އެހެނަސް ލޮލަކަށް ނިންޖެއް ނައެވެ. ހީވަނީ ހަށިގަނޑުގެ ތެރެއިން އެއްޗެއް މަދުވެފައި ވާ ހެންނެވެ. އެހެން ދެ އަތަކަށް ފުރޮޅި ފުރޮޅި އޮއްވާ އެންމެ ފަހުން އަންހެނުންނަށް ހޭލެވުނެވެ. އަދި ހައިރާން ކަމާއެކު ސުއާލު ކުރަން ފެށިއެވެ. ޝައްކުގެ ނަޒަރަކުން ޝަކުވާ ވެސް ކުރަން ފެށިއެވެ. ކުރިން އަހަރެން އުޅުނު ގޮތް ބަދަލު ވެފައި މިހާރު އަހަރެން ވަރަށް ތަފާތު ކަމަށް ބުނެއެވެ. އަދި އޭނަޔަށް ފަރުވާލެއް ނުބަހައްޓައި ތާނގަ ދަރިފުޅަށް ވެސް އަޅާ ނުލާތީއެވެ. އެހެނަސް […]
ކަތިފިޔަވަޅު… ވާހަކައިގެ މި ހަފުތާގެ ބައި ކިޔުން ތެރިންނާ ހަމަޔަށް ނުގެނެސް ދެވުނީތީ އަޅުގަނޑުގެ ވާހަކަތަކަށް ސަޕޯރޓް ކުރާ ހުރިހާ ފަރާތް ތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މި ހަފުތާގެ ބައި ނުގެނެސް ދެވުނީ މި ދުވަސްކޮޅު އޮފީހުގައި ވަރަށް ބުރަކޮން އުޅެން ޖެހިފާވާތީއެވެ. އެހެން ނަމަވެސް އިރާދަކުރެވިއްޔާ ފެށޭ ހަފުތާ ނިމުމުގެ ކުރިން ވާހަކައިގެ ދެން އޮތް ބައި ތިޔަ އެންމެހާ ކިޔުންތެރިންނާ ހަމަޔަށް ގެނެސް ދޭނަމެވެ. އިންތިޒާރު ކުރާނެ ކަމަށް އަޅުގަނޑު އުއްމީދު […]
އެގޮތުން ވަޒީފައިގައި ދެމި ހުރުމަށާއި ތަނުގެ ވެރިން ހިތަހަމަ ޖެހޭ އިތުބާރު ކުރާ މީހަކަށް ވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހުނެވެ. އަދި ގިނަ ވަގުތު ވަޒީފައިގައި ހޭދަ ކުރަން އަހަރެންނަށް މަޖުބޫރު ވިއެވެ. އެހެން ކަމުން ގިނަ ފަހަރަށް ހަފުތާ ބަންދަށް ވެސް އާއިލާ ގާތަށް ދިއުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ހަނާ އެކަމާ ޝަކުވާ އެއް ނުކުރެއެވެ. ހީވަނީ އަހަރެން އުޅޭލެއް ބުރަކަން ހަނާ އަށް އިޚުސާސް ކުރެވޭތީ ވެސް ހެންނެވެ. ކުއްލި […]
[މީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކަ ކަމުން ކިއުންތެރިންގެ ޚިޔާލާއި ސަޕޯރޓު ބޭނުމެވެ. އެގޮތުން ބިނާ ކުރަނިވި ޚިޔާލުފުޅު ތަކަށް އަޅުގަނޑު އަބަދު ވެސް މަރުޚަބާ ކިޔާނަމެވެ. ޝުކުރިއްޔާ.] ………….. ބުރު ނޭންގޭ ވަރަށް އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓިފައި އޮތް އިރު އެއްވެސް ހިފެހެއްޓުމެއް ނެތި އަހަރެންގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އެސްފިޔަ ޖަހައިލަން ވެސް ނުކުޅެދިފަ ނޭވާ ހިފަހައްޓައި ލައިގެން އެހެން އޮތް އިރު އެތަށް އެއްޗެއް […]