އިހުސާސްތަކޭމީ 9
މައުވާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނައިލް “އެކްސްކިއުޒް މީ” ކިޔާލަމުން ފޯނަށް ޖަވާބު ދެމުން ކޮޓަރިން ބޭރަށް ނުކުތެވެ.އެޔާއެކު މައުވާއަށް ފުން ނޭވައެއް ދޫ ކޮށްލެވުނެވެ.”ދެޓް ވޯޒް ކްލޯޒް.އައި ތޯޓް އައި ވޯޒް ގޮނަ ފެއިންޓް ހީ އިޒް ސޯ ހޮޓް”މައުވާ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން މޭގައި އަތްއަޅައިގެން ހުރެ ހުވަފެނީ ގޮތަކަށް ކިޔާލިއިރު އެ ރީތި ދެލޯ ވަނީ މެރިފައެވެ.ނައިލްއާއިއެކު އެ ހޭދަކުރެވުނު ވަގުތުކޮޅު އޭނާގެ ހިތުން ދެން ދުވަހަކު ފިލައިގެނެއް ނުދާނެކަން ޔަޤީނެވެ.އިހުސާސްތައް ކޮންޓްރޯލް ކުރަން ދަސްވެފައިވާލެއް މޮޅުކަމުން މައުވާއަށް ނައިލްގެ ކުރިމަތީގައި އެހެން އުޅެވުނަސް ހަޤީގަތަކީ ދަގަނޑު ދަގައްޕާނަށް ދަމާފަދައިން އޭނާ ނައިލްއާއި ގާތްވާން ބޭނުންވާކަމެވެ.އެއިރު ނައިލްއާއި ދޭތެރޭ އެ ހިތުގައި ވީ އިޙުސާސްތަކަށް އިތުރު ދިރުމެއް އައިސްގެން ދިޔަކަން އެނގުމުން މައުވާގެ މޫނު ރަތްވެގެން ދިއުމާއެކު އޭނާއަށް ދެއަތުން މޫނު ފޮރުވާލެވުނެވެ.އެވަގުތު ލިޝްކާމެން މީހަކު މިތާ ހުރިނަމަ އޭނާއާއި ދިމާކުރާނޭ މިންވަރު އަންދާޒާ ކޮށްލެވުމުން އޭނާއަށް ހެވުނެވެ.
ގޭގެ ބިއްދޮށް ފަރާތު ދެވަނަ ބުރީގެ ބެލްކަނީގައި ހުރި ނައިލްގެ ހާލަކީވެސް ހަމަ އެއީއެވެ.ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައިރު އިރު އިރު ކޮޅާ އަތުގަައި އޮތް ވޭޕް ޕޮޑް އިން އެތެރެއަށް ދަމާލުމަށްފަހު ދުންގަނޑެއް ބޭރުކޮށްލައެވެ.ކަމަކާއިގެން މާ ބޮޑަށް ހާސްވެ ވިސްނޭ ގޮތް ވަންޔާމުން ސިކުނޑި ތާޒާކޮށްލުމަށްޓަކައި ނައިލް ބޭނުންކުރާ އުކުޅަކީ އެއީއެވެ.ނަމަވެސް އެއީ އެއްވެސް ބައެއްގެ ނަޒަރުގައި މާ އެދެވޭ ކަމަކަށް ނުވުމުން އޭނާ އެކަން ކޮށް އުޅެނީ ސިއްރުންނެވެ.
“ބްރޯ”ބެލްކަންޔަށް ނިކުމެވެން ހުންނަ ދޮރާއި ފުރަގަސްދީގެން ހުރި ނައިލް ސިއްސައިގެން ދިޔައީ ފަަހަތުން އައިސް ނާއިން އޭނާގެ ކޮނޑުގައި އަތް އެޅުމުންނެވެ.”ޕިސް ޕިސް.ބަ*އެއްނު ބްރޯ.މަ މިހިރީ ކަލެއަށް ވާނެ ގޮތަކާ ދޭތެރޭ ހާސްވެގެން ގޮސް ބޯގޮވާ ވަރު ވެފަ އެކަމް ކައެެ ހަމަ ޗިލް.ނޫނޭވާ ގަދަ އިނގޭ”ނައިލް ކަޅި މައްޗަށް ހިންގާލަމުން ބުނުމާއެކު ނާއިން ފެށީ ހޭށެވެ.”ހަހަހަަހަ ބްރޯ.މަށަށް ވާނެ ގޮތަކާއި މެދު ވިސްނަނީތަ ނޫނީ…ޔުއަރ ލަވްލީ ކްރަޝް” ނާއިން އެތާހުރި އުނދޯއްޔަށް ގޮސް ވެއްޓިގަންނަމުން ބުނުމާއެކު ނައިލް އަނގަޔަށް ވައްތަރެއް ޖައްސާލަމުން ގޮސް ރެއިލިންގް މައްޗައް އަރައި އިށީނެވެ.
“ސޯ.ވަޓް ޑޫ ޔޫ ޕްލޭން ޓު ޑޫ؟ޔޫ ނޯ ވަޓް އައި އޭމް ޓޯކިންގް އެބައުޓް”ނައިލް ނާއިންއަށް ބަލާލަމުން ބުންޏެވެ.”މަ ދެން ކީއްކުރަންވީ؟އާއިން ނެތެއް ކަމަމު ބްރޯ އާއި މައުއާ ދެމީހުން ތިތިބީނު ނާނު ޕްރޮޓެކްޓް ކުރަން”ނާއިން ހެމުން ހެމުން ބުންޏެވެ.ނައިލް ދެފަރާތައް ބޯ ހޫރާލަމުން އުޑުމަށްޗައް ނަޒަރު ހުއްޓާލިއެވެ.
އެރޭގެ ބާކީބައި ހޭދަވެގެން ދިޔައީ ކެއުމާއި ސަކަރާތް ޖެހުމުގައެވެ.ބޮނޑިބަތް ކައްކަން ތިބި ދިމާލުގެ ވަށައިގެން ގޮނޑިތައް ޖަހައިގެން އެންމެން ތިބެ ބޮޑެތިމީހުން ސްކޫލް ބަންދުވުމުން ދުރު ރަށަކަށް ހަފްތާއަކަށް ދަތުރުދާ ވާހަކަ ދެއްކިއިރު ކުދިބޮޑު އެންމެން އެކަމަށް ތާއިދު ކުރިއެވެ.މައުވާ،ނާއިން އަދި ނައިލް ފިޔަވައެވެ.އެހެންމީހުންނާއި ޙިލާފަށް އެ ތިންކުދިންގެ މޫނުމަތިން ފެނުނީ ހާސްކަަމެެވެ.އެހެންމީހުނަށް ނޭނގުނަސް ނާއިންގެ ސަބަަބުން މި ވަގުތު އެތާތިބި އެންމެންގެ ފުރާނަތައް އެވަނީ ނުރައްކަލަށް ހުށަހެޅިފައެވެެ.
ނައިލް ކިޔައިދިން މައުލޫމާތުތަކުން އެނގުނު ގޮތުގައި ނާއިން ޖުވާކުޅުމުގެ ތެރޭގައި ދަރާފައި އޮތީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އެއް ގޭންގު ކަމަށްވާ “ކިންގްސް” ގެ ބޮޑުމީހާ ރާއިންއަށެވެ.ދައްކަންޖެހޭ ފައިސާގެ އަދަދަކީ އެ މީހުނަށް އަވަހަކާ ލިބޭނެ ވަރުގެ އަަދަދެއްް ނޫނެވެ.ފައިޓަކަށް ދިއުމުގެ ކުރިން މައުވާއަށް މަޒީންގެ އަތުން އެ އަދަދަށް ފައިސާ ހޯދަން ހިތައް އެރިއެއް ކަމަމު އެ ޙިޔާލު ދޫކޮށްލަންޖެހުނީ އެއިރުން ނާއިންގެ ސިއްރު ފަޅައި އަރައި އަދި އެހާ ބޮޑު އަދަދެއް ދޭން ބުނުމުން ދޮންބެގެ ސުވާލުތަކާ ކުރިމަތިލާންޖެހޭނެތީއެވެ.އެހެންކަމުން މިވަގުތު ރާއިންއާއި ކުރިމަތިލުން ނޫން ގޮތެއް ނެތެވެ.އެ ގޭންގުގެ ބޮޑުބައި މާލޭގައި އޮތެއް ކަމަކު މި އަތޮޅުގެ އެކި ރަށްރަށުގައި އެ ގޭންގުގެ މެންބަރުން ހަރަކާތްތެރި ވެ އުޅެއެވެ.ލައިވެންދޫގައި ނަސީބަކުން ނެތެެއްކަމަކު އެމީހުން ނާއިން އަތުލުމަށްޓަކައި އެރަށަށް ބަޔަކު ފޮނުވުން ވެސް ހިމެނެއެވެ.އެއީ ކިހާ ނުރައްކާތެރި ބައެއްކަން އެކަކަށް ނޭނގުނަސް ނައިލްއަށް އިނގޭތީވެ އެކަމާއިގެން އެންމެ ހާސްކަން ބޮޑުވެފައި ހުރީ ވެސް އޭނާއެވެ.ދެން ތިބި ދެކުދިންވެސް ތިބީ ހާސްކަމެއްގެ ތެރޭގައެވެ.
އެރޭ 12 ޖެހުމާއެކު މައުވާ ކޮޓަރިއަށް ވަނީ އެންމެން ދިއުމުން ގޭ ދޮރު ތަޅުލާފައެވެ.އިރުކޮޅެއްކުރިން ކޮފީތައްޓެއް ބޮވުމުން އަވަހަށް ނުނިދޭނެކަން އިނގޭތީވެ އޭނާ އިނީ ސިޓިންރޫމްގައި ޓީވީ އިން ޔޫޓިއުބު އަޅުވައިގެންނެވެ.އެހެން އިންދާ ޝާހިދާމެންވެސް ނިދަން ވަނެވެ.ޓީވީ ބަލަން ފޫހިވުމުން އޭނާ އައިސް ކޮޓަރިއަށް ވަތް އިރުވެސް އެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެެވެ.ދެން އިތުރަށް ކުރާނެ ވަކި ކަމެއް ނުވިސްނުމުން މައުވާ ކޮޓަރި ތަޅުލުމަށްފަހު އޭނާ ލައިގެން ހުރި ޓޮޕާއި ސޯޓުކޮޅު ބޭލުމަށްފަހު ގޮސް ފާހާނަޔަށް ވަދެ ބާތްޓަބް ފުރެންދެން ފެން އަޅަން ޖެއްސިއެވެ.އެޔަށްްފަހު ބާތްރޯބް ލުމަށްފަހު ކޮޓަރީގައި ތަޅުލާފައި ހުރި އަލަމާރީގެ ތަޅުލާ ވަތްގަނޑުގެ ތެރެއިން “ނޮން އަލްކޮހޯލިކް” ވައިން ފުޅިއެއް ނެގުމަށްފަހު އެ ކޮޓަރިތެރޭ ހުރި ތިރި ވަށް މޭޒުމަތީގައި އިން ދެ ބިއްލޫރި ތަށިން ކުރެ އެއް ތަށްޓައް އެއިން އެތިފޮދެއްް އަޅަން އުޅުމާއެެކުހެން އިވިގެން ދިޔައީ ކުޑަދޮރުގައި އެއްޗެއް ޖެހިގަތް އަޑެވެ.އެވަގުތު އޭނާ ސިއްސައިގެން ގޮސް އަތުގައި އޮތް ފުޅިއާއި ބިއްލޫރި ތިރިޔަށް ނުވެއްޓުނީ ކިރިޔާއެވެ.
އިރުކޮޅެއް ވަންދެން ގަނޑުވެފައި ހުއްޓާ ދެން އިވުނީ ކުޑަދޮރުގައި މީހަކު ޓަކިޖަހާލި އަޑެވެ.މައުވާއަށް އެއީ ނާއިންތޯ ޔަގީންކުރުމަށްޓަކައި އޭނާގެ ފޯނު ހުޅުވާލިއެވެ.ނަމަވެސް ނާއިންގެ ފަރާތުން މިރޭ އެއްވެސް މެސެޖެއް އައިސްފައި ނެތުމުން އެއީ ނާއިންއަކަށް ނުވާނެތާެއެވެ.ނާއިންއަށް ވީނަމަ އޭނާ އަންނާނީ ގެއިން ނުކުތުމުގެ ކުރިން މައުވާއަށް ކޮންމެވެސް ކަހަލަ ސިގްނަލެއް ދީފައެވެ.އެހެންވީއިރު އެތާ ބޭރުގައި އެހެރީ ކާކުހެއްޔެވެ؟
މައުވާ ވިސްނަން ހުއްޓާ ކުޑަދޮރާއި ދިމާލަށް ބަލައިލެވުނީ ދެވަނަ ފަހަރަށް އެ މީހަކު ޓަކި ޖެހުމުންނެވެ.ތެޅިތެޅި އޮތް ހިތަކާއެކު މައުވާގޮސް ކުޑަދޮރާއި އަރައި ހަމަވުމުން ތަންޑު ނައްޓުވާލިއެވެ.”ކާކު؟” މައުވާ ކުޑަދޮރު ދެއިންޗައް ހުޅުވާލަމުން އޭގެ ފުރަގަހުގައި ހުރެ ވާހަކަ ދެއްކިއެވެ.”މިއީ މަށޭ.ނައިލް.ދޮރުހުޅުވަބަ” ނައިލްއޭ ބުނުމުން މައުވާއަށް ވީ ގޮތެއް ވެސް ނޭނގުނެވެ.އަވަހަށް ދޮރު ހުޅުވާލެވުނު އިރު އެ މޫނުކޮޅު ވަނީ ރަތް ވެފައެވެ.”އޯ މައި ގޯޑް ނައިލް.ވަޓް ހެޕަންޑް؟”މައުވާއަށް ކުޑަދޮރުން ބޭރުގައި ހުރި ނައިލް ފެނުމުން އަނގަމަތީގައި އަތް އަޅާލެވުނެވެ.ނައިލްގެ ދެއަތުން ތަންގަނޑެއް މަށައިގެން ގޮސްފައި އިންއިރު ލައިގެން ހުރި ކަޅުކުލައިގެ ޖިންސުގެ ވެސް ހުރީ ތަންތަންގަނޑު ވީދި ހަޑިވެފައެވެ.ކޮނޑުގައި އަޅައިގެން ހުރި ކަޅުކުލައިގެ ދަބަހުގެ ވާގަނޑުގައި ދެއަތުން ހިފަހަށްޓައިގެން އެއް އަތް ވަނީ ފާރުގައި ވިއްދާލެވިފައެވެ.މޫނު ނިވާކުރަން ބޭނުންކޮށްފައި ހުރި މާސްކާއި ލައިގެން ހުރި ގަމީހުގައި ލޭގެ އަސަރު ނިކަން ބޮޑަށް ހުރިއިރު މައުވާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.
މައުވާގެ އެހީއާއެކު ނައިލް ކުޑަދޮރުން އެތެރެއަށް ވަނެވެ.އެޔާއެކު މައުވާ އަވަސްއަވަހަށް ކުޑަދޮރު ލައްޕައި ތަންޑު އެޅުވުމަށްފަހު ފޮތިގަނޑު ދަމާލިއެވެ.ނައިލް ސޯފާގައި ބޭންދުމަށްފަހު އެއްވެސް ސުވާލެއް ކުރުމެއްނެތި މައުވާ ގޮސް ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ނައިލްގެ ޒަޙަމްތަކުގައި ބޭސް އަޅައިދޭން ފެށިއެވެ.އެއިރު ނައިލްގެ ތޫނު ނަޒަރު މައުވާއަށް ހުއްޓިފައިވާއިރު އެ ތުންފަތްމަތީގައި ވީ ލުއި ހިނިތުންވުމެކެވެ.ޒަޙަމްތަކުގައި އަޅަމުންދިޔަ ވޭން މަތިންވެސް އޭނާ ހަނދާންނެތިފައިވީ ކަހަލައެވެ.މައުވާ އިން ހާލުގެ ސަބަބުންކަމަށް ވެސް ވެދާނެއެވެ.ލައިގެން އިން ކަޅުކުލައިގެ ބާތްރޯބްގެ ސަބަބުން އެ ހަށިގަނޑުގެ ވަނާތައް ވަނީ ހާމަވެފައެވެ.މަޑުމުށިކުލައިގެ އިސްތަށިކޮޅު ނިއުޅާލެވިފައިވާއިރު އޭނާގެ އޮމާން ދެފަޔާއި މޭމަތީގެ ބޮޑުބައި އޮތީ ހާމަޔަށެވެ.
“އާހް.ފައިނަލީ ޑަން.ޑަޒް އިޓް ހަރޓް؟ދާންވީނު ފެންވަރާލަން.އައި ހޭވް ސަމް ސްޓަފް ޔޫ ކެން ޔޫސް”މައުވާ އަލަމާރިން މަޒީންގެ ބާތްރޯބަކާއި
ނިދާހެދުމެއްް ނެގުމަށްފަހު ނައިލްއަށް ބަލާލަމުން ބުންޏެވެ.”އައި ޖަސްޓް ފިލްޑް ދި ބާތްޓަބް.ޔޫ ކެން ޔޫސް އިފް ޔޫ ވޯންޓް.މިހިރީ ދޮންބެގެ ޝަވަރޖެލް ފުޅިވެސް.މިއީ ދޮންބެ ކުރިން ދުވަހު މިގެޔަށް ސްލީޕްއޯވަރ އަކަށް އައި އިރު ގެނައި އެއްޗެހި.އެކަމަކު އެ ދުވަހު މުހިއްމުކަމެއް ދިމާވެގެން އަވަސް އަރުވާލައިގެން ހީ ލެފްޓް ވިތައުޓް ދީސް ސޯ އައި ކެޕްޓް ދެމް ހިޔަރ.ނަސީބެއްނު”މައުވާ އަލަމާރި ހާވަން ހުރެ ކިޔައިދިނެވެ.ވާހަކަ ދައްކަން ހުރި މައުވާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ފަހަތުން ހޫނު ނޭވާތަކެއް އައިސް އޭނާގެ ކަނދުރާއަށް އެޅެން ފެށުމުންނެވެ.އެޔާއެކު އޭނާގެ އިސްތަށިގަނޑުވެސް އެއްފަރާތަކަށް ކެހިގެން ދިޔައެވެ.
2 Comments!
Comments are closed.

ooohh.. WOWW!
MaShaAllah, vrh vrh reethi mi part ves.. love the story.. ‘cats gang and kings gang’ mi gang kanthah vrh interesting inge, curiously waiting for the next part.. again, love the story.. keep it up!
Hey queen
Why aren’t you completing this story
Plssssssss continue koh bala