމާލަށް ތިރިވެ އޭނާގެ މެދުހަށީގައި އިށީނީދެ ފަރާތައް އެއްލިފައި އޮތް ދެ އަތް ގެނެސް މައުވާގެ ދެފައި ދަށަށް ލެއްވީ އޭނާ އެ ގައިމަތިން ނުތެދުވަނީސް ނުނެގޭނޭހެންނެވެ.އެ ވަގުތު އެ މީހާގެ އަނގައިން މަޑު އާހެއްގެ އަޑު އިވުނެވެ.ހިމަތޮޅިކޮށް ހުރި މައުވާގެ ބަރުދަނުގެ ސަބަބުން އޭނާއަށް މާ ބޮޑު އަސަރެއް ކުރީކީއެއް ނޫނެވެ.ނަމަވެސް އިދިފުށަށް ވެއްޓި ބުރަކަށްޓަށް ތަދުވުމާއެކު މައުވާގެ ފައިގެ ހަމަލައިން ކުރި އަސަރު އަދިވެސް ނުފިލައެވެ.މައުވާގެ އަތް މަޑުމަޑުން އޭނާގެ މޫނާއި ދިމާލަށް ގެންދިޔައެވެ.

ނަމަވެސް އޭނަާގެ މަޤުސަދަކަށްވީ އެއީ ކާކުތޯ ބެލުމެއް ނޫނެވެ.އެ ގޮތްނޭނގޭ މީހާގެ މާސްކު ދަމައިގަންނަން ނޫޅެ މައުވާ ހިފީ އޭގެ މަތިން އޭނާގެ ކަރުގައެވެ.އެވަގުތު ނޭވާ ހާސްވެގެން އުޅޭ މީހެއްހެން އޭނާ ތެޅެންފެށިއެވެ.ފަސްވަރަކަށް މިނިޓު ފަހުން އޭނާގެ ކަރުގައި ވަށާލެވިފައިވާ މައުވާގެ ހިމަ ދިގު އިނގިލިތައް ދޫވުމުން އޭނާ އަށް ކެއްސައިގަނެވުނެވެ.

“ހުއް.ޕެތެޓިކް” މައުވާ މިހެން ބުނެ އޭނާގެ ގައި މަތިން ތެދުވެ އެ ދެލޮލުން ވަށައިގެންވީ މާހައުލު ސްކޭން ކޮށްލީ މީހަކު ހުރިތޯ ބެލުމަށެވެ.ނަމަވެސް މަގުގެ ދެ ކޮޅު ހުސްކޮށް އޮތުމުން މީހަކު ނެތްކަން ޔަޤީންވެ ފުން ނޭވައެއް ދޫކޮށްލެވުނެވެ.

އެވަގުތު ބިންމަތީގައި އޮތް ނާއިން އުނދަގުލުން ކަހަލަ ގޮތަކަށް ތެދުވެ ގައިން ވެލިފޮޅާލިއެވެ.މޫނުމަތީގައި އިން މާސްކާއި ބޮލުގައި އަޅާފައި އޮތް ހޫޑީ ނަގަމުން އޭނާ ފުންނޭވައެއް ދޫކޮށްލިއެވެ.ނިތްކުރިމަތީގައި ދާތިކިތައް ވިދަމުން ދިޔައިރު ކިފް ހެއަރކަޓް އެއް ޖައްސާފައިވާ އޭނާގެ މަޑުމުށި ކުލައިގެ އިސްތަށިގަނޑުން އެއްބައި ވަނީ މޫނު މައްޗައް ފައިބައިފަައެވެ.އިރުކޮޅެއް ފަހުން އޭނާގެ ތޫނު ނަޒަރު ގޮސް ހުއްޓުނީ ފޯނާއި ކުޅެން ހުރި މައުވާ އަށެވެ.އެވަގުތު އޭނާގެ ގާތައް ރުޅިއައެވެ.

“ޕެތެޓިކް  އޯ.ޔޫ **** ބި*.އެވަރު ތިކޮށްލީ ހަމަ އަހަރެންކަން އެނގިހުރެ ދޯ” ހިތްހަމަނުޖެހިފައި ނާއިން މިހެން ބުނުމުން މައުވާ އެ ދިމާލަށް ނަޒަރު ހުއްޓާލަމުން ހޭންފެށިއެވެ.

“އާނ.ތީ މަށާ ގެޅެން އުޅޭ މީހުނަށް ވާވަރު.އެ ވަރިހަމަ ނާނު އަށް ވިޔަސް.މަގޭ ބެސްޓް ބަޑީ އަށް ވެ ހުރެ ތިހެން ފަހަތުން އައިސް ދިމާ ކުރީމަ މައު ކަޑަ ވާނެއެއްނު” މައުވާ ހަރުކަށިކަމާއެކު ފެށި ޖުމްލަ ނިންމާލީ އަޑަށް ހިތާމަވެރިކަން ގެންނަމުން ނާުއިންގެ ގައިގައި ބައްދާލަމުންނެވެ.ނާއިން މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ.”ދެން ނާނޫ.މައު ދެރަވާނޭ ނާނު ތިހެން ހެދީމަ”މައުވާ ނާއިންގެ ކަރުގައި ދެއަތް ވަށާލަމުން އެ ހަށިގަނޑުގައި އޭނާގެ ދެފައި އޮޅާލުމުން ނުވިސްނާ ހުރި ނާއިން ނުވެއްޓުނީ ކިރިޔާއެވެ.ފަހަތުގައި ހުރި ގޭގެ ވަށާފާރުގައި އޭނާއަށް އަތް ޖައްސާނުލެވުނުނަމަ ދެކުދިން އެއްކޮށް ވެއްޓުނީހެވެ.

ނާއިން މަޑުމަޑުން މައުވާގެ ހިމަ އުނަގަނޑުގައި ދެއަތް ވަށާލަމުން އެ ތުނި ތުންފަތުގައި ބޮސްދިނެވެ.އެއާއެކު ދެކުދިންގެ ވެސް ހިއްސުތައް ހޭލައިގަތް ނަމަވެސް މި ތިބެވުނީ މަގުމަތީގައިކަން އެނގުމުން ނާއިން ފުންނޭވައެއް ދޫކޮށްލުމަށްފަހު މައުވާ ބިންމަތީގައި ބެހެއްޓިއެވެ.

‘ނޮޓް ނައު މައު.ބައި ދަ ވޭ އަހަރެން މިއައީ މީތި މައު އަށް ދޭންވެގެން.މީގަ ހުންނާނެ މިދިޔަ 2 އަހަރު އަހަރެމެން ކިޔެވިއިރު ޕްރިންޓްކުރަން ދިން ނޯޓްސް” ނާއިން ޖިންސްގެ ޖީބުން ޕެންޑްރައިވް އެއް ނަގަމުން މައުވާއަށް ދިއްކޮއްލިއެވެ.”އޯވ.ތޭންކްސް ޔޫ އަރ ސޯ ސްވީޓް” މައުވާ އަނެއްކާވެސް ނާއިންގެ ގައިގައި ބައްދާލިތަނުން އޭނާގެ ފޯން ރިންގުވާން ފެށުމުން އެ މޫނުމަތިން ހާސްކަން ފާޅުވިއެވެ.”އޯހް ގޯޑް.މަންމަ އެ ގުޅަނީ.ސޮރީ ޑޫޑް އައި ގޮތަ ރަން”މިހެން ބުނެ މައުވާ ނާއިންއަށް ހަނާއަޅާލުމަށްފަހު ދުއްވައިގަތީ ގެޔާއި ދިމާލަށެވެ.ނާއިން ދެފަރާތައް ބޯ ހޫރާލުމަށްފަހު ހިނގައިގަތީ އޭނާ އައިކޮޅަށެވެ.

މައުވާ އައިސް ގެޔަށް ވަތް އިރު އޭނާގެ މަންމަ ޝާހިދާ ސިޓިންރޫމްގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.”މައުވާ ވަަރަށް ނޫން ކަމަށް ހެދިފައި އަރައިގެން ހުރި ފައިވާން އަތައް ނަގައިގެން ގޭތެރެއަށް ވަދެ ބޫޓު ކަބަޑަށް ލިއެވެ.”ފޯނަށް ކިހިނެއް ހަދައިގެންތަ ތި އުޅެނީ؟ ކީއްވެ މިހާ ލަސްވަންދެން ބޭރުގަ ތި އުޅުނީ؟ހަވީރު ލިޝްކާ މެން ގެޔަށް ދިޔަގޮތައް އަދި ކިރިޔާ ތި އާދެވުނީ”ޝާހިދާގެ އަޑު ބާރެވެ.”ދެން މަންމާ.މައު ލަސްވީ ނާނު އަތުން ނޯޓްސް ތަކެއް ހޯދަންވެގެން.ނާނު އެއެއްޗިސް ޕެން އަށް އަޅައިގެން ގެންނާނަމޭ ބުނި މީހާ ބިޒީ ކަމުން އެ އާދެވުނީ އިރުކޮޅެއް ކުރިން.ދެން ލިބުނީމަ ހިފައިގެން އަންނަންކަމަށް ލިޝްމެން ގޭގަ މަޑުކުރީ” ކިތަންމެ އުނދަގޫ ވީ ނަމަވެސް ހިނގައިދިޔަ ކަންކަން ފޮރުވުމަށްޓަކައި މައުވާ ދޮގު ހެދިއެވެ.

“ހޫނ.ދެން އޯކޭ.ދެން ކައިގެން ދޭ ނިދަން”މަންމައާއި ބޮޑާއްތަ މި ދަނީ މާދަމައަށް ކައްކަންވެގެން އެއްޗެހި ކާރުގަ އެއްޗެހި ގަންނަން.މައުވަން އެއޮތީ ކައިގެން.ދެން އޭނަގެ ފިލާވަޅުތަކެއް އެބަހުރި ނުނިމި.މަށަކަށް ނޭނގުނު އެއެއްޗެހި ނިންމާދޭނެ ގޮތެއް.އެހެންވެ މަންމަ ބުނިން މައު އަންނަންދެން މަޑު ކުރާށޭ.ފިލާވަޅުތައް ނިމުނީމަ ބަދިގެތެރެ ސާފުކޮށްފަ ދެކުދިން ނިދަން އަރާ” ޝާހިދާ އާއްމުކޮށް މައުވާ ގާތުގައި ކިޔާ ބަނދިވަރު ފައްޗަކަށް އަމުނާލަމުން އަތްދަބަސް ހިފައިގެން ބޭރަށް ނުކުތެވެ.

“އާހް.އައި ހޭޓް ދިސް!” މައުވާ ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ފެންވަރައި ނިދަން ތައަޔާރުވެގެން ބޭރަށް ނުކުތެވެ.އެއިރު 10 އަހަރުގެ މައުވަން ސޯފާގައި ޖޯއިސްޓިކް ހިފައިގެން އޮތެވެ.މައުވާ ފެނުމާއެކު ދުވެފައި ގޮސް ފޮތްތައް ހިފައިގެން އައިސް ކާމޭޒުގައި އިށީނީ ލަސްވެއްޖެއްޔާމުން ދައްތަ ރުޅި އަންނާނެކަން އެނގޭތީއެވެ.ގިނައިރުތަކެއް ނުވެ މައުވަންގެ ފިލާވަޅުތައް ނިންމެވުމަށްފަހު  މައުވާ އޭނާ ނިދަންދެން ގާތުގައި އޮތެވެ.މައުވަން އަށް ނިދުމުން ބޭރަށް ނުކުމެ ބަދިގެ ތެރެ ސާފުކުރުމަށްފަހު އޭނާވެސް ގޮސް ނިދަން އޮށޯތެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަށްވުމުން ހެނދުނުގެ ވަގުތު ފާއިތުވީ މައުވާމެން ނިދަން ތިއްބައެވެ.މިއަދަކީ އެ އާއިލާއިން ކައިރީގައި އޮތް ފަޅު ރަށަކަށް ދަތުރު ދާން ހަމަޖެހިފައި އޮތް ދުވަހަކަށް ވުމުން މެންދުރު ކެއުމެއް މިއަދު ގެޔަކުން ނުލިބުނެވެ.

އެހެންކަމުން ހޭލިގޮތައް މައުވާއަށް ހުންނަން ޖެހުނީ ކޮފީއަކުން ފުއްދާލައިގެންނެވެ.އެވަރު ނުވެގެން އިންޓަވަލަށް ބައްޕަ މިއުވާން މިދިޔަ ހަފްތާއަށް ދިން ލާރިން ބާކީ ހުރި އެތިކޮޅުން ކައިރީގައި ހުރި ފިހާރައަކުން 3 ދަޅު ކޮފީ އާއި އޭނާއަށް ކަމުދާ ކަހަލަ ލުއި ކާނާތަކެއް ވެސް ގަތެވެ. 

ފިރިހެންވެރިން ހުކުރަށް ގޮއްސަ އައުމާއެކު އެންމެން ތައްޔާރުވެގެން މަގުމައްޗައް ނުކުންނަން ފެށިއެވެ.ދަތުރުގައި ބައިވެރިވަނީ މިއުވާންގެ ދެމަފިރިންނާއި މައުވާއާއި މައުވަންގެ އިތުރުން ޖެހިގެން ހުރި ގޭގައި ދިރިއުޅޭ ޝާހިދާގެ އެއްބަނޑު އެއްބަފާ ދައްތަ ކަމުގައިވާ ޝާނާ އާއި އޭނާގެ ފިރިމީހާ ރާފިޢު އަދި އެ މީހުންގެ ދަރީންނާއި ދަބިދަރީންގެ އިތުރުން މާމަ އަދި ކާފަ ދަރީންނެވެ.

ޝާހިދާއާއި ޝާނާއަށް ވަނީ މައުވާގެ މާމަގެ ގޯތި ދެފަޅިކޮށް ދީފައެވެ.އެންމެ ފުރަތަމަ ގެ އަޅައިގެން އެ ގޯތީގައި ދިރިއުޅެންފެށީ ޝާނާއާއި އޭނާގެ 6 ކުދިންގެ އާއިލާއެވެ.އެގެއަށް އެ މީހުން ބަދަލުވީއިރު އެންމެން އުޅުނީ މައުވާގެ މާމަގެ ދުނިޔޭގައި ހިރިގަލުން ރާނާފައި ހުރި ކުޑަ ގޮޅިއެއް ވަރުގެ ތަންކޮޅެއްގައެވެ.ނަަމަވެސް މިހާރު ޝާނާއަށް ވީ ބައި ވަނީ ތިން ބަޔަށް ބަހާލާއި ޒަމާނީ ފެންވަރަކަށް ކޮންމެ ބައެއްވެސް ހަދާ ނިމިފައެވެ.އެގޮތުން ގޯތީގެ އެންމެ ބިށްދޮށަށް ހުރި ބައިގައި ދިރިއުޅެމުން ދަނީ ޝާނާގެ ދޮށީ ދަރި ކަމުގައިވާ ޝާނީއާއި އޭނާގެ ފިރިމީހާ އަރާޝްގެ އިތުރުން ކުޑަ ދެ ފިރިހެން ކުދިން ކަމުގައިވާ ކިޔާން އާއި އިޔާން އެވެ.މެދަށް ހުރި ބައިގައި އުޅެނީ ދެވަނަ އަންހެން ދަރި ޝިމާ އާއި އޭނާގެ ފިރިމީހާ ޖުމާންގެ އިތުރުން އެއްމާބަނޑު ދެކުދިން ކަމުގައިވާ ނަވާލް އާއި ނީލްއެވެ.ގޯތީގެ އެންމެ ކުރިމައްޗައް ހުންނަ ބައިގައި ދިރިއުޅެނީ ޝާނާގެ ދެމަފިރިންގެ އިތުރުން ހަގަށް ތިބި ދެދަރިން ކަމުގައި ވާ ޝަޔާން އަދި ޝައިރާއެވެ.ބާކީ ތިބި ދެދަރިން ދިރިއުޅެނީ މާލޭގައެވެ.

މައުވާ ނިކުތީ ދަތުރުދާން ޕިކަޕަށް އެއްޗެހި އަރުވަން ފެށިފަހުންނެވެ.ކަޅު ކުލައިގެ ވަށްބުރުގާއަކުން އިސްތަށިގަނޑު ނިވާކޮށްލާފައި ވާއިރު މައުވާ ލައިގެން ހުރި ރަތް ކުލައިގެ ސްވެޓަރ އާއި ނޫ ކުަލައިގެ ސްކިނީ ވަނީ ގަޔަށް ހިފާލާފައެވެ.އަވިއައިނަކުން އެ އަސަރުގަދަ ދެލޯ ފޮރުވާލައިފައި ވީއިރު ބުރުގާ ލައިގެން ހުރި މަތިކޮޅުގެ ކަރުދަށަށް ޖަހާފައި ހުރުމުން މައުވާއާއި ނިކަން ގުޅެއެވެ.

18 އަހަރު ފުރެން ކައިރިވެފައިވާ މައުވާއަކީ މާ ދިގު ނޫން ނަމަވެސް ބަލާލަން ހަޑި ކުއްޖެއް ނޫނެވެ.އަވީގައި ޖެހުމުގެ ސަބަބުން ހަންގަނޑު ޓޭންވެފައި ވާ ނަމަވެސް ކަޅު ކުއްޖެކޭ ނުބުނެވޭނެއެވެ.ކަޅުކަންގަދަ ބުމަޔަކާއި އަޅައިގަންނަހާ ރީތި ދެލޯ މައުވާއަށް ލިބިފައިވެއެވެ.ގުދުރަތުން އޭނާއަށް ލިބިފައިވާ ދިގު އެސްފިޔަތައް ފެނުމުން ގިނަ މީހުނަށް އެއީ އަސްލު އެސްފިޔަ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.މީގެ އިތުރުން ކަސްރަތުކުރުމަކާ ނުލައިވެސް މައުވާ އަށް ލިބިފައިވަނީ ހެދިހުރި ބައްޓަން ރީތި ރޫޅާފަތި ހަށިގަނޑެކެވެ.

އެންމެން ހަމަވުމުން އެއްބަޔަކު ޕިކަޕުގައި ޖެޓީއާއި ދިމާލަށް ދާން ދަތުރު ފެށިއިރު އަނެއް ބަޔަކު ދިޔައީ ސައިކަލުގައެވެ.ލައިވެންދޫ(ޙިޔާލީ ނަމެއް)އިން ނައްޓާލިތާ 5 ވަރަކަށް މިނިޓު ފަހުން އެ މީހުންނަށް ތިބެވުނީ ކައިރީގައި އޮތް ފަޅުރަށް ކަމުގައިވާ ކުރެދިފުށީ ނެރުން އެތެރެ ވެފައެވެ(ޙިޔާލީ ނަމެއް)ޑިންގީ ރަށުގެ ގޮނޑުދޮށަށް ބީއްސާލުމާއެކު ފައިވާން އަތައް ނަގަމުން މައުވާ ފުންމާލިއެވެ.އެއާއެކު އޭނާ ލައިގެން ހުރި ސްކިނީގެ ފައިކުރި ތެމުނެވެ.ބާކީ ތިބި މީހުން އޭރު ދިޔައީ ފަހަރަކު މީހަކު ބޭލުމަށްފަހު ރަށުތެރެއަށް އަރަމުންނެވެ.

މެންދުރު ކެއުމަށްފަހު ދުވަހުގެ ބާކީބައި ހޭދަވެގެން ދިޔައީ މަޖަލާއި ސަކަރާތް ޖެހުމުގައެވެ.ޝާނާއާއި ޝާހިދާ ވަލަށް ދަރުހޮވަން ދިޔައިރު ފިރިހެންވެރިން އުޅުނީ ފުޓުބޯޅަ ކުޅުމުގައެވެ.ކުޑަކުދިންތައްވެސް އެ މީހުންނާއި ބައިވެރިވެގެން އުޅުނު އިރު ބާކީ ތިބި މީހުން މޫދަށް އެރުނެވެ.މިތަން ފެނި އެއްގަމުގައި ތިބި ކުޑަކުދިންތައް މޫދާއި ދިމާލަށް ދުއްވައިގަތުމުން ފިރިހެންވެރިން އެމީހުން ފަހައިގަނެ ކުދިން އުރާލައިގެން މޫދަށް އެރުނެވެ.މޫދު ތެރޭގައި ބޯޅަ ކުޅެ ސަކަރާތް ޖެހިއިރު މައުވާ ބައިވެރިއެއް ނުވެއެވެ.އޭނާ ބެލީ އަމިއްލައަށް ފަތަން ދަސްކުރެވޭތޯއެވެ.މާ ފުނަށް ނުގޮސް ފެންމަތީ އޮންނަން ދަސްކޮށް އަމިއްލައަށް އޭނާއަށް އެނގުނު ވަރަކުން ފަތަމުން ދިޔައެވެ.މީހުންގެ އެހީއާއި ނުލާ އަމިއްލައަށް ކަންކަން ދަސްކުރަން އުޅުމަކީ މައުވާގެ ސިފައެކެެވެ.އޭނާއަކީ މީހުނަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ބަރޯސާވުން މުހިއްމު ކަމުގައި ދެކެމުން އަންނަ ކުއްޖެކެެވެ.

3 ޖެހީއްސުރެ އިރުއޮއްސެންދެން މޫދުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމަށްފަހު އެ އާއިލާ އެނބުރި ލައިވެންދޫއަށް އައީ 6:30 ވީއިރެވެ.

ކޮޓަރިއަށް ވަތްގޮތައް ފެންވަރާ ހެޔަރ ޑްރަޔަރ އިން ބޯ ހިއްކާލުމަށްފަހު ރަތްކުލައިގެ ސޯޓަކާއި ކަޅު ކުލައިގެ އަތްދިގު ޓޮޕްކޮޅެއް ލައިގެން މައުވާ އޮށޯތެވެ.ފުދޭވަރަކަށް ދުވަސްކޮށްފައި މޫދަށް އެރުމުގެ ސަބަބުން ހަށިގަނޑުގެ އެކި ތަންތާގައި ވަނީ ގަނޑު ލާފައެވެ. 

ކޮޓަރީގައި ދިއްލާފައި ހުރި ހުދުބޮކިތައް ނިއްވާލައި މަޑު ނޫކުލައިގެ ލެޑް ލައިޓްސް އަށް މައުވާ ބަދަލުކޮށްލީ ސައިޑް ޓޭބަލް މަތީގައި އޮތް ކުޑަ ރިމޯޓަކުންނެެވެ.ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ނަގައި މިއަދު ދަތުރު ދިޔައިރު ނެގި ފޮޓޯތައް ބަލަމުން ގޮސް އެއެއްޗެހި ވަކިން ފޯލްޑާއަކަށް ލުމަށްފަހު ދުވަހުގެ ތާރީޙު ޖަހައި ރައްކާ ކުރިއެވެ.ދެން ތިބި ފޯލްޑާތައް ބަލަމުން މެދުކެނޑުމެއް ނެތި ހަރަކާތްކުރަމުން ދިޔަ މައުވާ ގެ އިނގިލި ފޯނުގެ ސްކްރީނުގައި ތަތްވީ އެއްކައިރީގައި “ލޯބީސް” ގެ ނަމުން ސޭވް ކޮށްފައި އިން ފޯލްޑާ އެއް ފެނުމުންނެވެ.އިނގިލި ހަރަކާތްކުރަންފެށުމުން އެ ފޯލްޑާ މައުވާއަށް ހުޅުވާލެވުނީ ބޭއިޙްތިޔާރުގައެވެ.އެއާއެކު މާޒީގެ  ސޮފްހާތައް ފޮތުގެ ގަނޑުތަކެެއްހެން އޭނާގެ ކުރިމަތީގައި އުކެން ފެށިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ޝަކުވާ-2

Next

އާބާދުވި ޙަޔާތް

Next
February 20, 2024

އާބާދުވި ޙަޔާތް

Previews
February 20, 2024

ޝަކުވާ-2



All Right Reserved!