ހެނދުނުގެ މާއިރާ ކަމުން ހޮސްޕިޓަލުގައި ގިނަ އިރު ހޭދަ ކުރާކަށް ނުޖެހުނެވެ. މީހުން ވެސް މަދުކަމާ އެކު ޑޮކުޓަރައް ދައްކައިލުމާ އެހެން ހުރިހާ ކަމެއް ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާ ލެވުނެވެ. އެހެން ކަމުން ހޮސްޕިޓަލުން ނުކުމެ ޑޮކުޓަރު ދީފަ އޮތް ބޭސް ސިޓީ ހިފައިގެން ގޮސް ކުރިމަތީ ހުރި ބޭސް ފިހާރަޔަށް ވަދެ ބޭސް ގަނެގެން ގެޔަށް ދިއުމަށް ޓަކައި ޖެހިގެން އޮތް ގޯޅި އަޅަން ވެގެން މަގު ހުރަސް ކޮށްލި ވަގުތު […]
ކުއްލި އަކަށް ސިޓިންރޫމު ތެރޭގަ ކުޅެން އިން ލީޝް ރޮއެގަތް އަޑަށް ދަރިފުޅާ އޭ ކިޔާ ދުވެފާ ކަހަލަ ގޮތަކަށް ކާގެ ތެރެއިން އަވަހަށް ނިކުންނަން ހަދައިގެން އަހަރެންނަށް ފައި އެޅުނު ގޮތަކުން ކަހާލައިގެން މުށިތައް މައްޗަށް ވެއްޓެން ދާން ދިޔަ ބާރު މިނުގަ އަހަރެންގެ އަތުންޖެހި މޭޒުމަތީ ބަހައްޓައިފަ ހުރި ބިއްލޫރި ތަށިތައް ވެއްޓި ތަޅައިގެން ގޮސް މުޅި ތަނަށް ބިއްލޫރިތަށް ބުރައިގެން ދިޔަ އެވެ. އެ އަޑަށް މަންމަ ވެސް ދުވެފައި އައިސް ކާގެ […]
ލީޝް ތެދު ވުމަށްފަހު ފުރަތަމަ ވެސް އޭނަގާތު އޮތް ޝާހިރުގެ ގައިގާ ބައްޕާ އޭ ކިޔާ ބައްދައި ލިއެވެ. ޝާހިރަށް ލީޝް ކިޔަނީ ބައްޕަ އެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައި އިރުވެސް ލީޝް އަށް ފެންނަމުން އައީ ޝާހިރު ކަމަށް ވެފައި މިހާރު އޭނަގެ ބައްޕަގެ މަޤާމު ގައި ހުރި މީހަކީ ވެސް ޝާހިރު ކަމަށް ވީތީއެވެ. ޝާހިރު ދަރިފުޅާ ލޯބި ކޮށްލުމަށް ފަހު ގޮސް ވަނީ ފާހަނަ އަށެވެ. އަހަރެން […]
ނަމަވެސް ކޮންމެ ފަހަރަކު ވެސް ބުނެވެނީ ބައްޕަ އަދި އަންނާނެ ކަމުގައެވެ. އެގޮތުން ފަހުން ފަހުން އައިސް އެކަމާ އަހަރެން ނަށް ވިސްނަން މަޖުބޫރުވިއެވެ. އަބަދަކު ދަރިފުޅަށް ދޮގު ހަދައިގެން ވެސް ނޫޅެވޭނެއެވެ. ކޮންމެ ވެސް ދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގޭނެއެވެ. އެ ދުވަހަކުން ދަރިފުޅު އަދި މާ ދެރަ ވާނެއެވެ. އަނެއް ކޮޅުން ދަރި އަކަށް ބައްޕަ އެއްގެ ލޯބި މުހިންމު ވާނީ ކިހާ ވަރަކަށް ކަން ވިސް ނޭތީއެވެ. މަންމަގެ ލޯތްބާ އެއް […]
ކުއްލި އަކަށް ވިދާލި ވިދުވަރާ އެކު ޖަހާލި ގުގުރިން ސިއްސައިގެން ގޮސް ނީޝާމުގެ އަތުން އަހަރެންގެ އަތް ދޫވިއެވެ. އެހިނދު ނީޝާމު އަހަރެންގެ އަތުގައި ހިފަން ވަރަށް މަސައްކަތް ކުރިއެވެ. އަހަރެން ވެސް އަތަށް ބާރުލައި ކުރިޔަށް ޖަހައި ގަތީމެވެ. އަހަރެން ބޭނުންވީ ކޮންމެ ޚާލެއްގައި ވިޔަސް ނީޝާމު އާ ވަކި ނުވުމަށެވެ. އެހެނަސް އަހަރެން ބަލަ ބަލާ އޮށްވާ އެކަނު އަނދިރި ތެރެއިން އަހަރެންނަށް ނީޝާމު ގެއްލުނީއެވެ. އެހިނދު އަހަރެންގެ ގައިން ވަރު ދޫވާ ހެން […]
ނަސީބު އެހީވި ނިޝާމު އާ އެއްކޮޅަށެވެ. އެއްމަސް ދުވަހުގެ ޗުއްޓީ އޮފީހުން ހަމަޖެހިގެން ދިއުންވީ ނީޝާމުގެ އިތުރުން އަހަރެންގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ. އަދި ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެ ދުވަހުން ދުވަހަށް ދަތުރުގެ ހުރިހާ ކަމެއް ނިންމާ ދަތުރަށް ތަތްޔާރު ވީމެވެ. އެގޮތުން ޖެހިގެން އައި ރޭ އަހަރެމެން ނ.މަނަދޫ އަށްދާން ދަތުރު ފެށީމެވެ. ވައި މަޑު ހަނދުވަރު ދޭ ރީތި ކަނޑު މަޑު ރެއެއް ނަމަވެސް ހިސާބަކަށް އުޑުމަތީ ވިއްސާރަ ކުލަވަރު […]
މި ދުނިޔެ މަތީ ކަމެއް ކުރަންޏާ ފައިސާ އިން ވިޔަސް އެކަމެއް ނުވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. މަންމަ މެން ބުނި ގޮތުގައި އަހަރެން ގުޅެން އެންމެ އެކަށޭނަ މީހަކީ އެއީ އެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ފައިސާ އަކީ ދާއިމީ އެއްޗެއް ނޫން ކަމާ އެއީ ވަގުތީ އުފަލެއް ކަމުގައި ބުނެއެވެ. ދިރިއުޅުމަށް ބޭނުން ވަނީ ހަމަ އެކަނި ފައިސާ އެއް ނޫނެވެ. އަދި މުއްސަނދި ކަމެއް ވެސް ނޫނެވެ. ދިރިއުޅުމަށް […]
ޝާހިރުގެ މަތިން ހަންދާން ވުމުން ޝާނީގެ ލޮލުން ކަރުނަ ނިރާލިއެވެ. ކީއްވެ ކަމެއްވެސް ނޭނގެއެވެ. ހިތުތެރޭ ޝަކުވާ ގިނަވެ ފުރަތަމަ ފަހަރަށް ޝާހިރުއާ ދޭތެރޭ އޭނަޔަށް ވިސްނައި ލެވުނެވެ. އަނެއްކާ ޝާހިރުވެސް އަތުން ބީވެދާން އުޅެނީ ހެއްޔެވެ؟ އަހަރެންނަށް އަބަދު މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ދިރިއުޅުމުގައި އުފަލެއް ލިބުން ނެތީ ހެއްޔެވެ؟ ދަންވި ދަންވި ހެން ތަފާތު ވަސްވާސް ތަކުން ޝާނީގެ ހިތް އައީ ނުތަނަވަސް ވަމުންނެވެ. ހިތަށް ލިބިފައިވާ ނުތަނަވަސް ކަމާއި ވަގުތުގެ […]
ވާހަކަ ފެށުމުގެ ކުރިން އަޅުގަނޑުގެ ވާހަކަ ތަކަށް ސަޕޯރޓު ކުރައްވާ އަދި އަޅުގަނޑަށް މި ރޮނގުގަ ހިތްވަރު ދެއްވާ ހުރިހާ ފަރާތް ތަކަށް އާ އަހަރުގެ ތަހުނިޔާ އަރިސް ކުރަމެވެ. އަދި އަޅުގަނޑުގެ މި ވާހަކަ ވެސް ތިޔަ އެންމެ ހާ ކިޔުން ތެރިންނަށް ކަމުދާނެ ކަމުގައި އުއްމީދު ކުރަމެވެ. ޝުކުރިއްޔާ. ދަންވަރުގެ ހަމަ ހިމޭންކަން ނަގައިލީ ފަތިހަށް ގޮވަން ފެށި ހާލާއި ކޮވެލީ ގެ އަޑުންނެވެ. ހަމަ އެޔާއެކު ފަތިހުގެ ހިތްގައިމު މަންޒަރާ އެކު އުޑުމަތި […]