އިހުސާސްތަކޭމީ 8
މައުވާއަށް ޙިޔާލުތަކުގެ ތެރެއިން ނުކުމެވުނީ ހުރިހާ އެންމެންގެ އަތްތިލަބަޑީގެ އަޑަށެވެ.ލިޝްކާމެން އައިސް މައުވާގެ ގައިގައި ބައްދާލިއިރު ދެން ތިބި ކުދިންވެސް ސްޓޭޖުން ފައިބައިގެން މިސްރާބުޖެހީ ކައްކަން ފަށާފައިވާ ދިމާލަށެވެ.އެއިރުވެސް އެ އެންމެންގެ ދުލުކުރީގައިވީ ލަވަ އާއި ޑްރާމާގެ ރީތި ވާހަކައެވެ.ލިޝްކާމެން އެންމެން އެ ދިމާލަށް ދިއުމުން މައުވާ ފަހުން ދާނެކަމަށް ބުނެ ގޭތެރެއަށް ވަނީ އެ ޙިޔާލުތަކުގެ ސަބަބުން އެތެރެހަށީގައި އުފެދިފައިވީ އަލިފާން ނިވާލުމަށްޓަކައި ފެންތައްޓެއް ބޯލުމުގެ ނިޔަތުގައެވެ.
ނަމަވެސް އެތެރެއަށް ވަނުމާއެކު މައުވާގެ އަނގަމަތީގައި މީހަކު އަތްއަޅައި އެންމެ ގާތުގައި ހުރި ކޮޓަރިއަށް އޭނާ ވެއްދިއެވެ.އެޔާއެކު މައުވާ އެ އަތުގައި ދަތްއެޅުމުން އެމީހަކަށް އޭނާގެ ގައިން ދޫކޮށްލެވުނެވެ.މައުވާ ޝޯލް ރަނގަޅުކުރަމުން ފަހަތައް އެނބުރުނުއިރު އަތަށް ފުމެން ހުރި ނައިލް ފެނުމުން މައުވާގެ ގާތައް ހިނި އައި ނަމަވެސް އެކަން ނުދައްކާ މޫނުމައްްޗައް ހަރުކަށިކަން ގެނައެވެ.”ނައިލް.ވަޓްސް ދަ މީނިންގް އޮފް ދިސް؟!” މައުވާ އެ ކޮޓަރީ ހުރި އެނދުމަތީގައި އިށީންނަމުން ބުންޏެވެ.
“ނާއިންއާއި ދުރުގަ ހުރޭ!” ނައިލް ފޫހިގޮތަކަށް މިހެން ބުނިއިރު އަދިވެސް އޭނާ އުޅުނީ މައުވާ ދަތްއެޅި ތަނުން ދިލަ ނަގާތީއެވެ.”ހަމައެކަނި ތިހެން ބުނަންވެގެންތަ އަހަރެން މިތަނަށް ތި ގެނައީ”މައުވާ މިހެން ބުނެ ހޭން ފެށުމުން ނައިލްއަށް އުނދަގޫ ވިއެވެެ.އޭނާ ގޮސް މައުވާގެ ގާތުަގައި އިށީނދެ އިނދެ އެ ބޮލުގައި އަޅާފައި އިން ވެއިލްއަށް ދަމައިގަތުމާއެކު މައުވާ ހިމޭން ވިއެވެ.”އަހަންނަށް އިނގެޔޭ ހަމައެކަނި ތިހެން ބުނާކަށް ނޫންކަން ތި ގެނައީކީ” މައުވާ ނައިލްގެ އަތް ނައްޓުވަން މަސައްކަތްކުރަމުން ބުންޏެވެ.”ބުނަންވީތަ؟” ނައިލް ނުލަފާ ހިނިތުންވުމަކާއެކު ބުނުމުން މައުވާގެ ހިތުގެ ތެޅުން އަވަސްވިއެެވެ.”ނާއިން އިޒް ގޮއިންގް ޓު ބީ އެޓޭކްޑް” ނައިލް ބުނި އެއްޗަކުން މައުވާއަށް ފުންމައިގެން ތެދުވެވުނު އިރު އެ މޫނުމަތިން ދާތިކިތައް ފާޅުވިއެެވެ.”ނާނު؟ކީއްވެ؟”މައުވާ ހަމަޖެހެން މަސައްކަތް ކުރަމުން ބުންޏެވެ.”ނާއިން ގޭމްބްލް ކުރާ ކަން އިނގޭތަ؟” ނައިލް ދުރު ބަލަހައްޓައިގެން އިނދެ ބުނުމުން މައުވާއަށް އިސްޖަހާލެވުނެވެ.”ޔާ އައި ނޯ.އައި ޓްރައިޑް ޓު ސްޓޮޕް ހިމް.އައި ޓޯލްޑް ހިމް ޖުވާ ކުޅުމުން ލަނޑެއް ލިބޭނެއޭ.ބަޓް އޭނަ އަހަރެން ދެއްކި ވާހަކައެއްް ޤަބޫލެއް ނުކުރި” މައުވާ ބުންޏެެވެ.
“އެގްޒެކްޓްލީ.ސޯ ވީ ނީޑް ޓު ސްޓޮޕް ދެމް.ނާއިން ދަރާފައި އޮތީ ވަރަށް ބޮޑު ގޭންގެއްގެ ލީޑަރ އަކަށް.އެންޑް ޕަރސަނަލް އިޝޫސް އާއި ޑީލް ކުރާކަށް ކެޓްސްއެއް ނާންނާނެ” ނައިލް މިހެން ބުނުމުން މައުވާ ގޮސް އޭނާގެ ގަމީހުގައި ހުރި މަތީ ގޮށްތައް ނައްޓާލުމުން އޭނާއަށް ކުރިންވެސް ފެނުނު ނިޝާން ފެނުމުން ހުރިހާ ކަމެއް ސާފުވިއެވެ.”ސޯ ޔޫ އަރ އަ ރެޑް ކެޓް؟”މައުވާ ނައިލްގެ މޭގައި ޖަހާލަމުން ބުންޏެެވެ.
“ކެޓްސް” އަކީ މުޅި ރާއްޖެއަށް ފެތުރިފައި އޮންނަ ސިއްރު ގޭންގެކެވެ.ނޫކަށިފުރައިގެ ބައިވަރު މެންބަރުން ހިމެނޭ ގޭންގެކޭ ބުންޏަސް އެއްވެސް ބަޔަކަށް ގެއްލުންދޭ ފަދަ ޢަމަލެއް އެ ގޭންގުގައި ހިމެނޭ އެއްވެސް މެންބަރަކު ކޮއްފައެއް ނުވެއެވެ.ހަމައެހެންމެ އެއީ ޢާއްމު މީހުނަށް ސިއްރުން ހެދިފައި އޮންނަ ގޭންގެކެވެ.މަދު ބަޔަކަށް ނޫނީ ގޭންގާއި ބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގޭނެއެެވެ.މީހުން ގިނަވެފައި ސިއްރުވެރިކަމުން ގޭންގުގައި ހިމެނޭ ބަޔަކަށްވެސް އެކަކު އަނެކަކަށް އެއީ އޭގެ މެންބަރެއްކަން ފެނުމުން ފާހަގަ ކުރާކަށް ނޭނގެއެވެ.އަދި ގޭންގުގައި މިވީހާތަނަށް އެއްވެސް މީޓިންގްއެއްވެސް ބޭއްވިފަައި ނުވާތީއެވެެ.ނާއިންއާއި އާއިންއަކީ އެ ގޭންގުގެ މެންބަރުންކަން މައުވާއަށް އިނގެއެވެ.އަދި މި ރަށުގައި ގޭންގުގެ ފަރާތުން މަސައްކަތް ކުރާ މީހުނަށް ތިބޭނީ ނާއިންގެ ބޭބެ ނާއިލްއާއި އޭނާގެ އަންހެނުން އިމްޝާއެވެ.ނައިލްއަކީ ގޭންގުގެ މެންބަރެއްކަން އެނގުމުން މައުވާ ކޮންމެވެސް ވަރަކަށް ހައިރާންވީ އޭނާއަށް އެކަން ކުރިން ނޭނގުމުންނެވެ.މީގެ ކުރިންވެސް ނައިލްއާއި އެކި ފަހަރުމަތިން ދިމާވެފައި ވުމުން ކޮންމެވެސް ވަރަކަށް ގަޔާވެވޭ ނަމަވެސް އެއީ ލޯބިކަމަށް ވެދާނެ ކަމަށް މައުވާ ޤަބޫލެއް ނުކުރެއެވެ.މައުވާ އެ ދެމެދުގައި އަބަދުވެސް ދުރުމިނެއް ގާއިމްކޮށްފައި ބަހައްޓަނީ ނައިލްއާއި ގަޔާވެވޭކަން އެނގޭތީއެވެ.އެހެންކަމުން ނައިލްއާއި ބެހޭ މާ ބޮޑު މައުލޫމާތެެއް އޭނާއަކަށް ނޭނގެއެވެ.
މައުވާއަށް ނޭނގުނު ކަމަކީ މައުވާގެ އެ ދުރުކަމުގެ ސަބަބުން ނައިލްއަށް އުނދަގޫވާކަމެވެެ.ރައްޓެހިން ކުރިމަތީ އަންހެންކުދިންދެކެ ފޫހިވާ ކަމަށް ހެދިގެން އުޅުނު ނަމަވެސް ހަޤީގަތަކީ ނައިލްގެ ހިތުގެ ކަނެއްގައި މައުވާގެ ނަން ލިޔެވިފައިވާ ކަމެވެ.
ނައިލްއަށް އެންމެ ފުރަތަމަ މައުވާ ފެނުނީ އޭނާގެ ރަށު ސްކޫލް ކުދިން ލައިވެންދޫއަށް ކުރި ދަތުރެއްގައެވެ.އެއިރު ޕްރިފެކްޓެއްގެ ހައިސިއްޔަތުން މައުވާ އެ މީހުނަށް މަރުޙަބާ ކިޔުމަށްޓަކައި ހަރަކާތްތެރިވެ އުޅުނެވެ.އަދި ނައިލްމެން ގޮވައިގެން ރަށުގެ އެކި ތަންތަން ދައްކަން ދިއުމަށްޓަކައި ސްކޫލްގެ ފަރާތުން ހޮވި ދަރިވަރުންގެ ތެރޭގައި މައުވާ ހިމެނުމުން ގިނަ ވަގުތު އޭނާއަށް ހޭދަކުރަންޖެހުނީ ނައިލްމެން ގާތުގައެވެ.އެ ވީ ކުޑަ ދުވަސްކޮޅު ތެރޭގަައި ނައިލްއަށް މައުވާއާއި ގަޔާވެވުނެވެ.މައުވާގެ ގައިގައި ހުންނަ ބަސްމަދުކަމާއި މަޑުމައިތިރި މިޒާޖުގެ އިތުރަށް އެ ދެލޮލުގައި ވީ ތޫނުކަމަކީ ނައިލްއަށް މައުވާ ކަމުދާން މެދުވެރިވި ސިފަތަކެވެ.
ނަމަވެސް މައުވާއެކޭ އެއްފަދައިން ނައިލްވެސް ވެވުނީ ލޯބިކަމަށް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.ހަމައެޔާއެކު މައުވާ އާއި ނާއިންގެ ގާތްކަމުން ނައިލްގެ ހިތައް ވަމުން ދިޔަ އުނދަގުލަކަށް ބަދަލެއް ނާދެއެވެ.ނާއިންއާއި މައުވާގެ ދެމެދުގައި އޮންނަ ސިއްރު ގުޅުން ނައިލްއަށް އިނގެއެވެ.މީގެ އިރުކޮޅެއްކުރިން ޖަޒުބާތީވެފައި ހުރެ މައުވާ ގާތުގައި ނާއިންއާއި ދުރުގައި ހުންނަން ބުނެވުނީވެސް އެހެންވެއެވެ.
“ޔާ.އެންޑް އައި ނޯ ޔޫ އަރ އަ ކެޓް ޓޫ.ރޭންކެއް ނޭނގެ؟”ނައިލް މިހެން ބުނުމުން މައުވާ ހެދުމުގެ އަތްކުރި އޮޅާލިއިރު އެ އަތުގައި ވެސް އިނީ ނައިލްގެ މޭމަތީގައި އިން ކަހަލަ ބުޅަލެއްގެ ނިޝާނެވެ.ނަމަވެސް ތަފާތަކީ މައުވާގެ އަތުގައި އިނީ އޭގެ ކަޅުކުލައިގެ ނިޝާނަކަށްވުމެވެ.ނައިލްގެ ނިޝާނަކީ ރަތްކުލައިގެ ނިޝާނެެވެ.ނިޝާނުގެ ކުލައިން ދޭހަކޮށްދޭ އެއްޗަކީ ގޭންގުގެ ތެރޭގައި އެމީހެއްގެ ފެންވަރެވެ.ރަތް ކުލައިގެ ނިޝާނެއް އިނިއްޔާމުން އެއީ ދެވަނަ ދަރަޖައިގެ މީހެކެވެ.ކަޅުކުލަ އަކީ އެއްވަނައެވެ.ނޫ ނުވަތަ ފެހި ކުލަ އިނިއްޔާމުން އެއީ އެޔަށްވުރެ ދަށު ދަަރަޖައިގެ މީހެކެވެ.ސިއްރު ގޭންގަކަށްވުމުން ގިނަ މެންބަރުންގެ މި ނިޝާން އިންނަނީ ޢާއްމުގޮތެއްގައި ނުފެންނާނެ ފަދަ ތަނެއްގައެވެ.އަދި އެއީ ކޮންމެ ހަފްތާއަކުން ފިލައިގެންދާ އެއްޗަކަށްވާތީވެ ފިލައިދިޔުމުން ކޮންމެ ފަހަރަކު އަލުން އަރުވަންވުމުންވެސް ކޮންމެ ތާކު ނިޝާން އިނަސް އޭތީގެ ސިއްރު ހިފަހައްޓަން ފަސޭހަވެއެވެ.
“ވާއު.ބްލެކްއެއްތަ؟ނައިލްއަށް އެނގުނީ މައު ކެޓްސްގެ ގްރޫޕްގަ އިނީމަ އެކަމަކު ހިޔެއްނުކުރަން ތީ ފަސްޓް ކްލާސް ކެޓެއް ކަމަށް.ސޯ ޔޫ އަރ މައި ސީނިއަރ”ނައިލް މަޖާވެފައި އިނދެ ބުންޏެވެ.”ހިހި ޔާ.އެކަމް ވީ ނީޑް ޓު ހެލްޕް ނާނު.ނާނުގެ ރޭންކް އަކީ ބްލޫ.ހީ ކާންޓް ފައިޓް ވެލް” މައުވާ ވިސްނަން އިނދެފައި ބުންޏެވެ.އަދި އެމީހުން ދަތުރު ދިޔަ ދުވަހުގެ ކުރިންރޭ ނާއިން އޭނާގެ ފަހަތުން އައިސް ދިމާކުރަން އުޅުމުން ކަންތައް ވީ ގޮތް މައުވާ ކިޔައިދިނެވެ.”ޔާ އައި ނޯ.އެކަމް ނާނު ޖުވާ ކުޅޭ ވާހަކަ ނާއިލްބޭބެ ކައިރިޔަކު ނުބުނެވޭނެ.އެހެންވީމަ ޖެހޭނީ ސިއްރުން މިކަން ހައްލުކުރަން.އައި ވޯންޑް ހިމް މިރޭ” ނައިލް ބުންޏެވެ.”އެކަމް ނައިލްއަށް ކިހިނެއް އެނގުނީ އެ މީހުން ނާނުއަށް އެޓޭކް ކުރަން އުޅޭ ކަމެއް؟ ކެޓްސްގެ އެއްވެސް އިންވޯލްމެންޓެެއް މިކަމުގައެއް ނޯންނާނެ.އެންޑް ކެޓްސްގެ ފަރާތުން މިކޮޅުގަ މިޝަންއެއް އޮތިއްޔާމުން އެންމެ ފުރަތަމަވެސް އިނގޭނީ އަހަންނަށް.ސޯ ހައު ޑިޑް ޔޫ ނޯ؟” މައުވާ ނަައިލްއާއި ގާތައް ޖެހިލަމުން ބުނުމުން ނައިލް ދުރު ބަލައިލީ ޖަވާބުދޭން ބޭނުންނުވާ ފަދަ ގޮތަކަށެވެ.ނަމަވެސް ނައިލް ސިއްސައިގެން ދިޔައީ އެނދުމަތީ އޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

ooohh woww.. vr interesting gotheh mi vanee.. i love the story, when next part? cant wait!
Insha Allah v emme avahakah thanx for the comment it’s really motivating ❤️🫶🏻