Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 1

-----queen----- Level 1
July 30, 2024 4 Mins Read
3 Comments

ގަޑިން ހަވީރު 5:30 ވީއެވެ.ކާޑެއްދޫ އެއަރޕޯޓުގައި ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން ފަސިންޖަރުންތައް ފައިބަމުން ދިޔައެވެ.ކުޑަކުދީންނާއި ބޮޑެތި މީހުންނެވެ.މުސްކުޅީންނާއި ޒުވާނުންނެވެ.އެތަނުން އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައީ އިސްކޮޅުން ދިގު ޒުވާނަކަށެވެ.އެއްބަޔަކު އޭނާއަށް ނަޒަރުހުއްޓައިގެން ތިބެ އެކަކު އަނެކަކުގެ ކަންފަތްބުޑުގައި ސިއްރު ވާހަކަތައް ދައްކަމުން ދިޔައިރު އަނެއްބަޔަކަު ތިބީ އެނޫން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން ނޭނގިފައެވެ.ނަމަވެސް މިއިން އެއްވެސް ކަމަކަށް އެ ކަމަނާގެ ފަރުވާލެއް ނެތެވެ.ކަޅުކުަލައިގެ ސްކިނީ ޖީންސް އެ ހިމަ ދިގު ފަޔަށް ހިފާލާފައި ވާ އިރު ލައިގެން ހުރި ކަޅު ކުލައިގެ ކްރޮޕް ހޫޑީ އުނަގަނޑާއި ހިސާބަށް އަރައެވެ.އިސްތަށިގަނޑު ވަނީ ކަޅު ޝޯލްއަކުން ނިވާކުރެވިފަައެވެ.ހުދުދޮން ހަންގަނޑެކެވެ.ތުނި ތުންފަތް ވަނީ ރަތް ކުަލައިގެ ލިޕްސްޓިކަކުން ފަވާލެވިފައެވެ.ލޯ ވަނީ ކަޅުކުލަައިގެ ރޭބަން އަވިއައިނަކުން ފޮރުވާލެވިފައެވެ.

ފޯނާއި ކުޅެމުން އެރައިވަލްސް ގޭޓާއި ހަމަޔަށް އާދެވުނު ކިރާއަށް ކުއްލި ސިހުމެއް ލިބުނީ ކުރިމަތިން މީހަކު އައިސް އޭނާގެ ގައިގައި ބައްދާލުމުންނެވެ.”ކިޓީ.އައި މިސްޑް ޔޫ ސޯ މަޗް”ކައިޝާން ކިރާގެ ގައިގައި ބައްދާލަމުން ބުންޏެވެ.”ނޮޓް ޖަސްޓް ޔޫ ކައި.މީ ޓޫ”ކައިޝާންގެ ފަހަތުން ނުކުތް އީޝާވެސް މިހެން ބުނެ ކިރާގެ ގައިގައި ބައްދާލިއެވެ.”ތޭންކްސް ކޫބެދައްތާ”ކިރާ ލާނެތް ހިނިތުންވުމަކާއެކު ބުނުމުން އީޝާގެ މޫނު ރަތްވެގެންދިޔައިރު ކައިޝާން ބޯ ކަހައިލިއެވެ.”ޕިސް ޕިސް.މާދަން ކައިވެނިކޮށްގެން އެއް ކޮޓަރިއެއްގަ އުޅެން ޖެހޭއިރުވެސް މި ދެމީހުން ގަންނަ ލަދެއް ދޯ”ކިރާ މިހެން ބުނެ ހޭންފެށުމުން އެ ދެމީހުންނަށްވެސް ހެވުނެވެ.”ހިހިހި.ދެން އެ ރަނގަޅުވާނެޔޭ ފަހުން”އީޝާ މިހެން ބުނެ ކިރާ ގޮވައިގެން ދުރަށް ހިނގައިގަތުމާއެމު ކައިޝާން ކިރާގެ ފޮށި ބަލައި އެތެރެއަށް ވަނެވެ.

10 ވަރަކަށް މިނިޓު ފަހުން ކައިޝާން އެނބުރި އައުމުން ތިން ކުދިންވެސް މިސްރާބު ޖެހީ ބަނދަރުގައި އެ މީހުންގެ އިންތިޒާރުގައި އޮތް ލޯންޗާއި ދިމާލަށެވެ.ހިނގަމުން ދިޔައިރުވެސް ދިޔައީ އެކަކު އަނެކަކާ ހީސަމާސާ ކުރަމުންނެވެ.ދުވަސްވީ ރައްޓެހިންނެކޭ އެއްވެސް ތަފާތެއް ނެތެވެ.ޙާއްސަކޮށް ކިރާއެވެ.އެހެންމީހުނަށް މަދުން ނޫނީ ނުފެންނަ އޭނާގެ ފުރިހަމަ ހިނިތުންވުން މިވަގުތު އެހެރީ ފެންނާށެވެ.ވަގުތުގެ ގޮތުން އޮއްސެމުން ދިޔަ އިރުގެ ރަންދަޅަތައް ހިނގަމުން ދިޔައިރު އެ ދޮން މޫނަށް އެޅިފައިވީއިރު މަންޒަރު އިތުރަށް ފުރިހަމަ ކޮށްދޭ ކަހަލައެވެ.

15 މިނިޓު ފަހުން އެ ކުދިން ތިބީ ލޯންޗުގައެވެ.ލޯންޗުގެ ފަހަތު ޝީޓުގައި ތިންކުދިން ތިބިއިރު ލޯންޗުގައި ތިބި ތިނަދޫ މީހުންގެ ނަޒަރު އެ ކުދިންނަށް ހުއްޓެމުން ދިޔައެވެ.އީޝާއާއި ކައިޝާން އެ މީހުންނާއި ސަލާންކޮށް ވާހަކަ ދައްކަމުން ދިޔައިރު ހީވާގޮތުން އެއީ އެ ދެމީހުން ދަންނަ މީހުންނެވެ.ކިރާ އެމީހުންނާއި ވާހަކަ ނުދެއްކި ނަމަވެސް އެއީ ކޮންބައެއްކަން އޭނާއަށްވެސް އިނގެއެވެ.އެއީ އޭނާއަކީވެސް ކައިޝާންއެކޭ އެއްފަދައިން ގދ.ތިނަދޫއަށް އުފަން ތިނަދޫ ކުއްޖެކެވެ.އަދި ކައިޝާންގެ އެއްބަނޑު އެއްބަފާ ކޮއްކޮވެސް މެއެވެ.އީޝާއަކީ މަޑަވެއްޔަށް އުފަން ނަމަވެސް ތިނަދޫގަައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ.

10 މިނިޓުގެ ކުރު ދަތުރަކަށްފަހު ލޯންޗު ތިނަދޫއަށް ލެފުމާއެކު އެ ތިން މީހުން ފޭބީ އެންމެ ފަހުންނެވެ.ދުވަސްތަކަކަށްފަހު ރަށަށް އާދެވުމުން ކިރާއަށް ކުރެވުނީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެކެވެ.ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އެވަގުތު އޭނާއަކަށް ނޭނގުނެވެ.އެހެނީ މާޒީގައި އެ ރަށާއި ގުޅުން ހުރި އެތަަައް އުފާވެރި އަދި ހިތާމަވެެރި ހަނދާނެއް އެ ހިތުގައި ވަޅުލެވިފައިވާތީއެވެ.އަހަރުތަކެއް ކުރިން އޭނާ އެ ރަށް ދޫކޮށްދިޔައީވެސް ސަބަބެއް ނެތިއެއް ނޫނެވެ.ނަމަވެސް ރަށް މަތިން އޭނާ ހަނދާންނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ.ކުރިޔާއި އަޅައި ބަލައިއިރު މިހާރު އެތައްތަނެއް ތަރައްޤީވެ ސިޓީއެއްގެ ދަރަޖަ ދެވިފައިވާ އެ ރަށަށް އުފަންވުމަކީ އޭނާއަށް ލިބޭ ފަޙުރެކެވެ.ހަތަރު ކަށިމަތީ ތިނަދޫ މީހަކަށް ވުމަކީ އޭނާއަށް ލިބޭ އުފަލެކެވެ.

ކައިޝާން ކާރު ބަލައި ދިއުމުން އީޝާއާއި ދެކުދިން ތިބީ ރަށަށް ފައިބާއިރު ކުރިމަތިން ފެންނަ ބިނާގެ ކައިރީ ފޮޓޯ ނެގުމުގައެވެ.އިރުއޮއްސެމުން ދިޔައިރު އެތަން ދިއްލާައަޅައިފައި ހުރިއިރު ނުހަނު ރީއްޗެވެ.މަގުގެ ދެފަރާތުގަައި ދިގުކޮށް ފަތުގެ ބައްޓަމަށް ހިރި ގަލުން ރާނާފައި ވާއިރު ކަނާތް ފަރާތުގައި اللهގެ ކަލިމަފުޅު ކަނޑާނެގިފައިވާއިރު އަނެއް ފަރާތުގަައި ވަނީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ محمد رسولالله صلالله عليه وسلمގެ ނަންފުޅެވެ.އެއީ މިހާތަނަށް މުޅި ރާއްޖޭގައިހުރި އެންމެ އަގުބޮޑު ބިނާއެވެ.

ކައިޝާން ކާރު ހިފައިގެން އައުމުން އޭގައި ތިންކުދިން މިސްރާބުޖެހީ ކައިޝާން އަދި ކިރާގެ ގެ ކަމުގައިވާ “އޯޝަން ޕެލަސް”އަށް ދިއުމަށެވެ.މާ ގިނައިރެއް ނުވެ އެ ކުދިންނަށް ތިބެވުނީ “އޯޝަން ޕެލަސް” ގޭގެ ބޭރުގައެވެ.ދެބުރިއަށް ނަގާފައިވާ އެ ބޮޑު ގޭގައި ވަނީ އަޅި ކުލަ ލެވިފައެެވެ.ކަޅުކުލައިގެ ގޭޓުން އެތެރެވާއިރު ގޯތިތެރޭ އޮތް ހުސްޖާގަޔާއި ގެޔާއި ދޭތެރޭ އޮންނަ ވޯކްވޭގެ ދެފަރާތުގައި މާގަސްތައް ހެއްދިފައި ވުމުން މާހައުލަށް އިތުރަށް ފުރިހަމަ ކަމެއް ގެނެސްދެއެވެ.

ކައިޝާންމެން އެތެރެއަށް ވަނުމާއެކު ގޯތީގެ އެއްފަރާތުގައި ހުރި ޖޯލިފަތީގައި އިން އަމްނާއަށް ފުންމައިގެން ތެދުވެވުނީ ކިރާ ފެނުމުންނެވެ.ދެވަނަ ސިކުންތުގަައި އޭނާ ދުވެފައި އައިސް ކިރާގެ ގައިގައި ބައްދާލިއެވެ.ދުވަސްތަކަކަށްފަހު ދަރިފުޅު ފެނުމުން ކޮންމެ މަޔެއްގެވެސް އިހުސާސްތައް ހުންނާނެ ގޮތަކީ އެއީއެއް ނޫންހެއްޔެވެ.”ދަރިފުޅު ކޮންއިރަކު އައީ؟ކީއްވެ މަންމައަށް ނުގުޅީ؟ކިހިނެއް ކައިއަށް އެނގުނީ؟”އަމްނާ ހިންދެމިލަމުން ހުރިހާ ސުވާލެއް އެއްފަހަރާ ކުރަމުން ދިޔައެވެ.”މަންމާ.ކިޓީ ނުބުނީއޭ މަންމަ އަށް ސަޕްރައިޒެއް ދޭންވެގެންނޭ”ކިރާ ހިނިތުންވެލަމުން ބުންޏެވެ.”އެހެންތަ.މަންމަގެ ކިޓީ މިހާރު ހާދަ ރީއްޗޭ.ކުރިޔަށް ވުރެ މާ ދިގު.މަންމައަށް ވުރެވެސް ދޮންވެފަ މިހާރު ތިހިރީ.އެކަމަކު ހާދަ ހިއްކޭ.ރަނގަޅަށް ނުކައި ހުސް ކޮފީ ދޯ ބޮނީ”އަމްނާ ހިސާބަކަށް ހިތްހަމަނުޖެހިފައި ބުނުމުން ކިރާ ބޯކަހައިލީ މަންމަ އެބުނީ ތެދެއްކަން އިނގޭތީއެެވެ.ކިރާގެ ހިމޭންކަމުން އަމްނާއަށް އޭނާއަށް ހީވީ ރަނގަޅަށްކަން ޔަޤީންވިއެވެ.ދުރުގަ ހުއްޓަސް ދަރިފުޅުގެ އުޅުމާއި ވައްޓަފާޅި ހުންނާނެ ގޮތް މައިމީހާއަށް ވުރެ ރަނގަޅަށް އިނގޭނެ މީހަކު ނުހުންނާނެއެވެ.މައިވަންތަކަމުގެ ގުޅުމަކީ އެފަދަ އެއްޗެކެވެ.

އިރުކޮޅެއްނުވެ ގޭތެރެއިން ކައިޝާންއާއި ކިރާގެ ކޮއްކޮ 16 އަހަރުގެ ކާއިން ނުކުމެގެން އައިސް ކިރާގެ ގައިގައި ބައްދާލިއެވެ.”ކުޑާ އައި އޭމް ސޯ ހެޕީ ޔޫ ކޭމް.ކުޑަބެ ބުނީ ކުޑާ ނާންނަނީސް މެރީއެއް ނުކުރާނަމޭ”ކާއިން މިހެން ބުނުމުން ކައިޝާންވެސް އެއީ ތެދެކޭ ބުންޏެވެ.”ދެން ކުޑާ މިހިރީ އައިއްސައޭ.ކުޑަބެ އިޒް ގޮއިންގް ޓު ހޭވް ދަ ބެސްޓް ވެޑިންގް އެވަރ”ކިރާ މިހެން ބުނުމާއެކު އެކި މީހުންގެ މޫނުމަތިން ފެނުނީ އެކި ކަހަލަ ކުލަވަރުތަކެވެ.ކާއިން ހޭންފެށިއިރު ކައިޝާން ވަރަށް ނޫންކަމަށް ހެދިފައި ބޯކަހައިލިއެވެ.އީޝާގެ މޫނު ރަތްވެގެން ދިޔަައިރު އަމްނާ ނުހޭން މަސައްކަތް ކުރި ނަމަވެސް އެކަން އޭނާއަށް ކާމިޔާބެއް ނުވިއެވެ.ކާއިންއެކޭ އެއްފަދައިން އޭނާއަށްވެސް ހެވުނީއެވެ.

“ހޫމް.ދެން ހެވޭ.ހިނގާ ސައިބޯން.ނަސީބެއްނު މިއަދު މަންމައަށް ހެދިކާ ގަނެވުނު ކަން”އަމްނާ މިހެން ބުނެ އެތެރެއަށް ވަންނަން ހިނގައިގަތެވެ.”ކޮފީ އެބަހުރިތަ މަންމާ؟”ކިރާ ގަސްތުގައި ލާނެތް ހިނިތުންވުމަކާއެކު ބުނުމުން އަމްނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.އެޔާއެކު ކިރާ އަމްނާއަށް ވުރެ ކުރިން ގޭތެރެއަށް ވަންނަން ދުއްވައިގަތީ އަމްނާ އޭނާ ފަހައިގަންނާނެކަން އިނގޭތީއެވެ.ފަހަތުން ކައިޝާން އަދި ކާއިންވެސް ދުވެފައި ގޮސް ގޭތެރެއަށް ވަތްއިރު އީޝާ ބިދިބިދިފަައި ހެނީއެވެ.އެޔާއެކު އަމްނާ ދެފަރާތައް ބޯހޫރާލީ ދަރިންގެ ބަދަލުވުމެއް ނެތް ސަކަ މިޒާަޖު ފެނުމުންނެވެ.

އެރޭގެ ވަގުތެވެ.ކާއިންގެ އެދުމަށް 4 ކުދިންވެސް ކައިޝާންގެ ކާރުގައި މާދަމާ އެމީހުންގެ ކައިވެނި ހަފްލާ ބާއްވަން ހަމަޖެހިފައިވާ ރެސްޓޯރެންޓަށް ދާން ނިކުތެވެ.އަމްނާއާއި އެކުދިންގެ ބައްޕަ ކައިޔަން ގޭގައި ނެތުމުން ގޭޓު ލައްޕައި ތަޅުލުމަށްފަހު އެ ކުދިން ގޮވައިގެން ކައިޝާން ނުކުތެވެ.ކާރުގައި “ވޯޓަރ ކްރިސްޓަލް” ރެސްޓޯރެންޓަށް އާދެވުމާއެކު ހުރިހާ ކުދިން ފޭބިއެވެ.އީޝާގެ ފަހަތުން ކިރާއާއި ކާއިން އެތެރެއަށް ވަދެގެން ދިޔައިރު ހިތާހިތުން ކޮންމެ މީހަކަށްވެސް ތަނުގެ ރީތިކަމަށް ތަޢުރީފް ކުރެވެމުން ދިޔައެވެ.

ކައިޝާން އަދި އީޝާއަށް އެންމެ ކަމުދާ ނޭވީ ބްލޫ އަދި ރަން ކުލައިގެ ބެކްޑްރޮޕެއް އެމީހުން ތިބެން ހަމަޖެހިފައިވާ ތަނުގައި ބެހެއްޓިފަައިވާއިރު މުޅި ތަންވަނީ ނޫ އަދި ހުދު ކުަލައިން ދިއްލޭ ލެޑް ލައިޓްސް ތަކުން ޒީނަތްތެރި ކުރެވިފައެވެ.އެ ހޯލްވޭއެއް ކަހަލަ ތަންކޮޅުގެ މެދުގައި ރަތް ކުލައިގެ ދޫލައެއް އޮތްއިރު ދެފަރާތުގައި ތިބި ގޮނޑިތަކާއި މޭޒުތަކުގައި ހުދު އަދި ނޫކުލައިގެ ފޮތި އެޅުމުގައި އެއްބަޔަކު އުޅުނު އިރު އަނެއްބަޔަކު ސްޕީކަރުތައް ރަނގަޅުތޯ ޗެކްކުރަމުން ދިޔައެވެ.

“ކޮބާތަ ކުޑަބެ؟ ޕާކް ކުރަން ދިޔަ މީހާ އެ ވަނީ ކޮންތާކަށްބާ؟”ކިރާ ގަޑި ބަލައިލަމުން ބުނުމާއެކު ދޮރުން ކައިޝާން އެތެެރެވާތަން ފެނުނެވެ.ކައިޝާންގެ ގާތުގައި އިތުރު މީހަކު ހުރިކަން އެނގުނު ނަމަވެސް އެ ދިމާލުގައި ދަމާފައިވާ ގަދަނޫކުލައިގެ ފަރުދާގެ ސަބަބުން އެ މީހެއްގެ މޫނު ނުފެނުމުން ކިރާއަށް އެއީ ކާކުކަން ނޭނގުނެވެ.އެހެންހުއްޓާ ކައިޝާން އާއި އެމީހާ އައިސް އެމީހުން ގާތުގަައި ހުއްޓުމާއެކު ކިރާ ހުއްޓުން އެރީ ކައިޝާންގެ ގާތުގައި އެ ހުރީ ކާކުކަން އެނގުމުންނެވެ.ހައިރާންވީ ވަރުން އޭނާގެ ދެލޯ ވަނީ ތަތްމިނަށް ހުޅުވިފަައެވެ.ކުރިމަތީގައި މިހުރީ ދެން އޭނާ ދުވަހަކުވެސް ފެންނާނޭކަމަށް އުއްމީދުކޮށްގެން ހުރި ސޫރައެއް ނޫނެވެ.

“ކިޓީ.ދިސް އިޒް ޔޫވިން.ހީ އިޒް ޔުއަރ އޭޖް ބަޓް މައި ބެސްޓް ފްރެންޑް.އެންޑް ޔޫން ދިސް އިޒް މައި ލިޓްލް ސިސް ކިރާ”ކައިޝާން އެ ދެމީހުން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިން އިރު ޔޫވިންގެ ކަޅި ހުއްޓިފައިވަނީ ކިރާއަށެވެ.އޭނާއަށްވެސް ވެފައިވަނީ ޙުދު ކިރާއަށް ވީވަރެވެ.”ނައިސް ޓު މީޓް ޔޫ ޔޫވިން”ކިރާަ ހުޝިޔާރުކަމާއެކީ މޫނުމައްޗައް އެރި ހައިރާންކަމުގެ ކުލަވަރު ފޮރުވާލަމުން ސަލާމަށް އަތް ދިއްކޮށްލުމާއެކު ޔޫވިންއަށް ހަމަބިމަށް އާދެވުނެވެ.”ލައިކްވައިސް”ޔޫވިން ކިރާގެ އަތުގައި ހިފާލަމުން ބުންޏެވެ.އެޔާއެކު ކިރާ ވަގުތުން އަތް ދަމައިގަނެ ފޯނު ކަންފަތުގައި ޖަހައިގެން ހިނގައިގަތެވެ.ޔޫވިން ކިރާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި އިރު އެ ދެލޮލުގައިވީ އަސަރުތައް ދެނެގަންނަން އުދަނގުލެވެ.

ނަމަވެސް އެއްކަމެއް ޔަޤީނެވެ.ޔޫވިން އަދި ކިރާގެ މެދުގަައި ކޮންމެވެސް ގުޅުމެއް އެބައޮތެވެ.އެކަމަކު ކޮން ގުޅުމެއް ހެއްޔެވެ؟

މި ވާހަކައިގެ 1 ޕާޓް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދެވޭނެއެވެ.🥰

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ތެމި ވާރޭގައި ވީމޭ 26

Next

ގާތުގައިވި އަނދިރިކަން، 27

Next
July 30, 2024

ގާތުގައިވި އަނދިރިކަން، 27

Previews
July 30, 2024

ތެމި ވާރޭގައި ވީމޭ 26

3 Comments!

  1. rifaakko says:
    July 30, 2024 at 11:08 am

    maa vahah part nimney

  2. Cutie girl says:
    July 30, 2024 at 11:26 am

    Mi vaahaka ge trailer v Reethi masha allah
    Curiously waiting for first part
    Keep it up
    Queen ge hurihaa story eh ves v Reethi masha allah
    Long time no see
    How are you
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    You’re my fav author
    Love you ❤️😍

    1. Queen says:
      July 30, 2024 at 12:25 pm

      This is the first part dear and thank u for ur kind words mi faharu ge vhk vrh reethi vaane insha Allah.and I’m fine alhamdulillahi thanx for asking 🫶🏻❤️🥰

Comments are closed.

Next Episodeފިނި ހިތް 2←


All Right Reserved!