Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

އިހުސާސްތަކޭމީ 7

-----queen----- Level 1
March 16, 2024 4 Mins Read
1 Comment

ނައިލް ވަގުތުން މައުވާގެ ގައިން ދޫކޮށްލަން އުޅުމުން ނުވިސްނާ އޮތް މައުވާއަށް ހިފައި ދަމައިގަނެވުނީ ނައިލްގެ ގަމީހުގެ ކޮނޑުގައެެވެ.ދަމައިގަނެވުނު ގޮތަކުން ގަމީހުގެ މޭމަތިން ގޮށެއް ނައްޓައިގެން ދިއުމުން މައުވާއަށް ބޭއިޙްތިޔާރުގައި އެ ދިމާލަށް ބަލައިލެވުނެވެ.އެޔާއެކު ނައިލްގެ މޭމަތީގައި ވައަތްފަޅީގައި އިން ރަތްކުލައިގެ ބުޅަލެއްގެ ނިޝާން ފެނުމުން އޭނާއަށް ދެލޯ ހަނިކޮށްލެވުނެވެ.އަވަސްއަވަހަށް ސޮރީ ބުނެފައި ދާން ހިނގައިގަތީ ނައިލްއަށް އޭނާގެ މޫނުމަށްޗައް އެރި ކުލަވަރު ނުދެއްކުމަށްޓަކައެވެ.ފަހުން ނައިލްއާއި ވާހަކަ ދައްކަން ނިންމަމުން އޭނާ ހިނގައިގަތީ ލިޝްކާމެން ތިބި ދިމާލަށެވެ.

އިޝާ ނަމާދަށްފަހު ބޮނޑިބަތް ކެއްކުމުގެ މަސައްކަތް ފެށުނު އިރު އެންމެ ފުރަތަމަ އެކަމުގައި ބައިވެރިވެގެން އުޅުނީ ލިޝްކާމެންނެވެ.އެއިރު ފުރަތަމަ އައިޓަމަކަށް އޮތީ އަންހެންވެރިންގެ ޑާންސެއް ކަމުން ޝާހިދާމެން އެކަމުގައި ބައިވެރިވެގެން އުޅުނެވެ.ހުރިހާ އަންހެންވެރިންވެސް ދިގު ހެދުމުގައި ތިބިއިރު ކުރިޔަށްދިޔައީ ބަނޑިޔާޖެހުމުގެ ނެށުމެކެވެ.އެޔަށްފަހު އައިޓަމްގެ ވަކި ހިސާބަކުން ފިރިހެންވެރިން އެރުމުން ބޮޑުބެރުގެ ހަރަކާތް ފެށުނެވެ.މިއުވާންއާއި ރާފިޢުގެ އިތުރުން ނާއިންގެ ބައްޕަ އަހުސަންއާއި މައުވަން ލަވަކިޔަން ތިބި އިރު ޝައުފް ހުރީ ނަގާ ކިޔާ މީހަކަށެވެ.ބެރު ޖަހަން ތިބީ އަރާޝްއާއި އަވަށުގެ އެހެން ދެ ކުއްޖެކެވެ.ނެށުމުގައި އެންމެ ކުރީގައި ޝާއިފްއާއި ނައިލް އުޅުނު އިރު ޖުމާންވެސް ނަވާލް އުރާލައިގެން ހުރެ ބައިވެރިވެގެން އުޅުނެވެ.މައުވާމެން އެ މަންޒަރު ވީޑިޔޯ ކުރަން ތިބިއިރު އަޔާޝްއާއި ނާއިން ދޭތެރެއަކުން އެ މީހުންނަށް އުނދަގޫ ކުރަމުން ދިޔައެވެ.

ކުޑަކުދިންގެ ނެށުމަށްފަހު ދެންއޮތީ ޑްރާމާއެެވެ.ބޮޑެތި ކުދިން ބައިވެރިވާ މި ޑްރާމާގައި މައުވާ އުފާވެލާފައި ކައިވެންޏެއް ކުރާއިރު އިނދެވެނީ ކިހާވަރެއްްގެ މީހަކާ ކަމެއް ނޭނގެއެވެ.ކައިވެންޏަށްފަހު ފިރިމީހާގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ އަނިޔާތައް ޑްރާމާއިން ދައްކުވައިދެމުން ދިޔައިރު ކަންދިމާކުރިގޮތުން އެ ރޯލު ކުޅެން ޖެހުނީވެސް ނައިލްއެވެ.މައުވާގެ މޫނުން ބައެެއްފަހަރު ހިތާމަ ފާޅުވާން ޖެހޭ ތަންތަނުން އުފާވެރިކަން ފާޅުވަމުން ދިޔައިރު އެއީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގުނެވެ.ނައިލްއާއި ގާތްވެވޭ ކޮންމެ ފަހަރަކުމެ ނާއިންއާއި ގާތްވެވޭއިރު ކުރެވޭ އިހުސާސްތަކުގެ ދެގުނަ އިޙުސާސް ނައިލްގެ ނޭވާ އެޅުނަސް އޭނާއަށް ކުރެވިއްޖެކަން މިވީ ކުޑަ ވަގުތު ކޮޅު ތެރޭގައި އޭނާއަށް ވިސްނިއްޖެއެވެ.ނަމަވެސް ނޭނގެނީ އޭނާއަށް އެ އިޙުސާސްތައް ކުރެވެންވީ ސަބަބެވެ.ދުރުގައި މަންޒަރު ބަލަން ތިބި ލިޝްކާއާއި އީޝާ އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކޮށްލީ ދެކުދިންނަށްވެސް އެ މަންޒަރުތައް ފެނުމުން ހިތައް އެރި އެއްޗެއްގެ ސަބަބުންނެވެ.އެ ޑްރާމާގައި ހިނގަމުންދިޔަ ހުރިހާ އުފާވެރި ވަގުތުކޮޅުތައް އެއީ ޑްރާމާއަށް ނުވެ ހަޤީގަތަކަށް ވާނޭނަމައޭ އެކުދިންގެ ހިތައް އެރިއެވެ.ނާއިންގެ ހާލަކީވެސް އެއީއެވެ.މައުވާ އޭނާގެ ބޭނުންތައް ފުއްދާދިނަސް އެއީ އަބަދުގެ އަބަދަށް ދެމިއޮންނާނެ ކަމެއް ނޫންކަން އޭނާއަށް އިނގެއެވެ.މައުވާގެ ހަޔާތައް ނައިލް ފަަދަ ކުއްޖެއް އައުމުން އޭނާ ކިތަންމެ ދެރަވިޔަސް އުފާވާނެކަން ޔަޤީނެވެ.އަޔާޝްއާއި ޝައުފް އަދި ޝާއިފްގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެެވެ.ބޮޑެތި މީހުންގެ ނަޒަރުގައި އެއީ ހުސް އެކްޓު ކަމަށް ވިޔަސް ހަޤީގަތަކީ އެ ކުދިންގެ ހިތްތަކުގައި މުޅިން އެހެންކަހަލަ އިޙުސާސެއް އުފެދެމުން ދިޔަކަމެވެ.ފުރަތަމަ ނަޒަރުންވެސް ލޯބިވެވުމަކީ އެކަށީގެންވާކަމެކެެވެ.ދެމީހުނަށްވެސް ނޭނގުނަސް އެކަކު އަނެކަކަށްޓަކައި ހިތުގައި ފޮރުވިފައިވާ ލޯބީގެ އިޙުސާސެވެ.

ޑްރާމާ ނިމުން ވަގުތު މައުވާއާއި ނައިލްއަށް ލަވައެއްް ކިޔަން ޖެހުނެވެ.އެއީ ޑްރާމާ ނިމޭއިރު ދެމީހުންވެސް ދުނިޔެ ދޫކުރުމަށްފަހު ނިންމާ ސީންއެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ތަންކޮޅެވެ.

 

“ޗަލްތޭ ޗަލްތޭ ޔޭ ޕޫޗް ލޭނާ” 

 

“ހަމްސޭ ކިތްނީ މުހައްބަތް ހޭ ހާނ”

 

“ޖާނާ ޗާހޭ ޕަރް ޖާން ލޭނާ”

 

“ހަމްކޯ ތޭރީ ޒަރޫރަތް ހޭ ހާނ”

 

“ކެ ގޫޓު ގޫޓު ކަރްކެ ޙުދްކޮ ޕީ ރަހޭ ހެ ހަމް”

 

“ތުމްކޮ ކްޔާ ބަތާޔެ ކޭސެ ޖީ ރަހޭ ހެ ހަމް”

 

“ސަޗް ހެ ޔޭ ހާނ މަގަރް”

 

“ތުމްސޭ މުހާއްބަތް ހޭ ހާނ”

 

“ތުމްސޭ މުހާއްބަތް ހޭ ހާނ”

 

“ބަސް ތުމްސޭ ހޭ ތުމްސޭ ހީ ހޭ”

ޖަލްރާޖްގެ ތުމްސޭ މުހާއްބަތް ލަވަ ކިޔަމުން ދިޔައިރު އަޑުއަހަން ތިބި މީހުންގެ ދުލުން ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ.ޑްރާމާގައި ހިނގި ހުރިހާ ނޭދެވޭ މަންޒަރުތައް ފިޔަވައި ދެންތިބި ހުރިހާ މަންޒަރެއް އެއީ ހަޤީގަތަކަށް ވާނެނަމައޭ ލަވަ ކިޔަމުންދިޔަ މައުވާގެ ހިތައްވެސް އެރިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ސިކުނޑީގެ ކަނަކުން މާޒީ ތަކުރާރުވިޔަ ނުދިނުމަށް އެދި ސިގްނަލް ދޭންފެށުމުން އޭނާގެ ޙިޔާލުތައް ދަތުރުކުރީ އެ ދިމާލަށެވެ.

******

މާލޭގައި އިތުރަށް ހަފްތާއެއްހާ ދުވަސް ހޭދަކުރުމަށަްފަހު މައުވާ އެނބުރި ރަށަށް އައެވެ.އެއިރުވެސް އޭނާއާއި އިޔާންގެ ގުޅުން އޮތީ ކުރިޔަށެވެ.ދެމީހުންގެ ގުޅުން ކުރިލާ ހެދެމުންދިޔައިރު އަންނަން އޮތް ތޫފާނުގެ ހިލަމެއް މައުވާއަކަށް ނުވިއެވެ.މަލެއްހެން ފޮޅި ފަރިވެފައި ހުންނަ އިރު އެ ޅަ ހިތުގައި ކުރެހެެމުން ދިޔައީ މުސްތަޤުބަލުގައި އިޔާން އާއި ދިމާވުމުން ކަންތައް ވެގެން ދާނެ ގޮތުގެ ޙިޔާލީ ތަސްވީރެކެެވެ.ކަމެއް ދިމާވާން އެކަށީގެންވާ ވަގުތު ޖެހުމުގެ ކުރިން ކަންކަން ރޭވުމަކީ އިންސާނީ ތަބީޢަތުގައި ހިފައިފައިވާ އާދައެކެެވެ.

އެގޮތުން މައުވާވެސް އެތައް ކަމެއް ރޭވިއެވެ.ކުރިމަގަށްޓަކައި އިޔާންއާއެކު ފޮނި އުއްމީދުތަކެއް ކުރިއެވެ.ނަމަވެސް ކަންތައް ވެގެން ދިޔައީ އެއިރުއޭނާގެ ހިތައްވެސް ނުގެނެވޭނޭ ފަދަ ގޮތަކަށެވެ.ނަމަވެސް އެއީ ދިރިއުޅުމެވެ.ބޭނުމަކީ ދިމާވާ ދަތިތަކުން އަރައިގަނެ ހިތްވަރާއެކު ކުރިޔަށްދާން މަސައްކަތް ކުރުމެވެ.

މައުވާ ރަށަށް އައިތާ މާ ގިނަދުވަހެއް ނުވެ އިޔާން އޭނާއާއި ބައްދަލުކުރަން ރަށަށް އަންނާނެ ވާހަކަ ބުނުމުން އޭނާ އުފަލުން ފޮޅުނެވެ.އިޔާން ރަށަށް އައުމުން ރައްޓެހިންނަށްވެސް ތަޢާރަފް ކޮށްދޭނެ ވާހަކަ މައުވާ ބުނުމުން އިޔާން އެކަމަށް ދެކޮޅު ހެދީ އަދި މާ އަވަސް ކަމަށް ބުނަމުންނެވެ.އެއިރު މައުވާވެސް މާ ބޮޑުކަމަކަށް ނުހަދާ އެކަމަށް އެއްބަސްވީ ޙުދު އޭނާއަށްވެސް އެއީ ތެދެއް ކަމަށް ޤަބޫލު ކުރެވޭތީއެވެ.އެންމެ ފުރަތަމަ އިޔާން އޭނާއާއި ބައްދަލު ކުރީ ހަވީރު ގަޑީ ޖެޓީ ކައިރިންނެވެ.އެއީ މައުވާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.ދެކުދިން އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބިއިރު ދުވަހަކުވެސް އެ ދެއަތް ވަކިވެގެން ނުދާނެ ކަމަށް އޭނާއަށް ހީކުރެވުނެވެ.އެއަށްފަހު އިޔާން އާއެކު ކޮންމެ ދުވަހަކުހެން މައުވާ ބޭރަށް ދިޔައެވެ.ދެކުދިން އައިސްކްރީމް ބުއިމަށާއި ކޮފީތަކަށް ދެއެވެ.

އެއްރެއެވެ.މައުވާ ނިދަންއަރާ އޮއްވާ އައީ އިޔާންގެ މެސެޖެކެވެ.ވަރަށް މުހިއްމު ކަމަކު ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން މައުވާ ހާސްވެފައި އިޔާންއަށް ގުޅިއެވެ.ނަމަވެސް ފޯނެއް ނުނެގިއެވެ.އެހެންކަމުން މައުވާ މެސެޖެއް ކުރަން ނިންމިއެވެ.

 

މައުވާ:ޔާން ވަޓް ހެޕެންޑް؟ބޮޑު ކަމެއް ވީތަ މިގަޑީ މީޓް ކުރަން ތި ބުނީ؟

 

އިޔާން:ބުނީމަ އަންނަންވީ މާ ސުވާލު ގިނަނުކޮށް”

 

އިޔާންގެ މެސެޖު ފެނިފައި މައުވާ ހުއްޓުން އެރީ އެ އިބާރާތްކޮޅު ލިޔެފަ އެ އޮތީ ދުވަހަކުވެސް އިޔާން އޭނާއާއި ވާހަކަ ދައްކައިފައިވާ  މޭރުމަކުން ނޫންކަމަށްވީތީއެވެ.ވަގުތުން ދެލޮލަށް ކަރުނަ ޖަމާވިއެވެ.އިޔާން ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނީ ކަމަށް ހިތައި އަވަސްއަވަހަށް އެނދުން ތެދުވެގެން ގޮސް ތައްޔާރުވާންފެށީ ސުވާލުމާކެއްގައި ހުރެއެވެ.

ސިއްރުސިއްރުން ނުކުމެ ކޮޓަރީގެ މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލަމުން މައުވާ ފުންނޭވައެއް ދޫކޮށްލިއެވެ.ހަމަ އެހާ ސިއްރު ފިޔަވަޅުތަކެއްގަައި ގޮސް ސިޓިންރޫމުން ބޭރަށް ނުކުންނަ ދޮރާއި ހަމަޔަށް ގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ.ސެކިއުރިޓީ ލޮކް އަޅުވާފައި އިން ދޮރެއްކަމުން އޭގެއިން އެލާމެއް އަޅާފާނެތީ އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.ނަމަވެސް ކާމިޔާބުކަމާއެކީ ބޭރަށް ނުކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.އެއަށްފަހު ބޭރަށް ނުކުމެވެން އިން ދޮރޯށީގެ ތަންޑު ނައްޓާލުމަށްފަހު ދޮރޯށިން ބޭރަށް ފިޔަވަޅެއް އަޅައިލިއެވެ.ނަމަވެސް އެ އެޅުނު ފިޔަވަޅަކީ އޭނާގެ ނަފްސު ހަލާކުގެ ތެރެޔަށް ވައްޓާލެވުމަށް އެޅުނު ކަތި ފިޔަވަޅެކެވެ.

އަނދިރި މަގުތަކުން ހިނގާފައި ގޮސް މައުވާ އިޔާން އަންނަން ބުނި ފަޅުގެ ކައިރިޔަށް އާދެވުނެވެ.އެއީ ހަދަން ފަށައިފައި ހުރި އިމާރާތެކެވެ.އެއިރު އިޔާން އެތާ ކުރިމަތީގައި ހުއްޓެވެ.ކަޅުކުލައިގެ ހޫޑީއަކުން ބޯ ނިވާކޮށްލާފައި ވާއިރު މޫނުވެސް ވަނީ މާސްކަކުން ނިވާ ކުރެވިފައި ނަމަވެސް މައުވާއަށް އެއީ އިޔާންކަން އެނގުނެވެ.މައުވާ އައިސް އަރައި ހަމަވުމާއެކު އޭނާގެ އަތުގައި ހިފައި އެތާނގެ އެންމެ އެތެރެއަށް ވެއްދިއެވެ.”ޔާން ވަޓްސް ވްރޯންގް؟” މައުވާ އިޔާން އޭނާގެ އަތުން ދޫކޮށްލުމުން އެ އަތުގައި ފިރުމާލަމުން އަހާލިއެވެ.އިރުކޮޅެއް ކުރިން އިޔާން ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އޭނާގެ އަތުގައި ދިލަ ތަދެއް އުފެދިފައިވެއެވެ.”ޝަޓް އަޕް ބި*.ބީ ކުއައިޓް”މައުވާ ގެންގޮސް ސިމެންތި ޖަހާފައި ހުރި ފާރުގައި ލަތްކޮށްލަމުން އިޔާން ބުނިއިރު އެ ދެލޮލުން ރުޅިވެރިކަން ފަޅުވާން ހުއްޓެވެ.

“ސޮރީ ބޭބީ.ބުނިންދޯ ވަރަށް ލޯބިވެޔޭ.އެކަމް ސޮރީ ޓު ސޭ ދިސް ބަޓް އިޓް ވޯޒް އޯލް އަ ލައިއެކަމް ސޮރީ ޓު ސޭ ދިސް ބަޓް އިޓް ވޯޒް އޯލް އަ ލައި.ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން ބޭނުންވީ ތި ހަށިގަނޑު.އެންޑް ފޯރ ދެޓް އައި ހެޑް ޓު ގެއިން ޔުއަރ ޓްރަސްޓް ސޯ އެހެންވެ އެހާ ރަނގަޅު ބީ އެފް އަކަށް ހެދިގެން އުޅުނީ.ދެރަވެއްޖެއްޔާ ކަޑަ ވާނެތީވެ.އެންޑް އައި ޑޯންޓް ލެކް ގާލްސް ސޯ އައި ވޯޒް ޕްލޭނިންގް ޗާންސެއް ނުލިބުނިއްޔާމުން ކޮންމެވެސް ބަހަނާއެއް ދައްކާފަ ބްރޭކް އަޕް ވާން.އެކަމް ޗާންސެއް ލިބުނީމަ ދޫކޮށެއް ނުލެވޭނެއެއްނު ދޯ ދޫނީ”އިޔާން މައުވާގެ ކޯތާފަތުގައި އިނގިލި ބީއްސާލަމުން މިހެން ބުނެ ހޭންފެށިއެވެ.އެޔާއެކު މައުވާގެ ދެލޮލުން ކަރުނަޔާއި ރުޅިވެރިކަން ފާޅުވިއެވެ.އަތް ނަގައި އިޔާންގެ ކޯތާފަތް މަތީގައި ޖެހިއިރު އެ ރީތި ދެލޮލުން އަލިފާންކަނި ބުރައެވެ.”ހައު ޑެއަރ ޔޫ.ހައު ޑެއަރ ޔޫ ޔޫސް މީ.ކީއްވެ ކީއްވެ ޔާން”މައުވާ ވޭނުން ފުރިގެން ވީ އަޑަކުން އިޔާންއާއި ސުވާލުކުރަމުން ދިޔައިރު ފައިން ވަރުދޫވާހެން ހީވުމުން އޭނާއަށް ހުރިތަނަށް ތިރިވެވުނެވެ.

“ކީއްވެހޭ؟ދިސް އިޒް ވައި”އިޔާން މިހެން ބުނެ މައުވާގެ ގާތައް ތިރިވެ އޭނާގެ ބުރުގާ ދަމައިގަތެވެ.އެޔާއެކު މައުވާ ބޮލުގައި ދެއަތް އަޅައިލެވުނުއިރު އޭނާއަށް އިޔާންގެ ނިޔަތް ސާފުވިއެވެ.މިހެން މިވަނީ އޭނާގެ މޮޔަކަމުން ކަމަށް ހިތައި އެވަގުތު އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ.ރޮއެ ރޮއެ ހަދާނެގޮތް ހުސްވެފައ އިން މައުވާއަށް ހަޅޭއްލަވައިގަނެވުނީ ފަހަތުން އިޔާން އޭނާގެ އިސްތަށިގަނޑުގައި ހިފައި ވާންކޮށްލުމުންނެވެ.”އާހް.ޕްލީސް ޑޯންޓް ޑޫ ދިސް.ޔޫ އަރ ހަރޓިންގް މީ” މައުވާ ރޮމުން އާދޭސްކުރިއެވެ.”ޔެސް އިޓް ވިލް ހަރޓް.ބަޓް ޑޯންޓް ވޮރީ.ޔޫ ވިލް ފީލް ގޫޑް ސޫން”އިޔާން މިހެން ބުނެ މައުވާ ބިންމަށްޗައް ވައްޓާލަމުން އެ ތުންފަތުގައި ގަދަކަމުން ބޮސްދިނެވެ.މައުވާ ސަލާމަތްވާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ބާރުގަދަ ފިރިހެނެއްގެ ކުރިމަތީ ނިކަމެތި އަންހެނަކަށް ދެއްކޭނީ ކޮން ވަރެއް ހެއްޔެވެ.ވަގުތު ހިނގަމުން ދިޔަ ވަރަކަށް މައުވާގެ ވޭނީ ހަޅޭކުގެ އަޑު ފަޒާގެ ތެރެޔަށް އޮބެމުން ދިޔައިރު އިޔާން އެކުއްޖާގެ އަބުރު ކަތިލަމުން ދިޔައެވެ.

 

މި ޕާޓް ލަސްވިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ވަރަށް ބޮޑަށް މަޢާފަށް އެދެން.ރަމަޟާން މުބާރިކް ހުރިހާ ކުދިންނަށްވެސް.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

މަގޭ މާއިލް 5

Next

ކުށަކީ ކޮބާ – 08

Next
March 16, 2024

ކުށަކީ ކޮބާ – 08

Previews
March 16, 2024

މަގޭ މާއިލް 5

One Comment

  1. Cute boo says:
    March 24, 2024 at 3:47 am

    When is next part?

Comments are closed.

Next Episodeއިހުސާސްތަކޭމީ 8←


All Right Reserved!