Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 3

-----queen----- Level 1
August 3, 2024 4 Mins Read
1 Comment

ކައިޝާންއާއި އީޝާގެ ކައިވެންޏަށް ހަފްތާއެއް ފުރުމާއެކު އެ ދެމަފިރިންނާއި ޔޫވިންވެސް ކިރާއާއެކު މާލެ ދިޔައެވެ.ކައިޝާން މާލެއިން 3 ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމާއެކު އެ ދެމީހުން ކުރިންވެސް ނިންމާފައިވަނީ ކައިވެންޏަށްފަހު އެތަނުގައި ދިރިއުޅުމަށެވެ.ކައިޝާން އަކީ ރިސޯޓްތަކުގެ ވިޔަފާރި ކުރުމުގައި ވަރަށް ކުރީގައި އުޅޭ ކުއްޖެކެވެ.އޭނާ އަންނަނީ އަމިއްލަ ކުންފުންޏެއް ފަރުވާތެރިކަމާއެކު ހިންގަމުންނެވެ.އަދި އީޝާއަކީ ނަރުހެކެވެ.ކައިޝާން އޭނާގެ އޮފީސް މާލެ ބަދަލުކުރަން ނިންމުމާއެކު އަދި އީޝާއަށް ހުޅުމާަލެ ހޮސްޕިޓަލުން ވަޒީފާ ލިބިފައިވުމާއެކު އެ ދެމަފިރިންގެ ދިރިއުޅުންވެސް މާލެ ބަދަލުކުރީއެވެ.

މާލެ ދިޔަތާ މަހެއްހާދުވަސް ފަހުން ކަންތައްތައް ހަމަޔަކަށް އެޅުމުން އެ ދެމަފިރިން ޔޫވިން ހަދިޔާއެއްގެ ގޮތުގައި ދިން ހަނީމޫން ދަތުރަށް ދުބާއީއަށް ދިއުމުން ކިރާ މުޅިން އެކަނިވިއެވެ.ނަމަވެސް ވަޒީފާއަށް ނުކުންނަން ފެށުމުން އެ ހުރިހާ ކަމެއް މަތިން އޭނާ ހަނދާން ނެތުނެވެ.

އެއްދުވަހެއްގެ ހަވީރެވެ.ވިލުނޫކުލައިގެ ކެބިން ކްރިއު ޔުނިފޯމްގައި ކިރާ ފެންނަލެއްް ނުހަނު ރީއްޗެވެ.ހުޅުލެއަށް އިރުކޮޅެއް ކުރިން ޖެއްސި މޯލްޑިވިއަން ބޯޓުން ފައިބައިގެން އެރައިވަލްސް ގޭޓުން ވަތް އިރު ލަގެޖް ނަގަން ތިބި ފަސިންޖަރުންގެ ތެރެއިންވެސް ގިނަ ބައެއްގެ ލޯތައް ހުއްޓިފައި ވަނީ އޭނާއަށެވެ.ނަމަވެސްް އެކަމަށް ފަރުވާލެއްނެތި އޭނާ އެތަނުން ނުކުމެގެން ގޮސް ސައިލެންޓަށް ލާފައި އޮތް ފޯނު ހުޅުވާލިއިރު ފުލުފުލުގައި އައިސްފައި ހުރި މިސްޑް ކޯލްތައް ފެނުމުން ބޮލުގައި ޖަހާލެވުނީ އެއްޗެއް ހަނދާންވީ ފަދައިންނެވެ.އެހެން ހުއްޓާ އަނެއްކާވެސް ފޯނަށް ފޯނެއް އަންނަތަން ފެނުމުން ކިރާ އަވަސްއަވަހަށް ފޯނު ނެގިއެވެ.

“ޕިސް ޕިސް.ކިޓީ.އައި ހޭވް ބީން ކޯލިންގް ފޯ ސޯ ލޯންގް.ވަޓްސް އަޕް ވިތް ޔޫ؟”ފޯނު ނެގުމާައެކު އެކޮޅުން ވާހަކަ ދެއްކި އައިރާ ހިތްހަމަނުޖެހުމުގެ ރާގަކަށް ބުންޏެވެ.”ސޯ ސޮރީ އައިރާ.އައި ވޯޒް އޮން އަ ޕްލޭން.ދެންމެ ގަމަށް ގޮއްސަ މި އާދެވުނީ”ކިރާ ބުންޏެވެ.”ވެއިޓް.މާލޭގަތަ؟ޑިއުޓީގަ؟ވަޓް ދަ ހެލް.އެހާ އަވަހަށް ރަށަށް ގޮއްސަ އައީ؟ކައިޝާންބެ މެރީ ކުރީތަ؟އަހަރެން ހީކުރީ ކިޓީ އަންނާނީ މަހެއްހާ ދުވަސް އެކޮޅުގަ ހުރެފަ ކަމަށް”އައިރާ ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލުމުން ކިރާއަށް ހެވުނެވެ.”ހެހެ.އާނ.މަ ދިޔައީ ވެސް ވެޑިންއަށް ދުވަހަކަށް ވެފަ އޮއްވާ.ދެން އެހެންނޫނަސް އިނގޭނު މަށަށް މާ ގިނަ ދުވަހު ފްލައިޓަކަށް ނާރާ ނޫޅެވޭނެކަން”ކިރާ ހިނިގަނޑެއް ޖަހާލަމުން މިހެން ބުނުމާއެކު އައިރާއަށް ވެސް ހެވުނެވެ.

“ތިވީގޮތުން މި ޖެހުނީ މަގޭ ވެޑިންގްވެސް އަވަސް ކުރަންތާ.އޭ ތި ވާހަކައެއް ނޫނޭ.އައި އޭމް ކަމިންގް ޓު މާލެ މިރޭ”އައިރާ މިހެން ބުނުމާއެކު ކިރާ އުފާވިއެވެ.”ތޭންކް ގޯޑް އެޓްލީސްޓް އައި ވޮންޓް ބީ އެލޯން ނައު”ކިރާ ބުންޏެވެ.”ކިޓީ.ފަހުން ހަބަރެއް ވާނަން އިނގޭ.މި އުޅެނީ ޕެކް ކުރުމުގަ”އައިރާ މިހެން ބުނުމާއެކު ކިރާވެސް ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބާއްވަމުން ބޭރުގައި ޕާކްކޮށްފައި އޮތް އޭނާގެ
ކަޅުކުލައިގެ ކާރަށް އަަރައި ދުއްވާލިއެވެ.

ހުޅުމާލޭގެ މަގުތަކުން ދުއްވާފައި ދިޔަ ކިރާ ކާރު މަޑުކޮށްލީ 12 ބުރީގެ ބޮޑު އިމާރާތެއް ކުރިމައްޗަށެވެ.ބީޗާއި ކައިރި އެ ދިމާލުން ސާފުވައި ޖެހެމުން ދިޔައެވެ.މަގުހުރަސްކޮށްފައި ކުރިމަތިން ފެންނަން އޮތް ހުދު ކިރުގަނޑެއް ފަދަ ދޮންވެލިގަނޑާއި ވިލުނޫކުލަައިގެ މޫދުގެ ސަބަބުން މަންޒަރު ބަލާ ބަޔެއްގެ ހިތައް ފިނިކަން ގެނެސްދޭނެކަން ޔަޤީނެވެ.

ކިރާ ޑިކީގެ ތެރެއިން އޭނާގެ ފޮށި ނަގައިގެން ގޮސް އެ އިމާރާތުން އެތެރެއަށް ވަދެ ލިފްޓަށް އެރިއެވެ.9 ވަނަ ފްލޯއަށް ހުއްޓުމާއެކު އޭނާ ފޭބިއެވެ.އެތަނުގައި ހުރި ކުޑަ ކޮރިޑޯއެއް ކަހަލަ ތަންކޮޅުގައި ތިރިއަށް ފޭބޭނެގޮތައް ސިޑިއެއް ހުރެފައި އެ ދިމާލުން ބީޗް ފެންނަ ގޮތައް ކުޑަ ބެލްކަންޏެއް ވެސް ހުއްޓެވެ.ކުރިމަތީގައި ހުރި ދޮރުގައި އިން ސެކިއުރިޓީ ލޮކުގައި ކިރާ ޖީބުން ނެގި ކަޅު ކާޑު ޖައްސާލުމާއެކު އެލާމެއް އަޅާފައި އެ ދޮރު ހުޅުވުނެވެ.

ތަނަވަސް ބޮޑު ލިވިންގް ރޫމެކެވެ.މެދުގައި ހުދުކުލައިގެ އެލް ޝޭޕް ސޯފާއެއް ބެހެއްޓިފައި ހުރި އިރު ކުރިމަތީގައި ވަނީ 65 އިންޗީގެ ދިގު ޓީވީ އެއް ހަރުކުރެވިފައެވެ.ސޯފާގެ ކަނާތް ފަރާތުގައި ހުރި ފާރުގައި ވަނީ އެއްކޮށް ބިއްލޫރި ޖަހައި ބޭރު ފެންނަ ގޮތަށެވެ.ބޫޓު ބާލައި އެއްފަރާތެއްގައި އިން ހުދުކުލަައިގެ ބޫޓު ކަބަޑަށް ލަމުން އެތެރެއަށް ވަންނަން ހިނގައިގަތް އިރު އޭނާގެ ފައިކައިރިން އެއްޗެއް ކޯޅުނުހެން ހީވިއެވެ.އެއިރު ބިންމަތީގައި އޮތީ ނޫކުލައިގެ ލޮލެއް ލިބިފަައިވާ ހުދުކުަަލައިގެ ރީތި ބުޅަލެކެވެ.”ނޫނޫ.އައި މިސްޑް ޔޫ ސޯ މަޗް”ކިރާ ތިރިވެ ނޫނޫ އަތަށް ނަގަމުން ބުނުމާއެކު ނޫނޫ ވެސް އޭތީގެ ބަހުރުވައިން ޖަވާބުދިނެވެ.ކިރާ ނޫނޫ ގެންގޮސް އޭނާ ބާއްވަން އޮންނަ ސޯފާ ކައިރީގައި އޮތް ހުދު ކުަަލައިގެ ކެޓް ބާސްކެޓަށް ލުމަށްފަހު ސޯފާގެ ފަހަތުން ބިއްލޫރި ފާރާއި ދިމާލުން އެރެން ހުންނަ ސިޑިން މައްޗައް އަރައިގެން ދިޔައެވެ.

އެ ބައިގައި ވަނީ ކޮޓަރިތަކެވެ.4 ކޮަޓަރި ހުރިއިރު ކިރާ ވަނީ ސިޑިން މައްޗައް އެރުމާއެކު އެންމެ ކައިރީގައި ހުރި ކޮޓަރިއަށެވެ.ކިރާއަށް އެންމެ ކަމުދާ ހުދު އަދި ކަޅު ކުލައިގެ ފާރުތައް ވާއިރު ކޮޓަރީގެ މެދުގައި ވަނީ ކިންގް ސައިޒް އެނދެކެވެ.ކޮޓަރީގެ ވާތް ފަޅީގައި އިރުގެ އަލިކަން ވަންނަ ގޮތައް ދެފަރާތައް ކަހާލެވޭ ދޮރުފަތެއް އިންއިރު އެ ދިމާލުގައި ރީތި ވަރެއްގެ ބެލްކަންޏެއް އިނެވެ.ކަނާތް ފަޅީގައި އިނީ އޭނާގެ ވޯކް އިން ކްލޯސެޓެވެ.އެތާ ތެރެ ފުރިފައިވަނީ އެކި ބްރޭންޑްތަކުގެ ހެދުންތަކާއި ފައިވާނުގެ އިތުރުން ބްރޭންޑެޑް ގަޑިތަކާއި އަތްދަބަސްތަކުންނެވެ.އަދި އެތާނގައި ރީތިވެވޭނެ ގޮތައް އިސްކޮޅު ވަރުގެ ލޯގަނޑަކާއި އޭނާ ގެންގުޅޭ މޭކްއަޕް ސާމާނުތައްވެސް ތަރުތީބުން ބެހެއްޓިފައި ވެއެވެ.ކިރާ ލައިގެން ހުރި ޔުނީފޯމް ބާލައި ކޮނޑުގައި އެޅުވުމަށްފަހު އެތާ އެތެރެެއިން ވަދެވެން އިން ފާހާނަ ތެރެއަށް ވަނެވެ.

ފާހާނަވެސް ބޮޑުވެފައި ރީއްޗެވެ.ކުރިމަތީގައި މޫނުދޮންނަ ތަށި އިން އިރު އޭގެ ކައިރީގައިވަނީ ފާހަނަ ތައްޓެވެ.އޭގެ އަނެއްފަރާތުގައި ކަޅުކުލައިގެ ޖަކޫޒީއެއް ބެހެއްޓިފައިވާއިރު “ވޯކް އިން ޝަވަރ”އަށް ވާ ބައި ވަނީ އެޔާއި ޖެހިގެން ތަންކޮޅެއް ދުރުގައެވެ.ކިރާ އެެތެރެއަށްވަދެ މޫނުދޮންނަ ތަށި މަތީގައި އިން ލޭމްޕް ޖައްސާލުމާއެކު އެތާ ތެރެ މަޑު ނޫކުލައިން ދިއްލުނެވެ.މަޑު ނޫކުލައިގެ ރާޅުތަކެއްހެން ސީލިންގަނޑު ހަރަކާތްކުރަމުން ދިޔައިރު ބަލާ މީހެއްގެ ހިތައް ހަމަޖެހުން ގެނެސްދޭނެކަން ޔަޤީނެވެ.ޖަކޫޒީއަށް ފެންއަޅަމުން ކިރާ އޭގެ ތެރޭގައި އޮވެ ލޯ މަރާލިއެވެ.އެވަގުތު ހަށިގަނޑަށް ލިބުނު ލުޔާއެކު އިރުކޮޅެއްގެ ތެރޭ އޭނާއަށް ނިދުނެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ “ވައި ފްލައި”ކުންފުނީގެ މައި އިމާރާތުގެ އެންމެ މަތީ ބައިގައި ހުރި ޔޫވިންގެ މޫނު މަތިން ކަމަކާ ވިސްނާ ކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ.އެ އޮފީހުގައި އޭނާއަށް ޙާއްސަ ކުރެވިފައި ހުރި ކެބިންގައި ބޭރު ފެންނަ ގޮތައް ވަށައިގެން ބިއްލޫރި ޖެހިފައިވާއިރު ދޮރާ ފުރަގަސްދީގެން ހުރި ޔޫވިންއަށް އެތެރެއަށް މީހަކު ވަތްކަން އިޙުސާސްވުމާއެކު އެނބުރި ބަލާލިއެވެ.އެއިރު ކުރިމަތީގައި ދަތްޕިލަ އަތަށް ލައިގެން ހުރި ޔާކިން ފެނުމުން ޔޫވިން ދުވެފައި ގޮސް ޔާކިން ގައިގައި ބައްދައިގަތެވެ.

“ދޮންބޭ.ވެން ޑިޑް ޔޫ ކަމް ބެކް؟”އައި މިސްޑް ޔޫ ސޯ މަޗް”ޔޫވިން އޭނާގެ ގޮނޑީގައި އިށީންނަމުން ބުންޏެވެ.”މަ އައި އިރެއް ނުބަލާ ތި ވިސްނަނީ ކާކާއި މެދުގައި ކަން ކިޔާދީބަލަ”ޔާކިން ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ޔޫވިންގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ.”އައި….އައި..”ޔޫވިން ފަސްޖެހުނެވެ.”އައި ވަޓް ޔޫން؟އައި އޭމް ޔުއަރ ދޮންބެ އެންޑް އަހަންނަށް ނޭނގޭކަމެއް ނޯންނާނެ ޔޫންގެ ލައިފްގަ.ސްޕިލް ދަ ޓީ ޔޫން” ޔާކިން ކެތްތެރިކަން ކުޑަވެފައި ބުންޏެވެ.”އައި މެޓް ކިޓީ އިން ތިނަދޫ”ޔޫވިން ފުން ނޭވައެއް ދޫކޮށްލަމުން ބުންޏެވެ.އެޔާއެކު ޔާކިންް އަށް ފުއްމައިގެން ތެދުވެވުނެވެ.”ވާޓް؟އަސްލުވެސްތަ؟ހަމަ ޔަޤީންތަ އެއީ ކިރާ ކަން؟” ޔާކިން ގަބޫލުނުކުރެވިފައިވާ ރާގަކަށް އެއްސެވެ.

“ދޮންބެއަށް މިހާރު ފެނުނީމަ ފާހަގަކުރަން ނޭނގިދާނެ ބަޓް މަށަށް ކިޓީއެއް ނޯޅޭނެ.އެންޑް ޝީ ލިވްސް އިން ހުޅުމާލެ”ޔޫވިން ބުންޏެވެ.”އޯކޭ ބަޓް ހައު؟”ޔާކިން އަހާލިއެވެ.”ޝީ އިޒް ކައިގެ ކޮއްކޮ.ކައި ގެ ވެޑިންއަށް ދިޔައިރު އައި މެޓް ހަރ.ބަޓް އޭޒް އެކްސްޕެކްޓެޑް ޝީ އެކްޓެޑް ލައިކް ޝީ ޑަޒެންޓް ނޯ މީ”ޔޫވިން ދެރަވެފައި ބުންޏެވެ.”ވެލް ދެޓްސް އެކްސްޕެކްޓެޑް”ޔާކިން ދެރަވެފައި ބުނުމާއެކު ޔޫވިން އަވަހަށް މައުޟޫ ބަދަލުކޮށްލީ އެ ވާހަކަ އޮއްބާލުމުގެ ގޮތުންނެވެ.

ދެމީހުން އެކި ވާހަކަތަކުގައި ތިއްބާ ކައިޝާން އައެވެ.ހަނީމޫން ނިންމާލާފައި އެމީހުން މާލެ އެ އައީ އިއްޔެއެވެ.ނަަމަވެސް ކިރާއާއި ޔޫވިންއަށް ނޭނގިއެވެ.”ޔާއްޓެ.ސޯ ބޭޑް.މަގޭ ވެޑިންއަކަށްވެސް ނާދޭ”ކައިޝާން ތުން އޫކޮށްލަމުން ބުނުމާއެކު ޔޫވިންއާއި ޔާކިންއަށް ހެވުނެވެ.”ލޮލް.އައި ޖަސްޓް ގޮޓް ހިޔަރ ބްރޯ.ކޮބާ ފަހަރި އިންޓްރޯ ކޮށްދެއްޗޭ”ޔާކިން މިހެން ބުނުމާއެކު ކައިޝާން ޔަގީނެއްނޫން ހެއްޔޭ ބުންޏެވެ.”އޯކޭ ސޯ އަހަރެން މިއައީ މިރޭގެ ޕްލޭންސް ތި މީހުނަށް ކިޔައިދޭން” ކައިޝާން އިށީންނަމުން ބުނުމާއެކު ދެން ތިބި ދެމީހުންގެ މޫނުމަތިން ފެނުނީ ސުވާލުމާކެކެވެ.”ވަޓް ޕްލޭންސް؟”ޔޫވިން ބުންޏެވެ.

“އޯކޭ ސޯ ކިޓީ އަކަށް ނޭނގޭނެ އަދި އަހަރުމެން ދެމީހުން ހަނީމޫން ނިންމާފަ އައި ކަމެއް ސޯ ވީ އަރ ޕްލޭނިން ޓު ސަޕްރައިޒް ހަރ.އެންޑް މިރޭ ހުޅުމާލެެއަށް ދާ އިރު ވީ ވިލް އޯލް ގޯ.ނޯ އެކްސްކިއުޒެސް”ކައިޝާން ފަހުބަސް އިއްވާލިއެވެ.”ބްރޯ އައި އޭމް ސޮރީ ބަޓް މިރޭ މަ ފުރަން އައްޑޫއަށް ދާން.އެކަމް ޔޫން ދާނެ ދޯ.ވަރަށް ދާ ހިތުންނޭ އެ އިނީ”ޔާކިން އުޒުރުވެރިވަމުން ޔޫވިންއަށް ދޯ ދިނެވެ.އެޔާއެކު ޔޫވިން ވަށްކަޅިން ޔާކިންއަށް ބަލައިލުމާއެކު އޭނާ ތުންފަތްމައްޗައް ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން އިނދެ އާނއެކޭ ބުނުމަށް އިޝާރާތްކުރަމުން ދިޔައެވެ.”އޯކޭ ފައިން.ބެސްޓީ ބުނީމަ ދެން ނޫނެކޭއެއް ނުބުނެވޭނެ ދޯ”ޔޫވިން ފުންނޭވައެއް ދޫކޮށްލަމުން ބުނުމާއެކު ކައިޝާން ޔޭ އޭ ކިޔައި ޔޫވިންގެ ގައިގައި ބައްދާލިއިރު ޔާކިން ސިއްރުން “ޔެސް” އޭ ކިޔާލީ އޭނާގެ ރޭވުން ކާމިޔާބު ވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ސިއްރު

Next

މައިދައިތަ

Next
August 4, 2024

މައިދައިތަ

Previews
August 3, 2024

ސިއްރު

One Comment

  1. Cutie girl says:
    August 3, 2024 at 12:17 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Heevani Kira and yoovin gulhuvan plan kuraa hen
    They both are made for each other
    E kudhin gulhuvachey
    You’re my fav author
    I appreciate your hard
    V interesting story
    V kiyaala hithun kiyani
    Kira and yoovin gulheyne dhuvahakah intizaaru kurani
    Love you ❤️😍

Comments are closed.

Next Episodeފިނި ހިތް 4←


All Right Reserved!