ސަލާމް ހުރިހާ ކުދިންނަށް ☺ފަރސްޓް އޮފް އޯލް މިވާހަކަ ރެގުލަރ ކޮއް ގެނެސްދެވެން ނެތް ވާހަކަ ދަންނަވަން އަދި މީގެ ފަހުން ކޮންމެ ހަފްތާއަކުވެސް ވާހަކައިގެ އެއް ޕަރޓް ނޫނީ ދެ ޕަރޓް ދެ ހަފްތާއިން އެއް ހަފްތާ ކިޔާލަން ލިބޭނެ ވާހަކަ ދަންނަވަން.އަދި ވާހަކަ އަޕް ނުކުރެވި ދިޔަ ހުރިހާ ދުވަހަކަށްވެސް ކޮމްޕެންޒޭޓް ކޮއްދެވޭނެ ވާހަކަ އުފަލާއިއެކު ދަންނަވަމެވެ.ތޭންކްސް ފޯރ އޯލް ދި ލަވް އެންޑް ސަޕޯރޓް ފްރޮމް “ނުވާނަން ތަފާތެއް” ގެ ރީޑަރސް އެންޑް […]
ނޯޓް:ޓައިމް ސްކިޕްއަށް ފަހު މި ޕަރޓް ފެށޭތީވެ ކެރެކްޓަރަސް އަށް މިވަނީ ކަވަރ ގަައި ފެނިގެންދާ ގޮތަށް ބަދަލުގެނެވިފައި. *5 އަހަރު ފަސް* ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނުކުމެގެން އައި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ކަޅުކަންގަދަ އިސްތަށިގަނޑަކާއި ކުލައަލި ހަންގަނޑެއް ލިބިފައިވާއިރު ލައިގެން ހުރި ނޫކުލައިގެ ކެޝުއަލް ހޫޑީ ޝަރޓް ގަޔަށް ހިފާލާފައި ވާއިރު އޭގެ އަތް ވެސް އުޅަނބޮއްޓާއި ހަމަޔަށް އޮޅާފައި ވާއިރު ހާމަޔަށް އޮތް މުލައްދަނޑީގެ ބާރުގަދަކަން އެނގިގެން ދާނެއެވެ.އަވިއައިނަކުން ދެލޯ […]
ނަަމަވެސް ރައްޔާން އަށް ނޭނގި އޭނާ ރައްޔާންގެ ލޭ ނަގައިގެން ޓެސްޓުތަކެއް ހެއްދިއެވެ. އެ ޓެސްޓުތަކުން ދެއްކިގޮތުގައި ރައްޔާންއަކީ ޕީ.ޓީ.އެސް.ޑީ(ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯރޑާ) އަށް ފަރުވާކުރަން ޖެހިފައިވާ ޕޭޝަންޓެކެވެ.ކުޑައިރު އިޔާން އާއި އެލީނާގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ރައްޔާންގެ ސިކުނޑީގެ ހަނދާން ބައިގައި އެ މަންޒަރުތަށް ރައްކާކުރެވިފައިވުމުން ރައްޔާން ކިތަންމެވަރަކަށް އެކަންތަށް ހަނދާނުން ފޮހެލަން ބޭނުންވިޔަސް އެއީ ނުހަނު އުނދަގޫ ކަމެކެވެ.ސައިންސްގެ ގިނަ ހޯދުންތަކާއި ތަހުލީލުތަކުން ދައްކާގޮތުގައިވެސް ގަދަކަމުން ހަނދާންތަށް ފޮހެލަންއުޅުމަކީ އުނދަގޫ ކަމެކެވެ.ބައެއްމީހުން […]
“ކާފަ ނުދާނަމޭ ރައްޔު ދޫކޮއްފަ އެއްވެސް ތާކަށް”ޒާން ރައްޔާންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. “އަސްލުވެސް؟”ޤަބޫލުނުކުރެވިފައި ރައްޔާން އަހާލިއެވެ.ޒާން ބޯޖަހާލަމުން ރައްޔާން ގެންގޮސް އެނދުގައި ބާއްވާފައި ނިދާލުމަށް ބުނެ ރައްޔާން ނިދެންދެން ކައިރީގައި އިނެވެ.އެވަގުތު ޒާންއަށް ބެލެމުން ދިޔައީ އޭނާގެ އަތާއި ގުޅި ލާމެހިފައިވާ ރައްޔާންގެ އަތަށެވެ.ނިދީގައި އޮތް ރައްޔާންގެ މި ކުޑަ ކުޑަ ޢަމަލުން އެކަނިވެސް ޒާން އަބަދުވެސް އޭނާޔާ ގާތުގައި ވުމަށް އެ ޅަ ހިތް އެދޭވަރު އޭނާޔަށް އަންދާޒާކޮއްލެވުނެވެ. ޒާންގެ އާއިލާއަކީ މުޅި ދުނިޔޭގައި […]
އިރުއޮއްސެމުން ދިޔަ ވަގުތެވެ.ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސި ރަންކުލައިގެ ޕްރައިވެޓް ޖެޓް ފެނިފައި މާހައުލުގައި ތިބިހާ ބަޔެއްގެ ނަޒަރު އެޔަށް ހުއްޓުނެވެ. އޭގެއިން ފޭބި ކަޅު ކުލައިގެ ސޫޓެއް ލައިގެން ހުރި މެދުއުމުރުގެ ފިރިހެންމީހާ ފެނި ކައިރީގައި ތިބި ބަޔަކުގޮސް އަވަހަށް މެހެމާންދާރީ އަދާކުރުމުގައި އަވަދިނެތިއުޅުނެވެ. “މާސްޓަރ ޒާން.ވަރަށް ބޮޑަށް ޝުކުރިއްޔާ މިހާ އަވަހަށް ވަޑައިގެންނެވީތީ”އެ ފިރިހެންމީހާ ކައިރިޔަށް އައިސް ހުއްޓުނު އިސްކޮޅުން ދިގު ޒުވާނާ ވާހަކަދެއްކި އަޑަށް އެ ފިރިހެންމީހާ އިސްއުފުލާލިއިރު އޭނާގެ ރުލެއްނެތް މޫނު […]