Skip to content
އެސްފިޔަ

ފިނި ހިތް 4

ރޭގަނޑުގެ ވަގުތެވެ.ރަތް ކުލައިގެ އަތްދިގު ކްރޮޕް ހޫޑީ އަކާއި ކަޅުކުލައިގެ ސްކިނީ ޖީންސެއް ލައިގެން ސޯފާގައި ޓީވީ ބަލަން އޮތް ކިރާ ދިޔައީ އިރު އިރުކޮޅާ އާފުރެމުންނެވެ.އަތުކުރީ އޮތް ގަޑިއަށް ބަލަާލަމުން އޭނާ އަނެއްކާވެސް ޓީވީ އަށް ނަޒަރު ހުއްޓާލިއެވެ.އައިރާ މާލެ އައި ގޮތައް ފޯނު ނިއްވާލައިގެން ނިދުމުން ކިރާ އިނީ ފޫހިވެފައެވެ.އިރުކޮޅެއް ފަހުން އެހެން އިންދާ ގޭގެ ބެލް އަޅާލި އަޑު އިވުމުން ކާކުކަން ނޭނގޭތީވެ ކަޅު ކުލައިގެ ވަށް ބުރުގާއެއް އަޅައިގެން ހުރެ އޭނާ ގޮސް ދޮރު ހުޅުވާލުމާއެކު އަނގަވެސް ހަމަ އެވަރަށް ހުޅުވިގެން ދިޔައެވެ.

އެޔާއެކު ކުރިމަތީގައި ހުރި އީޝާއާއި ކައިޝާންގެ ހިނިގަނޑު ފަޅައިގެން ދިޔައިރު އެ ދެމީހުންގެ ފަހަތުގައި ހުރި ޔޫވިންއަށް ވެސް ހެވުނެވެ.”ކުޑަބޭ.ކޫބެދައްތާ.ހައު ޑިޑް ޔޫ ގައިސް ކަމް ސޯ ސޫން.ހާދަ އަވަހަށް ހަނީމޫން ތި ނިންމާލީ”ކިރާ އެމީހުން އެތެރެއަށް ވަދެ އިށީނުމާއެކު ބުންޏެވެ.

“ލޮލް.އިޓް ވޯޒް ފަން.އެންޑް ވީ އަރ ގޮއިންގް ޓު ސްޓަރޓް އަވަރ ޖޮބްސް ހިޔަރ ސޫން ސޯ އީޝް އެންޑް އައި ފިގަރޑް ދެޓް ވީ ކަމް ބެކް ނައު”ކައިޝާން ކިޔައިދިނެވެ.”ހޫމް.އޯކޭ.ސޯ ވަޓް ޝުޑް ވީ ޑޫ؟”ކިރާ އެ މީހުންގެ ކުރިމަށްޗައް ހުއްޓެމުން ބުންޏެވެ.އެވަގުތު ސޯފާގެ ބިއްދޮށުގައި ބޮދައިގެން އޮތް ނޫނޫ ފަހަތުން އަރައި ޔޫވިންގެ ގަޔަށް ފުއްމައިގަތުމާއެކު ކައިރީގައި ތިބި ދެމީހުން ހަޅޭއްލަވައިގަތް އިރު ކިރާ ހުރީ އަނގަމަތީ އަތް އަޅައިގެންނެެވެ.”ހާއްޗުސް”އެ ހުރިގޮތައް ހުރެފައި އޭނާއަށް ހަމަބިމަށް އާދެވުނީ ޔޫވިން ކިބިއްސެއް އެޅުމުންނެވެ.”އޯ މައި ގޯޑް.އައި އޭމް ސޯ ސޮރީ.ޔޫން އެލަރޖިކް ވާނެ ދޯ ކެޓްސް އަށް ޔޫ ހޭވް ސައިނަސް.ނޫނޫ ގެޓް އޮފް ހިޒް ލެޕް.ޔޫ އަރ ސޯ ނޯޓީ!”ކިރާ އަވަސްހަރަކާތާއެކު އައިސް ޔޫވިންގެ އުނގުގައި ވަކި ހިއްޕާލައިގެން އޮތް ނޫނޫ ނެގިއެވެ.އެއިރުވެސް ޔޫވިން ހުއްޓުމެއްނެތި ކިބިހި އަޅަމުން ދިޔައެވެ.

އީޝާ ބަދިގެއަށް ގޮސް ޓިޝޫ އަކާއި ފެންތަށްޓެއް ހިފައިގެން އައިސް ޔޫވިންއަށް ދިނުމުން އޭނާ ހަމަޔަކަށް އެޅުނެވެ.”އަރ ޔޫ އޯކޭ ޔޫން؟”ކައިޝާން ކަންބޮނޑުވެފައި ޔޫވިންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.”ޔާ އައި އޭމް ފައިން”ޔޫވިން ހަމަޖެހިލަމުން ބުންޏެެވެ.”ވެއިޓް.ކިޓީއަށް ކިހިނެއް އެނގެނީ ޔޫވިންގެ ސައިނަސް ހުންނަ ކަމެއް؟އެންޑް ދެޓް ހީ އިޒް އެލަރޖިކް ޓު ކެޓްސް؟”ކައިޝާން ޝައްކުގެ ނަޒަރަކުން ކިރާއަށް ބަލާލަމުން ބުނުމާއެކު އޭނާ ހުއްޓުން އެރިއެވެ.ބުނެވުނީ ކީކޭކަން އެނގުމުން އޭނާއަށް އަމިއްލަ މޮޔަކަމާއި ދޭތެރޭ ހިތާހިތުން އެއްޗެހި ގޮވުނެވެ.އީޝާގެ މޫނުމަތިންވެސް ހައިރާންކަމުގެ އަސަރުތައް ފެނިގެން ދިޔައިރު ޔޫވިންއަށް ސިއްރުން ހިނިތުންވެވުނެވެ.

“އެއީ.ހަދާންވޭތަ ތިނަދޫގަ އަހަރުމެން ސަޢުދު ބީޗަށް ދިޔައީމެއްނުން.އެ ދުވަހު އެތަނުގަ ތިބި ބުޅާތައް ފެނުނީމަ އަހަރެން ފާޑަކަށް ސްނީޒް ކުރެވޭ ގޮތްވީމަ ކިޓީ އާސްކްޑް މީ އިފް އައި ވޯޒް އެލަރޖިކް ޓު އެނިމަލްސް.އެންޑް އައި ޓޯލްޑް ހަރ އައި ހޭވް ސައިނަސް.ދޯ ކިޓީ”ޔޫވިން އަވަސްއަވަހަށް ވާހަކައެއް ހަދާލަމުން ކިރާއަށް ދޯ ދިނުމާއެކު ވަގުތުން އޭނާ ބޯޖަހައިލިއެވެ.ޔޫވިންގެ ވާހަކަ އިވުމާއެކު ދެން ތިބި ދެމީހުން އެހެން ހެއްޔޭ ބުނެ އެ ވާހަކަ ނިންމާލިއެެވެ.އެވަގުތު ކިރާ ވަށްކަޅިން ޔޫވިންއަށް ބަލާލުމާއެކު ޔޫވިން އެއްލޯ މަރާލުމުން އޭނާ ތުން އަނބުރާލަމުން ގޮސް އިށީނީ ސޯފާގެ އަނެއް ފަޅީގައެވެ.އެޔާއެކު ޔޫވިންގެ ތުންފަތްމަތީގައި ވީ ހިނިތުންވުން ފުޅާވިއެވެ.އޭނާ އިނީ ކިރާ ދެންމެ އުޅުނު ގޮތުން މަޖާވެފައެވެ.

ކައިޝާންއާއި ޔޫވިން ނެޓްފްލިކްސް އަޅުވާލަމުން އެ މީހުން ބަލާނެ ރަނގަޅު ފިލްމެއް ފެނޭތޯ އުޅުނު އިރު ކިރާ އިނީ ފޯނަށް ގެއްލިފައެވެ.ހަގީގަތަކީ އޭނާ އިނީ އެތަނުން ދާން ބޭނުންވެފައިކަމެވެ.ނަމަވެސް ކުޑަބެ އިނުމުން އެހެން ކަންތައް ކުރާކަށް ނުކެރުނެވެ.

4 މީހުންވެސް ފިލްމުގެ އަވައިގައި ޖެހިފައި ތިއްބާ ގަޑިން 12 ޖަހައިފިއެވެ.އެ މީހުން ގެޔަށް ދާން ތައްޔާރުވީތަނާ ކަންދިމާކުރި ގޮތުން އެވަގުތު ބޯކޮށް ވާރޭ އޮއްސާލިއެވެ.ވާރޭ ހުއްޓާލާނެ އިރެއްގެ އިންތިޒާރުގައި ތިއްބާ 1 ޖަހައި ބޮޑުވެއްޖެއެވެ.”އަހަންނަށް ހީވަނީ ކުޑަބެމެން މިރޭ މި ގޭގަ މަޑުކުރަންވީހެން”ކިރާ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.ވާރޭ ތިކިތައް ބިއްލޫރިގަނޑުގަައި ޖެހިފައި ތިރިއަށް ފައިބައިގެންދާ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ.އީޝާއާއި ކައިޝާން އެކަކު އަނެކަކަށް ބަލާލަމުން އެއްބަސް ވީ އިރު ޔޫވިން ފޯނެއް އައުމުން ބޭރަށް ނުކުތެވެ.”އޯކޭ.ކުޑަބެމެން މި ދަނީ ނިދަން.ޔޫން އައީމަ ގިވް ހިމް އެނަދާ ރޫމް އިނގޭ” ކައިޝާން މިހެން ބުނުމާއެކު ކިރާއަށް އެހެން ބުނެވުނުކަމުގެ މޮޔަ ހީވިއެވެ.އެއާއެކު އަނެއްކާވެސް އޭނާއަށް އަމިއްލަ ނަފްސާއި ދިމާލަށް އެއްޗެހި ގޮވެން ފެށުނެވެ.”އާހް.ގޯޑް ހައު އޭމް އައި ގޮއިންގް ޓު ސްޕެންޑް ދަ ނައިޓް އަންޑަރ ދަ ސޭމް ރޫފް އޭޒް ހިމް؟!”ކިރާ އަށް ހިތާ ހިތާ ކިޔާލެވުނެވެ.

ޔޫވިން އެނބުރި އެތެރެއަށް ވަނުމުން ކައިޝާން އޭނާގެ ކޮޓަރި ދެއްކުމަށްފަހު ދެކުދިންވެސް ނިދަން ދިއުމަށް ބުނެ އީޝާއާއި ދެމީހުން ސިޑިން މައްޗައް އަރައިގެން ގޮސް އެންމެ އެކޮޅުގައި ހުރި ކޮޓަރިއަށް ވަނެވެ.ދެން ހޭދަވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.”ކަމް ވިތް މީ”ކިރާ ހިމޭންކަން ފޫއަޅުވާލަމުން ބުނެ ޔޫވިންއަށް އޭނާގެ ފަހަތުން އައުމަށް އިޝާރާތް ކުރިއެވެ.ޔޫވިން އެއްޗެކޭ ނުބުނެ ކިރާގެ ފަހަތުން ސިޑިން މައްޗައް އަރައިގެން ދިޔައެވެ.”ޔޫ ކެން ސްލީޕް ހިޔަރ”ކިރާ އޭނާގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެ އަވަސްއަވަހަށް އޭނާގެ ކޮޓަރިތެރެއަށް ދެމިގަތެވެ.ޔޫވިން އެ މަންޒަރު ބަލަން ހުރެ ފުންނޭވައެއް ދޫކޮށްލުމަށްފަހު ކޮޓަރިއަށް ވަނެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތުތައް ގުނެމުން ގޮސް 3 ޖެހީއެވެ.އަދިވެސް ވާރޭ ހުއްޓާލާކަށް ނޫޅުނެވެ.ކައިޝާންމެން ދެމަފިރިން އަރާމު ނިދީގައި ތިބި އިރު ނިދި ވަނީ ޔޫވިންއާއި ކިރާއާއި އެތައް ހާސް މޭލެއް ދުރުގައެވެ.ފެންވަރާލައިގެން ހުދު ކުލައިގެ ބާތްރޯބެއް ލައިގެން އެނދުގައި ދެ ލޯ މަރައިގެން އޮތް ޔޫވިންގެ ޙިޔާލުތަކުގައި ވަނީ ކިރާ ނޫން ދެވަނަ މީހެއް ނޫނެވެ.ކިރާއާއި އެއް ފުރާޅެއްގެ ދަށުގައި މިހެން އޮންނަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން އޭނާ ބޭނުމެވެ.ނަމަވެސް މާޒީގެ ޙިޔާލުތައް އެ ހިތައް އުނދަގޫ ކުރަމުން ދާތީ ފަސްޖެހެނީއެވެ.އިރުކޮޅެއް ވަންދެން ދެ ފަރާތައް ފުރޮޅި ފުރޮޅި އޮވެފައި އިތުރަށް ކެތްނުވުމުން ކުއްލިއެއް ޖަހާފައި އެނދުން ތެދުވެ އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ކަޅު ކުލައިގެ ކަކުލާއި ހަމަޔަށް އަރާ ނައިޓީއެއް ލައިގެން އެނދުމަތީ އޮތް ކިރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެންދިޔައީ ކޮޓަރިން ބޭރުން މީހަކު ޓަކި ޖެހި އަޑަށެވެ.ނައިޓީގެ މަތިން ލާ ކަޅު ކުލައިގެ ޖެކެޓް ލުމަށްފަހު އޭނާ ފުންނޭވައެއް ދޫކޮށްލަމުން ދޮރު ހުޅުވާލިއެވެ.އެޔާއެކު ކުރިމަތީގައި ހުރި ޔޫވިން އަވަސް އަވަހަށް އެތެރެއަށް ދެމިގަނެ ދޮރު އެތެރެއިން ތަޅު ލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Cutie girl

    Mi part vxv Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard
    Kira and yoovin v gulhey
    They both are made for each other
    E kudhin gulhuvachey
    Easha and kaisan v gulhey
    Love you ❤️😍

  2. One of your reader

    Wow mi part ves varah reethi!!!!
    By the way why are you not uploading for ur previous story?????
    I was really waiting u to complete it!
    Pls pls plss reply to my comment🤗

    1. Queen
      One of your reader

      Hi.Thanks for the comment 👋 It was due to some personal reasons I lost motivation but don’t worry insha Allah mi vhk nimmaalumah fahu I will continue to write ihusaasthakeymee🫶🏻😊

Comments are closed.