Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އިހުސާސްތަކޭމީ 5

-----queen----- Level 1
March 4, 2024 4 Mins Read
0 Comments

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް މައުވާއަށް 18 ފުރުނެވެ.ނަަމަވެސް އެކަން ފާހަގަ ކުރާކަށް އޭނާއެއް ނޫޫޅުނެވެ.ނާއިން އާއި ގާތް ކުދިންގެ ފަރާތުން ހަދިޔާ ލިބުމުން މައުވާ އެކަން އުފަލާއެކު ބަލައިގަތެވެ.އަގުބޮޑެތި އެއްޗެއްްސައް ނުވިޔަސް އެކުދިން އޭނާގެ އުފަންދުވަސް މަތިން ހަނދާން ހުރީތީވެސް މައުވާ އުފާވިއެވެ.

އެއްރެއެވެ.މައުވާ ސިޓިންރޫމުގައި ފިލާވަޅު ހަދަން އިންދާ ގޭގެ ބެލްއަޅާލިއެވެ.ދޮރުހުޅުވާލުމާއެކު އޭނާއަށް ހިނިތުންވެވުނީ ކުރިމަތީ ހުރި ޒުވާނާ ފެނުމުންނެވެ.”ދޮންބޭ.ކޮންއިރަކު ރަށަށް އައީ؟އައި މިސް ޔޫ ސޯ މަޗް”ކުރިމަތީގައި ހުރި މަޒީންގެ ގައިގައި އޮޅުލައިގަންނަމުން މައުވާ ބުންޏެވެ.އެ ރީތި ދެލޮލުން އުފާވެރިކަން ފެނުމުން މަޒީންގެ ދެލޮލުން ކަރުނަ ހިލުނެވެ.

މައުވާއަށް ވުރެ މަޒީން ބޮޑުވާނީ 4 އަހަރެވެެ.އުމުރުން 19 އަހަރުގައި ޕައިލޮޓްކަން ކިޔެވުމަށްފަހު ސްޕެެއިންއިން އައި އިރު މަޒީންގެ ކައިވެނި މިއުވާން އޮތީ އޭނާގެ ގާތް ރައްޓެއްސެއްގެ އަންހެން ދަރިފުޅު އައިނާ އާއި ހަމަޖައްސާފަައެވެ.ހިތާދެކޮޅަށް ނަމަވެސް އޭނާ އެ ކައިވެނި އޭރު ކުރީ އެކީގައި އުޅެން ފެށުމުން ލޯބިވެވޭނެ ކަމަށް ހީކޮށެވެެ.މައިންބަފައިންގެ އުފަލަށްޓަކައި ހިތްމަތީ ގާގަޑެއް ބާއްވައިގެން އޭނާގެ 3 އަހަރުވީ ލޯބީގެ ގުޅުމުގައި ސިއްކަ ޖަހަމުންނެވެ.ނަމަވެސް ލޯބި ނުވާ މީހަކާއެކު މުޅި އުމުރު ވޭތުކުރަން ކެތްވާނީ ފަހެ ކާކަށް ހެއްޔެވެ.އަދި އައިނާއަކީ އަނތްބެއްގެ މަޤާމު ފުރިހަމަޔަށް އަދާ ކުރެވުނު މީހެއްވެސް ނޫނެވެ.އޭނާ ޤަބޫލުކުރި ގޮތުގައި މަޒީންއާއި އިނުމުން އޭނާގެ ހަޔާތް ބަރުބާދުވިއެވެެ.އެހެންކަމުން އޭނާ މަޒީންއަށް ނަފްރަތު ކުރިއެވެ.މަޒީންގެ ކުރިމަތީގައި ހިލޭ ފިރިހެނުންނަށް ގުޅައިގެން އޮވެ މާފޮޅުވިއެވެ.އެ ދެމަފިރިން އުޅެމުންދިޔަައީ މާލޭގައި ހުރި އައިނާގެ އެޕާޓްމެންޓްގައި ކަމުން ދެމީހުންކުރެ އެކެއްގެ މައިންބަފައިންނަށްވެސް މިއިން ކަމެއް ރޭކާނުލައެވެ.އައިނާއެކޭ އެއްފަދައިން މަޒީންވެސް އައިނާއަށް ނަފްރަތު ކުރިއެއް ކަމަކު އަނބިމީހާއަށް ބޭވަފާތެރިއެއްްނުވެއެވެ.ދެންވެސް އޭނާ ބެލީ އައިނާއަށް މަޢާފްކޮށް އެ ކައިވެނި ދެމެހެއްޓޭތޯއެވެ.ނަމަވެސް ބައެއްފަހަރު މައިންބަފައިންެގެ ނުބައި ނިންމުންތަކުގެ ސަބަބުން ދަރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރެއެވެ.އެންމެފަހުން މަޒީންގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮސް އޭނާ އައިނާ ވަރިކުރީ އެ ކައިވެންޏަށް އަހަރެއްވީތަނާއެވެ.

އެދުވަހަށްފަހު މަޒީން ޝާހިދާމެންނާއި ގުޅުން ކަނޑާލީ އޭނާގެ ހަޔާތް ބަރުބާދުވީ މަންމަމެންގެ ސަބަބުން ކަމަށް ބުނަމުންނެވެ.އެހެންނޫންނަމަ ހަޔާތުގައި ފުރަތަމަ ފަހަރަށް އެހާ ލޯބިވީ އެ ހިތުގެ ރާނީ އާއި ވަކިން ހަޔާތުގެ ދުވަސްތައް ހޭދަ ކުރަން ޖެހުމުން އެޅި ވޭން ތަހައްމަލު ކުރަން ނުޖެހުނީހެވެ.ގަދަކަމުން އެ ކައިވެނި ނުކުރިވިނަމަ ފަހަރެއްގައި މިއަދު އޭނާ އެކަނިވެރިއެއް ނުވީހެވެ.އެފަހުން އަންހެނުން މަތިން މަޒީން ފޫހިވިއެވެ.މިހާރު އެއީ އޭނާއަށް ކުޅޭ ކުޅޭ ބައެކެވެ.އެއްވެސް އަންހެންކުއްޖަކާ މެދު ސީރިއަސްކޮށް ދެކުމަކީ މަޒީންއަށް ވާ ކަމެއް ނޫނެވެ.މިހާރުވެސް އޭނާގެ އެންމެ ނަޒަރަކުންވެސް ފިދާވާނެ އެތައް އަންހެންކުދީންނެއް ތިބޭނެއެވެ.ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް އޭނާގެ ހިތާއި ހަމަޔަށް ވާސިލްވުމުގެ ފުރުސަތެއް މަޒީން ނުދެއެވެ.5  އަހަރުކުރިން އެ ބީވެގެން ދިޔަ ލޯބި އަނބުރާ ލިބޭނެ ކަމުގެ އުއްމީދެއް ނެތުމުން ދެން އޭނާ ބޭނުންވަނީ އަމިއްލަ ނަފްސާއިގެން ދިރިއުޅުން ކުރިޔަށް ގެންދާށެވެ.ދެންވެސް ލޯބިނުވާ މީހަކާ އިނދެގެން އުޅުމުގެ ބަދަލުގައި ހުސްހަށިބަޔަށް ހުރުން މާ ހިތައް ފަސޭހަވާނެ ކަމަށް މަޒީންއަށް ޤަބޫލުކުރެވެއެވެ.

“ދޮންބެ ކިހާ ދުވަހަކަށް ތި އައީ؟” މަޒީން ސޯފާގައި އިށީނުމުން މައުވާ އަހާލިއެވެ.”ދެން މިހާރު ދޮންބެ މި ވިސްނަނީ ދޮންބެގެ ހުރިހާ ބިޒްނަސް އަކުން ވާވަރަށް ފައިދާ ލިބެއޭ.އެހެންވީމަ ދޮންބެ ކޮންމެހެން ދެން އިތުރު ވަޒީފާއަކަށް ދިއުމުގެ ބޭނުމެއް ވެސް ނެތް ކަންނޭނގެ.ސޯ މާލޭގަ ހުރި އެޕާޓްމެންޓް ކުއްޔަށް ދީފަ އައި އޭމް ޕްލޭނިންގް ޓު ޝިފްޓް ހިޔަރ” މަޒީން މިހެން ބުނުމުން މައުވާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލިއެވެ.”ޔޭ އައެމް ސޯ ހެޕީ ދޮންބޭ.ދެން ދޮންބެ ނުދާނަން ދޯ މައު ބަހައްޓާފައެެއް.ދެން އެއްވެސް މީހެއް ދޮންބެއަށް ފޯސް އެއް ނުކުރާނެ އެއްވެސް މީހަކާ އިންނާކަށް.އެސްޕެޝިއަލީ އައިނާ ކަހަލަ ބި* އަކާ.އެހެރަ ފޮނިކަމެއްދޯ” މައުވާ މޫނުމައްޗައް ފޫހިކަން ވެރިކުރުވަމުން ބުނިއިރު މަޒީން ހޭންފެށިއެވެ.

“އޮފްކޯސް ދެން ދޮންބެ ނުދާނަން މައު ދޫކޮށްލާފަައެއް.އެންޑް އައި ވޮންޓް ލެޓް އެނީވަން ފޯސް ޔޫ އިންޓު އެނީތިންގް ލައިކް ދެޓް.ޔޫ ހޭވް ޓު މޭކް ޔުއަރ އޯން ލައިފް ޑެސިޝަންސް” މަޒީން މިހެން ބުނުމުން މައުވާ ބޯ ޖަހައިލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.”އޯހް އެންޑް ވަން މޯރ ތިންގް”މަޒީން ޖީބުން ތަޅުދަނޑިއެެއް ނަގަމުން މައުވާއަށް ދިއްކޮށްލިއެވެ.”ހެޕީ އެއިޓީންތް ބާތްޑޭ  ޕްރިންސަސް”މަޒީން މައުވާގެ ނިތްކުރީގައި ބޮސްދެމުން އެ ތަޅުދަނޑި މައުވާގެ އަތައް ލައިދިނެވެ.”ތޭންކް ޔޫ ދޮންބޭ.މީ ކޯއްޗެއް؟” މައުވާ ތަޅުދަނޑިއަށް ސުވާލުގެ ނަޒަރަކުން ބަލަން އިނދެ ބުންޏެވެ.”އައި ބޯޓް ޔޫ އަ ރޯ ހައުސް.މައު ބޭނުންނަމަ މިހާރުވެސް ޔޫ ކޭން މޫވް އައުޓް އޮފް ހިޔަރ” މަޒީން ފޫހިކަމާައެކު ގޭތޭރޭގެ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ބުންޏެވެ.”ހެހެ.ތޭންކް ޔޫ ސޯ މަޗް ދޮންބޭ އެކަމް އަދި ފަހުންދޯ.އަމްްް…ދޮންބޭ އައި ހޭވް އަ ފޭވަރ ޓު އާސްކް؟” މައުވާ އަހަން ނާހަން އިނދެ ބުނުމުން މަޒީންގެ ހިތުގައި ޝައްކާއި ވަހުމު އުފެދުނީ އަނެއްކާ މައުވާއަށް ބޮޑު ކަމެއް ވީ ކަމަށް ހީކޮށެވެ.އަވަހަށް ބުނާށޭ ބުނެވުނީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ.

“ދޮންބެ މައުއަށް ސައިކަލް ދުއްވަން ދަސްކޮށްދެވިދާނެތަ؟” މައުވާ މިހެން އެހުމާއެކު މަޒީން އެ ހުރިހާއިރު ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނެވެ.”ތޭންކް ގޯޑް.ދޮންބެއަށް ހީވ މައުއަށް ބޮޑު ކަމެއް ދިމާވެގެން އެ ވާހަކަ ބުނަން އުޅުނު ހެން.ކިތަންމެ ބޮޑު ކަމެއް ވިޔަސް ދެން ދޮންބެ ކައިރީ ބުނަށްޗޭ.އައި ވިލް އޯލްވޭސް ބީ ދެއަރ ފޯ ޔޫ” މަޒީން މިހެން ބުނުމާއެކު މައުވާގެ ދެލޮލަށް ކަރުނަ ޖަމާވީ ދޮންބެއަށް އޭނާގެ މާޒީގައި ކަންތައް ހިނގާފައި އޮތް ގޮތް ކިޔައިދެވިފައި ނުވާތީ އެ ހިތުގައި އުފެދުނު ރިހުމެއްގެ ސަބަބުންނެވެ.ނަމަވެސް މަޒީންއަށް އެކަން ފާހަގަ ވުމުގެ ކުރިން އޭނާ ކަރުނަތައް އެތެރެެއަށް ހިންދާލަމުން ހިނިތުންވެލިއެވެެ.

އޭނާގެ އުމުރުން 14 އަހަރުގައި މަޒީން އޭލެވެލް ނިންމުމަށްފަހު ޕައިލޮޓްކަން ކިޔެވުމަށްޓަކައި ސްޕެއިންއަށް ފުރިއެވެ.އެއަށްފަހު އައިސް މަޑުނުވެ 15 އަހަރުވީތަނާ މަޒީން އައިނާއާއި އިނދެގެން މާލެ ބަދަލުވުމުން އެ ދެމެދުގައި އޮތް ގާތް ގުޅުން ހީނަރުވެފައިވާ ވަރު މައުވާއަށް މިރޭ އަންދާޒާ ކޮށްލެވުނެވެ.މިހާރު އޭނާއަށް މިއީ 18 އަހަރެވެ.ފާއިތުވެގެން ދިޔަ 5 އަހަރު ތެރޭ އެތައް ކަމެއް ވަނީ ބަދަލުވެފައެވެ.އެކަން މައުވާ އަދި މަޒީންއަށްވެސް އިހުސާސްކުރެވުނު ނަމަވެސް ދެމީހުންވެސް ބެލީ ވީހާވެސް ބޮޑަށް އެކަން ނުދައްކާ ވޭތޯއެވެ.

މަންމަމެން ދެކެ އައި ރުޅީގައި ލޯބިވާ ކޮއްކޮ ދޫކޮއްލާފައި ދެވުމުން މަޒީން މިހާރު އެކަމާއިގެން ދެރަވެއެވެ.ޝާހިދާއާއި މިއުވާންގެ ހަރުކަށިކަން އޭނާއަށް ވަނީ ފެނިފައެވެ.އުފަން މަންމަ އާއި ބައްޕައަށް ވިޔަސް އެފަދަ ބައެއްގެ ތެރެއަށް އޭނާގެ ލޯބިވާ ކޮއްކޮ ދޫކޮށްލާފައި ދެވުމުން މަޒީންއަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.އޭނާގެ ދިރިއުޅުމުގެ މުހިއްމު ނިންމުންތައް ނިންމުމުގައި މަންމަމެން އަމިއްލަ އެދުން އިސްކުރި ފަދައިން މައުވާއާއި މެދު ވެސް ކުރިޔަށް އޮތްތާ އެފަދައިން ކަންތައް ކުރުން އެކަށީގެންވާކަން މަޒީންއަށް ވިސްނެއެވެ.ނަމަވެސް އޭނާ ހުއްޓަކާ ލޯބިވާ ކޮއްކޮގެ ހަޔާތާއި އެހެން ބަޔަކު ކުޅެލުމުގެ ފުރުސަތެއް އޭނާއެއް ނުދޭނެއެވެ.

“އޯކޭ.ސޯ ހިނގާ ދޮންބެއާ އެއްކޮށް.މިރޭ ޑިނަރ އިޒް އޮން މީ”އެ ދެމެދަށް ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫއަޅުވާލީ މަޒީންގެ އަޑުންނެވެ.މައުވާ ވަގުތުން އެކަމަށް ދެކޮޅު ހެދީ ކާންދޭނީ އޭނާ ކަމަށް ބުނަމުންނެވެ.ބައްޕަ އުފަންދުވަހުގެ ހަދިޔާއަކަށް ދިން 10،000 ރުފިޔާ އޭނާގެ އަތުގައި އެބަހުއްޓެވެ.ދޮންބެ އެހާ އަގުބޮޑު ހަދިޔާއެއް ދީފައި އަދި ނުވީތާކަށް ސައިކަލު ދުއްވަން ދަސްކޮށްދޭން އެއްބަސްވުމުން ދެން އިތުރަށް ދޮންބެގެ ފަރާތުން އެއްޗެއް ޤަބޫލުކުރުން މައުވާއަށް ވީ ބޮޑުކަމަކަށެވެެ.އެންމެފަހުން މައުވާ ކުރުނުކޮށް ކިޔަން ފެށުމުން ހަތިޔާރު ބަހައްޓަން ޖެހުނީ މަޒީންއަށެވެ.އެޔާއެކު މައުވާ ތައްޔާރުވެގެން ނުުކުތުމުން ދެކުދިން މިސްރާބު ޖެހީ މަޒީންގެ ކާރުގަައި “ލޯންގް އައިލޭންޑް” ރެސްޓޯރެންޓާއި ދިމާލަށެވެ.

އެރެއަށްފަހު މަޒީން ރަށަށް ބަދަލުވުމުގެ ކުރިން މާލެ ފުރަންދެން މައުވާ އާއި ދެކުދިން ކޮންމެ ދުވަހަކުމެ އެކަކު އަނެކަަކާއި އެކު ވަގުތު ހޭދަކުރެއެވެ.ބައެއްފަހަރު މައުވަންވެސް އެ މީހުންނާއި ބައިވެރިވެގެން އުޅޭއިރު މައުވާއާއި މަޒީން ހީވަނީ ކުޑަކުދިންހެންނެވެ.ޝާހިދާއަށް މިމަންޒަރުތައް ފެންނަ ކޮންމެ ފަހަރަކުމެ އެ ދެލޮލުން ކަރުނަ ނިރާލައެވެެ.ހިނގާދިޔަ ކަންކަމަށްފަހު އިސްވެ މަޒީންއާއި ވާހަކަ ދައްކާކަށް އޭނާއަށް އަދި ނުކެރެއެވެ.ނަމަވެސް މައިވަންތަކަމުގެ ގުޅުމަކީ ކެނޑޭނޭ އެއްޗެއް ނޫނެވެ.އެހެންކަމުން އޭނާ އެދެނީ މަޒީން އޭނާދެކެ ކިތަންމެ ނަފްރަތު ކުރިނަމަވެސް އެ ދަރިފުޅަށް ފާގަތި މުސްތަޤުބަލެއްް ލިބުމަށެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ކައިރީގައި އެހެނަސް ދުރުގައި..2

Next

ޝަކުވާ 5

Next
March 4, 2024

ޝަކުވާ 5

Previews
March 3, 2024

ކައިރީގައި އެހެނަސް ދުރުގައި..2



All Right Reserved!