Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

އިހުސާސްތަކޭމީ 6

-----queen----- Level 1
March 9, 2024 4 Mins Read
1 Comment

އާދުވަހަކަށް އިރުއެރިކަން އަންގައި އިއުލާން ކުރަމުންދިޔައީ  އެއްކޮޅުން އަނެއްްކޮޅަށް ދަތުރު ކުރަމުން ދިޔަ ދޫނިތަކާއި ކޮވެލިތަކެވެ.އާދައިގެ މަތިން ސްކޫލަށް ދާން ޖެހޭ ގަޑިޔަށް ތައްޔާރުވެގެން މައުވާ ނުކުތްއިރު މައުވަން،ޝައިރާ އަދި ކިޔާން ގޮވައިގެން މިއުވާން ކާރުގައި ނައްޓާލަނީއެވެ.މައުވާ މިހާރު ސްކޫލަށް ދަނީ އެކަންޔެވެ.އޭނާއަށް އަދި ސައިކަލު ދުއްވަން ނޭނގުމުގެ ސަބަަބުން ހިނގާފައި ދާންވީމާ ފޫހިވީ ނަމަވެސް އެގޮތް މާ ރަނގަޅެވެ. 

ގަޑިން 8:30 ވީތަނާ މައުވާގޮސް ކްލާހަށް ވަނެވެ.އެވަގުތު މައުވާގެ ބައްޕަ ފަރާތު ދެބެއިންގެ ދެދަރި ކުއްޖެއް ކަމުގައިވާ ޝާއިފްް ކްލާހުގެ މެދުގައި ހުރެ ބަނޑި ބަނޑި ލައްވަމުން ހިނގާފައި ދިޔައިރު އެތެރެއަށް ވަތް އޭނާ ފެނުމުން މިއީ މައު ހިނގާގޮތޭ ކިޔާފައި ހަށިގަނޑު ސީދާ ކޮށްލަމުން ކެޓްވޯކް ސްޓައިލަށް ހިނގަން ފެށުމުން މަައުވާ ފިޔަވައި ބާކީ ތިބި އެންމެން އެއްއަޑަކުން ހީގަތެވެ. ބަދަލުގައި މައުވާވެސް ގޮސް މިއީ ޝާއިފް މޫދަށް އެރުމުން އުޅޭ ގޮތޭ ބުނެ މޫދުގައި އޮތް މީހަކު ސަލާމަތްވާން ކުރާނެ މަސައްކަތްތަކާ އެއްގޮތަށް ހަރަކާތް ކުރަން ފެށުމުން އަނެއްކާވެސް އިވުނީ ކްލާހުގައި ތިބި 17 ކުދިންގެ ތެރެއިން 16 ކުދިންގެ ހުނުމުގެ އަޑެވެ.ޝާއިފް އަކީ މޫދަށް އެރެން ބިރުގަންނަ ކުއްޖެއްކަން އެތާ ތިބި  އެންމެނަށް ވެސް އިނގޭތީވެ މައުވާ އެ އެކްޓް ކުރީ ހަޤީގަތާއި އެއްގޮތައްކަން ހުރިހާ ކުދިންވެސް ދެނެގެތެވެ.ކްލާހަށް ޓީޗަރު އަންނަންދެން ކޮންމެސް މަޖާ ކުޅިވަރެއް ކުޅުމުގައި ހުރިހާ ކުދިން ޝާމިލުވެގެން އުޅުނެވެ.މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ.ކްލާސް ޓީޗަރު އަރްޗަނާ މިސްއަކީ އެހެން ޓީޗަރުންނާ ޙިލާފަށް ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ޙާއްސަ އުކުޅުތަކެެއް ގެންގުޅޭ ހިތްހެޔޮ ސަކަ މިޒާޖެއްގެ މީހަކަށްވުމުން ހުރިހާ ކުދިންވެސް އަރްޗަނާ މިސް ދެކެ ލޯބިވެއެވެ.ކުދިން ކުރާ މިފަދަ ކަންކަމަށް ހުރަސް އެޅުމަކީ އޭނާގެ އުސޫލެއް ނޫނެވެ.

ގަޑިއަކާއި ޖެހި ގަޑިއެއް ނިމެމުންގޮސް ކެމިސްޓްރީ ގަޑި ޖެހުމުން މައުވާ ކްލާހުން ނުކުތް އިރު ބާކީ ތިބި ކުދިން ތިބީ އެތެރޭގައެވެ.މުޅި ކްލާހުންވެސް ކެމިސްޓްރީ މާއްދާ ނުކިޔަވަނީ އޭނާ އެކަނި ކަމުން އެއީ މައުވާއަށް ފްރީ ގަޑިއެކެވެ.މިއަދު ކެމިސްޓްރީ ގަޑި އެ ދިމާވީ އެންމެ ފަހު ގަޑިޔަށް ކަމުން މައުވާ ނުކުތީ ގެޔަށް ދާށެވެ.

މިރެޔަކީ އަވަށު އެންމެން ވެގެން ބޮނޑިބަތް ކައްކާ ރެއެވެ.އެއީ އެ އަވަށުގައި ޒަމާނުއްސުރެ އޮންނަ އާދަކާދައަކަށް ވުމުން އެކަން ދެމެހެއްޓުމުގެ ގޮތުން ކޮންމެ އަހަރެއްގެ މި ރެޔަކީ އެ އަވަށަށް ވަރަށް ޙާއްސަ ރެޔެކެވެ.ހުރިހާ އަވަށްޓެރިން އެއްވެގެން ތިބެ ކެއްކުމާއި ލަވަ ކިޔުމާއި ނެށުން ފަދަ ހަރަކާތްތައް މިރެޔަށްޓަކައި ވަނީ ހަމަޖެހިފައެވެ.އެކަމުގެ ފަރިތަކުރުންތައް ކުރިޔަށް ދިޔައީ ހަވީރުއެވެ.

އެ އަވަށުގައި ދިރިއުޅޭ ކުދިން ކަމުގައިވާ މައުވާގެ 3 އެކުވެރިންގެ އިތުރުން އަޔާޝްއާއި ނާއިންއާއި އެ ރަށުގައި އުޅޭ އޭނާގެ ދައްތައާއި ޅިޔަންބެ ކައިރިޔަށް އައިސް ހުރި ނައިލް ވެގެން އުޅުނީ އެރެޔަށްޓަކައި ތަމްސީލެއް ކުޅުމަށް ތައްޔާރު ވުމުގައެވެ.އެކުދިންނާއި ބައިވެރިވެގެން ޝާއިފްއާއި އޭނާގެ ބޭބެ ޝައުފްވެސް އުޅުނެވެ.ކުޑަ ކުދިން ނެށުމަކަށް ރެޑީ ކުރުމުގައި ޝައިރާ އުޅުނު އިރު ބޮޑެތި ކުދިން ދިޔައީ ޑްރާމާއަށް ރެޑީ ވަމުންނެވެ.އެންމެން އެއްބައިވެގެން އުޅުނު އިރު އެތަނުން މަދީ މަޒީންއާއި އާއިންއެވެ.އާއިންއަކީ ނައިލް އާއި ނާއިންގެ ދެބެންގެ ދެދަރި ކުއްޖެއްގެ އިތުރުން އެންމެ ގާތް އެކުވެރިޔާވެސް މެއެވެ.ކުޑައިރުއްސުރެ ފެށިގެން އެއްކޮށް އުޅެމުން އައި ދެކުދިން އޭލެވެލްވެސް ނިންމީ އެއްކޮށެވެ.އާއިން އޭލެވެލް ރިޒަލްޓް ނުލިބެނީސް ސްޓޫޑެންޓް ލޯނުގެ ދަށުން ސްޕެއިންއަށް ޕައިލޮޓްކަން ކިޔަވަން ފުރިއިރު ނާއިން ފާހެއް ނުވިއެވެ.އެކަމުގައި އޭނާ ކުއްވެރިކުރަނީ މައުވާގެ ރައްޓެއްސެއް ކަމުގައިވާ ކުރީގެ ލޯބިވެރިޔާ ރައިފާއެވެ.ހަމައެހެންމެ މައުވާއަށް ނާއިން އާއި ގާތްވެވުމުގެ ކުރިން ގާތްވެވިފައި ވަނީ އާއިންއާއި ކަމުން އެ ހިތުގައި އާއިންއަށް އަބަދުވެސް ޙާއްސަ މަޤާމެއް ދެވިފައި ވެއެވެ.

ރޭގަނޑު ހުރިހާ ކުދިންވެސް ތައްޔާރުވާންވެގެން އައިސް ތިބީ މައުވާމެން ގެޔަށެވެ.ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ރަތް ކުލައިގެ ސެޓިން ފޮތީގެ ސްކާޓެއްގައި މައުވާ ހުރިއިރު ސްކާޓްގެ ތިރިން ލާފައި ހުރި ކަޅު ކުލައިގެ ޓައިޓު ފެންނަން ހުއްޓެވެ.ސްކާޓްގެ އެތެެރެއިން ފިޓްކޮށް ހުރި ބައި މައުވާގެ ފަލަމަސްގަނޑުގެ މެދާއި ހަމަޔަށް އަރާ އިރު ބޭރުން އިން ސެޓިން ފޮތިގަނޑުގެ ކުރިމަތިން އަރިމައްޗާ ދިމާލުގައި ސްލިޓް އެއް ލާފައި އިނުމުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.ލިޕްގްލޮސްގެ ސަބަބުން އެ ތުނި ތުންފަތުގެ ފިޔާތޮށިކަން އިތުރު ކޮށްލާފައި ވާ އިރު އައިލައިނާ ގެ ސަބަބުން ލޮލުގެ ވިދުންވެސް ވަނީ އިތުރުވެފައެވެ.ރަތް ކުލައިގެ ޝޯލްއަކުން އިސްތަށިގަނޑު ނިވާކޮށްލާފައިވާއިރު އަތުގައި ވަނީ ރަންކުލައިގެ އަތުކުރީ ގަޑިއަކާއި ރޫބީ ރިންގެއް އަޅާލެވިފައެވެ.ޝޯލްގެ މަތިން ނިތްކުރީގައި ވަނީ ރޯސްގޯލްޑް ކުލައިގެ ރީތި ޑިޒައިނަކަށް ހުރި ފޯރހެޑް ބޭންޑެއް އަޅާލެވިފައެވެ.ޝޯލްގެ ދަށުން ފެންނަގޮތައް ކަރުގައި އަޅާލެވިފައިވަނީ އަލިމަހެއްލީ ރަން ހާރެކެވެ.ފާހާނާ ބޭނުންކުރުމަށްޓަކައި އެ ކޮޓަރިޔަށް ވަތް ނާއިންއަށް މައުވާ ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ.މިރޭގެ ޑްރާމާގައި މައުވާ ކުޅެން ހަމަޖެހިފައިވަނީ ބްރައިޑެއްގެ ރޯލްކަމުން އެގޮތައް ހެދުން އަޅާފައިހުރިއިރު އަސްލު ވެޑިންތަކުގައި ފެންނަ ކުދިންނާއި ޙިލާފަށް މައުވާ މާ ރީއްޗޭ އޭނާގެ ހިތައް އެރިއެވެ.އަދި އެވެސް މުޅިން ބްރައިޑަލް ހެދުމެއްގައި ނެތް އިރު އެވެ.ވެޑިން ޑްރެސްއެއްގައި ހުންނަ އިރު ހީވާނީ ހަމަ ސީދާ ޕަރީއެއް ހެންނޭ ނާއިންގެ ހިތައް އެރިއެވެ.

ނާއިންގެ އެ ތޫނު ނަޒަރުގެ ސަބަބުން ލަދުން އެތަނުން ނުކުންނަން  ހިނގައިގަތް މައުވާ ވަށްކަޅިން ނާއިންއަށް ބަލާލިއެވެ.ކަޅުކުލަައިގެ ގަމީހެއް ލައި ހަމަ އެކުލައިގެ ސްކިނީއެއް ލައިގެން ހުރިއިރު އޭގެ މަތިން ލާން ޖެހޭ ފޭލި އޮތީ އޭނާގެ އަތުގައެވެ.ހީވާގޮތުން އެ އައީވެސް އޭތި ލާންވެގެންނެވެ.ނާއިންއަކީ ޑްރާމާގެ ފިރިހެންކުދިން ނަށާ ބައިގައި ހިމެނޭ ކުއްޖަކަށްވުމުން ހުރިހާ ފިރިހެންކުދިންހެން ހެދުން އަޅަން ހަމަޖެހިފައި އޮތީ އެގޮތަށެވެ.ނާއިން ފުންނޭވައެއް ދޫކޮށްލުމަށްފަހު ބޭރަށް ނުކުންނަން ދިޔަ މައުވާގެ އަތުގައި ހިފައި އޭނާއާއި ގާތައް ދަމާލުމުން މައުވާ އައިސް ތަތްވީ އެ ތަނަވަސް މޭމަތީގަައެވެ.ނާއިން ބޭނުންކޮށްފައި ހުރި ސެންޓުގެ ވަސް ޖެހުމުން މައުވާއަށް ނޭފަތް އެތެރެއަށް ދަމާލެވުނު އިރު އެ ދެލޯ މެރިގެން ދިޔައީ އިޙްތިޔާރުން ބޭރުގައެވެ.ނާއިން ބޯ އަރިކޮށް ބަލާލިއިރު މައުވާއަށް ވީ ގޮތް ފެނި ލުއި ގޮތަކަށް ހީލެވުނެވެ.ނަމަވެސް މައުވާއަށް ހަމަހޭވެރިކަން ވުމުން އޭނާ ނާއިންގެ އަތުތެރެއިން ސަލާމަތްވާން މަސައްކަތް ކުރިއެވެ”ދެން ނާނޫ.މައު އަދި ބޭނުމޭ ޑައިލޮގްސް ވެސް ކިޔަން.މަންމަ މެން މީހަކަށް ފެނިދާނެ މިތާ ތިއްބާ”މައުވާ ހާސްވެފައި މިހެން ބުނުމުން ނާއިން ފެށީ ހޭށެވެ. 

މައުވާއަށް ނޭނގުނަސް އޭނާ އެ ކޮޓަރިޔަށް އެ ވަނީ ޝާހިދާގެ ހުއްދައާއި ލައިގެންނެވެ.މައުވާއާއި ނާއިންގެ ދެމެދުގައި އޮތް ސިއްރު ގުޅުން ފަހެ އޭނާއަށް އިނގޭނީ ކިހިނެއް ހެއްޔެވެ.”ދޫނީ.ކާމް ޑައުން އިޓްސް ޖަސްޓް އަސް” ނާއިން މައުވާގެ ކޮލުގައި ފިރުމާލަމުން ބުންޏެވެ.”އޯކޭ ބަޓް ނޮޓް ނައު.ފަހުން ވެސް ނާނުއާއި މައުއާ މީޓް ވާނެނުން.މޭކަޕްވެސް ހަޑިވެދާނެ”މައުވާ މިހެން ބުނެ ނާއިންގެ އަތުތެރެއިން ނުކުމެ ސްކަރޓްގައި ދެއަތުން ހިފަހައްޓައިގެން ހުރެ ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ.”މޭބީ އިޓް މައިޓް ބީ ދަ ލާސްޓް” މަންޒަރު ބަލަން ހުރި ނާއިން އަމިއްލަ ނަފްސަށް އިވޭވަރަށް މިހެން ބުނިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

ވަގުތު ޖެހުމުން ގޭގެއިން އާއިލާތައް ނުކުމެގެން އައިސް ސްޓޭޖާއި ގޮޑިތައް ބެހެއްޓިފައި ހުރި ހިސާބަށް ޖަމާވެނިމިއްޖެއެވެ.މަގުގެ ދެފަރާތް ބެރިކޭޑް ޖަހައި ބަންދުކޮށްފައި ވާއިރު ތަނުގެ ރީތިކަންވެސް އެހާމެ ފުރިހަމައެވެ.މަގުގެ ދެފަރާތުގައި ތިބި ގެތަކުން ވަނީ އެއްގެއިން އަނެއް ގެޔަށްވާ ގޮތައް މަތިން ބޮކިފަތި އެލުވާ ޒީނަތްތެރި ކޮށްފައެވެ.މަގުމެދުގައި ދަރުޖަހައި ކައްކަން ތައްޔާރުކޮށްފައި ހުރި އިރު އެތާ ވަށައިގެން ކައްކަން ތިބެވޭނޭ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.އެއިރު ކައްކަން ފެށުމުން ދުމުގެ އަސަރު ނުފޯރާނޭހެން ތަންކޮޅެއް ދުރުގައި ހުރި ސްޓޭޖްމަތީގައި  ކުޑަކުދިންތައް ބައިތިއްބައިގެން ޝައިރާ އުޅުނު އިރު ނާއިން ފިޔަވައި ބާކީ ތިބި ބޮޑެތި ކުދިން ތިބީ ތަންކޮޅެއް ދުރުގައި ޑްރާމާއަށް ފަރިތަ ކުރުމުގައެވެ.އެވަގުތު ބޮޑުބެރަށް ތައްޔާރުވުމަށްޓަކައި ބޮޑެތި ފިރިހެނުން  އަވަދިނެތި އުޅުނު އިރު ނައިލް އެ މީހުންނާއި ބައިވެރިވެގެން އުޅުނެވެ.  

18 އަހަރުގެ ނައިލްއަކީ 6 ފޫޓުގެ ދިގު އިސްކޮޅަކާއި ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ.ވިލުނޫކުލައިގެ ކަޅިއަކާއި ރީތި ދެލޮލުގެ ސަބަބުން އަންހެންކުދިންގެ ހިތްތައް ފަތަހަ ކުރުމުގައި ނައިލް އުޅެނީ ވަރަށް ކުރީގަައެވެ.ނަމަވެސް ނޭނގޭ ސަބަބަކާހުރެ އެއިން އެއްވެސް ކުއްޖަކާއި މެދު އޭނާގެ ހިތުގައި ޝަޢުގުވެރިކަމެއް ނުއުފެދެއެވެ.ދުވަހަކުވެސް މީހަކު ދެކެ ލޯބި ނުވާން ހުވާ ކޮށްގެން ހުރި ކަހަލައެވެ.ނައިލްއަކީ އޭނާގެ ރަށުގައިވެސް ޢީދު ކުޅިވަރާއި އެކި އެކި ފެސްޓިވަލްތަކުގައި ގަވާއިދުން ބައިވެރިވެ އުޅޭތީވެ ބޮޑެތި މީހުންނަށްވެސް އޭނާއަށް އެނގިފައިވާ އެއްްޗެއް ކިޔައިދެމުން ދިޔައެވެ.

ފޯނެއް އައުމުން މީހުންނާއި އެކަހެރިވެ އޭނާ ކައިރީގައި ހުރި މައުވާމެން ގެޔަށް ވަދެ ފޯނަށް ޖަވާބު ދޭން އުޅުނުތަނާ އިރުއިރުކޮޅާ ފަހަތް ބަލަމުން ގޭތެރެއިން ދުއްވާފައި ނުކުތް މައުވާ އައިސް އޭނާގެ ގައިގައި ލައިގަތުމުން މައުވާ އަރިއަޅައިލުމުން އޭނާއަށް ލޯ މަރައިލެވުނީ ބިންމަތީގައި ޖެހުމުން ވާނެ ތަދު އަންދާޒާ ކޮށްލެވުމުންނެވެ.ނަމަވެސް އެޔަށްވުރެ ކުރިން ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ހިފެހެއްޓުމުން އޭނާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ.އެއިރު ކުރިމަތިން ފެނުނު ސޫރައިން އޭނާގެ މޫނު ރަތްވެގެން ދިޔައެވެ.



މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ރިވާ ލޭކް، 6

Next

ކުށަކީ ކޮބާ – 06

Next
March 10, 2024

ކުށަކީ ކޮބާ – 06

Previews
March 9, 2024

ރިވާ ލޭކް، 6

One Comment

  1. Lily says:
    March 10, 2024 at 9:47 pm

    It’s interesting.. But I don’t actually know what’s going to happen!! When is the next part??

Comments are closed.

Next Episodeއިހުސާސްތަކޭމީ 7←


All Right Reserved!